Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކައިއާ …..9

riya Level 3100 Comments10 Stories
January 16, 2018 3 Mins Read
8 Comments

މެންދުރުފަހު ތިނެއް ޖެހިއިރު އޮފީސް ނިންމާފަ ޔާނިސް ގެއަށް ދިޔައީ ޝަހުދުއާއެކު ކާރުގައެވެ. ކާރުގައި އިންއިރުވެސް ކައިއާގެ ހިޔާލުތަކުން ޔާނިސް ވަނީ ވަށާލައިފައެވެ. ކޮފީއަށް ދިޔުމަށް އެއްބަސްވިއެއް ކަމަކު ޔާނިސްއަށް އެކަން އެގޮތަށް ހިނގާފާނެ ކަމަކަށް އެއްވެސް ޔަގީން ކަމެއް ނެތެވެ. އެއީ އޭނާގެ ކުށް ކަމުގައި އަބަދުވެސް ދިޔައީ ގަބޫލުކުރެވެމުންނެވެ. ކުރެވުނު އެންމެ ބެޓެއްގެ ސަބަބުން އޭނާގެ ދިރިއުޅުމަށް އެފަދަ ބަދަލެއް އަތުވެދާނެ ކަމަށް އެއްފަހަރުވެސް ވިސްނާލެވިފައިވެސް ނެތުމާއެކުގައެވެ.

ކޮމްޕިއުޓަރ ކައިރީގައި ކަންބޮޑުވެފައި ކައިއާ އިނެވެ. ވިސްނާވެސް ނުލައި އެއްބަސްވެވުނު ކަމަކުން އޭނާއަށް އަމިއްލަ ނަފުސު އޭނާގެ ބާރުގެ ދަށުން ވީއްލިގެން ހިނގައިދާނެތީ ހާސްވަނީއެވެ. ފަސްއަހަރު އެއީ ދުލުން ބުނެލަން ކިތަންމެ ގިނަ ދުވަހަށް ވިޔަސް، އިއްޔެވީ ކަމެއްހެން ހިތި އެހެނަސް އުފާވެރި ހަނދާތަން ކައިއާ ވަށައިގެން ބުރުޖަހަމުން ދަނީއެވެ. ކިތަންމެ ވަރަކަށްވެސް އެހަނދާންތަކާއި ދުރަށް ދިއުމަށް އޭނާއަށް މަސައްކަތް ކުރެވިއްޖެއެވެ. ނަމަވެސް އެއީ ހަމަ ފޫނެއް ފަޔަކަށް ފުރުނު ފެނަންވެގެން ދަނީއެވެ.

ސްޓޫޑިއޯ ބަންދު ކުރާ ގަޑި ޖެހުނު އިރުވެސް އެދުވަހު އެޑިޓް ކުރަންހުރި ފޮޓޯތައް ވެސް ކައިއާއަށް ނުނިންމުނެވެ. ކައިއާ އެ ވަޒީފާއަށް ނިކުތީއްސުރެ މިއަދާ ހަމައަށް އެއްވެސް ކަމެއް ނުނިންމައި ގެއަކަށް ނުދެއެވެ. އެންމެން ދާހާއިރުކޮއްލާފައި ނަވާލް އޭނަގެ ކެބިންއިން ނުކުތީ އޭނަގެ ސްޓޫޑިއޯ ބަންދު ކުރުމަށްފަހު ގެއަށް ދިއުމަށެވެ. ނަމަވެސް ހައިރާންކަން ލިބުނީ ކައިއާ އޭރުވެސް ޖެހި ބުދެއްހެން ކޮމްޕިއުޓަރ ސްކުރީނާއި ދިމާއަށް ބަލަހައްޓައިގެން އިނުމުންނެވެ.

