Skip to content
އެސްފިޔަ

އީމާން

އިރު، އޭގެ ވާޖިބު އަދާކުރަމުން ގޮސް އެންމެ ފަހުގެ މަރުޙަލާ ކަނޑަތު ކުރަމުންދާ ވަޤުތަކީ އެއްވެސް މަޚުލޫޤެއް ބަލާ ފޫހިނުވާނެ، ހިތްގައިމު ވަޤުތެކެވެ. ރާއްޖެތެރޭގެ ރަށެއްގެ ހިމޭން ގޮނޑުދަށެއްގައި މިމަންޒަރު ބަލާލުމުގެ ނަސީބު ލިބުމަކީ އަދި އިތުރަށް ހިތްހަމަޖެހޭނެ ކަމެކެވެ. އެރީތި ގޮނޑުދޮށުގައިވާ ހިމުން ދޮންވެލި ގަނޑު ރަންކުލައިން ވިދާބަބުޅައެވެ! އެ ހަމަހިމޭންކަމުގެ ތެރޭގައި، އަހަރެން އިނީ އެ ފުރިހަމަ ޤުދުރަތީ މަންޒަރުގެ ތެރެއަށް ގޮސް ގެއްލި ހުސްވެފައެވެ. ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ ދުނިޔެމަތިން މީގެ ކުރިން ފެނިފައި ނުވާވަރުގެ ރީތިކަމެއް ލިބިފައިވާ ޖިންސުއްލަތީފެކެވެ.
އެރީތިކަން ބަޔާންކުރުމަކީ ލިޔުމަކުން ވާނޭ ކަމެއްނޫނެވެ. އެހާވެސް ފުރިހަމައެވެ. އަހަރެންނަކީ މާލޭގައި ދިރިއުޅޭ މީހަކަށްވެފައި ފުދޭވަރެއްގެ ތަނަވަސް ކަމެއް ހުރުމުން އަންހެން ކުއްޖެއް އަތްދަށު ކުރުމަކީ މާކަށް އުނދަގޫ ކަމަކަށް ނުވާނެއެވެ. ވާނީވެސް އެހެންތާއެވެ. ރާއްޖޭގައި މިހާރު އުޅެނީ، މުދަލާއި، ފައިސާއަށް ނަފްސު ވިއްކާ “ޗީޕް” އަންހެން ކުދިންނެވެ މިއީ ހަޤީޤަތް ނޫންތޯއެވެ؟
އަހަރެން ހުރީ އަތިރި މަތީގައި އޮތް ރުއްބުޑެއްގެ މަތީގައި ޖައްސާލައިގެން ކަމުން، މަޑުމަޑުން ތެދުވެ އެ ކުއްޖާ އާއި ދިމާލަށް މިސްރާބު ޖެހީމެވެ. އެކުއްޖާއާ އަރާ ހަމަކުރުމަށް ފަހު، ހިތްވަރު ކޮފައި ހަތަރު ކަޅި ހަމަ ކޮއްލީމެވެ. އެ އަންހެން ކުއްޖާގެ ލޮލުގެ ކަޅިރަވައިގައި ވަނީ މަސްތީ ބާރެކެވެ. އެ ތޫނު ނަޒަރުން ހިތް ކަތިނުލެވޭނެ އިންސާނެއް މި ދުނިޔޭގައި ވާނޭކަމީ ނާދިރު ކަމެކެވެ. މާގިނަ އިރެއްނުވެ، އެ އަންހެން ކުއްޖާ އިސްޖަހާލިއެވެ. ވާނީވެސް އެހެންނެވެ! ނުދަންނަ މީހަކު ހަތަރު ކަޅި ހަމަކުރުމުން ލަދުގަންނާނެތެވެ.
ދެން އަހަރެން އެކުއްޖާއަށް ސުވާކުތަކެއް ކުރިމަތި ކުރުވީމެވެ. ” ކޮން ނަމެއްތަ ކިޔަނީ؟ ކޮންތާކު އުޅޭ ކުއްޖެއް؟ އުމުރުން ކިހާވަރެއްތަ؟ ” ކަންތަށްވީ އަހަރެން ހީކުރި ގޮތާއި ހިލާފަށެވެ. އޭނާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އަހަރެން ވަރަށް ދެރަވިއެވެ. ލަދުވެސްގަތެވެ. އަވަސް އަވަހަށް އެކުއްޖާ އާއި ދުރަށް ހިނގައިގަތީމެވެ. ފަސްދިނުމަށްފަހު އަހަރެން ދިޔައީ އަހަރެން ހުރި ހޮޓަލަށެވެ. ހޮޓަލްއަށް ގޮސް ފެންވަރާ ތާޒާވެލުމަށް ފަހު، ރޭގަނޑުގެ ނާސްތާނަގައި އަވަސްވެ ގަތީ ނިދަން އޮށޯތުމަށެވެ. ނިދަން އުޅެ އުޅެވެސް އަހަންނަކަށް ނުނިދުނެވެ. ހަމަ އެ މަންޖެ މަތިން ހިޔާލް ކުރެވެނީއެވެ.
