Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތިޔަ އަސަރު 54

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
March 5, 2018 8 Mins Read
44 Comments

“އަޝްވާ ބައްޕައަށް މާފުކުރޭ… އަޝްވާ ވިސްނާލިޔަސް އެގޭނެ ކާއިން ނޫން އެހެން އެތައް ބައިވަރު ކުދިން އަޝްވާއަށް ލިބިދާނެ ކަން.. ކާއިން މަތިން ހަނދާން ނައްތާލާފަ އަދި ކުޑަ ހިތްވަރެއް ކޮށްލާ” އަސްރާރު އަޝްވާއަށް ބަލާލަމުން ބުނެލިއެވެ.

“ބައްޕާ ، ތިޔަ ފަދަ ވާހަކަ ނުދައްކަވާ… ލޯތްބަކީ ތިޔަހާ ފަސޭހައިން ވެވޭނެ އެއްޗެއް ނޫން..ކާއިންއަށް ވުރެ އަޝްވާއަށް ކަމުދިޔައީ ޝަނުމް… ޝަނުމްގެ ސަމާލުކަން ހޯދުމަށްޓަކައި އަޝްވާ އުޅުނު ހާލު އެއްމެ ރަގަޅަށް އެގޭނެ އެކަކަށް ކާއިން ވާނެ. އެކަމަކު އަޝްވާއަށް ރީމް ޝަނުމްދެކެ ލޯބިވާކަން އެގުނު ދުވަހުން ފެށިގެން އެހުރިހާ އިހްސާސަކީ ނުވާ އެއްޗެއް ކަމަށް ހަދާލި. އަމިއްލައަށް ޝަނުމްގެ ލޯބި ހޯދަން ކުރި މަސައްކަތް އަބުރާލީ ރީމްއަށް ޝަނުމް ހޯދައި ދިނުމަށްޓަކައި. މިހުރިހާ ކަމެއްގައި އަޝްވާއަށް އެހީވެދޭން އެއްމެ ބޮޑުކޮށް އުޅުނީ ކާއިން.. އެ ދެ ކުދިން އެކުގައި ވަގުތުތައް ހޯދައިގެން މިހާ ހިސާބަށް އައިސް އެ ތިބީ.. އެހެންވީމަ މިއަދު އަހަރަމެންނަށް ނުބުނެވޭނެ މިއީ އެ މީހުން ނުވިސްނައި ނިންމި ނިންމުމެކޭ” ރީމްގެ ފަރާތުން ހިންދު އަށް، އަދި ހިންދުގެ ފަރާތުން އަޝްވިންއަށް އަޝްވާ ވީ ގުރުބާނީގެ މަތިވެރިކަން އެގުނެވެ. އެވާހަކަ އެގުނު ނަމަވެސް ނޭނގޭ ކަމަށް ހަދާލައި އަޝްވާ ކައިރީ ދައްކަން ނުކެރިފައި ހުރީ އަޝްވާ އަލުން ރޯ ތަން ދެކެން ބޭނުން ނުވާތީއެވެ.

ޝަނުމް އަޝްވާ ދެކެ ލޯބިވެއޭ އިވުމުން ހަފީޒާއާއި އަސްރާރު އަށް ހައިރާންކަމާއި އެކީ އަޝްވާއާއި ދިމާލަށް ބަލާލެވުނެވެ.

“ދަރިފުޅާ، އެއީ ތެދެއްތަ؟” އަސްރާރު އަހާލުމުން އަޝްވާ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ.

“ދެން ކީއްވެ ބައްޕަ ކައިރީ ނުބުނީ؟” އަސްރާރު އަނެއްކާ ވެސް ސުވާލު ކޮށްލިއެވެ.

“އަޅުގަނޑަށް އެނގޭ ބައްޕަ ކައިރީ ބުނެފިނަމަ ކޮންމެ ގޮތަކުން ވެސް ބައްޕަ އަޅުގަނޑާއި ޝަނުމް ގުޅުވަން އުޅޭނެކަން.. އެކަމަކު އެތައް ސަބަބު ތަކާއި އެކީ މިއަދު ޝަނުމް އާއި އަޅުގަނޑު އެކަކު އަނެކަކާއި ދުރުވެއްޖައިން.. އެއީ ކޮންމެހެން ރީމް ޝަނުމްއާއި ކައިވެނި ކުރުމުންނެއް ނޫން.. އެޔަށް ވުރެ ބޮޑަށް ދެ މީހުންނަކީ ތެލެސީމިއާރ ކެރިއަރުންނަށް ވުމުން” އަޝްވާ މަޑުމައިތިރި ކަމާއި އެކީ ވާހަކަ ދެއްކިއެވެ.

“އަސްރާރު ބޭބޭ، އަޝްވިން އެ ބުނިހެން އަޝްވާއަށް ލޯބި ބޭނުންވޭ.. އަދި އަޅުގަނޑަށް ޔަގީން އެ ލޯބި އެއްމެ ފުރިހަމައަށް އަޝްވާއަށް ދެވޭނެ ފަރާތަކީ ކާއިން ކަން.. ކާއިން އަޝްވާ ދެކެވާ ލޯބި ހާމަ ނުކޮށް މިއޮތް ހާ ދުވަހު ހުރީ ވެސް އަޝްވާއަށް މީހެއްގެ ގެއްލުމެއް ލިބިދާނެ ކަމަށްޓަކައި.. އެހާ ވެސް ބޮޑަށް ކާއިން އަޝްވާ ދެކެ ލޯބިވޭ.. އެހެންވީމަ އެ މީހުންގެ ގުޅުމަށް ހުރަސް ނޭޅުމަށް އަޅުގަނޑު ވެސް އެދެން” އަޝްވިންއާއި ބައިވެރިވެލަމުން ޝަނުމް ވެސް ބުނެލިއެވެ.

