އާދިލާ ގޭގެ ބަދިގޭގައި އުޅެނިކޮއް ސިހުން ގެނުވީ އޭނާއަށް ގޮވާލިއަންހެން ކުއްޖާގެ އަޑުންނެވެ. އޭނާ އެދިމާލަށް ބަލާލަމުން ހިނިތުންވީ ހުރިހަ ދަތްތައް ފެންނަ ވަރަށެވެ. އެ ވަގުތަކީ ޖަޒިލް ވެސް ވަދެގެން އައި ވަގުތެވެ. އެހެންނަމަވެސް އޭނާ އެ ދިމާލަށް ބަލާލާކަށް ގަސްތެއްނުކުރިއެވެ. އެހެން ނަމަވެސް އެ ކުއްޖާއަށް ޖަޒިލް ފެނި ހިނިތުންވެވުނެވެ. އެ އަންހެންކުއްޖާ ގެ ތުންފަތް މަތީގައި ވަނީ ސިއްރުވެރި މާނަފުން ހިނިތުންވުމެކެވެ. *** އާރާ އެތެރެއަށް ވަނުމާއެކު އޭނާގެ ލޮލުގައި ފުރަތަމަ ވެސް […]
“އަޝްވާ ބައްޕައަށް މާފުކުރޭ… އަޝްވާ ވިސްނާލިޔަސް އެގޭނެ ކާއިން ނޫން އެހެން އެތައް ބައިވަރު ކުދިން އަޝްވާއަށް ލިބިދާނެ ކަން.. ކާއިން މަތިން ހަނދާން ނައްތާލާފަ އަދި ކުޑަ ހިތްވަރެއް ކޮށްލާ” އަސްރާރު އަޝްވާއަށް ބަލާލަމުން ބުނެލިއެވެ. “ބައްޕާ ، ތިޔަ ފަދަ ވާހަކަ ނުދައްކަވާ… ލޯތްބަކީ ތިޔަހާ ފަސޭހައިން ވެވޭނެ އެއްޗެއް ނޫން..ކާއިންއަށް ވުރެ އަޝްވާއަށް ކަމުދިޔައީ ޝަނުމް… ޝަނުމްގެ ސަމާލުކަން ހޯދުމަށްޓަކައި އަޝްވާ އުޅުނު ހާލު އެއްމެ ރަގަޅަށް އެގޭނެ އެކަކަށް ކާއިން ވާނެ. […]
“ޔެސް މައި ޑާލިންގ… އަހަރެން ކިހިނެތް ކާއިން އެކަނިކޮށްލާނީ؟ ” ލުއި ހިނިތުންވުމަކާއި އެކީ އަޝްވާ ބުނެލިއެވެ. އަދި ލިފުޓް ތެރެއަށް ވަދެ ކާއިންގެ ގައިގައި ވަރަށް ލޯބިން ބައްދައިގަތެވެ. ދުވަހަކު ވެސް ދޫނުކުރާނަމޭ ބުނާ ފަދައަކުންނެވެ. ކާއިންއަށް އެވަގުތު ލިބުނު އުފާވެރިކަން ގަލަމުން ލިޔެވޭހާ ބޮޑެވެ. ނުނިދާ އެތައް ރޭ އަޝްވާގެ ހިޔާލުގައި ހޭދަކުރީ އަޝްވާގެ ފަރާތުން މިކަހަލަ ޖުމްލައެއް އަޑުނީވެދާނެކަމަށް ބިރުންނެވެ. އެހެންނަމަވެސް އެތައް ރުއިމަކާއި އާދޭހަކަށް ފަހު އަޝްވާ އޭނާގެ ހިތް އުފަލުން […]
އަބަދާއި އަބަދު އިވެމުންދިޔަ ވަސީމާގެ ސަކުވާގެ އަޑުތަކުން ނުބައި ރައްޓެހިންތަކަކާއި އެކުވެ އަލޫކް ހަލާކް ވީއެވެ *************** ހަވީރު ހަތަރުގަޑި ބައި ނުވަނީސް ޔަލްވީ އެގެއައް އައެވެ. އޭރު ޝީންވެސް ހުރީ ތައްޔާރުވެލައިގެންނެވެ. އެބައަންނަންއަޔާގޮވައިގެން ” ޝީން އެހެން ބުނެ އަޔާޒްގެ ކޮޓަރިއާއި ދިމާލައް ހިނގައިގަތެވެ. ކޮޓަރީގެ ދޮރުމައްޗައް އަރަމުން އަޔާޒްއަށް ގޮވާލަމުން ޝީން ކޮޓަރީގެ ދޮރު ހުޅުވާލާފައިވަނެވެ ހަމައެކަނި ތުވާއްޔެއް އަދެގެން ހުރި އަޔާޒް ފެނުމުން ޝީން މޫނުމަތީ އަތް އަޅަމުން އަނެއް ފަރާތައް އެބުރިލެވުން […]
