Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަމްސަފަރް 5

Nannu Level 110 Stories
January 16, 2018 5 Mins Read
9 Comments

އެރޭ އަށެއްޖަހާދިހަ މިނެޓް ވީ އިރު ކިއާރާ ގެއަށްއައީ ފަޒީންއާއި އެއްކޮން ކާރުގައެވެ. ގެއަށްއައި އިރު ގެޔަތެރެ އޮތީ އެއްކޮން ހަމަހިމޭން ވެފައެވެ. ” ދޮންބޭ ކޮބާ އެންމެން.. ތަނަކަށް ދިޔައީތަ؟” އެކަކުގެވެސް ހިލަމެއް ނުވުމުން ކިއާރާ އަހަލިއެވެ. “ނޭންގެ… ޓެރަހުގައިކަންނޭންގެ އެންމެން.. ހިނގާބަލަ ބަލާލަންދާން” އެހެން ކިޔާ ކިއާރާ ގޮވައިގެން ފަޒީން އެރީ މައްޗަށެވެ. މައްޗަށް އަރަމުން ދިޔަވަރަކަށް ކިއާރާގެ ހިތުގެ ތެޅުން ދިޔައީ ބާރުވަމުންނެވެ. ކޮންމެސް ނުބައެއް އުޅޭކަމަށް ސިގުނަލް އަޅަމުން ދަނީއެވެ. ޓެރަހުގެ ދޮރުމައްޗަށް އަރާފައި ހުއްޓިލެވުނީވެސް އެހެންވެގެން ނެވެ. ފަޒީން އަންނާށޭކިޔާ އަތުގައި ހިފައިދަމައިގަތުމުން ބޭނުން ނުވިޔަސް ކިއާރާއަށް ޖެހުނީ ވަންނާށެވެ. ޓެރަހަށް ނިކުމެވުމުން ފެނުނުމަންޒަރުން ކިއާރާހުރީ ހުއްޓުން އަރާފައެވެ.

ނުބައެއްއުޅޭކަމަށް ހިތުން ސިގްނަލް ދިނީމިހެންވެތާއޭ އޭނާގެ ހިތަށްއެރިއެވެ. ވަގުތުން އޭނާގެ ދެލޯފެންކަޅިވިއެވެ. ހާސްވެމީހާ ތުރުތުރުއަޅަން ފެށިއެވެ. އެންމެން ވެގެންއޭނާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔުމުން އޭނާ އިތުރަށް ދެރަވިއެވެ. އޭނާއަށް މިހާރު ހަމަރަނގަޅަށް ވެސް ރޮވިއްޖެއެވެ. ނޭވައި ހާސްވާގޮތް ވީ ގަންބިރެއްގެ ސަބަބުން ނެވެ. ބިރުގަނެ ހާސްވުމުން އޭނާއަށް އަބަދުވެސް އެހެންވެއެވެ. ކިއާރާއަށް ވަމުންދާގޮތް ފެނުމުން އެންމެންވެސް ތިބީ ހާސްވެފައެވެ. ހުރިހާއެންމެން ކިއާރާކައިރިއަށް ޖެހިލިއިރު ސަމާ ހުރީ ފެންނަމުން ދިޔަ މަންޒަރުން ބިރުގަނެފައެވެ. އެންމެން އޭނާ ވަށާލުމުން ކިއާރާ އިތުރަށް ހާސްވާގޮތްވިއެވެ. އެހެންވެ ކައިރީހުރި ޝައިމަންގެ އަތުގައި ހިފާލެވުނެވެ. ދެންފެނުނީ ކިއާރާ ދުވެފައި ތިރިއަށް ފޭބިތަނެވެ. ވާނުވާނޭންގި ތިބެފައިވެސް ކިއާރާ އެކަނިދޫނުކޮއްލަންވެގެން އެންމެންވެސް ދުވެފައި ކިއާރާ ފަހަތުން ފޭބިއެވެ.