“ކާއިން ވަނީ ލޯތްބެއް ނޫން.. އޭނަ ޖައްސާނީ އެކްޓް.. ލޯބިވާ ކަމަށް ހެދިގެން އުޅެފަ ދެ ތިން ދުވަސް ކޮށްލާފަ ދޫކޮށްލާނެ.. ” ޝައިމް އަދިވެސް ހުރީ އޭނާގެ ގޮތުގައެވެ. އެކުވެރިޔާގެ އުޅުން އެއްމެ ރަގަޅަށް ދަސްވެފައިވާނީ އޭނާ ނޫން ކޮން ދެވަނަ މީހަކަށް ހެއްޔެވެ؟ ކާއިންގެ ފޯނުގައި ހުންނަ މެސެޖުތަކާއި ރައްކާކޮށްފައި ހުންނަ އަންހެން ކުދީންގެ ލިސްޓު އޭނާގެ ދިހަ އިގިލިން ގުނާ ހަމަ ނުވާނެކަން ޔަގީނެވެ. އަދި އޭނާ ކައިރީގައި އިނދެ އަންހެން ކުދިންނަށް ގުޅައި ހަދައި ދައްކާ ވާހަކަތައް އަޑުއަހަނީ އޭނާގެ ދެ ކަންފަތުންނެވެ. ވީ އިރު ކާއިންގެ ކެހީގައި އޭނާގެ ލޯބިވާ ކޮއްކޮ ޖެހޭކަށް ފުރުސަތެއް ނުދެވޭނެއެވެ.

“ކާއިން، ހަމަ މިހާރު މިތަނުން ނިކުމެގެން ދޭ! އެހެންނޫނީ ކާއިންއަށް ދެން ދުވަހަކު ވެސް އަޝްވާގެ ސޫރަ ވެސް ނުފެންނަހާ ދުރަށް އަހަރެން އަޝްވާ ގެންދާނަން” އަސްރާރު އިންޒާރު ދިނުމުން ކާއިން އަޝްވާއަށް ބަލާލިއެވެ. އެއްވެސް އަސަރެއް އެ ބެލުމުގައި ނެތަސް އަޝްވާއަށް ކާއިން ބުނަން އުޅުނު ހުރިހާ އެއްޗެއް އެގުނު ކަހަލައެވެ.

ކާއިން އޭނާގެ ދިފާއުގައި އެއްޗެއް ނުބުނީ ކޮންމެހެން ދައްކަން ހުރި ވާހަކަ ހުސްވުމުންނެއް ނޫނެވެ. އަޝްވާގެ ބައްޕައަށް ކުރަން ޖެހޭ އިހްތިރާމް ކުރަން ބޭނުންވާތީއެވެ. އަދި ޝައިމްއާއި ވާހަކަ ދައްކަން ބޭނުންވަނީ މިއަށްވުރެ ބޮޑަށް ހާލަތު ތަން ދިނުމުން ކަމަށް ވާތީއެވެ.

ކާއިން އޭނާގެ މަންމައާއި އެއްކޮށް ދިޔަ މަންޒަރު ބަލަން ހުރި އަޝްވާ އަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ބައްޕަގެ ނުރުހުން ލިބުނަސް ރުޅި އަންނާކަށް ބޭނުމެއް ނޫނެވެ. ބައްޕައާއި ދޮންބެ ދެއްކި ގިނަ ވާހަކަތަކަކީ ހަގީގަތެވެ. ދެރައީ އެމީހުންނަށް ކާއިންގެ ބަދަލުވެފައިވާ އުޅުން ނުފެންނާތީއެވެ.

ކާއިން ދޮރުން ނިކުތް ތަނާ އަޝްވާގެ މާމަ ޒުބައިދާ އެތެރެއަށް ވަނެވެ.

“ކިހިނެތް ވެގެން މިއުޅެނީ” ބަދިގެ ފަރާތަށް ދިޔައިރު އެތާގެ ނުތަނަވަސްކަން އިހުސާސްވުމުން ޒުބައިދާ އަހާލިއެވެ. އެޔަށް ޖަވާބު ދޭނެ މީހެއް ނުވިއެވެ. އަސްރާރު ގެ ފަހަތުން ހަފީޒާ ދިޔައެވެ. ޝައިމްގެ ފަހަތުން މަލަކާ ޝައިމްގެ ރުޅިގަނޑު މަޑުކުރެވޭތޯ ދިޔައެވެ. އަޝްވާ ޒުބައިދާއަށް ލުއި ހިނިތުންވުމެއް ހަދިޔާކުރުމަށްފަހު އޭނާގެ ކޮޓަރިއާއި ދިމާލަށް ދިޔައެވެ.

އަޝްވިން އޭގެ ވާހަކައެއް ހިއްސާކުރާ ހިތްނުވެފައި އެއްމެ ކައިރީގައި ހުރި ގޮނޑީގައި އިށީދެލިއެވެ. ދެން ތިބި މީހުން ތިބީ އެވާހަކަ ބުނަން ނުކެރިފައި ކަހަލަ ގޮތަކަށެވެ.

ޒުބައިދާ އިތުރަށް ލަސްނުކުރެއެވެ. ބާރު ހިނގުމެއްގައި ގޮސް އަޝްވާގެ ކޮޓަރީގެ ދޮރު ހުޅުވާފައި އެތެރެއަށް ވަނެވެ.

“ދަރިފުޅު ކޮން ކަމަކާ މާ ދެރަވެފަ ތިހިރީ؟” ޑްރެސިން ޓޭބަލް ކުރިމަތީގައި އިން އަޝްވާގެ މޫނުމަތިން ނުތަނަވަސްކަން ފެންނަމުން ދާތީ ޒުބައިދާ އަހާލިއެވެ.

“ކަމެއް ނުވޭ މާމާ! ” އަޝްވާ އެހެން ބުނެ ދޮރާއި ދިމާލަށް ބަލާލި އިރު ރީމްއާއި ހިންދު ވެސް ޒުބައިދާގެ ފަހަތުން އެތެރެއަށް އަންނަމުން ދިޔައެވެ.

“އަހަރެން ނުރޯނަމޭ، ޔަގީން” ފުޅާކޮށް ހިނިތުންވެލަމުން އަޝްވާ ބުނެލިއެވެ.

ރީމްއާއި ހިންދު ޒުބައިދާއަށް ވެގެން އުޅޭ ގޮތް ކިޔާ ދިނެވެ. އެޔާއި އެކު އެއްމެ މިނެޓަކުވެސް މަޑުނުކޮށް ޒުބައިދާ ހިގައިގަތީ އަސްރާރު ހޯދުމަށެވެ.

