![](https://live.staticflickr.com/4367/37065657206_c3a8a1bc56_b.jpg)
5 ވަރަކަށް ރިންގަށްފަހު އެކޮޅުން ފޯނު ނެގުމުން އަފާފްގެ ހިތް ހުއްޓުމަކަށް އައެވެ. ޝަރަފްގެ އަޑު އިވޭނެ އިރަކަށް އޭނައަށް އިންތިޒާރު ކުރެވުނީ ދެލޯ މަރާލަމުންނެވެ. އެހެނަސް އެކޮޅުން، ޝަރަފް ނޫން އެހެން ފިރިހެނެއްގެ އަޑު އިވުމުން އަފާފްގެ ދެލޯ ހުޅުވި، އެ މޫނުމައްޗަށް ޙައިރާންކަން ވެރިވިއެވެ.
“ހެލޯ؟ ޝަރަފް ހުރީ މި ވަގުތު ވަރަށް ބިޒީކޮށް. ފޯނު ނެގޭ ޙާލަތެއްގައެއްނޫން ހުރީ. ފްރީވީމަ ބުނެލާނަން ގުޅި ވާހަކަ.” އެކޮޅުން އެ ފޯނަށް ޖަވާބުދާރީވީ ނަބީހެވެ. ނަބީހް ކޮންމެހެން ވެސް ހަދާފައި ޝަރަފްގެ ފޯނުން އަފާފްގެ ނަން ފެނުމުން އެ ފޯނަށް ޖަވާބުދިނީ އަފާފްގެ ހިތުގައި ޝަރަފަށްޓަކައި އޮންނަ އިތުބާރު ދެމެހެއްޓުމަށްޓަކައެވެ. އިހަކަށް ދުވަހު ޝަރަފާއި އޭނައާއި ދެމެދު ދެކެވުނު ވާހަކަތަކުގެ ތެރެއިން ހަނާގެ ނަން އައުމުން ނަބީހް ކަންބޮޑުވީ އެއީ ދޭތެރެ ޖައްސަން ކިހާ މޮޅު އަންހެނެއްކަން އެނގުންވުމުންނެވެ. ޝަރަފްވީތަން އަފާފަށް ވީހާވެސް އަވަހަކަށް ސާފުކޮށްދިނީ، ހަނާ އަފާފްގެ ސިކުނޑީއަށް ވައްދާފާނެ އެއްވެސް ޝައްކެއްގެ އަސަރު ފިލުވާލުމަށްޓަކައެވެ. އެހެނަސް އެކަން ނޭނގުނު އަފާފް ފޯނު ބޭއްވީ ނުރުހުންވެފައި ހުރެއެވެ. ފޯނުން ހިލޭ ފިރިހެނަކާއި ވާހަކަ ދެއްކުމަކީ އޭނަ ރުހޭ ކަމަކަށް ނުވާތީވެއެވެ. ނުވާއިރު ޝަރަފް އޭނަގެ ފޯނަށް ޖަވާބު ދާރީވުމަށް ފިރިހެނަކު ‘ބަހައްޓާފައި’ ހުރި ހުރުމުން ވެސްމެއެވެ. ޝަރަފަށް ގުޅަން މަސައްކަތް ކޮށް އޭނަ ހޯދަން އުޅުނު ހޯދުން ވެސް ނާކިޔާބުވުމުން އަފާފްގެ ހިތަށް އިތުރަށް އުދަނގޫވާ ގޮތްވިއެވެ. ޝަރަފަށް އަނެއްކާވެސް ގުޅަން ހިތަށްއެރިއެއްކަމަކު އޭނައަށް ގުޅާކަށް ނުކެރުނެވެ. އަނެއްކާވެސް ޝަރަފާއި ދިމާނުވެ އެހެން ފިރިހެނެއްގެ އަޑު އިވެންޖެހިދާނެ ކަމަށްޓަކައެވެ. ޝަރަފާއި ގުޅެންދެން އިންތިޒާރު ކުރުން ނޫންކަމެއް ނެތްކަން އެނގުންވުމުން އަފާފަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ.
