7 ހާމަ ކުރީމާ ލޯބި މަވާކަން
ދެމީހުން ކައިރީ ހުރި ކެފޭއަށް ވަދެ އޯޑަރު ދިން ތަނުން އެލައިޝާއަށް މެހެކްގެ ކޯލެއްއައެވެ. މެހެކް ހުރީ ވަރަށް ހާސްވެފައިކަން އަޑުން އިނގުނެވެ.މެހެކް ބުނީ ވަރަށް އަވަހަށް އެލައިޝާމެން ގެޔަށް އައިސް ދިނުމަށެވެ. އޭނާ ހުރީ އެލައިޝާ ހޯދަން އެގެޔަށް އައިސް ކަމަށެވެ.”ވަރަށް އަވަހަށް ގެޔަށް ދާން ޖެހިއްޖެ..މެހެކް އެގުޅީ..ޔަގީން އޭނައަށް ކަމެއް ވެއްޖެ..އިބާން އާދޭ އިނގޭ ކޮފީ ބޮއެގެން..އަހަރެން މިދަނީ..” އިބާންގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި އެލައިޝާ ކެފޭއިން ނިކުންނަން ދިޔައެވެ.
އެލައިޝާ ގެޔަށް ވަދެ ކޭތް ކައިރީގައި މެހެކް ވީތަނެއް އެހިއެވެ. ކޭތް އޭނާވީ އެލައިޝާގެ ކޮޓަރީގައޭ ބުނުމުން ދުވެފައިގޮސް ސިޑިން މައްޗަށްއެރިއެވެ. އެނދުގައި އޮތް މެހެކް ފެނުމުން ގޮސް އޭނާގެ ގާތުގައި އިށީންދެ ގޮވައިލިއެވެ.
” މެހެކް..ކިހިނެއްވީ ތަ..ކީއްވެތަ ތި ރޮނީ.އާމްއާއި ދެމީހުން މައްސަލައެއް ޖެހުނީތަ..” އެނދުގައި ބަންޑުން އޮވެ ރޮމުން ގެންދިޔަ މެހެކްގެ ބޮލުގައި ފިރުމާލަމުން އެލައިޝާ އަހައިލިއެވެ. މެހެކް ބޯ ހޫރާލައިފައި ބުނެލީ އަލަމްއާއި މައްސަލައެއް ނުޖެހޭ ކަމަށެވެ.” ދެން އާމްއާއި މައްސަލަ ނުޖެހެންނާ ކީއްވެތަ މާވަރަކަށް ތިރޮނީ..ވެގެން އުޅޭ ގޮތެއް ބުނީމަ ދޯ ލައިއަށްވެސް ހެލްޕެއް ވެވޭނީ..ތިހެން އަދި ރުއިމަކުން ކަމެއް ހައްލެއް ނުވާނެ ދޯ” އެލައިޝާ އެހެން ބުނުމުން މެހެކް ހިތްވަރުކޮއްފައި ތެދުވެލިއެވެ.
” ލައި ޑޭޑްއަށް އެނގިއްޖެ ހުރިހާ ކަމެއް..އަހަންނަކަށް ނުކެރޭނެ ދެން ގެޔަށް ދާކަށް..ޑޭޑް ވަރަށް ރުޅިއައިސްފަ ހުންނާނީ”
“ވަޓް..ކިހިނެއް މެހެކް ބުނީމެއްނު ރީހާން އަންކަލް ކައިވެނީގެ ވާހަކަ ނުދައްކަނިސް އާމްގެ ވާހަކައެއް ނާންގާނަމޭ..ދެން ކިހިނެއް އެނގުނީ..” ހައިރާންވެފައި ހުރެ އެލައިޝާ އަހައިލިއެވެ.
