Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވާށެ އޯގާ ހިތާ 2

seym Level 310 Stories100 Login100 Comments
January 7, 2018 5 Mins Read
13 Comments

” މާކިން..ދަރިފުޅު ކޮންތާކުން ތިއައީ.. މިއަދުވެސް މޫދަށް ދިޔައީދޯ..” ކާ ގެއިން ނުކުތް މަލީހާ ސުވާލުކޮއްލިއެވެ. ހަރުވާޅަކާއި ދިގު ހެދުމެއް ލައިގެން ހުރި މަލިހާ ގެ ބޯ ނިވާކޮއްލެވިފައިވަނީ ބުރުގާއަކުންނެވެ. އުމުރުން ސާޅީސް އަހަރުވެފައިވީނަމަވެސް އެ މޫނުމަތިން ތާޒާކަން ފެނެއެވެ. މަންމަގެ މޫނަށް ބަލާލަމުން މާކިން އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. ” މަންމަ އެގަޑީ ފެންނަން ނެތީމަ ނުބުނެ ދިޔައީ..” ލައިގެން ހުރި ފައިވާނުގައި ހަރުލާފައިވާ ވެލިތަށް ފޮޅާލަމުން އެ ނަގާ ފައިވާން ހަރުގަނޑުގައި ބަހައްޓަމުން މާކިން ޖަވާބުދިނެވެ. ” އާދިލް އައި ދަރިފުޅު ހޯދަން… ތި އައި މަގުމަތީ ދިމާވިތަ..” މަލީހާ އެންމެ ދޮށީ ދަރިފުޅުގެ ކަންތައްތައް ވީހާވެސް ގާތުން ބެލެހެއްޓޭތޯ މަސައްކަތްކުރެއެވެ. ” އާން.. އާދިލް އާއި އެކު މިއައީ ގެއަށް..” މާކިން ހިނިތުންވެލިއެވެ. މަންމަ އޭނާ އާއި މެދު ވިސްނާވަރު އިހްސާސް ކުރެވުމާއެކު އެހިތަށް ހަމަޖެހުން ވެރިވެގެންދިޔައެވެ. ” ދެން ދޭ.. ގޮސް ފެންވަރައިން ނަމާދުކޮއްލައިން އަވަހަށް އާދޭ ކާން..” މަލީހާ ލޯތްބާއެކު އެހެން ބުނުމުން މާކިން ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ. އެ އާއިލާގައި މާގިނަ ބަޔަކު ނުތިބެއެވެ. މާކިން ގެ އިތުރުން ދެން ތިބެނީ ހަނގަށް ދިހަ އަހަރުގެ މާއިޝް އާއި ފަނަރަ އަހަރުގެ މިންހާއެވެ. މަލީހާ ގެ އެންމެ ބޮޑު މަސްއޫލިއަަތަކީ ގޭގެ ކަންތަށް ބެލެހެއްޓުމާއި މާކިން މެން ތިން ބެއިން ތަރުބިއްޔަތު ކުރުމެވެ. އެކަމުގައި މަލީހާ ފަރުވާތެރިކަން ބަހައްޓައެވެ. އޭގެ ނަތިޖާ އެއްގެ ގޮތުން އެ ތިން ބެއިންނަކީވެސް ދީނުގެ ކަންތައްތަކަށް ލޯބިކުރާ ކުދިންނެވެ. ވަގުތުން ވަގުތަށް ނަމާދުކުރުމަށާއި ގުރުއާން ކިޔެވުން އެއީ އެކުދިންގެ ކަށީގައި ހަރުލާފައިވާ މަލީހާ ފަހަރުވެރިވާ ސިފައެކެވެ. އެ ހުރިހާ ކަމެއްގެ ފަހަތުގައި ވަނީ މަލީހާ ގެ ލޯބިވާ ފިރިމީހާ އަދި މާކިން މެންގެ ބައްޕަ ޔޫސުފްއެެވެ. މަސްވެރިއަކަށް ވުމުން ޔޫސުފް ގެ ގިނަަ ވަގުތުތަށް ހޭދަކުރަން ޖެހިފައިވަނީ މާކިން މެންނާއި ދުރުގައެވެ. އެކަމުގައި  މަލީހާގެ އެއްވެސް ޝަކުވާއެއް ނެތެވެ. ހަމަޖެހޭ ދިރިއުޅުމެއް ވޭތުކުރުކުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޔޫސުފް ކުރާ ބުރަ މަސައްކަތް މަލީހާ އަބަދުވެސް ބަލައިގަންނަނީ އުފަލާާއެކުގައެވެ. ތިން ކޮޓަރި އާއި ބޮޑު ކާގެއެއްގެ އިތުރުން ސިޓިންގްރޫމެއް އެންމެ ޒަމާނީ ގޮތަށް ހެދިފައިވަނީވެސް އޫސުފް ގެ ބުރަ މަސައްކަތުންނެވެ. ޔޫސުފް ރަށަށް އަންނަ ފަހަރެއްނަމަ އެ ގެއަށް އީދެއް އައުމޭ އެއްފަދައެވެ. މާކިން ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ލިޔާމޭޒުކައިރީ އިން މާއިޝް ވަގުތުން ކިޔަން އޮތް ފޮތް ލައްޕާލަމުން މާކިން އާއި ދިމާއަށް ބަލާލިއެވެ. ” ދޮންބެ މިއަދުވެސް މާޝް ނުލާ މޫދަށް ދިޔައީ..” މޫނަށް ވައްތަރެއް ޖައްސާލަމުން މާއިޝް ޝަކުވާކޮއްލިއެވެ. ” ސޮރީ.. އެކަމަކު ދެން ދާ ދުވަހަކުން މާޝް ގޮވައިން ދާނީ.. ޕްރޮމިސް..” މާކިން މާއިޝް ގެ ފަން އިސްތަށިގަނޑު އަތުން ހާވާލަމުން ހަރުގައި އޮތް ތުވާލި ނެގިއެވެ.