ޖެހިގެންއައި ދުވަހު އަހަރެން މާލެ ފުރައިފީމެވެ. މާލެ ގޮސްވެސް، ހަމަ އެމަންޖެ މަތިން ހިތަށް އަރަނީއެވެ. މިހާރު އަހަންނަށް އެއްޗެއް ޔަޤީންވެއްޖެއެވެ. މިއަށް އަހަރެން ދިން ނަމަކީ ލޯތްބެވެ. އަހަރެން ޤަބޫލް ކުރާގޮތުގައި އަހަންނަށް އެ މަންޖެ ދެކެ ލޯބި ވެވުނީއެވެ. ދެން މިއަށް ދޭނެނެ އިތުރު ނަމެއް ކިޔުންތެރިން އަޅެ ވިސްނާލަފާނަންތޯއެވެ. ދުވަސްތަށް މިގޮތުގައި ވޭތުވެ އެބަދެއެވެ. އަހަންނަކަށް އެކުއްޖާ މަތިން ހަނދާން ނައްތާ ނުލެވުނެވެ.
ތިންމަސްފަހެވެ. އަހަރެންގެ “ފޭސްބުކް” އެކައުންޓަށް “ފްރެންޑް ރިކުއެސްޓް” އެއް އައިސްފަވެއެވެ. ޕްރޮފައިލްގެ ނަމަކަށް ޖަހަފައިވަނީ “އީމާން” މިހެންނެވެ. ޕްރޮފައިލް ޕިކްޗާރ، ފެނުމުން އަހަރެން ދިޔައީ ލޯ ބޮޑު ވެގެންނެވެ. ދުނިޔެ ރަންވި ފަދައެވެ. މުޅި ހަށިގަނޑު ކޮޅަށް ޖެހުނުފަދައެވެ. އެއީ މީގެ 3 މަސް ކުރިން ފެނުނު މަންޖެއެވެ! އަވަސް، އަވަހަށް “އެކްސެޕްޓް” ކޮށް، މެސެޖެއް ކޮއްލީމެވެ. ” ހާއި “. މާގިނައިރެއްނުވެ ޖަވާބު އައެވެ. ” ހޭއި “. މި ހިސާބުން އަހަރެމެން ދެމީހުން ވާހަކަ ދައްކަން ފެށުނީއެވެ. ވަރަށް ގިނައިރު ވާހަކަ ދެއްކީމެވެ. ނަމަވެސް އަހަރެމެން ދެއްކި ވާހަކަތަށް ބަޔާންކޮއްދޭހާ ވަރަށް ވުރެން އަހަރެންގެ ޤަލަމުގެ ދެލި ވަރަށްވެސް މަދެވެ.
މިގޮތަށް ދެ ދުވަހަކު ވާހަކަ ދެއްކުމަށްފަހު، އަހަރެން ލޯބީގެ ގޮތުން އޭނަ އާއި ގުޅެން ބޭނުންވާ ވާހަކަ އޭނަ ގާތު ބުނެފީމެވެ. ނަމަވެސް، އޭނަ ދިން ޖަވާބު ވެގެންދިޔައީ އަހަރެންގެ ހުރިހާ އުއްމީދެއް، ފުނޑު ފުނޑުވެ، ދިރިއުޅުން މަތިން ފޫހިކޮއްލި ޖަވާބަކަށެވެ. އޭނާއަކީ، މީހެއްގެ ހައްޤެކެވެ. މީހެއްގެ އަންބެއްވެސް މެއެވެ. އަދި ކިޔެއްހެއްޔެވެ؟ ލޯބި ލޯބި ދެކުދިންގެ މަންމައެކެވެ.
މިހާރު އަހަރެންނަކީ، “ލޯބި” ޤަބޫލް ކުރާ މީހެއްނޫނެވެ. އެއްވެސް ކަމެއް ކުރާ ހިތެއްވެސް ނުވެއެވެ. ދިރިއުޅުން މަތިންވަނީ އެއްކޮން ފޫހިވެފައިވެ. އިންތިޒާރު ކުރެވެނީ މަރުވާނެ ވަޤުތަކަށެވެ. މި ގޮތަށް، ކިތަށް މީހުން ދުނިޔޭގައި އުޅޭނެބާއެވެ؟ އަދި މިހާލުގައި ނޫޅެވިގެން އަމިއްލައަށް މަރުވެސްވެފައި ހުންނާނީ ކިތަށް ކުދިންބާވައެވެ؟ އެހެންނަމަވެސް އަހަރެންނަކީ އެކަހަލަ މީހެއްނޫނެވެ. އެއަށްވުރެން އަހަރެންގެ އީމާންތެރިކަން ވަރުގަދަ ވާނެއެވެ! ގިނަވަޤުތު އަހަރެން މިހާރު ހޭދަ ކުރަނީ އަޅުކަމުގައެވެ. އެއަށްވުރެ ހިތްހަމަ ޖެހޭ ކަމެއް ނެތީއެވެ.
” އީމާން ” އެވެ. ތިޔަ ހިތް އަދު ނަސީބުގައި ނެތަސް، އަހަރެންގެ ހުރިހާ ދުޢާތަށް ވަނީ ކަލާއާ އެކެގައެވެ. ﷲ އިރާދަކުރެއްވިއްޔާ، ސުވަރުގޭގަ އަހަރެން ކަލާ ގާތުގައި ވާނަމެވެ! އަދިވެސް ” ވަރަށް ލޯބިވޭ ” ހިތާއި ހިތުން އަހަރެންނަށް ބުނެލެވުނެވެ.
-ނިމުނީ-

