Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ނޫރު (ސައުވީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
January 14, 2018 7 Mins Read
27 Comments

“އަފާފް ނިކަން ނިކުމެބަލަ! ޝަރަފް އައިއްސަ އެބަހުރި!” މަންމަ ޖޯޝުން ފުރިގެންވި އަޑަކުން ބުނެލި ވާހަކައިން އަފާފްގެ ހިތުގެ ތެޅުން އަވަސްވިއެވެ. ނޭނގޭ ސަބަބަކާހުރެ އެ ހިތް އުފާވެރިކަމުން ފުރިގެން ދިޔައެވެ. އޭގެ ދެވަނަ ސިކުންތުގައި ޝަރަފް މިގެއަށް އަންނަންވީ ކީއްކުރަންތޯ ހިތަށްއެރިއެވެ. އަދި އަޔަސް އޭނަ ޝަރަފް ހުރި ތަނަކަށް ދާންޖެހެނީ ކީއްވެބާއޭ ބުނެ ހިތް ސުވާލުކުރިއެވެ. އެ ސުވާލު ހިތަށް ވެރިވުމުން އަފާފަށް ވަގުތުން މަންމައަށް އިންކާރު ކުރެވެން އުޅުނެވެ. އެހެނަސް މަންމަ އޭގެ ކުރިން އައިސް އޭނަގެ އަތުގައި ހިފައި ތެދުކުރުވިއެވެ. އަދި އޭނަ ގޮވައިގެން ބޭރަށްދާން ފެށިއެވެ. އަފާފް ބޭނުންވިނަމަ ދެންވެސް އިންކާރުކޮށް ބޮޑާ ހާކައިގެން، ބޭރަށް ނުދިޔުމުގެ ފުރުޞަތު އޭނައަށް އޮތެވެ. ނަމަވެސް އޭނައަށް އެ ފުރުޞަތުގެ ބޭނުން ނުހިފުނީ އަމިއްލަ ނަފްސަށް ދެވުނު އުޒުރުތަކެއްގެ ސަބަބުންނެވެ. މަންމަ ކުރީ ދުވަހު ދެއްކި ވާހަކަތައް ހަނދާންވެފައި ހަމަ ގައިމުވެސް ގޯސް ނިޔަތެއްގައި މަންމަ އޭނަ ފިރިހެނެއްގެ ކުރިމައްޗަށް ނުގެންދާނެކަމަށް ހިތް ބުނަމުން ދިޔައީތީވެއެވެ. އަދި މިއީ އެހެންނޫނަސް އޭނަގެ ކުންފުނީގައި ޝަރަފް އަދާކުރަންޖެހޭ ވަޒީފާގެ ސަބަބުން ބާއްވާ ބައްދަލުވުމަކަށް ވެސް ވެދާނެއޭ ހިތަށްއެރިއެވެ. އޭނަ ޤަބޫލުކުރަން ބޭނުންވީ ފަހުން އެ ހިތަށްއެރި ގޮތެވެ. އެއީ ވުން ގާތްކަމެއް ނޫންހެން ހީވި ނަމަވެސްއެވެ. އެފަދަ ކަމެއްނޫން ކަމަކަށްޓަކައި އޭނަ ޝަރަފާއި ކުރިމަތިލާން ޖެހިއްޖެނަމަ އޭނައަށް ވާނެގޮތެއް އަންދާޒާ ކުރަން ވެސް އޭނައަށް ދަތިވުމުންނެވެ.

 

 

**

 

“ޝަރަފް ވަރަށް ޙައިރާންވެއްޖެދޯ މިގެއަށް އަންނަން މިކަހަލަ ގޮތަކަށް ދަޢުވަތު އެރުވުނީމަ؟” ހުސެއިން ޝަރަފަށް އިށީންނާނެ ސޯފާއެއް ދައްކާލަމުން އޭނައާއެކީ އިށީންނަމުން ސުވާލުކުރިއެވެ.

 

“އާދެ……..އެކަމަކު އެހެންނޫނަސް އަޅުގަނޑު މިގެއަށް އަންނަންވެގެންކަމަށް މިއަދު ހުރީ.” ޝަރަފަށް ބުނެލެވުނެވެ. އެވަގުތު އޭނަ ބުނެވުނު އެއްޗެއް އަނބުރާ ގެންނަން ބޭނުންވިއެވެ.

 

