Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތާ ފުރާނައިން… (10)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
January 16, 2018 7 Mins Read
30 Comments

ލާވިޔާގެ ކޮޓަރިން ނުކުމެގެން ދިޔަ މައިލީންގެ ވިސްނުން ހުރީ ކޮން ދިމާލެއްގައިކަން ލަފާ ކޮއްލާކަށްވެސް ނޭގެއެވެ. އޭނާދިޔަ ގޮތަށް ގޮސް އަޅައިގަތީ ކާކުގެ ގައިގައި ކަމެއްވެސް ނޭގެއެވެ. އޭނާ ވިސްނުމެއްގައި ހިގަމުން ދިޔައިރު މުޅި ދުނިޔެ އެފުށް މިފުށަށް ޖެހިފައިވާފަދައެވެ.

ޔުއާންގެ ގައިގައި އަޅައިގަނެފައި ދިޔަ މައިލީން ހުރިގޮތުން އޭނާ ހައިރާންވިއެވެ. ވަށައިގެންވީ އެއްވެސް ކަމަކަށް އަޅާނުލާ ދިޔަ މައިލީން ގެ މޫނުމަތިން ޔުއާން އަށް ފެނުނީ ދުވަހަކުވެސް އޭނާ ދެކެފައިނުވާފަދަ އަސަރުތަކެކެވެ.

“އަނެއްކާ ލީން… ލީން އަށް ކަމެއް ވީބާ” ޔުއާންގެ ހިތަށް އެރިއެވެ. މައިލީން ނުކުތް ދިމާލަށް ބަލަން ހުރެފައި ދެން ޔުއާން ބަލައިލީ ލާވިޔާގެ ކޮޓަރީގެ ދޮރާ ދިމާލަށެވެ.

“އޭނާ ގަސްތުކުރީ މައިލީން ގެ ފަހަތުން ދާށެވެ. ދުވިފައި ގޮސް ލިފްޓަށް އަރައަރާހުރި މައިލީން ގެ އަތުގައި ހިފާލަމުން އޭނާ ލިފްޓް ގެ ތެރެއަށް ވަނެވެ. އޭރު އެއްވެސް މީހެއްލިފްޓް ތެރޭގައި ނެތެވެ. މައިލީން ސިއްސައިގެން ދިޔަ ގޮތަށް ދެލޯ ބޮޑުކޮއްލެވުނެވެ. ކުރިމަތިން އޭނާ އާ ބައްދަލުވީ މިވަގުތު ބައްދަލުވާން އެންމެ ނޭދޭ ފަރާތާއެވެ. ޔުއާން ނުވަވަނަ ފްލޯއަށް ފިއްތާލިއެވެ. އޭނާ އޭރުވެސް ހުރީ މައިލީން ގެ އަތުގައި ހިފައްޓައިލައިގެންނެވެ.

މައިލީންގެ އެތެރެ ހަށީގައި ނޭގޭ ޖަޒުބާތުތަކެއް އުތުރިގަންފިއެވެ. ކިތަންމެ ނުވާނޭ ކަމެއް ކަމަށް ވިޔަސް އެވަގުތު އޭނާ އަށް އެދެވެމުން ދިޔައީ އެ ދެއަތުގެ ހިމާޔަތަށެވެ. ދެރަކޮއްލާ ރޮއްވާލާނޭ ކަން އެނގޭއިރުވެސް އެދެވެނީ އެ ދެއަތުގެ އޯގާތެރިކަމަށެވެ. ހިމާޔަތަށް އެދި ބެލެނީ އެ ކަނޑެއްފަދަ ފުން ދެލޮލަށެވެ.

އެއްވެސް އިތުރުކަމެއް ނެތި މައިލީން އަށް ހުރެވުނީ ހަދާނޭ ގޮތެއް އެ ސިކުނޑި އަށް ނުވިސްނުނީމައެވެ. ނުވަވަނަ ފްލޯއަށް އާދެވުމާއެކު ޔުއާން މައިލީން ގެ އަތުގައި ހިފާލައިގެން އޭނާގެ ރޫމް އާ ދިމާލަށް މިސްރާބުޖެހިއެވެ. އެވަގުތު ކައުންޓަރ ގައި އިން ކުއްޖާވެސް އެދެމީހުންނާ ދިމާލަށް ބަލާލިއެވެ. ރީކާ ވެސް އެތަނުގައި މަޑުކޮއްލައިގެން ހުރެފައި މައިލީން ގެ އަތުގައ ހިފައިލައިގެން ދިޔަ ޔުއާން ފެނި ހައިރާންވިއެވެ. އޭނާގެ ހިތުގައި ހަސަދައިގެ އަލިފާން ރޯވެގެން ދިޔައެވެ. ޔުއާން އަކީ އޭނާއަށް ނުހަނު ކަމުދާ ޒުވާނެކެވެ.

އޭނާ އަކީ ސްކޫލް އިރުގައިވެސް ފިރިހެންކުދިން ފަހަތުން އަޅުވާލައިގެން އުޅިފައިވާ ކުއްޖެކެވެ. ކޮންމެ ކުއްޖަކުވެސް  ތިބެނީ ރީކާ އޭނާއަށް ލިބޭނޭކަމަށް ހިތު ލައިގެންނެވެ. އޭނާ ވަނީ މީގެ ކުރިން ހަތަރު ކުއްޖަކާ ރައްޓެހިވެފައެވެ. އެހެންނަމަވެސް ކޮންމެ ގުޅުމެއްވެސް ނިމެނީ ރީކާ އާ ހެދި މައްސަލަ ޖެހިގެންނެވެ. ޔުއާން ލިބެން ވާނީ އޭނާއަށެވެ. އެއީ އޭނާ ބޭނުންވާ ގޮތެވެ. އެނާ ގަބޫލް ކުރާ ގޮތުގައި މައިލީން އަށް ވުރެ އޭނާ ހާސްބައި ފުރިހަމަ ވާނެއެވެ.

