Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތިޔަ އަސަރު 52

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
March 4, 2018 9 Mins Read
65 Comments

ފޯނުގެ އަތްގަނޑު އެއްލާލުމަށް ފަހު އަޝްވާ ކާއިންގެ ގައިގައި ޖަހަން އިސްއުފުލާލިއެވެ.

“އައި ލަވް ޔޫ އަޝްވާ!” އަޝްވާ އިސްކުރި އަތުގައި ހިފައި އިތުރަށް ގަޔާއި ކައިރިކޮށްލަމުން ކާއިން ބުނެލިއެވެ.

އަޝްވާއަށް ބުނާނެ އެއްޗެއް ކުރާނެ ކަމެއް ނޭނގުނެވެ. އެސްފިޔަ ޖަހާލުން ފިޔަވައި ދެން އިތުރަށް އެއްމެ ހަރަކާތެއް ވެސް ހަށިގަނޑުގެ ބޭރުން ނުފެނެވެ. އެހެންނަމަވެސް ކާއިން އެ ބުނި ހަތަރު ލަފުޒު އިވުމާއި އެކީ ހިތުގެ ވިންދު އަވަސްވެ ސިކުޑީގައި ބޮޑު ހައިޖާންގަނޑެއް އުފެދިއްޖެއެވެ.

“އަޝްވާ، ޖަވާބެއް ދީ ބަލަ!” އަޝްވާ ހަރަކާތެއް ނުކޮށް ހުރުމުން ކާއިންއަށް އުދަގޫވެގެން އަހާލިއެވެ.

އެހެންނަމަވެސް އަދިވެސް އަޝްވާ އެޔަށް ޖަވާބެއް ދޭން ބޭނުން ނުވާ ކަހަލައެވެ. ނޫނީ ދޭނެ ޖަވާބެއް ނޭނގުނީއެވެ.

“ދަނީ” ދެތިން މިނެޓަށް ކާއިންގެ މޫނަށް ބަލަން ހުރެފައި އަޝްވާ އެހެން ބުނެލުމަށްފަހު ދާން ހިނގައިގަތެވެ. އަދި ގޮސް ތަޅުލާފައި ހުރި ދޮރުފަތުގެ ތަޅުގައި ހިފައި ދަމަން ފެށިއެވެ.

“އަޝްވާ! އެނގޭ ދޯ ކިތައްމެ ވަރަކަށް ހިފިއަސް ދޮރު ނުހުޅުވޭނެކަން” ދުރުގައި މަންޒަރު ބަލަން ހުރި ކާއިން ބުނެލިއެވެ.

ކާއިން އެހެން ބުނުމުން އަޝްވާ ކާއިންއާއި ދިމާލަށް ބަލައި ހިނިތުންވެލިއެވެ. އެވަގުތު އަޝްވާގެ ލޮލަށް ޖަމާވެފައިވާ ކަރުނަތަކުން ކާއިންއަށް އަޝްވާ ދޭން ބޭނުންވާ ޖަވާބު އެނގުނު ކަހަލައެވެ. އެހެންކަމުން ލަސްކުރުމެއް ނެތި  އަޝްވާ ކައިރިއަށް އައިސް އެމޫނުގައި އޭނާގެ ދެ އަތުން ހިފާލިއެވެ.

“އަޝްވާ، ހެޔޮ ނުވާނެ.. އަހަރެން ދޫކޮށްފަ ނުދޭ.. އަހަރެންގެ ލޯބި ގަބޫލުކުރޭ.. އަޝްވާ ނޫން ދެވަނަ އިންސާނެއް ދެކެ އަހަރެން ލޯތްބެއް ނުވޭ.. ” އަޝްވާ އާއި ލޮލާއި ލޯ ސީދާކޮށްލަމުން ކާއިން ބުނެލިއެވެ. މިއީ ވެދާނެ ކަމަށް ކާއިން ކުރިން ހީކުރި ކަމަކަށް ވިޔަސް އެމަންޒަރު ސީދާ އިހުސާސްވުމުން ހިތުގައި ރިއްސާލެއް މާ ބޮޑުވެގެން ދިޔައެވެ.

“ކާއިން… ކީއްވެ އަހަރެން؟” ހިތުގައި ފުނިޖެހެމުންދާ ސުވާލަކުން ކުރެ ސުވާލެއް އަޝްވާ ކޮށްލިއެވެ.

“އަހަރެން ކިހިނެތް ތި ސުވާލުގެ ޖަވާބު ދޭނީ.. އެތައް އަންހެން ކުދިންނާއި އެކު އުޅުނު ނަމަވެސް އަހަންނަށް ދުވަހަކު ވެސް މި އިހުސާސެއް ނުކުރެވޭ.. ” ކާއިން ފަށައިގަތެވެ.