“އެ މަންޖެ ލޯބިވާ ކުއްޖާއާއި އެކީ އުޅެން ފުރުސަތު ނުދޭން ތިއުޅެނީ ކީއްވެ؟ އަޝްވާ އަކީ އިނާޔާ ކަހަލަ ނާޒުކު ހިތެއްގެ ކުއްޖެއް.. ލޯބިވާ މީހެއް ބުނެލާ އެއްމެ ޖުމްލައަކުން ވެސް ދެރަވާނެ ކަން ޔަގީން.. ވީ އިރު ގޮތެއް ނިންމުމުގެ ކުރިން އެ މަންޖެ ދައްކާ ވާހަކަ ވެސް އަޑުއަހާބަލަ” ދޮރުގައި މީހަކު ތަޅައިގަތް އަޑާއި އެކު އަސްރާރު ދޮރު ހުޅުވާލުމުން އިވެން ފެށީ ޒުބައިދާގެ ނުރުހުމުގެ ބަސްތަކެވެ.

“އަހަރެންގެ ދަރިފުޅު އިންނާނީ އަހަރެންގެ ހުއްދަ ލިބޭ މީހަކާއި.. ތަނަކުން މީހަކު ދައްކާލާ އިރަށް އެމީހަކަށް އަހަރެންގެ ދަރިފުޅު ހިބައިން ނުދެވޭނެ” އަސްރާރު ރުޅި އައިސްފައި ހުއްޓަސް އަޑު ބާރު ނުކުރީ އެއީ ޒުބައިދާއަށް ވުމުންނެވެ.

” އިނާޔާ އަސްރާރުއާއި އިދެގެން މާލެ ބަދަލުވާން އުޅުމުން އަހަރަމެން ދެ ކޮޅު ހެދި ވަރު އެނގޭތަ.. އެކަމަކު އެދުވަހު އަހަރެމެން އިސްކުރީ  ދަރިފުޅުގެ ބަސް.. އޭނާގެ އުފާތައް.. އެހެންވީމަ އަސްރާރު މިއަދު އެ ހާލު އަޝްވާއަށް ނުޖައްސާ.. އަހަންނަށް ޔަގީން އަޝްވާ އޭނާއަށް އެގި ހުރެ ގޯސް ނިންމުމެއް ނުނިއްމާނެކަން” ޒުބައިދާ ބުނެލިއެވެ.

“ކާއިން އަކީ ކޮންކަހަލަ ކުއްޖެއް ކަން އެނގިހުރެ ތިޔަ ފަދައިން ވާހަކަ ދައްކާ.. ” އެހެން ބުނެ އަސްރާރު އޭނާއަށް ކާއިންގެ އުޅުން ފެންނަ ގޮތް ކިޔައިދިނެވެ.


 

ހިންދު އަޝްވާގެ ފަހަތުން ބައްދާލައި ކޮނޑުގައި ބާރަށް ހިފާލިއެވެ.

“އަޝްވާ، އަހަރަމެން ކޮށް ކަމެއް ކޮށްދޭންވީ؟ ބޭބެއަށް ގުޅަންތަ؟” ރީމް އަޝްވާ ކައިރިއަށް ތިރިވެލައި ތަޅުގަނޑު މަތީގައި އިށީދެލަމުން ބުނެލިއެވެ.

“ނޫން! އަހަންނަކަށް ނޭނގެ ކާއިންއަށް ދޭނެ ޖަވާބެއް… ކާއިން ހާދަ ދެރަވާނޭ” ކުރިމަތީގައި ހުރި ލޯގަނޑުން އަމިއްލަ ސޫރަ ބަލަމުން އަޝްވާ ބުނެލިއެވެ.

“ދެން އެހެންވެއްޖާ ކޮން ކަމެއް ކޮށްދޭންވީ؟ ” ރީމް އަޝްވާގެ އަތުގައި ހިފައި ބާރަށް ހިފާލިއެވެ.

“އަހަރެން ބޭނުމީ އެކަނިވެލަން.. މި ގަޑީ އެއްވެސް މީހަކާއި ވާހަކަ ދައްކާކަށް ބޭނުމެއް ނޫން” އަޝްވާ އެހެން ބުނުމުން ރީމްއާއި ހިންދުއަށް އެކަކު އަނެކަށް ބަލާލެވުނެވެ.

“އެކަމަކު އަހަރަމެން މި ތިބީ އަޝްވާ ދައްކަން ބޭނުންވާ ކޮންމެ ވާހަކަ އެއްވެސް އަޑުއަހަން ތައްޔާރަށޭ! ” ހިންދު ބުނެލިއެވެ.

އަޝްވާއަށް އެޔަށް ޖަވާބު ނުދެވިގެން އުޅެނީސް އަޝްވިން އެކޮޓަރިއަށް ވަނެވެ.

“ރީމް، ދޭ ބޭބެއަށް ގުޅައި ވީ ކޮންތާކު ތޯ އަހަން.. ހިންދު ދޭ އީޝް ކައިރިއަށް، އަހަރެން އަޝްވާއާއި ވާހަކަދައްކާލާނަން” އަޝްވިން އެދުނެވެ. ރީމްއާއި ހިންދު އެޔަށް ދެ ކޮޅު ނުހަދައި އެތަނުން ދިޔައެވެ.

“މާ ބޮޑަށް ދެރަ ނުވޭ.. އަހަރެން ބައްޕަ އާއި ޝައިމްގެ ހިޔާލު ބަދަލުކުރެވޭތޯ އުޅޭނަން” އަޝްވިން ބުނެލިއެވެ.

“އަޝްވާ، ދެރަނުވޭ.. އެމީހުންނަށް އަދި ނުވިސްނެނީ” އަޝްވާ އެއްޗެކޭ ނުބުނުމުން އަޝްވިން ބުނެލިއެވެ.

“މަންމަ ހުރި ނަމަ ދޯ… އަހަންނަށް ޔަގީން ބޭބެ ހެން މަންމަވެސް އަހަރެންގެ ދިފާއުގައި ހުންނާނެކަން… އަދި ބައްޕަގެ ހިޔާލު ވަގުތުން ބަދަލުކުރެވޭނެކަން” ދެރަވާ ކޮންމެ ހިނދަކު އަޝްވާ އޭނާގެ މަންމަ މަތިން ހަނދާންވެއެވެ. އެހެންނަމަވެސް މަންމަގެ ވާހަކަ މިނޫން ދުވަހަކު ނުދައްކައެވެ.

