އާލިން އޮފީހުގައި ކުރަން ހުރި މަސައްކަތްތައް މަޑު ޖައްސާލުމަށްފަހު ރުއާންމެންގެއަށް ދިޔައީ މިސައިބާގެ އެދުމުގެ މަތިންނެވެ. ސައިކަލުގައި ގޮސް އެގެ ކައިރިއަށް ދެވުނުއިރު ރުއާންވެސް އައިސް މަޑުކޮށްލަނީއެވެ. ސައިކަލް ޕާކް ކޮށްލުމަށްފަހު ގެއަށް ވަންނަން ދިޔަ ރުއާންއަށް އާލިން ފެނުމާއެކު ހުއްޓެވިއްޖެއެވެ. އާލިންއަށް ވެސް ބަލަހައްޓައިގެން ހުރެވުނީއެވެ. ރުއާން ހުރި ހުއްޓުން އަރާފައި ހުރިތަން ފެނުމުންނެވެ. ރުއާންގެ ހިތަށް ފެންނަމުންދިޔައީ މަންމަގެ ފޮތްތަކުގެ ތެރެއިން ފެނުނު ފޮޓޯ އެވެ. އުމުރުން ދުވަސްވެފައި ހުއްޓެއް ކަމަކު އަދިވެސް އާލިންގެ […]
އަލްޔަންއަށް ޒީކް އުޅެމުންދަނީ ރުއާން ކައިރީގައި ކަން އެނގުނީ ރައްޓެއްސެއްގެ ފަރާތުންނެވެ. އޭރު ޒީކް ހޯދުމަށް އަލްޔަން މަސައްކަތް ކުރަމުންދާތާ ހަފްތާއެއްހާ ދުވަސް ވަނީއެވެ. އެކަން އެނގުމާއެކު އަލްޔަން އަވަހަށް މިސައިބާއަށް އެހަބަރު ދިނެވެ. މިސައިބާ ބޭނުންވީ ވަގުތުން ޒީކް ކައިރިއަށް ދިޔުމަށް ކަމުގައި ވީ ނަމަވެސް އަލްޔަންގެ އެދުމުގެ މަތިން ދިޔުން ތަންކޮޅެއް ލަސްކޮށްލީއެވެ. ޒީކްގެ ހިތްނުތަނަވަސް ވަމުންދިޔައެވެ. ރުއާން ކައިރީގައި އިޔާންގެ ވާހަކަ ދައްކަން އެތައް ފަހަރެއްގެ މަތިން މަސައްކަތް ކުރެވިއްޖެއެވެ. ނަމަވެސް […]
ކަޅު އަނދިރިކަން ވެރިވެފައިވާ ކޮޓަރި ތެރެއަށް ވަންނަމުން ލައިޓް ދިއްލާލިއެވެ. ފަޅުކަން ވެރިވެފައިވާ ކޮޓަރިތެރެއިން ޒީކް ފެނުނު ހެން އިޔާންއަށް ހީވިއެވެ. އަލަމާރި ހުޅުވާލަމުން އިޔާން އެތެރެއަށް ބަލާލިއެވެ. ހުސްކޮށްފައިވާ ވައްގަނޑު ތަކުގެ ތެރެއިން އެކައްޗެއްވެސް އިޔާންއަކަށް ނުފެނުނެވެ. މޭޒުމަތީގައި އިންނަ ބިއްލޫރިތައްޓަށް ޖަހާފައި އިން މާކޯޅިވެސް އިނީ މޯޅިވެފައެވެ. މާޔޫސްވެފައިވާ ހިތަކާއިގެން ނިކުމެގެން ދާން ހިނގައިގަތެވެ. ނަމަވެސް ކުއްލިއަކަށް އެއްޗެއް ހަނދާންވުމުން އަލަމާރި މައްޗަށް ބަލާލެވުނެވެ. ކަރުދާހު ފޮށިގަނޑު ފެނުމުން އަވަސް އަވަހަށް ގޮސް ފޮށިގަނޑު […]
ރުއާންގެ އެނދުމަތީގައި އޮށޯވެލައިގެން އޮތެވެ. އޭސީގެ ފިނިން އެއްވެސް އަސަރެއް ނުކުރާކަހަލައެވެ. ރުއާންގެ މޫނު މަތީގައި ވިދަމުން ދިޔައީ ދާތިކިތަކެވެ. އެންމެ ފަހުން ރުއާން ތެދުވެގެން ހަރުގައި އިން ޓީސާރޓް ނަގައި ހަށިގަނޑަށް މަހާލަމުން މޭޒުމަތީގައި އޮތް ސައިކަލުގެ ތަޅުދަނޑި ނަގައިގެން ބޭރަށް ދިޔުމަށް ހިނގައިގަތެވެ. އަވަސް ފިޔަވަޅު ތަކެއް އަޅަމުންނެވެ. ހަލުވި ސުޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލް މަޑުކޮށްލީ ރޫބީސް ގެ ކައިރިއަށެވެ. ސައިކަލް ޕާކް ކުރުމަށްފަހު ގޭތެރެއަށް ވެދެގެން ދިޔައިރު ރައުނާއާއި ދިމާވިއެވެ. ޒީކްއަށް […]