މިއަދު ގެއަށް ނުދަނީތަ، ތިމަސައްކަތް މާދަން އައިސް ކޮއްލަން ބަހައްޓާ ދެން” ދާއިންއަށް މަންހާގެ މޭޒުމަތީ ހުރި ލިޔުންތައް ފެނި ބުނެލިއެވެ. އެއާއެކު ސިހިފައި އަވަހަށް ކޮމްޕިއުޓަރ ސްކުރީން ނިއްވާލިއެވެ.

“ރަނގަޅުވާނެ، މިކަންތައް ކޮއްލާފަ ދާނީ، އެހެންނޫނީ މާދަމާއަށް ވަރަށް އުނދަގޫވާނެ، އަޅުގަނޑު ދަމުން މިބައި ތަޅުލާނަން” ކައިއާ ހިނިތުންވާން މަސައްކަތްކުރަމުން ބުނެލިއެވެ.

“މައްސަލައެއްނެތް………… ކައިއާ އަށް ފެންނަގޮތެއް” ނަވާލް ހިނިތުންވެލަމުން ނުކުންނަން ހިނގައިގަތެވެ.

 

ކައިއާ އަށް އަވަހަށް މަސައްކަތްތައް ނިންމާލެވުންއިރު މުނީރާ ހައެއްކަ ފަހަރަށް އޭނާ ލަސްވެގެން ގުޅައިފިއެވެ. އެއީ އަބަދުވެސް އޭނާ ލަސްވެއްޖެނަމަ މުނީރާގެ އާދައެވެ. އެކަމާ ގުޅިގެން އެއްޗެކޭ ބުނެވޭ ކޮންމެ ފަހަރަކު މައިންނަށް ދުވަހަކުވެސް ދަރިން ބޮޑެއް ނުވާނޭ ބުނެ ހަމަޖައްސާލައެވެ.

މަސައްކަތް ނިންމާފައި ގެއަށް ދިޔައިރު ކައިއާގެ މުޅި ދުވަސް ހަރާބުވެފައިވެއެވެ. ޔާނިސް ދެކެ ރުޅި އަންނަވަރަކަށް އެދެލޮލަށް ކަރުނަ ޖަމާވާން ފަށައެވެ. އެހެން ނަމަވެސް އެންމެ ކަރުނަ ތިއްކެއްވެސް އެލޮލުން ބޭރުވިޔަނުދީ ހިފަހައްޓަން ކައިއާ މަސައްކަތްކުރިއެވެ. ކައިއާގެ ސިކުނޑީގެ ނާރުތައް ފިތެމުންދާފަދަ އިޙްސާސްތައް ކުރެވެމުންދިޔައެވެ. ދެން ދުވަހަކުވެސް އެސްޓޫޑިއޯއަށް ނުދާން އޭނާގެ ހިތަށްއެރިއެވެ. އަމިއްލައަށް ސިޓީ ލައިގެން ވަޒީފާއިން ކެނޑެން ގަސްދުކުރިއެވެ. ކޮންމެ ދުވަހަކު ކޮންމެވެސް ބަހަނާއެއް ދައްކާފައި ޔާނިސް އޭނާއާއި ބައްދަލުކުރަން އަންނާނެކަން އޭނާއަށް ޔަގީންވެއެވެ. އެހެން ކޮންމެ ދުވަހަކު ޔާނިސް ފެންނަށް ވެއްޖެނަމަ އޭނާ ހަމަނުޖެހޭ މީހަކަށް ވެދާނެއެވެ.

