Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތިޔަ އަސަރު 53

maroon Level 710 Stories100 Comments500 Comments100 Login1K Comments100 Stories
March 5, 2018 11 Mins Read
39 Comments

“ޔެސް މައި ޑާލިންގ… އަހަރެން ކިހިނެތް ކާއިން އެކަނިކޮށްލާނީ؟ ” ލުއި ހިނިތުންވުމަކާއި އެކީ އަޝްވާ ބުނެލިއެވެ. އަދި ލިފުޓް ތެރެއަށް ވަދެ ކާއިންގެ ގައިގައި ވަރަށް ލޯބިން ބައްދައިގަތެވެ. ދުވަހަކު ވެސް ދޫނުކުރާނަމޭ ބުނާ ފަދައަކުންނެވެ.

ކާއިންއަށް އެވަގުތު ލިބުނު އުފާވެރިކަން ގަލަމުން ލިޔެވޭހާ ބޮޑެވެ. ނުނިދާ އެތައް ރޭ އަޝްވާގެ ހިޔާލުގައި ހޭދަކުރީ އަޝްވާގެ ފަރާތުން މިކަހަލަ ޖުމްލައެއް އަޑުނީވެދާނެކަމަށް ބިރުންނެވެ. އެހެންނަމަވެސް އެތައް ރުއިމަކާއި އާދޭހަކަށް ފަހު އަޝްވާ އޭނާގެ ހިތް އުފަލުން ނަށާ ވަރު ކޮށްލަދީފިއެވެ.

ކާއިން އެއްމެ މިނެޓެއް ވެސް ލަހެއް ނުކުރެއެވެ. ލިފުޓުން ފައިބައި އަޝްވާގެ އަތުގައި ހިފައިގެން ގޮސް ސައިކަލަށް އެރިއެވެ. ކާއިން އަވަސް އަރުވާލާފައި އުޅުނު ގޮތުން އަޝްވާ ގާތަށް ހިނިއަންނަ ގޮތް ވިއެވެ. އެހެންނަމަވެސް އެޔަށް ވުރެ ބޮޑަށް ލަދުވެތިކަން ވަނީ އޭނާގެ މޫނު މަތި ހިޞާރުކޮށްފައެވެ. ލޯބިވުމަކީ ކޮބައިކަން އަޝްވާ ވަރަށް ރަނގަޅަށް ދަސްކޮށްފިއެވެ. ކާއިންގެ ފަރާތުން އެފެންނަމުން ދާ ހަރަކާތްތަކީ ލޯބި ނޫން އެހެން އިހުސާސެއް ނޫނެވެ.

“ކީއްވެ މަޑުކޮށްގެން ތިހިރީ؟” އަޝްވާ ސައިކަލަށް ނޭރުމުން ކާއިން އަޝްވާއަށް ބަލާލަމުން ބުނެލިއެވެ.

“މިހާ ބޮޑު ހެދުމެއް ލައިގެން އަހަރެން ސައިކަލަށް އަރާނީ ކިހިނެތް؟” ލުއި ހިނިތުންވުމަކާއި އެކީ އަޝްވާ ބުނެލިއެވެ.

“އޯ… ސޮރީ…މަޑުކުރޭ ޓެކްސީއެއް މި ހޯދަނީ” ކާއިންއަށް ވެގެން އުޅޭ ގޮތް ރޭކާލީ އަޝްވާ ބުނުމުންނެވެ. އެހެންކަމުން ސައިކަލުން ފައިބައި ޓެކްސީއެއް ހޯދުމައިގެން އުޅެގަތެވެ. ވަގުތަކީ ކައިވެނި ހަފުލާއަށް މީހުން އަންނަމުންދާ ވަގުތަކަށް ވުމުން ޓެކްސީއެއް ހޯދުން މާ ދަތި ކަމަކަށް ނުވިއެވެ.

ކާއިން ހޯދި ޓެކްސީއަށް އަރައި ޑްރައިވަރު ދާންވީ ތަން ބުނުމުން ކާއިން ބަލާލީ އަޝްވާއަށެވެ.

“މާކޯނިގެ” އަޝްވާ މާ ލަދުން އިންތަން ފެނި ކާއިން ހީލަމުން ބުނެލިއެވެ.

“އަހަރެން ހީކުރީ މި ފަހަރުވެސް އަހަރެން ގެންގޮސް ލާނީ ކާއިންގެ ކޮޓަރިއަށް ކަމަށް” ކާއިން ހީލުމުން އަޝްވާއަށް ވެސް ހެވުނެވެ.

ދެ މީހުން އެކުގައި ގޮސް މާކޯނި ގެޔަށް ދިޔައިރު ގޭގައި ނަދީމާ ފިޔަވައި އެއްވެސް މީހެއް ނެތެވެ.

“ދަރިފުޅާ… ކީއްކުރަން ގެޔަށް އައިސްގެން ތިއުޅެނީ.. ކަމެއް ވީތަ؟” އަޝްވާ މިތަނުން ފެނުމުން ނަދީމާ ދިޔައީ ސިހިގެންނެވެ.

“ނޫނޭ ދައްތާ! މިރޭ މީ އަޅުގަނޑުގެ ކައިވެނި އޮތް ރެއެއް ނޫން… ” ކާއިންއަށް ބަލާލަމުން އަޝްވާ ބުނެލިއެވެ.

“ދައްތަ ޕާޓީއަށް ނުދަންތަ؟” ކާއިން ހީކުރީ މިގޭގައި އެއްވެސް މީހެއް ނޫޅޭނެ ކަމަށެވެ.

“ދައްތަ މިއުޅެނީ ދާން…އެކަމަކު އަޝްވާ ނެތީސް ކޮން ޕާޓީއެއް އޮންނާނީ” ނަދީމާގެ ސިހުން އަދިވެސް ކެނޑޭވަރެއް ނޫނެވެ.

“އަޅުގަނޑު މިއުވާން އާއި ކައިވެނި ކުރަން ބޭނުން ނުވާ ވާހަކަ ބުނުމުން ބައްޕަ ބުނީ އެއްވެސް މައްސަލައެއް ނެތޭ” އަޝްވާ ވީ ގޮތް ކުރުކޮށް ނަދީމާއަށް ކިޔައިދިނެވެ.

އަޝްވާ ކާއިންގެ ހޮޓަލުން ނިކުމެގެން ދިޔައީ މިއުވާން އާއި ބައްދަލުކުރާށެވެ. މިއުވާންއަށް ކާއިންއާއި އޭނައާއި ބެހޭ ގޮތުން ކިޔައިދިނުމުން މިއުވާން އޭނާއަށް މިކަމުގައި ވަރަށް ބޮޑަށް އެހީތެރިވެދިނެވެ. އަދި އެމީހަކު ކައިވެނި ކުރަން ޖެހޭނީ އެމީހެއް އެއްމެ ހިތް އެދޭ މީހާއާއި ކަމަށް ބުންޏެވެ. އަޝްވާ ހާސްވެ ދެރަވެފައި ވުމުން މިއުވާން އަޝްވާގެ ހާސްކަން ކުޑަކުރުމަށް ވަރަށް ނަސޭހަތްތެރިވެ ދިނެވެ. ކާއިން މިއުވާން އާއި ޒުވާބުކުރަން އައި އިރުވެސް އަޝްވާ އެތާގައި ހުއްޓެވެ. މީހަކު ދޮރުގައި ޓަކި ދިނުމުން މިއުވާން އެއީ ކާއިން ކަމަށް ބުނުމުން އަޝްވާ އެކޮޓަރީގެ ތަބެއް ފަހަތަށް ވަދެ ފިލިއެވެ. ހުރިހާ ކަމެއް އަދި ބޭނުންވާ ގޮތަށް ނުގޮސްދާނެތީ ކާއިންއަށް އިތުރު ބޭކާރު އުއްމީދެއް ކުރަން ފުރުސަތު ނުދިނުމަށެވެ. އެޔަށް ފަހު އަޝްވާ ގެޔަށް ގޮސް ތައްޔާރު ވެގެން ކައިވެނި ކުރާ ތަނަށް ދިޔައެވެ. އެތަނަށް ގޮސް މިއުވާން އާއި ދެ މީހުން އަސްރާރު އާއި ބައްދަލުކޮށް މިކައިވެންޏަކީ ދެ މީހުންނަށް ވެސް ކުރެވޭ ވަރަށް ބޮޑު ކުށަކަށް ވެދާނެ ކަމަށް ބުންޏެވެ. އެއީ މިހާރު އަޝްވާ ލޯބިވާ ފަރާތެއް ހުރުމާއިކު އަޝްވާ އެކުއްޖާއާއި ކައިވެނި ނުކޮށް ދުރުވެއްޖެނަމަ ތިން މީހުންނަށް ވެސް އެކަމުން ދެރަ ލިބޭނެތީއެވެ. އަސްރާރު ވީ އަޝްވާ އުއްމީދުކުރި ގޮތަށް އޭނާގެ އިހުސާސްތައް ދަންނަ ބައްޕައަކަށެވެ. ވަގުތުން ކައިވެނި ކެންސަލްކުރިއެވެ. އަދި ހަފުލާއަށް މެހުމާނުން އަންނަން ފެށުމުން ވީ ގޮތް ހަގީގަތަށް ކިޔައިދިނީ އެއްވެސް ޖެހިލުމެއް ނެތިއެވެ. ލޯބިވާ ދަރިފުޅުގެ އުފަލަކީ އޭނާގެ ވެސް އެއްމެ ބޮޑު އުފާކަމުގައި ދެކޭތީއެވެ. އަދި އެ ދަރިފުޅުގެ ކޮންމެ އިހުސާސެއް ފަހުރުވެރިކަމާއި އެކީ ބަލައިގަންނަން ބޭނުން ވާތީއެވެ.