ރުއާންއަށް ގެއަށް ދެވުނުއިރު ރާއިނާއާއި ރީނާ ރުއާންގެ އިންތިޒާރުގައި ތިއްބެވެ. ރުއާންގެ މޫނުމަތިން ފެންނަމުންދިޔަ ނުތަނަވަސްކަމެއް ރީނާއަކަށް ސިއްރެއް ނުކުރެވުނެވެ. ރީނާއަކީ ރުއާންގެ އުފަން މަންމައަށް ނުވި ނަމަވެސް ރުއާންއަށް އަންނަ ކޮންމެ ބަދަލެއް ރީނާއަށް ފާހަގަ ކުރާކަށް ގިނައިރުތަކެއް ނުނަގައެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އުމުރުން ހަތް ދުވަހުން ފެށިގެން ރުއާން ގެންގުޅެމުންއައީ ރީނާކަމަށް ވީތީއެވެ. “ދޮންބެ ގަނޑު ހާދަ ދުވަހެއް ކޮށްލާފައޭ. އެންމެ ދެތިން ދުވަހަށޭ ކިޔާފަ ގޮސްފަ” ރާއިނާ ޝަކުވާ ކުރަންފެށިއެވެ. […]
އެނދުމަތީގައި އޮށޯތުމާއެކު ލޮލަށް ޖަމާވަމުން އައި ކަރުނަތައް އޭގެ މަގާމު ދޫކޮށް އޮހޮރިގެންފިއެވެ. އިޔާން ދެލޯ ފުހެލަމުން ކަރުނަތައް ހިންދާލަން މަސައްކަތް ކުރިއެވެ. އޭނާ އެކަން ކާމިޔާބުވެސް ކުރިއެވެ. އިންތިޒާރު ނުކުރެވުނު މީހެއްގެ ހަނދާނުގައި ރޯކަށް އިޔާން ބޭނުމެއް ނޫނެވެ. ޒީކްއެހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަދަލުވެދާނެ ކަމަކަށް ހިޔެއް ނުކުރެއެވެ. “ޒީކް ކީއްވެ؟ ކީއްވެ އަހަރެންނަށް އިންތިޒާރު ނުކުރީ. އާލްދެކެ އަބަދުވެސް ޒީކް ރުޅިއަންނަމެއްނު. ދެން މިއަދު ކީއްވެ ތިހާ ބޮޑު ނިންމުމެއް ނިންމަންވީ. ކީއްވެ […]
އާދުވަހަކަށް އިރުއެރީ އާ އުއްމީދު ތަކަކާއެކުގައެވެ. ޒީކް ހުރީ ބޭބެގެ އިންތިޒާރުގައެވެ. ރުއާން ކައިރީގައި ދައްކަން ބޭނުންވާ އެތައް ބައިވަރު ވާހަކަތަކެއް އޭނާ އެބަހުއްޓެވެ. ޒީކް މެންނާއި އެކުގައި އުޅުމަށް އަބަދުގެ އަބަދަށް އެމީހުންގެ ކައިރިއަށް އަންނާށޭ ބުނަން ބޭނުންވެއެވެ. ނަމަވެސް ރުއާން އަންނާނެ ބާވައެވެ. ޒީކް އުނދޯލީގައި އިށީދެލައިގެން އިނެވެ. ހުދުކުލައިގެ ދޫ ޓީސާޓަކާއި ފައިތިލައާ ހަމައަށް އަންނަ ދޫ ހަރުވާޅުގައި ޒީކް ފެންނަނީ މައުސޫމް ގޮތަކަށެވެ. ދެފައި ހަލުވާލަ ހަލުވާލާއިން ޒީކް އިންއިރު […]
އިރު އޮށްސެމުންދިޔަ މަންޒަރަށް ނަޒަރު ހުއްޓާ ލައިގެން ޒީކް އަތިރިމަތީގައި އިށީދެލައިގެން އިނެވެ. ވަށައިގެންވާ މާހައުލުގައި ހިނގާ އެއްވެސް ކަމެއް ޒީކްއަށް އިހްސާސް ވެސް ނުވާކަހަލައެވެ. ތަންކޮޅެއް ދުރުގައި އޮތް ގަސްގަޑެއްގެ މަތީގައި އަލްޔަން އިނެވެ. އަތުގައި ހުރި ގައުކޮޅުތަކުން ފަހަރަކު ގައުކޮޅެއް މޫދަށް އެއްލަމުން ދިޔައެވެ. “އޭ ޒީކް” ރުއާން އައިސް ޒީކް ކައިރި އިށީންނަމުން ބުނެލިއެވެ. ރުއާންގެ އަޑަށް ސިހިފައި ޒީކް ބަލާލިއެވެ. ރުއާން ކަން އެނގުމާއެކީ ޒީކްގެ މޫނަށް ރުޅިވެރިކަން ވެރިވެގަތެވެ. އަދި […]
ބޮލުގައި މާގަދައަށް ރިއްސަން ފެށުމުން އިޔާން ބޭނުންވީ ގެއަށް ގޮސް ނިދާލުމަށެވެ. މޭޒުމަތީގައި އޮތް ފޮޓޯ ގަނޑާއި ނޯޓްފޮތް ލެޕްޓޮޕް ދަބަހުގެ ތެރެއަށް ލަމުން ދަބަސް ނަގައި ކޮނޑުގައި އަޅުވާލިއެވެ. ފޯނުނަގައި ޖީބަށް ލަމުން ހިނގައިގަތީ އޮފީހުން ނިކުންނާށެވެ. ދޮރު ހުޅުވާލުވާ ލުމަށްފަހު އެޅި ފުރަތަމަ ފިޔަވަޅާއެކީ އެތެރެއަށް ވަންނަން އައިސް ހުރި ޔޫންގެ ގައިގާ ޖެހިއްޖެއެވެ. ވެއްޓެންދިޔަ ޔޫންއަށް ތޫލި އަޑަކުން ހަޅޭލަވައި ގަނެވުނެވެ. އިޔާން ހުށިޔާރު ކަމާއެކީ ޔޫން ވެއްޓުނަ ނުދީ ސަލާމަތް ކުރިކަމުގައި […]