Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މާޒީ – ދެވަނަ ބައި

maahil Level 110 Stories
January 16, 2018 2 Mins Read
4 Comments

ރިޔާޝާއެކު ހާމް ލެމަންއިން ނުކުތީ ކޮފީއެއް ބުއިމަށްފަހު އަނެއްކާވެސް ދުއްވާލާށެވެ. ދުއްވާފައި ދިޔަގޮތައް ދިޔައީ ބަނދަރަށްށެވެ. “ޔާރައްބީ!!” ހާމް ދެލޯ ހުޅުވާލާފައި ބުނެފިއެވެ. “ކިހިނެއް ވީ؟ ކޯއްޗެއް ފެނުނީ؟” ރިޔާޝް ހާސް ކަމާއެކު އެހިއެވެ. “ދޮންތަބެ ރަނގަޅު. ނުބުނެލާވީޔާ މިވަރަށް ބިޓުން އޮތް ވާހަކަ.” ހާމް ބުންޏެވެ. “މީދެން ބުނަން ޖެހޭވަރު ކަމެއްތަ؟” ރިޔާޝް ބުންޏެވެ. ބަނދަރުން ރަށުގެ ބޮޑުމަގަށް ފޭބިއިރު ބޮޑުމަގުން ހިނގާފައި އެހެރަ އަންނަނީ ހާމްގެ އިންތިޒާރެވެ. ގިނަދުވަސްތަކެއްގެ އިންތިޒާރެވެ. “އެއީ އެއްކަލަ މަންޖެ” ހާމް އަށް ބޭއިހްތިޔާރުގައި ރިޔާޝްގާތު ބުނެވުނެވެ.  “އައިން!؟ ކީކޭ؟” ރިޔާޝް ސައިކަލު ބުރަކި ޖެއްސުމަށް ފަހު ވަރަށް ހައިރާންކަމާއެކު ބުންޏެވެ.

 

“އޭ ސޮރީ. ހިނގާދޯ ގެއަށް ” ހާމް ބުންޏެވެ. “ހާދަ އަވަހަކަށް ގެއަށް. ހިނގާ ދޮންތަމެން ކައިރިއަށް. އެތާ ތި މީހެއްގެ ވާހަކަ ދައްކާނީ.” ރިޔާޝް ސިޒްމާމެން ތިބި ތަނަށް ދާން ބުންޏެވެ. ރިޔާޝް ޖީބުންފޯނު ނެގުމަށް ފަހު ސިޒްމާއަށް ގުޅިއެވެ. “ދޮންތަމެން ތިބީ ތުނޑީގަ. ހިނގާދާން.”ރިޔާޝް ބުންޏެވެ. ހާމްމެން ނައްޓާލި ވަގުތު އޭނާ ހުރަސް ކޮށް އެދިޔައީ ހިތުގައިވީ ކުރެހުމެވެ. ސާދަ ފަނަރައިގެ ހަނދެއްފަދަ ރީތި ދޮންކަމެއް އޭނާގެ ހަންގަނޑުގައި ވެއެވެ. ހުދުމުތްތަކެއްފަދަ ހުދު ފުރިހަމަ ހިނިތުންވުމެކެވެ. ރަތް އާފަލެއްފަދަ ރީތި ތުންފަތެވެ. އެންދެރިއަށްވުރެ ކަޅު އަދި ވިދުންގަދަ ފަންދިގު އިސްތަށިގަނޑެކެވެ. އޭނާ ހުރަސް ކަނޑާލާފައި ދިޔައިރު ދިޔައީ ހިނިތުންވެލާފައެވެ.

 