އެދުވަސްވެގެން ދިޔައީ އަފާފަށް އުނދަގޫ ދުވަހަކަށެވެ. އެއީ ހަމައެކަނި ޝަރަފްގެ ޚަބަރެއް ނުލިބޭ ކަމަށްޓަކައެއްނޫނެވެ. އޭގެ މައްޗަށް އޭނަގެ މަންމަ އޭނަގެ ކަންފަތް ކައިރީގައި ހުރެގެން ދައްކަމުން ދިޔަ ވާހަކަތަކެއްގެ ސަބަބުންނެވެ. މަންމަ އެކި މީހުންނަށް ގުޅާފައިވެސް ޝަރަފްގެ ވާހަކަ ދައްކަން ފެށުމުން އަފާފް ރުޅިއައީ ވަކި ވަރަކަށް ނޫނެވެ. އެހެނަސް އޭނަ މަންމަގެ ކުރިމަތީގައި ރުޅި އިސްނުކުރުމަށްޓަކައި މަންމައާއި ވީހާ ވެސް ދުރުދުރުން އުޅެވޭތޯ ބެލިއެވެ. ކޮންމެއަކަސް އެ ނޭދެވޭ އަޑުތައް އަފާފަށް ހުއްޓުމެއްނެތި އިވެމުން ދިޔަދިޔަހެން އޭނަ ވަރުގަދަ ކޮށްގެން އުޅުނު ހިތްވެސް ބަލިކަށިވާން ފެށިއެވެ. އޭނައަށް އެކަނި ކޮޓަރީގައި އިނދެ ރޮވެން ފެށި ވަގުތު އޭނައަށް ޝަރަފްގެ ނަމުން ގޮވާލެވުނީ އެވަގުތު އޭނަ ޝަރަފަށް ބޭނުންވި މިންވަރުންނެވެ.
**
ހަވީރުގެ އެ ވަގުތުގައި ޝަރަފް ރިސޯޓުގައި ހެދިފައިހުރި މީޓިންގް އޭރިއާގައި ބަޔަކު މީހުންނާއެކީ ބައްދަލުކުރުމަށްފަހު އެމީހުންނާއި ސަލާމް ކުރާށެވެ. އޭނަގެ އިތުރުން އެތާނގައި ތިބީ ޒުވާން ފުރައިގެ ދެ ފިރިހެނުންނާއި ހަމަ އެ ޢުމުރުގެ އަންހެން ކުއްޖެކެވެ. ފިރިހެނުން ނުހަނު ރަސްމީކޮށް ބެގީ ޖަހައި ޓައި އަޅައިގެން ތިބިއިރު އަންހެން ކުއްޖާ ހުރީ ފެޝަން ގޮތަކަށް ކުރުކޮށް އެޅިފައިވި ޝޯލްއަކާއި ބާރު ކުރުތާއަކާއެކީ ޖިންސެއް ލައިގެންނެވެ.
އެ ތިން މީހުންގެ ތެރެއިން ޝަރަފް އެންމެ ގިނައިން ވާހަކަ ދައްކަމުން ދިޔަ ފަރާތަކަށްވީ ޠޮލާލެވެ. ޠޮލާލަކީ އޭނަ ދިން އަމިއްލަ ނަފްސުގެ ތަޢާރަފަށް ބަލާނަމަ ކާމިޔާބުވަމުން އަންނަ ރިސޯޓެއްގެ އެސިސްޓެންޓް މެނޭޖަރެވެ. އޭނައަށް ޝަރަފް ހުޅުވަން އުޅޭ ރިސޯޓުގެ ވާހަކަ އިވިގެން ދިޔައީ ރިސޯޓަށް ޒިޔާރަތް ކުރި ދިވެއްސެއްގެ ފަރާތުންނެވެ. އެއަށްފަހު އޭނައަށް ޝަރަފްގެ ޚިޔާލު ވަރަށް ކަމުދިޔަ ކަމަށް ޠޮލާލު ބުންޏެވެ. އަދި އޭނަ މީގެ ދެތިން ދުވަހެއްހާ ކުރިން ޝަރަފާއި ބައްދަލުކުރީ އޭނަ ޝަރަފް މަސައްކަތުގައި ބައިވެރިވާން ބޭނުންވާ ވާހަކަ ބުނުމަށެވެ. މިއަދު އެ ބައްދަލުވުން ނިމިގެން އެ ދިޔައީ ޠޮލާލު، ޝަރަފްގެ އެ ރިސޯޓުގެ މަސައްކަތުގައި ބައިވެރިވާކަމަށް ދެމީހުންވެސް ލިޔުމެއްގެ ޒަރިއްޔާއިން އެއްބަސްވަމުންނެވެ. ޝަރަފް އެ އެއްބަސްވުމާއި އެއްބަސްވީ ޠޮލާލުގެ ހުންނަ ހަރުދަނާ ޝަޚުޞިއްޔަތުގެ ސަބަބުން އޭނަ ކަމުދިޔަ މިންވަރުންނެވެ. އަދި ޠޮލާލު ފެނުނު މަދު ދުވަސްކޮޅުގެ ތެރޭގައި އޭނައަކީ ނަމާދުވެސް ކުރާ ފުދޭވަރަކަށް ދީނީ ޒުވާނެއްކަން އެނގުންވުމުން ޝަރަފް އޭނައާއި ގުޅުން ބަދަހި ކުރަން ބޭނުންވިއެވެ. އެއްބަސްވުމެއްގައި ސޮއިކޮށް ޝަރަފް އޭނައާއި ސަލާމްކޮށްލި ހިނދު އޭނައަށް ނޭނގުނު ކަމަކީ އޭނައަށް ސަލާމް މިކުރެވެނީ އޭނަގެ ހަލާކަށްޓަކައި ފޮނުވިފައިވި ބަޔަކާއިކަމެވެ. ޝަރަފަށް އެކަން ރޭކާއެއްވެސް ނުލައެވެ. އޭނަ ހިނިތުންވުމަކާއެކީ ޠޮލާލާއި ސަލާމް ކޮށް އޭނަގެ ދޮށީ ކޮއްކޮ ކަމަށްވާ ޠާއިފާއިވެސް ސަލާމް ކުރިއެވެ. ޠާއިފްގެ އަތުން ދޫކުރި ތަނާހެން ޠާއިފްގެ ކައިރީގައި ހުރި އަންހެން ކުއްޖާވެސް އޭނައާއި ދިމާލަށް ސަލާމަށް އަތް ދިއްކުރިއެވެ.
“ވަފާ.” އަންހެން ކުއްޖާ ހިނިތުންވުމަކާއެކީ ތަޢާރަފު ވެލިއެވެ. އެއާއެކު ޠޮލާލު، އެއީ އޭނަގެ އަންހެން ކޮއްކޮ ކަމަށް ބުންޏެވެ. ޝަރަފް އެއްފަހަރު އެއަތަށް އަނެއްފަހަރު ވަފާގެ މޫނަށް ބަލާފައި ހިނިތުންވެލަމުން ދުރު ބަލަން ފެށީ ސަލާމް ނުކުރުމަށެވެ. އެ ހިނދު ވަފާގެ މޫނުމަތިން ފެނިގެން ދިޔައީ ޙައިރާންކަމެކެވެ. އޭނަ ލަސްލަހުން އަތްތިރި ކޮށްލީ ވެސް ޝަރަފަށް ބަލަން ހުރެއެވެ. ޝަރަފް އޭނައަށް ބަލާލުމެއްވެސް، ދެން ތިބި ދެމީހުންނާއެކީ ހިނގައިގަތް ގޮތް ބަލަން ހުރި ވަފާގެ މޫނުމައްޗަށް ވެރިވީ، ނުލަފާކަމެއް އެކުލެވިފައިވި ލާނެތް ހިނިތުންވުމެކެވެ.
**
ޝަރަފް ޠޮލާލުމެންނާއި ވަކިވެގެން ދިޔައީ ހަވީރު 5 ޖަހަން ގާތްވެފައި ވަނިކޮށެވެ. އެމީހުން ސައިބުއިމަށްޓަކައި ކާރެއްގައި ރެސްޓޯރެންޓަކަށް ގެންގޮސް ޝަރަފް އެ ރެސްޓޯރެންޓުގެ ބޭރުގައި މަޑުކޮށްލީ ވެސް ވަފާގެ ކުރިމަތީގައި ނުހުރުމަށެވެ. އެ ކުއްޖާ އޭނައަށް ބަލަމުން ދިޔަ ނަޒަރުތަކުން އޭނަ ވަމުން ދިޔައީ ފޫއްސެވެ. ޝަރަފް ރެސްޓޯރެންޓުގެ ބޭރުގައި ހުރި ގޮނޑިއެއްގައި އިށީނީ ޠޮލާލުމެން ނިމުމުން އެމީހުންނަށް އޭނަ މަގު ދައްކަން ޖެހޭނެކަން އެނގުންވީތީވެއެވެ. އެމީހުން ނިމޭނެ އިރެއްގެ އިންތިޒާރުގައި އިނދެ ޝަރަފް އޭނަގެ ފޯނު ނެގި ތަނާހެން ނަބީހް ގުޅަން ފެށިއެވެ. ފޯނު ނަގައި ޝަރަފަށް އެއްޗެކޭ ނުބުނެވެނީސް ނަބީހް ވާހަކަ ދެއްކިއެވެ.
