Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭންގިހިތޭ ގެންދެވީމަ މިތުރާ… (6)

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
December 22, 2017 4 Mins Read
22 Comments

ފުޅާހިނިތުންވުމަކާއެކު ޒޭންއާއި ދިމާއަށް ހިނގައިގަތް އިބާ މަޑިޖެހުނީ އެވަގުތު ސީ.އެޗް.އެސް.އީ އިން ނިކުތް އަންހެން ކުއްޖެއްގެ އަތުގައި ޒޭން ހިފުމުންނެވެ. އެއަންހެންކުއްޖާވެސް ޒޭންފެނުމާއެކު ކުޑަކޮށް ޒޭންގައިގަ ބައްދާލާފައި ދެމީހުންއެކީގައި ގޮސް ކާރަށް އެރިއިރުވެސް އިބާއިނީ ޖެހިބުދެއްހެން މަގުމަތީގައި ހުއްޓިގެންނެވެ.

ހިނދުކޮޅެއްގެތެރޭގައި އެއްވެސް އިޒްނަޔަކާއި ނުލައި އިބާގެ ކޯޔާފަތް ތެއްމަމުން ދަތްދޮދޮޅިދަށުން ތިއްކެކަށްފަހު ތިއްކެއް ޖަހަމުން އެދަނީ ކަރުނަނޫން އެއްޗެއްނޫނެވެ. މަގުގެ އެއްފަޅީގައި ގަބުވެފައިނދެ އިބާއަށް ރޮވުނުވަރެއް ދެނެވޮޑިގެންވާނީ ހައްދަވާބޮޑުކުރެއް އިލާހެވެ. ސްކޫލްގެ ގަޑިޖެހި ދެގަޑިވެސް ނިމުންފަހުން އިބާ ގެއަށްދާން މިސްރާބުޖެހީ އިތުރަށް ސްކޫލަށްވަދެގެން ކިޔެވޭނެކަމުގެ އެއްވެސް އުންމީދެއް މިއަދުނެތީމައެވެ. މީ އެންމެފަހުއަހަރުކަމުން ކޮންމެ ގަޑިއެއްވެސް އިބާއަށް މުހިއްމުނަމަވެސް އެއަށްވުރެ ހިތަށް ކޮށްފައިވާ އަސަރުމާބޮޑެވެ. މިއަދު ގެއަށްދިޔައިރު އިބާގެ ހިތުގައި ބިރުވެރިކަމެއްވެސް ނެތްފަދައެވެ. ނަމަވެސް މިއަދުވެސް އިއްޔެއެކޭއެއްފައިން ހަމަ އެހިސާބުން ޒޭންގެ ރީތިސޫރަ އިބާ އަށް ފެނުންވެގެން ދިޔައީ ސްޓެޗޫއެއްހެން އިބާގެ ހިތާއި ރޫހުވެސް ހުއްޓުން އެރިކަމަކަށެވެ. ” އިބާ.. މިއަދު ހާދައަވަހަށް .. އެކަނިތަ މިއަދުވެސް.. ” ޒޭން އިސްވެ ވާހަކަދެއްކި ނަމަވެސް އިބާއަށް އިސްއުފުލާލަންވެސް މިއަދު ނުކެރުނެވެ. ރޮއެރޮއެ ދެލޯ ރަތްވެފައިވާއިރު އެހާލަތުގައި އޭނާ ޒޭންއާއި ކުރިމަތިލާނީ ކިހިނަކުން ހެއްޔެވެ.

