
ގެއްލިދިޔަ ހަޔާތް…… 21
“ މެރީ ކުރުން …އެއްބަސްތަ؟“ ޒާހިދުގެ މޫނުން އުފާވެރިކަން ފާޅުވަމުންދިޔައެވެ.
“ މެރީ ކުރަންށޭ؟؟؟؟“ ރޭޝަމްއަށް ގަބޫލުކުރަންދަތިވިއެވެ.
” ހްމް.. މެރީ ކުރަން…. އެއްބަސްތަ؟ އަހަރެންނަކަށް އިތުބާރެއް ނުކުރަންތަ؟“ ޒާހިދު ރޭޝަމްއާ އިތުރަށް ގާތަށް ޖެހިލިއެވެ.
“ އަހަރެންނަކަށް ނޭނގެ… އަހަރެން ޒަފޫ ކައިރީ ވެސް އަހާލަން ބޭނުން…“ ރޭޝަމް ލަދުންގޮސް އިސްދަށަށް ޖަހާލިއެވެ.
” ކީއްކުރަން އެހެން މީހުން ކައިރީ އަހަނީ؟ މެރީ ކުރަނީ އަހަރުމެން ދެމީހުންނެއްނު… އަހަރެން ބޭނުން ޖަވާބެއް ހަމަ މިވަގުތު“ ރުޅި މޫނު ދައްކާލަމުން ޒާހިދު އަނެއް ފަރާތަށް އެނބުރުނެވެ.
“ ސާބަސް.. ދެން ތިވަރު ނުވިޔަސް އަހަރެން ޖަވާބެއް ދީފާނަމޭ… އައި ޓްރަސްޓް ޔޫ..“ ރޭޝަމްގެ އަޑުގައި އިރުކޮޅެއް ކުރިން ހުރި ހިތާމަވެރިކަން ކޮންމެވެސް ވަރަކަށް ފިލައިގެންދިޔަކަހަލައެވެ.
“ ތީގެ މާނައަކީ؟؟؟“ ވިސްނުންތެރިކަމާއެކު ޒާހިދު ރޭޝަމްއާ ދިމާލަށް ބަލާލިއެވެ. އެއާއެކު ރޭޝަމްގެ ތުންފަތަށް ލަދުރަކި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
“ ޔެސް!!!! އައި ލަވް ޔޫ ސޯ މަޗް މައި ޕްރިންސެސް…“ އެނދުން ތެދުވަމުން ޒާހިދު ރޭޝަމް އުރާލިއެވެ. އެމަންޒަރު ބަލަން ކޮޓަރީގެ ދޮރުމަތީގައި އިން އާމިރާގެ މޫނުމައްޗަށް ހިނިތުންވުން ވެރިވެގެން ދިޔައެވެ.
އާ ދުވަހަކަށް އިރު އެރުމާއެކު ޒާހިދު އަވަސް އަވަހަށް ތެދުވީ ފުރަން ތައްޔާރުވުމަށެވެ. ރޭޝަމްވެސް ޒާހިދުގެ އެދުމުގެ މަތިން ތައްޔާރުވިއެވެ.
“ ހަމަ އަސްލުވެސްތަ؟ ރޭޝަމް ޒާހިދާ އިންނަނީތަ؟ އަހަރެންނަށް ހާދަ ހިއެއް ނުވެޔޭ..“ ޖޯލިފަތީގައި ޖައްސާލަމުން ޒަފޫ އާމިރާއަށް ބުނެލިއެވެ.
“ ކިހިނެއްވީ ތިހެން ތިބުނީ… އެދެމީހުން ކިހާ ލޯބިވޭ އެކަކު އަނެކަކުދެކެ.. އެހެން ނޫނަސް ރޭޝަމްގެ މިއަދު ދެން ވަކި ކާކު ހުރީވެސް… ރޭޝަމްއަށް ވެސް ރަނގަޅު ވާނީ ދެން އެގޮތެއްނު…“ އާމިރާ ހިނިތުންވެލިއެވެ.
” އެކަމަކު…“ ޒަފޫގެ ޖުމްލައަށް ހުއްޓުން އެރީ ގޭތެރެއިން ނިކުމެގެން އައި ރޭޝަމް ފެނުމުންނެވެ.