ކައިވެނި އޮތް ޓެރަހަށް ކާއިން ދިޔައިރު އޭނާއަށް ފެނުނު އަންހެން ކުއްޖާގެ ހެދުމަކީ މިއުވާންގެ ކޮއްކޮއެވެ. ދެ ކައިވެނި އެއްކޮށް ކުރެވޭ ވާހަކަ އަޝްވާ ކާއިން ކައިރީ ނުބުނާތީ ކާއިންއަށް އެހާ ވަރަށް ސިހުން ލިބިގެން ދިޔައީއެވެ.

ކާއިން އަޝްވާ ގޮވައިގެން ޓެރަހަށް ދިޔައެވެ. އޭރު މާމަލުގެ ހުވަދުން ހުވަނދު ލެވިގެން ޖެހޭ ވައިރޯޅިތަކުން މީހާގެ މޭ ފުރިގެން ބަންޑުން ވާނެކަން ޔަގީނެވެ. އަދި ހަނދުވަރުގެ ރިހި އަލި ކަނޑަށް އެޅިފައިވާ މަންޒަރުން ބަލާލި ކޮންމެ މީހެއްގެ މޫނު މައްޗަށް ހިނިތުންވުން ގެނެސްދޭނެ ކަން ޔަގީނެވެ. އެހެންނަމަވެސް ދެ ލޯބިވެރިންގެ ހިތާއި މޫނުމަތީގެ އުފަލަކީ އެއީ އެއް ނޫންކަން ކަށަވަރެވެ. ގުދުރަތީ މި ރީތި މަންޒަރު ފެންނަމުން ދިޔައިރު އެމަންޒަރަށް ބެލުމުގެ ބަދަލުގައި ދެ މީހުންގެ ނަޒަރުވެސް ވަނީ އެކަކު އަނެކަކާއި އަމާޒުވެފައެވެ.

ކާއިން ބަލަމުން ދިޔަ ގޮތުން އަޝްވާ ލަދުގަތެވެ. އެހެންނަމަވެސް ކާއިންގެ ލޮލުގައި އެވާ ޖާދޫގައި ޖެހި އެނޫން އެހެން ތަނެއް ނުބެލެއެވެ. ކާއިންގެ އިސްތަށިގަނޑު ވަނީ ހޭވިފައެވެ. ގަމީހުގައި ހުސް ރުލެވެ. ލޯ ވަނީ ރުއިރުއިމުން ދުޅަވެފައެވެ.

“އައި ލަވް ޔޫ އަޝްވާ” ކާއިން އަޝްވާއަށް ބަލަން ހުރެފައި ބުނެލިއެވެ.

“އަދިވެސް ގަބޫލުނުކުރަނީ ތަ؟” އަޝްވާ ޖަވާބެއް ނުދިނުމުން ކާއިން ކެތްތެރިކަމެއް ނެތި އަހާލިއެވެ.

“ގަބޫލުކުރަން… އިތުބާރު ކުރަން.. އަދި ލޯބިވެސް ވަން” ލޯބިވަމޭ ބުނެ އަޝްވާ އަނެއް ފަރާތަށް އެބުރިލީ ލަދުންނެވެ.

ކާއިން ގާތަށް ހިނިއައެވެ. އަޝްވާ އަކީ މީގެ ކުރިން އޭނާ ކުރިމަތީގައި ލަދުން އުޅުނު ކުއްޖެއް ނޫނެވެ. އެހެންނަމަވެސް މިރޭ ލަދުވެތިކަން އެމޫނު އެކަނިވެރިނުކޮށްލައެވެ.

“ލަދުގަތީ ތަ؟ ” އަޝްވާގެ ކޮނޑުގައި ފަހަތުން ހިފާލަމުން ކާއިން އަޝްވާގެ ކަންފަތް ބުޑުގައި  މަޑުމަޑުން ބުނެލިއެވެ.

“ނޫން!” ކާއިން ކައިރިވެލުމުން އަޝްވާގެ ހިތް އިސާހިތަކު އަވަސް ވެގެން ދިޔައެވެ. އެޔާއި އެކު އަޝްވާ ކާއިންއާއި ދުރަށް ދާން ކުރިއަށް ހިނގައިގަންނަން އުޅުނެވެ. އެކަމަކު އޭގެ ކުރިން ކާއިން އަޝްވާގެ ކުރި މައްޗަށް އަރައި މަގު ބަންދުކުރިއެވެ.

“ވަރަށް ދުވަހު ކެތްކޮށްފިން…މިރޭ ބޭނުން އަހަރެން ބޭނުންވާ ހުރިހާ ވާހަކައެއް އަޝްވާއަށް ކިޔައިދޭން” އެއް މިޔަކުން ހީލަމުން ކާއިން އެހެން ބުނެލުމުން އަޝްވާ އިސްޖަހާލިއެވެ. މިއީ ލޯބިވެވޭ ފުރަތަމަ ފަހަރަށް ނުވި ނަމަވެސް ލޯބީގެ ކޮންމެ އިހުސާސެއް އަޝްވާއަށް ކުރެވެމުން ދިޔައެވެ.

“ކުރިން ފަލައޭ ބުނެ ދިމާކުރިއަސް މިއަދު ބޭނުން ވަނީ އަޝްވާގެ ތި ރީތިކަމަށް ތައުރީފުކުރަން” ކާއިން އަޝްވާގެ އިސްއުފުލައި ދެމުން ބުނެލިއެވެ.