ނަމަވެސް އެވަގުތު ޒޭން ކޮއްލިކަމަކުން އިބާގެ މުޅިހަށިގަނޑުގައި ކަރަންޓްބާންޏެއް ދުވެލިފަދައެެވެ. ” އިބާ.. އަހަރެން ވާހަކައެއްބުނަންތަ.. އިބާއަށް ހީވެދާނެ މީ ޖޯކްއެކޭވެސް.. ބަޓް މީ ހަމަ މި ނިކަމެތި އިންސާނާގެ ހިތުގެއަޑު.. އަހަންނަށް އިބާ ފެނުނީ އަހަރެން ކިޔަވައިނިންމާފަ މާލެއައިދުވަހު.. ސްކޫލްއިން ނިކުމެގެން ދަނިކޮށް.. އެއީ މީގެ ތިންދުވަސްކުރިން.. އެހެންވެ ކޮންމެދުވަހަކު އިބާ ސްކޫލްއިން ނިމޭގަޑީގަ ދަން ދެކެލާހިތުން.. އިއްޔެވެސް އޮންޓައިމްގަ އަހަންނަށް އިބާ އަށް ހެލްޕްވެވުނީވެސް އެހެންވެ.. ނޭންގިނަމަވެސް އިބާ އަހަރެންގެ ހިތާކުޅެލައިފި.. އިބާ .. އިބާ.. އެއްޗެކޭބުނެބަލަ..” ޒޭން އިބާގެ އަތުގައި ހިފުމާއެކު ވާހަކަ ދެއްކިއެވެ.

ވީއުފަލާއެކު އިބާ އިސްއުފުލާލި ވަގުތު އެއަންހެން ކުއްޖާމަތިން ހަނދާންވުމުން އަނެއްކާވެސް އިސްޖެހުމާއެކު އަވަހަށް ހިނގައިގަތެވެ. އެވަގުތު އެތާންގައި ހުރި ގެއިން ނިކުތް އަންހެން ކުއްޖާ ޒޭން އަށް ގޮވާލުމާއެކު ޒޭން އެދިމާއަށް ދިޔަތަން އިބާ ސިއްރުން އެނބުރުން ގަޑީގައި ފެނުނެވެ.

” ދެން އަޅެ ލޫ.. މިގަޑީތަ ..” ޒޭން އެހެން ބުނުމާއެކު އެއަންހެން ކުއްޖާ އާއިކޭ ބުނުމާއެކު ޒޭން އިބާއަށް ބަލާލިއިރު އިބާ ފެންނަން ނެތުމުން ” ލޫ ލޫ.. މެޑަމް.. ލޫޔާ.. ” ފޯނަށް ގެއްލިފައި އިން އަށް ޒޭން ގޮވާލިއެވެ. އެވަގުތު ޖެހިގެން ހުރިގޯޅިގަނޑުގައިި އިން އިބާ އަށް “ލޫޔާ” އެނަން ކިޔާލެވުނެވެ. ” ހޫމްދެން.. މީ މެޑަމްއެއްތަ.. ޒޭން ނުވާނެ އިސްލާހެއް މަންމަ ބުނީ ރަނގޅަށް މި ޒޭން މީހަކާ އިންނަ ދުވަހަކުން އެމީހަކު ހަމަ މޮޔަވާނެ.. ” ލޫޔާ ހެމުން ހެމުން އެހެން ބުނުމުން ” އަޅޭ އެދުވަހަކުންވެސް މަގޭ ތިލޯބި ބެސްޓީއަށް އުނދަގުކުރާން އަންނާނަމޭ.. ” ޒޭންބުނެލީ ދެރަނުވާން ވެގެންނެވެ. އެވަގުތު ފިލާއިން އިބާ އަށް ބުނެދޭން ނޭންގޭ އުފާވެރިކަމެއް ލިބުނެވެ. ޒޭން ހަމަ ހަގީގަތުގައިވެސް އޭނަދެކެ ލޯބިވާކަން އެނގުމުންނެވެ.

“ހޫމް ދެން މީނދަ މިސްޓަރ ހިނގާބަލަ އަހަރެން ބޭނުމޭ އެފިލްމުއިން ޓިކެޓް ނަގަން.. މިހާރު ނޭންގެ އޮލިންޕަސް ވަށާ މީހުން ސަފުހަދާފަ ނެތް ކަމެއްވެސް.. ” ލޫޔާ އެހެން ބުނުމާއެކު ޒޭން ލޫޔާމެންގެ ގެކައިރީގައި އޮތް ކާރާދިމާއަށް ދިއުމުން ” ސައިކްގައޭ ލޫޔާބުނެލިއެވެ. ލޫޔާއާއި ޒޭންގެ ގެ ކައިރިވުމުން ދެކުދިން ސައިކަލް ނަގަން ދިޔައީ އެކީގައި ހިނގާލާފައެެވެ. އެވަގުތު އިބާވެސް އެމީހުންގެ ފަހަތުން މަޑުމަޑުން ހިނގައިގަތެވެ.