 

ނަމާދު ކޮއްނިމިގެން ގެއަށް ވަތް މާއިޝް އާއި މާކިން ކާގެއަށް ވަދެގެން އައި އިރު މަލީހާ ފެންނާކަށް ނެތެވެ. މޭޒުމަތީ އަތުރާފައިވާ ތަށިތަކުގައިވާ ކާއެއްޗެހީގެ ވަސް ޖެހުމާއެކު މާކިން އަށް ބަނޑުހައިވެފައިވާ ވަރު އިހްސާސްކޮއްލެވުނެވެ. ކާން ހަދާފައި ހުރުމުން މާއިޝް އަވަވެގަތީ ކެވޭތޯއެވެ. ” މަންމާ..” މާކިން ތަންކޮޅެއް ބާރަށް ގޮވާލުމާއެކު މާއިޝް އަށް ވެގެން އުޅޭގޮތް ނަގައިގަނެވުނެވެ. ” ދޮންބޭ.. އަމިއްލަ އަށް މޮޑެގެން ކައިބަލަ.. ގެނޭ މާޝް އަތަށް..” މާއިޝް ހީގަންނަމުން އެހެން ބުނެލިއިރު މާކިން އާއި ދިމާކޮއްލާނެ ފުރުސަތެއް ލިބުމުން އުފާވެފައި އިންކަން އިނގެއެެވެ. ” އުނހޫ..” މާކިން އަނެއްކާވެސް މަލީހާ އަށް ގޮވާލިއެވެ. ކޮޓަރިން ނުކުތް މަލީހާ އަށް މާކިން އެ ގޮވާ ސަބަބު ވަރަށް ރަނގަޅަށް އިނގެއެވެ. ” އެކަމަކު މާކިން.. އެކާވީސް އަހަރު ވީއިރުވެސް މަންމަ ބަތް މޮޑެނުދެންޔާ މާކިން އަކަށް ނުކެވޭ.. މާލެ ދެވުނީމަ އަހަރެން ހިތަށް އަރާ ކިހިނެއްބާއޭ އުޅޭނީ..” މަލީހާ ތުންތަޅުވާލިއެވެ. ބަތްތަށި މޮޑެދީނުމާއެކު މާކިން ކެއުމާއިގެން ކުރިއަށް ދިޔައެވެ. ” މިންނު ކޮބާ މިއަދު..” ގޭތެރެއިން މިންހާ ނުފެނުމުން މާކިން ސުވާލުކޮއްލިއެވެ. ” ވެއްޖެ ކުލާސް ކުއްޖެއްގެ ގެއަށް ގޮސް.. އިމްތިހާނު ތަށް ފެށޭތީ އެކަމާ އެއުޅެނީ.. އަންނާނެ އިރުކޮޅަކުން..” މަލީހާ އޮޅުންފިލުވައިދިނެވެ.