“ބޭބެ ވެސް ވަރަށް ބޭނުން މަންމަ އަހަރަމެން ކައިރީ އަބަދުވެސް ހުންނަން.. އެކަމަކު އެއްވެސް މީހަކަށް މާޒީ ބަދަލެއް ނުކުރެވޭނެ. އަދި ތަގުދީރު ނޭނގޭނެ… މަންމަ ނެތަސް ބޭބެ އަޝްވާ އަށް ލޯބި ދޭނަން.. އަދި އަޝްވާއަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދޭން ތައްޔާރަށް ހުންނާނަން.. އިނގޭ… ތީ ބޭބެގެ ލޯބިވާ ކޮއްކޮ އެއްނު.. ” އަޝްވާގެ ބޮލުގައި އަޝްވިން ފިރުމާލިއެވެ.

“ބޭބެ، ބައްޕަގެ ރުހުން ދުވަހަކުވެސް ނުލިއްބިއްޖެނަމަ އަޅުގަނޑު ދެން ހަދާނީ ކިހިނެތް؟” ލޯގަނޑުން އަޝްވިންއާއި ދިމާލަށް ބަލާލަމުން އަޝްވާ އަހާލިއެވެ.

“ތިހެން ނުބުނޭ، އިން ޝާ ﷲ ހުރިހާ ކަމެއް ވެސް ރަގަޅުވާނެ.. ބޭބެ އަޝްވާ އުފާކޮށްދޭނަން.. އެއްމެންނަށްޓަކައި އަޝްވާ ތި ވަރަށް ގުރުބާން ވަމުން ދާއިރު އޭގެ ފޮނިމީރުކަން ކޮންމެ ވެސް ދުވަހަކު ލިބޭނެ.” އަޝްވިން މި ފަދަ އެތައް ބަސްތަކުން އަޝްވާއަށް ހިތްވަރު ދިނެވެ. އަޝްވާ ބުނިހެން އޭނާގެ ދެ ލޮލުން ކަރުނަ ނުއޮހޮރުނަސް އަޝްވާގެ ހިތް ދިޔައީ ފޮތިފޮތިވަމުންނެވެ. އަދި މި ހިތާމައާއި އެކީ ބިރުގަންނަމުން ދިޔައީ ކާއިންއަށް ވާ ވަރު ނޭނގޭތީއެވެ.


 

އަޝްވާ ކައިރީ އުޅުމަށް ފަހު ރީމް އޭނާ އުޅޭ ބަޔަށް ދިޔައިރު ނީމާ އޭނާގެ އިންތިޒާރުގައި ސޯފާގައި އިށީދެގެން އިނެވެ.

“ފޯނު ހަލާކުވެގެން ނުގުޅީ، އަހަރެން މިއައީ ދޮންތައަށް ވަރަށް މުހިއްމު އެއްޗެއް ދޭން ވެގެން” އަތުގައި އޮތް ސިޓީ އުރަ ދިއްކޮށްލަމުން ނީމާ ބުނެލިއެވެ.

“މީ ކޯއްޗެއް؟” ސިޓީ އުރައިގެ ބޭރުގައި އެއްވެސް އެއްޗެއް ލިޔެފައި ނެތުމުން ރީމް އަހާލިއެވެ.

“ތީ މަންމަ ދޮންތައަށް ދޭން އަހަރެންގެ އަތަށް ދިން ސިޓީއެއް. ސިޓީ ދެމުން ބުނީ ދެން ނޭނގެއޭ ރީމް ތިމަންނައާއި ދުވަހަކުވެސް ވާހަކަ ދައްކާނެ ކަމެއް. އެހެންކަމުން ވަގުތު އިތުރަށް ފާއިތުވުމުގެ ކުރިން އެގެން ޖެހޭ ކަންތައް ކިޔައިދޭން ބޭނުމޭ.. މަންމަ ތި ސިޓީ އުރަ ދިނީ މަންމަ ވަރަށް ބަލިކޮށް އުޅުނު ދުވަސްކޮޅެއްގައި ކަމުން އަހަންނަށް ވެސް ތި ހިފައިގެން ނާދެވުނީ.. އަދި ފަހުން ހަނދާން ނެތިފައި ހުރީ” ނީމާ ވީ ގޮތް ކިޔާދިނެވެ.

ރީމް އަވަސް އަވަހަށް ސިޓީ އުރަ ކަނޑާލިއެވެ. އަދި އޭގައިވާ އެއްޗެއް ކިޔަން ފެއްޓިއެވެ.

މަންމައަށް ކުށްކުރެވިއްޖެއެވެ. ދަރިފުޅު މަންމަ ދޫކޮށް ދިޔަ ސަބަބު ވެސް އެގެއެވެ. އެކަމަކު ވެސް ދަރިފުޅާއެވެ. މަންމަ އެ ހުރިހާ ކަމެއް ކުރީ ދަރިފުޅުގެ އުފަލަކީ އެއީ ކަމުގައިވާ ދެކެމުންނެވެ. އެހެންނަމަވެސް ކަންވީ އެހެންނެއް ނޫނެވެ. މަންމަ ވެގެން ދިޔައީ ލޯބީގެ ނަމުގައި ދަރިފުޅަށް އަނިޔާތަކެއް ދިން ފަރާތަކަށެވެ. ދަރިފުޅުގެ ނަސްލު އޮޅުވާލައި އެތައް ދޮގުތަކެއް ހެދުނެވެ. މަންމައަށް މާފުކޮށްދޭށެވެ. އާދޭސްކޮށްފައި ބުނަމެވެ. ތިއީ މަންމަގެ ޖާނެވެ. މަންމަ ދޫކޮށްފައި ނުދާށެވެ. ދަރިފުޅު ނެތުމުން މަންމަ އަށް މި ލިބޭ ހިތާމަ ބަސްތަކަކުން ބަޔާންކޮށްދެވޭހާ ފުނެވެ. އެހާވެސް ދަރިފުޅު ދެކޭ ހިތްވެއެވެ. އަދި ލޯބި ލޯބިން ދަރިފުޅުގެ ގައިގައި ބައްދާލާ ހިތްވެއެވެ. އެއްމެ ފަހަރަކު ނަމަވެސް މަންމަގެ ދެ އަތުން ދަރިފުޅަށް ކައްކާފަ ކާން ދޭން ބޭނުމެވެ. ދަރިފުޅުގެ ތި ފަން އިސްތަށިގަނޑުގައި ފުނާ އަޅުވައި ގަތައި ދޭން ބޭނުމެވެ. އެއްމެ ފަހަރަކުވެސް ދަރިފުޅުގެ އަޑުން މަންމާއޭ ބުނެ ގޮވާލާ އަޑު އަހަން ބޭނުމެވެ. އެއްމެ ފަހަރަކުވެސް ދަރިފުޅުގެ ތި ރީތި ހިނިތުންވުން ދެކިލަން ބޭނުމެވެ. އެއްމެ ރެއެއްގައި ނަމަވެސް ދަރިފުޅަށް ރައްކާތެރިކަން ދީ މަންމަގެ އުނގުގައި ނިންދަވައި ދޭން ބޭނުމެވެ.