“މިއަދު އާމްއާއި އެކު ބޭރަށް ދިޔައީ..ގޭ ކައިރީގައި އުޅުނީ..ހިޔެއްނުކުރަން ޑޭޑް އެހާ އަވަހަށް ގެޔަށް އަންނާނެ ކަމަކަށް..އެހެންނާވެސް އަންނަނީ ރޭގަނޑު ވިއްޔަ..އަހަރެން އާމްއާއި އެކު ގޭ ކައިރީ ހުރި ޕާކްގަ ހުއްޓަ ޑޭޑްއަށް ފެނުނީ..ޑޭޑް އަހަންނަށް ގުޅި އެގަޑީ..އަހަރެން ބުނީ ލައި އާއި އެކު ޝޮޕިންގައޭ..ބުނީމަ ބުނީ މިހާރު ޝޮޕިންކުރަނީ ޕާކްތަކުގައިހޭ..ތި ލައިއެއްވެސް އެބަ ފެނެޔޯ..އަހަންނަށް ކިހިނެއް އެނގޭނީ ޑޭޑް އެތާ ކައިރީގަ ކަމެއް..އަހަރެން ހޯދާލިއިރު އެތާ ކައިރީ ކާރު ތެރޭގަ ބަލަން ހުރީ..ވަރަށް ރުޅިއައިސްހުރީ..ބުނި ހަމަ މިހާރު ގެޔަށް އަންނާށޭ އެކަމް އަހަންނަކަށް ނުކެރޭނެ ގެޔަށް ދާކަށް ލައި..އެހެންވެ މިގެޔަށް މިއައީ..އަޅެ ދެން އަހަރެން ކިހިނެއްތަ ހަދާނީ..އަހަރެން ބޭނުމެއްނޫން އާމް އާއި ވަކިވާކަށް..” މެހެކް ރޮމުން އެލައިޝާއަށް ވީގޮތް ކިޔާދިނެވެ.
“މެހެކް..ތިހެން ހެދީމަ ރީހާން އަންކަލް އިތުރަށް
ރުޅިއެއްނު އަންނާނީ..އަންކަލް ބުނީމަ ރީތިކޮށް އެވަގުތު ގެޔަށް ދިޔަނަމަ އަޅެ..މިހާރު ހުންނާނީ މާބޮޑަށް ރުޅިއައިސްފަ..މެހެކް އާމް ދެކެ ލޯބިވާ ވާހަކަ އަންކަލް ގާތު ބުނެބަލަ ގޮސް..އެއްވެސް ބައްޕައަކު ނޭދޭނެ އެމީހެއްގެ ދަރިއެއްގެ އުފާތަކަށް ހުރަސް އަޅާކަށް..މެހެކްއަށް ރީތިކޮށް ވާހަކަ ދައްކަން އެނގިއްޖިއްޔާ ނުޖެހޭނެ އާމްއާއި ދުރުވާކަށް..ދިރިއުޅުމުގަ ދިމާވާ ކަންތައްތަކާއި ޖެހޭނެ ވަރަށް ކެރިގެން ކުރިމަތިލަން..އާމްއާއި ގުޅުނު އިރުވެސް މެހެކްއަށް އެނގެއެއްނު މިދުވަސް އަންނާނެކަން..ދެންވެސް ލަސްނުކޮށް ދޭ ގެޔަށް..އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ދާނީ ރަގަނޅަށް..” އެލައިޝާ ބެލީ މެހެކްއަށް ވިސްނައިދެވޭތޯއެވެ.މެހެކްވެސް އެއީ އެންމެ ރަގަނޅު ގޮތް ކަމަށް ގަބޫލުކުރާތީ އަވަހަށް ގެޔަށް ދިޔައެވެ.
މެހެކް ދިޔުމުން އެލައިޝާ ޒެވިޔަންއަށް ގުޅައިލީ ވެދިޔަ ކަންތައް އޭނައަށް ކިޔައި ދިނުމަށެވެ. ނަމަވެސް ޒެވިޔަން ފޯނު ބިޒީކޮއްލުމައްފަހު މެސެޖް
ކޮއްލީ އޮފީހުގައި ކަމަށެވެ.މިގަޑީގައި ވާހަކަ ދެއްކެން ނެތް ކަމަށާއި ގެޔަށް ދެވުނުހާ އަވަހަކަށް ގުޅާނެ ކަމަށްވެސް އެމެސެޖްގައި އޮތެވެ. ފަހުން ގުޅާނެ ކަމަށް ބުންޔަސް ގިނަ ފަހަރު ޒެވިޔަންއެއް ނުގުޅައެވެ. އޮފީހަށް ނިކުންނަން ފެށި ފަހުން ރައްޓެހިންނަށް ވަގުތެއް ނުދެއެވެ. އެއީ މިހާރު ޒެވިޔަން އާއްމުކޮށް ކަންތައް ކުރާ ގޮތް ކަމުން އެލައިޝާވަނީ އެކަމަށް އާދަވެފައެވެ.ކުރިން ދެރަވެ ޝަކުވާކޮއް ހެދި ނަމަވެސް މިހާރު އެލައިޝާ އަޅައެއްނުލައެވެ.