އަޝްވާ ބުނީމެއްނު އަހަންނަށް ވެސް ކޮންމެވެސް ދުވަހަކުން ހަގީގީ ލޯބި ވެވޭނޭ.. އަހަރެން ބޭރަށް ކިޔަވަން ބަދަލުވުމުގެ ކުރިން އަހަރެން އަޝްވާ ދެކެމުން އައީ ހަމައެކަނި ޝައިމްގެ ކޮއްކޮގެ ގޮތުގައި… އޭރު އަޝްވާ ތީ އަހަރެން ޖެއްސުންކޮށް މަލާމާތް ކުރަން ހުންނަ ކުއްޖެއް.. ފޫހިވީމަ ފަލައޭ ބުނެ ރޮއްވާލަން އުޅޭ ކުއްޖެއް! އެކަމަކު އެފަހުން މާލެ އައިސް ކުރިން ނުފެންނަ އެތައް ސިފަތަކެއް އަހަންނަށް އަޝްވާގެ ފަރާތުން ފެނުނު..އަހަރެން ބައްޕަ ސަލާމަތްކޮށްދޭން ތެޅިފޮޅެމުން ދިޔަ އިރު އަޝްވާ އަބަދުވެސް ބަލަމުން ދިޔައީ އަހަންނަށް ކާންދީ އަހަންނަށް ބޭނުންވާ އެހެން ކަންތައް ފުރިހަމަކޮށްދެވޭ ތޯ.. އެ ހުރިހާ ކަމެއްގެ ތެރެއިން އަހަންނަށް ނޭނގި ނަމަވެސް ދިޔައީ އަޝްވާއަށް އަހަރެންގެ ހިތުން ޖާގައެއް ދެވުމުން.. ހަނދާން ވޭތަ އަޝްވާ އާއި ޝަނުމް ޓެރަސްމަތީ ތިއްބައި އަހަންނަށް ތި ގެޔަށް ދެވުނު ދުވަސް މަތިން، އެ ދުވަހަކު އަހަންނަށް އިހުސާސް ކުރެވިއްޖެ އަހަރެންގެ ހިތުން ހަމަ ޔަގީނަށް ވެސް އަޝްވާ ޖާގަ ހޯދައިފިކަން.. އެކަމަކު އެރޭ ލޯބި ހުށަހެޅުމުގެ ބަދަލުގައި އަހަރެން ބޭނުންވީ އަޝްވާއަށް ޝަނުމް ހޯދަދޭން.. އެއީ އަހަރެން އަޝްވާ ދެކެ ވާ ލޯބި ގުރުބާންކޮށްލުން ކަމަށް ވިޔަސް ހެޔޮ ކަމަށް ދެކިގެން.. އެނގޭތަ އެއީ ކީއްވެކަން؟” ކާއިން އެ ހުރިހާ ވާހަކަ ދައްކަމުން ދިޔައިރު ވެސް ދެ މީހުންގެ ނަޒަރު ވަނީ އެކަކު އަނެކެއްގެ ލޮލާއި އަމާޒުވެފައެވެ. ދުލުން ބުނަމުން ދާ ބަސްތަކުގެ އިތުރުން ލޮލުގައިވާ ޖަޒުބާތުން އިހުސާސްތައް ބަޔާންކޮށްދޭ ހާލުގައެވެ.

“އެއީ އަހަރެން އަޝްވާ ދެކެ ލޯބިވާތީ…. އަޝްވާގެ ހިތުގެ ފިނިކަމަކީ އަހަރެންގެ އުފާކަމުގައި ދެކޭތީ.. ޝަނުމް ހެން އަހަރެން ފުރާނައިން ގުރުބާން ނުވިޔަސް އަހަރެންގެ ހިތް ކުދިކުދި ކުރަމުން ދިޔައީ ތި ލޯބި ލޯބި ހީލުން ދެކެން ކެތްކަމަދު ވެފައިވާތީ!!! އަޝްވާ! އާދޭސްކުރަން، މިއަދު އަހަރެންގެ ލޯތްބަށް ނޫނެކޭ ނުބުނޭ.. އަޝްވާ ނޫން ދެވަނަ މީހަކަށް ނޫނީ އަހަރެންގެ ހިތަށް ފަރުވާއެއް ނުދެވޭނެ..” އަޝްވާގެ އަތުގައި ހިފައި މޭގައި އަތް ކާއިން ބުނެލިއެވެ.