ދަރިފުޅާއެވެ. މަންމަ ކައިރިއަށް އަންނާށެވެ. މަންމައަށް މާފުކޮށްދޭށެވެ.

މަންމަ މި ވަރަށް އާދޭސް ކުރާ އިރުވެސް ދަރިފުޅު މަންމަ ކައިރިއަށް ނައިސްދާނެއެވެ. އެހެންކަމުން ވަކިވެލަމުން އަދި އެއް ވާހަކަ ބުނެލާނަމެވެ. ދަރިފުޅުގެ އެއްމާބަޑު ކުއްޖެއް ހުންނާނެއެވެ. އެހެންނަމަވެސް އެ ދަރިފުޅު މި ދުނިޔެއަށް ނޭވާ ނުލެވެނީސް މި ދުނިޔެއާއި އަލްވަދާއު ކިޔާފިއެވެ. މަންމަ އެ ދަރިފުޅު މަތިން އަބަދުވެސް ހަނދާން އާ ކުރަމެވެ. އަދި އިންތިހާއަށް ލޯބިވަމެވެ. ރީމް ފެނިލާ އިރު އެ ދަރިފުޅުގެ ހަނދާނުން މަންމަގެ ހިތް ކަރުނައިން ބަންޑުންވެއެވެ.

ދަރިފުޅަށް ތި ލިބުނީ ވަރަށް ރަގަޅު ފިރިއެކެވެ. ބަސްއަހައިގެން ހަޔާތުގެ ދަތުރުގައި ކުރިއަށް ދާށެވެ. މަންމަ ކުރި ކުށްތަކުން ފިލާވަޅު ލިބިގަނެ އެކުށްތައް ނުކުރުމަށް އަޒުމް ކަނޑައަޅާށެވެ.

މަންމަ ވަރަށް ލޯބިވަން———–

ސިޓީ ކިޔާ ނިމުނު އިރު ރީމްގެ ލޮލުގެ އެސްފިޔަތައް ފޫދުއްވާލާފައި ކަރުނަތައް އަތުގައި އޮތް ގަނޑު ތެއްމަން އުޅެފިއެވެ.

“”ދޮންތާ، ކެތްކުރޭ… ކޮންމެ މީހަކަށް ވެސް މި ދުވަސް އަންނާނެ.. މަންމައަށް މިއަދު ބޭނުންވަނީ އަހަރަމެންގެ ހެޔޮ ދުއާ” ނީމާ ރީމްއަށް ހިތްވަރު ދިނުމުގެ ގޮތުން ރީމްގެ ގައިގައި ވަރަށް ބާރަށް ބައްދައިގަތެވެ.

“ނީމާ އަށް އެގޭތަ ބޮޑުދައިތަގެ ފިރިމީހާގެ ނަންބަރު” ރީމްގެ ހިތުގައި އަނެއްކާ ވެސް ސުވާލުތަކެއް އުފެދިއްޖެއެވެ. މަންމަ އަށް ނޭނގި ބޮޑުދައިތަ މައިރާ ވަގަށް ނެގީ ކީއްކުރަން ބާވައެވެ. އަދި މަންމައަށް ދޮގު ހެދީ ކީއްވެ ބާއެވެ؟

ނަސީބު ވަރަށް ވެސް ރަގަޅަށް ރީމްގެ އަތުގައި ހިފާފިއެވެ. ނީމާ ބޮޑުދައިތަގެ ނަންބަރު ދިނުމުން ރީމް އަވަސް އަވަހަށް އެމީހާއަށް ގުޅާލިއެވެ. ދެތިން ފަހަރު ގުޅުމުން ވެސް ފޯނު ނުނެގިއެވެ. އެހެންނަމަވެސް ރީމް އުއްމީދު ކަނޑާނުލައެވެ.

“ހަލޯ” ނުވަވަނަ ފަހަރަށް ގުޅުމުން ފޯނު ނެގުމުން ރީމް ހަލޯ ބުނެލައި ސޯފާގައި އިށީދެލިއެވެ.

ރީމް އެމީހާއަށް އޭނާ އަކީ ކާކުކަން ކިޔައިދިނެވެ. އިންޑިޔާ މީހަކަށް ވިޔަސް އޭނާއަށް އިނގެރޭސި ބަސް އެގުމަކީ ރީމްއަށް ހިތްހަމަޖެހުން ލިބިގެން ދިޔަ ކަމެކެވެ. އެމީހާ ކިޔައިދިން ގޮތުން ނަމަ ބޮޑުދައިތަ އެހެން ކަންތައް ކުރީ ރީމްގެ މަންމަ އުޅޭ ހާލު ފެނި އެކަމަށް ހަމްދަރުދީވެގެންނެވެ. މައިރާ އަކީ އުފެދުމުގައި ސިކުޑީގެ އުނިކަމެއް ހުންނަ ކުއްޖެއް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކުއްޖެކެވެ. އެއީ ދެ މީހުން ބަޑުގައި އުފެދި ބޮޑުވަމުން ދިޔައިރު ރީމްގެ ކާތަކެތި ފޯރުކޮށްދޭ ހޮޅި ނޭނގި ނަމަވެސް އޮތީ މައިރާގެ ކަރުގައި އޮޅިފައެވެ. ކުރި ސްކޭންތަކުން މިކަން ނުދައްކައެވެ. އެކަން އެނގުނީ ވިހެއުމަށްފަހުގައެވެ. އެހެންކަމުން އަމީހާ  ދެ ކުދިން ބަލަން ފައްޓައިފިނަމަ އަމީހާ ފޮރުވަން އުޅޭ ހަގީގަތް އެހެން މީހުންނަށް އެގިދާނެ ކަމަށް ބިރުންނެވެ. އަމީހާއަށް އެކަން އެގޭ ދުވަހަކުން ދެރަވާނެ ކަން އެނގޭތީ ބޮޑުދައިތަ އެކަން ސިއްރުކޮށްފައި އޮތީއެވެ.