އިބާން ގެޔަށް ގޮސް ހަމަޖެހިލައިގެން އެލައިޝާއަށް ގުޅައިލީ މެހެކްއަށް ވީގޮތެއް ބަލައިލުމަށެވެ. އެލައިޝާ ވީގޮތް ކިޔައިދިނުމުން އިބާންވެސް ވަރަށް ކަންބޮޑުވިއެވެ. ނަމަވެސް އޭނާ ބެލީ އެކަން ނުދައްކާ އެލައިޝާގެ ހާސްކަން ފިލުވޭތޯއެވެ. އެލައިޝާ ގާތުގައި މެހެކްގެ ހަބަރެއްވުމުން އޭނާއަށް ގުޅުމަށް ބުންޏެވެ.
މެހެކްގެ ފޯނު ކޯލަކަށް އިންތިޒާރު ކުރަމުން ދިޔަ އެލައިޝާ ސިހުނީ މީހަކު އައިސް އޭނާގެ ލޯމަތީ އަތް އެޅުމުންނެވެ.”ޑޭޑީ..”
“ޑޭޑް ހީކުރީ ޑޭޑްގެ އިންތިޒާރުގައި ގޭޓު ކައިރީ ކަމަށް ހުންނާނީ..އެކަމް ޕްރިންސެސް ތިހުންނަނީ މުޅިން އެހެން ދުނިޔެއަކަށް ގެއްލިފަ..ޑޭޑް ވަދެގެން އައި އިރުވެސް ނޭންގުނޭ..ކިހާ އިރެއް މިހާރު މިތާ ހުންނަތާ..” އެލައިޝާ ކައިރީގައި އިށީންދެލަމުން އިލްހާމް ބެނެލިއެވެ.
“ދެން ބުނެބަލަ ކިހިނެއް ވެފަަ ލައި ތިހުންނަނީ..” އެލައިޝާ އިލްހާމަށް ވެގެން އުޅޭ ގޮތް ކިޔައިދިނެވެ.
“ޑޭޑްވެސް އަޅުގަނޑު ލޯބިވާ މީހަކާ ގުޅުނަކަ ނުދޭނަންތަ..ޑޭޑް ދައްކާ މީހަކާތަ އިންނަން ޖެހޭނީ..” އެލައިޝާ އެހެން ބުނުމުން އިލްހާމް ފެށީ ހޭށެވެ.
” ދަރިފުޅަކަށް ނޭންގޭތަ..ޑޭޑް މިހާރު ލައިގެ ކައިވެނި ހަމަޖައްސައިފީމޭ..ލައި މިފަހަރު ކިޔަވަން ގޮސްފަ އައީމަ ކައިވެނި ކުރެވޭނެ އިނގޭ..ޑޮކްޓަރ އެލައިޝާ އިންނާނީވެސް އަންހެނުންގެ ހާއްސަ ޑޮކްޓަރަކާއި އޭ ދޯ..ޑޭޑް ރައްޓެއްސެއްގެ ދަރިއަކު އުޅޭނެ ތި ދާއިރާއިން ކިޔަވާ..އަންނަ އަހަރު ނިމޭނެ..ދަރިފުޅާއި ވަރަށް ގުޅޭނެ..”
“ވަޓް..އަޅުގަނޑު އެހެން އެހި އިރު ހީޔެއްނުކުރަން ޑޭޑްވެސް ރީހާން އަންކަލްހެން ވާނެ ކަމަކަށް..އަޅުގަނޑު ހީކުރީ ޑޭޑް ބުނާނީ އަޅުގަނޑުގެ އުފަލަކަށް ހުރަހެއް ނާޅާނަމޭ ކަމަށް..”