“ ދައްތަ އެބަ އަންނަން އެފަރާތަށް ޖެހިލާފަ…“ ޖޯލިފަތިން ތެދުވަމުން އާމިރާ ބޮލުގައި އޮތް ބުރުގާ ރަނގަޅުކޮށްލިއެވެ. ރޭޝަމް ގޮސް ޒަފޫއާ ޖެހިގެން ހުރި ޖޯލިފަތީގައި ޖައްސާލިއެވެ. އެއާއެކު ޒަފޫ އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ.
“ އަހަރެން ދާތީ ހިތްހަމަނުޖެހިފަ ދޯ.. އެކަމަކު ޒާހިދު ބޭނުންވަނީ އަހަރެން ގޮވައިގެން ދާން، އެހެންވީމަ ނުގޮހެއް
ނުވާނެއެއްނު ދޯ…“ ރޭޝަމް ޒަފޫއާ ދިމާލަށް ބަލާލިއެވެ.
” ނޫނޭ.. ރޭޝަމް ދާތީ އެކަމާ ހިތްހަމަނުޖެހިފައެއް ނޫން… ހިތްހަމަނުޖެހެނީ ވެސް، އަދި ބިރުގަންނަނީ ވެސް ތިބުނާ ޒާހިދަކަށްޓަކާ ރޭޝަމް ދާތީ… އެންމެ ފަހަރަކުވެސް ވިސްނާލިންތަ މުސްތަގުބަލާ ދޭތެރޭ….“ ޒަފޫ ޖޯލިފަތިން ތެދުވިއެވެ.
” ޒަފޫ ކީކޭ ތިކިޔަނީ…. ޒާހިދަކީ މިހާރު ކުރީގެ ޒާހިދެއް ނޫނޭ… އޭނަ އަހަރެން ކައިރީ ވައުދުވިއޭ އެހުރިހާ ކަމެއް ދޫކޮށްލާނެކަމަށް…“ ރޭޝަމް ޒަފޫއަށް ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ.
“ އެކަމަކު އަދި އެވައުދެއް ނުފުއްދެއެއްނު…. ދެން ކީއްކުރަން ރޭޝަމް ކުރިއަށް ފިޔަވަޅެއް ތިއަޅަނީ… އެވެސް އޭނަގެ އަނބިމީހާގެ މަގާމަށް… ހެޔޮއެދޭ ރައްޓެއްސެއްގެ ގޮތުން އާދޭސްކޮށްފަ މިބުނަނީ ތިމަގުން ނުހިނގާ… ރޭޝަމްއަށް ދެރައެއް ލިބިގެން އަނބުރާ އަންނަ ދުވަހު ރޯނެ މީހަކަށް ހުންނާނީ ހަމަ އެކަނި އަހަރެން…. އެދުވަހަކުން މާ ލަސްވާނެ….. ޕްލީޒް… ޓްރަސްޓް މީ..“ ރޭޝަމްގެ ދެލޮލަށް ބަލާލަމުން ޒަފޫ ވާހަކަދެއްކިއެވެ.
“ އޭނަ އެވައުދު ފުއްދަމުންނޭ އެދަނީ.. ޕްލީޒް ތިގޮތަށް ނުވިސްނާ… އޭނަ އަހަރެން ދެކެ ލޯބިވެޔޭ ޒަފޫ.. އަދި އަހަރެންވެސް ލޯބިވޭ… އޭނަ އަހަރެންނަކަށް ދެރައެއް ނުދޭނެޔޭ…. ތިހާވަރަށް ނުވިސްނަބަލަ…. އައި ޓްރަސްޓު ޔޫ ޒަފޫ އެކަމަކު ޒަފޫ ތިވިސްނަނީ އަދި މުޅިން ރަނގަޅަކަށް ނުން….“ ޒަފޫ ދެއްކި ވާހަކަތައް ރޭޝަމްއަށް ގަބޫލުކުރަން ދަތިވިއެވެ.