އެކަން އެގުމުން ރީމް އަށް ރޮވުނެވެ. ހަމްދަރުދީވެގެން ކުރި ކަމަކުން މިހާ ބޮޑު ގެއްލުމެއް ލިބުނީތީ އެކަންޏެއް ނޫނެވެ. މައިރާގެ އެއްވެސް ކުށެއް ނެތި އޭނާ ބާކީކޮށްލި ކަމަށްޓަކައެވެ.


 

ކާއިން އަޝްވާ އާއި ބައްދަލުކޮށްލަން އެގޭގެ ޓެރަހަށް އައީ ހިންދު އާއި ޝަނުމްގެ އެހީތެރިކަމާއި އެކީގައެވެ.

“ކާއިން.. ހާދަ ލަސްވީ” ކާއިން ފެނުމުން ކެތްތެރިކަން ކުޑަވެފައި އަޝްވާ ބުނެލިއެވެ.

“އާން، ކުޑަކަމަކު މަންމަ ކައިރީ މަޑުކޮށްލަން ޖެހުނީ.. ކޮބާ ޝައިމް އާއި ބައްޕަ؟” އަޝްވާ ކައިރިއަށް ހިނގައިގަންނަމުން ކާއިން ބުނެލިއެވެ.

“ނޭނގެ… ކާއިން އަހަރެން ދެން ހަދަންވީ ކިހިނެތް ތަ؟ ” ކާއިންގެ އަތުގައި ހިފާލަމުން އަޝްވާ އަހާލިއެވެ.

“އަހަންނަށް ވެސް ތިޔަށް ދޭނެ ޖަވާބެއް ނޭނގޭ! އަޝްވާ ހޯދަން ހަދައިގެން ދެން ކުރިމަތިލާން ޖެހޭ އެއްވެސް ކަމަކާއި މެދު ވިސްނާނުލެވުނު” ކާއިން ބުނެލިއެވެ.

“ތީގެ މާނައަކީ ކާއިން އަހަރެން ދޫކޮށްލާފައި ދާނީއޭ ތަ؟ ކާއިން ބުނީމެއްނު އަހަރެން އެކަނިކޮށް ނުލާނަމޭ” އަޝްވާ ކުޑަކުއްޖެއްހެން ޝަކުވާ ކޮށްލިއެވެ.

“އަޝްވާ އަޝްވާގެ އާއިލާ ދެކެ އިންތިހާއަށް ލޯބިވަން.. އެއްމެ މީހަކަށްޓަކައި އަޝްވާއަށް އެމީހުންނާއި އޮތް ގުޅުން ކަނޑާނުލެވޭނެ. އެހެންނޫނަސް އަހަރެން ބޭނުމެއްނޫން އަޝްވާއާއި އަޝްވާގެ އާއިލާގެ ދެ މެދަށް އަންނަ ހުރަހަކަށް ވާން” ކާއިން ބުނެލިއެވެ. އަޝްވާ ދެރަކުރާކަށް ނޫނެވެ. އެއީ މިއަދު ގެ ހަގީގަތެވެ.

“ހާދަ ހެއްވައޭ! އަހަރެން މީހެއްގެ ދެކެ ލޯބިވާ އިރަށް އެމީހެއް އަހަރެން ދޫކޮށްލާފަ ދާން ކޮންމެވެސް ބަހަނާއެއް ދައްކާނެ! ޝަނުމް ވެސް ހެދީ އެހެން، މިހާރު ކާއިން ވެސް… ކޮބާތަ އަހަރެންގެ ކުށަކީ… އަހަރެން ހޯދަން މަސައްކަތް ކުރާ ހިތް ނުވަނީތަ؟ އަހަރެންގެ ހިތަކީ އެއްވެސް އަގެއް ނެތް އެއްކަޗަކަށް ވަނީތަ؟” އަޝްވާ ޝަކުވާ ކޮށްލިއެވެ.

“ނޫނޭ ދޫންޏާ! ތިހެން ނުބުނަން.. އަދި އަހަރެން އަޝްވާ ދޫކޮށްލާނަމޭ ވެސް ނުބުނަން… އެކަމަކު ބައްޕަމެންނަށް ވިސްނެންދެން ދުރުގައި ހުރުން އެއްމެ ބުއްދިވެރިވާނީ.. އޭރުން އިން ޝާ ﷲ އެމީހުންނަށް ކޮންމެވެސް ދުވަހަކުން ވިސްނޭނެ ދެމީހުން އެކަކު އަނެކަށް ބޭނުންވާ މިންވަރު” ކާއިން އަޝްވާއަށް ވިސްނުވައިދެވޭތޯ އުޅުނެވެ.

“ކެތްތެރިވެގެން އޭގެ ބަދަލު ލިބޭ ނަމަ މިހާރު އެކަންވެ ނިމުނީސް.. އެކަމަކު ކެތްތެރިވުން ނޫން އެހެން ގޮތެއް އަހަންނަށް ނެތް.. އެއްމެން ބޭނުންވާ ގޮތް ވާން ތަންދައްކައިގެން އަހަރެން މިހުންނަނީ ދުރުގައި މަންޒަރު ބަލަން.. އެކަމަކު ކާއިން! އަހަންނަށް ވެސް ކެތްތެރިވެވޭނީ ވަކި މިންވަރަކަށް.. އާދޭސްކުރަން.. ކޮންމެވެސް ގޮތެއް ހަދައިދީ… އަހަންނަށް ކާއިންއާއި ނުލައި ނޫޅެވޭނެ… ” އިސްޖަހާލަމުން އަޝްވާ ބުނެލިއިރު މީހާ ހުރީ މާޔޫސްކަމުގެ އިންތިހާއަށް ގޮސްފައެވެ.

“އަޝްވާ ، އަހަރެން ނޫޅެމޭ އަޝްވާ ދޫކޮށްލާކަށް… އިތުބާރު ކޮށްބަލަ..” އަޝްވާ ދާން ހިނގައިގަތުމުން ކާއިން އަޝްވާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

“އަޝްވާ! އަހަރެން އަޝްވާ ދެކެ އިންތިހާއަށް ލޯބިވަން.. ދެވަނަ އެހެން އިންސާނަކު ދެކެ މިފަދައިން ލޯބިނުވަން.. އަޝްވާ ގަބޫލުކުރޭ.. އަހަރެން އަދި ޝައިމްއާއި ވާހަކަ ދައްކާނަން.. އެއީ ޝައިމްގެ ދެ ފައިގައި ހިފައި އާދޭސްކުރުން ކަމުގައި ވިޔަސް އަހަންނަށް ފަރުވާލެއް ނެތް.. އެހާވެސް ބޮޑަށް އަހަރެން އަޝްވާ ދެކެ ލޯބިވަން… ” ކާއިން އަޝްވާގެ ދެ ލޮލަށް ބަލައި އާދޭހުގެ ރާގަކަށް ބުނެލިއެވެ.