“ހަހަ..ލައިއަށް ހީވޭތަ ޑޭޑް އެހެން ހަދައިފާނެހެން..ޑޭޑްއަކީ އެހާ ހަރުކަށި މީހެއް ނޫނެއްނު..ލައިގެ ހަޔާތުގެ ބައިވެރިއަކު ހޮވާނީ ލައި..ޑޭޑްއެއް ނޫން..ޑޭޑް ސަމާސާކޮއްލީ އޭ..ދެން ރީހާން ދޯ..ޑޭޑްއަކަށް ހީޔެއްނުވޭ އޭނަ މެހެކްގެ އުފަލަކަށް ހުރަސް އަޅާނެ ހެނެއް..އޭނަގެ ހުރި ހަމަ އެކަނި އަންހެން ދަރި ވިއްޔަ. ލައި އެކަމާ ނުވިސްނާ ހުރިހާ ކަމެއްވެސް އިރާދަކުރެއްވިއްޔާ ރަގަނޅު ވާނެ” އިލްހާމް ބުނެލިއެވެ.
މެހެކް ގުޅީ އެލައިޝާ އިލްހާމްއާއި ވާހަކަ ދައްކަން ހުއްޓައެވެ. މެހެކް ބުނި ވާހަކަ އޭނާއަށް ގަބޫލު ކުރަން ފަސޭހައެއްނުވިއެވެ.
“ކީކޭ މެހެކް ބުނީ..” އެލައިޝާ ފޯނު ބޭއްވުމުން އިލްހާމް އަހައިލިއެވެ.
“ޑޭޑް.. ރީހާން އަންކަލް ބޭނުމޯ އާމްއާއި މީޓްކޮއްލަން..މެހެކް ވަރަށް ވާހަކަ ދެއްކީމަޔޯ އެހެން ބުނީ..މާދަމާ ރެޔަށް އާމްއަށް ދައުވަތު ދީފި އެގެޔަށް އަންނަން..”
“ކޮބާ ޑޭޑް ބުނީމެއްނު މެހެކްގެ އުފަލަކަށް ރީހާން ހުރަހެއް ނާޅާނޭ..ދަރިފުޅުމެން މާ އަވަހަށޭ ތި ހާސްވަނީ..” އިލްހާމް އެހެން ބުނެލުމައްފަހު ކޮޓަރިން ބޭރަށް ދިޔައެވެ.
އެލައިޝާ އަވަސްވެގަތީ އެހަބަރު އިބާންއަށް ދިނުމަށެވެ. އިބާންވެސް ހުރީ އެހަބަރު ދިނުމުން ވަރަށް އުފާވެފައެވެ.ނަމަވެސް އެލައިޝާ ހުރީ އަދިވެސް ގަބޫލުނުކުރެވިފައެވެ.
ޒެވިޔަން އޮފީހުގެ މަސައްކަތްތައް ނިންމައިލައިފައި ގެޔަށް އައީ ދިހައެއް ޖެހި ފަހުންނެވެ. ފެންވަރައިލައިގެން ކޮފީއެއް ހިފައިގެން އޭނާ އެރީ ޓެރަހަށެވެ. އޭރު އިބާން އެތަނުގައި ހުއްޓެވެ. ދެމީހުން އެކި ވާހަކަ ދައްކަން އެތަނުގައި ގަޑިއެއްގެ އިރު ހުރުމައްފަހު ޒެވިޔަން ނިދަން ދާން އުޅުނީ ހެނދުނު އޮފީހަށް ދާން ޖެހޭތީއެވެ.
” އޭ..އަދި މިހުރީ ހަނދާން ނެތިފައޭ..އެގޭތަ މެހެކް ބަސްޓު ވެގެން އުޅޭކަން..” ޒެވިޔަން ދާން ހިނގައިގަތް ތަނާ އިބާން ބުނެލިއެވެ. ޒެވިޔަން ފަހަތަށް އެބުރި ބުނެލީ ނޭންގޭ ކަމަށެވެ. އަދި ވީގޮތް ކިޔައިދިނުމަށް ބުނެ އަނެއްކާވެސް އިބާން ގާތުގައި އިށީނެވެ.
“ނުކުރާނަން އަހަންނެއް ގަބޫލެއް..ރީހާން އަންކަލް އެހާ ފަސޭހައިން އެއްބަހެއް ނުވާނެ..ކޮންމެސް ނުބަޔެއް އެބަ އުޅޭ..”