“އެއީ ކީއްކުރަން؟” ހުސެއިން ޙައިރާންކަމާއެކީ އަހާލިއެވެ. އެހިނދު ނުތަނަވަސްވެގެން ދިޔަ ޝަރަފް އިސްއުފުލާލި ތަނާހެން އޭނައަށް އެ ސުވާލުގެ ޖަވާބު އޭނަގެ ލޮލަށް ފެނިގެން ދިޔައެވެ. ކުރިމަތިން ފެނިގެން ދިޔައީ އެތާ ތިރީގައި ހުރި ކޮޓަރިއަކުން އޭނަގެ މަންމައާއެކީ ނިކުތް އަފާފެވެ. އަނެއްކާވެސް އެތައް ދުވަހެއްފަހުން އަފާފްގެ ސޫރަ ފެނިގެން ދިޔުމުން އާދައިގެ މަތިން ޝަރަފްގެ ހިތަށް ފިނިކަމެއް ލިބުނެވެ. އެހެނަސް ކުރިއާއި ޚިލާފަށް މިއަދު އޭނައަށް އަފާފް ފެނިގެން ދިޔައީ މުޅިން ތަފާތު ނަޒަރިއްޔާތަކުންނެވެ. އެއީ ހަމައެކަނި އޭނަގެ ހިތުން ޖާގައެއް ދެވިފައިވާ އޭނަ ލޯބިވާ ޤަދަރުވެރި އަންހެން ކުއްޖާއެއް ނޫނެވެ. މީގެ އިތުރުން އަފާފަކީ ﷲ ގެ އިރާދަފުޅުން އޭނައަށް ހިދާޔަތް ލިބުމަށް މެދުވެރިވީ ސަބަބެވެ. އޭނައަށް ހެވާއި ނުބައިގެ ތަފާތު އެނގި އަނދިރީގެ ތެރެއިން އަލިގަނޑުގެ ތެރެއަށް ގެނެސްދިނުމުގައި އެހީވި ބައިވެރިޔާއެވެ. މީގެ ސަބަބުން މިއަދު އަފާފަށްޓަކައި ޝަރަފްގެ ހިތުގައިވަނީ އިހުނަށްވުރެ ވެސް ފުން ލޯތްބެކެވެ. އޭނައަށް ކުރިން ވެވިދާނެހެން ވެސް އޭނަ ހީނުކުރާފަދަ ލޯތްބެކެވެ.

 

 

“އަފޫ އައިއްސަ އިށީންނާނީ……މިތާ! ޝަރަފްގެ ކުރިމަތީގަ.” ޝާދިޔާ އަފާފް ގެންގޮސް ޝަރަފާއި ދިމާ ކުރިމައްޗަށްވާ ގޮތަށް ވަކިން ހުރި ސޯފާގައި ބެހެއްޓިއެވެ. އެއާއެކު އަފާފް ގަތް ލަދާއެކީ އޭނަގެ މޫނު ރަތްވެ އޭނައަށް އިސްޖަހާލެވުނެވެ. ހަމަ އެވަގުތު މަންމައަށް ނުރުހުންވީ އޭނަ ކައިރި ނުވެސް ބުނެ ކުއްލި ގޮތަކަށް އޭނަ ޝަރަފް ކުރިމަތީގައި ބޭންދުމުންނެވެ. އޭނަ ލައިގެން ހުރި ހެދުމާއި އަޅައިގެން ހުރި ބުރުގާއާމެދު ވެސް އެވަގުތު ވިސްނެން ފެށީ ކުއްލިއަކަށެވެ. މަންމަ އޭނަ އެހާވަރަކުން ރީތި ކުރުވާފައި ލެއްވީ ކުލަގަދަ ހެދުމަކަށް ނުވާނެކަމަށް އޭނައަށް އުއްމީދު ކުރެވުނެވެ. އެހެނަސް އޭނައަށް ނޭނގުނު ކަމަކީ އޭނަ ލައިގެން ހުރި ކަޅުކުލައިގެ އާދައިގެ ހެދުމާއި ބުރުގާގައި އިންއިރު ވެސް ޝަރަފްގެ ނަޒަރުން އެވަގުތު އެ ނޫން ރީތިކަމެއް ދުނިޔޭގައި ނެތްކަމެވެ. އަފާފް ޖެހިލުންވުމާއެކީ ތުންފަތުގައި ދަތްއަޅައި ފަޅި ސިކުންތުތަކަށް އިސްއުފުލައި އިސްޖަހައި އެކި ދިމަދިމާލަށް ކަޅި ހިންގަމުން ދިޔަ ގޮތުން ޝަރަފަށް އެސްފިޔަ ޖަހާލުމެއްނެތި ބަލަން އިނދެވުނެވެ. އޭނައަށް ހަމަހޭވެރިކަމެއް ލިބުނީ ހުސެއިން ކަރު ކެހިލުމުންނެވެ. އެއާއެކު އެންމެންގެ ނަޒަރުތައް އެދިމާލަށް ދަތުރުކުރިއެވެ.

 

