Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގި ހިތޭ ތި އަތުލީ 25

Star Level 310 Stories100 Comments100 Login
January 8, 2018 3 Mins Read
60 Comments

އެކަމަކު މައުވަން ނިންމައިފައިވަނީ ކަންތައްތައް ހަމަޔަކަށް އެޅެންދެން އެކަން ކުރުމަށެވެ. އެއަށްފަހު ރަފާ ޖެހޭނީ އޭނަގެ ހަޔާތުން ބޭރުވާށެވެ.

ދުވަސްތަށް ފާއިތުވަމުން ދަނީ ހީވެސްނުކުރާހާ ހަލުވި މިނެއްގައެވެ. ނުވަތަ ކުރަން ހުންނަ ކަންތަންތަން ނުވެހުއްޓައި ދުވަސްތައް ނިމޭތީ ހަލުވީހެން ހީވަނީކަމަށްވެސް ވެދާނެއެވެ. މަލާކްގެ އަތް މުޅިން ރަނގަޅުވެ ޑިއުޓީއަށް ނިކުންނަވަރުވިއެވެ.

އަކްޔަން އާއި އަލާގެ ގުޅުން އިހުނަންވުރެ ރަނގަޅުވެ ކައިވެނި ކުރާނެ ތާރީޚެއް ކަނޑައެޅިއެވެ. ނަސީމާ ނުރުހުނެއްކަމަކު މަޒްހަރުގެ ރުހުމާއެކުގައެވެ.

ދުވަސްތަކަކަށް ފަހު މަލާކް ފުރަތަމަ ޑިއުޓީއަށް ނިކުތްދުވަހެވެ. ހުރިހާއެއްމެންގެ ފަރާތުންވެސް ފެނުނީ ހިތްހެޔޮކަމާއެކު މަރްހަބާ ކީތަނެވެ. ބްރޭކް ގަޑީގައި މަލާކް ދިޔައީ ކެންޓީނަށެވެ. މައުވަން އެތާއިން ނާނެކަމަށް އޭނަ ޔަޤީންކުރިއެވެ. ވަދެގެން އެކި ފަރާތްފަރާތަށް ކަޅިހިންގާލި އިރު އޭނަގެ ލޮލުގައި މައުވަން އަޅައެއްނުގަތެވެ. ފެނުނީ އެކަނި އިން ނިއަމްއެވެ. ނިއަމްގެ އަތުގެ އިޝާރާތުން މަލާކް އެދިމާލަށް ހިނގައިގަތެވެ. ދެމީހުންވެސް ދެއްކީ މަސައްކަތުގެ ވާހަކައެވެ. މަލާކްއަށް މައުވަންގެ ވާހަކަ އަހަން ނުކެރުނީއެވެ.

ޑިއުޓީ ނިންމާލާފައި މަލާކް ގެއަށް ދިޔައީ މައުވަންއާއެކުގައެވެ. ދެމީހުންގެ ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ދައްކާނެ ވާހަކަ ނެތީކީނޫނެވެ. ފަށާނެ ގޮތެއްނޭނގޭތީ މައުވަން އިނީ ހިމޭންވެފައެވެ. އެއީ މިފަހަކަށް އައިސް މަލާކަށް ފާހަގަ ވެފައިވާކަމެކެވެ. ކޮންމެ ރެއަކު ބޭރަށް ދިއުމާ އަދި މަލާކް އާއި ވާހަކަ ދައްކަން އުނދަގޫ ވެގެން އުޅޭހެންވެސް ހީވެއެވެ.

މައުވަން އުޅެނީ ރަފާ އާއި ކައިވެނި ކުރަން އުޅޭވާހަކަ މަލާކްގާތު ނުބުނެވިގެން ނެވެ. އޭނަ ބޭނުންނަމަ ނުބުނެވެސް އެކަން ވެދާނެއެވެ. އެކަމަކު އެގޮތަށް ކަންތައްކުރަން މައުވަން ބޭނުން ނެތީއެވެ.