ޔުއާން ގެ ކޮޓަރި ހުޅުވާލާފައި މައިލީން އާ އެކު އޭނާ އެ ކޮޓަރި ތެރެއަށް ވަނެވެ. މައިލީން މާ މަޑުން ހުންނާތީ ޔުއާން އަށް އުނދަގޫ ވަމުން ދިޔައެވެ.

“ވަޓް ހެޕެންޑް” ޔުއާން ގެ އަޑު މިފަހަރު މަޑެވެ. އެހެންފަހަރު ހުންނަ ހަރުކަށިކަމެއް އެ އަޑަކުނެތެވެ. މައިލީން ގެ ހިތް ވަގުތުން މަޑުކަފަކޮޅަކަށް ވެގެން ދިޔައެވެ. އެ އޯގާތެރި އަޑު އިވުމުން އޭނާއަށް ވަނީ ބުނެދޭން ނޭގޭފަދަ އިހްސާސްއެކެވެ. އަދިވެސް އޭނާ ގެ ހިތުގައި ވާ ލޯބި ކަފުން ކޮށް ވަޅުލެވޭ ގޮތެއްނުވެއެވެ. ފާޅު ނުކުރިޔަސް އޭނާ ގެ ހިތުގައި އިންތިހާ ލޯބިވެއެވެ.

“ލީން” ޔުއާން ގޮވައިލިއެވެ. މައިލީން އަށް އިތުރަށް ކެތް ނުކުރެވުނެވެ. އޭނާގެ ލޮލުން ކަރުނަ އޮހިގެންފިއެވެ. ބިންމައްޗަށް ތިރިވެވުމާއެކު ބަޑި ފަޅައިގެން ދިޔައެވެ. ތިރިވެ އިނދެ ރޮމުން ދިޔަ މައިލީން ފެނި ޔުއާންގެ ހިތުގައި ރިއްސާލިއެވެ. އެހެނަސް އެހެންނޫނީ ހަދާގޮތަށް މިފަހަރުވެސް ޔުއާން އެ އިހްސާސްތައް ހިންދައިލަން މަސައްކަތް ކުރީއެވެ.

މައިލީން ރޮއި ރޮއިފައި ކުއްލިއަކަށް ޔުއާން އާ ދިމާލަސް ބަލާލިއެވެ. އޭނާ އެ ދިޔަ ގޮތަށް ގޮސް ޔުއާން ގެ ކޯތާފަތުގައި ޖެހިއެވެ. މައިލީން އަޅުވާލި ހޫނު އެތިފަހަރުން ޔުއާންގެ ބޮލުން ތަރި ބުރައިގެން ދިޔަ ފަދައެވެ. އޭނާއަށް ވާއަތު ކޯތާފަތުގައި ފިރުމާލެވުނެވެ. “ޔުއާން އަހަންނާ އެއްވެސް ގުޅުމެއް ހުރި މީހަކަށް ނުވާއިރު އަހަރެންގެ ކަންތައްތަކާ ބެހުމުގެ އެއްވެސް އިޒުނައެއްނޯންނާނެ” މައިލީން ބުނެލިއެވެ. އަދި ދިޔުމަށް ހިނގައިގަތެވެ.

“ހަމަގައިމުވެސް ތީ އަހަރެންގެ ޓައިޕެއް ނޫން. ދުވަހަކުވެސް ކަލޭ އަށް ރަނގަޅު ދިރިއުޅުމެއް ނުލިބޭނޭ” ޔުއާން ގެ ޖުމްލައިން މައިލީން ގެ ފިޔަވަޅުތައް ހުއްޓުނެވެ.

“ކީއްވެ ތި ހުއްޓުނީ ތިފާޑަށް އުޅޭ އަންހެނަކާ ހެދި އަހަރެން ނޫޅެން މޮޔަވާކަށެއް” ޔުއާން ބުނެލިއެވެ.

މައިލީން އެ އަޑު އަހަން ހުރެފައި ފިޔަވަޅުތަކަށް ބާރުލަމުން ނުކުތެވެ. ފާހާނާ އަށްވަދެ ރޯލުމަށްފަހު ދެން އޭނާ އެތަނުގައި ހުރެ ކުޑަކޮއް ރީތިވެލިއެވެ. ފުށްޖަހާ މޫނުމަތި އޮމާން ކޮއްލުމާއެކު ނޭފަތަށާއި ކޯތާފަތަށް އަރާފައިވާ ޖަންބުކުލަ ކުޑަކޮއް ފަނޑުވިއެވެ. އެހެންނަމަވެސް އެ ލޮލުގެ ރަތް ކަމަށް އެއްވެސް ބަދަލެއް ނާދެއެވެ. އޭނާ ގޮސް ލިފްޓަށް އަރައިގެން ތިރިއަށް ދިޔައެވެ.

ތިރިއަށް ގޮސް މަޑުކޮއްލި ތަނާހެން އޭނާއަށް ޖަޒިލް ފެނުނެވެ. އޭރު މައިލީން ހުރީ ހަމަ ޖެހިފައިކަމުން ޖަޒިލް އަށް ގޮވައިލިއެވެ.