ކިއާރާއަށް ކޮޓަރިއަށް އައިސް ވަދެވުނީ ކިރިޔާއެވެ. ހުރިތަނަށް ތިރިވެވުނީ އިތުރަށް ނޭވައިލާން އުނދަގޫވެގެންނެވެ. ފަހަތުންއައި ޝައިމަންއަށް މިތަންފެނި ކިއާރާ ކައިރިއަށް އާދެވުނު ގޮތްވެސް ނޭންގެއެވެ. ޝައިމަން އައިސް އިށިއިނުމުން ކިއާރާ ފުރަތަމަވެސް އިނގިލިދިއްކޮއްލީ އެނދުކައިރީ ހުރި ސައިޑް ޓޭބަލްއަށެވެ. “އި..އި..ން..ހޭ..ހޭލާ” އެހެން އޭނާއަށް ބުނެވުނީވެސް ވަރަށް ހާލުންނެވެ. ޝައިމަން ވަގުތުން އިންހޭލާ ގެނެސް ކިއާރާއަތަށް ލައިދިނެވެ. ކިއާރާ އިންހޭލާއަށް ފިތާލާ ނޭވާއެތެރެއަށް ދަމާލިއެވެ. އިރުކޮޅެއް ނުވެ އޭނާގެ ނޭވައި ހަމައަކަށް އެޅެމުން ދިޔައެވެ. އޭރު ކިއާރާފަހަތުން އައިމީހުން ދުރުގައި މަޑުކޮށްލައިގެން ތިބީ އޭނާ ނޭވައިހާސް ވެގެން އުޅޭކަން އިނގުމުން އެންމެން އެއްކޮން ބޮނޑިވެގަނެއްޖެނަމަ އިތުރަށް ސަކަރާތް ވާނެތީއެވެ. ކީއާރާ ހަމައަކަށް އެޅެމުން ދިޔައިރު އޭނާގެ ލޮލުން ހޯސް ލާފަ ކަރުނަ ފައިބަމުން ދިޔައެވެ. މަންޒަރު ފެންނަމުން ދިޔަ ކޮންމެ މީހެއްގެވެސް ލޯފެންކަޅިވަމުން ދިޔައެވެ. ކައިރީ އިން ޝައިމަންގެ ހާލު މާބޮޑެވެ. ދެން ފެނުނީ ހޭނެތިގެން ކިއާރާ ޝައިމަންގެ އަތް މައްޗަށް ދެމުނު ތަނެވެ.

ކިއާ އޭކިޔާ އެންމެނަށް ގޮވަލެވުނީ އިޚްތިޔާރަކާއި ނުލައެވެ. ޝައިމަން ކިއާރާ ނަގައި އޭނާގެ އަތްދަނޑި މައްޗަށް ލައިގެން ގެންގޮސް އެނދުމަތީ ބާއްވާލިއެވެ. ފަޒީން ވަގުތުން ޑޮކްޓަރަށް ގުޅާލިއެވެ. އެވަގުތު ފައިނާގެ ނަޒަރު ހުއްޓުނީ ސަމާއަށެވެ. ސަމާ ހުރިގޮތް ފެނި އޭނާއަށް ސަމާކައިރިއަށް ޖެހިލެވުނެވެ. ސަމާ ހުރީ ދެންމެދެންމެ ރޮވޭވަރުގައެވެ. ފައިނާއައިސް އޭނާގެ ކޮނޑުގައި އަތްއަޅުވާލުމުން ފައިނާ ގައިގައި ބައްދާގަންފައި ރޯންފެށިއެވެ. އެމަންޒަރުފެނި ސަލްމާއައިސް ސަމާއެތަނުން ގޮވައިގެން ދިޔައީ ސަމާ ހަމައަކަށް އަޅުވަން ވެގެންނެވެ. ފަހަތުން ފަތުހީވެސް ނިކުތެވެ.

