Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ކުރިން އެނގުނުނަމަ………………….(ދެވަނަ ބައި)

riya Level 2100 Comments10 Stories
January 16, 2018 3 Mins Read
17 Comments

ހަވީރުގެ ވަގުތެވެ. ޒީކް މަސައްކަތް ކުރަމުންދިޔައީ ބަގީޗާގައިވާ ގަސްތަކަށް ފެންޖެހުމަށެވެ. މަޑުމަޑުން ލަވައެއްކިޔަމުން ގަސްތަކަށް ފެންދެމުން ދިޔައިރު ދުނިޔެމަތީގެ އެއްވެސް ފިކުރެއް ހިޔާލެއް ޒީކްގެ ނެތެވެ. އަމިއްލަ ދުނިޔެއަކަށް ގެއްލިހުރެ އަމިއްލަ ކަންތައްތަކާ ދޭތެރޭ ވިސްނަމުން ދިޔައެވެ. ކުއްލިޔަކަށް ޒީކް ސިއްސައިގެން ދިޔައީ ޒީކްގެ ކޮނޑުގައި މީހަކު ކޮއްޓާލުމުންނެވެ. ސިއްސައިގެން ދިޔަލެއް ބޮޑު ކަމުން ޖަހަމުންދިޔަ ފެން ހޮޅިއާއެކީ އަނެއް ފަރާތައް އެނބުރެވުނެވެ. އެއާއެކު ‘އޯ. ނޯ’ މީހަކު ބުނެލިއަޑު އިވުނެވެ. ޒީކްއަށް ރަނގަޅަށް ހޭވެރިކަން ވެގެން ބަލާލެވުނުއިރު ކުރިމަތީގައި ހުރީ އިޔާން ސަރ އެވެ. އޭރު ރަނގަޅަށް ވެސް އިޔާން ވަނީ ތެމި ފޯވެފައެވެ. އިޔާންގެ އިސްތަށިގަނޑުން މޫނަށް ފެންތިކިތަޅަމުން ދިޔަ ހިތްގައިމު މަންޒަރަށް ޒީކް އަށް ބަލަހައްޓައިގެން ހުރެވުނެވެ. އަދި ރަނގަޅަށް އިޔާންގެ މޫނަށް ނަޒަރު ހިންގައިލިއެވެ.

 

އިޔާންގެ އެ މެސްމެރިޒަމްގެ ބާރު އެކުލެވޭ މަޑު ނޫ ކުލައިގެ ކަޅި އެކުލެވިފައިވާ ލޮލާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ ކޮންފަދަ ޖާދޫއެއްގައި ޖެހިގެން ކަމެއް ނޭގެއެވެ.  ހުދުކުލައިގެ ޓީޝާޓަކާއި އައިސްބުލޫ ޖީންސުގައި ހުރިއިރު އޭނާގެ އެ ދޮން ހަށިގަނޑާ ވަރަށް ގުޅެއެވެ. ތެމިފައިވާ ހުދުކުލައިގެ ޓީސާޓުގެ ތެރެއިން އިޔާންގެ ކަސްރަތީ ހަށިގަނޑު ފެންނައިރު ހީވަނީ ހޮލީވުޑްގެ މޮޑެލްއެއް ހެނެވެ. އަޔާންއަށް ވެސް ކަޅިޖަހައި ނުލައި ޒީކްގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އަލަށް އެއްޗެއް ފެނުމުން ބަލާފަދަ ގޮތަކަށް ޒީކްއަށް ބަލަމުންދިޔައެވެ.

 

ދެމީހުންވެސް ސިއްސައިގެން ދިޔައީ އަލްޔަން އިޔާންއަށް ގޮވަމުން އަންނަ އަޑަށެވެ. އިޔާން ތެމިފޯވެފައިވާތަން ފެނުމުން އަލްޔަން އިންތިހާއަށް ރުޅިއައެވެ. ޒީކްއާއި ދިމާލަށް ބަލާލިގޮތުން ހީވީ އަންދާ އަޅިއަށް ހަދާލަފާނެހެވެ. އެރުޅިވެރި ނަޒަރުން ސަލާމަތްވުމަށް ޒީކް އިސްޖަހާލިއެވެ. އަދި ދިޔުމަށް ހިނގައިގަތެވެ. “އަމިއްލަ މަގާމު ހަނދާން ނައްތާނުލާތި” އަލްޔަންގެ މިއިންޒާރާއެކު އިޔާން ގޮވައިގެން އެތެރެއަށް ހިގައްޖެއެވެ.