“ޔެސް އިލީ’ ޖަޒިލް ހިނިތުންވެލިއެވެ. ކީއްކުރަނީ މިތާ އިލީ” ޖަޒިލް އަނެއްކާވެސް އަހައިލައިފިއެވެ. މައިލީން ހުރީ އާދައިގެ ހެދުމުގައި ކަމުން އޭނާއަށް އެ ސުވާލުކޮއްލެވުނިއެވެ. އޭނާއަށް ވެސް މައިލީން ގެ ލޮލުގައި ހުރި ރަތްކަން ފާހަގަ ވިއެވެ. އެ ސުވާލުމައިލީން އާ ކޮއްލިއެވެ.

މައިލީން ޖަވާބެއްނުދީ ހީލިއެވެ. އޭނާ ދެން މައުލޫ އޮޅުވާލަމުން އެހެން ވާހަކައެއް ދައްކަން ފެށިއެވެ.

ދަނީއޭ”މައިލިން އެހެން ބުނެފައި ދިޔަތަން ބަލަން ޔުއާން ހުއްޓެވެ. މައިލިން އެ ފިރިހެނާ އާ ހެވިފައި ވާހަކަ ދައްކާތަން ފެންނަ ކޮންމެ ފަހަރަކު އޭނާ ގެ ލޭ ކެކިދެއެވެ. މައިލީން ހުންނަން ޖެހޭނީ އޭނާގެ ދަށުގައެވެ. މައިލީން ދެކެ އޭނާއަށް ހައްތަހާ ރުޅި އާދެވުން ނޫން ކަމެއްނުވެއެވެ. އޭނާ ދެން މިސްރާބުޖެހީ ފަސްވަނަ ބުރިއަށް ގޮސް ލާވިޔާ އަށް ވާހަކަ ދައްކާށެވެ.

ގޮސް ބަލާލިއިރު ލާވިޔާއެއްނެތެވެ. އޭނާ ވެސް ދެން އައިސްފައި ހުރި ރުޅިއާއި ވީ ފޫހިން ނުކުމެގެން ދާން މިސްރާބުޖެހިއެވެ. އެންމެ ފަހު ފްލޯއާ ހިސާބުން އޭނާ އަށް ލާވިޔާ ލޮލުގައި އަޅައިގަތެވެ. އެހެންނަމަވެސް ގޮވާލެވޭވަރަށް ވުރެ ލާވިޔާ ހުރީ ދުރުގައެވެ. އޭނާ ހޮސްޕިޓަލް ގޯތި ތެރޭގައި ހުރި ލާވިޔާއާ ދިމާލަށް މިސްރާބުޖެހިއެވެ. “ޔުއާން” އެތަނުން އޭނާގެ އެކުވެރިއަކާ ދިމާވެގެން ގޮވާލުމުން ޔުއާން ހުއްޓުނެވެ. އޭނާ ކައިރިރން ސަލާމަތްވެގެން ބަލާލިއިރު ލާވިޔާ ކާރަށް އަރަނީއެވެ.

އޭނާ އަވަސްއަވަހަށް ލާވިޔާގެ ނަމްބަރަށް ގުޅައިލިއެވެ. އެހެން ނަމަވެސް ފޯން ވަނީ ނިއްވާލާފައެވެ. އައިސްފައި ހުރި ރުޅި އިތުރަށް ގަދަވެގެން ދިޔައެވެ. ދެން އޭނާވެސް މިސްރާބުޖެހީ ގެއަށް ދިޔުމަށެވެ.

ލާވިޔާ އޭނާގެ ނިވިފައިވާ ފޯނަށް ބަލައިލިއެވެ. ހިސާބެއްގެ ފޫހިކަމެއް ވެރިވެފައި ވިއެވެ. ފޯން ވެސް ނިވެން އިނގުނީ މިގަޑީގަވިއްޔާއެވެ. “ބައްޕާ ކީއްވެތާ ތި ދުރުވީ ބަލާ” ލާވިޔާ ބުނެލިއެވެ. “ބައްޕަ ހަމަ ދަމުން ހިތަށް އެރީ ދަރިފުޅުގޮވައިގެން ނޭ ދާނީ”އިމާޒް ހިނިތުންވެލިއެވެ. “ހަމަ ކުއްލިއަކަށް ހުރިހާ އެޕޮއިންޓް މެންޓެއްވެސް ކެންސަލްކޮއްލާފަ މިއައީ… ނޭގޭނެއެއްނު އެކަހަލަ ކަމެއް ދިމާވެދާނެކަމަކަށް” ލާވިޔާ ބުނެލިއެވެ. އޭރު އެ އަޑުގައި ކޮންމެވެސް ވަރެއްގެ ހާސްކަމެއްވިއެވެ.

ޔުއާން ހިތުލައިގެން ހުރީ ލާވިޔާ އާ މާދަމާ ބައްދަލުކުރުމަށެވެ. އެހެން ހިތަށް އަރުވާފައި އޭނާ ދެން ހިނގައިގަތީ ޕާރކް ކޮއްފައިވާ ކާރަ ދިމާލަށެވެ.

ގެއަށް ވަދުނު މައިލީން ޝާލީން އަށް ވާހަކަތައްކިޔައިދިނެވެ. ލާވިޔާ ބުނި ވާހަކަތެކެވެ. ދެން ކަންތައް ކުރަންވީ ގޮތެވެ.