“އަޝްވާ ބުނިހެން އަހަރެން އެތައް އެތައް އަންހެން ކުދިން ފަހަތުން އުޅެފިން.. އެކަމަކު ތިހާ ރީތި ތިހާ ފަރި ކުއްޖެއް ނުދެކެން.. ހަށިގަނޑާއި އެއްވަރަށް ތި ނަފުސުގެ ރީތިކަން އެހާ ފުރިހަމަ.. އަޝްވާ ހީލާއިރު ކޮލުގައި ހުންނަ އަޑިކޮޅު ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތުގެ ވިންދު އަވަސްވެގެން ދޭ.. ތި ދެ ލޯ ފެނިފައި އަހަރެން ހިތަށް އަރާ ތި ޖާދޫގައި މުޅި އުމުރު ޖެހިގެން ހުންނަން ވެސް ފަރުވާލެއް ނެތޭ… އަޝްވާގެ ލޮލުން ކަރުނަ ތިއްކެއް ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތް އޭގެ ދެގުނަ އަށް ރޮއި ހަދާ.. މި ލޯބި ދެ އަތުން އަހަންނަށް ކައްކާފަ ކާންދޭ އިރު ހިތަށް އަރާ ދުވަހަކުވެސް ބަނޑުނުފުރޭނެ ނަމައޭ.. އެހާވެސް ބޮޑަށް އަހަރެން އަޝްވާ ދެކެ ލޯބިވަން.. އަޝްވާ ބުނީމެއްނު އަހަރެން އަޝްވާ މަތިން ހަނދާން ނެތިދާނޭ، އެކަމަކު މަގޭ ދޫންޏާ!، ތިހާ ޝައުގުން ފުރިގެންވާ ކުއްޖެއް މަތިން އަހަރެން ހަނދާން ނެތޭނީ ކިހިނެތް؟ ދެ މީހުން އެކުގައި ހޭދަކުރި ކޮންމެ ވަގުތު ކޮޅަކީ އަހަންނަށް ޖަވާހިރާއި ރަނަށް ވުރެ އަގުބޮޑު ވަގުތު ކޮޅެއް.. އަޝްވާ އަހަރެން ދޫކޮށްލާފައި ދިޔުމުން އަހަރެން ހިތަށް އެރި އެ ހަނދާންތައް އަލުން ތަކުރާރުވާނެ ނަމައޭ… ފަސް އެބުރި ދެވެން އޮތް ނަމަ އެ އުފާތައް ހޯދަން އަހަރެން އެބުރި ދިޔައީސްކަން ޔަގީން… އެކަމަކު މިއަދު އަޝްވާ ތިވީ އަހަރެންގެ އުއްމީދުގެ ހުޅުކޮޅު އަލުން ރޯކޮށްދިން ކުއްޖާއަށް.. އަހަރެންގެ މި ހިތުގެ ޒަހަމްތަކަކަށް ފަރުވާ ދޭން ތައްޔާރަށް ހުރި ކުއްޖާއަށް… ޝުކުރު އަދާކުރަންވީ ކޮން ގޮތަކުން އަދި ކޮން ހިސާބަކުން ކަމެއް އަހަންނަކަށް ނޭނގޭ!” އަޝްވާގެ ދެ ލޮލަށް ބަލަން ހުރެ ކާއިން އެބަސްތައް އިއްވާލި އިރު އޭނާގެ ދެ ލޮލުން ކަރުނަ ހިލާލިއެވެ. އެހެނަމަވެސް އެއީ ހިތާމާއިގެ ކަރުނެއް ނޫނެވެ. އުއްމީދުތަކުގައި ކުލަ ޖެހުމުން ހިތުގެ އިހުސާސްތަކާއި އެކު ހިލާލި ފޮނި ކަރުނައެވެ.

“ކާއިން ނުޖެހޭނެ އަހަންނަށް ޝުކުރު އަދާކުރަން.. އެޔަށް ވުރެ ބޮޑަށް ކާއިން އަހަންނަށް އެހީވެދީފި… އެހެން އެއްވެސް މީހެއް އަހަންނަށް ނުދޭހާ ހިތްވަރު ކާއިންގެ ފަރާތުން އަހަންނަށް ލިބުނު… ހިތް ކުދި ކުދިވެ ޒަހަމް ވުމުން ކާއިންގެ އޯގާތެރިކަމުން އެ ޒަހަމްތަކަށް ފަރުވާ ލިބިއްޖެ..ލޯބި ނުލިބޭނެ ކަމަށް އަހަރެން ހީކުރި ހީކުރުން ބަދަލުކުރީ ކާއިން.. މިރޭގެ އެއްމެ ފަހު ވަގުތާއި ހަމައަށް ވެސް އަހަންނަށް އަހަރެންގެ ހިތުގެ އިހުސާސެއް ދެނެގަންނަން ނޭނގުނު.. އެކަމަކު ކާއިން މިރޭ ދެއްކި ވާހަކަތަކުން އެއީ ލޯބިކަން އަހަންނަށް ޔަގީންކުރެވިއްޖެ..ހިތުގެ އަޑު އަހަން އަހަންނަށް މަޖުބޫރުވި.. އަލުން އިތުބާރު ކުރެވެން ފެށުނު.. ” އަޝްވާ ވެސް ވާހަކަ ދެއްކީ ކާއިންގެ ލޮލަށް ބަލަހައްޓައިގެން ހުރެއެވެ.

“މިރޭ މިއުވާންގެ ބަދަލުގައި އަހަރެން ހުރި ނަމަ…” އަޝްވާގެ އަތުގައި ބޮސްދެމުން ކާއިން ބުނެލިއެވެ.

“ތިހާ ފަސޭހައިން ކާއިންއަށް އަހަންނާއި ކައިވެނި ނުކުރެވޭނެ އޭ!” ދެ މީހުންގެ މެދުގައި އޮތް ސީރިއަސްކަން ކަނޑުވާލުމުގެ ގޮތުން އަޝްވާ ހެވިލާފައި ޖެއްސުމުގެ ރާގަކަށް ބުނެލިއެވެ.

“އެއީ ބައްޕަ މި ކައިވެންޏަށް ވަލީ ދިނަސް ދޮންބެގެ ރުހުން ނުލިބޭނެތީ” ކާއިން ލޯ ކުޑަކޮށްލައި ބަލައިލި ގޮތުން އަޝްވާ އަހާލިއެވެ.

“އޯ… ޝައިމް ދޯ” ކާއިން އިސްތަށިގަނޑު ހާވާލަމުން ބުނެލިއެވެ.

“އަޝްވާގެ ދޮންބެ ވީމަ އަޝްވާ ޖެހޭނެ ބުނަން.. އަހަރެން ހުންނާނަން ކައިރީ” ކާއިން ވެސް މަޖާވެލާފައި ބުނެލިއެވެ.

“ނޫން! ނޫން!” ކާއިންއަށް ބުނަން އުޅުނު އެއްޗެއް ފުރިހަމަ ނުވަނީސް އަޝްވާ ބުނެލިއެވެ.

“ދެން ޗެރީ! އަހަރެން ކިހިނެތް ތިކަން ކުރާނީ..އަޝްވާގެ ނަން އަހަރެންގެ ދުލުން އިވުނަސް ޝައިމް އަހަރެން ހުރި ތަނަށް މަރާލާނެ! ” ބިރުނުގަތަސް ކާއިން ޖެހިލުންވީ މީގެ ކުރިން ޝައިމް އޭނާއަށް ދިން އިންޒާރުގެ ބަސްތައް ހަނދާންވުމުންނެވެ.

“އުހުނ…. އެއީ ކާއިންގެ ބެސްޓްފުރެންޑް.. ބެސްޓްފުރެންޑުގެ ކޮއްކޮއާއި މެރީ ކުރަން ބޭނުމިއްޔާ އަމިއްލައަށް އެވާހަކަ ބުނަން ޖެހޭނީ… އެހެންނޫނަސް އަހަރެން މިހިރީ ކާއިން އެވާހަކަ ދޮންބެ ކައިރީ ބުނުމުން ދޮންބެއަށް ވާނެ ވަރު ބަލަން ކެތްމަދުވެފައި” އަޝްވާ ހީލަމުން ބުނެލިއެވެ.

“ޝައިމް ނޫނެކޭ ބުނެފިނަމަ އަހަރެން ހަދާނީ ކިހިނެތް؟” އަޝްވާ މަޖާވެލާފައި އުޅުނަސް ކާއިންއަށް އެކަންވީ ހާސްކުރުވާ ސަބަބަކަށެވެ. ޝައިމް އަކީ އޭނާގެ އެއްމެ ގާތް އެކުވެރިޔާއަށް ވެފައި ނޫނެކޭ ބުނެފިނަމަ އަޝްވާ އާއި ދުރުވާން ޖެހިދާނެ ހެއްޔެވެ؟ ނޫނީ އެއީ މައްސަލައަކަށް ނުހަދައި އަޝްވާއާއި އެކުގައި އުޅެފިނަމަ އޭނާއަށް އެގެއްލެނީ އަގު ނުކުރެވޭނެ ރަހުމަތްތެރިއެކެވެ.