“ދެން އަހަންނަކަށް ތިއެއް ނޭންގެ..އަހަރެން ކައިރީ ލައި ބުނި އެގެޔަށް ދައުވަތު ދިން ވާހަކަވެސް..” އިބާން އެހެން ބުނުމުން ޒެވިޔަން ބުނީ އެލައިޝާ އޭނާ ގާތު އެވަރު ކަމެއް ވީއިރުވެސް ބުނެނުލާކަމަށެވެ. އޭނާގެ ހިތުގައި އެލައިޝާއާއި މެދު ފުރަތަމަ ފަހަރަށް ޝަކުވާ އުފެދުނެވެ. އިބާން ގާތުގައި ބުނެވުނުއިރު އޭނާގެ ގާތުގައި ނުބުނެވުނީ ކީއްވެ ހެއްޔެވެ. މެހެކް އަކީ އޭނާގެ ދުވަސްވީ އެކުވެރިޔެކެވެ. އިބާންއާއި ދިމާއެވީ މަހެއް ކުރިންނެވެ.ވީއިރު އިބާންއަށްވުރެ ކުރިން އޭނާއަށް އެކަން އެނގެން ޖެހޭނެ ނޫންހެއްޔެވެ.
“އަހަރެން ދަނީ އިނގޭ ނިދަން..” ޒެވިޔަން އެހެން ބުނުމަށްފަހު ދިޔައީ ކޮޓަރިއަށެވެ.
އެރޭ ނިދަން އުޅެ އުޅެ ޒެވިޔަންއަށް ނިދޭ ގޮތެއް ނުވިއެވެ. އެލައިޝާ އޭނާ ގާތު އެވާހަކަ ނުބުނީ ކީއްވެ ކަމާއި ދޭތެރޭ ވިސްނެނީއެވެ.އެންމެ ފަހުން އޭނާ ނިންމީ އެލައިޝާއަށް މެސެޖް ކުރުމަށެވެ. މެސެޖް ކުރަން އުޅެނިކޮށް އޭނާއަށް މިއަދު އެލައިޝާ އަށް ކޮއްފައިވާ މެސެޖް ފެނުނެވެ. އެލައިޝާ މިއަދު ގުޅިކަންވެސް ހަނދާންވީ ދެނެވެ. “ޝިޓް..ލައި އެގުޅާނީ އެވާހަކަ ބުނަން ވެގެން ކަންނޭންގެ..އަހަރެން ކީއްވެ ޝަކުވާ މިކުރަނީ ލައި ނުބުންޔޭ ކިޔާފަ..އަހަރެންނަށް މިހާރު ލައިމެންނަށް ޓައިމް އެއް ނުދެވޭ..ޝަކުވާ ކުރަން ޖެހޭނީ އެމީހުންނެއްނު..އެހާ ބޮޑު ކަމެއް ވެދިޔައިރުވެސް އަހަންނަށް ނޭންގުނު..ކޮން ކަހަލަ އެކުވެރިއެއްތަ އަހަންނަކީ..” ޒެވިޔަންއަށް އަމިއްލަ ނަފްސު ކުށްވެރި
ކުރެވުނެވެ.
“އައި އޭމް ސޮރީ..ދެން އިރާދަކުރެއްވިއްޔާ ކިތަންމެ ބިޒީކޮށް އުޅުނަސް ހަބަރެއްވާނަން..ކުރިއެކޭ އެއްގޮތަށް ޓައިމް ނުދެވުނަސް ކޮންމެ ދުވަހަކުވެސް ދެން ގުޅާނަން..” ޒެވިޔަން އެލައިޝާއަށާއި މެހެކްއަށް މެސެޖް ކޮއްލިއެވެ. ޖަވާބުގައި ދެމީހުންވެސް ބުނެފައިވަނީ އިޓްސް އޯކޭއެވެ.
ރޭގަނޑު އަށެއް ޖަހަން ކައިރިވި ވަރަކަށް މެހެކްގެ ހިތް ދިޔައީ ނުތަނަވަސްވަމުންނެވެ.ރީހާންއަށް އަލަމް ކަމުދޭތޯ އޭނާ ދުއާކުރަމުންދިޔައެވެ. ރީތިވެގެން ސިޓިންރޫމަށް ނިކުތްއިރު އޭނާގެ މައިންބަފައިން އެތަނުގައި އަލަމްގެ އިންތިޒާރުގައި ތިއްބެވެ.