ޑޮކްޓަރު އައިސް ކިއާރާ ޗެކްކޮއްފައި ބުނީ ބިރުގަނެ ހާސް ވީމަ ވީގޮތެއްކަމަށެވެ. ހޭއަރާއިރު އޭނަ ކައިރީ ބޮނޑިވެގަނެގެން ނުތިބުމައްވެސް ބުންޏެވެ. އެންމެންވެސް ތިބީ އެހެން ދިމާވާންވީ ސަބަބެއް ނޭންގިފައެވެ. ކިއާރާ ހޭއަރާނެ އިރެއްގެ އިންތިޒާރުގައި އެންމެން ތިއްބެވެ. އިރުކޮޅަކުން ސަލްމާގެ ފޯން ރިނގުވާއަޑު އިވުނެވެ. ގުޅަނީ ކިއާރާގެ ބޮޑުދައިތަ މުއުމިނާއެވެ. ސަލްމާ އަވަހަށް ފޯންނެގިއެވެ. އަދިވެގެން އުޅޭގޮތް ކިޔާދިނެވެ. “ސުބްހާނަﷲ.. އަހަރެމެންނަށް ތިއިން އެވެސް ކަމެއް އިނގޭނަމަ އުފަންދުވަސް ފާހަގައެއް ނުކުރީމުސް… އާ ވާނުވާ އަންގާނަން..” މުއުމިނާދެއްކި ވާހަކަ އަޑުއަހާފައި ހައިރާންވެ އިނދެ ސަލްމާ ބުންޏެވެ. ދެންތިބި މީހުންތިބީ ސަލްމާ ދައްކަމުން ދިޔަވާހަކަތަށް އަޑުއަހާށެވެ. “މުއުމިނާތަ؟ ކީކޭ އޭނަ ބުނީ؟” ފޯން ބޭއްވުމުން އެންމެ ފުރަތަމަ ވާހަކަ ދެއްކީ ފަތުހީއެވެ. ސަލްމާ ފަހަރަކު މީހެއްގެ މޫނަށް ރަނގަޅަށް ބަލާލިއެވެ. އެންމެންވެސް ތިބީ އޭނާބުނާނެ އެއްޗެއް އަޑުއަހަން ކެތްމަދުވެފައިކަން ރަނގަޅަށްވެސް އިނގެއެވެ. “ކިއާ އޭނާގެ އުފަންދުވަސް ފާހަގަނުކުރެޔޯ މުއުމިނާ ބުނީ.. ކުޑައިރު ހިނގި ހާދިސާއެއްގައި އޭނާގެ މައިންބަފައިން ނިޔާވީ.. ކަންދިމާކުރިގޮތުން އެއީ އޭނާގެ އުފަންދުވަސް.. އެންހެންވެ އެކަކުވެސް އޭނަގެ އުފަންދުވަސް ފާހަގަކުރިޔަކަ ނުދޭނެޔޯ..” ސަލްމާ ދެއްކި ވާހަކައިން އެންމެންވެސް ތިބީ ދެރަވެފައެވެ. އެންމެންގެ ހިތުގައިވެސް ކިއާރާއާއި މެދު ހަމްދަރުދީ އުފެދުނެވެ. “އިޓްސް އޯލް މައި ފޯލްޓް” އެންމެން ސިސްސަގެން ދިޔައީ ސަމާ ރޮއެގަންފައި އެހެންބުނުމުންނެވެ. “އަޅުގަނޑު އެހާވަރަކުން އުޅުނީ ސިސްގެ ބާތްޑޭ ސެލެބްރޭޓް ކުރަން… “”ނޯ ނޯ.. އެއީ މާއްކޮ ގަސްތުގައި ކުރިކަމެއް ނޫނެއްނު.. އެކަކައްވެސް ނޭންގެއެއްނު ދޯ.. ސޯ ޑޯންޓް ބްލޭމް ޔުއާ ސެލްފް” ކައިރީ އިން ފަޒީން ސަމާ ގައިގައި ބައްދައިގަންނަމުން ވިސްނައިދިނެވެ.

“ދަރިފުޅުދެން އެކަމާއެހާ ބޮޑަށް ނުވިސްނާ ދޭ ދެން ނިދަން.. މިހާރު ވަރަށް ލަސްވެއްޖެ.. މާދަމާ ސުކޫލަށް ދާންޖެހޭނެ އެއްނު..” ފަތުހީވެސް އޭނާގެ ދަރިފުޅު ހަމަޔަކަށް އަޅުވަން ބުންޏެވެ. “ސިސް ކައިރީ ސޮރީއޭ ބުނަން އަޅުގަނޑު ބޭނުން” ސަމާ އަވަސް އަވަހަށް ބުންޏެވެ. ” ކިއާ އާއި ވާހަކަދައްކާނީ މާދަމާ.. މިގަޑީގައި ކިއާ ބާއްވަ ރެސްޓް ކުރަން..” ސަލްމާއެހެން ބުނުމުން ސަމާ އިތުރުއެއްޗެކޭ ނުބުނެ ބަސްއަހައިގެން ނިދަން ދިޔައެވެ. “ތިކުދިންވެސް ދެންދޭ އަވަހަށް ކޮޓަރިއަށް… ކިއާ އާވާހަކަ ދައްކާނީ ދެން މާދަމާ..” ފަތުހީއެހެން ބުނެ ހިނގައިގަތީ ސަލްމާކައިރީ އައުމަށް ބުނެފައެވެ. “ޝައިމް އަންނާނަން ކިއާ ހޭއަރައިފިތޯ ބަލާލައިފަ” ސަލްމާމެން ދިއުމުން ޝައިމަން ތެދުވިއެވެ. ކިއާރާ ކޮޓަރި ދޮރާ ހަމައަށް އަރާފައި ޝައިމަން އަށް މަޑުޖެހިލެވުނީ ކޮޓަރި ތެރެއިން ގިސްލުމުގެ އަޑު އިވުމުންނެވެ.