**********

 

މާލޭގެ މަގުތަކުން ފެންނަނީ ކޮޅުކޮޅަށް ދުއްވާ އެއްޗިއްސާއި ހިނގާ މީހުންނެވެ. ރޭގަނޑު އަށެއް ޖެހުމާއެކު މަގުތަކުން މީހުން ފެންނަލެއް ގިނަވިހެންވެސް ހީވެއެވެ. މަޝްހޫރު ރެސްޓޯރެންޓެއްގެ ކަނުގައި އިށީދެލައިގެން އިން މައިރާ ގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. ހިވަނީ މީހަކު ގަދަބާރުން އޭނާ ގެނެސް އެތަ ބައިންދާފައި އިންހެންނެވެ. ބުޅި އިސްތަށިގަނޑު ދައްޗަކުން ހަރުކޮއްލެވިފައިވާއިރު މޫނުގެ ދެފަރާތުން ފައިބާފައިވާ އިސްތަށިކޮޅުތަކުން އެ މޫނުމައްޗައް މައުސޫމްކަން ގެނެސްދެއެވެ. މޭކްއަޕާ ނުލާވެސް އެ މޫނުމަތީގައި ވަނީ އެހެން މީހުން ހަސަދަކުރުވާފަދަ އޮމާންކަމާއި އުޖާލާކަމެވެ. ބޮޑު ދެލޮލާއި ދިގު އެސްފިޔަތަކުގެ އިތުރުން މަޑު ފިޔާތޮށިކުލައިގެ ތުންފަތެކެވެ. ލައިގެން އިން އަތްދިގު ޓީޝާޓާއި ޖީންސް އިން ފެންނަ މީހަކަށް އެއީ ވަރަށް އާދައިގެ ކަންތަކަށް ލޯބިކުރާ ކުއްޖެއްކަމަށް ނަގައިގަނެވިދާނެއެވެ. މޭޒުމަތީ ގައި އޮތް ފޯނުން ގަޑި ބަލާލަމުން މައިރާ އަށް ފައި ތަޅުވާލެވުނެވެ. އެހެން މީހުނަށް އިންތިޒާރުކުރުން އެއީ މައިރާ އެންމެ ކުރަން ބޭނުންނުވާ އެއްކަންތަކެވެ. މޭޒު ކައިރިއަށް އައި ޒުވާނާ ހުއްޓުމާއެކު މައިރާ އިސްއުފުލާލިއެވެ. ” އީވާން… ކޮންއިރެއްމިހާރު..” މައިރާ އެހެން ބުނުމާއެކު އެ ޒުވާނާ ކުރިމަތީ ހުރި ގޮނޑި ދަމާލަމުން އިށީދެއްޖެއެވެ. އިސްކޮޅުން ދިގުވެފައި ހަށިގަނޑު ވަރުގަދައެވެ. އަންހެން ކުދިން އެންމެ ބޭނުންވާ ކަހަލަ ޒުވާން ފިރިހެންކުއްޖެކެވެ. ފަން އިސްތަށިގަނޑެއް ލިބިފައިވުމުގެ އިތުރަށް ކޮށާ އެއްވަރު ކުރެވިފައިވާ މަތިމަހާއި ތުބުޅިންވެސް ރީތި ކޮށް ހުރުމަށް ލޯބިކުރާ ޒުވާނެއްކަން އިނގެއެވެ. ” ސޮރީ ބޭބީ.. ޓްރެފިކް.. އެހެންވެ ލަސްވީ..” އީވާން ހިނިތުންވެލިއެވެ. ” ހެޕީ އެނިވާސަރީ ލަވް..”  