“ހެލޯ ޝަރަފް! އަހަރެން ހަނދާން ނެތުނީއޭ. މިއަދު މެންދުރު އަފާފް ޝަރަފަށް ގުޅި. ފޯނު ނުނެގީމަ ވެސް އިތުރު ޝައްކުތަކެއް އުފެދޭނެތީ އަހަރެން ބުނީ ޝަރަފް ހުރީ ވަރަށް ބިޒީކޮށޭ. އޭރުވެސް ޝަރަފް ހުރީ ޠޮލާލުމެންނާ އެކީގަ. އެހެންވެ އޭރު ނުބުނެވުނީ.” ނަބީހް ކިޔައިދިނެވެ. އޭނަ ދެއްކި ވާހަކަތަކުން ހިތް އަވަސްވެގެން ދިޔަ ޝަރަފް އަވަސްއަވަހަށް އާނއެކޭ ބުނެލަމުން ފޯނު ކަނޑާލިއެވެ. އެއަށްފަހު ކޯލް ލިސްޓަށް ގޮސް ވަގުތުން އަފާފަށް ގުޅާލިއެވެ.
**
އަފާފްގެ ފޯނު ރިންގުވާން ފެށީ އޭނަ އޭނަގެ އެނދުމަތީގައި ފިކުރު ބޮޑުވެފައި އޮތްވައެވެ. އޭރު މަންމަ ވާހަކަ ދައްކާ އަޑު ނުއިވުނަސް އެ އަޑު އަފާފްގެ ކަންފަތުގައި ހަރުލާފައިވި ފަދައެވެ. އެއާއެކު މިއަދު ހެނދުނު ހަނާ އޭނައަށް ދެއްކި ވީޑިޔޯއިން އިވުނު އަޑުތައް ވެސް އޭނަގެ ކަންފަތުގައި ގުގުމަމުން ދިޔަ ކަހަލަ އިޙްޞާޞެއް އަފާފަށް ކުރެވުނެވެ. ޝަރަފް އެހެން އަންހެނަކާއެކީ ހުންނަތަން ސިފަކުރެވޭ ކޮންމެ ފަހަރަކު އޭނަގެ ލޮލަށް ކަރުނަތައް ޖަމާވާން ފަށައެވެ. އެވަގުތު ވެސް އެފަދަ މަންޒަރުތައް ސިފަކުރެވެން ފެށުމުން ޝަރަފް އޭނައަށް ބޭވަފާތެރިވަނީތޯ އޭނަގެ ހިތަށްއަރަންފެށިއެވެ. ޝަރަފް އޭނަދެކެ ލޯބިނުވަނީ ހެއްޔެވެ؟ ނޫނީ އޭނައަށް ބިރު ހީވެފައި އޮތްހެން ޝަރަފް އޭނަގެ ނުކުޅެދުންތެރިކަމުގެ ސަބަބުން އޭނަ މަތިން ފޫހިވެ އެހެން އަންހެނެއްގެ ކައިރިއަށް ދިޔައީ ހެއްޔެވެ؟ އެހެނަސް އޭނަ ޝަރަފާއި އިނީ އެފަދަ ނިޔަތެއްގައެއްނޫނެވެ. އޭނަ ޝަރަފާއި އިނީ އޭނަހެން ޝަރަފް ވެސް މި ޒަވާޖީ ޙަޔާތް މުޅި ޢުމުރަށް ދެމިގެންދާން ބޭނުންވާނެކަމަށް ހީކޮށެވެ.
އަފާފް އޭނަގެ އަމިއްލަ ޚިޔާލުތަކެއްގައި އޮވެފައި ތެދުވެލީ ފޯނުގެ ރިންގުން އޭނައަށް އުނދަގޫވާން ފެށުމުންނެވެ. ރަނގަޅަށް އެނދުމަތީގައި އިށީނދެ އޭނަ ބާލީހުގެ ކައިރީގައި އޮތް އޭނަގެ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.