“ޝަރަފް އަސްލު މިއަދު ގެންނަން މި ޖެހުނީ ވަރަށް ޚާއްޞަ ކަމަކު. އަހަރުމެންގެ ހުރި ހަމައެކަނި ދަރިފުޅު އަފާފަކީ މިއަދު 23 އަހަރުވެފައިވާ ކުއްޖެއް. އަފާފަކީ ދުވަހަކުވެސް އަހަރުމެން ދެރަވާފަދަ ގޮތަކަށް ނުއުޅެ އަބަދުވެސް ބަސްއަހައިގެން މިއަދު އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެފައިވާ ކުއްޖެއް. ޝަރަފަށް އެނގިފައިވާނެ ފަދައިން ވަރަށް ދީންވެރިވެފައި އަޚްލާޤްވެސް ރަނގަޅު ކުއްޖެއް……އަހަރުމެން ވަރަށް ގިނަ ދުވަސްވެއްޖެ އަފާފަށްޓަކައި ރަނގަޅުވާނެ ފިރިއަކު ހޯދައިދެވޭތޯ މަސައްކަތް ކުރާތާ. އެކަމަކު މިހާތަނަށް އައިއިރު ވެސް އަފާފަށް ކަމުދާ ޒާތެއްގެ މީހަކާ ދިމަލެއް ނުވޭ. އަފާފަށް ކަމުގޮއްސަ އަފާފް ދޫކޮށްލި މީހަކީ އެއީ ހަމައެކަނި އަފާފަށް މިއަދު ދިމާވެފައިވި ޙާލަތެއްގެ ސަބަބުން އިންކާރު ކުރި މީހެއް. އެ މީހަކީ އަފާފަށް ރަނގަޅުވާނެ މީހެއްކަމަކަށް ޤަބޫލެއްނުކުރެވޭ. މިއަދު އަފާފަށް އަނެއްކާވެސް މިވަނީ އެހެން މީހަކު ކަމުގޮސްފަ. އެއީ ޝަރަފް. ޝަރަފަކީ އަހަރުމެންގެ ނަޒަރުގަ ވެސް ވަރަށް ޞާލިޙު ކުއްޖެއްގެ ގޮތުގަ ފެނިފައިވާ ކުއްޖަކަށްވާތީ…..ޝަރަފް އަފާފާއި އިނުމަކީ އަހަރުމެންގެ ވަރަށް ބޮޑު އެދުމެއްކަމަށް ބުނެލަން.” ހުސެއިން ބުނެލި ވާހަކައިން މުޅި ތަނަށް ހިމޭންކަމެއް ވެރިވެގެން ދިޔައެވެ. ޝަރަފްގެ ހިތް އުފަލުން ފުރިގެން އައިސް އޭނަގެ ލޮލަށް އުފާވެރިކަމުގެ ކަރުނަތައް ޖަމާވީ ވަގުތު އަފާފަށް އިނދެވުނީ ޝޮކެއްގެ ތެރޭގައެވެ. އޭނަ ކޮޓަރިން ނިކުތުމުން ކަންވާނީ މިފަދަ ގޮތަކަށްހެން ހީވެފައި އޮތެއްކަމަކު އެ ވާހަކަ އިވުމުން އަފާފަށް ހިރިލާކަށް ވެސް ނޭނގުނެވެ.

 

ހުސެއިނާއި ޝާދިޔާ އަފާފާއި ޝަރަފަށް ވަކިވަކިން ބަލަމުން ދިޔައެވެ. އަފާފްގެ ފަރާތުން އެއްވެސް ޢިޝާރާތެއް ނުފެނުމުން ހުސެއިން ޝަރަފަށް ބަލާލިއިރު އޭނަ އިސްޖަހާލަމުން އޭނަގެ ލޮލުގެ ކަރުނަ ވަޅުގައި ދެ އިނގިލި ޖައްސާލި ގޮތުން ހުސެއިން ހިސާބަކަށް ނުތަނަވަސްވާ ގޮތްވިއެވެ. ޝަރަފް އޭނަގެ އުފާވެރިކަމުގެ ކަރުނަތައް ފޮހެނީކަން ނޭނގި ހުސެއިން އިތުރަށް ވާހަކަ ދެއްކީ، ޝަރަފް މި ކައިވެންޏަށް އެއްބަސްކުރުވުމަށް އަދި އިތުރަށް މަސައްކަތްކުރަންޖެހޭ ކަމަށް ހީކޮށެވެ.

 

“އެނގޭ ވަރަށް އުނދަގޫ، ދަތި ކަމަކަށްކަން ޝަރަފް ކައިރިން މި އެދެވުނީ. އެކަމަކު ޝަރަފް އަފާފާއި އިނދެފިއްޔާ ޝަރަފަށް އެއްވެސް އުނދަގުލަކާނުލާ އަފާފް ބެލެހެއްޓޭނެ ގޮތެއް އިންތިޒާމް ކުރެވޭތޯ މަސައްކަތް ކުރާނަން. އަފާފްގެ ކުދިކުދި ކަންތައް ބަލަހައްޓަން އަފާފްގެ މަންމަ ހުންނާނެ. ޝަރަފް އަފާފާއެކީ ދަތުރުކުރަން ބޭނުމިއްޔާ އަފާފް ބަލަހައްޓަން އެހެން މީހަކު ފޮނުވިދާނެ. އަދި……ބުނަން ހަނދާންނެތުނީއޭ. އަފާފްއާއި އިނދެފިއްޔާ އަފާފްގެ ވިޔަފާރީގެ ފައިދާގައި ވެސް ޝަރަފަށް ޙިއްޞާއެއް ލިބޭނެ.” ހުސެއިން އެންމެ ފަހުން އެހެން ވެސް ބުނެލީ އަނެއްކާވެސް މީހަކު އަފާފަށް ނޫނެކޭ ބުނެފިނަމަ އަފާފަށް ބަރުދާސްތު ނުކުރެވޭނެހެން ހީވީތީވެއެވެ. އެހެނަސް އޭނައަށް ނޭނގުނީ އެ ވާހަކަތައް އަޑުއަހަމުން ދިޔަ ދެ ހިތުގައި އުތުރި އަރަމުން ދިޔަ ޖަޒުބާތުތަކެވެ. ދެމީހުން އެއްފަހަރާ ކަހަލަ ގޮތަކަށް ވާހަކަ ދައްކަން އުޅުނެއްކަމަކު އެންމެ ފުރަތަމަ ބަހެއް ބުނެލެވުނީ އަފާފަށެވެ.