ވަޒީފާއިން ވަކިވުމަށް ސިޓީ ހިފައިގެން ނަވާލުއާއި ހަވާލުކުރަން ކައިއާ ދިޔައީ ޖެހިގެން އައި ދުވަހުއެވެ. ނަމަވެސް ކައިއާއަށް ސިޓީ ހަވާލު ނުކުރެވިގެން އުޅެނިކޮށް ނަވާލް ބުނަން ބޭނުންވާ ހުރިހާ ވާހަކައެއް ބުނުމަށްފަހު ނިކުމެގެން ހިނގައްޖެއެވެ. ވައިއެން ކޮންޕެނީގެ ހުރިހާ އިސްތިހާރުތައް ހެދުމަށް ކޮންޓްރެކްޓް ހަދާ ސޮއިކުރިފަހުން އަދި ދެމަހެއް ނުވާނެއެވެ. ވައިއެން ކޮންޕެނީގެ ފަރާތުން ފޮޓޯތައް ނެގުމަށާއި މޫވީ ކްލިޕްތައް ނެގުމަށް ރިކްއެސްޓް ކުރި ފަރާތަކީ ކައިއާއެވެ. އެފަދަ ބޮޑު ޕްރޮޖެކްޓެއް ކުރިމަތީގައި އޮށްވައި ނަވާލް އޭނާ ވަޒީފާއިން ވަކިކުރާނެ ކަމަށް ހީކުރުން އެއީ އޭނާއަށް ކުރެވުނު ކިހާ ބޮޑު މޮޔަކަމެއް ހެއްޔެވެ. އަމިއްލަ ނަފުސަށް ކުދި ކިޔަމުން ކައިއާ އޭނާގެ މަސައްކަތަށް އެނބުރިއްޖެއެވެ.

ޔާނިސް އޭނާގެ ރޭވުމާއި އެއްގޮތަށް އިސްތިހާރުތައް ހެދުމަށް ސެޓަޕްތައް ހަދަމުންދިޔައެވެ. ނަވާލްއަށް ގުޅާލުމަށްފަހު ގަޑި ފައިނަލް ކުރުމަށްފަހު ޔާނާއަށްވެސް އެގަޑިއަށް އައުމަށް އެންގިއެވެ. ފޮޓޯ ޝޫޓް ކުރިއަށް ދިޔައީ ވަރަށް އަމާންކަމާއެކުގައެވެ. އެކަން ނިމުމާއެކީ ކައިއާ އާއި އެކުގައި އައިސްތިބި މުވައްޒަފުން އެމީހުން ގެނައި ތަކެތި ހިފައިގެން ހިނގައްޖެއެވެ. ޔާނާވެސް ވަރުބަލިވެފައި ހުރުމުން ގެއަށް ދިޔުމުން ޔާނިސް އާއި ކައިއާ އެކަނިވެއްޖެއެވެ.

ކައިއާގެ ދަބަހުން ނެގި ދެދަޅު ކޮފީއިން އެއްދަޅު ކޮފީ ޔާނިސްއަށް އެއްލަމުން އޭނާގެ ސީޑީ ދިނުމަށް އެދުނެވެ.

“މިމީހުން ކޮފީއަށް ޕްރޮމިސްކުރާ ގޮތްތަ؟” ޔާނިސް ބޭނުން ގޮތަށް ކަންތައް ނުވުމުން ހިތްހަމަނުޖެހިގެންހުރެ ބުނެލިއެވެ. ދެމީހުން ތިބީ އެކަނިކަން އެނގުނު ހިނދު ބުނެދޭން ނޭނގޭ ގޮތްތަކެއް ޔާނިސް އަށް ވެގެންދިޔަ އެވެ،

“އަހަރެންގެ އެއްޗެއް އަހަރެންނަށް ނުދީ މިތާގައި މަޑުކުރުވުމުގެ ބޭނުމަކީ ކޮބައިތަ؟”  ކައިއާ ހިތްހަމަ ނުޖެހޭގޮތް ދައްކާލަމުން ބުނެލި އެވެ. ހަގީގަތުގައި އޭނައަށް ވެސް އޭނަގެ އަމިއްލަ އިހްސާސްތައް ކޮންޓްރޯލެއް ނުކުރެވެ އެވެ. މުޅި އުމުރުގައި ލޯބިވެވުނީ އެންމެ މީހަކުދެކެއެވެ. ނަމަވެސް އޭނަގެ ހިތް ރަހުމެއްނެތި ކުދިކުދި ކޮށްލީވެސް އޭނާ އެވެ.