“ތިހާ ހާސްވެގެން ނޫޅެބަލަ.. އެއީ އަހަރެންގެ ދޮންބެއޭ.. އަހަރެން ދެރަވާ ފަދަ އެއްވެސް ކަމެއް ދޮންބެ ނުކުރާނެކަން ޔަގީން… އެހެންނޫނަސް ދޮންބެއަށް ވެސް އެނގޭނެ ލޯބިވާ ކުއްޖާ ނުލިބިއްޖެނަމަ ހިތަށް ކުރާނެ އަސަރު.. އަހަންނަށް ޔަގީން ދޮންބެ އެއިން އެއްވެސް ކަމެއް އަހަންނާއި ކާއިންއަށް ވާން ނޭދޭނެކަން” ކާއިން ހާސްވުމުން އަޝްވާ ބުނެލިއެވެ.

ދެ ލޯބިވެރިން އެތައް އިރެއް ވަންދެން ވާހަކަ ދައްކަން ޓެރަސް މަތީގައި ތިއްބެވެ. މަޖާކަމެއް ހަނދާންވުމުން އެކީގައި އެވާހަކަ ހިއްސާކޮށް ހީ ސަމާސާކޮށް ހެދިއެވެ. އަދި ސީރިއަސްވާ ހާލަތުގައި އެކަކު އަނެކެއްގެ ވާހަކަ ކަނުލައި އަޑުއަހައި ލޯބިން ރައްދުދީ ހަދައެވެ. ބުރަހަމަ ހަނދު އެމީހުންގެ ވައުދުތަކާއި އަހުދުތަކަށް ހެކިވަމުން ދިޔައެވެ.


 

ޝަނުމް އާއި ރީމްއަށް ކައިވެނި ހަފުލާގައި ކުޑަ ވަގުތުކޮޅަކު މަޑުކޮށްލުމަށްފަހު ދިޔައީ ގެޔަށެވެ. ދެ މީހުންގެ ކައިވެނި ކުރެވުނުތާ އެތައް ދުވަހެއް ވީ ނަމަވެސް “ހަނީމޫން” ގެ ދުވަސްތައް ގުނަން މި ފެށީ އަދި ކިރިއާއެވެ.

“މިރޭ ވަރަށް ފުރިހަމަ” ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު ޝަނުމް ރީމް އަތުގައި ހިފައި ގަޔާއި ގާތަށް ގެންނަމުން ބުނެލިއެވެ.

“ދެން ޝަނުމް… ތިހާ ތައުރީފު ކުރާކަށް ނުވާނެ” ޝަނުމްގެ މޭގައި ބޯ އަޅާލަމުން ރީމް ބުނެލިއެވެ.

“އަހަރެން މީ ރީމްގެ ފިރިމީހާ…އަހަރެން ނުކުރި ތައުރީފެއް ކުރާނީ ކާކު” ރީމްގެ ގައިގައި އަތް ވަށާލަމުން ޝަނުމް ބުނެލިއެވެ.

“މީހެއް ހުރެދާނެ ދޯ ހަމަ” ޝަނުމްއަށް ޖެއްސުން ކުރުމުގެ ގޮތުން ރީމް މަޖާވެލާފައި ބުނެލިއެވެ.

“ތިހެން ނުބުނޭ.. މިހެން ހުއްޓަސް އަހަރެން މީ ވަރަށް ޖެލަސްވާ މީހެއް.. އެހެން ނޫނަސް ރީމްއަށް އެއްވެސް މީހެއްގެ އެސްފީނާ ޖެހެން އަހަރެން ބޭނުމެއް ނޫން…” ރީމްގެ ނިތްކުރީގައި ބޮސް ދިނުމަށްފަހު ޝަނުމް ބުނެލިއެވެ.

“ޝަނުމް…” ރީމް އުޅުނީ ވަރަށް ސީރިއަސް ވާހަކައެއް ބުނާށެވެ. އެހެންނަމަވެސް އޭގެ ކުރިން ޝަނުމް ރީމްގެ ތުންފަތުގައި އިގިލި ޖައްސައި ދެ ކޮޅަށް ބޯ ހޫރުވާލިއެވެ. ޝަނުމްއަށް ރީމް ދައްކަން އުޅުނު ވާހަކަ އެނގުނީކަން ޔަގީނެވެ.

“އަޝްވާގެ ވާހަކަ ނުދައްކާ… އަހަރެން ހަޔާތުގެ އާ ބާބެއް ފެށި ގޮތަށް އަޝްވާވެސް އާ ބާބެއް ފަށަން އެއުޅެނީ.. އަޝްވާގެ ނަން އަހަރެންގެ ހިތުގައި ވީ ނަމަވެސް އަހަންނަށް އެހެން މީހެއް ދެކެ  ލޯބިވެވިއްޖެ… އަހަރެންގެ ނަސީބުގަދަކަމުން އެ ކުއްޖާ ވެގެން ދިޔައީ އަހަރެންގެ ލޯބިވާ އަބިމީހާ… އަދި އަހަރެންގެ ލޯބި ނުލިބިގެން ފަސް ފަހަތުން އުޅުނު ކުއްޖާއަށް!” ރީމްގެ ލޮލަށް ބަލާމުން ޝަނުމް ބުނެލިއެވެ.

ކުރިން ރީމްގެ އުނދަގޫ ބޮޑުވެގެން ޝަނުމް ރީމްގެ ނަންބަރު ބުލޮކްކޮށްލަން އުޅުނު ނަމަވެސް މިހާރު އަބަދުވެސް އިންތިޒާރު ކުރެވެނީ ރީމްގެ ފޯނު ކޯލަށެވެ. ކުރިން ރީމްއާއި ދުރުގައި އުޅެން ބޭނުންވި ނަމަވެސް މިހާރު ބޭނުމީ އަބަދުވެސް ކައިރީގައި ބަހައްޓާށެވެ. ވަފާތެރިކަމާއި އޯގާތެރިކަމުން ރީމް ހިނިތުންކުރުވާށެވެ. މީހެއްގެ ހަގީގަތް އެގޭނީ އެމީހަކާއި އެކީ އުޅުމުން ކަމަށް އެތައް ބަޔަކު ބުނާ ބުނުމުގެ ތެދުކަން ޝަނުމްއަށް އިހުސާސް ކުރެވެމުން ދިޔައެވެ. ރީމްއަކީ ކުށްކުރި ކުއްޖެކެވެ. އެހެންނަމަވެސް އޭގެ ސަބަބުތައް ސާފުވެގެން ދިޔުމުން ޝަނުމްގެ ހިތް މަޑުވެއްޖެއެވެ. އަދި ރީމް ކުށަށް ތައުބާވެ އެތައް ގޮތަކުން އެންމެ ރަނގަޅު އަނބިމީހާއަށް ވެއްޖެއެވެ. ގަޔާވާ އެތައް ސިފަތަކާއި އެކު ޝަނުމްގެ ހިތް ފަހަތަކޮށްފިކަން ޔަގީނެވެ. ރީމް ބުނިހެން ގަދަ ބާރުންނެއް ނޫނެވެ. ލޯބިންނެވެ. ކެތްތެރިކަމާއި ހިތްވަރާއި އެކީގައެވެ.

ރީމް ޝަނުމްއަށް ބަލައި ހިނިތުންވެލިއެވެ. ހުރިހާ ހިތާމަތަކުން އޭނާއަށް ހިތްވަރުދިން ބަތަލަކީ އެއީއެވެ. ދުނިޔޭގެ ބިރަށް ދެ ލޯ މަރައި ތަގުޑިކޮށްގެން އޮތް އިރު ކަންފަތް ބުޑުގައި ޖެހުނީ ޝަނުމްގެ އޯގާތެރިކަމުގެ ބަސްތަކެވެ. ރައްކާތެރިކޮށްދިނުމަށް ވީ ވައުދުތަކެވެ. އެޔާއި އެކު ރީމް ޝަނުމް ދެކެ ވާ ލޯބި އެތައް ގުނައެއް އިތުރުވެގެން ދިޔައެވެ.

ދެމަފިރިން ކަމަށް ކުރިން ދެކުނަސް މިއަދު މިއީ ދެ ލޯބިވެރީންނެވެ. އެކަކު އަނެކެއްގެ ހިޔާދަށުގައި އޯގާތެރިކަމުގެ ވަގުތައް ހޭދަކުރަން ބޭނުންވާ ލޯބިވެރީންނެވެ. އެކަކު އަނެކެއްގެ އުފަލަށްޓަކައި ގުރުބާންވާން ތައް ވާން ތައްޔާރަށް ތިބި ލޯބިވެރީންނެވެ.