” ލޯތްބަކީ ހަމަ ހަގީގަތުގަވެސް ކަނު އެއްޗެއްތާ ދޯ… އެކަމަކު ބުނަން…. ރޭޝަމް އަދި އަންނާނެ… އެދުވަހުން ހުރިހާ ހަގީގަތެއް ވެސް ރޭޝަމްއަށް އޮންނާނީ ހާމަވެފަ.. އެއްފަހަރުވެސް ތިމާގެ ތިސިކުނޑިން ރަނގަޅަށް ވިސްނާލިންތަ މިވެގެންދިޔަ ކަންތައްތަކާމެދުގަ…. މިންހާ ވީ މިރަށުގަ ކަން އެމީހުންނަށް އެނގުނު ގޮތަކާމެދު ވިސްނާލިންތަ…. ރޭޝަމްއާ އެންމެ ގާތުގަ ހުރިހާ ވަގުތަކު ހުރި ހަމަ އެކަނި މީހަކީ ޒާހިދު… އޭނަ ނޫން ދެން ކާކު އެމައުލޫމާތު އެމީހުންނަށް ފޯރުކޮށްދޭނީ… ޒާހިދުގެ ސަބަބުންނޭ ނަރީމާއްތަ މިދުނިޔެއާ ވަކިވެގެން ދިޔައީ.. ރޭޝަމްގެ މަންމަގެ މަރުގެ ޒިންމާ ކިތަންމެ ކުޑަކޮށް ނަމަވެސް އެމީހެއްގެ ބޮލުގަ އެޅޭ މީހަކާއެކު މުޅި ހަޔާތް ވޭތުކުރަން ރޭޝަމް ތިނިންމީ ހަމަ ހޭގަ ހުރެގެންތަ؟ އައި ކާންޓް ބިލީވް އިޓް…“ ޒަފޫގެ ދެލޯ ފެންކަޅިވިއެވެ. ނަރީމާ ނިމިގެން ދިޔަ ފަދަ އަނިޔާވެރި ގޮތަކަށް ރޭޝަމް ނިމިދާކަށް ޒަފޫ ބޭނުމެއް ނޫނެވެ.
“ ނޫން.. ނޫން… ހުއްޓާލާ… ޕްލީޒް ހުއްޓާލާ…. ތީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ… އަހަރެން އެންމެ ބޮޑަށް އިތުބާރުކުރާ އެކަކު… ހަމަ އެގޮތަށް ޒާހިދަށްވެސް އަހަރެން އިތުބާރުކުރަން…. އަހަރެންނަށް ޔަގީން އެކަމުގަ ޒާހިދުގެ އަތެއް ނުވާނެކަން… އެހެން ނޫން ނަމަ ޒާހިދު އަހަރެންނަކަށް ސިއްރެއް ނުކުރާނެ….“ ރޭޝަމްގެ ދެލޮލުން ކަރުނަ އޮހެރެމުންދިޔައެވެ.
” ހަމަ ރަނގަޅަށްވެސް ލޯބިވެވިފަ ތިހިރީ…. އަހަރެން ދައްކާ ވާހަކައެއް މިއަދު ރޭޝަމްއަކަށް އަޑެއް ނީވޭނެ… އެކަމަކު މާދަން އެހެން މީހެއްގެ ދުލުން ހަމަ މި ހަގީގަތް ރޭޝަމްއަށް އަޑުއިވޭނެ… އެދުވަހަކުން އިނގޭނެ އަހަރެންމީ ރޭޝަމްއަށް ހެޔޮއެދޭ ރަނގަޅު ރައްޓިއްސެއްކަން… އެނީވޭއިޒް… މެރީ ކުރާކަށްނު ތިދަނީ.. ކޮންގްރާ…. އަބަދުވެސް އުފަލަށް އެދެން….“ ޒަފޫ ރޭޝަމްއާ ސަލާން ކުރުމަށް އަތް ދިއްކޮށްލިއެވެ. ރޮވިފައިވާ ހާލު ދެމީހުން އެކަކު އަނެކަކާ ސަލާން ކުރިއެވެ.