އެރޭ މައުވަންގެއަށް އައި އިރު މަލާކް އޮތީ ނިދާށެވެ. މައުވަން ވެސް އައިސް އެއްޗެހި ބަދަލުކޮށްލައިގެން އައިސް މަލާކްގެ މަގަތުގައި އިށީނެވެ. އޭގެ ކުރިން އޭނަ ނިދާބޮކި ނިވާލައި އާދައިގެ ހުދު ލައިޓަކަށް ބަދަލުކުރިއެވެ. މަލާކް އޮތީ މައުވަން އާދިމާލަށް ސުވާލުގެ ނަޒަރުން ބަލާށެވެ. “އަހަރެން އޮބެއް ވަރަށް ބޮޑު ވާހަކަ އެއް ދައްކަންވެފަ… ރުޅި ނާންނާނެ ކަމަށް އުއްމީދުކުރަން….” މައުވަން ވާހަކަ ދެއްކީ ސީދާ މަލާކްގެ މޫނަން ބަލަހައްޓައިގެން ހުރެއެވެ. މަލާކްގެ މޫނުން އިތުރު ހައިރާންކަމެއް ނޫނީ ނުފެނެއެވެ. މަލާކް ތެދުވެ އެނދުގެ ހެޑް ބޯޑްގައި ލެނގިލައި ހަމަޖެހިލިއެވެ. އަދި މައުވަންގެ މޫނަން ބަލާލީ އިތުރަށް ކުރިއަށް ގެންދާށޭ ބުނާކަހަލަ ގޮތަކަށެވެ. ދެވަނަ ކައިވެންޏެއް ކުރަން ގަސްތުކުރާ ވާހަކަ ބުނުމުގެ ކުރިން މައުވަން އަސްލު ބޭނުންވީ އޭނަ މަލާކް ދެކެވާލޯބި ހާމަކޮށްދޭށެވެ. އެކަމަކު ބަދަލުގައި އޭނައަށް ބުނެވުނީ ހަމައެކަނި ދެވަނަ ކައިވެންޏެއް މާދަމާރޭ ކުރަންއުޅޭވާހަކައެވެ. މަލާކް އިނީ އެވާހަކަ ޤަބޫލް ނުކުރެވިފައެވެ. އެ ލިބުނު ޚަބަރަކުން އޭނައަށް ހީވީ ދުނިޔެވެސް އެނބުރިގަތް ހެންނެވެ. ހަރަކާތެއް ކޮއްނުލިތާނގައި އިސްފިޔަވެސް ޖަހާނުލިއެވެ. ދެން ފެނުނީ ލޮލުން ކަރުނަ ފާއްދާލި ތަނެވެ. އެހިސާބުން މައުވަން މަލާކްގެ ދެއަތުގައި ހިފާ ތަޅުވާލިއެވެ. އެޔާއެކު މަލާކަށް ހަމަހޭވެރިކަން ވިއެވެ. “އައި އެމް ސޮރީ…” މައުވަން ބުނެލިއެވެ. އޭރުވެސް އޭނަގެ ދެއަތް ވަނީ މަލާކްގެ ކޮނޑު މަތީގައެވެ. މަލާކް އިނީ ހިމޭނުންނެވެ. ނުރޯން މަސައްކަތް ކުރަމުންދާކަން އޭނަ އިންގޮތުން އެނގެއެވެ.

“އަހަރެން ދެވަނަ ކައިވެންޏެއް ކުރިއަސް ދުވަހަކުވެސް މަލާކް ދޫކޮށެއް ނުލާނަން… އަހަރެންގެ ހަޔާތަށް އައި އެންމެ ޚާއްސަ ކުއްޖަކީތީ…މަލާކްގެ މަޤާމަށް އެހެން މީހަކަށް ވާދަވެސް ނުކުރެވޭނެ…” މައުވަން ދައްކަމުން ދިޔަ ވާހަކަ ހުއްޓާލީ މަލާކް ވާހަކަ ދައްކަން ފެށީމައެވެ. “ތިކަން ކުރަން ވެގެންދޯ އަހަންނަން މާ ހެޔޮވެގެން އުޅުނީ…”