 

އަލްޔަން އިޔާން ގޮވައިގެން ގޮސްވަނީ އޭނާގެ ކޮޓަރިއަށެވެ. ކޮޓަރީގެ އެއްފަރާތެއްގައި ބަހައްޓާލާފައިވާ ބިއްލޫރި ކުޑަ މޭޒުމަތީގައި އިން މާޓުކުރިއަށް ޖަހާލާފައިހުރި މާތަކުން ދޮވަމުންދާ ލުއިލުއި މީރުވަހަކުން މުޅި ކޮޓަރި ވަނީ އެއް ވަސްވެފައެވެ. ބިއްލޫރި ދޮރުފަތްލީ އަލަމާރި ހުޅުވާލުމަށްފަހު ތުވާއްޔެއް ނަގާ އިޔާންއަށް އެއްލިއެވެ. އަދި ކަންނެތްގޮތަކަށް ހިނގާލާފައިގޮސް ކިންގު ސައިޒް ބެޑްގައި އިށީނދެ ފާރުގައި ހަރުކޮށްފައިވާ ސާޅީސް ދެ އިންޗީގެ ފްލެޓް ސްކްރީން ޓީވީ ހުޅުވާލިއެވެ.

“އިޔާން ޗޭންޖުކުރަން ބޭނުންތަ؟ އެތާ އަލަމާރީގަ ހުންނާނެ އަހަރެންގެ އެއްޗެހި” އިޔާން ވާހަކަ ދެއްކީ ޓީވީން އަންނަމުންދިޔަ ލަވަ ބަލަމުންނެވެ.

“ނޫނޭ ރަނގަޅު ވާނެ.. ދެން ދާނީ ގެއަށް ވިއްޔަ” ތުވާލި ގެންގޮސް ހަރުގައި އަޅުވަލުމަށްފަހު އިޔާން އައިސް އެނދުކައިރިއަށް މަޑުކޮށްލިއެވެ. އެވަގުތު މިސައިބާ އައިސް ކޮޓަރިއަށް ވަދެއްޖެއެވެ.

“މޮމް ކިތައްފަހަރު އަހަރެން ބުނާނީ ނޮކްނުކޮށް އަހަރެންގެ ކޮޓަރިއަށް ނުވަންނާށޭ” އަލްޔަން އެހެން ބުނެލީ ހިތްހަމަނުޖެހިފައެވެ.

“ސޮރީ ދޫނީ .. މަންމަ ހަނދާންނެތުނީއޭ” މިސައިބާ އައިސް އަލްޔަންގެ ބޮލުގައި ފިރުމާލިއެވެ.

“އިޔާން ދަރިފުޅު ކިހެނެއްތަ” މިސައިބާ އަހާލިއެވެ.

“ރަނގަޅު މަންމާ! ކޮބާ އާލިންބެ؟ އަދި މިފަހަރު އައި ފަހަކުން ދިމައެއްނުވޭ” އިޔާން އައިސް މިސައިބާގެ ގައިގައި ބައްދާލިއެވެ.

“އިޔާން ދައްތަމެން ފުރީމަ މިގެއަށް ބަދަލުވާންވާނެ. އެކަނި ހުންނަން ވަރަށް ފޫހިވާނެއެއްނު. އަނެއްކާ އަލްޔަންވެސް ގޭގަ މަޑުވަނީކީ ނޫން. މަންމަ އެކަނި ގޭގަ ފޫހިވެފަ ހުންނަން ޖެހެނީ. އިޔާން އައީމަ އަލްޔަންވެސް ފޫހިފިލާނެ ދޯ ދަރިފުޅާ” އަލްޔަންވެސް އޭނަގެ މަންމަގެ ވާހަކައާ އެއްބަސްވިއެވެ. އިޔާންއަށް އެހެން ގޮތެއް ނެތުމުން ދައްތަމެން ފުރުމުން އެގޭގައި އުޅެން އަންނާނެ ކަމަށްބުނެ ފޯނެއް އައުމުން ދިޔައީއެވެ.

 

އިޔާންގެ ބައްޕަ ޝާހިދު އާއި އާލިން ދިމާވީ އައްޑުއަށް ވިޔަފާރީގެ ކަމަކު ގޮސް އުޅެނިކޮށެވެ. ބަޔަކު އާލިންގެ ގައިގައި ތަޅާގަނެ މަގުމައްޗަށް އެއްލާލާފައި އޮއްވައެވެ. އާލިންގެ ހޭވެރިކަމެއް އެވަގުތު ނެތުމުގެ ސަބަބުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް އަވަހަށް ގެންދިޔައީއެވެ. މާބޮޑަށް އާލިން ޒަހަމް ނުވިކަމުގައިވިޔަސް ގިނަ އަދަދެއްގެ ލޭ އައުމުގެ ސަބަބުން ލޭ އަޅަންޖެހުނެވެ. ޝާހިދުގެ ލޭގެ ގުރޫޕާ އާލިންގެ ލޭގެ ގްރޫޕް ދިމާވުމުން ލޭ ހޯދުމުގައި އިތުރު ދަތިތަކެއް ކުރިމައްޗެއް ނުވެއެވެ. އެދަތުރަށްފަހު އެދެމީހުން ވެފައިވަނީ ވަރަށް ގާތް ދެރަހްމަތްތެރިންނަށެވެ.