އެރޭވެސް އެމަރޖެންސިއެއް ދިމާވެގެން ޔުއާން ހޮސްޕިޓަލް އަށް ދާން ޖެހުނެވެ. އޭނާ ކަމެއް ހަނދާން ވާފަދަ ގޮތަކަށް ފަސްވަނަ ފްލޯއަށް އަރާ ލާވިޔާގެ ޑިއުޓީ ޗެކް ކޮއްލިއެވެ. “ސޮރީ… ޑޮކްޓަރ ލާވިޔާ ދެ ހަފްތާ ވަރަށް ރާއްޖޭން ބޭރަށް ދާތީ ހުރިހާ އެޕޮއިންޓްމެންޓެއްވަނީ ކެންސަލް ކުރަން ބުނެފައި” އެ ކުއްޖާގެ ވާހަކައިން ޔުއާން ހައްތަހާ މާޔޫސް ވީއެވެ.

މައިލީން އަނެއްދުވަހު ޔަޝްމް ގޮވައިގެން ހޮސްޕިޓަލް އަށް ދިޔައިރުވެސް އޭނާގެ ހިތް ދިޔައީ އޮބިނޯންނަވަރަށް ތެޅެމުންނެވެ. މައިލީން ނަމްބަރަކަށް ގުޅައިލިއެވެ.

“ތިޔަ ގުޅުއްވި ނަމްބަރުން މި ވަގުތު ޖވާބެއްނުދޭ ފަހުން ގުޅުއްވުން އެދެން” ދެތިންފަހަރު ގުޅުމުންވެސް ލިބުނީ އެއްޖަވާބެކެވެ. އޭނާ މާޔޫސްވާގޮތް ވިއެވެ.

“ޑރ ވަރަށް މުހިންމު ކަމަކު ރާއްޖޭން ބޭރަށް ގޮސް ފައިވަނީ. ދެން ބައްލަވަން ފަށާނީ ދެހަފްތާ ފަހުން ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ވަނީ” އިންފޯމޭޝަން ސާފުކުރާ ކައުންޓާރ އިން ލިބުނު މައުލޫމާތުން މައިލީން އަށް ފުން ނޭވާއެއް ދޫކޮއްލެވުނެވެ. “ޑރ ރީކަލް އަށް އެޕޮއިންޓްމެންޓެއް ހައްދާލެވޭނެތޯ މިކޮޅުން. އެ ޑޮކްޓަރ ބައްލަވާ ދެއްތޯ މިކޮޅުން” މައިލީން ވާހަކަދެއްކިއެވެ.

“އާދެ އެއީ ފުއްޕާމޭގެ ހާއްސަ ޑޮކްޓަރެއް ދެއްތޯ؟” އެ ކުއްޖާ އަނެއްކާވެސް ސުވާލުކޮއްލިއެވެ. އެއާއެކު މައިލީން ބޯ ޖަހާލިއެވެ.

“ކުޑަކުއްޖަކަށް ތޯ… ނޫނީ ބޮޑު މީހަކަށްތޯ؟” ކައުންޓާރގައި އިން ކުއްޖާ ސުވާލުކޮއްލިއެވެ.

“ފަސް އަހަރުގެ ކުއްޖަކަށް” މައިލީން ޔަޝްމް އަށް ބަލާލަމުން ބުނެލިއެވެ.

“ދުރުވަންވީނޫންތީ ތިންވަނަ ފްލޯއަށް… ގޮސް ކަނާތްފަރާތުގައި އިންނަ ކައުންޓަރަށް ދުރުވެލާ” އެ ކުއްޖާ ލީލުމުން މައިލީން ލިފްޓާއި ދިމާލަށް ހިގައިގަތެވެ.

މައިލީން ޔަޝްމް ގެ އަތުގައި ހިފަހައްޓައިލައިގެން ތިންވަނަ ފްލޯއަށް ވަދެގެން ދިޔައެވެ. އޭރު އޭނާއަށް އެވަގުތު އެތަނުން ޑޮކްޓަރ އެއްގެ ލޯ އަމާޒުވެފައިވާތަން އޭނާއަކަށް ނުފެނެއެވެ. އޭނާ ގޮސް ކައުންޓާރ ގައި އިން ކުއްޖާ އާ ސުވާލުކޮއްލިއެވެ. “ޑޮކްޓަރ މިވަގުތު ހުންނެވީ ޗުއްޓީގައި… އާއިލީ ކަމަކު ބޭރަށް ދުރުވެ ވަޑައިގަތް ވީމަ ދެން ނުކުންނާނެ ދުވަހެއް ބުނާކަށް ނޭގޭ. ޑޮކްޓަރ ނުކުތުމުން މިކޮޅުން އަޅުގަނޑުމެން މެސެޖް ކޮއްދޭނަން… ފޯން ނަމްބަރު ކިޔާ ދެއްވާ” މައިލީން ފޯން ނަމްބަރު ކިަމުން ދިޔަ ވަރަކަށް އެކުއްޖާ ދިޔައީ ނޯޓް ކުރަމުންނެވެ. “އައިޑީކާޑު ހިއްޕަވައިގެން މިކައުންޓަރަށް ވަޑައިގަންނަވާ” ރިޝެޕްޝަން ގައި އިން ފިރިހެންކުއްޖާ ހީލަމުން  ބުނެލިއެވެ. މައިލީން ޔަޝްމް ގޮވަވައިގެން ދިޔަތަން ބަލަން ހުރި ޖަޒިލް ގެ ހިތުގައި އެތަކެއް ސުވާލުތަކެއް އެނބުރިގަތެވެ.