 

 

“ބައްޕާ ޕްލީޒް! އަހަރެން ބޭނުމެއްނޫން މީހަކަށް މަޖުބޫރުކުރުވައިގެން އޭނަ އަހަންނާއި އިންނާކަށް. މަޖުބޫރުވެގެން ކުރެވޭ ކައިވެންޏަކީ ކައިވެންޏަކަށްވާނެތަ ބައްޕާ…….އަހަރެން ބޭނުމެއްނޫން…..ބޭނުމެއްނޫން ޝަރަފްއާ އިންނާކަށް. އެއީ ޝަރަފް ނުބައިވީމައެއްނޫން. ޝަރަފް ވަރަށް ރަނގަޅު. އެކަމަކު މިއަދު އަހަންނަށް މިހެން ބުނަން މި ޖެހެނީ އަހަންނަށް ކުރިމަތިވެފައިވި ޙާލަތެއްގެ ސަބަބުން. އަހަރެން އެއްގޮތަކަށް ވެސް ބޭނުމެއްނޫން ޝަރަފްއަށް ދަތިވާކަށް. އަހަންނަށް ނޫނެކޭ ބުންޏަސް ޝަރަފް ފާފަވެރިއެއްނުވާނެ. ތިމާ ހިތްއެދޭ މީހަކާއިއެކީ ދިރިއުޅުން ވޭތުކުރުމަކީ ކޮންމެ މީހެއްގެ ވެސް ޙައްޤެއް…..ޝަރަފްއަށް ލިބިދާނެ އަހަންނަށްވުރެ ޝަރަފްއަށް މާ ކަމުދާ ކުއްޖަކު. ބައްޕަ ތިހެން ނުބުންޏަސް ބައްޕައާ އަހަރެން އަތުގަ ހުރި ފައިސާގެ ސަބަބުން މީހަކު އަހަންނާ ގުޅެން އެއްބަސްވެދާނެ. އެކަމަކު ފައިސާއަކުން މީހެއްގެ ހިތުގައިވާ ލޯތްބެއް ނުގަނެވޭނެކަން އަހަންނަށް އިނގޭ.” އަފާފް އެހާ ހިސާބަށް ވާހަކަ ދައްކައި ނިމުނުއިރު އޭނަގެ އަޑު ކުރެހި، އޭނަގެ ލޮލަށް ކަރުނަތައް ޖަމާވެފައިވިއެވެ. އެ ހިނދު ނޫނެކޭ ކިޔައި ހަޅޭއްލަވަމުން ދިޔަ ހިތަށް އިޖާބަ ދެމުން ޝަރަފް ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު މަޑުމައިތިރި އަޑަކުން ވާހަކަ ދެއްކިއެވެ.

 