“ނޫން. އަހަރެންގެ އަނބިމާހާވީމަ… ހަމަކޮއްދޭހިތުން ހުރިހާކަމެއްވެސް ކޮއްދިނީ”

އިތުރަށް މަލާކް އެއްޗެއް ނުބުނެއެވެ. “އުއްމީދުކުރަން އަހަންނަން މާފުކޮއްދޭނެކަމަށް” މައުވަން ބުނެލިއެވެ. މަލާކް ޖަވާބެއް ނުދީ ވަނީ ފާޚާނާއަށެވެ. އޭނަ ނުކުތީ ހިތްހަމަ ޖެހެންދެން ރޯލެވުމުންނެވެ. އޭރު މައުވަން ކޮޓަރިއަކު ނެތެވެ. ގޭގައި އުޅޭތޯ ބަލާކަށް މަލާކްގަސްތެއް ނުކުރިއެވެ. ގޮސް އޮށޯތީ އެނދުގައެވެ.

މަލާކްއަށް ހީކުރެވިފައިވަނީ މައުވަންގެ ހިތުގައި އޭނައަށް ޓަކައި ވިންދެއް ޖަހާލަމަށެވެ. އެހެން ކަމަށް ހީކޮށް ހުއްޓައި މި ލިބުނު ޚަބަރަކުން އެއީ ކުށްހީއެއްކަން އޭނަ ޔަޤީންކުރިއެވެ. މަޖްބޫރުންކުރި ކައިވެނިން އޭނައަށް ލޯބި ވެވުނު އިރު މައުވަންއަށް ލޯބި ނުވެވުނީ ކަމުގައި އޭނަ ނިންމިއެވެ. އަދި އެކަމުގައި ހަޤީގަތުގައި މައުވަންގެ ކުށެއްވެސް ނެތެވެ. އިން އިރުގައި މައުވަންގެ ޚާއްސަ ކުޖެއްހުރީ ކަމުގައި ވެދާނައެވެ. އަދި ކައިވެނި ކުރެވޭ ހިސާބަށް ދިއުމުން ކައިވެނި ކުރަނީއެވެ. މައުވަންގެ ހިތުގެ ހާލު ނޭނގި މަލާކް ނިންމީ މައުވަންގެ ހަޔާތުން އޭނަ ބޭރުވާށެވެ. މަލާކް ހީކުރި ގޮތުގައި މައުވަން މަލާކް ވަރި ނުކުރަން ނިންމީ  އޭނަގެ މައިން ބަފައިންނަންޓަކައެވެ.

ޖެހިގެން އައި ދުވަހު ހެނދުނު މަލާކް ޑިއުޓީއަކަށް ނުދެއެވެ. އެހިތްވަރު ނެތީއެވެ. ބޮލުގައި ރިއްސާވަރުންނެވެ. އެއީ އޭނަގެ ސަބަބުން ވާކަމެއްކަން މައުވަން އެނގެއެވެ. ޑިއުޓީއަށް ދާން ތައްޔާރު ވިއެއްކަމަކު މައުވަންވެސް ނުދެއެވެ. “ޑޮކްޓަރަށް ދައްކަން ދާންވީނު..؟” ނުދާނެކަން އެނގިހުރެވެސް ވާހަކަ ދެއްކުމުގެ ގޮތުން މައުވަން ބުނެލިއެވެ. މަލާކް އަޑު އިވުނުކަމަށް ހަދާނުލިއެވެ. “އެނގޭ ތިއޮތީ ރުޅި އައިސް ހިތްހަމަ ނުޖެހިފަކަން… ރުޅިއައުން ހައްޤު” މައުވަން ވާހަކަ ދެއްކިއެވެ. އެވަގުތު އަމީނާ އައިސް ދެމީހުންނަން ސައިބޯން ގޮވިއެވެ. ދެމީހުން އެއްކޮށް ދިޔައީ ސައިބޯށެވެ. އަމީނާގެ ކުރިމަތީގައި ކަމެއްވީ ކަމަށް ހަނދަން މަލާކް ބޭނުމެއް ނޫނެވެ. މަންމަ ދެރަވާނެ ވަރު އޭނައަށް ވިސްނެއެވެ.