“އަހަރެން ކާއިންއަށް އިތުބާރު ކުރަމޭ… އެކަމަކު ތަގުދީރު ހަމަ ކޮންމެ ކަމެއް ވެސް ދެ މީހުންގެ މެދަށް ގެނެސްފާނެ.. އަހަރެން ބިރުގަންނަނީ އެހެންވެ” އަޝްވާއަށް ރޮވެން ފެށުނެވެ.

ކާއިން އަޝްވާގެ މޫނުގައި ދެ އަތުން ހިފައި ވަރަށް އޯގާތެރިކަމާއި އެކީ ކަރުނަތައް ފުހެދިނެވެ.

“ވަރަށް ލޯބިވަން… އިން ޝާ ﷲ ދެމީހުން މިވާ ލޯބީގެ އަގު ވަރަށް ފޮނި ގޮތަކަށް ލިބޭނެ.. އަހަރެން ދުއާ ކުރާނަން އިނގޭ…” ކާއިން ބުނެލިއެވެ. އަދި އެޔަށްފަހު އަޝްވާ ގޮވައިގެން ތިރިއަށް ދާން ޓެރަހުގެ ދޮރާއި ދިމާލަށް ހިގައިގަތެވެ.

ކާއިންއާއި އަޝްވާގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ދޮރު ކުރިމަތީގައި ތިބި ޝައިމްއާއި އަސްރާރު ފެނިފައެވެ. ކާއިން އަވަސް އަވަހަށް އަޝްވާގެ އަތުން ދޫކޮށްލައި އެތަނުން ދާން ހިގައިގަތެވެ.

“ކޮންތާކަށް ދާން ތި އުޅެނީ… އަހަރެންގެ ކޮއްކޮ ހިތުގައި ޖައްސާފަ ތިހާ ފަސޭހައިން ނުދެވޭނެ” ކާއިން އޭނާއާއި އަރައި ހަމަވުމުން ޝައިމް ކާޢިންގެ ކޮނޑުގައި ހިފާލަމުން ބުނެލިއެވެ.

“ބައްޕަގެ ދަރިފުޅާ… ދަރިފުޅު ކާއިން ދެކެ ތިހާ ވަރަށް ލޯބިވޭތަ؟” އަސްރާރު އަހާލިއެވެ. ދެންމެ ދެކެވުނު ހުރިހާ ވާހަކައެއް އޭނާއާއި ޝައިމްއަށް އަޑުއިވުނެވެ.

“އާން ބައްޕާ ވަރަށް ބޮޑަށް…” ދެލޯ ކަރުނުން ފުރިގެންވާ ހާލު އަޝްވާ ހިނިތުންވެލައި ބުނެލިއެވެ.

“ކާއިން، އަހަރެން ހަމަ ހައިރާންވެއްޖެ ކާއިން ގެ ބަސްތައް އަޑުއިވިފައި. ދެ މީހުންގެ މިތަނަށް އައި ތަން ފެނިގެން އަހަރެމެން ދުވެފައި މިއައީ ކާއިން އުޅުނީ އަޝްވާ އަހަރެމެންގެ ނުރުހުމުގައި ގެންދަން ކަމަށް ހީކޮށް.. އެކަމަކު ކާއިން ތި އިސްކުރީ މުޅިން އެހެން ގޮތެއް.. އެހެން ހުރިހާ އެއްމެނަށް ނަމޫނާއެއް ތި ދެއްކީ… އަޝްވާ ކާއިން ދެކެ ލޯބިވާ ކަމަށްޓަކައި އަހަރެން މިއަދު ފަހުރުވެރިވަން.. ” އަސްރާރު ކާއިންއާއި ސަލާމް ކޮށްލަމުން ބުނެލިއެވެ.

އަޝްވާއަށް ލިބުނު އުފާވެރިކަން ބަޔާންކޮށްދޭނީ ފަހެ ކިހިނަކުންނެވެ. އެއް ސިކުންތު ވޭނީ ކަރުނަތައް އޮހެރެމުން ދިޔަ އެ ދެ ލޮލުން ދެވަނަ ސިކުންތުގައި ހިލާލީ ފޮނި ކަރުނައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ތިޔަ އަސަރު 53

Next

ހިތާ ފުރާނައިންް… (59)

Next
March 5, 2018

ހިތާ ފުރާނައިންް… (59)

Previews
March 5, 2018

ތިޔަ އަސަރު 53

44 Comments!

  1. Aki says:
    March 5, 2018 at 10:35 pm

    hama inthizaaru ga huhta thi up kohla dhinee

    1. maroon says:
      March 5, 2018 at 11:08 pm

      Thanku Aki ???

  2. Asha says:
    March 5, 2018 at 10:41 pm

    Mee 2 thank you.. kiyaaaf comment eba kuran

    1. maroon says:
      March 5, 2018 at 11:08 pm

      ??

  3. Shann says:
    March 5, 2018 at 10:48 pm

    Alhe khonireh mihaaru story kiyaahithun inthixaaru kuraathaa… V rythi hisaabakun kuryge bai ninmaaly… Ehenve hama kiyaahithun kehmadhuvefami hury… V rythi mibaives… Kaain haadha best ey dhw.. Ashwa dheke haadha loabivey dhw.

    1. maroon says:
      March 5, 2018 at 11:09 pm

      Thanku shann… yes kaain hen vaan jeheyne emmenves. Rulhi gadha viyas he did something vvvv good.???

  4. maroon says:
    March 5, 2018 at 10:48 pm

    Happy news… all are invited to ashwa and kaainge wedding. Sad news… next is the last part.. gonna miss you all. And next part v dhiguvaane ngey. Much love tc ????
    Next part ga maira and maazin ge adhabaai all secrets ngey. Goodnight

    1. maroon says:
      March 5, 2018 at 10:53 pm

      V muhimmu msg eh to all girl and boys. Never disobey your parents. It will pay off in a sweet way.

  5. Juvey says:
    March 5, 2018 at 10:49 pm

    V nice. .story nimenee dww roon ❤??