“އަހަރެން ހީކުރީ ލޯތްބަކީ ކޯޗެއްކަން އަފާފަށް ތިއަށްވުރެ ރަނގަޅަށް އެނގޭނެކަމަށް. ލޯތްބެއް ވެވެނީ ހަމައެކަނި މީހެއްގެ ޖިސްމުގެ ހުންނަ ފުރިހަމަކަމެއްގެ ސަބަބުންތަ އަފާފް؟ އެހެންނޫނީ ލޯބިވާ އެ ފަރާތަށް އެހީއެއް ބޭނުންވާއިރަށް އޭނަގެ ލޯބިވެރިޔާގެ ހިތުން އޭނައަށް ދެވިފައިވާ ޖާގަ ނެތިދަނީތަ؟ އަފާފް……އަފާފަށް އަހަރެން ނޭނގުނަސް އަހަރެން އަފާފް ދަންނަތާ އެތައް އަހަރެއް ވޭތުވެއްޖެ. އަހަރެން ފުރާވަރަށް އެޅުނީއްސުރެ ސްކޫލް ދައުރުގައި ކިޔަވަމުން ދިޔައީ އަފާފްއާއެކީ. އަފާފަށް ކަމުދާ ކަންތައްތަކާ ކަމުނުދާ ކަންތައްތަކާ އަފާފްގެ އެކުވެރިންގެ ނަންތައް އަހަރެން މިހާ ހިސާބަށްވެސް ހަނދާން އެބަހުރި. މީގެ 3 އަހަރު ކުރިން އަފާފް ސިޑްނީގައި އެކަނި ގޮސް ހުއްޓާ މީހަކު އަފާފަށް ހަމަލައެއްދޭން އުޅުމުން އަފާފް ރައްކާތެރިކޮށްދިނީވެސް އަހަރެން. އަފާފްގެ ލޮލަށް ތި އަނިޔާއެއް ލިބުނު ރޭގަ ވެސް އަހަރެން އެތާނގަ ހުރެގެން އަފާފަށް އެންމެ ފުރިހަމަ ފަރުވާ ހޯދައިދެވޭތޯ މަސައްކަތް ކުރީ. އަފާފަށް ތި ޙާލަތު ކުރިމަތިވީ ދުވަހަކީ އަހަރެންގެ ޙަޔާތަށް ވެސް އައި އެންމެ އަނދިރި ދުވަސް. އަފާފް އެންމެ ފުރަތަމަ ފެނުނީއްސުރެ އެދުވަހާއި ހަމައަށް ވެސް އަހަރެންގެ ހިތުގައި އަފާފަށްޓަކައިވި އިޙްޞާޞްތަކަށް ބަދަލެއްނާދޭ. އެ ޤަދަރަކަށް ބަދަލެއްނާދޭ. އެ ލޯތްބަކަށް ބަދަލެއްނާދޭ. އަފާފާއި ދުރުގަ ހޭދަކުރަން ޖެހުނު ދުވަސްތަކުގައި އެތައް ރޭ ނުނިދާ އޮތީ ވަކި އަފާފަކީ މުއްސަނދި ކުއްޖެއްކަން އެނގޭތީވެއެއްނޫން. އަފާފަށް ތި އަނިޔާ ލިބުނު ރޭ އަފާފަށް އެހީވީ ވަކި ފައިސާއެއް ލިބޭނެކަމުގެ އުއްމީދުގައެއްނޫން. އެއަށްފަހު ވެސް އަފާފްގެ ޙާލަތް ބަދަލުކުރުމަށް އެހީވެވޭތޯ މަސައްކަތް ކުރީ ވަކި މުދަލަކަށްޓަކައެއްނޫން. އެއީ ހަމައެކަނި އަފާފަށްޓަކައި އަހަރެންގެ ހިތުގައިވި ލޯތްބެއްގެ ސަބަބުން އަފާފް.” ޝަރަފް ވެސް ފެންކަޅިވެގެން ދިޔަ ދެލޮލާއެކީ ކުރެހިފައިވި އަޑަކުން އެހެން ބުނެލީ، އެތާނގައި އަފާފްގެ ބައްޕަ ހުރިކަން ވެސް ހަނދާން ނައްތާލަމުންނެވެ. އޭނައަށް އެ ބަސްތައް ބުނެލެވުނީ ވަކި އެ ހިތުތެރޭގައިވި ޖަޒުބާތުތަކުގެ އަވައިގައި ޖެހިގެނެއްނޫނެވެ. އެހެނެއްކަމަކު އެއީ އަފާފްގެ ޙަޔާތުގެ އަނދިރި ބާބުގެ ފެށުމުގެ ވާހަކަ އައުމުން އޭނަގެ ކުށަށް އޭނަ މިވަގުތު އިޢުތިރާފުވެ މަޢާފަށް އެދެން ޖެހޭކަން ހަނދާންވުމުންނެވެ. އެގޮތަށް ކަންތައް ކުރުމުން ފަހަރެއްގައި ދެން ދުވަހަކުވެސް އޭނައަށް އޭނަގެ އިޙްޞާޞްތަކުގެ ވާހަކަ އަފާފާއި ހަމައަށް ގެނައުމުގެ ފުރުޞަތެއް ނުލިބިދާނެކަމުގެ ބިރު އޮތީތީވެއެވެ. އޭނަ އަފާފަށްޓަކައިވާ ލޯބި ފާޅުކުރުމުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތަސް އެވާހަކަ ބުނެލަން އެވަގުތު އޭނައަށް ކެރުނީ އެހެންވެއެވެ.

 

ޝަރަފް ދެއްކި ވާހަކަތަކަކުން އެތާތިބި އެންމެންނަށް ތިބެވުނީ ޙައިރާންކަން މަތީގައެވެ. އެންމެ ބޮޑު ޙައިރާންކަމެއް ލިބުނީ އަފާފަށެވެ. ޝަރަފަކީ މިހާ ދުވަސްވީއިރު ވެސް އޭނައަށް ނޭނގި އޭނަ ދަންނަ މީހަކަށްވި ކަމަށްޓަކައެވެ. އަދި އޭނައަށް ނޭނގުނަސް އޭނަދެކެ އެހާވަރަށް ލޯބިވެފައިވި މީހަކަށްވުމުންނެވެ. ޤަބޫލުކުރަން ދަތިވިއެއްކަމަކު ޝަރަފްގެ ބަސްތަކުން އަފާފްގެ ހިތުގައިވި ޒަޚަމްތަކުގައި މަލަން އެޅި އަނެއްކާވެސް އެ ހިތުން އުފާވެރިކަމުގެ ވިންދުތައް ޖަހަން ފެށިއެވެ. އެހެނަސް އަފާފަށް ނޭނގުނު ކަމަކީ ޝަރަފް ދެން ބުނެލާނެ ބަސްތަކަކުން އެ ވިންދުތަކަށް ހުއްޓުމެއް އަންނަން އުޅޭކަމެވެ. އުފާވެރިކަމުގެ އެ ވަގުތުކޮޅުގައި ހުސެއިނާއި ޝާދިޔާ އެއްޗެކޭ ކިޔަކިޔާ ތިއްބާ ޝަރަފް ވާހަކަ ދެއްކިއެވެ.