 

ޝަނުމް ކައިރީގައި ހުރި ސްވިޗުން ކޮޓަރީގެ އަލި އެއްކޮށް މަޑުކޮށްލިއެވެ. އަދި ވަރަށް ލޯބިން  ރީމްގެ ކަންފަތް ދޮށުގައި  ބަސްތަކެއް އިއްވާލިއެވެ. ޝަނުމް ބުނެލާ އެ ފަދަ ދެތިން ބަހަކުން ވެސް ރީމްގެ ހިތް އަވަސްވެގެން ދާކަން އެނގުނީ މުޅި މީހާގެ އަތް ފައި އިސާހިތަކު ފިނިވެގެން ދިޔުމުންނެވެ.

އާ ދުވަހަކަށް އިރު އަރައިފިއެވެ.

“ބައްޕާ! ބައްޕާ!” އަޝްވިން ކަންނެތް ކަމާއި އެކު ލޯ ހުޅުވާލީ އީޝް އައިސް ކައިރީގައި އިދެ ހުއްޓުމެއް ނެތި އޭނާގެ ނަމުން ގޮވަން ފެއްޓުމުންނެވެ.

“ބައްޕާ! އީޝްގެ ޓީޝާޓު ތިއްތި ތަ؟” އަޝްވިން އަށް ރަގަޅަށް ލޯ ހުޅުވާނުލެވެނީސް އީޝް އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

“އާން… ވަރަށް ތިއްތި…” އިތުރަށް އެއްމެ ބަހެއް ވެސް ނުބުނެ އަޝްވިން ދެ ލޯ ބޮޑުކޮށްލައި އަވަސް އަވަހަށް ތެދުވީ އީޝްގެ ޓީޝާޓުގައި ލިޔެފައިވާ އެއްޗެއް ފެނުމުންނެވެ.

އޭނާއަށް މި ކިޔެނީ ހަމަ ރަގަޅަށް ވެސް އެއްމެ ފުރަތަމަ ހީކުރި ޖުމްލަ ތޯ ބެލުމަށް ފަސް ފަހަރެއްގެ މަތިން ކިޔާލިއެވެ. އަދި އެޔަށް ފަހު ހިންދު ފެންނަން ހުރިތޯ ބަލާލިއެވެ.

“ޔެސް… އައި އޭމް!!” އަޝްވިން ބަލާލި ގޮތުން ޑްރެސިންގ ޓޭބަލް ކައިރީގައި ހުރި ހިންދު ހެވިލާފައި ބުނެލިއެވެ.

“އަލްހަމްދު ލިއްލާހި… ބައްޕަގެ ދަރިފުޅާ” އަޝްވިން އަވަސް އަވަހަށް ތެދުވެގެން ގޮސް ހިންދު ކައިރިއަށް ތިރިވެލައި ބަނޑުގައި އަތް ވަށާލަމުން ބުނެލިއެވެ.

“ބައްޕާ! މިހިރީ ބައްޕަގެ ދަރިފުޅު، ތީ ބައްޕަގެ ވައިފް!” ވާނުވާގައި ހުރި އީޝް ހީކުރީ އަޝްވިން ދަރިފުޅާއޭ ބުނެ މުހާތަބު ކުރީ ހިންދު އަށް ކަމަށެވެ.

“ބައްޕަގެ ދޫންޏާ! ޔެސް ތީ ބައްޕަގެ ދަރިފުޅު… އެކަމަކު ބައްޕަ ވަރަށް ވަރަށް އުފާވާނެ ހަބަރެއް ދެންތަ؟ ދައްތަ އެއުޅެނީ އީޝްއަށް ކޮއްކޮއެއް ހޯދަދޭން” ހިންދު އަތުގައި ހިފައި އަޝްވިން ގޮސް އީޝް ކައިރީ އިށީދެލަމުން ބުނެލިއެވެ.

“ހިންދު ދައްތަ ބަޑުގަތަ ކޮއްކޮ އޮތީ؟ ކޮން ދުވަހަކުން ކޮއްކޮ އަންނާނީ! ” އީޝް އަވަސް އަވަހަށް ތެދުވެގެން ގޮސް އަޝްވިން ހެދިހެން ހިންދުގެ ބަނޑުގައި ބައްދައިގަތެވެ.

“ކޮއްކޯ… އީޝް ކޮއްކޮ ދެކެ ވަރަށް ލޯބިވޭ… ކޮއްކޮ ވެސް އީޝް ދެކެ ލޯބިވައްޗޭ” ހިންދުގެ ބަނޑުގައި ކޮށްޓާލަމުން އީޝް ބުނެލިއެވެ.

“އީޝް، އަދި ކޮއްކޮ އަށް އަޑުނީވޭނޭ.. އެކަމަކު ބައްޕައަށް ޔަގީން ކޮއްކޮ ، ކޮއްކޮގެ ދޮންތަ ދެކެ ވަރަށް ލޯބިވާނެކަން… ބަލާބަލަ ، ޓީޝާޓުގައި ވެސް މިއޮތީ އެއްނު އީޝް އަކީ އެއްމެ ބެސްޓް ދޮންތައޭ” އީޝްގެ ޓީޝާޓުގައި އޮތް ލިޔުން ކޮޅު ފެނިފައި އަޝްވިން ބުނެލިއެވެ.

“ދޫނި އަވަހަށް ދޭ ކާފައާއި މާމައަށް އީޝްއަށް ކޮއްކޮއެއް ލިބޭ ވާހަކަ ބުނަން” އަޝްވިން އީޝް ނަގައި ބިންމަތީގައި ބަހައްޓަމުން ބުނެލިއެވެ.

އީޝް ދިޔުމުން އަޝްވިން ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު އައިސް ހިންދުގެ ނިތްކުރީގައި ބޮސްދިނެވެ.

“ޝުކުރު އަދާކުރަން ކޮން ކަމެއް ކޮށްދެންވީ” އަޝްވިން ހެވިލާފައި ބުނެލިއެވެ.

“އަޝްވިން އަހަންނަށް ކޮށްދިން ކަންތައް ނުފުދިގެންތަ އަނެއްކާ ވެސް ތިހެން ތި ކިޔަނީ.. އެހެންނޫނަސް އަހަރެން ދޯ ބުނީ ބޭބީއެއް ބޭނުންވާ ވާހަކަ” އަޝްވިންގެ ކޮނޑުގައި އަތް އަޅާލަމުން ހިންދު ބުނެލިއެވެ.

“މައްސަލައެއް ނެތް.. އެކަމަކު ވެސް…” އެހެން ބުނެ އަޝްވިން ހިންދުގެ ތުންފަތުގައި ބޮސްދިނެވެ. އަދި މަޑުމަޑުން ގަޔާއި ކައިރިކޮށް ވަރަށް އޯގާތެރިކަމާއި އެކު ހިންދުގެ ބޮލުގައި ފިރުމާލިއެވެ. އޭނާ ދުނިޔޭގެ ހުރިހާ އުފަލެއް ހިންދުގެ އުގަށް ޖަމާކުރިއަސް އެއިން ހިންދުއަށް ޝުކުރުގެ އެއްވެސް މިންވަރެއް އަދާނުކުރެވޭނެކަން އެގޭ ހާލުގައެވެ.


 

ހެނދުނު ނާސްތާ ތައްޔާރު ކުރުމަށް އަޝްވާ ފަތިހު ފަތިހާއި ތެދުވެގެން އުޅުނެވެ. މިއަދު  އުފާވެރިކަމުގެ ހަބަރު ބައްޕައަށް ދޭން ބޭނުންވަނީ އެއްމެ ފުރިހަމައަށް ހުރިހާ ކަމެއް ވެސް ކުރުމާއި އެކީގައެވެ.