” އަހަރެންނަކަށް ކޮންގްރާ އެއް ނުކިޔާނަންތަ؟“ ސަލާން ކުރުމަށް ޒަފޫއާ ދިމާލަށް ޒާހިދު އަތް ދިއްކޮށްލިއެވެ. އެވަގުތު ޒަފޫގެ މޫނުމަތީގެ ކުލަވަރު އެއްކޮށް ބަދަލުވެގެން ދިޔައެވެ. އެތަނުގައި ހިނދުކޮޅަކަށްވެސް ހުންނަން ބޭނުން ނުވުމުން ޒަފޫ އަވަސް އަވަހަށް އެތަނުން ދިޔައެވެ. އެމަންޒަރު ބަލަން އިން އިރު ރޭޝަމްގެ ހިތުގައި ވޭނީ އާހެއް އުފެދެމުންދިޔައެވެ.
“ ޒަފޫ ހިތްހަމައެއްނުޖެހޭ ދޯ އަހަރެންނާ ދޭތެރޭ…“ ޒާހިދު ރޭޝަމްއަށް ބަލާލިއެވެ.
“ ނޫނޭ.. އަހަރެން ދާތީ ދެރަވެފަ ޒަފޫ އިނީ… އެހެންވެ ޒާހިދާ ސަލާން ނުކޮށް އެދިޔައީ…“ ރޭޝަމް ވާހަކަ އޮޅުވާލިއެވެ.
މާލެ ދެވުމާއެކު ރޭޝަމްގެ ބޮލުގައި ރިއްސަންފެށިކަހަލައެވެ. މިއަދު ރޭޝަމްގެ ހިތް އެދެނީ ހަމަހިމޭން މާހައުލެއްގައި ވަގުތު ހޭދަކުރުމަށެވެ. އެހެނަސް ތަގުދީރު ނިޔާކޮށްފައިވަނީ އެގޮތަކަށް ނޫނެވެ.
“ ދެން ކީއްކުރަންތަ ކަލޭ މިގެއަށް ތިއައީ…. ކިހާބޮޑު ކަމެއް ދެން މީ…“ ރޭޝަމް ފެނުމާއެކު ލީޒާ ރަތަށް އެރިއެވެ.
” އޭނަ ގެނައީ އަހަރެން.. އިތުރު ސުވާލެއް؟؟؟“ ޒާހިދު ލީޒާގެ ކުރިމައްޗަށް އެރިއެވެ.
” ކަންތައް އެހާ ދެރަ ގޮތަކަށް ވެގެން ދިޔުމުން އަހަރެންވެސް ހީކުރީ ދެން ރޭޝަމް ނާންނާނެކަމަށް…“ ކޮޓަރިން ނިކުމެގެން އައި ލަތީފު ރޭޝަމް ފެނުމާއެކު ބުނެލިއެވެ.
” ދެން އޭނައަށް ޚަރަދުކުރަންވީ އަހަރުމެންތަ؟ އަޖައިބެއް މީ ދެން…“ ލީޒާއަކަށް މަޑަކުން ނުހުރެވުނެވެ.
“ ލީޒާއްތަ ކައިރީ އެކަކުވެސް ބުނެފިތަ ރޭޝަމްއަށް ޚަރަދުކުރާށޭ؟؟؟“ ޒާހިދުގެ އަޑު ބާރުވިއެވެ.
“ ލީޒާ ހުރެބަލަ މަޑުން… އަހަރެން ވާހަކަދައްކަފާނަން….“ ލަތީފް ލީޒާއާ ދިމާލަށް ހަރުކަށިކަމާއެކު ބުނެލިއެވެ.
” ރޭޝަމް މިގެއަށް މިއަދު އެއައީ ކުރީގަ އައި ގޮތަކަށް ނޫން…. އެހެންވީމަ އެކަކުވެސް އެކައްޗެކޭވެސް ކިޔައިގެން ނުވާނެ..“ޒާހިދު ލީޒާއާ ދިމާލަށް ރުޅިވެރިކަމާއެކު ބަލާލިއެވެ.
“ ތިބުނި އެއްޗެއް ބޭބެއަކަށް ނުވިސްނުނު…“ ލަތީފް ޒާހިދާ ދިމާލަށް ބަލާލިއެވެ.
“ ރޭޝަމް މިއަދު މިގެއަށް އެއައީ އަހަރެންގެ ވާން އުޅޭ އަނބިމީހާގެ ގޮތުގަ..“ ޒާހިދު ހިނިތުންވުމަކާއެކު ރޭޝަމްއަށް ބަލާލިއެވެ. އެވަގުތު ލީޒާގެ ދެލޯ ބޮޑުވެގެންދިޔައެވެ.