 

އެ ހާދިސާއަށްފަހު އެދެމީހުންނަކީ ވަރަށް ގާތް ދެރަހްމަތްތެރިންނެވެ. އެއީ ދެމީހުންގެވެސް ޒުވާން ދުވަސްވަރު ކަމުން ދިރިއުޅުމުގެ ކަންތައްތައް ހިއްސާ ކޮށްލާނެ އިތުބާރުކުރެވޭ ރައްޓެއްސެއް ލިބުންވެގެން ދިޔައީ އެދެމީހުންނަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލަކަށެވެ. ޝާހިދުއަކީވެސް ފޯރާ މީހަކަށް ވުމާއެކު ރަށުގައި ކުޑަވަރެއްގެ ފިހާރައެއް ހިންގައިގެން އެއިން ލިބޭ އާމަދަނީއަކުން އެމީހުން ދިރިއުޅެމުން ދިޔައީ އުފާވެރި ހަމަޖެހޭ ފުދުންތެރި ދިރިއުޅުމެކެވެ. ޝާހިދުގެ ފުރަތަމަ ދަރިފުޅު ލިބުނުއިރު އާލިންވެސް ފުރައިގެން ނުދާތީ އޭނަގެ ފަރާތުން މާލީ އެހީތެރިކަން ޝާހިދުއަށް ލިބުނެވެ. ފުރަތަމަ ދަރިފުޅު އުފަންކުރުމާއެކު ޝާހިދުގެ އަންހެނުން ނިޔާވީ ލޭމަނާނުވެ ގިނައަދަދަށް ލޭފޭބުމުގެ ސަބަބުންނެވެ. ބަރުދާސްތުކުރަން އުނދަގޫ ފުން ހިތާމައެއް ކުރިމަތިވި ހިނދު އާލިން އޭނާއާއި އެކުގައި ހުރުން ވެގެން ދިޔައީ ވަރަށް ބޮޑު ހިތްވަރަކަށެވެ.

 

ޝާހިދު ދެވަނަ ކައިވެންޏެއް ނުކުރި ކަމުގައި ވިޔަސް އިޔާންގެ ކަންތައްތައް ބަރާބަރަށް ކޮށްދެމުން ދިޔައެވެ. އަދި އޭލެވެލް ނިންމުމަށްފަހުވެސް އިޔާން ކިޔަވަން ބޭނުންވިއެވެ. ނަމަވެސް ޝާހިދުއަށް ރާއްޖޭން ބޭރުގައި ބަހައްޓައިގެން އިޔާންއަށް ކިޔަވައިދޭން ބޭނުންވިޔަސް އޭނާގެ ވިޔަވާރި ދަށަށް ގޮސްފައިވުމާއެކު މާލީގޮތުން އެ ފޯރުންތެރިކަމެއްނެތެވެ. ޝާހިދުގެ އެދުމުގެ މަތިން އިޔާންއަށް އިތުރަށް ކިޔެވޭނެ ގޮތްހަމަޖައްސައިދިނެވެ. މެލޭޝިއާއަށް އަލްޔަން އާއި އިޔާން ކިޔަވަން ފޮނުވީ އެކީގައެވެ. އަޔާން އާއި ދޭތެރޭ ކަންތައްތައް ކޮށްދެމުން ދިޔައީ އަމިއްލަ ދަރިއެކޭ އެއްފަދައިންނެވެ. ވަކި ތަފާތެއް ނުކުރެއެވެ. މިސައިބާވެސް މެލޭޝިއާއަށް ފޮނުވާލީ އިޔާންގެ ފަރާތުން އަލްޔަންގެ އުޅުމަށް ބަދަލުތަކެއް އަންނަ ކަން އެނގުމުންނެވެ. ހަތަރު އަހަރުދުވަހު އެކީގައި އުޅުމުގެ ސަބަބުން އިޔާން އާއި އަލްޔަން ވަނީ ވަރަށް ގާތް ރަހްމަތްތެރިންނަށް ވެފައެވެ. އަލްޔަން އަށް ވުރެ އެއްއަހަރު އިޔާން ދޮށީވުމުން އަލްޔަން އަކީ ކޮއްކޮއެއް ކަމުގައި އަބަދުވެސް ދެކެއެވެ. މަންމައެއް ލޮއެއްބާއި އޯގާތެރިކަން އިހްސާސްކުރެވިފައި ނުވާ އިޔާންއަށް މިސައިބާގެ ފަރާތުން ފެންނަމުންދިޔައީ މައިވަންތަކަމުގެ ކުލުނެވެ. ދަރިފުޅާއޭ ގޮވާލާ ކޮންމެ ފަހަރު އުފަލުން އެހިތް ފުރެއެވެ. އަދި އިޔާންވެސް މަންމައޭ ގޮވާލެވޭ ކޮންމެ ފަހަރަކު އެފަދަ ރަނގަޅު ބައެއްގެ ތެރެއަށް އާދެވުމުން ޝުކުރުވެރިވެއެވެ. އިޔާންގެ ބައްޕަ ހާޓްއެޓޭކެއްގައި ނިޔާވީ އިޔާން ޑިގްރީއަށް ކިޔަވަމުން ދިޔަ ފަހުއަހަރުއެވެ. ބައްޕަ ފަރާތު ބޮޑުދައިތައެއް ފިޔަވައި ގާތްތިމާގެ މީހަކުވެސް ނެތޭ ހިތައް އަރާ ކޮންމެ ފަހަރު އެރީތި ދެލޮލުން ކަރުނަ އާދެއެވެ. މިސައިބާ އާއި އާލިންގެ މަސައްކަތުން އިޔާން ހަމައަކަށް އެޅުނު ނަމަވެސް އޭނާގެ މިޒާޖައް ވަރަށް ބޮޑެތި ބަދަލުތަކެއް އައެވެ. އަބަދުވެސް މަޖާވެލާފައި ހުންނަ އިޔާންގެ ހިނިތުންވުން ގެއްލުނެވެ. އަދި ކުރިއަށްވުރެ ބޮޑަށް ކިޔެވުމާއިގެން މަސައްކަތްފެށިއެވެ. އެހެން ކަމުން މާސްޓަރ ޑިގްރީ ނިންމާލީ އެ ޔުނިވަރސިޓީން ތިންވަނަ ހޯދައިގެންނެވެ.