އާއިލާގެ ހުރިހާ އެއްމެން މޭޒު ދޮށަށް ޖަމާވެއްޖެއެވެ. އެއްމެންގެ މޫނުމަތިން ވެސް ފެންނަނީ އުފާވެރިކަމެވެ. އަސްރާރުއަށް އިތުރު ކާފަ ދަރިއެއް ލިބޭތީ އެކަމާއި މެދު އެތައް ވާހަކައެއް ދެއްކިއެވެ.

“ބައްޕާ! އަޅުގަނޑުމެން މީހުންނާއި އިނދެ ދަރިން މި ހޯދަނީ.. އެކަމަކު އަޝްވާ ރޭގަވެސް އެއައީ ކައިވެނި ކެންސަލް ކޮށްލާފަ… މި ހުރިހާ ކަމަކަށް ވުރެ އެކަމުގެ ވާހަކަ މުހިއްމު ކަންނޭނގެ” އަޝްވިން މައުޟޫ ބަދަލުކޮށްލަމުން ބުނެލިއެވެ.

“ބައްޕަ ތި ކަމުގެ މަތިން ހަނދާން ނުނެތެއޭ…ރޭގަ އަޝްވާ ބުނި އެ ކުއްޖާ ބައްޕަމެންނަށް ދައްކާލަން މިއަދު ހެނދުނު ގެންނާނަމޭ… ބައްޕަ މިހިރީ އެކަމުގެ އިންތިޒާރުގައި” އަޝްވާއަށް ބަލައި ހިނިތުންވެލަމުން އަސްރާރު ބުނެލިއެވެ.

“ބައްޕާ! ބައްޕަ ތިހެން ނުބުނެގެން ކަންނޭނގެ އެކުއްޖާ ހުރީ.. އެއޮތް އައީއެއްނު” އެވަގުތު އެތަނަށް އައި ކާއިންއާއި ކައުސަރު ފެނިފައި އަޝްވާ ހެވިލާފައި ބުނެލިއެވެ.

“ކޮން ކުއްޖެއް!!!” އަސްރާރު ފަހަތަށް ބަލާލި އިރު ފިރިހެން ކުއްޖަކަށް އެތަނުން ފެނުނީ ހަމައެކަނި ކާއިން ކަމުން އަހާލިއެވެ.

“ބައްޕާ އެކުއްޖަކީ ކާއިންއޭ!!” އަޝްވާ އެހެން ބުނެލި އަޑާއި އެކު އެވަގުތު ރޮށި ކޮޅެއް އަގަޔަށް ލި ޝައިމްގެ އަރު ތެރޭގައި އެއެތިކޮޅު ތާށިވެގެން ދިޔައެވެ.  އަވަސް އަވަހަށް ކެއްސަން ފަށައިގަތަސް ދެ ލޯ ބޮޑުކޮށް ހައިރާންކަމާއި ނުރުހުމާއި އެކު ކާއިންއަށް ބަލަމުން ދިޔައެވެ.

މަލަކާ އާއި އަޝްވިން އަދި ޝަނުމް ހަމަޖެހިގެން ތިއްބަސް އެހެން އެއްމެންގެ މޫނުމަތިން ފެންނަމުން ދިޔައީ ސިހުމެވެ.

“ކީކޭ! ކާއިންއޭ!” އަސްރާރު އަށް ލިބުނު ހައިރާންކަން ވަކި ކުޑައެއް ނޫނެވެ. މޭޒުގައި ބާރަށް އަތް އަޅައި ތެދުވަމުން ކާއިންއާއި ދިމާލަށް ބަލާލި އިރު ލޮލުގައިވި ރުޅިން އެތާގައި ތިބި އެއްމެން ފަސްޖެހޭނެކަން ޔަގީނެވެ.

“ލައްބަ ބައްޕާ! ކާއިން… އަޅުގަނޑު ބޭނުމީ ކާއިންއާއި އިންނަން.. އަޅުގަނޑު ހީކުރަން ބައްޕަ ނުރުހުން ނުވާނެ ކަމަށް” އަޝްވާ ތެދުވެގެން އައިސް އަސްރާރު ކައިރީ ހުއްޓިލަމުން ބުނެލިއެވެ.

“ނުވާނެ ތިކަމެއް… އަހަރެންގެ ދަރިފުޅަށް ކަލޭ ޖެއްސި ހާލު ނުފުދިގެންތަ މިއަދު އޭނަ ފަހަތުން ލޯތްބަށް އާދޭސްކުރަން ތި ފެށީ.. އަނެއްކާ މިފަހަރު ކޮން އަދަވަޅަކަށް ވައްޓާލާނަމޭ ހިތައި ތި އުޅެނީ” ކާއިންއާއި ދިމާލަށް އަސްރާރު ހަޅޭތްލަވައިގަތެވެ.

“ބައްޕާ! އެއީ ކާއިންގެ ކުށުން ވީ ކަމެއް ނޫންކަން ބައްޕައަށް ވެސް އެގެޔެއްނު.. ދެން އެހެންވީމަ ހަޅޭތްނުލަވާ” އަޝްވާ އަސްރާރުގެ އަތުގައި ހިފައި ރުޅިމަޑުކުރެވޭ ތޯ އުޅުނެވެ. އަޝްވާ އެކަމުގައި އުޅުނު އިރު އޭނާއަށް ނޭނގި ޝައިމް އައިސް ކާއިންގެ މޫނުމަތީގައި އަތުގައި ހުރި ބާރެއް ލާފައި ޖަހާލިއެވެ. އަދި ކާއިންގެ ގަމީހުގެ ގިރުވާނުގައި ހިފައިގެން ގޮސް ފާރާއި ތަތްކޮށްލިއެވެ.

“އަހަރެން ދެއްކި ވާހަކަ އަޑުނީވެގެންތަ އަޝްވާ ކަލޭގެ މަޅީގައި ތި ޖެއްސީ.. ނޫނީ އަހަންނަށް ޖެއްސުމަށް ކުރި ކަމެއް ތަ މީ” ޝައިމްގެ ރުޅިގަނޑު ކެކިގަތެވެ.

“އަހަރެން އަޝްވާ ދެކެ ވަރަށް ލޯބިވެއޭ” ކާއިންއަށް އޭނާގެ ޖުމްލަ ފުރިހަމަކޮށް ނިމުމާއި އެކު އަނެއްކާވެސް ކުރިމަތިލާންޖެހުނީ ޝައިމްގެ ހަމަލާއަކާއިވެ.

“ހަނދާންކުރާތި.. ތި ލަފުޒު އަޝްވާގެ ނަމާއި އެކީ ބޭނުން ނުކުރާތި.. އެހެންނޫނީ ފަހުން ދެރަވާތަން އަންނަން ޖެހިދާނެ.” ޝައިމް ބުނެލިއެވެ.

“ދޮންބޭ! ކޮބާތަ ކާއިންއާއި އަހަރެން ދެ މީހުން އެއްކޮށް އުޅުމުން އޮތް ގެއްލުމަކީ.. އަހަރަމެން ދެމީހުން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވަމޭ” ޝައިމްގެ އަތް ކާއިންއާއި ނައްޓުވަމުން އަޝްވާ ކާއިންގެ ދިފާއުގައި ތެދުވިއެވެ.

“އަޝްވާ… އަޝްވާއަށް ނޭނގެނީތަ ކާއިންގެ އުޅުން.. ދުވާލަކު އަންހެން ކުއްޖެއް ގެންގުޅެމުން ދިޔައީ ތިމަންނަ ދުވަހަކުވެސް ކުއްޖެއް ދެކެ ލޯބި ނުވާނަމޭ ބުނަމުން.. ދެން ކީއްވެ ކުއްލިއަކަށް ހިޔާލު ބަދަލުވާންވީ! އޭނަ އެއުޅެނީ އަޝްވާ ވެސް އެ ލިސްޓަށް އެރުވޭތޯ” ޝައިމް އޭނާގެ ލޯބިވާ ކޮއްކޮއަށް ވިސްނުވައިދެވޭތޯ އުޅުނެވެ.

“ދޮންބޭ.. ކޮންމެ މީހަކަށް ވެސް ލޯބި ބޭނުންވޭ.. އަދި ލޯބިވެސް ވެވޭނެ.. އަހަރެން ލޯބިވަން ކާއިން ދެކެ.. ކާއިންވެސް އަހަރެން ދެކެ ލޯބިވޭ.. އެހެންނޫނަސް ކާއިން މިހާރު ތިބުނާހެން އަންހެން ކުދިން ފަހަތުން ނޫޅެއެއްނު” އަޝްވާ އާދޭހުގެ ރާގަކަށް ބުނެލިއެވެ.