“ސަލާމް.” އަފާފް ކުރުގޮތަކަށް ޖަވާބުދިނެވެ.
“ވަޢަލައިކުމުއްސަލާމް ލޯބިވާ! އަހަރެން މިސްވީތަ؟” އާދައިގެ މަތިން ޝަރަފް ވާހަކަ ދެއްކީ ފުރިހަމަ ހިނިތުންވުމަކާއި އެކީގައެވެ. އޭނަގެ އަޑުއިވިފައި އާދައިގެ މަތިން އަފާފް އޭނަގެ ހުރިހާ ހާސްކަމެއްގެ މަތިން ހަނދާން ނެތިގެން ދިޔައެވެ. އޭނަގެ ހިތް އުފާވެރިކަމުން ފުރިގެން ދިޔައީ އޭނަގެ ޚިޔާލުތައް ޝަރަފާއެކީ ހޭދަކުރި އުފާވެރި ވަގުތުކޮޅުތަކުން ޒީނަތްތެރިވެގެން ދިޔުމުންނެވެ. އޭނަގެ ޙަޔާތަށް އަނދިރިކަން ވެރިވެފައިވީ ހިނދު، އޭނައަށް ހިތްވަރު ދީ އޭނަގެ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވޭވެނެ ވަރުގެ މީހަކަށް ހެދީވެސް ޝަރަފްކަން އެނގުންވީ ހިނދު އަފާފްގެ ލޮލުން ކަރުނައެއް ފައިބައިގެން އައެވެ. ޝަރަފާއި ވަކިވާން ޖެހިއްޖެނަމަ އޭނައަށް ލިބޭނީ ކިހާ ބޮޑު ދެރައެއްކަން އޭނައަށް އެނގުންވި ފަދައެވެ.
“ހެލޯ؟ ހެލޯ އަފޫ! އާރ ޔޫ ދެއާރ؟” ހިސާބެއްގެ ކަންބޮޑުވުމަކާއެކީ ޝަރަފަށް ސުވާލުކުރެވުނެވެ. އެ ސުވާލުތައް ކުރެވުނު އަފާފްގެ މޭގައި ޖަވާބު ދޭނެހާ ހިތްވަރެއް ނެތެވެ. އޭނަ އެއްޗެކޭ ނުބުނެ ވެސް ޝަރަފަށް އޭނަގެ ޙާލަތް އެނގި އޭނައަށް ޙަޤީޤަތް ހާމަ ކޮށްދޭނެނަމައޭ އޭނަގެ ހިތަށްއެރިއެވެ. އެއާއެކު އޭނަގެ އަނގައިން ލުއި ގިސްލުމެއްގެ އަޑު ނިކުތެވެ. އެ އަޑު އިވިގެން ދިޔަ ޝަރަފްގެ މެއަށް އެރި ލޮޅުމާއެކީ އެ މޭގައި ރިހުމެއް އުފެދުނެވެ. އަފާފަށް ގަދައަށް ގިސްލެވެން ފެށި އަޑު އިވެން ފެށުމުން އެ ރިހުން އޭނަގެ މެއަށް ފެތުރެން ފެށިއެވެ.
ނުނިމޭ
12 Comments!
Comments are closed.
Assalaam’alaikum. mibaives v kuruvaane. varah ulhunin mi baives dhigu kureveytho. ekamaku kuran jehey kanthah ginavegen gos hama nuvy. 3 dhuvahuge streak eh mi jessuny. hehe…mi bai kuruviyas dhen genesdheyny tuesday ga In Sha Allah. maa ginain ehaa kurukoh genesdhinyma shauquverikan gelleyne kan ves jana ah engey. adhi jana eba jehey fb post thah ves liyan, mi bai thakaa gulhey. so much to do, so little time. story of my life. *sigh* May Allah put barakah in our time and may He make us of those who make the best use of our time. Ameen!
(do make dua that you wake up for fajr if you are still awake at this hour In Sha Allah #Selfreminder)
Va’ alaikukumuh salaam varahumathul loahi vabayakaath
*********************************
In the name of Allah , the Beneficent ,the Merciful.