“ކޮބާތަ މެހެކްގެ ތިލޯބިވެރިޔާ..މިގެޔަށް އަންނަން ދައުވަތު ދިނީމަ ބިރުން ފިލީކަން ނޭންގެ..” މެހެކް އައިސް ސޯފާއެއްގައި އިށީނުމުން އޭނާގެ ބައްޕަ މަލާމާތުގެ ރާގެއްގައި ބުނެލިއެވެ.
“މިތާ ކައިރީގަ ވީ މިހާރު..ދެމިނެޓުވަރު ވާނީ ދެން..އަހަރެންގެ އާމް އެހާ ފިޑިއެއް ނުވާނެ..”
ބަރާބަރު އަށެއް ޖެހިއިރު އަލަމް ހުރީ ރީހާންގެ ކުރިމަތީގައެވެ. ރީހާނަކީ ވަރަށް ގަޑިއަށް ފަރުވާތެރި މީހެއްކަމަށް މެހެކް ވަނީ އޭނާ ގާތުގައި ބުނެފައެވެ.އަލަމް ގަޑިއަށް އާދޭތޯ ބަލާނެކަމަށްވެސް ބުނެފައިވެއެވެ.
“އަލަމް ކިހިނެއް މެހެކްއާއި ދިމާވީ..” ރީހާންގެ އަޑުގައިވި ހަރުކަށިކަމުން އަލަމް ކުޑަކޮށް ފަސްޖެހޭގޮތްވިއެވެ.
“ކިޔަވަން ގޮސްގެން އުޅުނުއިރު މެލޭސިއާއިން ދިމާވީ.. ދެމީހުން އެއް ޔުނިވަރސިޓީއަކަށް ކިޔަވަން ދިޔައީ..”
“އެހެެެންތަ..އެއީ އާދައިގެ ބަޔަކަށް ވަދެވޭނޭ ތަނެއް ނޫން.. އަލަމް ބައްޕައަކީ ކީއްކުރާ މީހެކޯ..” ރީހާން އެހެން ބުނުމުން އަލަމް ބަލައިލީ މެހެކްއަށެވެ.
“ސްކޮލާރސިޕެއްގެ ދަށުން ދިޔައީ…އަޅުގަނޑުގެ ބައްޕަ މަސައްކަތް ކުރަނީ ބޭންކުގައި..”
“ބޭންކުގެ ކޮން މަގާމެއްގަ..މެނޭޖަރ ތަ..”
“ނޫން..ސެކިއުރިޓީ ގާރޑެއް..” އަލަމް އެހެން ބުނުމާއިއެކު ރީހާން އިންތަނުން ތެދުވެ މެހެކްގެ ކުރިމަތީ ގޮސް ހުއްޓުނެވެ.
“މިއީތަ..ރީހާން ކަންނާގެ ހުރި ހަމައެކަނި އަންހެން ދަރިގެ ޗޮއިސްއަކީ ސެކިއުރިޓީ ގާރޑެއްގެ ދަރިއެއްތަ..މެހެކް އެވަރަށް ވާހަކަ ދެއްކުމުން އަހަރެން މީނައާއި ބައްދަލު ކުރަން އެއްބަސްވީ..އަހަރެން ހީކުރީ މެހެކްގެ ހޮވުން ވަރަށް ފުރިހަމަ ވާނެކަމަށް..މިކަހަލަ ދަށު ފަންތީގެ މީހަކާއި މެހެކް ވާހަކަ ދެއްކީތީ އަހަރެން މިހުރީ ހަމަ އަޖައިބުވެފަ..”
“ޑޭޑް ލޯތްބަކީ މީހެއްގެ ފެންވަރެއް ބަލައިފައި ވާއެއްޗެއް ނޫން..” މެހެކް ބުނެލިއެވެ.
“އަންކަލް އަޅުގަނޑު މެހެކްދެކެ ވަރަށް ލޯބިވޭ..މެހެކްގެ ހުރިހާ ބޭނުމެއް އަޅުގަނޑު ފުއްދަ ދޭނަން..”