” ކީކޭ؟؟“ ލަތީފްއަށް ގަބޫލުކުރަން ދަތިވިއެވެ.
” އާނ… ވީހާވެސް އަވަހަކަށް އަހަރެން ބޭނުމީ ރޭޝަމްއާ ކައިވެނިކުރަން…“ ޒާހިދު ހަމަޖެހިލަމުން ވާހަކަދެއްކިއެވެ.
“ ޒާހިދު ހަރުދަނާ ޒަވާޖީ ހަޔާތެއް ފަށަން އުޅޭކަން އެނގުމުން ބޭބެ ވަރަށް އުފާވެއްޖެ…“ ލަތީފް ޒާހިދުގެ ނިންމުމާ މެދު ހިތްހަމަޖެހުނެވެ. އައި ރުޅިއާއި ވީ ފޫހިން ލީޒާ އަވަހަށް އެތަނުން ދިޔައެވެ.
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ބެލްކަނީގައި ހުރި ގޮނޑިއެއްގައި އިށީންދެލައިގެން އިން ރޭޝަމްގެ ދެލޮލުން ވޭނީ ކަރުނައެއް އޮހެރެމުން ދިޔައެވެ. މަންމަ ނެތުމުގެ ފަޅުކަން މުޅި މާހައުލުވެސް ރޭޝަމްއަށް އިހުސާސްކޮށްދެމުންދިޔައެވެ.
“ ނިދާކަށް ނުވޭތަ؟“ ޒާހިދު ރޭޝަމްއާ ގާތަށް ޖެހިލަމުން އަހާލިއެވެ. ޒާހިދު ފެނުމާއެކު ރޭޝަމްއަށް ގިސްލެވެން ފެށުނެވެ.
“ އަހަރެން ވަރަށް ބިރުގަނޭ އެބަ…“ ޒާހިދާ ހަތަރުކަޅި ހަމަކޮށްލަމުން ރޭޝަމް ރޮވިފައިވާ އަޑަކުން ވާހަކަދެއްކިއެވެ.
“ ކޮންކަމަކާ ބިރު ގަންނަންވީ؟ އަހަރެންނަކަށް އިތުބާރެއް ނުކުރަންތަ؟“ ޒާހިދު ރޭޝަމް ގަޔާ ކައިރިކޮށްލިއެވެ.
“ އިތުބާރުކުރަން… އެކަމުގެ ހެއްކެއް މިއަދު އަހަރެން ޒާހިދާއެކު އައުން އެއީ… އެކަމަކު… އެކަމަކުވެސް ހިތް ބިރުގަންނަނީ…“ ރޭޝަމް ގޮނޑިން ތެދުވިއެވެ.
” ބުނެބަލަ… ކީއްވެ ބިރުގަންނަންވީ؟ އަހަރެން ކައިރީ ނުބުނެވޭވަރު ވާހަކަ އަކީތަ؟“ ޒާހިދު ވިސްނުންތެރިކަމާއެކު ރޭޝަމްގެ މޫނަށް ބަލާލިއެވެ.
” ނޫން… ނުބުނެވޭވަރުގެ ވާހަކައެއް ނޫން.. އެހެން ނޫނަސް މިއަދު އަހަރެން ވާހަކައެއް ދައްކަންޏާ ދައްކަން ހުރި މީހަކީ ތީ…. މިއަދު ޒަފޫވެސް އަހަރެންނާ އަނގައިން ބުނާކަށް ބޭނުމެއް ނުވޭ…..“ ރޭޝަމްއަށް ގިސްލެވެމުންދިޔައެވެ.
” އެކަކު ނެތަސް އަހަރެން މިހިރީނު… މެރީ ކުރީމަ ހުރިހާ ކަމެއްވެސް އޯކޭ ވާނެ…“ ޒާހިދު ރޭޝަމްގެ ބޮލުގައި ފިރުމާލިއެވެ.
” ނޫން… މެރީ ކުރިޔަކަސް އެއް ކަމެއްވެސް ރަނގަޅެއް ނުވާނެ… ޒާހިދު އަހަރެން ކައިރީ ވީ ވައުދު ކޮބާ؟ މިހާރު ހަނދާންނެތުނީތަ؟“ ރޭޝަމްގެ އަޑު ކުޑަކޮށް ބާރުވިއެވެ.