“އިލީ… މީހަކާ އިނީބާ… އެކަހަލަ އެއްވެސް އެއްޗެއް ނުބުނޭ”ދެފަރާތަށް ބޯ ހަލުވާލަމުން ޖަޒިލް އެ ހިޔާލާ ދުރަށް ދާން މަސައްކަތްކުރިއެވެ. “ވެދާން ޝާލީން ދައްތަ ގެ ބޭބީ ކަމަށްވެސް” ޖަޒިލް ގެ ލޮލުގައި އަޅައިގަތީ ޔަޝްމް ގެ ލޮލުގެ ކުލައެވެ. ކޮންމެވެސް ތަނަކުން އެކުލަ ދުށް ހަނދާނެއްވެސް އޭނާ ވިއެވެ.

ހޮސްޕިޓަލް އުން ނުކުމެގެން ދިޔަ މައިލީން އެވަގުތު ހޮސްޕިޓަލް އުން ނުކުންނަން އައި ޔުއާން ގެ ލޮލުގައި އަޅާއިގަތެވެ. އޭނާ އަށް ދެބުމަ ގާތް ކޮއްލެއްވުނީ މައިލީން ގެ އަތުގައި ހިފައްޓައިލައިގެން ހުރި ކުޑަ އަންހެން ކުއްޖާ ފެނިފައެވެ. ގަދަ ކުލައަކަށްދާ ފަންފަން އިސްތަށިކޮޅުފެނިފައި މާޒީގެ ހަނދާނެއް އެނާގެ ސިކުނޑީގައި ކޮއްޓާލިއެވެ. އޭނާ އެ ދިމާލަށް މިސްރާބުޖެހުމުގެ ބަދަލްގައި މައިލީން އާ ދިމާލަށް ބަލަން ހުއްޓެވެ. މައިލީންގެ އަތުން ވީއްލިގަނެގެން ދުއްވައިގަތް ޔަޝްމް އަށް މައިލީން ގޮވައިލިއެވެ. އޭނާވެސް ޔަޝްމް ފަހަތުން ކުޑަކޮއް ދުއްވައިގަތެވެ. އެވަގުތު ފޯނެއްގައި އެތާހުރި މާގަސްތަކެއްގެ ކައިރީގައި ހުރި ރިވަމް އެނބުރުނެވެ. އޭނާއަލައިގަތީ ދުވަމުން ދުވަމުން އައި ޔަޝްމް ގައިގައެވެ. “ހޭ ލިޓްލް ގާލް” ރިވަމް ކުޑަކޮއް އިށީދެލާ ޔަޝްމް ގެ ކޮލުގައި ކޮއްޓާލިއެވެ. އެއިރި އެހިސާބަށް އައި މައިލީން މަޑުކޮއްލައިގެން އެ މަންޒަރުބަލަން ހުއްޓެވެ. އޭނާގެ ހިތާއި ސިކުނޑިއަށް އެވަގުތު އިން ރިވަމް ސިފަވީ ޔުއާން ގެ ސިފައިގައެވެ.

ކުޑަކޮއް މައިލީން އަށް ހެވިފައި ހުއްޓައި ސިހުން ގެނުވީ ރިވަމް ގެ އަޑެވެ.

ކީއްވެހެއްޔެވެ؟ ޔުއާން ސިފަވާން ވީ މީއްވެހެއްޔެވެ؟ ކުލަ ނުޖެހޭ ހުވަފެންތަކެއް މައިލީން ގެ ހިތް ދައްކަނީ ކިއްވެހެއްޔެވެ؟ މައިލީން ގެ ޒަހަމް ވެފައިވާ ހިތުގައި ވަނީ ހުސް ޝަކުވާއެވެ.

“މަންމަތަ؟ ހޮސްޕިޓަލް ނުވަނަނަ ފްލޯގައި ދޯ އިންނަނީ” ރިވަން ބުނެލިއެވެ. އޭނާ ގެ ފުރަތަމަ ސުވާލަށް މައިލީން ދިނީ ބީރުކަންފަތެކެވެ. އޭނާ ހަމައެކަނި ހިނިތުންވުމަކުން ފުއްދާލިއެވެ. ނުވަ ވަނަ ފްލޯގައޭ ބުނެ މައިލީން ބޯ ޖަހައިލިއެވެ.

ޔަޝްމް އަށް ބަލަހައްޓައިގެން އިން ރިވަމް ގެ ލޮލުގައި ޔަޝްމް ގެ ލޯ އަޅައިގަތެވެ. އެވަގުތު އޭނާ އަށް ވެސް ގޮތެއްވެގެން ދިޔައެވެ. ޔަޝްމް ރިވަމް އަކާވެސް ހަތަރު ކަޅިހަމައެއްނުކުރެއެވެ.

ވެރިވި ހައިރާންކަން ހިންދާލަމުން އޭނާ ދެން މައިލީން އާ ޔަޝްމް ހަވާލުކޮއްލިއެވެ. “ބަސްއަހައިގެން ދައްޗޭ” ރިވަމް ބުނެލިއެވެ. ރިވަމް ފަސްދީފައި އެނބުރި ހިނގައިގަންނަމުން އަދިވެސް އެއްފަހަރު ފަހަތަށް ބަލައިލިއެވެ. ދެން އޭނާ ކުރިއަށް ފިޔަވަޅުތައް އަޅައިލިއެވެ.