ލޫޔާއާއި ޒޭން ގޯޅިއަޅާލީ އެއްވެސް ފިކުރެއް ހިޔާލެއްނެތިއެވެ. އެއާއެކު އެވަގުތު ބާރުސްޕީޑްގައި އައި ސައިކަލުން ލޫޔާ ސަލާމަތް ކުރުމަށް ޒޭން ލޫޔާ ކޮށްޕާލުމާއެކު އެސައިކަލް އެއައި ސްޕީޑްގައި ޒޭންގެ ގައިގައި ޖެހުމާއެކު ޒޭން ވިއްސައިގެން ގޮސްޖެހުނީ ކައިރީހުރި ފިހާރައިގެ ލޯގަނޑުގައި ކަމުން އެވެސް ދިޔައީ ފުނޑު ފުނޑުވެގެން ނެވެ. ޒޭންގެ ގަޔަށް އޭގެ އެތަކެއް ބިއްލޫރިއެއްވަންއިރު، ލޫޔާވެސް ކޮއްޕާލީމަ ވެއްޓުން ގޮތަށް ބޯފަޅައިގެން ގޮސް ލޭއަންނަންފެށުމުން ހޭނެތޭގޮތްވިއެވެ. އެސައިކަލް މަތަވީކައިރީގަހުރި ޒޯންގައިވާ ސައިކަލްތަކުގައި ޖެހިފައެވެ. ހުރިހާކަމެއްވެސް ހިނގާދިޔައީ ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި ކަމުން މަންޒަރުފެނުން ލޫޔާ އަށް ހަޅޭލަވާގަނެވުން އިރުު ވާނެ އެއްޗެއް ވެ ނިމިއްޖެއެވެ.

ހޮސްޕިޓަލަށް ގެނައި އިރުވެސް ޒޭންގެ ފުރާނަނެތްކަމަށް ޑޮކްޓަރު ބުނުމާއެކު އިބާއަށްހީވީ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ. އަދި އެއަންހެން ކުއްޖާ އަދި ހޭނާރާކަމަށާއި ބޮލުގެ ފަޅައިގެން ގޮސްފައިވ ތަން މިހާރު ފަހާ ބެންޑޭޖް ކޮށްފައިވާ ކަމަށް އެވަގުތު ޑޮކްޓަރު ޒޭންގެ އާއިލާއާއި ލޫގެ މަންމައަށް އެންގިއެވެ. އޭރުވެސް ޒޭންގެ މަންމަ އަޑުން އަޑުނަގާ ރޮނީއެވެ. ދުރުގައި ހުތިބާ ވާހަތަކެއް އަޑުއަހަން އިން އިބާ އެތަނަށް އައީ އެފަދަ ހިތްދަތި ހަބަރެއްގެ އުންމީދުގައެއް ނޫނެވެ. އެންމެފުރަމަަ ހިތުގައި ނަންފަވާލެވުނު އަދި އެބައިވެރިޔާގެ ފަރާތުން ލިބުނު އިޝާރާތާއެކު ހިތް އުފަލުން އާސްމާނުގައިވި އިބާ އަށް އެވަގުތު ހިތާމައަށް ވުރެބޮޑަށް އިސްކުރެެވުނީ ރުޅިއެވެ. އަދި ދުނިޔެއިން އޭނަ އެންމެ ލޯބިވި އިންސާނާ އަށް އެހެން އެވީ އެލޫޔާއާހެދިކަމަށް ހިތާހިތުން ބުނެވުނެވެ. ” އެއަންހެނާ އެހާވަރުން ސައިކަލުގަ ދާން ބުނަންވެއްޖޭ.. ” އިބާއަށް ދަތްކުނޑި ވިކާލެވުމައެކުހިތަށް އެރިއެވެ. އެވަގުތުން ފެށިގެން އިބާގެ ހިތުގައި ނަފުރަތާއި ރުޅިވެރިކަން ލޫޔާއާއި ދޭތެރޭގައި އުފަންވެގެން ދިޔައެވެ.
***********