 

“އެކަމަކު އަހަރެން ހާމަ ކުރަން ޖެހޭ އެއްވާހަކަ އެބައޮތް.” ޝަރަފް އޭނަގެ ރޫރޫއަޅަމުން ދިޔަ ހިތް ހަމައަކަށް އެޅޭތޯ މަސައްކަތް ކުރަމުން ދެލޯ މަރާލިއެވެ. ހުސެއިން ކޮން ވާހަކައެއްތޯ އަހާލިއެވެ. އެއާއެކު ޝަރަފް ކިޔައިދިނެވެ.

 

“އަފާފްގެ ދެލޯ އަނދިރިވީ އަހަރެންގެ ސަބަބުން.” ޝަރަފްގެ އެ ޖުމްލަ ހީވެގެން ދިޔައީ މުޅި ތަނަށް ގޮއްވާލެވުނު ގޮއްވާލުމެއް ހެންނެވެ. އެންމެން އެކީގައި ހުއްޓުން އަރައިގެން ދިޔައިރު އަފާފަށް އިނދެވުނީ އެ ވާހަކައަށް ވިސްނަންވީ އެއްޗެއް އިޙްޞާޞް ކުރަންވީ ގޮތެއް ނޭނގިފައެވެ.

 

“ކީކޭތަ ތި ކިޔަނީ ޝަރަފް؟” ހުސެއިން ހިސާބެއްގެ ނުރުހުންތެރިކަމަކާއެކީ އަހާލީ ޝަރަފް އެކުރަނީ ސަމާސާއަކަށް ބަދަލުވާނެކަމުގެ އުއްމީދުގައެވެ. އެހެނަސް…….

 

“އެރޭގެ މާރާމާރީގަ އަހަރެން އަމިއްލަ އަތުން އުކާލި އެއްޗަކުން ގޮއްސަ އަފާފްގެ ލޮލުގަ ޖެހުނީ.” ޝަރަފް އެހެން ބުނެ އަފާފަށް ބަލާލި ވަގުތު އޭނަގެ ދެލޯވަނީ ރަތްވެފައެވެ. އަފާފް ކައިރިން ޙަމްދަރުދީއަކަށް އެދޭ ފަދައަކުންނެވެ. އޭރުއްސުރެ އޭނަގެ މޭތެރޭގައި ރިހުމެއް އުފެދެން ފެށިއެވެ. އޭނައާއި އަފާފްގެ ގުޅުން ނުވެސް ފެށެނީސް ނިމުމަކަށް އަންނަން އުޅޭހެން ހީވުމުންނެވެ. އޭނައަށް ހީވީ ރަނގަޅަށެވެ. އޭގެ މާ ގިނައިރެއްނުވެ ޝާދިޔާ ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ.

 

“ކަލޭ ދޯ ހަމަ އަހަރުމެންގެ ދަރިފުޅު ލޯފަން ކޮށްލީ؟ މިއަދު ހަވީރު މީހަކު އައިއްސަ ބުނީމަވެސް މަ ޤަބޫލެއްނުކުރިން. އެކަމަކު މިހާރު ޔަޤީންވެއްޖެ! ވަލު ޖަނަވާރަކަށްވުރެ ވެސް ކަލޭ ނުބައެއްނު؟ ލޯބިވެއޭ ކިޔާފަ މީހުން ގާތަ އުކަނީ؟” ޝާދިޔާ ހަރުއަޑުން ވާހަކަ ދެއްކިއެވެ. އެ ހިނދު ޝަރަފް ވަގުތުން އޭނަ އެއްޗެއް އުކަން ޖެހުނު ސަބަބު ކިޔައިދޭން ބޭނުންވިއެވެ. އެހެނަސް އެވަގުތު އަފާފް ނުތަވަސްވެފައި އިންތަން ފެނިފައި އޭނައަށް ޔަޤީން ނުވާ ކަމަކުން އެ މާޙައުލު އިތުރަށް ނުތަނަވަސްކުރާކަށް ބޭނުމެއްނުވިއެވެ. އެރޭ އަފާފާއި ދިމާލަށް ފިސްތޯލު ދިއްކޮށްގެން ހުރީ ހަމައެކަނި މާރާމާރީގައި ބައިވެރިވުމަށް އައި މީހަކަށް ވެދާނެކަމަށް ވެސް ހިތް ބުނީތީވެއެވެ. ޝަރަފް ވިސްނުމެއްގެ ތެރޭގައި އިންދާ ހުސެއިން ވާހަކަ ދެއްކިއެވެ.

 

“ޝަރަފް ތިކަހަލަ ސަމާސާތައް އަހަރުމެންނަށް ކަމަކު ނުދޭ.” ހުސެއިން ސީރިއަސްކަމާއެކީ އަންގާލިއެވެ.

 

“ސަމާސާއެއްނޫން. އަހަރެން އަހަރެންގެ ކުށަށް މި އިޢުތިރާފުވީ އަފާފަށް އަފާފްގެ ޙައްޤު ހޯދައިދިނުމަށްޓަކައި. އަދި އަހަންނަށް ކުރެވުނު ފާފައަށް އަނިޔާ ލިބުނު ފަރާތުން މަޢާފަށް އެދުމަށްޓަކައި.” ޝަރަފް އެހެން ބުނެ ނިމުނު ވަގުތު ހުސެއިން އެއްވެސް އަސަރެއް ނެތް ގޮތަކަށް ހީލިއެވެ. ޝަރަފް ޙައިރާންކަމާއެކީ ބަލަބަލާ އިންދާ ހުސެއިން އައިސް އޭނަގެ ކުރިމައްޗަށް ހުއްޓިލިއެވެ. އޭނައަށް ތެދުވެލެވުނުތަނާހެން އޭނަގެ މޫނުމައްޗަށް ހޫނު އެތިފަހަރެއް އެރިއެވެ.