“މަންމީ” އޭނާ ހުއްޓުނީ އެ ކުޑަ ކުއްޖާ މައިލީން އަށް މަންމާ އޭ ބުނުމުންނެވެ. އެ ކުއްޖާ ބާރަކަށް މަންމީ އޭ ގޮވައިލުމުން މައިލީން ގެ ހިނިތުންވުން ފުންވެގެން ދިޔައެވެ. އޭނާ އެ ކުއްޖާގެ އަތުގައި ހިފައްޓައިލައިގެން މަގުމައްޗާ ދިމާލަށް ހިނގައިގަތެވެ. ރިވަމް އައި އިރު އެމަންޒަރުބަލަން ޔުއާން ހުއްޓެވެ. ޔުއަން އާ އަރާހަމަވުމުން ފޯނާ ކުޅެމުން ދިޔަ ރިވަމް އަށް ޔުއާން ގޮވައިލއެވެ. އޭނާއަށް ދެންމެ ރިވަމް ކުރި ހުރިހާކަމެއް ފެނުނެވެ.

“އޯހް. ޔުއާން ނުވެސް އެނގުނޭ. ކީއްކޮއްލަނީ މިގަޑީ ހޮސްޕިޓަލް ގަ” ރިވަމް އޭނާ ގެ ރީތި ހިނިތުންވުން ދައްކައިލިއެވެ. “މިދަނީ ދެން ދާން. މައިލީން ދޯ އެއީ ނުވަވަން ވަނަ ފްލޯގައި އިންނަ”ޔުއާން އޮޅުން ފިލުވަން ބޭނުންވިއެވެ.

“ޔެސް. މަންމާ އޭ ކިޔާފައި ދޯ ގޮވީ އެ ކުއްޖާ… ވަރަށް ތަފާތު ކުއްޖެއް” ސީދާ ޔުއާން ގެ މަޑު މުށިކުލައިގެ ލޮލަށް ބަލަން ހުރެ ރިވަމް ބުނެލިއެވެ. “އޯކޭ ބަޑީ ދަނީ އޭ” ޔުއާން ހިނގައިގަތީ ހޮސްޕިޓަލް އުން ނުކުތުމަށެވެ.

“ވަޓް.” ގެއަށް ގޮސް އޭނާއަށް ރުޅިގަނޑު ބޭލުނީ އެތާގައި ބެހެއްޓިފައިވާ އެއްޗިއްސަށެވެ. އޭނާ ޑްރެސިން ޓޭބަލް މަތީގައި ހުރިއްޔާ ހުރިހާ އެއްޗެއް ތެޅިއެވެ. އެވަރުނުވެގެން އެނދުމަތީ ހުރި ބާލީސްތަކަށްވެސް އޭނާ ރުޅި ބޭލިއެވެ.

ދޮންބޭ” އެވަގުތު އެކޮތަރި ދޮރުމަތިން ދިޔަ އަފްޝީން ދޮރުގައި ޓަކި ދިނެވެ. ތަޅުގައި ހިފުމާއެކު ތަޅުނުލައި ހުރުމުން ހުޅުވުނެވެ. “ދޮންބޭ” ޔުއާންގެ އަތުން ލޭ އަންނަތަން ފެނުމާއެކު އެކީ އެ ކޮޓަރިތެރޭގައި ގައި ހުރި އެއްޗެއްސަށް ވެފައި ހުރި ވަރު ފެނިފައި އޭނާ ގެ މޫނުމަތުން ހައިރާންކަން ފެނިގެން ދިޔައެވެ.

“ދޮންބޭ ކިހިނެތް ތިހެދީ”ފާރުގައި އެއްއަތް އަޅުވައިލައިގެން އެއަތުގެ މަތީގައި ބޯ ޖައްސާލައިގެން ލޭ އަންނަމުން ދިޔަ އަތް އެލުވާލައިގެން ހުރި ޔުއާން އާ ދިމާލަށް އައިސް އެ އަތުގައި ހިފާލަމުން އަފްޝީން ބުނެލިއެވެ.

ޔުއާން އަކީ ރުޅިގަދަ މީހެއްކަން އޭނާއަށް އެނގެއެވެ. އެހެންނަމަވެސް މިހާ ރުޅިގަދަވެދާނޭކަމަކަށް އަފްޝީން ހިތަކަށް ނާރައެވެ.

“ދޮންބޭ އާދެބަ” އަފްޝީން ޔުއާން ގެ އަތުގއި ހިފައިގެން އައިސް އެތާހުރި ސޯފާގައި ބޭންދިއެވެ. އަދި އެތަނުގައި އޮތް ޓީޝާޓް އެއް ޔުއާން ގެ އަތުގައި އޮޅައިލިއެވެ. “ވެއިޓް. މާމަ އަށް ގޮވަނީ މި” އަފްޝީން ދާން އުޅުނެވެ. އެއާއެކު ތެދުވި އަފްޝީން ގެ އަތުގައި ޔުއާން ހިފައްޓަމުން ނޫނެކޭ ބުނެލިއެވެ. “އޯކޭ ވެއިޓް… މިއަންނަނީ ފަސްޓް އެއިޑް ބޮކްސް ހިފައިގެން”އަފްޝީން އެހެން ބުނުމާއެކު ޔުއާން އަފްޝީންގެ އަތުން ދޫކޮއްލަމުން ބޯ ޖަހައިލިއެވެ.

އަފްޝީން ދުވެލާފައި ކޮޓަރިން ނުކުމެގެން ގޮސް ދެން އައީ ފަސްޓް އެއިޑް ބޮކްސް ހިފައިގެންނެވެ. “ކިހިނެތްތަ ވީ ދޮންބޭ” އަފްޝީން ކަންބޮޑުވެފައި އަހައިލިއެވެ.