All praise is due to Allah, the Load of the worlds
(Faathihaa surathuge furathama dhe aayathu ge maana)
Masha alhah… Mibai ves vr rythi
Jana u r the best story writer. I like your stories…
ma sha allah..pls dhera gotheh nuhadhahchey and slm jana..:*
Maasha Allah mi part vx v v v reethi ???… Eagerly waiting for the next part ???…
Lord *
Oh name twin……. Ur stories are sooo nice nd adorable any one can get a good advice from it
FB Post (English)
=The Power of Isthikhaara=
The first time I heard about Isthikhaara was a couple of years ago. I still remember my very first reaction when I heard about the prayer. When I heard that its just a 2 rakaat prayer with a dua and it will actually make it easy for me to take the best decision. At that point, I was like, “really?”
Even when I was skeptical, it kind of sounded scary. How powerful can that prayer be, I thought. But never gave it a try, though I knew that I could pray even for the smallest of decisions. Perhaps it was because of the fear that this prayer was going to ‘take over’ my whole life.
Then there came a point where I was desperate to know what the right decision was. The desperation took over the fear and I finally prayed. Back then, I did not know the dua and I had to look it up from an app. I read the dua and its meaning. And Subhaanallah each and every single word of that dua pierced straight through my heart in that moment of desperation. As I sought the help of the Most Powerful. As I called out to the All-Knower of the unseen, while I didn’t know what the future held for me. As I admitted that I did not know and I was not able while He Knows and He is able. As I asked Him to make the best decision, easy for me to take. And to remove it from me if He swt Sees that its harmful for me.
I still remember some remarks written below the translation as an encouragement to pray isthikhaara.
“One who seeks guidance from his Creator, and consults his fellow believers, and then remains firm in his resolve, does not regret”
I doubted those words on the first day. But now I can tell you how true these words are. There is not a single decision that I have taken after praying isthikhaara that I regretted. If a decision was made easy for me, that decision helped me in my dunya and my deen. If I was taken away from a decision I wanted to take, I knew later how miserable I would have been if I had taken that decision. And through all of this, I learn over and over again, that undoubtedly Allah is the best of planners.
Want to have trust in Allah’s plans for you? Hold tight to isthikhaara!
May Allah make us of those who trust Him. Ameen!
FB Post (English)
It’s late at night, and you feel tired. You lie down in bed but can’t bring yourself to sleep. You keep replaying the things that happened within the day. Either at work or at school. Or just about how you spent time with your family. About how you just did not do your best or those extreme lows where you totally messed up. Or perhaps its not a mistake that you did and its consequences that is disturbing you. Perhaps it’s the bad days that you are going through. Perhaps its just that one thing that is bothering you, that’s keeping you even from feeling the comfort of your bed.
When you are in a situation like this, this is the ayah to remember.
فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
“So which of the favours of your Master, will you deny?” Surah Ar-Rahman, ayah 13
Now you might say that you are not ‘denying’ any favours. But تُكَذِّبَانِ doesn’t just mean denying. It means being oblivious to something. It means choosing to be blind to something. So every time we focus on the negatives of our lives, by ignoring all the good things that Allah has given us in this life, we are actually denying His favours. He has filled our lives with آلَاءِ, no matter what we are going through. آلَاءِ means blessings that are amazing and miraculous.
So the next time you have a hard time going to sleep, because of all the negative thoughts, remember, there are so many blessings in your life that you don’t even realize. That you can’t even innumerate. There will always be something in your life that you can look at and be amazed. There is always something miraculous that you can experience. Be it a dua or the peace that you get in your heart because of the remembrance of Allah. And there was so much more that could have gone wrong but Allah only put you in a situation that you could handle. That in itself, is a blessing!
May Allah make us of those who are grateful to Him. Ameen!
Assalaam’alaikum. dhivehi post thah In Sha Allah maadhamaa ge bayaai eky genesdheveyne vaahaka bunelan. hurihaa kiyuntherinves post thah kiyaalumaky v bodu edhumeh. 🙂 adhi faidhaa eh kuriyya ekuverinnaa aailaa aa hissa kurumaky ves v bodu edhumeh. Jazaakumullah Khairan! <3
PS. Jana v dhera ebavey comment thakah reply kuranves mihaaru vaguthu nudheveythy. ekamaku In Sha Allah maadhamaa ge bayah fahu regular koh comment thakah reply kureveytho balaanan 😀
#Jana mee jana ge hayaathuge vaahaka tha?
That’s not a problem…… Nd ur a very good girl…….. I love u a loot cox u give ppl soo much advice that its helping them through their whole life….. May Allah bless u always