މާޒީގެ އެހިތި ހަނދާން އާވުމާއެކު އިބާގެލޮލުން ހޯސްލާފައި ކަރުނަ އޮހެންފެށިއެވެ. ނަމަވެސް އެވަގުތު ފަރޫން ކޮފީއަކަށް އައުމަށް ދައުވަތުދީފައި މެސެޖް ކުރުމުން އިބާ އަވަހަށް ދެލޯފޮހެލާފައި މޫނުދޮވެލައިގެން ނިކުތީ އާއުންމީދަކާއި އެކުގައެވެ.

ކޮލެޖްގެ މުހިތްމުކަމެއްގައި ފ.ނިލަންދުއަށް ދާން ޖެހުމުން ލޫޔާ އިނީ ވަރަށް ކަންތަށްބޮޑުވެފައެވެ. ޝާޔާ އާއި ފަރޫން ގެ ގިޅުން މާބޮޑުވެ ލޫޔާއެރަށުގައި ހުއްޓައި ގޯސްއަޑެއްއަރާކަށް ލޫޔާ ބޭނުމެއް ނޫނެވެ. ދަތުރު އޮތީ ސެމް ބްރޭކްގައި ކަމުން އެދަތުރުގައި ފަރޫން ކޮންމެހެން ވެސް ގެންދަން ލޫޔާބޭނުންވިއެވެ. އެހެންވެ އަވަހަަސް ގޮސް އަލީއާއި އަރުޝަދުކައިރީގައި އެވާހަކަދެއްކިއެވެ. އަދި އެތަކެއް ވާހަކައެއް ދައްކައި އެއްބަސްކުރުވިއެވެ.

އަލޫކް އަށް ވަމުން ދިޔަގޮތުން ހުދު އޭނާވެސް ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ. ލޫޔާ އޭނައަށް އެޖެެއްސީ ކޮންފަދަ ޖާދޫއެއްބާއެވެ. އުޅެ އުޅެ ލޫޔާގެ އެސޫރާ އަލޫކްގެ ހިތުން ފިލާގޮތެއްނުވިއެވެ. ނަމަވެސް އެކުވެރިޔާއަށްޓަކައި އޭނާގެ ހިތުގެމައްޗަށް ބާރުފޯރުވުމަށް އަލޫކްދިޔައީ ކެނޑިނޭޅި މަސައްކަތްް ކުރަމުންނެވެ. އެއްބަޔަކު ދުނިޔޭގައި އެމީހެއްގެ ލޯބިވެރިޔާއާއި އެކުގައި ވަގުތު ގުނަމުން ދާއިރު އަލޫކް އަށް މިޖެހުނީ ހިތާއި ހަމައަށް ކިރިޔާވެސް ފޯރި ސޫރަވެސް އެކުވެރިޔާގެ އުފަލަށް ގުރުބާންކުރާށެވެ. ކޮންފަދަ އިންސާފެއް ހެއްޔެވެ. ވިސްނުމެއްގައި އޮތް އަލޫކް ފަރޫންއަށް ގުޅާލީ ބޯހަމަޖައްސާލަން އަގަތަޅާލަން އެގެއަށް ދާށެވެ. ” ހެއި. ޑޫޑް. ކޮބާ.. ” އަލޫކް އެކޮޅުން ފޯނުނެގުމާއެކު ބުނެލިއެވެ. އެއާއެކު ފަރޫން އެއްޗެކޭބުނުމުން ” އޯކޭ” އޭބުނެފައި އަލޫކް ފޯނުކަނޑާލިއެވެ.

ހުއްޓާނުލާ ފަރޫން އަށް ގުޅަމުން ދިޔަ ލޫޔާ ހުރީ ރުޅިއައިސްގެން ރަތްވެފައެވެ. މިހާރު ތިރީހަކަށްފަހަރު ލޫޔާ ފަރޫން އަށް ގުޅައިފިއެވެ. ނަމަވެސް ޖަވާބެއްނުދެއެވެ. ވީއިރު ލޫޔާދެން މިގަޑީ ފަރޫން ހޯދަން ހަދާނެގޮތެއްވެސް ނެތެވެ.