ސައި ބޮއެގެން އާދައިގެ މަތިން ތިންމީހުން މަޑުކޮށްލީ ސިޓިންރޫމްގައި އެކި ވާހަކަ ދެއްކުމުގައެވެ. އެކިވާހަކަ ދައްކަމުން ގޮސް އަމީނާ ބުނެލީ އޭނަ ކުޑަ ދުވަސް ކޮޅަކަށް ރަށަން ދާން ބޭނުންކަމުގައެވެ. ރަށް މަތިން ވަރަށް ހަނދާން ވާކަމަށާ އެކުވެރިންނާއި ބައްދަލުކޮށްލަން ބޭނުން ކަމުގައެވެ. މައުވަން އެކަމަށް ތާއީދު ކުރިއެވެ. އަދި ރަށަށް ދާން ބޭނުން ދުވަހެއް އޭނައަށް އަންގާލުމުން ޓިކެޓް ހަމަޖައްސަދޭނެލަމަށް ބުނެލިއެވެ. ހަމަ އެވަގުތު މަލާކް ހާމަކޮށްލީ އޭނަވެސް ދާން ބޭނުންކަމުގައެވެ. މަލާކް ކުރަން އުޅޭކަންތަން މައުވަންގެ ވިސްނުންތޫނު ސިކުނޑިއަށް ނަގައިގަތެވެ. މަލާކް އެ އުޅެނީ އޭނަގެ ކުރިމަތިން ގެއްލޭށެވެ. ކުޑަ ދުވަސް ކޮޅަކަށް ވިއަސް އެފުރުސަތު އޭނަ ނުދޭނެއެވެ. “މަލާކް ދާނީ އަހަންނަން ޗުއްޓީ ލިބޭ ފަހަރަކުން ދޯ” އަމީނާގެ ކުރިމަތީގައި މައުވަން އެހެން ބުނުމުން މަލާކަށް އިތުރު އެއްޗެއް ނުބުނެއެވެ. އޭނަ ހިތާހިތުން ނިންމައިލީ އެރަށަށް ދާނެކަމުގައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star

Level 310 Stories100 Comments100 Login

Other Articles

Previous

އައިކާ (29)

Next

ހަމްސަފަރް ގެ ކިއުންތެރިންނަށް…

Next
January 9, 2018

ހަމްސަފަރް ގެ ކިއުންތެރިންނަށް…

Previews
January 8, 2018

އައިކާ (29)

60 Comments!

  1. Maa says:
    January 8, 2018 at 11:41 pm

    Alhamdhulillaah

    1. Maa says:
      January 8, 2018 at 11:51 pm

      Yay…..me first dhoa.. story hama vvvv reeethi…. dhen daily koh story genes dheynekamah hope kuran

    2. Star says:
      January 9, 2018 at 8:30 am

      Thanks . Yes u fisrt

  2. Nanni says:
    January 8, 2018 at 11:45 pm

    Thank u star upload kureema… Next part sooon plzz

  3. Hashaa says:
    January 8, 2018 at 11:48 pm

    ….Varan reethi……? ekam haadhakurey????

  4. Zuam says:
    January 8, 2018 at 11:51 pm

    …….Alhey haadha kurey
    …….Varah reethi

  5. Aki says:
    January 8, 2018 at 11:52 pm

    varah furihama ..ekamu maabodah ves kuree mi part

    1. Star says:
      January 9, 2018 at 8:36 am

      Thanks

  6. shanhaa says:
    January 8, 2018 at 11:56 pm

    haadha dhuvas kohlaafa migenes dhini adhi eyhaa kiru varah kiyaahithun indha nimuni konmy dhuvahaku inthizaaru kuran mivaahaka ah

    1. Star says:
      January 9, 2018 at 8:36 am

      Thanks you

  7. Sheen says:
    January 9, 2018 at 12:19 am

    Eha gina dhuvaskollafa genesdhin ir hadha kurey. Vahaka reechakas kurukamun balae nuganevunu

    1. Star says:
      January 9, 2018 at 8:35 am

      Thanks.