އާބިދާ ލިވްޔާ ލަސްވެގެން ގޮވައިލިއަޑަށް ސިހިފައި މިދަނީކަމަށްބުނެ އަތުން އިސްތަށިގަނޑު ރީތިކޮށްލަމުން މޫނުމަތީގައި ހިއްލައިފައިހުރި ދާތިކިތައް ލިވްޔާ ފުހެލިއެވެ. އަދި ހަމަޖެހިލަމުން އިންތަނުން ތެދުވެ ކޮޓަރިން ނުކުންނަން ހިނގަައިގަތީ އިތުރަށް އެކަމާމެދުގައި ނުވިސްނަން ނިންމައިގެންނެވެ. އެހެނަސް އޭނާއަށް އެކަން ކާމިޔާބުވާނެ ހެއްޔެވެ؟ ހިތްނޭދޭ އެޚިޔާލުތައް ހިތުންނެރެ އެއްލައިލެވޭނެހެއްޔެވެ؟ ހައްތަހައިވެސް ޖަވާބު ނޭނގޭ ސުވާލުތަކެވެ. ** ** ** ލެޕްޓޮޕްގެ ސްކްރީނަށް ބަލަހައްޓައިގެން ރާއިދްއިނީ ފާޑަކަށެވެ. ލިވްޔާ އޭނާ ފެންނަކޮންމެ ފަހަރަކު އެހައި ހާސްވަނީ ކީއްވެހެއްޔެވެ؟ އޭނާ އާާއި […]
5 ވަރަކަށް ރިންގަށްފަހު އެކޮޅުން ފޯނު ނެގުމުން އަފާފްގެ ހިތް ހުއްޓުމަކަށް އައެވެ. ޝަރަފްގެ އަޑު އިވޭނެ އިރަކަށް އޭނައަށް އިންތިޒާރު ކުރެވުނީ ދެލޯ މަރާލަމުންނެވެ. އެހެނަސް އެކޮޅުން، ޝަރަފް ނޫން އެހެން ފިރިހެނެއްގެ އަޑު އިވުމުން އަފާފްގެ ދެލޯ ހުޅުވި، އެ މޫނުމައްޗަށް ޙައިރާންކަން ވެރިވިއެވެ. “ހެލޯ؟ ޝަރަފް ހުރީ މި ވަގުތު ވަރަށް ބިޒީކޮށް. ފޯނު ނެގޭ ޙާލަތެއްގައެއްނޫން ހުރީ. ފްރީވީމަ ބުނެލާނަން ގުޅި ވާހަކަ.” އެކޮޅުން އެ ފޯނަށް ޖަވާބުދާރީވީ ނަބީހެވެ. […]
ފޯނުގެ އަތްގަނޑު އެއްލާލުމަށް ފަހު އަޝްވާ ކާއިންގެ ގައިގައި ޖަހަން އިސްއުފުލާލިއެވެ. “އައި ލަވް ޔޫ އަޝްވާ!” އަޝްވާ އިސްކުރި އަތުގައި ހިފައި އިތުރަށް ގަޔާއި ކައިރިކޮށްލަމުން ކާއިން ބުނެލިއެވެ. އަޝްވާއަށް ބުނާނެ އެއްޗެއް ކުރާނެ ކަމެއް ނޭނގުނެވެ. އެސްފިޔަ ޖަހާލުން ފިޔަވައި ދެން އިތުރަށް އެއްމެ ހަރަކާތެއް ވެސް ހަށިގަނޑުގެ ބޭރުން ނުފެނެވެ. އެހެންނަމަވެސް ކާއިން އެ ބުނި ހަތަރު ލަފުޒު އިވުމާއި އެކީ ހިތުގެ ވިންދު އަވަސްވެ ސިކުޑީގައި ބޮޑު ހައިޖާންގަނޑެއް އުފެދިއްޖެއެވެ. “އަޝްވާ، […]
އާދުވަހަކަށް އިރުއެރީ އާ އުއްމީދު ތަކަކާއެކުގައެވެ. ޒީކް ހުރީ ބޭބެގެ އިންތިޒާރުގައެވެ. ރުއާން ކައިރީގައި ދައްކަން ބޭނުންވާ އެތައް ބައިވަރު ވާހަކަތަކެއް އޭނާ އެބަހުއްޓެވެ. ޒީކް މެންނާއި އެކުގައި އުޅުމަށް އަބަދުގެ އަބަދަށް އެމީހުންގެ ކައިރިއަށް އަންނާށޭ ބުނަން ބޭނުންވެއެވެ. ނަމަވެސް ރުއާން އަންނާނެ ބާވައެވެ. ޒީކް އުނދޯލީގައި އިށީދެލައިގެން އިނެވެ. ހުދުކުލައިގެ ދޫ ޓީސާޓަކާއި ފައިތިލައާ ހަމައަށް އަންނަ ދޫ ހަރުވާޅުގައި ޒީކް ފެންނަނީ މައުސޫމް ގޮތަކަށެވެ. ދެފައި ހަލުވާލަ ހަލުވާލާއިން ޒީކް އިންއިރު […]
***** 29ވަނަ ބައިގެ ތެރެއިން ***** “ކޮފީއެއް ހަދާލަދީބަލަ.. އަހަރެން އެބަ ދަން..” ޔޫޝައު އަންނަ ވާހަކަ ބުނުމުން ނާޒް ހައިރާންވިއެވެ. އޭނާއަށް ޔޫޝައުއާ ދިމާ ބަލާލެވުނުއިރު ޔޫޝައުވެސް އިނީ އޭނާއާ ދިމާ ބަލަން ހިނިތުންވެލައިގެންނެވެ. އޭނާ ބަލާލުމާއެކު އެއްލޯ މަރާލިއެވެ. އޭނާއަށް ޤަބޫލުކުރަން ދަތިވި ނަމަވެސް ހުރިހާ ކަމެއް އެ ހިނގަނީ އޭނާ ހޭލާ ހުއްޓާ އޭނާގެ ލޮލު ކުރިމަތީގައެވެ. ވީއިރު ދެކޮޅު ހެދޭނެ ޖާގައެއް ނެތެވެ. ނާޒް ހިނިތުންވެލަމުން ތުއި ގޮތަކަށް ކޮފީ ހަދަން ދިއުމުން ޔޫޝައު […]