Comments (26)

  1. Marsh

    Good keep it up

    1. Zidhan
      Marsh

      Thank Yuh!

  2. Saadha Abdhulatheef

    V reethi

    1. Zidhan
      Saadha Abdhulatheef

      Thank Yuh!

  3. Aree Ahmed

    G-learn Aminath.. mi kiyaalahchey ?

    1. G-learn Aminath
      Aree Ahmed

      Ei eyge aneh vahtharu

    2. Zidhan
      Aree Ahmed

      Thank Yuh!

  4. mai

    V reethi mashaallah

    1. Zidhan Mohamed
      mai

      Thankuyew ?

  5. Ree

    Varah reethi story

    1. Zidhan
      Ree

      Thank yuh

    2. Zidhan
      Ree

      ALl Thank yuh

  6. Rsh

    Nice

  7. Zidhan

    Thank yuh

  8. Anonymous

    Aikaa Vaahaka genesdheebala

  9. Shauna

    Masha Allah. Varah reethi story eh. Keep it up Zidhan 🙂

    1. Zidhan
      Shauna

      Thanku shau

  10. Zidhan

    Thanku shau

  11. Zuam

    ……Masha Allah

    1. Zidhan Mohamed
      Zuam

      Thankuyew ?

  12. Hoi hoi☆

    V.reethi mivaahaka keep the gud job

    1. Zidhan Mohamed
      Hoi hoi☆

      Thankuyew ?

  13. eemaan

    wow. keep it up.. nice story ??

    1. Zidhan Mohamed
      eemaan

      Thankuyew ?

  14. Zidhan Mohamed

    Lol

  15. Saai

    ގަބޫލު ނުކުރެވޭ ތިކަހަލަ ހާދިސާއެއް ދިމާވެދާނެ ކަމަކަށް.

Comments are closed.