އެ އަޑުގައިވި އަސަރަކުން ޝައިމަންގެ ހިތް ކުދިކުދިވި ކަހަލައެވެ. ކުއްލިޔަކަށް ދޮރުހުޅުވާލެވުނީ ހިތަށް ވީ ނުބައި ގޮތެއްގެ ސަބަބުންނެވެ. ދޮރުހުޅުވާލުމާއިއެކު ފެނުނުމަންޒަރުން އޭނާ ހުރީ ހައިރާންވެފައެވެ. އެނދުމަތީ ހުރި ބާލިސްތައް ހުރީ ބިންމަތީގައެވެ. ކިއާރާ ފެންނާކަށް ނެތެވެ. ނަމަވެސް ގިސްލުމުގެ އަޑު އިވެމުންދިޔައެވެ. ޝައިމަން އަޑު އަންނަދިމާލަށް ދިޔައެވެ. އަޑު އަންނަނީ އެނދުގެ އަނެތް ފަޅިންނެވެ. އެހެންވެ އެދިމާއަށް ދިޔައިރު ކިއާރާ އޮތީ ޓައިލްސް ތައްމަތީ އެއްއަރިއަށްވާގޮތައް ދެފައި ކުރުކޮއްލައިގެންނެވެ. “އޯ ގޯޑް ކިޔާ.. އާ ޔޫ އޯކޭ؟” ޝައިމަންއަށް އެހެން ބުނެވެނުއިރު ހުރީ ހާސްވެފައިކަން އަޑުން ވެސްއިނގެއެވެ. ޝައިމަންގެ އަޑަށް ކިއާރާ ބޯހިތްލައިލާ ބަލާލިއެވެ. އޭނާގެ ދެލޯއިނީ މާގިނައިން ރުއިމުގެ ސަބަބުން ރަތްވެ ދުޅަވެފައެވެ. އެމަންޒަރު ފެނުމުން ޝައިމަންއަށް އިތުރަށް ކެތެއް ނުކުރެވުނެވެ. ކިއާރާއަށް ޓަކައި ހިތުގައި އުފެދެމުންދިޔަ އިޚްސާސްތައް ކޮންޓްރޯލުން ނެއްޓީއެވެ. ކިއާރާ ކައިރީ އިށިއިނދެ ކިއާރާގެނެސް ބައްދާލިއެވެ. އެދެއަތުގެ ހިމާޔަތް އަބަދުވެސް ދޭނަމޭބުނާކަހަލަ ގޮތަކަށެވެ. އެހަރަކާތުން ކިއާރާއަށް ފުރަތަމަ ސިހުން ގެނުވިޔަސް ދެވަނަސިކުންތުގައި އޭނާވެސް ޝައިމަންގެ އުނަގަނޑުގައި އަތްވަށާ އެއަތުގެތެރޭގައި އިތުރަށް ބޮނޑިވެގަތެވެ.

