“ދެން ހީނާއްތަވެސް ދޯ.” އޭނާގެ މޫނުމައްޗަށް އަރައިފައިބަމުންދިޔަ ކުލަވަރުތަކަށް ބަލަންހުރި ހީނާ ފެނުމުން ލަދުގަނެފައި މަލްހާ ބުނެލިއެވެ. އެއާއެކު ހީނާގެ ލުއި ހުނުމުގެ އަޑު ސިޓިން ރޫމްތެރެއަށް ފެތުރިގެން ދިޔައެވެ. އައި.ޖީ.އެމް.އެޗް ހޮސްޕިޓަލް ކައިރިއަށް ސައިކަލް މަޑުކޮށްލުމާއެކު ހާސްވެފައިހުރެ މަލްހާ ސައިކަލުން ފޭބިއެވެ. ސައިކަލް ޕާރކް ކޮށްލުމަށްފަހު ރާއިދް އައިސް މަލްހާގެ އަތުގައި ހިފައިގެން އެތެރެއަަށް ވަންނަން ހިނގައިގަތްއިރު މަލްހާގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައެވެ. ހީނާ އެބުނި ވާހަކައަކީ ތެދަކަށް ވުމަށްއެދި މަލްހާއަށް ދުޢާކުރެވުނު އަދަދެއްވެސް ނޭނގެއެވެ. […]
“..ކަލޭ ތިއުޅެނީ މިއާއިލާ ކިބައިން ބަދަލު ހިފަން އައިސްގެންތަ؟..” އިބްރާހީމްބެ ސުވާލުކުރިއެވެ. “..މަ ކީއްކުރަން ކަލޭމެންގެ ސުވާލުތަކަށް ޖަވާބު ދޭންވީ!..” ނިހާގެ ރާގުގަނޑު ރުޅިވެރިކަމަށް ބަދަލުވެގެން ދިޔައެވެ. “..ޖަވާބު ދޭކަށް ނުޖެހޭނެ! ނުވެސް ދޭނަން! ނުވެސް ހޯދޭނެ! ހަމަ މިހާރު މަ މިތަނުން ނެރޭ!..” “..ކަލެޔަށް ޖެހޭނީ ޖަވާބުދޭން..” އިބްރާހީމްބެ އަޑުހަރުކޮށް ބުންޏެވެ. “..ކަލޭ ތިހާ މޮޅިއްޔާ ނިކަން މަގޭ އަނގައިން ޖަވާބު ނެރެބަލަ!..” އިބްރީސް ގޮންޖެހިއެވެ. “..ކަލެޔަށް މަ މިތަނަށް ގެނެވުނަސް އެކަމާ ބޮޑާވެ ކިބުރުވެރި […]
އެންމެފަހުން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު މުލައިލްގޮސް ޔާނީގެ އަތުގައިހިފާ ކޮޅަށް ނެގިއެވެ. އަދި ބާރަށް އެހަށިގަނޑުގައި ބައްދާލިއެވެ. “ޔާނީ..ރޮއެ. އިޓްސް އޯކޭޓު ކްރައި. ޔާނީ…އަހަންނާއެކުގައި މިހިތާމަތައް ތަހައްމަލު ކުރޭ…ހެޔޮނުވާނެ…ކްރއި ވިތް މީ…” މުލައިލް ޔާނީއާ އެތއްވާހަކއެއް ދެއްކުމުން ހުރިހާއޮރު ޔާނީ ހިފަހައްޓައިގެން ހުރި އިހުސާސްތައް ބޭރު ކޮށްލިއެވެ. އެޔާއެކު މުލައިލް ޔާނީގެ އަތުގައި ހިފައިގެން އެތަނުން ނެރުނެވެ. “ޔާނީ…ރުއިމަކީ މައްސަލައެއް ނޫން..އެކަމް ބުނެއެއްނު، މަރުވެފަ އޮންނަ މީހާއަށް އަޑު އިވޭނެޔޭ..މަންމަ ކިހާ ދެރަވާނީ ޔާނީ ތިހެން ރުއިމަ. […]
އެހެނަސް އޭނަ ހަނާގެ އެ ‘ހެކި’ ވެސް ބަލަން ބޭނުންވެފައިވި މިންވަރުން އެއްޗެކޭ ބުނަން އޭނަ ނުކުޅެދުނެވެ. އެ ހެކި ބަލާފައި ވެސް އޭނަ ހަނާގެ އިލްޒާމްތަކާއި ދެކޮޅަށް ޝަރަފް ދިފާޢުކުރަން ބޭނުންވި މިންވަރުން އޭނައަށް ހިނގާށޭ ބުނެލެވުނެވެ. އެ ހިނދު އޭނަ ޝަރަފްގެ ބަސްތަކުގެ މަތިން މުޅިން ހަނދާން ނެތުނެވެ. ހަނާ އަފާފް ގޮވައިގެން ކޮޓަރިއަށް ދާން ފެށި ވަގުތު މަންޒަރު ބަލަން ހުރި ޝާދިޔާވެސް ހުރީ މި ވާ އެއްޗެއް ދެނެގަންނަން ނުހަނު […]