“އެހެރަ އައީ ދެމަފިރިން.” ސިޒްމާއަށް ހާމްއާއި ރިޔާޝް އައިތަން ފެނުމުން ބުންޏެވެ. “ކިކޭ ސިޒޫ؟” އީމާ ހެމުން ބުންޏެވެ. “އީމާ ކީކޭ ބުނާނީ. ދޮނާ އާ ރިޔާ މާ ގުޅިގެން އުޅޭތީ މަ ޖެއްސުމަށް ކިޔާއެއްޗެއް އެއީ. ދެމީހުން އެއީ ބެސްޓު ފުރެންޑުންނޯ. އެހެންވެ ކުޑަކޮށް ޖޭވޭ. ހަހަހަ” ސިޒްމާ ހެމުން ބުންޏެވެ. “ސިޒޫ ޖޭ ވިޔަސް ބެސްޓީ ވާނީ ބެސްޓީއަށް” އީމާ ޖެއްސުމަށް ބުންޏެވެ. “އާން ޖޭވާ ކުދިން ޖޭވެފަ ތިބެދާނެއްނުދޯ ހާމް” ރިޔާޝް ބުންޏެވެ. ހާމްގެ ޖަވާބެއް ނައުމުން ފަހަތް ބެލި އިރު އޭނާ ސައިކަލުމަތީ ފުން ވިސްނުމެއްގައި އިންތަން ފެނުނެވެ. “އަނެއްކާ ދެޅިޔަނުން ދެމެދުގަ މައްސަލައެއް ޖެހުނީތަ؟” ސިޒްމާ މަޖާ ކުރަމުން ބުންޏެވެ. “ނޫން. އެސޮރުގެ ހިތުގެ ވިންދު ފެނުނީ.”ރިޔާޝް ބުންޏެވެ. “ކީކޭ؟ ދޮނާއަށް ކިހިނެއް ހެދީ. ކިހިނެއް ހަދައިގެން ތި ގެނައި؟” ސިޒްމާ ހާސްކަމާއެކު ރިޔާޝްގެ ގަމީހުގައި ހިފައިފައި ބުންޏެވެ. “ސިޒޫ ހަމަޖެހިބަ. އޭނަ ހަމަ އޯކޭއޭ. އެސޮރުގެ ލަވް ފެނުނީ. ލޯބިވާ ކުއްޖާ. އީމާ ތަ ކޮއްކޮ ވަރަށް ނަސީބުގަދައިނގޭ.” ރިޔާޝް ބުންޏެވެ. “އަނެއްކާ ރީނާތަ؟” އީމާ ބުންޏެވެ.  “އާން. ރީނާ. އެމަންޖެ ފަހަތުން ހަތަރުފަސް މަސް ވަންދެން އުޅުނުކަމަށް ވޭ. އެމަންޖެ އަށް ފާރަލައިގެން އުޅެނިކޮށޯ ކޮންމެ ދުވަހަކު ފިލަނީ.” ރިޔާޝް ބުންޏެވެ. “ރީ ކޮންތާކަށް؟” ދާނިޝް ގޮވާލައިފައި އެހިއެވެ. “ބަނދަރުމައްޗަށް ދޮންތަމެން ކޮބައިތޯ ބަލައިލަން.” ރީނާ ޖަވާބުގައި ބުންޏެވެ. “އީމާމެން ވެއްޖެ ތުނޑިކޮޅުގަ. މަ މިދަނީ އެތަނަށް ދާން ސިޒޫ ގުޅާފަ އަންނައްޗޭ ބުނީމަ. ނުދާނަންތަ؟” ދާނިޝް ބުންޏެވެ. ” އެހެންތަ. އާން އޯކޭ. ނޫންދާނަން.” ރީނާ ބުންޏެވެ. ދާނިޝާއި ރީނާ ތުނޑީކޮޅަށް ދާން ހިނގައިގަތެވެ. “އެޔޮއް އައީ ދާނުވެސް. އަނހަ ރީނާވެސް ގޮވާގެންދޯ އެއަންނަނީ. ” އީމާއަށް ދާނިޝާއި ރީނާއަންނަތަން ފެނުމުން ބުންޏެވެ.

 

