“..ނިކާލް ނިހާދެކެ ލޯބިވޭތަ؟..” ޞަފިއްޔާ ފުރަތަމަވެސް ކޮށްލީ ސުވާލެކެވެ. ނިކާލް ހައިރާންވެފައި ޞަފިއްޔާގެ މޫނަށް ބަލަހައްޓައިގެން އިނެވެ. “..ދަރިފުޅު ނިހާދެކެ ލޯބިވޭތަ؟..” ނިކާލްގެ ޖަވާބެއް ނުލިބުމުން ޞަފިއްޔާ ސުވާލު ތަކުރާރުކޮށްލިއެވެ. ނިކާލް މަޑުމަޑުން ތެދުވިއެވެ. ޞަފިއްޔާ ގާތަށް އައިސް ދެކޮނޑުގައި ހިފަހައްޓާލިއެވެ. ފަރުވާތެރިކަމާއެކު ޞަފިއްޔާގެ މޫނަށް ބަލާލިއެވެ. ޞަފިއްޔާ ކަމަކާ ފިކުރުބޮޑުވެފައި ހުރިހެން ނިކާލަށް ހީވިއެވެ. “..ކިހިނެއްވީ މަންމާ..” ނިކާލް ބުނެލިއެވެ. “..ހާދަ ފިކުރު ބޮޑުވެފަ.. ކަމެއްވީތަ؟.” “..ކަމެއް ނުވޭ..” ޞަފިއްޔާ ދިނީ ކުރު ޖަވާބެކެވެ. “.. […]
އެލައިޝާ އިރުކޮޅަކު އިބާންއާއި ދިމާއަށް ބަލަންހުރެފައި ފޯނު އިބާންއަތަށް ދިނީ އިބާން އަވަހަށް އެތަނުން ފޮނުވާލުމުގެ ބޭނުމުގައެވެ.އޭނާ އުއްމީދުކުރި ގޮތަށް ފޯނުލިބުމުން އިބާން އެތަނުން ދިޔައެވެ. އެލައިޝާއަށް އިބާން ފޯނު އެގެންދިޔައީ ކަމެއް ރާވައިގެންކަމެއް ނޭންގެއެވެ. އެލައިޝާގެ ފޯނުން ފޮޓޯތައް އޭނާގެ ފޯނަށް ފޮނުވާލުމައްފަހު ދެމީހުންގެ ފޯނު ބޭއްވުމައްފަހު އިބާން މަޑުމަޑުން ހިނގައިގަތީ އެލައިޝާއާއި ދިމާއަށެވެ.ލަސް ފިޔަވަޅުތަކެއް އަޅަމުންގޮސް އިބާން ހުއްޓުނީ އެލައިޝާގެ ފުރަގަހުގައެވެ. އިރުކޮޅަކު އެހެން ހުރުމައްފަހު އެލައިޝާ އޭނާގެ އަތްދަނޑިމައްޗަށްނެގިއެވެ.އަދިމީ އޭނާގެ ގަޔަށް ކޭކްޖެހީމަ […]
ހިޔާލީ ދުނިޔެއިން އަހަންނަށް ނިކުމެވުނީ މީހަކު އަހަރެންގެ ކޮނޑުގައި އަތްބޭއްވީމައެވެ… ސިހިފައި އަހަރެން ބަލާލިއިރު އަހަރެންގެ ފުރަގަހުގައި ހުރީ އަހަރެންގެ ސާލް އެވެ.އެސޫރައެއް ދެކެން އަބަދާއި އަބަދު އެދޭ އަހަރެންގެ ފިރިމީހާ އެވެ. އަހަރެން ވަރަށް އުފާވިއެވެ.ނަމަވެސް ސާލްއަށް ގޮވާލަން ހުޅުވި އަނގަ ލައްޕަން ޖެހުނީ އޭނަގެ ފަހަތުން އައި އަންހެން ކުއްޖާ ފަޔާޒްދޮންބޭ އޭކިޔާ ގޮވާލުމުންނެވެ. އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ. ވަރަށް ދެރަވިއެވެ.ނަމަވެސް އެކަން މޫނުމަތިން ނުދައްކާވޭތޯ ބެލީމެވެ. އެއަންހެން ކުއްޖާ އައިސް އަމިއްލައަކަށް […]