Share Article

Follow Me Written By

riya

Level 2100 Comments10 Stories

Other Articles

Previous

ކުރިން އެނގުނުނަމަ (އެއްވަނަ ބައި)

Next

މާޒީ – ދެވަނަ ބައި

Next
January 16, 2018

މާޒީ – ދެވަނަ ބައި

Previews
January 16, 2018

ކުރިން އެނގުނުނަމަ (އެއްވަނަ ބައި)

17 Comments!

  1. mankko says:
    January 16, 2018 at 4:22 pm

    Varah salhi knn irakun next part dear???

    1. riya says:
      January 16, 2018 at 9:16 pm

      Thank u so much, next part maadhama genes dheynan

  2. Lily says:
    January 16, 2018 at 4:37 pm

    Nice…knirakun dhnn inn part up khdhaeynii

    1. riya says:
      January 16, 2018 at 9:16 pm

      Thank u so much, next part maadhama genes dheynan

  3. Noora says:
    January 16, 2018 at 5:06 pm

    Keevetha evvana yah nudhiyaee

    1. riya says:
      January 16, 2018 at 9:17 pm

      Dhen faharakun try kohlaany dhw

  4. Anaa says:
    January 16, 2018 at 7:13 pm

    V reethi next part thankoleh avahaa up kohladheebala dear

    1. riya says:
      January 16, 2018 at 9:18 pm

      Thank u so much, next part maadhama genes dheynan

  5. Pinky shifoo says:
    January 16, 2018 at 7:46 pm

    Alhey mi part varah varah varah reethi ❤️❤️??.. I loved it❤️.. Next part avahah genesdhehchey riya ??

  6. Xaaaan says:
    January 16, 2018 at 7:56 pm

    Masha alhah v reethi

    1. riya says:
      January 16, 2018 at 9:18 pm

      Thank u so much

  7. Firoo says:
    January 16, 2018 at 8:02 pm

    Rythi story akah vaane henn hyvanyy ☺ keep it up riya❤

    1. riya says:
      January 16, 2018 at 9:21 pm

      Thank u so much, hinga balamaa dhw vaahakaiga vaa gotheh, reethi vaahakaeh kamah ninmaany thiya kiyuntherin

  8. Xxxx says:
    January 16, 2018 at 10:53 pm

    Wooooowww ?.. vaahaka nimendhen genesdhehchey.. waiting

  9. Kai says:
    January 16, 2018 at 11:08 pm

    Eba huri kamudhaa
    ! kahalagothe keep it up

  10. Afy says:
    January 17, 2018 at 7:56 am

    Kurin vs mi site ga genes dhen feshi vaahaka eh tha mee

  11. Lily says:
    January 17, 2018 at 4:25 pm

    Alheyyy….kobaatha dhnn inn part….em waiiitttinggg??????

Comments are closed.


All Right Reserved!