“މެހެކްގެ ކޮން ބޭނުމެއް ކަލެއަށް ފުއްދަ ދެވޭނީ.. ކަލޭމެންގެ އެއް މަހު މުސާރަ އޭނަ އެއް ދުވަހު ޝޮޕިން ކޮއްލާހާވެސް ނުވާނެ..އަހަރެންގެ ދަރިއާއި އެކަށީގެންވަނީ އަހަރެން މިގެންގުޅޭ ފެންވަރަށް އޭނާ ގެންގުޅެވޭނޭ ފަދަ މީހެއް..ކަލޭ ކަހަލަ ފަގީރެއް ނޫން..ނިކުމޭ މިގެއިން..ހަމަ މިހާރު ނިކުމޭ..ދެން އަހަރެންގެ މެހެކް ފެންނަ ހިސާބަށް އަޔަސް އަހަރެންގެ ނުލަފާކަން އަންގައިލާނަން..ތިއުޅެނީ އަހަރެންގެ ދަރި ހައްލައިލައިގެން މިގޭ މުދާތަށް ފޭރި ގަންނަންށެއްނު..އަހަންނަށް އިގެޔޭ ތިކަހަލަ މީހުންގެ ގޮތް.. ރޭނާ ވީހާވެސް އަވަހަކަށް އާއިލާ މީހުންނަށް މެހެކްގެ ކައިވެނީގެ ހަބަރު ދީ..އަހަރެން މިދަނީ އާލޯކްއަށް ގުޅަން..އޭނާގެ ދަރިފުޅުވަނީ މެހެކްގެ ކައިވެންޏަށް އެދިފައި..ދެހަފްތާ ތެރޭ މިކައިވެނި ކުރެވޭނެ..ރައްޓެހިންނަށްވެސް އަންގާ..ނޯކަރުންނަށް އަންގާ ގޭތެރެ ޒީނަތްތެރި ކުރަން ފަށަން..އަދި ބުނަން މިއަދުން ފެށިގެން މެހެކް މިގޭ ހަތަރު ފާރުން ބޭރަށް ދިޔަދީގެން ނުވާނެ..އޭނަ އެހުރީ ފިޔަފަޅާފަ..” ރީހާން ހުރިހާ އެއްޗެއް ކިޔާލުމަށްފަހު ގެއިން ނިކުތެވެ.
މެހެކްއަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. އޭނާގެ ބައްޕައަކީ ހަމަ އެހާ ހިތްހަރު މީހެއް ހެއްޔެވެ. އޭނާގެ އުފަލަކީ އެބައްޕައަށް މުހިއްމު ނުވީ ކީއްވެ ހެއްޔެވެ. މަޖްބޫރުން ކުރެވޭ ކައިވެންޏަކުން އޭނާއަށް ލިބޭނީ ކޮން އުފަލެއްހެއްޔެވެ. ކޮޓަރިއަށް ވަދެ މެހެކް އަވަސްވެގަތީ އެލައިޝާއަށް ގުޅައި އެވާހަކަތަށް ކިޔައިދޭށެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
26 Comments!
Comments are closed.



Yey me first dhw
Hehe yhh
Salhi eakam haadha kureyy
Thankx alhe kurutha
Ekm mi part ehn part thakah vure dhiguvaane
when is the next part
its sooooooooooo beaytiful i love it
waiting
Awww thankyou alys
Insha Allah varah avahah next part vec up kohdheynan
Wow… v rythi mi vaahaka ☺☺
Thankx firoo?
Haadha reeiichey…maadhan Allah
Kn irakun aneii part kiyaa hithun keii madhuvehje
Varah interesting
Thanks mixuhan
Maashaa allah *
V nice mi part vex
Thanks yueen
Nice
Thankx rsh
nice keep ir up ☺???
Thank you dhaan?
Nice ingey mi part vx.. Bt mi part maa kuru henn hyvany.. Waiting for next part..
Thankx pink shifoo ekm aslu vmi part ehn part thakah vuren dhogu vaane??
shaish varah reethi vaahaka eh igeyy
Thankyou aish
Vvv rythi???
Thankx ❤
Mi vahaka ga eyna pic ga ethiba thanun leejungsuk eii dhww ibaan akii ? woww ??v salhi adh mi story dhaagoiy.
Thankx❤?? btw v
Ibaan aky Kim woo bin