“ އަހަރެން ހަނދާން އެބަހުރި… އަހަރެން މިހާރު އެކަންތައްތަކާ ދުރުވެއްޖައީމޭ… އެކަމަކު އެއްކޮށް އެކަންތައް ނިންމާލެވޭނީ އަސްލަމްއާ ވާހަކަދައްކާފަ..“ ޒާހިދު ފުން ނޭވާއެއް ބޭރުކޮށްލިއެވެ.
“ ވީހާވެސް އަވަހަކަށް ތިކަމުން ސަލާމަތްވޭ ޕްލީޒް…“ ރޭޝަމް ހިނިތުންވުމަކާއެކު ޒާހިދަށް ބަލާލިއެވެ. ޒާހިދުވެސް ހިނިތުންވެލިއެވެ. އެހެނަސް ޒާހިދުގެ ހިތުތެރޭގައި ބިރުވެރިކަމެއް އުފެދެމުން ދިޔައެވެ. ހަގީގަތް ހާމަވާ ދުވަހަކުން ވާނެ ގޮތަކާމެދު ޖެހިލުންވަމުން ދިޔައެވެ.
ރޭޝަމްގެ ލޮލަށް ނިދި އަންނާނެ އިރަކަށް ބަލަ ބަލާ އިން ޒާހިދަށް ހަމަޖެހުމެއް ލިބުނީ އަރާމު ނިންޖަކުން ރޭޝަމްއަށް ނިދުނީމައެވެ. ކޮޓަރިތެރޭގައި އޮތް ރަތް ކުލައިގެ ފައިލު ހިފައިގެން ގެއިން ބޭރަށް ޒާހިދު ނިކުތީ ތެޅިތެޅި އޮތް ހިތަކާއެކުގައެވެ. ސައިކަލަށް އަރާ ބާރު ސްޕީޑުގައި ދުއްވާފައި ގޮސް މަޑުކޮށްލީ މާފަންނުގައި ހުރި ގެއެއްގެ ކައިރިއަށެވެ. އަވަސް ނަޒަރަކުން ވަށައިގެން ހޯދާލުމަށްފަހު އަވަސް ފިޔަވަޅުތަކެއްގައި ކުރިމަތީގައި ހުރި ގޭގެ ސިޑިން އަރަން ޒާހިދު ހިނގައިގަތެވެ. ސިޑިން އަރަމުން ދިޔައިރު ޒާހިދުގެ މުޅި ގައިން ދާތިކި އޮހެރެމުން ދިޔައެވެ. ފަސް ވަނަ ބުރިއަށް އެރުމާއެކު ދޮރުގައި މަޑުމަޑުން ޒާހިދު ޓަކި ދިނެވެ. އެއާއެކު ޒުވާޏް ފުރައިގެ، ރީތި އަންހެން ކުއްޖަކު ފަރި ގޮތަކަށް އައިސް ދޮރު ހުޅުވާލިއެވެ. ސިއްސައިގެން ގޮސްފައި އަސްލަމް އެބައުޅޭހެއްޔޭ ޒާހިދަށް އަހާލެވުނެވެ. ޒާހިދު އެހެން އެހުމާއެކު ތުއި ގޮތަކަށް އެތެރެއަށް ވަނުމަށް އިޝާރާތްކޮށްލަމުން އެކުއްޖާ އެތެރެއަށް ހިނގައިގަތެވެ. މޫނުން އޮހެރެމުން ދިޔަ ދާތިކިތައް ގަމީހުގެ އަތުން ފޮހެލަމުން ޒާހިދު އެތެރެއަށް ވަނެވެ. (ނުނިމޭ)
71 Comments!
Comments are closed.
balabalaa huhta thi up kohla dhinee.
hihihii
thanks aki
ur 1st aki congra
ur 1st aki congra
..