އޭރު މާލޭގައި އަލަށްހުޅުވި ކޮފީހަޓްގައި ފަރޫން އިނީ އިބާގެ އިންތިޒާރުގައެވެ. އަލޫކްގުޅުމުން ފޯނު ސައިލެންޓްއަށް ލުމަށްފަހު ޖީބަށްލީ އެވަގުތު އިބާއައިސް “ހައެ” ޖަހާލުމުން ނެވެ. ދެމީހުން އޮލަވާހަކައިގައި ތިބެ ކޮފީއަށް އޯޑަރުކޮއްލުމާއެކު އެތަނަށް އައިސް ހުއްޓުން ޒުވާނާއަށް އިބާގެ ނަޒަރު ހުއްޓުނެވެ. ފަރޫންވެސް އިބާ ބަލާތީ ބަލާލިއެވެ. އޭރު ކައިރީގައި ހުރި ޒުވާނާއަަށް ” މައި މޭންއޭ ކިޔާ.. ފަރޫން ބައްދާލުމަށްފަހު އިބާ އަށް އޭނަ ތައާރަފްކޮށްދިނެވެ. “‘ހެއި އިބާ މީ ފަރޫންގެ ބެސްޓް އަލޫކް.. ލޫކް.. ، ލޫކް މީ އަހަންނަށް ލިބުން ފަނީ އެންޑް ކިއުޓް ފްރެންޑް އިބާ.. ” ފަރޫން އެހެން ބުނުމާއެކު އިބާ ރަނގަޅަށް އަލޫކްއަށް ބަލާލިއެވެ.

ބޮލަށް ދުންއަރައިގެން އުޅޭމީހަކުހެން އަވިގަނޑުމެދުގައި ފޯނަށް ބަލަހަށްޓައިގެން ދެކޮޅަށް ހިނގަމުންދިޔަ ލޫޔާ ފެނުމާއެކު އަރުޝަދު ގޮވާލިއެވެ. އެއާއެކު ލޫޔާއަށް ހިރެވުނީ އަވިގަނޑުގައިކަންވެެސް ރޭކާލީ އަރުޝަދު ބުނީމައެވެ. ” މަންޖޭ ހެޔޮނުވާނެ.. ތިވަރަށް ދެން މީހަކު މީހަކުދެކެ ލޯބިވާނީ.. އެކަމަކު ތީ ބޯޑުވަރުއިނގޭ.. ތިހެން ބޯނުގޮއްވާ ހިނގާބަލަ ބޯހަމަ ޖައްސާލަން ކޮފީއެއް ބޯލަން ދާން.. ” އަރުޝަދު އެހެންބުނުމާއެކު ލޫޔާވެސް އެކަމަށް އެއްބަސްވީ އޭނާވެސް އެފަދަ އެއްޗެގެ އެހީ ބޭނުންވެފައިވާތީއެވެ. “އެހެންވީމަ ކޮންތާކަށް ދާނީ.. ” ފުންނޭވައެއް ދޫކޮށްލުމަށްފަހު ލޫޔާ އަރުޝަދުކުރެން އަހާލިއެވެ. ” ހިނގާބަލަ ދިޔާމަ އެއްނު އިނގެނީ.. އަލީބުނި އަލަށްހުޅުވި ކޮފީހަޓްގަ ވަރަށް ފައްކަލޯ ކޮފީ.. އެހެންވެ އަހަރެން މިހިތަށް އަރަނީ އެދިމާއަށް ދާންކަމަށް.. ” އަރުޝަދު އެހެން ބުނުމާއެކު “އަވަހަށް ހިނގާށޭކިޔާ” ލޫޔާ އަރުޝަދުއާއި އެކުގައި ޒޯނުގައި އިން ސައިކަލާއި ދިމާއަށް ހިނގައި ގަތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

ގެއްލިދިޔަ ހަޔާތް….. 20

Next

ގެއްލިދިޔަ ހަޔާތް…… 21

Next
December 23, 2017

ގެއްލިދިޔަ ހަޔާތް…… 21

Previews
December 22, 2017

ގެއްލިދިޔަ ހަޔާތް….. 20

22 Comments!

  1. Layaa says:
    December 22, 2017 at 8:56 pm

    Salaam all.. mibai thankolheh kurudhw.. ekamaku liyefa ineema dhen hamaekani name! Edit mikolhlee .. insha allah maadhamaa ge part ehkoh edit kohlaafa thankolheh dhigukoh geness dheynan.??? unmeedhu kuran mi part kamudhaane kamah .. luv u all readers ..??