ރީނާއާއި ހާމް އަލުން ބައްދަލުވެއްޖެއެވެ. މިފަހަރު މިބައްދަލުވެވުނު އިރު ހާމްގެ ހިތް ވިންދުޖަހާ އަޑު ހުދު އޭނާއަށް އިވެމުންދިޔައެވެ. ފުރަތަމަ ނަޒަރުން ހިތްދެވިއްޖެއެވެ. ނަމަވެސް ރީނާގެ ހިތުގައިވަނީ ކޮން ސުވާލުތަކެއްތޯ އަދި އޭނާ ހާމްއާ ދޭތެރޭގައި ކުރަމުންދާ އިހްސާސްތަކަކީ ކޮބައިކަމާމެދު ވިސްނިފައި ހާމް ހާސްވެއްޖެއެވެ. “މީ ރީނާ.”ރީނާ ލަސްނުކޮށް ރަހުމަތްތެރިކަމުގެ އަތް ދިއްކުރިއެވެ. “މީ ހާމް. ދައްތަ ދައްކަމެއްނު ދޮނާއެއްގެވާހަކަދޯ. މީ އެދޮނާ.” ސިޒްމާ ބުންޏެވެ. “ހިނގާބަ ރައިޑަކަށް ރީނާގޮވައިގެން. ތީ މިހާރު ރީގެ ފުރެންޑެއްދޯ. އިންޓްރޯ އެއްދޭން ހިނގާ ރައިޑަކަށް.” ރީނާ ބުންޏެވެ. “ސައިކުގަ އިންނާނެ ކީ. ދޭ ދުއްވާލަން. ނިމިގެން އާދޭ ގެއަށް. އަހަރުމެން މިނައްޓާލަނީ ގެއަށްދާން.”ރިޔާޝް ބުންޏެވެ.

 

ހާމް ސައިކަލު ސްޓާޓް ކުރުމުން ރީނާ ހާމްގެ ފަހަތަށް އަރައިފި އެވެ. “މީހުން ނެތް ސަޅި ތަނަކަށް މިރަށުގައި މިގަޑީ އޮންނާނީ ކޮންތަނެއް. “ހާމް ސައިކަލު ދުއްވަން އިނދެފައި ބުންޏެވެ. “ބަނދަރުމަގު ކޮޅު.” ރީނާވަރަށް ލަދުރަކިކޮށް އިނދެ ޖަވާބު ދިނެވެ. ބަނދަރުމަތިން ދުއްވާފައި ދިޔައިރު ރަށު ގިނަބަޔަކަށް މިދެކުދިން ފެނުނެވެ. ބަނދަރުމަގު ކޮޅުގައި ސައިކަލު ޕާކު ކޮށްފިއެވެ. “އެހެރީ ޖޯލި. އެތަނަށް ހިނގާ” ހާމްއަށް ޖޯލިތައް ފެނުމުން އެތާ ތިބުމަށް ބުންޏެވެ. “އޯކޭ.”ރީނާ ބުންޏެވެ.

“މީ ހާމް. ތީ އަހަރެންގެ ހިތް އަތުލައިގަނެގެން އުޅޭ ރާނީ. އަހަރެންގެ މީހެއްގޮތުގައި ރީނާ ހަދަން ވަރަށް ބޭނުން.” ހާމް ހިތާހިތުން ބުނެލިއެވެ.

 

ތިންވަނަބަޔައް އިންތިޒާރުކޮށްލައްވާ..

ނޯޓް : މިވާހަކައިގެ ދެވަނަބައި އެހައިލަހުން އަޕް ކުރެވުނީތީ ވަރަށް ބޮޑަށް މާފަށް އެދެން.

Share Article

Follow Me Written By

maahil

Level 110 Stories

Hi Im Maahil

Other Articles

Previous

ކުރިން އެނގުނުނަމަ………………….(ދެވަނަ ބައި)

Next

ޙަޔާތުގެ ސޮފުޙާ

Next
January 16, 2018

ޙަޔާތުގެ ސޮފުޙާ

Previews
January 16, 2018

ކުރިން އެނގުނުނަމަ………………….(ދެވަނަ ބައި)

4 Comments!

  1. Angle says:
    January 16, 2018 at 6:24 pm

    V reethi ekamaku haadha Gina dhuvasthakeh kohlaafa up thi kohly unmeedhu kuran dhen regular koh up kohla dheyne kamah

    1. maahil says:
      January 18, 2018 at 10:55 am

      ވަރަށް ޝުކުރު އޭންޖަލްއަށް
      ގެ ބަދަލުވުމުގައި ވަރަށް ބިޒީ ކޮށް އުޅުމުން އަޕް ނުކުރެވުނީ

  2. Pinky shifoo says:
    January 16, 2018 at 7:52 pm

    Nice.. Plxx thankolheh avahah up kohladhehchey

    1. maahil says:
      January 18, 2018 at 10:57 am

      އާދެ ލައްބަ!!

Comments are closed.



All Right Reserved!