    1. maroon says:
      March 5, 2018 at 11:10 pm

      Thanku juvey. Yes darling ???

  6. Kokko says:
    March 5, 2018 at 10:50 pm

    Woahhh finally…whn last part

    1. maroon says:
      March 5, 2018 at 11:10 pm

      Thanku kokko. Maadhama ngey ???

  7. annoying reader says:
    March 5, 2018 at 10:58 pm

    woooww finally mi part kiyaalafa nidhan mi huri ves. varah reethi atlast shaim and ashwa ge dad kaain accept kuri ey dhw.. i believe happy days started nw. thankyou roon. And thanks finally got the answer to my qstn. heheh so maira ge aunt maira gengos baaki kohlli mamma yah nuves ingi,but see wat maira did hageegah neyngi hure. roon maira ah ves mamma ge kusheh neh kan angachey eyrun she will realise her mistakes and feel guilty for wat she did. ilove this part. u the best good night ?? waiting for the next part.

    1. maroon says:
      March 5, 2018 at 11:12 pm

      Sorry to keep u waiting dear. V ufaa vejje inthizaaru kureethy . Yes incoming hama happy days. Maira ge bodudhaitha kuri kushakun mihurihaa kameh midhimaa vy. M sure she will feel so much guilt.have a happy night ???

  8. Eee ram says:
    March 5, 2018 at 10:59 pm

    Ekaku nudhiyas ashwa n kaain ge wedding party ah dhaanan… In dreams hehe… BTW vvv reethi…?

    1. maroon says:
      March 5, 2018 at 11:15 pm

      Hehehehe.. wear something plum red and little bit of navy blue.. see u there ???? thaku dear

  9. Asha says:
    March 5, 2018 at 11:00 pm

    Wow…..roon asha ah hama hageegathuga ves rovijje..ehaaves reethi asarugadha

    1. maroon says:
      March 5, 2018 at 11:15 pm

      Ufaluntha .. ufaa vaane dhw kaain and ashwa ok veema now ?
      Thanku asha ???

  10. Zaaraa says:
    March 5, 2018 at 11:01 pm

    V v reethi ? yes kaain n ashva?? maroon story nimeni dhow ??

    1. maroon says:
      March 5, 2018 at 11:16 pm

      Yes darling nimeny. Gonna miss u. Thanku ???

  11. Luboo says:
    March 5, 2018 at 11:02 pm

    Wow owwww kiyaahithun hutta e nimuny mi part thakolheh kuru.but very nice waiting waiting………..

    1. maroon says:
      March 5, 2018 at 11:17 pm

      Yes. Ei next part dhigu kuran. Cause happy days are coming. Thanku dear ???

  12. Loo says:
    March 5, 2018 at 11:06 pm

    Hate this story

    1. maroon says:
      March 5, 2018 at 11:17 pm

      Ok ?

  13. Maikko says:
    March 5, 2018 at 11:09 pm

    Varah reethi….❤?❤???❤???❤???❤???❤???

  14. Xxxx says:
    March 5, 2018 at 11:14 pm

    Wooooowww ???? good job dear..v.nice…

  15. sam♥ says:
    March 5, 2018 at 11:28 pm

    ♥

  16. Asha says:
    March 5, 2018 at 11:37 pm

    Roon mihaarun feshigen story eh liyan fashaaba

  17. Yehtaf says:
    March 5, 2018 at 11:40 pm

    Awesome…

  18. reysh says:
    March 5, 2018 at 11:42 pm

    ?????????????????? speechless ehenve mihen hedhy

  19. Fan says:
    March 5, 2018 at 11:51 pm

    ????
    Varah furihama specially the twist thah
    ??
    Good job dear
    May Allah bless with more success ❤️

  20. Aish says:
    March 5, 2018 at 11:55 pm

    Maasha Allah. .v v v heart touching.?????????alhey mihaarun feshigen kaain r ashwa ge wedding ah mi ready vanee..finally story nimenee dhw..dhen v v miss vaane igey.???..story ga himeney hurihaa asaru thakeh ves hithaa hamayah vaasil vehje..story ge hurihaa kameh ves v v v furihama..thy fisaari writer eh igey??? insha Allah ..much love ?????.

  21. Angel afy says:
    March 6, 2018 at 4:03 am

    V loabi ingey mi part ves sry hurihaa part ehves kiyan ekamu hurihaa part ah comment nukureve

  22. Hairaan says:
    March 6, 2018 at 11:24 am

    Keekey bunany maasha allah
    Varah furihama. Varah reethi. ?

  23. Swety says:
    March 6, 2018 at 12:33 pm

    Wow. …story vvvvv nice…v eBa inthizaaru kuran last part ah. …maroon your are the best❤❤❤❤❤❤❤❤

  24. Icy says:
    March 6, 2018 at 1:43 pm

    wow Maroon
    hama rovun mi part kiyaafa
    curiously waiting for the next part

  25. Lai says:
    March 6, 2018 at 4:32 pm

    Wow……nice☺??

  26. Pinky shifoo says:
    March 6, 2018 at 4:50 pm

    Maasha Allah haadha reehchey mi part vx ????… V v furihama ????… V v loabi ❤️❤️❤️❤️… Hama rovihje mifaharu vx ????… Ehaa vx emotional ????… Keep up the good work maroon ????… Curiously waiting for the next part… Lots of love and take care ????

  27. Eleven says:
    March 6, 2018 at 6:05 pm

    Nice❤❤❤

  28. Shudha says:
    March 6, 2018 at 6:41 pm

    mi story nimeny tha? nooo… im gonna miss u.. v v reethi… mirey ge part ah wait kuran… loveess

    1. maroon says:
      March 6, 2018 at 6:45 pm

      Story will be updated at 9

  29. Anee says:
    March 6, 2018 at 6:41 pm

    Waiting

  30. Rish says:
    March 6, 2018 at 6:56 pm

    Next part up vithw belun vareh vx neyge. Mi story nimeythee vrh dheravey? alhe maroon ehn story eh vrh avahah genesdhehche ingey ? next part kiyaa hihun mihaaru keh madhu vefa mihuree… Maroon ge story vrh kiyaa hiy vey.. I miss u maroon ?.

  31. Fathun says:
    March 7, 2018 at 1:21 am

    V nice story ah… Avahah upload kohdheebala……

Comments are closed.

Next Episodeތިޔަ އަސަރު 55 (ފަހު ބައި)←


All Right Reserved!