 

“ޚަބަރުދާރު އަފާފާއި ވާހަކަ ދައްކަން މަސައްކަތް ކުރިއްޔާވެސް! ދުނިޔޭގެ ދެކޮޅު ދައްކާލާނަން ކަލެއަށް! ކަލެއަކަށް ނޭނގޭ މި ހުރިހާ އަހަރު އަފާފް އުޅުނު ޙާލު. އޭނަ ކުރީގަ އުޅުނީ ކިހާ ފަސޭހަ ދިރިއުޅުމެއްކަން. އަދި މިހާރު އުޅެން ޖެހިފައިވަނީ ކިހިނެއްކަން. ކަލޭ ތިއީ……..” އެއަށްފަހު ހުސެއިންގެ އަނގައިން އަފާފްގެ ކުރިމަތީގައި ފުރަތަމަ ފަހަރަށް ހުތުރު ބަސްތައް ބޭރުވާން ފެށިއެވެ. ޝަރަފް އެއްވެސް އެއްޗެކޭ ބުނުމެއްނެތި އެ ހުރިހާ ވާހަކައެއް އަޑުއަހަން ހުއްޓެވެ. އޭނަގެ ހިތަށް ކުޅަދާނަވާވަރު ނުވީ އޭނައާއި އަފާފް ގުޅިގެން ދިޔުމަކީ ނާދިރު ކަމެއްކަމަށް ބުނަން ފެށުމުންނެވެ. އަދި އޭނަ ދެންމެ ހުށަހެޅި ލޯތްބަކީ ވެސް އޭނަގެ މަތި އޮމާން ކުރުމަށްޓަކައި ދައްކާލި ދަޅައެއްކަމަށް ބުނަން ފެށުމުންނެވެ. އެއީ ކިތައް އަހަރެއް ވަންދެން އޭނަ ހިތުތެރޭގައި ބާއްވައިގެން އުޅުނު އިޙްޞާޞްތަކެއްކަން އެމީހުންނަކަށް ނޭނގެއެވެ. ސޯފާގައި އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އަނގައިން ނުބުނެ އިން އަފާފަށް ވެސް އެކަން ތަޞައްވުރު ނުކުރެވޭހެން ހީވި ވަގުތު ޝަރަފްގެ މޭގައިވި ރިހުން ތޫނުވިއެވެ. އޭނަ އަފާފަށް ފަސްދިނުމުގެ ނިޔަތުގައި އެ އެންމެނަށް ފަސްދިން ވަގުތު ޝަރަފަށް އެ ރިހުމަށް ކެތްކުރެވޭ ވަރެއްވެސް ނުވިއެވެ. އޭނަގެ ލޮލުން ދިލަ ނަގައި، ކަރުނަ ހިލިގެން ދިޔައީ އެހެންވެއެވެ. އޭނަ ގަދަކަމުން އަފާފާއި ދުރަށް އެޅި ކޮންމެ ފިޔަވަޅަކާއެކީ އޭނައަށް ނޭވާލާންވެސް އުނދަގޫވިހެން އޭނައަށް ހީވިއެވެ. އޭނައަށް ކުރެވުނު އެންމެ ފާފައެއްގެ ސަބަބުން އޭނަގެ ހުރިހާ އުފާވެރިކަމެއް ނިގުޅައިގަނެވެން އުޅުނުހެން ހީވި ވަގުތު އަނެއްކާވެސް އޭނަގެ ހިތް ނާއުއްމީދުން ފުރެން ފެށިއެވެ. އެ ހުރިހާ ނޭދެވޭ އިޙްޞާޞްތަކާއެކީ ޝަރަފް ގޭގެ މައިދޮރާއި ހަމަވާން އުޅުނުތަނާހެން އޭނަގެ ކަންފަތުގައި އަފާފްގެ އަޑު ޖެހުނެވެ.

 

“ޝަރަފް!” އަފާފް ގޮވާލި އަޑަށް ޝަރަފްގެ ފައިގައި ތަޅު އެޅުވުނެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ހިތް ނުރޮއްވާ

Next

ޚަޔާތުގެ ވާހަކަ

Next
January 15, 2018

ޚަޔާތުގެ ވާހަކަ

Previews
January 14, 2018

ހިތް ނުރޮއްވާ

27 Comments!

  1. Aki says:
    January 14, 2018 at 10:56 pm

    varah inthizaaru kohfin mi vaahaka ah ….thanks

    1. Jana says:
      January 15, 2018 at 9:04 pm

      hehe…sorry ingey lahun up kurevunyma..