ޑިޔުޓީއަށް ދާން ތައްޔާރުވާން ޑުރެސިންގ ޓޭބަލް ކައިރީގައި ހުރި އަޝްވިންއަށް ދޮރާއި ދިމާލަށް ބަލާލެވުނީ މީހަކު ދޮރުގައި ޓަކި ޖެހުމުންނެވެ. މި ގަޑީ އޭނާ ހޯދަން އަންނާނީ އަޝްވާ ކަމަށް ގޮސް އަޝްވިން ދޮރު ހުޅުވާލިއެވެ. އެވަގުތު މީހާއަށް ސިހުމާއި އެކު ހިނިތުންވެވުނީ ދޮރު ކުރިމަތީގައި ހުރި ހިންދު ފެނިފައެވެ. “އަހަރެން ހީކުރީ މިއަދު ޑިޔުޓީއަށް ނުދާނެ ކަމަށް!” އެހެން ބުނެލަމުން ހިންދު އެތެރެއަށް ވަނެވެ. “ނުދާން އުޅުނީ، އެކަމަކު ވަރަށް ބޮޑު މީޓިންގ އެއް އޮތީމަ […]
“އަރޫން. ހިނގާ ޝުބާގެ މަންމަ ގާތު ބުނަން ޝުބާ އެޖެންސީގަ މަސައްކަތްކުރި ވާހަކަ.” އިރުކޮޅަކު އެހެން އިނުމަށްފަހު ރޫޝިން ބުނެލި އެއްޗެއްގެ ސަބަބުން އަހަރެން ކޮށިއެރިއެވެ. ކެއްސަމުން ކެއްސަމުން އަހަރެން އޭނާގެ މޫނަށް ބަލާލީ އެ ކުރަނީ ސަމާސާއެއް ކަމަށް ހީކޮށެވެ. ނަމަވެސް އަހަރެން ހީކުރިގޮތާ ޚިލާފަށް އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ސީރިއަސްކަމެވެ. ސަމާސާގެ އެއްވެސް ކުލަވަރެއް އެ މޫނުމަތިން ފެންނާކަށް ނެތެވެ. ރޫޝިން މޮޔަވީ ހެއްޔެވެ؟ “އާ ޔޫ ސީރިއަސް؟” މީހެއްގެ ހިލަމެއްވޭތޯ ދެކޮޅު […]
އަދި ފޯނުނަގައި މުސްތަފާގެ މެސެޖް ހުޅުވާލައި އޭގައި އޮތް އެއްޗެއްކިޔާލިއެވެ. “މުސްތަފާ: ހެއި. މައިޝާތަ؟ ހައު އާރ ޔޫ؟ ” މައިޝާއަށް ބޭއިޙްތިޔާރުގައި އަނގަމަތީ އަތްއަޅާލެވުނެވެ. ފޯނަށް އެތައްއިރެއްވަންދެން ބަލަންހުރެފައި ކޮޓަރީގައި ހުރި އެނދުގައި އިށީނެވެ. އަދި މުސްތަފާގެ މެސެޖަށް ކުރަންވީކަމަކާއިމެދު ވިސްނަންފެށިއެވެ. މައިޝާގެ ޖަވާބަށް އިންތިޒާރުކުރަމުންދިޔަ މުސްތަފާ ހިނދުކޮޅެއްފަހުން އަނެއްކާވެސް މައިޝާއާ ވާހަކަދައްކަންފެށިއެވެ. “މިއަދު ފިހާރައިން ނުކުތްއިރު ފެނުނީމަ ހަމަ ހަނދާންވާވަރުން މައިގެ ނަންބަރ ހޯދީ. އައި ވޯންޓެޑް ޓު ކޯލްޔޫ.. އެކަމް ދެން މާ […]
އިރު އޮށްސެމުންދިޔަ މަންޒަރަށް ނަޒަރު ހުއްޓާ ލައިގެން ޒީކް އަތިރިމަތީގައި އިށީދެލައިގެން އިނެވެ. ވަށައިގެންވާ މާހައުލުގައި ހިނގާ އެއްވެސް ކަމެއް ޒީކްއަށް އިހްސާސް ވެސް ނުވާކަހަލައެވެ. ތަންކޮޅެއް ދުރުގައި އޮތް ގަސްގަޑެއްގެ މަތީގައި އަލްޔަން އިނެވެ. އަތުގައި ހުރި ގައުކޮޅުތަކުން ފަހަރަކު ގައުކޮޅެއް މޫދަށް އެއްލަމުން ދިޔައެވެ. “އޭ ޒީކް” ރުއާން އައިސް ޒީކް ކައިރި އިށީންނަމުން ބުނެލިއެވެ. ރުއާންގެ އަޑަށް ސިހިފައި ޒީކް ބަލާލިއެވެ. ރުއާން ކަން އެނގުމާއެކީ ޒީކްގެ މޫނަށް ރުޅިވެރިކަން ވެރިވެގަތެވެ. އަދި […]
އަޔާ….އަހަރެން ބުނަން އުޅުން ވާހަކަ……………. އުނހު މަޑުކޮއްބަލަ …. ޝީންގެ ވާހަކަ އަޔާޒް ހުއްޓުވާލިއެވެ. ޝީން ފުރަތަމަ އަހަރެންގެ ވާހަކަ އަޔާޒް ތެޅިތެޅި އޮތް ހިތަކާއެކު ބުނެލިއެވެ. އަޔާޒް ބޭނުންވީ ޝީން އަޔާޒް ދެކެ ލޯބިވެއޭ ބުނުމުގެ ކުރިން އަޔާޒް ހިތް ޝިން އަށް ހުޅުވާލާށެވެ. ރެސްޓޯރެންޓައް ވަދެ ޝީން އެންމެ ފުރަތަމަ ކަމަކައް އަލޫކް އަށް އަންނަންވީ ތަން މެސެޖް ކޮއްލިއެވެ. ހޫމމމމމމމމމް ދެން ބުނެބަ އަޔާ… ޝީން އަހަރެން .. އަޔާޒްގެ ވާހަކަ ހުއްޓާލީ […]