“އަޝްވާ ކޮންމެ މީހަކާއި އިންނަން ހުއްދަ ލިބުނަސް ކާއިންއާއި އިންނަން ހުއްދައެއް ނުލިބޭނެ… ކާއިން އަކީ އިތުބާރު ކުރެވޭ ވަރުގެ މީހެއް ނޫން.. އަހަރެން ހަމަހޭގައި ހުރެ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު ކާއިންއާއި ހަވާލުނުކުރާނަން.. ޔަގީން ކައިވެނި ކުރިޔަސް ދެ ދުވަސް ނުވަނީސް އަޝްވާ ރޮމުން އެބުރި ގެޔަށް އަންނަން ޖެހޭނެކަން” އެހެން ބުނެލުމަށްފަހު އަސްރާރު އެތަނުން ދާން ހިގައިގަތީ އަޝްވާއާއި ދިމާލަށް އިތުރަށް ހަޅޭތްލަވަން ބޭނުން ނުވާތީއެވެ.

“ބައްޕާ!! އިހަށް މަޑުކުރޭ.. ބައްޕަމެން ނުރުހުނަސް އަހަރެން އަޝްވާއާއި ކާއިންގެ ގުޅުމަށް މަރުހަބާ ކިޔަން” އަސްރާރުގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ އެއްމެ ދޮށީ ދަރިފުޅުގެ ބަސްތައް އިވުމުންނެވެ.

“އާން ބައްޕާ އަހަރެން އެ ގުޅުމަށް މަރުހަބާ ކިޔަން.. އަހަރެން ކާއިން ދެކެނީ  އަމިއްލަ ކޮއްކޮއެއްގެ ގޮތަށް. އަޝްވާ ކާއިން ދެކެ ރުޅި އަންނަ ކަމަށް ބޭރުފުށުން ދެއްކިއަސް އަޝްވާގެ ހިތް ސާފުކަން މިތާ މިތިބަ އެއްމެން ހެކިވާނެ. ކާއިންގެ މަލާމާތުގެ ބަސްތަކުން އަޝްވާ ރޯތަން އަހަންނަށް ފެންނަނީ މަދުންނެއް ނޫން. އެކަމަކު އެހިތާމައާއި ރުޅިވެރިކަން އެއްމެ ފަހަރަކުވެސް އަޝްވާ ހިތު ތެރޭ ފޮރުވައިގެން ނޫޅޭ. ކޮންމެ ދުވަހަކުވެސް ކާއިންއަށް އަޝްވާ ދައްކަނީ އުފާވެރިކަމުގެ މޫނެއް.. ކާއިންގެ މަލާމާތް ދެން ނުލިބޭނެ ކަމަށް އުއްމީދުކޮށްގެން. އެކަމަކު އެދުވަސް ނައިސް ހުރެ އަޝްވާއަށް ކާއިންގެ ދެކެ ލޯބިވެވުނީ.. ކާއިން ލޯބި ހުށަހެޅިކަން އަޝްވާ އެއްމެ ފުރަތަމަ ބުނީ އަހަރެން ކައިރީ.. ބުނި ބޭބެ އޭ ތިމަންނަ ބޭނުމޭ ކާއިންއާއި އެކީ ވަރަށް އުފަލުގައި އުޅެން. އަޝްވާ އެހެން ބުނުމުން އަހަރެން ބުނިން ކޮއްކޮއޭ، ކާއިން އަކީ ސަމާސާއަށްވެސް އެ ފާޑުގެ ވާހަކަ ދައްކަފާނެ މީހެކޭ.. މިހާރުވެސް ނޭނގެއޭ އެހެން އަންހެން  ކުއްޖެއް ފަހަތުން ނޫޅޭކަން. އެޔަށް އަޝްވާ ދިން ރައްދު އެނގޭތަ” އަޝްވިން ކާއިންއާއި އަޝްވާގެ ދިފާއުގައި ތެދުވިއެވެ.

“ކާއިން އާއި ކައިވެނި ކުރުމަށް އަހަރެން ދެކޮޅު ހެދުމުން އަޝްވާ ބުނީ ކާއިން ތިމަންނަ ދެކެ ވަރަށް ލޯބިވެޔޭ.. ކާއިން އަށް   ދުވަހަކުވެސް ނުކުރާހާ ތައުރީފު އަޝްވާގެ ފަރާތުން އިއްޔެ  އެކަނި ވެސް އަހަރެން އަޑުއެހިން.. ކާއިންގެ އެއްމެ ރަގަޅު ކަންތަކުން ފެށިގެން ކާއިންގެ ކުދި ކުދި ގޯސް ކަންތައްވެސް އަޝްވާ އަހަންނަށް ކިޔައިދިން. އެ ހިނދުކޮޅުން ފެށިގެން އަހަންނަށް އެގިއްޖެ ކާއިންއާއި އަޝްވާ ވާނީ ދުނިޔެ މަތީގައި ތިބި އެއްމެ އުފާވެރި ބައިވެރީންނަށް ކަން، އަދި އެގުނު ކާއިން ނޫން ދެވަނަ މީހަކަށް އަޝްވާއަށް ބޭނުންވާ ލޯތްބާއި އަޅާލުން ނުދެވޭނެކަން” އަޝްވިން އިތުރުކޮށްލިއެވެ.

“އެކަމަކު  އަޝްވިން.. މިއީ ކާއިންއޭ..” އަސްރާރު އަދިވެސް އެއްބަސްވާކަށް ބޭނުމެއް ނޫނެވެ.

“އަހަރެންގެ ދަރިފުޅު އީޝް ބަލަން އަޝްވާ އުޅޭ ހާލު ނުފެނޭތަ. އީޝް އުރާލައިގެން އޭނާއަށް ކަންތައްކޮށްދޭ އިރު އެކަމުގައިވާ އަޅާލުމާއި މައިވަންތަކަމުގެ ލޯބި ނުފެނޭތަ. އަހަރަމެންގެ މަންމަ މަރުވުމުން މަންމައެއްގެ ކުލުނު ދިނީ އަޝްވާ.. އަހަރަމެން ބަލިވުމުން ބޭސްކޮށްދީ ރޭގަނޑުގެ ނިދި ނަގާލަނީ އަޝްވާ. ލިބޭ ކޮންމެ އުފަލެއްގައި މަރުހަބާ ކިޔަން ހުންނަ ފަދައިން ދެރައެއް ލިބުމުން އެހީވެދީ ހިތްވަރުދޭން ހުރޭ. ޝައިމްއަށް މަލަކާ ހޯދަން އަޝްވާ ކުރި މަސައްކަތް ފެންނާނެ. ޝައިމް ދެރަވެފައި އިންނަތަން ފެނި އަޝްވާގެ ލޮލުން ކަރުނަ ހިލި މަންޒަރު އަހަރެން ދުށިން. ކޮއްކޮ އަކަށް ބޭބެއެއް ދެކެ ލޯބިވެވޭނެ އެއްމެ އިންތިހާއަށް އަޝްވާ ޝައިމް ދެކެ  ލޯބިވޭ… މިއަދު އަޝްވާ އެ އެދެނީ އެއްމެ ކަމަކު.. އެހެންވީމަ އެކަމަކަށް ނޫނެކޭ ނުބުނަމާ… ކޮންމެ މީހަކަށް ލޯބި ބޭނުންވާ ފަދައިން އަޝްވާއަށް ވެސް ލޯބި ބޭނުން ވާނެ” އަޝްވިން އެއްމެންގެ ހިޔާލު ބަދަލުކުރެވޭ ތޯ އުޅުނެވެ.

Share Article

Follow Me Written By

maroon

Level 710 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ޝީން(ނުވަވަނަ ބައި)

Next

ތިޔަ އަސަރު 54

Next
March 5, 2018

ތިޔަ އަސަރު 54

Previews
March 5, 2018

ޝީން(ނުވަވަނަ ބައި)

39 Comments!

  1. Kokko says:
    March 5, 2018 at 5:43 pm

    Up vrythw balan refresh khllithanaa mi fenuniii..kiyaafa cmnt eh khllaanan..nukiyas ingey reethivaanekan..u be the bst?