Khonireh story up veytho balaathaa.. V v inthixaaru kohfin.. Ehaaves ryhchey mi story.. Ekam nimen gaahvaathi v dheraves vey.. V beynun starfish ge frnd akah vaan.. Veveynetha??? Dhenves neryny hama mikahala rythi story eh igey.. Luv u
Miyadhu 2nd dhw
shann kyntha haadhahaa loabivey kiyaa vaahaka eh .. kurin kohnme vx kuhjaku up kuri.. e story liyuny i ge frndeh .. readers beynumyaa e story genesdhyfaanan mi story nimey irah noony eyge kurin vx..
thanks shann
ebunaahen dhw congra
Nukiyan kanneynge.. Ekam v gina story kiyaafa hunnaany.. Alhe up kohdhybala
which author was your friend starfish? i wanna read tht story..
aisha e vaahaka liyunu kuhjaa ah kiyani
alhe vrh reethi mi part vc
thanks unaal
I also want read that storyy…
Vvvv reethi… v ginain balaifin up veythw?starfish thy hama best?
thanks ishoo
Dhen kuhenehba vaany v reethi story
thanks any..
dhn nimeyny dhw
V reethi me part ves starfish haadha molhey vaahaka liyan
thanks niky
When next part.?.v.v.v.teethi
tonight..
thanks aroo
Ekamaku ves mi story haadhahaa ree hey V salhi ❤️??❤️???❤️❤️❤️
thanks anaaa
love u
Haadha molhey.. waiting for next part??
thanks aisha
Reethi
thanks shaa
Ala zaahida hidaya liba goe hadaba
hihihi ok reen
thanks
Miadu heevey v kuruhen…. Kiyaa hithun ineema thoacheh… He he he …story v reethi… Masha Allah
thanks fathimaa..
ebunaahen vedhaane dhw
hear is part 21 enjoy..
Varah varah reethi.zaahidhu ehkoh aslam aa gulhun kandaafa thigeyn nikume
hihihihihi.. thanks hairaan
mi story haadha reechey…. kiyaa hithun hure veny eh noon…mihaaruhithah arany next part ga kihineh baa eyvaany… alhey reysham aa zaahidh aa vaki nukurachey….. next part mirey dw….
thanks roya
WoW V Salhi..?
thanks rsh
Wow. V v salhi. Mirey thankolheh awahah up kohdhehchay next part. Plz.
ok raya
thanks
Wow v v vsalhi hama habys???????????
thanks shai
woww, speechless 🙂
keep up the good works 😀
waiting..
thanks sjk korean
sjk kohn irakun u ge vaahakage eneh part nereni .. e vaahaka v kiyaa hiy vey
Ebunaahen sjk…. kobaa tha story. …. ? whn up kohdheveyny???? Mihaaru hama kiyaa hithun hureveny eh noon???
Pis pis pis…. haadha reethi vaahaka ekey meee… ????… varah molhu
thanks naxy
Haada reachey stry .waiting for next part
thanks muni
Alhey haadha rychey… aneh part kon irakun?
mirey up kohdheynan
thanks thannu
Thy sana ge varah loabi frndeh………… Hama abadhuves hurevenee mi loabi vaahaka up veytho balabala………..this is my favourite story esfiya and thank you for updating this lovely story daily……..????
thanks sana
starfish ge vx v loabi frndeh sana aky
kohnme dhuvahaku comment kuraathy v ufaavey
thanks again sana
Welcome dhooni gandaa….????
Masha allah ……..
Very very nice…….
You are number 1 writer…..
When next part???………..
Keep it up…….???????
thanks samahaa
2night
Wow vrh salhi???? zaahidh aa gulheny hama e asmaa gandey ?? reysham plx escape from that guy??☺ waitingsssssssssssss ingey my dear starfish???❤❤❤❤❤
hihihihi..thanks juma
alhe alhe vr reethi story eh…Hama the best?waiting 4 the next part
tanks dhn baaky iny 3 part
thanks aish
3part ekam bunyma 8part.eygefahun.nikuthy 1part….
kykey hairaan
22konirakun.
up kuran jahssafa v iru vehjje .. pending ga iny
Mirey kitheh jahaaru dhn up vaanyy
nyge 8 ga vx vedhaane gaamu jehsin up kuran 3 ga
Alhe hama bala bala mi innany…
lasvegen admin ah msg vx kohlaafin
aish_@ kaary Starfish thibuny baaky 3part ey
hmmm