“ސީޑީ ދިނަސް ނުދިނަސް އަހަރެން މިދަނީ ދާން” ޔާނިސްގެ ބެލުންތަކުން އޭނަ ވިރިގެން ހިނގައިދާނެހެން ހީވުމާއިއެކު ކައިއާ ދިޔައީ ދޮރާ ދިމާއަށެވެ. ނަމަވެސް އެދޮރު ހުޅުވޭގޮތެއް ނުވިއެވެ.

“ހަމަ މިހާރު މިދޮރު ހުޅުވާ، އެހެންނޫނީ މިގުޅަނީ ޕޮލިހަށް” ކައިއާ އައި ރުޅިން ހަޅޭއްލަވައި ގަތެވެ.

“އޯ ޝިޓް..” އެދޮރު ތާށި ވާކަމަށް އެތަން އިމާރާތްކުރަން އެޅޭމީހުން ނުހަނު ރަނގަޅަށް ޔާނިސްއަށް އޮތީ ކިޔައިދީފައެވެ. ނަމަވެސް ޔާނާއަށް ނޭނގި ދަމުން ދޮރު ލައްޕާފައި ދިޔުމުން ކައިއާއަށް އެއީ އޭނާ ކުރިކަމެއް ނޫންކަން ޔަގީންކޮށްދޭނެ ގޮތެއް ނުވިސްނުމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

riya

Level 3100 Comments10 Stories

Other Articles

Previous

ހިތާ ފުރާނައިން… (10)

Next

ހަމްސަފަރް 5

Next
January 16, 2018

ހަމްސަފަރް 5

Previews
January 16, 2018

ހިތާ ފުރާނައިން… (10)

8 Comments!

  1. aish_@ says:
    January 16, 2018 at 4:40 am

    yaay.mee first..?vr reethi mi prt vs..wh next one r?

    1. riya says:
      January 16, 2018 at 9:08 pm

      ވާހަކަ ލިޔެވުނުހާ އަވަހަކަށް ގެނެސް ދެމުން ގެންދާނަން… ޝުކުރިއްޔާ ތިހާ ޝައުގުވެރިކަމާއެކު ވާޙަކަ ކިޔަމުންދާތީ

  2. Lai says:
    January 16, 2018 at 7:51 am

    V reethi next part avahaa up kohladheebala dear

    1. riya says:
      January 16, 2018 at 9:10 pm

      ވަރަށް އަވަހަށް ވާހަކަ ގެނެސް ދިނުމަށް މަސައްކަތް ކުރާނަން. ޝުކުރިއްޔާ

  3. Pinky shifoo says:
    January 16, 2018 at 9:49 am

    Hello riya ??.. This is my first comment for this story ?… Reyga adhi mi story ge kuryge part thah mi kiyaalany.. Hurihaa parteh vx varah varah reethi ???.. Mi part vx nice.. Hope kuran mifaharu medhukedumehnethi mi vaahaka ehkoh up kohdheyne kamah??.. Keep it up.. Waiting for next part ??

    1. riya says:
      January 16, 2018 at 9:12 pm

      ޝުކުރިއްޔާ ޝިފޫ، ވާހަކަ މެދު ކަނޑާނުލައި ނިންމާލުމަށް މަސައްކަތް ކުރަމުން މިދަނީ

  4. layal says:
    January 17, 2018 at 12:36 pm

    vvvv rythi …… kobatha next part avahan upkonbala……….

  5. Pinky says:
    February 4, 2018 at 12:16 am

    Mivaahaka mi hisabah hama ehen page akunves kyn
    .. efahun mihathanah vaahaka uploadeh nukure.. enekka ehen page akun kanneyge dhen fennaany mi vaahaka.. ehen nahadha.. kiuntheringe feelings thakahves respect kuranjeheyne dho..

Comments are closed.

Next Episodeކައިއާ…..10←


All Right Reserved!