‘ ސުން މެރޭ ހަމްސަފަރް، ކިޔަ ތުޖެ އިތްނިސީބި ޚަބަރް

ކިތެރި ސާސެ ޗަލްތީ ޖިދަރް، ރަހުނގަ ބަސް ވަހި އުމްރް ބަރް ‘

ކުރެވުނީ ކިހާވަރެއްގެ ކަމެއްކަން ހިތަށް އަރާފައި ޝައިމަން މަޑުމަޑުން ކިއާރާ އޭނައާއި ދުރުކޮށްލީ ހިތާ ދެކޮޅަށެވެ. ކިއާރާވެސް އޭރު ހަމަޔަކަށް އެޅިއްޖެވެ. ކުރެވުނު ކަންތަކުގެ ސަބަބުން އިރުކޮޅެއް ވަންދެން ދެމީހުންވެސް ހަތަރު ކަޅި ހަމަކުރަން ނުކެރިފައި ތިބެވުނެވެ. ” އައި އޭމް ރިއަލީ ސޮރީ.. ކިއާގެ ސަބަބުން އެންމެން ހަސްވާންޖެހުނީ.. ” ދެމީހުންގެ މެދައްވެރިވެފައި އޮތް ހަމހިމޭންކަން ނައްތާލީ ކިއާރާއެވެ. އެހެންބުނުމުން ޝައިމަން ކިއާރާއާއި ދިމާއަށްބަލަލިއެވެ. އޭރު އެނެއްކާވެސް ކިއާރާގެ ދެލޯފެންކަޅި ވެއްޖެއެވެ. ” ނޯ.. ޔޫ ޑޯންޓް ހޭވްޓު ސޭ ސޮރީ.. ސޮރީ ބުނަން ޖެހޭނީ އަހަރެމެން.. ކިއާ އުފަންދުވަސް ފާހަގަ ކުރަންބޭނުން ނުވާކަން ކުރިން އިނގުނުނަމަ އެކަކުވެސް އެކަމަކާ ނުއުޅުނިސް..” އެނެއްކާވެސް އެދެމެދައްވެރިވީ ހަމަހިމޭން ކަމެވެ. ” އައި ޔޫސްޑް ޓު ލަވް މައި ބާތްޑޭ..” މިފަހަރުވެސް ހަމަހިމޭން ކަން ފޫދުއްވާލީ ކިއަރާ އެވެ. ” ބަޓް ލާސްޓް ޓައިމް ވެން އައި ސެލެބްރޭޓެޑް މައި ބާތްޑޭ.. މައި ޕޭރެންޓްސް ޑައިޑް..” އެހެން ބުނެވުނު އިރު އެނެއްކާވެސް ކިއާރާއަށް ރޮވިއްޖެވެ. ޝައިމަން އިނީ ކިއާރާ ވާހަކަދައްކަން ފުރުސަތުދީގެންނެވެ. ” ކިއާގެ އަށްވަނަ އުފަންދުވަސް އެއީ.. އޭގެ ތިންދުވަސް ކުރިން މަމް އެންޑް ޑޭޑް ދިޔައީ އޮސްޓްރޭލީޔާއަށް.. ވަރަށް ޝަކުވާކުރިން ނުދާށޭ ކިޔާފަ.. ބަޓް ދޭވެންޓް..” ކިއާރާ މަޑުޖެހިލީ ވާހަކަދައްކަން އުނދަގޫ ވެގެންނެވެ. ” އުފަންދުވަހު ގުޅާފަ ބުނީ ސޮރީއޭ މި ފަހަރަކު ނެތޭ ރަށަށް ދެވޭކަށް.. ބަޓް ދާއިރުގަ ދަރިފުޅަށް ގިފްޓް ގެންގޮސްދޭނަމޭ.. ކިއާވަރަށް ދެރަވި.. ވަރަށް ރުއިން.. ރުޅިއައިސްސަ ޑޭޑްމެންނާ ވާހަކަނުދައްކަން ހުރީ.. ހިތަށް އެރި އަދި ގުޅާނެޔޭ ކިއާ ރުއްސަން.. ބަޓް ނުގުޅި.. ހަވީރު ވީތަނާ ޚަބަރު ލިބުނީ.. މަން.. އެ..އެން…ޑް ޑޭޑް މެޓް… ވިތް ….އެން އެކް..އެކްސިޑެންޓް..” ކިއާރާއަށް އެހެން ބުނެވުނު އިރު ގިސްލެވެން ފަށައިފިއެވެ.