  2. maroon says:
    March 5, 2018 at 5:44 pm

    Hello… sorry ngey reply nukureveythy.. ekams yageenun ves in sha Allah mireyge las gadi egga namaves reply kuraanan. Much love. Thank you for the patience. Mirey next part ?
    ????

  3. Lily says:
    March 5, 2018 at 5:54 pm

    ?Speechless

  4. Kokko says:
    March 5, 2018 at 5:58 pm

    Woahhh..ashwin haama.bst….vv lwbi mi part..waiting for nxt… vrh loabi ashwa nd kaain ge bai

  5. rose says:
    March 5, 2018 at 6:03 pm

    Nice story

  6. Shann says:
    March 5, 2018 at 6:21 pm

    Wow wow wow v v rythi mibaives… Kaain n Ashwa dhw… V ves rythi mibaives genesdhyfa oeh goeh… Hama bunaane ehchehves neynge… Ehaaves furihama… Story nimen ulheythi v dheravey… Adhi mikahala rythi story eh liyahchey igey… Story ehkoh liye ninmaafatha up kuran fashany… Hama furihama kamun ehen mi ahaaly… Luv n Miss u

    1. June says:
      March 5, 2018 at 7:15 pm

      Miadh invitation eh neihtha??

  7. Maikko says:
    March 5, 2018 at 6:33 pm

    Varah reethi…..love❤?????❤?❤???❤???❤?????

  8. Mixuhan says:
    March 5, 2018 at 6:43 pm

    Saabahey ashwin… Thee hama namoonaa beybe eii?? haadha reeiichey mi part vx .. When is the next part? Waiting

  9. W says:
    March 5, 2018 at 6:48 pm

    Im not crying

    ????

  10. Someone says:
    March 5, 2018 at 6:51 pm

    Ashwin is hama loabi gandeh

  11. annoying reader says:
    March 5, 2018 at 6:53 pm

    OMG love is in the air dhw… so romantic. varah varah reeeeeeeeeeeeethi mi part ves roon <3.. see i knew it ashwa's dad and shaim wont b happy kan when they knw its kain she wants to marry. But in the end they will just accept kaain for ashwa's sake. she deserve the happiness. i am Glad ashwin took her side may b he cud b the one to change shaim and dads mind. alhey shanum and reem ves finally living happily ever after dhw, and eesh kolhu finally donthi akah v yo. i m so happy for her heheh i can imagine her excitement for finally getting to b a big sister. love it to the max. kiyaahithun hutta nimunu iru ves neyngunu, waiting for the next part with maira and mazins answers. lets see

  12. broken ? says:
    March 5, 2018 at 7:03 pm

    woww keekey bunaany bunaane ehcheh neynge speachless love roon ????????????next part up vaane irakah inthizaar ga mi iny mipart as good as always dhn story nimeny dhw will feel like missing something very important

  13. Hairaan says:
    March 5, 2018 at 7:10 pm

    ?

  14. Hairaan says:
    March 5, 2018 at 7:13 pm

    Ashvaa ey bali kujje nurohvaa.vvvvvvreethi. varah furihama.

  15. Pinky shifoo says:
    March 5, 2018 at 7:34 pm

    Wow????… Superb ????… Maasha Allah mi part vx v v v v reethi ❤️❤️❤️❤️… Maasha Allah maroon haadha molhey ????… V v furihama ah feelings thah deliver kohdhyfa hunnakan faahagakohlevey ????… Hama awesome ????… Heevanee loa kurimathyga hingaa manzaruthakeh henn… Ashvin visnaidhinyma ashwaa ge dad n shaim ah vx visneyne… Curiously waiting for the next part ???… Lots of love and take care ???❤️❤️❤️??????

  16. Jid says:
    March 5, 2018 at 7:37 pm

    އަޝްވާއަށް އަޅާލާ ލޯބިދީ ދެރަވެސް ވެއްޖެ ތަދުވެސް ވެއްޖެ ? އެކަމު ރޫން ވިމަ މަޢާފުވެސް ކޮށްފިން ?

  17. Choppi says:
    March 5, 2018 at 7:38 pm

    I’m so happy.. but y dhw shaim ehen hedhy.. everyone deserves second chance at least dhw. Kaain ves Hama ragalhu vedhaane eh nun. If shaim don’t believe in second chance hw he fell love with malaak dhw… Very unfair shaim…

  18. Shaima says:
    March 5, 2018 at 8:05 pm

    Nuroon indhaa rovihje.thihennahadhaa maroon

  19. Saadhu says:
    March 5, 2018 at 8:06 pm

    Maroon vahaka nimenee dhw.v reethi..

  20. Lamsha says:
    March 5, 2018 at 8:16 pm

    Wowww finally…. V reethi mi part vx

  21. Fafoo says:
    March 5, 2018 at 8:32 pm

    Asluves rovijje. ..
    Heevee loakueimatheega fenunu manzaru thakennhen. Ehaaves furihama. Waiting for the next part. … love you Reem

  22. reader says:
    March 5, 2018 at 8:44 pm

    Ashvin mee man ekey dhww.. Awwwlheyyy ❤️

  23. Swety says:
    March 5, 2018 at 8:56 pm

    Alhey…dhen aswar dhera nukuracheck. …story vvvvv nice❤❤❤❤❤❤❤❤

  24. Xxxx says:
    March 5, 2018 at 9:07 pm

    Wooow.story v.loabi dear???

  25. maroon says:
    March 5, 2018 at 9:24 pm

    Twins ah dhivehin kiyanee?? Need an answer soon

    1. HhsSaA says:
      March 5, 2018 at 9:39 pm

      Niboo

    2. annoying reader says:
      March 5, 2018 at 10:04 pm

      Roon twins ah dhivehin kiyaani އެއްމާބަނޑު ކުދިން

    3. reader says:
      March 6, 2018 at 4:09 pm

      Ehmaabandu dhekudhin

  26. annoying reader says:
    March 5, 2018 at 9:30 pm

    ehmaa bandu kudhin

  27. reysh says:
    March 5, 2018 at 9:44 pm

    Lolun fen aisi?….so touching ?

  28. W says:
    March 5, 2018 at 9:52 pm

    Waiting for the next part.. Desperate af. ??

  29. Shina says:
    March 5, 2018 at 9:59 pm

    Alhey haadhaey reethee? vahakaige sifakurun.thakaa ibaaraii kurun v furihama.. maroon stry gendhaa goii v kamudhey?.. reemge twin ah e ulhey kujjage stry v beynun igen.. adhi ebai annaane kan igey.. reethikamun hama stry ehkon kiyaalaa hiivanee.. v v v v v v nice stry eh mee.. love you maroon.. nd tgc??????

  30. W says:
    March 5, 2018 at 10:08 pm

    Kobaa buni 2 vana part Maroon..

  31. Zuam says:
    March 5, 2018 at 10:10 pm

    Wow….. varah varah varah reethi……. waiting…????????????❤❤❤

  32. starme says:
    March 5, 2018 at 10:10 pm

    Maashaa Ahlaah. Varah loabi mibai. Varah hithah thadhuvehje mubaikiyaifa. Ashvaage bahpa nugaboolu v ma. Ashvin haadha rangalhey.hurihaa ehnemnah rangalha visnadheythi ingey.

  33. jum says:
    March 5, 2018 at 10:13 pm

    OMG . Hama rovihje gislagislaafa rovenfashaifi mi story kiyaafa. Ashva ah kain libeyne dhw …

  34. chippey says:
    March 5, 2018 at 10:26 pm

    ކޮބާ އަނެއް ބައި…… And mipart ves varah reethi

  35. Asha says:
    March 5, 2018 at 10:39 pm

    Roon varah reethi vaahaka..ekam roon mirey adhi e part up kohdheynamey buny ma asha mi innany 9 in feshigen balabalaa..ketheri kamehnethi inthixar mikurany next part ah..hithah arany dhen kihineh baaey vaaany…roon ur the best writer

Comments are closed.


All Right Reserved!