އަތުގައި އޮތް ރަތް ފިނިފެންމަލާއި ޗޮކްލެޓް މައިރާގެ ކުރިމަތީ ބާއްވާލަމުން އީވާން އެހެން ބުނެލިއިރު މޫނުމަތިން އުފާވެރިކަން ފާޅުވެއެވެ. އީވާން ގެ ލޮލަށް ބަލަން އިން މައިރާ ގަދަކަމުން ހިނިތުންވެލިއެވެ. އެ އާއި އެކު ދެ ކޮލަށް އެޅިގެން ދިޔަ އަޑިކޮޅުން ރީތިކަން އިތުރުވިހެން ހީވެއެވެ. އީވާން ދިން ޗޮކްލެޓް ލޮލުގައި އަޅައިގަތުމާއެކު ތުންފަތްމަތީގައިވާ ހިނިތުންވުން ފިލާ ހިނގައްޖެއެވެ. ރައްޓެހިވެގެން ދެ އަހަރު ވީއީރުވެސް މައިރާ އަށް ޑާރކް ޗޮކްލެޓް ނުބައިކަން އީވާން އަށް ނޭނގެނީހެއްޔެވެ. އަދިވެސް އީވާން އަށް އޭނާ ދަސްނުވާކަމުގެ ހެއްކެކެވެ. އެ ގުޅުން އުފެދެން މެދުވެރިވީ ދެ އާއިލާގެ ބާރުގައެވެ. ދުވަސްވީ އެކުވެރިކަމާއި އެކު ދެ އާއިލާގެ ތަނަވަސް ކަމުން މައިރާގެ އާއިލާއިން ވެސް ބޭނުންވަނީ އީވާން އާއި ގުޅޭށެވެ. އީވާން ދެކެ ލޯބިނުވަނީކީއެއް ނޫނެވެ. ނަމަވެސް ބައެއް ވަގުތު ތަކުގައި މައިރާގެ ހިތް ނުތަނަވަސް ވެއެވެ. އީވާން ގެ ވާހަކަ ތަކުން ލޯބިވާ ކަން ހާމަ ކުރިނަމަވެސް އަަމަލުން އެކަން ފެންނަނީ މަދުފަހަރަކުއެެވެ. ދޭ  ހަދިޔާ ތަކާއި ބުނެލާ ބަސްތަކުން މައިރާާ ގެ އުޅުން ރަނގަޅަށް ނޭނގޭހެންވެސް ހީވާ ފަހަރު މަދެއް ނޫނެވެ. އާއިލާ ގެ ވިޔަފާރީގައި އީވާން އުޅުނެއް ކަމަކު އެކަމާއިވެސް މާބޮޑު ފަރުވާއެއް ބަހައްޓާހެން ހިޔެއްނުވެއެވެ. މައިރާ ގެ ކިޔެވުން ނިމުނު ހާ އަވަހަކަށް ބައްޕަމެން އޭނާ ގެ ކައިވެނި އަވަސްކުރާނެއެވެ. ” ތޭންކްސް..” ހިތުގައިވާ ޝަކުވާތަށް ސިއްރު ކޮއްލަމުން މައިރާ އެހެން ބުނެލިއިރު ދެންމެ ކަމަކާއި ވިސްނާލިހެންވެސް އެ މޫނުމަތިން ހިޔެއްނުވެއެވެ. ކާ އެއްޗިއްސަށް އޯޑަރު ދީ ނިމުމާއެކު އެކިވާހަކަތަށް އެ ދެމެދުގައި ދެކެވުނެވެ.