ޔުއާން އެއްވެސް އެއްޗެއް ނުބުނެއެވެ. އޭނާ އިން ގޮތަށް އިނީއެވެ.

ދުވަސްތައް ފާއިތުވަމުން ދެއެވެ. ޔުއާން މައިލީން އަށް ތަފާތު ޖެއްސުން ކުރަމުން ދިޔައެވެ. އޭނާ ގެ ހިތުގައި އެ ކުއްޖާގެ ވާހަކަ އެހުމުގެ ޝައުގުވެރިކަން ވަރަށް ބޮޑެވެ. ދެފަހަރަކު މައިލީން އާ ނުސީދާކޮއް ސުވާލުވެސް ކޮއްފިއެވެ. އެހެންނަމަވެސް މައިލީންގެ ފަރާތުން މާ އެދެވޭ ޖަވާބެއްނުލިބެއެވެ.

“މައިލީން” ޔުއާން މައިލީން އަށް ގޮވައިލީ އެއްރޭ ދަންވަރު ޑިއުޓީގައި މައިލީން އިންދައެވެ. މައިލީން އަޅާނުލާ އިނުމުން ކައުންޓަރުން އަތް ނައްޓުވާލަމުން ކައުންޓަރު ގެ އެތެރެއަށް ޔުއާން ވަނެވެ. އެއާއެކު މައިލީން އަށް ތެދުވެވުނެވެ. “އޭނާ މައިލީން ގެއަތުގައި ހިފާފައި އޭނާގެ ރޫމްއަށް އައުމަށް އެދުނެވެ. އެހެން ނަމަވެސް މައިލީން އަޅައެއްނުލައެވެ.

“ކޮބާތަ އެ ފައިލް” ޔުއާން އެތާގައި އެއްޗެއް ނަގާކަމަށް ހެދުނީ ރިވަމް އައިސް ވަދުމުންނެވެ. އޭނާ އަވަސް އަވަހަށް މައިލީން ގެ އަތުން ދޫކޮއްލަމުން ކޮންމެވެސް ކަމެއް ކުރާކަމަށް ހެދުނެވެ.  “މައިލީން ކަމް އެ ފައިލް ބަލާ”ރިވަމް އަށް އަޑު އިވޭވަރަށް ޔުއާން ބުނެލިއެވެ. އެއާއެކު މައިލީން އާއެކޭ ބުނެލީ ރިވަމް ބަލަން ހުރީމައެވެ. ޔުއާން ގެފަހަތުން ކަހަލަ ގޮތަކަށް މައިލީން އޭނާގެ ރޫމް އާ ދިމާލަށް ދިޔައެވެ.

މައިލީން ވަދުމާއެކު ޔުއާން ދޮރު ތަޅުލިއެވެ. މައިލީންގެ ހިތުގެ ތެޅޫން ބާރުވިއެވެ. ޔުއާން އޭނާއަށް ފުރަގަސްދީގެން ހުރި މައިލީން އާ ދިމާލަށް ހިނގައިގަތެވެ.

“އަހަރެން މިތަނަށް ގެނެވުނު ބޭނުމަކީ ކޮބާ؟” މައިލީން ހުރި ގޮތަށް ހުރެ ސުވާލުކޮއްލިއެވެ.

“އިނގޭއިރުވެސް މައިލީން ތި އަހަނީ ކީއްކުރަން. އަހަރެން ލޯބިވާތީ. މައިލީން ބޭނުންވާތީ”ފަހަތުން އައިސް މައިލީން ގާތު ހުއްޓިލާ މައިލީން ގައިގައި ބައްދާލަމުން ޔުއާން ބުނެލިއެވެ. އޭނާ މައިލީން ގެ ކަނދުރާގައި ދަތްދޮޅި އަޅުވާލިއެވެ. މައިލީންގެ އަތްފައި ފިނިވެ ނޭވާ އަވަސްކުރުވައިފިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ނޭނގި ހިތޭ ތި އަތުލީ 27

Next

ކައިއާ …..9

Next
January 16, 2018

ކައިއާ …..9

Previews
January 15, 2018

ނޭނގި ހިތޭ ތި އަތުލީ 27

30 Comments!

  1. Mary says:
    January 16, 2018 at 5:51 am

    Wow varah reethi avahah up koh dhey thi❤???

  2. sam♥ says:
    January 16, 2018 at 6:37 am

    alhey ehme reethii hisaabun nimunyy
    .. plx up next part soon ♥♥♥♥♥

  3. Hi Mi says:
    January 16, 2018 at 7:14 am

    Assalaamu Alaikum. Hi every one. Miothy story up kohlaafa. Do read and leave a comment. Kuree part ah comment kuri hurihaa kudhinah mi part haassa kohlan. Especially u pinky shifoo… ?? and xaaan miothy story dhigu kohlaafa hope kurivegen ulhunu hurihaa kudhin happy vaane kamah… ????? In Sha Allah… dhen in part mi month 18 ga. Inthixaaru kohlahchey… Jazakallah khairan.

  4. Zuam says:
    January 16, 2018 at 7:19 am

    ….❤Varah reethi

  5. Anaa says:
    January 16, 2018 at 7:43 am

    Hama waiting ga huhtaa thi up kohdhiny v v v reethi like alwasys

  6. Afy says:
    January 16, 2018 at 7:47 am

    Insha Allah Vvvv reethi mi story.n this is my first comment in esfiya.com. Hi mi akee girl ehtha? r

    1. raya says:
      January 16, 2018 at 3:16 pm

      ޔެސް…. ޝީޒް އަ ގާލް…..