“ އެހެންވެއްޖެއްޔާ ދެއަންބަށް އަހަރެންނާ އިނދޭ… ސިމްޕަލް..“ އަސްމާ ޒާހިދުގެ އަތުގައި ހިފާލިއެވެ. “ ދެއަންބަށޭ؟ ކޮންމެފަދަ ހާލެއްގަ އުޅެން ޖެހުނަސް ކަލެއަކާ ނިއިންނާނަން… ކަލޭތީ ކާކު މީހަކު އިންނަން…“ އަސްމާގެ އަތް ފޮޅުވާލަމުން ޒާހިދު ގޮނޑިން ތެދުވިއެވެ. ” އިންނަން ޖެހޭނީ.. އެހެން ނޫނީ ރޭޝަމްއަށް ހުރިހާ ހަގީގަތެއް ކިޔައިދޭނަން… އަހަރެންނަށް ޒާހިދު ނުލިބުނިއްޔާ އެހެން މީހަކަށްވެސް ލިބުނަކަ ނުދޭނަން…“ އަސްމާ ޔަގީންކަމާއެކު ބުންޏެވެ. މުޅި ދުވަސް ހޭދަވީ އަސްމާ ދެއްކި ވާހަކަތަކާ ދޭތެރޭ ވިސްނުމުގައެވެ. […]
ރޮށި ފިހެނިމިގެން ގެއަށް ދިޔަ މަގުމަތީގައި ލަޔާންއާއި ވިޝާކާ މަޖާ ވާހަކަތައް ދައްކަމުންދިޔައެވެ. އަވްލީންއާއި މަހުދީވެސް އެމީހުންގެ ސަކަރާތުގައި ބައިވެރިވެ އެމީހުން ކިޔާ އެއްޗެއްސާ ހެމުންދިޔައެވެ. ދަތުރުގޮސް ކުރާނެ މަޖާ ކަންތައްތައް ރާވަމުން ހަތަރު މީހުން އެކުގައިގޮސް ގެއަށް ވަންއިރު ވިޝިކާ އޮތީ ސޯފާގައި އޮށޯވެގެން ޓީވީ ބަލާށެވެ. “ވިޝީމެން ގުރޫޕަށް އިނީ ކޮންކަމެއްތަ؟ ވިޝީ ނުދަންތަ ދަތުރަށް ރެޑީކުރާކަށެއް؟” ވިޝާކާ ޖެހިގެން އިން ސޯފާގައި އިށީންނަމުން އަހާލިއެވެ. “އަހަރުންނަށް އިނީ މިކޮޅުންވެސް އެކޮޅުންވެސް ދޯންޏަށް އެއްޗެހި […]
މިއީ އަޅުގަނޑު މި ސައިޓުގައި ލިޔާ ފުރަތަމަ ވާހަކަ. އަޅުގަނޑު އުންމީދުކުރަން ތިޔަ ބޭފުޅުން މި ވާހަކާގައި ހުރި ކުއްތައް ފާހަގަކޮށްދޭނެ ކަމަށް. އަޅުގަނޑު މި ވާހަކަ އަޕްލޯޑް ކުރަން ފަށާނީ 25 ޑިސެމްބަރުގަ. އުއްމީދުކުރަން ތިޔަބޭފުޅުން މި ވާހަކަ އަށް އިންތިޒާރު ކުރާނެކަމަށް! 🙂 ☺