 

އީވާން ގެ ސައިކަލު ފަހަތުން މައިރާ ފޭބުމާއެކު އީވާން އެ އަތްތިލާގައި ހިފާލަމުން ގަޔާއި ދިމާއަށް ދަމާލިއެވެ. އަވަސް ހަރަކާތަކާއި އެކު މައިރާ ގެ ކޮލުގައި ބޮސްދެމުން އީވާން ދުރަށް ޖެހިލިއެވެ. ” ދެން އީވާން.. ބުނަމެއްނު ތިކަހަލަ ކަންތައްނުކުރާށޭ.. އެވެސް މަގުމަތީގަ..” މައިރާ ހިތްހަމަނުޖެހުނެވެ. ” އެ ދެން އެވަރުކަމެއްތަ.. އައި ނޯ ޔޫ ލައިކް މައި ކިސަސް…” އީވާން މައިރާގެ އަތްތިލަ އަށް ފިތާލަމުން ބުނެލިއެވެ. ” ދެން ދަނީ..” މައިރާ އިތުރު އެއްޗެކޭ ނުބުނެ ދުރަށް ޖެހިލިއެވެ. ” ވިލް ކޯލް ޔޫ ލޭޓާރ..” އީވާން ސައިކަލް ދުއްވާލަމުން ބުނެލިއެވެ.

 

ސިޓިންގްރޫމްގައި ޓީވީ ބަލަން އިން ޝާކިރު ފެނުމުން މައިރާ ފަސްޖެހުނެވެ. އަތުގައި އޮތް ފިނިފެންމަލާއި ޗޮކްލެޓް ފުރަގަހަށް ލަމުން އަވަހަށް ހިނގައިގަތީ ކާގެއަށް ވަންނާށެވެ. މީހަކު ފެންނަން ނެތުމުން ކާމޭޒު މަތީ ޗޮކްލެޓާއި މާ ބާއްވަމުން އައިސްއަލަމާރިން ފެންފުޅިއެއް ނަގަމުން މައިރާ އަލަމާރި ކައިރީ މަޑުކޮއްލިއެވެ. ދެތިން ކޯވަރު ބޮއި ނިމުންތަނާ މައިރާ ގެ ދޮންބެ ޒިއަމް ކާގެއަށް ވަންނަނީއެވެ. ޒިއަމް ގެ ފަހަތުން ވަދެގެން އައި ޕާރސިއަން ހުދު ކުލައިގެ ކެހެރި ބޯ ބުޅާ ފެނުމުން މައިރާ ގެ މޫނު ވަގުތުން އުޖާލާވެގެން ދިޔައެވެ. ” ކާކު ދިން ޗޮކްލެޓެއް.. އޯކޭދޯ ކާލިއަސް.. މައި ޑާރކް ޗޮކްލެޓެއް ނުކަމެއްނު…. އޯ.. އީވާން ގެ ގިފްޓެއް ދޯ..” ފިނިފެންމާ ފެނުމުން ޒިއަމް އަށް އެއީ ކާކު ދިން އެއްޗެއްކަން އެނގުނެވެ. އެހެންނުނަސް އީވާން ދޭ ގިނަ ޗޮކްލެޓް ކަނީ އޭނާއެވެ. ޒިއަމް ނެތް ވަގުތެއް ނަމަ އެ ނަސީބު ލިބެނީ ޒިއަމްގެ ހަނގަށް ހުންނަ ޒަކްވާން އަށެވެ. ޒަކްވާން ގޭގައި ނެތީއެވެ. އެހެންނޫންނަމަ ޗޮކްލެޓާއި ހެދި ދެމީހުން މައްސަލަޖައްސާނެކަން މައިރާ އަށް އިނގެއެވެ. ” ދޮންބެ ކާލާ.. އެކަމަކު ތިއްތޭއަށް ދޭތި ހާފް.. މަންމަ ކޮބާ..” މައިރާ އެހެން ބުނުމާއެކު ޒިއަމް ވަގުތުން ޗޮކްލެޓް ނެގިއެވެ. “ކޮޓަރީގަ އެބައުޅޭ” ޒިއަމް އެނބުރި ހިނގައިގަތުމާއެކު ބުޅާވެސް އޭނާގެ ފަހަތުން ހިނގައިގަތެވެ. ކޮޓަރިއަށް ވަތް މައިރާ އަތުގައި އޮތް ފިނިފެންމާ ވާސް އަށް ޖަހާލިއެވެ.