  8. Rau says:
    January 9, 2018 at 12:26 am

    Heevee v kurihen kiyaa nimmaali iru….story v salhi n maa lager story upkohdheh

    1. Star says:
      January 9, 2018 at 8:35 am

      Thanks. Maa lahee dhw up vaale

  9. Sheyou says:
    January 9, 2018 at 12:27 am

    Rythi varah. Thank you start ??

    1. Star says:
      January 9, 2018 at 8:34 am

      Wc. N thanks

  10. Reingirl❤❤❤ says:
    January 9, 2018 at 12:29 am

    I❤this storyyy star next part soon

    1. Star says:
      January 9, 2018 at 8:34 am

      Thank you

  11. Nus says:
    January 9, 2018 at 1:09 am

    Hurihaa commenta ka 1 javaabu ves fudayne

    1. Star says:
      January 9, 2018 at 8:33 am

      Mi dheneenu darling

  12. Unaal says:
    January 9, 2018 at 4:12 am

    Woww.. Vrh reethi

    1. Star says:
      January 9, 2018 at 8:33 am

      Thanks

  13. ?‍❤️‍?‍? says:
    January 9, 2018 at 4:28 am

    Dhen our b dhuvahaku up vaany. Vaahaka rythi ekam upvun lasvumaa kurukamun dhera vey. Aslu data package husvegen up nuvevifa inyma I thought varah dhigu vaane kamah. Ekam nuvi. Dhamakun hama jahaali badieh. Seydu

    1. Star says:
      January 9, 2018 at 8:32 am

      Thanks

  14. im says:
    January 9, 2018 at 8:11 am

    !!!Haadha lahun nei dhw
    Any way vara salhi
    ?????Next part dhigu kodhechei
    ?????When is next part

    1. Star says:
      January 9, 2018 at 8:32 am

      Thanks. Maybe two days later

  15. Xaaan says:
    January 9, 2018 at 8:14 am

    މާޝާﷲ ވަރަށް ރީތި އެކަމަކު ވަރަށް ކުރު

    1. Star says:
      January 9, 2018 at 8:31 am

      Thanks

  16. mr lonely says:
    January 9, 2018 at 8:47 am

    hwdhaha kurey ..

  17. Mary says:
    January 9, 2018 at 9:30 am

    Varan reethi

  18. Lubu lubna says:
    January 9, 2018 at 9:37 am

    Varah reethi ????❤❤

  19. Me says:
    January 9, 2018 at 9:53 am

    Ehaa lahun upkuri iruves kuda thankolheh

  20. Eyra says:
    January 9, 2018 at 10:09 am

    V reethi?

  21. Kitty ❤️ says:
    January 9, 2018 at 10:56 am

    Ehaa lahun up kuri Iru vess ehaa kuru koh.. keehvaaanee dhigu koh gehnan.. ❤️ vaahaka varah reeth

  22. Anonymous says:
    January 9, 2018 at 10:57 am

    Fail star.reethikoh vaahaka leyeveythi hadhaagoi mee.mives mihaadhuvas kohfa vaahaka up kureeo.haadhisaaehves nuhingaa.reply kuraairuves javaabeh nudhee hamaekani thanks??

  23. Kudaa says:
    January 9, 2018 at 11:30 am

    Star ah thanks noon ehcheh kiyan neygenii tha?? Myhaku alhe foohi nuvaane tha

  24. Anonymous says:
    January 9, 2018 at 12:48 pm

    Vvv salhi eakam haadha kureyy

  25. Zee says:
    January 9, 2018 at 1:38 pm

    V salhi ekam v kuru

  26. Pinky shifoo says:
    January 9, 2018 at 2:18 pm

    Varah varah reethi bt maa kuru.. Plxx thankolheh avahah up kohladhehchey..

  27. Rsh says:
    January 9, 2018 at 2:37 pm

    Nice

    1. Anonymous says:
      January 11, 2018 at 10:17 am

      Avahah up kohla dheynveenun dhw mihaaru dhedhuvas vee nidhaathaa ???