  7. Unaal says:
    January 16, 2018 at 8:29 am

    Maasha Allah vrh reethi …

  8. Shaya says:
    January 16, 2018 at 8:32 am

    Thank…comment nukuriyas shaya ves mivaahaka kiyan ingey n v inthixaaru kurevey mi vaahakayah…varah reethi mi vaahaka❤❤

  9. xaaaaan says:
    January 16, 2018 at 8:45 am

    owh thnx hi mi darlin Masha Allah mi part ves v reethi

  10. Nees says:
    January 16, 2018 at 8:53 am

    Soooooooo happy
    Vvvvvvvvvvvv reethi mi stry
    Best stry l hv read evr
    Tnqqqqqqqqq Hi Mi❤?❤?❤❤

  11. Pinky shifoo says:
    January 16, 2018 at 9:20 am

    Awwnn ❤️❤️❤️ thank you soooooo muchhh Hi Mi ❤️❤️????… Mi part vx hama varah varah reethi as always ❤️????… Varah varah kiyaalaahithun mi kiyaalee ❤️❤️??.. I was waiting for the story ❤️??… I’m waiting for next part ❤️??.. Love you a lot Hi Mi ❤️❤️????.. Thank you once again ❤️???… You are my one of my favourite ❤️?❤️??

  12. Naushin says:
    January 16, 2018 at 10:39 am

    Wow… V vreethi… V v kiyaahihvey….v ufaavey ehaa dhigu onthixaareh nukuruvaa avas avahah up kuraathee… Thee mi site ga in a enme ithubaarukurevey eh writer….

  13. azoo says:
    January 16, 2018 at 11:36 am

    v.reethi v.hihamajehey mivaahaka avas ko up ko dheythee

  14. Xxxx says:
    January 16, 2018 at 11:41 am

    Wooooowww ?????? waiting.

  15. lg says:
    January 16, 2018 at 4:10 pm

    very nice.. i like this story.. very much

  16. Na says:
    January 16, 2018 at 4:15 pm

    Wow varah reeethiiii……

  17. Fathun says:
    January 16, 2018 at 5:13 pm

    V reethi vreethi v kiyaahihvey

  18. Hi Mi says:
    January 16, 2018 at 5:16 pm

    Assalaamu Alaikum… mary, sam , zuam, anaa, afee, unaal, shaya, zaaaaan, nees, pinky shifoo, naushin, azoo, Xxxx, Ig….. thankyou so much… bixi kamun vaki vaki comment thakah reaply nukurevunithy maafah edhen… and thankyou inthixaaru kuri hurihaa kudhinnah story ah. And yh Afy… i am a girl. Naushin and pinky shifoo dear. Am really happy to hear these from u two. Nees… its glad to knw u r happy eith the story… shaya stoey kiyaakan ingunima varah ufaa vehjje. And am happy with everyones comments. Do keep reading and once again thakyou… sorry i couldnt reply to each one of u vaki vakin… thanks. Jazakallah Khairan…

  19. Pinky shifoo says:
    January 16, 2018 at 5:33 pm

    It’s OK dear❤️❤️????..

  20. Nannu says:
    January 16, 2018 at 6:12 pm

    ވަރަށް ރީތި…. ޔުއާން ކުޑަކޮން މޮޔަ ހެން ހީވާން ފަށައިފި…. ހެހެހެ….

    1. Hi Mi says:
      January 18, 2018 at 12:34 am

      Hehe. Balamaa dw nannu dhen vaa gotheh thanks… ????

  21. Naash says:
    January 16, 2018 at 10:11 pm

    The story is just superb???v ufaavey aslu thihà bizeekon ulhemunves upkohlaathee. Examveema v bizeevanekanves engey. Ehenveema hama buneveynee v bodah shukurihyaaey. Hats off to your hard work. Waiting …..Keep up the hard work. Also want to tell that your other story is also fantastic❤?

    1. Hi Mi says:
      January 18, 2018 at 12:36 am

      Thankyou sooooo much Naash… thikahala comment thakun alhugandah libidhendhani ithuru hiyy vareh. Thanks once again dear… Hi Mi ves varah ufaavey thikahala comments fennaathy. ❤❤❤❤❤

  22. anju says:
    January 16, 2018 at 10:55 pm

    Vadhun mee kuh gothe Hi Mi. Vanun dhivehi bahuga onani.☺ vaahaka v reethi

    1. Hi Mi says:
      January 18, 2018 at 12:37 am

      Thankyou anju. Thikahala mistakes faahaga kohdheythy varah bodah shukuriyya masayyaki kuraanan rangalhu kohleveythoa… In Sha Allah…

  23. shanhaa says:
    January 17, 2018 at 12:15 am

    yuaan mi haadha hehvaa firihyneky bynun gotheh bynun irakun hadhaalani ragalhu filaavalheh libyny ? varah reethi vaahaka

    1. Hi Mi says:
      January 18, 2018 at 12:38 am

      Hehe. Yuan ulhey goi dw… ??? hingaa balamaa… shanhaa thanks dear…

  24. KKiuntheriyaa says:
    January 17, 2018 at 7:29 pm

    Vvvvvinthixaaru kurevey

    my favourite story

    1. Hi Mi says:
      January 18, 2018 at 12:40 am

      Alhey kkiuntheriyaa. Varah varah happy vehjje mi fav story eyh bunima. Mi balani hama thiya kiyuntherin beynun vaa gothah vaahaka kuri ah gendheveythoa. Thanks dear.

Comments are closed.

Next Episodeހިތާ ފުރާނައިން… (11)←


All Right Reserved!