ރޮމުން ރޮމުން ޝައިމަންގެ ކޮނޑުގައި ބޯއަޅާލެވުނީ އިޚްތިޔާރަކައި ނުލައެވެ. ” މަމް މެން އުޅުނީ ކިއާއަށް ސަޕްރައިޒް ދޭންވެގެން.. އެއާޕޯޓަށް ދަނިކޮށް ކާރް އެކްސިޑެންޓް ވީ.. ބްރިޖް މަތިން ކާރު ވެއްޓުނީ ކޯރަށް.. ޑޭޑް ގެ… ޑޭޑް ގެ ބޮޑީ އެކަނި ފެނުނީ.. މަމް އެއް ނު..ނު.. ފެނުނު…… އޭގެ ފަހުން ކިއާ ބިރުގަންނަނީ އުފަންދުވަސް ފާހަގަކުރަން.. ހިތަށް އަރަނީ އެއީ ވަރަށް ސުންޕާ ދުވަހެކޭ.. އުފަންދުވަސް ފާހަގަ ކުރަން އުޅެނިކޮއް އެނެއްކާވެސް ކިއާ ލޯބިވާ އެހެން މީހެއް ކިއާ ދޫކޮށް ހިނގައި ދާނެޔޭ…” ކިއާރާގެ ވާހަކަތައް އަޑުއަހަން އިން ޝައިމަންގެ ލޮލުންވެސް ކަރުނަ ފޭބިއެވެ. މި ނާޒުކު ކުއްޖާ ކިހާ ހިތާމައެއް ކުރާނެ ހެއްޔެވެ؟ ނިދަން ދިއުމުގެ ކުރިން ކިއާރާ ގެ ހާލު ބަލައިލަން އައި ފައިނާ އާއި ފަޒީން ވެސް ތިބީ އިވެމުން ދިޔަ ވާހަކަ ތަކުން ދެރަވެފައެވެ. ފައިނާވެސް އިތުރަށް ކެތްނުކުރެވިގެން ފަޒީންގެ ކޮނޑުގައި ބޯއަޅާލިއެވެ. ކިއާރާގެ ފަރާތުން އަޑެއްނީވުމުން ބަލައިލި އިރު އޮތީ ރޮއެރޮއެ ވަރުބަލިވެގެން ނިދިފައެވެ. ޝައިމަންއަށް އިރުކޮޅަކު އެ ރީތި މޫނަށް ބަލަހައްޓައިގެން އިނދެވުނެވެ.

‘ ޖިތްނި ހަސީ ޔެ މުލަކާތޭހޭ، އުންސެބި ޕިޔާރީ ތެރީ ބާތޭހޭ

ބާތޯމެ ތެރީ ކޯޖާތޭ ހޭ، އާއޫނާ ހޯޝްމޭ މޭ ކަބީ،

ބާހޯމޭ ހޭ ތެރީ ޒިންދަގީ … ހާއެއެ ‘

އެހެންޏާވެސް ފަތިހު ހޭލާގަޑިއަށް މިއަދުވެސް ކިއާރާ ހޭލިއެވެ. ރޭގަވީ ކަންތައް އެއްވެސް ވަރަކަށް ހަނދާން ހުރި ހެނެއްހިޔެއްނުވެއެވެ. ނަމާދު ކޮއްލައިގެން ކޮފީބޯން ފޭބިއިރު ފައިނާނޫން އެކަކުވެސް އަދި ތިރިޔަކަށް ނުފައިބައެވެ. ކިޔާރާ ފެނުމުން ފައިނާ ކުޑަކޮން ހައިރާންވެސް ވިއެވެ. ނަމަވެސް އިތުރަށް އެވާހަކަ ދައްކާކަށް ގަސްތެއް ނުކުރެއެވެ. ކިއާރާ އައިސް ފުރަތަމަވެސް ހުޅުވާލީ ފްރިޖްއެވެ. އެއަތެރޭގައި އިން ކޭކް ފެނުމުން ރޭގައި ވެގެން ދިޔަ ހުރިހާކަމެއް ހަނދާންވެގެން ދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nannu

Level 110 Stories

i have been writing stories for a long time... so i wanted to show my talent to others... I hope everyone will like my works...

Other Articles

Previous

ކައިއާ …..9

Next

ކުރިން އެނގުނުނަމަ (އެއްވަނަ ބައި)

Next
January 16, 2018

ކުރިން އެނގުނުނަމަ (އެއްވަނަ ބައި)

Previews
January 16, 2018

ކައިއާ …..9

9 Comments!

  1. aish_@ says:
    January 16, 2018 at 4:30 am

    alheyyy..was waiting a lot..vr reethi nd hope you’ll up soon☺

  2. Lai says:
    January 16, 2018 at 8:03 am

    V reethi when next part

  3. Xoo says:
    January 16, 2018 at 8:42 am

    ????

  4. Pinky shifoo says:
    January 16, 2018 at 9:59 am

    Hii Nannu ???… Mi part vx varah nice… I was waiting for the story.. Hope kuran varah avahah nextpart kiyaalan libeyne kamah

  5. xaaaaan says:
    January 16, 2018 at 10:07 am

    މާޝާﷲ ވަރަށް ރީތި

  6. Firoo says:
    January 16, 2018 at 12:18 pm

    Wooooow. .. love it????

  7. Anonymous says:
    January 16, 2018 at 4:07 pm

    ❤️

  8. Shaya says:
    January 16, 2018 at 4:46 pm

    Varah reethi. when next part

  9. Emaa says:
    January 16, 2018 at 6:08 pm

    ?Varah reethi?

Comments are closed.

Next Episodeހަމްސަަފަރް 6←


All Right Reserved!