    2. Shitty male says:
      January 11, 2018 at 10:19 am

      Avahah up kohla dheynveenun dhw mihaaru dhedhuvas vee nidhaathaa ???

  28. fafzfgfhfgnhvnbvn bvcv says:
    January 9, 2018 at 2:48 pm

    nice

  29. sam♥ says:
    January 9, 2018 at 3:03 pm

    nice ekm kurukamun kiyaa hih kedihje …

  30. Sheyou Ibrahim says:
    January 9, 2018 at 3:10 pm

    Emme rythi story ?

  31. Blue beauty says:
    January 9, 2018 at 3:22 pm

    nice akam kuree dhen konirakun up vaany

  32. sheen says:
    January 9, 2018 at 3:51 pm

    Dhen alhe vaki dhuvaheh bunela dheeba vaahaka up vaane. Haadha dhuvahaku inthizaaru kuri fahunney mi part mi up veevea. Vaahaka hama super.. plx thankolheh avahah up kohladhee.vaahaka

  33. Black beauty says:
    January 9, 2018 at 6:09 pm

    Miothee vaahaka upkohdheefayo huhh ??

  34. Zainba says:
    January 9, 2018 at 8:56 pm

    Reethi
    Maa bodah vx kuru
    Thi gothah up nukuraane kamah ummeedhu kuran

  35. Lizzyy Mejji says:
    January 9, 2018 at 9:09 pm

    Nashko Nash

  36. Anonymous says:
    January 9, 2018 at 9:44 pm

    Enme ginameehun kiyaa vaahakaveema hadhaagoi ee bodaakan ???

  37. chumpu says:
    January 9, 2018 at 10:11 pm

    Haadha kurey alhey v dhigu koh vaany dhn genesdheyn v reethi vaahakaeh mi BT mi part eha salhieh nun

  38. Chawder says:
    January 10, 2018 at 3:47 am

    V reethi mi story
    Missed u star
    Dhn kon irakun next part

  39. ޔޫލީ says:
    January 10, 2018 at 9:51 am

    ވަރަށް ރީތި…ދެންއިން ފާޓުގެނެސް ދީބަ އަވަހައް

  40. Anonymous says:
    January 10, 2018 at 11:47 pm

    star mihaaru haadha gos vehje ey kurin baraabarah up kuramun ais mihaaru weekaku one faharu thi up kuranee… mi vaahaka gina meehun kiyaatheeve e meehun lahvaa aadheys kuruvan dho

  41. Blue beauty says:
    January 11, 2018 at 9:41 am

    dhen konirakun tha up vaanee ?????

  42. Star says:
    January 11, 2018 at 11:52 am

    Mihaaru vaahaka lahun genes dheveythee kiyun theringe kibain maafah edhen. Mi balanee next episode maadhamaage kuringenes dheveythw. Adhi mivaahaka dhen hafthaa aku dhefaharu genes dheveythw balaanan. Kutheringe faraathun libey support ah thanks.

    1. Shitty male says:
      January 11, 2018 at 4:11 pm

      Hahah mi maadhamaage kuriah mi inthixaaru kuranee

    2. bullshit says:
      January 11, 2018 at 4:13 pm

      Kithanme haaves rangalhu up vejjehyaa

  43. Zee says:
    January 11, 2018 at 5:40 pm

    Oh god.. star akah neynge readers happy vaane gothakah comment kuraakah… vaahaka gai hunnan jehey kahala evves sifa kurumeh neh.. foohi gothakah ibaaraaiy ves genesdheefa hunnani.. Mi ah vureh rangalhah star ah liyeveyne.. ekam ekan kureveyni kuraa hithun kureema.. readers aa ves interact vegen.. try to make your readers happy.. readers happy nooniyya vaahaka liyumuge beynumeh neh mi site ga eh.. ginain hama fennani readers hiyy hama nujehigen koffa hunna comments.. don’t do that.. if you really want to get love and support from readers make them satisfied with your story…

Comments are closed.

Next Episodeނޭނގި ހިތޭ ތި އަތުލީ 26←


All Right Reserved!