  2. Jana says:
    January 14, 2018 at 10:56 pm

    އައްސަލާމްޢަލައިކުމް. މި ބައި ކުރުކަމުން ޖަނާވެސް މިހިރީ ޖަނާއަށް ރުޅިއައިއްސަ. އެކަމަކު އަސްލު ހިއެއްނުކުރަން މިރޭ މިހާވަރަށް ވެސް ލިޔެވޭނެކަމަށް މި ވަގުތު އައިއިރު. ވަރަށް ބޮޑަށް މަޢާފަށް އެދެން މިހާވަރަށް ކުރުވީމަ. ދެން އޮތް ބައި ދިގުކުރެވޭތޯ ބަލާނަން އިން ޝާ ﷲ. އެ ބައި އަންގާރަ ދުވަހު އިން ޝާ ﷲ

  3. Xxxx says:
    January 14, 2018 at 11:25 pm

    Maasha Allah..varah furihama..when next part ??

    1. Jana says:
      January 15, 2018 at 9:04 pm

      Alhamdhulillah! (All praise and thanks belong to Allah) Next part tuesday ga In Sha Allah 🙂 <3

  4. Kuda Kamana says:
    January 14, 2018 at 11:31 pm

    masha allah… varah salhi. dhen oiy bai varah kiyaalaa hivvey eba…

    1. Jana says:
      January 15, 2018 at 9:05 pm

      jana ves liyaa hiy ebavey ingey kudakamana. Alhamdhulillah! 😀

  5. Shahoo says:
    January 15, 2018 at 6:49 am

    Maasha allah v reethi. Plx avahah up kohdheyhllohdhehchey

    1. Jana says:
      January 15, 2018 at 9:05 pm

      Alhamdhulillah! In Sha Allah try kuraanan sissy 😀

  6. Zaaraa says:
    January 15, 2018 at 8:15 am

    Story v reethi ? waiting for next part

    1. Jana says:
      January 15, 2018 at 9:06 pm

      Alhamdhulillah! next part tuesday ga In Sha Allah 🙂

  7. Xaaan says:
    January 15, 2018 at 8:19 am

    މާޝާﷲ ވަރަށް ރީތި މިބައިވެސް އެކަމަކު އެދެމީހުން ދުރު ނުކުރައްޗޭ އިންގޭ

    1. Jana says:
      January 15, 2018 at 9:07 pm

      thivaahaka shaadhiyaa aa hussain kairi bunaany. neynge dho Afaaf ves beynunvaa gotheh adhi? hehe…balamaa vaagotheh In Sha Allah

  8. shim says:
    January 15, 2018 at 8:47 am

    Reyga wes v belin upload wi tho kiya hithun… now kiyan mi libuny adhi kiriya …hehehe….by the way Jana ge story adhi hama v salhi… keep up the good work.. ?

    1. Jana says:
      January 15, 2018 at 9:08 pm

      rey up kurevunu leh lahee ingey shim. kommehen hadhaafaves e bunaa date ah jana up kuran. ekamaku dhen ehaa lasnukoh veytho try eba kuran In Sha Allah 🙂

  9. Pinky shifoo says:
    January 15, 2018 at 9:30 am

    Maasha Allah varah varah furihama… ❤️❤️❤️ I love this story ❤️❤️❤️.. Alhey Afaaf Sharaf ah maafukurahchey plxxxxx ?… Next part avahah genesdhehchey jana ??.. I’m curiously waiting for the next part ??❤️❤️

    1. Jana says:
      January 15, 2018 at 9:09 pm

      Alhamdhulillah! 😀 Balaany dhen jana ah e dhemeehunge medhuga kameh kurevidhaanetho. hehe….In Sha Allah next part tuesday ga 😀 <3

  10. Aaan says:
    January 15, 2018 at 4:58 pm

    Reethi story . Hadha lahey part tha genes dheyle.V inthizaar kurangehy.

    1. Jana says:
      January 15, 2018 at 9:11 pm

      Alhamdhulillah! Next part avas kureveytho balaanan ingey Aaan. e part tuesday ga In Sha Allah 🙂

  11. Emaa says:
    January 15, 2018 at 5:41 pm

    Varah reethi mi bai vx ?waiting for the next episode

    1. Jana says:
      January 15, 2018 at 9:11 pm

      Alhamdhulillah! Next part tuesday ga In Sha Allah 🙂 <3

  12. Hu says:
    January 16, 2018 at 12:14 am

    Mashallah varh reethi mibai ves

  13. Liaa ge emme bodu fan says:
    January 16, 2018 at 2:27 pm

    Haadha kurey janaaaa.. ekam ves vvv reethi ????? next part dhigukollahchey pleeeeeezzz

  14. Zaaraa says:
    January 16, 2018 at 8:59 pm

    Hi Jana ! Waitinga ? vaahaka kiyaahithun avahah up kohdhyne kamah ummeedhuga??

  15. Jiya says:
    January 16, 2018 at 9:30 pm

    Hey Jana please upload soon☺️

  16. Z says:
    January 16, 2018 at 10:17 pm

    Alheyy avahah upkohdheeba plz

  17. Aki says:
    January 16, 2018 at 10:31 pm

    haadha inthizaaru kurevey eba vaahaka ah

Comments are closed.

Next Episodeނޫރު (ފަންސަވީސްވަނަ ބައި)←


All Right Reserved!