“އިންސާނުންނަންށޭ ކުށްކުރެވޭނީ” މަލާކް އިނީ އޭނަގެ މަންމަ އާއި ވާހަކަ ދައްކާށެވެ. އަމީނާގެ ކޮޓަރީގައެވެ. ދެކެވެމުން ދިޔައީ ތަކުރާރުކޮށް އެދެމައިންގެ މެދުގައި ދެކެވިފައިވާ ވާހަކައެކެވެ. އެކަމަކު މިއަދާހަމައަށްވެސް ދެމީހުންގެ ޚިޔާލް ތަފާތެވެ. އެއީ ޝަރީފް އެދެމީހުން ދޫކޮށްފައި ދިޔަވާހަކައެވެ. ޝަރީފް އެދެމައިން ދޫކޮށްދިޔައީ އޭނަގެ މައިންބަފައިން އެކަމަށް މަޖްބޫރު ކުރީމައެވެ. އެކަން ތަކުރާރިކޮށް އަމީނާއަށް ޝަރީފް ބުނެދީފިއެވެ. މަލާކަށްވެސްމެއެވެ. މައްސަލައަކީ މަލާކް އެކަން ޤަބޫލް ކުރިއެއްކަމަކު އަމީނާއަށް ޤަބޫލް ނުކުރެވުމެވެ. “މަންމަވެސް ޤަބޫލްކުރަން ކުށްކުރެވޭނީ އިންސާނުންނަންކަމަށް.އެކަމަކު […]
އިރުއެރުމާއެކު ރޭޝަމް އަވަސްވެގަތީ ސައި ތައްޔާރުކުރުމަށެވެ. އޭރު އިމްލީވެސް ބަދިގެތެރޭގައި އަވަދިނެތި އުޅެއެވެ. ސައި ތައްޔާރުކޮށް ނިމުމާއެކު ޒާހިދަށް ގޮވަން ރޭޝަމް ދިޔައެވެ. އޭރުވެސް ޒާހިދު އޮތީ ގަދަ ނިދީގައެވެ. ރޭޝަމް ގޮވާ ގޮވާ ޒާހިދު ތެދުވާކަށް ނޫޅުނެވެ. ” ތިހެނެއް ނުނިދޭނެ ކުރިން ނިދާހެންނެއް ދެން އަބަދަކު…..“ އެނދުން ތެދުވަމުން ކައިރީގައި ހުރި މޭޒުމަތީގައި ހުރި ފެންފުޅިން އަތަށް ފެންފޮދެއް އަޅާލުމަށްފަހު ޒާހިދުގެ މޫނުގައި ރޭޝަމް އަތް ކާއްތާލިއެވެ. އެއާއެކު ފުންމައިގެން ގޮސްފައި ޒާހިދު ތެދުވިއެވެ. […]
ރަށުތެރެޔަށް ވެރިވެފައިވަނީ ހަމަހިމޭން ކަމެވެ. ދެނަމާދު ދޭތެރެ ކަމުން މަގުމަތީގައި މީހުން ވެސް ވަރަށް މަދެވެ. ރަށުގެ ބޮޑު މަގު ހުރިގޮތަށް ހިނގަމުން އައި އަލާންގެ ފިޔަވަޅުތައް އަވަސް ވެފައި ވީއިރު އޭނަގެ މޫނުމަތިން ކަމަކާ ހިތްހަމަ ނުޖެހިފަ ހުރިކަން އެނގެއެވެ. އޭނަ ފެނުނު ކޮންމެ މީހަކަށް ވެސް އެކަން ފާހަގަ ކުރެވޭނެއެވެ. “އެކަމެއްގެ ވަގުތުގައި އެކަމެއް ނުކުރެވޭ ގޮތްވަނީ ކީއްވެތަ؟ މިއީ ޤުރުޢާން ކިޔަވާގަޑި…. މިގަޑީގަ އިތުރު އެއްވެސް ކަމެއް ކޮށްގެންނުވާނެ…. ދޭ…. ޚަތިމް ހިފައިގެން […]