*********

ފުޓްބޯޅަ މެޗް ނިމުމާއެކު އެންމެން ގެއަށް ދާން ނުކުތީ އެކު އެކީގައެވެ. އޭރު މާކިން އާއި އާދިލް ގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. ފިހާރަ ކައިރީ މަޑުކޮއްލުމާއެކު އެންމެނަަށް ދަޅު ގަންނަން ވަނީ ހަމްޒާއެވެ. ދަޅު ބޮމުން ވަކި ހިސާބަކަށް ދެވުނުތަނާ އާދިލް ގެ ލޮލުގައި ނަދާ އަޅައިގަތެވެ. ގޭގެ ބޭރު ޖޯލީގައި ނަދާ އިނީ އެހެން އަންހެން ކުއްޖަކާ ވާހަކަ ދައްކާށެެވެ. އޭރު ހަމްޒާ މެން ޖެހިގެން އޮތް ގޯޅިއަށް އަަަަަަަަަަަަޅަނީއެވެ. މާކިން އާއި ދެމީހުން ނަދާ މެން ކުރިމަތިން ހުރަސް ކުރަން ހިނގައިގަތް އިރު އާދިލް ހުރީ އިސްޖަހައިންނެވެ. ކުއްލިއަކަށް މާކިން ހުއްޓި ނަދާ އަށް ގޮވާލުމާއެކު އާދިލް އަށް ބަލާލެވުނީ ސީދާ ނަދާގެ މޫނަށެވެ.

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

seym

Level 310 Stories100 Login100 Comments

Bookworm. ? 23. ? ~ Because i am in love with the world in my head.~ ?

Other Articles

Previous

އީމާން

Next

މަންކީ ދި ލޫފީ

Next
January 8, 2018

މަންކީ ދި ލޫފީ

Previews
January 7, 2018

އީމާން

13 Comments!

  1. im says:
    January 7, 2018 at 9:03 pm

    !!Yey me first
    Vara lobi igey
    ????When is next part

  2. Mixuhan says:
    January 7, 2018 at 9:25 pm

    ??when is the next part
    Story is interesting
    Good luck ?

  3. maii says:
    January 7, 2018 at 9:30 pm

    Can anybody tell me what is the meaning of pingbacks?

  4. Shai says:
    January 7, 2018 at 9:31 pm

    Varah reethi

  5. Makin's mom says:
    January 7, 2018 at 9:48 pm

    Nice story… When is da nxt part.

  6. Angel says:
    January 7, 2018 at 10:10 pm

    Wow v reeti mi part vaxx. When is the next part?

  7. Maree says:
    January 7, 2018 at 10:17 pm

    V reethi maa lahun apdate kuraathee foohivanee kiyan heekuran thankolheh avahah apdate kuraane kamah

  8. Modee says:
    January 7, 2018 at 10:38 pm

    Foohivegen huttalan dhookollan jehunu emme thankolheves naadhey vara varasalhi. Neygi indhaa episode nimey hisaaba aee. Ehaaves interest r ekko kiyan inee. Keep iy up. Good work. Thanks. Ummeedhu kurani veehaves avahaka ane episode genes dheyne kamah.

  9. Xxxx says:
    January 7, 2018 at 11:03 pm

    Wooooowww ?????????? waiting

  10. Sheen says:
    January 8, 2018 at 12:22 am

    Story reethi. Kobaitha Malaak ulhey vahaka. Egennanee kon irakuntha?

  11. ??? says:
    January 8, 2018 at 8:04 am

    Vvvv rythi mivaahaka maira maakin vvv rythi????

  12. Pinky shifoo says:
    January 8, 2018 at 9:55 am

    Wow… Mi part vx hama awesome… Waiting for next part…

  13. Zuam says:
    January 8, 2018 at 9:55 am

    ….?????…Reethi

Comments are closed.

Next Episodeވާށެ އޯގާ ހިތާ 3←


All Right Reserved!