  2. Juvey says:
    December 22, 2017 at 9:07 pm

    Me first tha ..v reethi mi part vx. .waitting layaa doonee ? ?

    1. Hawwu (Layaa) says:
      December 23, 2017 at 6:24 am

      Yes ur first ..thank you dear juvey dhooni ??

  3. starfish says:
    December 22, 2017 at 9:11 pm

    me 2nd dhw
    mi bai vx rythi

    1. Hawwu (Layaa) says:
      December 23, 2017 at 6:25 am

      Yes starfish ur scnd.. btw thank you dear ??

  4. Shafa says:
    December 22, 2017 at 9:13 pm

    He he its k layaa..??baehfaharu vaane ehenvs…mi part kuras vvvv reethi..vvv hiyhama jehey mivaahakaa aa dheytherey..??anyways me second dhw..gud luck and luv u..❤???

    1. Hawwu (Layaa) says:
      December 23, 2017 at 6:27 am

      Mifaharu thrd kamah balamaa dhw shafa dhooni ? thankyou dear shafa ??

  5. JUMA says:
    December 22, 2017 at 9:14 pm

    Wow…. vrh salhi….. thnkx sissy????

    1. Hawwu (Layaa) says:
      December 23, 2017 at 6:27 am

      Asslu ?alhey thank you dear jumakko ??

  6. Mary says:
    December 22, 2017 at 9:21 pm

    Varah reethi

    1. Hawwu (Layaa) says:
      December 23, 2017 at 6:28 am

      Thank you dear mary ??

  7. ***?*** says:
    December 22, 2017 at 10:36 pm

    Mibaives reethi hama☺

    1. Hawwu (Layaa) says:
      December 23, 2017 at 6:30 am

      Ehentha ?thankyou dear starwithhrt ???

  8. Red rose says:
    December 23, 2017 at 12:54 am

    It’s a nice story.

  9. aish_@ says:
    December 23, 2017 at 1:25 am

    w.salaam..OMG..alhe dhen vaany kihinehbaa.. waiting 4 the n3xt prt..mi bai ves vr reethi masha allah

    1. Hawwu (Layaa) says:
      December 23, 2017 at 6:31 am

      Asslu dhw vaanegoi balamaa ?btw thank you dear aisha ???

  10. Pinky shifoo says:
    December 23, 2017 at 8:33 am

    Hiii Layaa…. After a long time commenteh mi kohlee… Mi Story ge parts thah vx varah varah reethi n intresting… Adhi kiriyaa hurihaa parteh mi kiyaalevuny.. Keep it up.. Waiting for next part

  11. Rsh says:
    December 23, 2017 at 11:16 am

    Nice?

  12. Naaz says:
    December 23, 2017 at 11:30 am

    Hmmmm,,varah reethi adhi?

  13. SJK...KOREAN says:
    December 23, 2017 at 12:24 pm

    hii,,
    hows u layaa?? 😀
    storyy varah habeys.. 🙂 love it 🙂
    waiting for nxt prt..
    love u <3 <3

  14. Ibaa says:
    December 23, 2017 at 5:58 pm

    Dali

  15. mishy says:
    December 23, 2017 at 7:00 pm

    Layaa vrh vrh vrh vrh reethi mi vhk…. mihaa reethi vhk eh vrh dhuvas khfa mi kiyan feshunii…. vrh bodah thnx layaa

Comments are closed.

Next Episodeނޭންގިހިތޭ ގެންދެވީމަ މިތުރާ… (7)←


All Right Reserved!