“ތީ ހުސް ދޮގު.. ކާއިންއަށް އަހަރެން ދެކެ ލޯތްބެއް ނުވެނޭނެ.. ” ކާއިންގެ އެ ބަސްތައް އަޝްވާއަށް އަޑުނީވޭ ކަހަލައެވެ. ދެކޮޅަށް ބޯހޫރުވާލައި ދުރަށް ބަލަމުން އަޝްވާ އެހެން ބުނެލުމުން ކާއިންއަށް ދެލޯ މަރާ ތަގުޑިކޮށްލެވުނެވެ.

“ކީއްވެ އަހަރެން ދޮގު ހަދަންވީ؟؟ އެއްމެ ސަބަބެއް ބުނެ ދީ ބަލަ” އިސްޖަހާލަމުން ކާއިން ބުނެލިއެވެ.

“އެއީ ކާއިން އެއްނު ބުނީ އަހަންނަށް ދުވަހަކު ވެސް އިންނާނެ މީހެއް ނުވާނޭ.. އެކަމަކު އެއްމެ ފަހުން އަހަންނަށް އިންނާނެ މީހެއް ވީމަ ކާއިން ތިއުޅެނީ އެކަން ނުކުރެވޭނެ ގޮތެއް ހޯދަން.. ކާއިން ތީ ބުނާ ބަހުގައި ހިފަހައްޓާ މީހެއް.. އެހެންވީމަ އެކަން ވެސް ދޮގު ނުކުރެވޭ ތޯ ތިއުޅެނީ” އެއަޑު އަހަން ހުރި މީހަކަށް އަޝްވާގެ ހިތުގައި އެއްވެސް ރަހުމެއް ނުވާ ކަމަށް ހީވިއަސް އަޝްވާ އެދަނީ އޭނާގެ އަމިއްލަ ހިތް ލޯބީގެ ދަޅައިގައި ދެވަނަ ފަހަރަށް ނުޖެއްސުމަށް އަޒުމް ކަނޑައަޅަމުންނެވެ.

” އަޝްވާ ކުޑަކޮށް މޮޔަތަ؟ އަހަރެން ކީއްކުރަން ކުއްޖެއްގެ ދިރިއުޅުން ވެއްޔާއި މޮޑެލަންވީ.. އަޝްވާ ބުނެގެން އަހަންނަށް އައި ބަދަލު އަޝްވާއަށް ނުފެންނަނީ ތަ؟ އަޝްވާ ބުނެގެން އަހަރެން ސިގެރޭޓް ބުއިން ހުއްޓާލި ތާ ކޮން ދުވަހެއް.. އަޝްވާ ބުނެގެން އަހަރެން ރުޅި މަޑުކުރަން ނޫޅެން ތަ؟ އަޝްވާ ބުނެގެން އަހަރެން އަންހެން ކުދިން ފަހަތުން ދުވުން ހުއްޓާލައިފިން.. އެ ޝަނުމް އަޝްވާގެ ލޯތްބަށް ނޫނެކޭ ބުނުމުން އަހަރެންނެއް ނޫންތަ އަޝްވާގެ ކަރުނަތައް ފުހެދޭން ހުރީ.. އަހަރެން ނޫންތަ ބުނީ އަޝްވާގެ އުފަލަށްޓަކައި އަހަރެން މިހިރީ ކޮން ކަމެއް ކޮށްދޭން ވެސް ތައްޔާރަށޭ!” ކާއިން ވާހަކަ ދައްކަން ފަށައިގަތީ އަޑުހަރުކޮށް ވިޔަސް ހިތުގައިވާ ވޭނުން އަޑުމަޑުވެގެން ދިޔައެވެ.

“އެހެންވެއްޖެއްޔާ ކީއްވެ މިއޮތްހާ ދުވަހު ސިއްރުކޮށްގެން ހުރީ.. ކާއިންއަށް ތިހެން ބުނަން އެނގުނީ އެއްމެ ފަހު ވަގުތު ހުރިހާ ކަމެއް ކުރަން ވަގުތު ޖެހުމުން ތަ ؟ އަހަރެން މި ކައިވެންޏަށް އާބަސް ބުނުމުގެ ކުރިން ލޯބިވަމޭ ނުބުނީ ކީއްވެ. ފުރުސަތު ނުލިބުނީ ތަ؟ އަދި މިއުވާން އާއި އިންނަން އެއްބަސްވީ އިރުވެސް ކާއިން ދުރުގައި މަންޒަރު ބަލަން ހުރީއެއްނު.. ކާއިން ތީ ކާއިން ބޭނުންވާ އެއްޗެއް އެއްގޮތަކުން ނޫނީ އަނެއް ގޮތަކުން ނަމަވެސް ހޯދަން އުޅޭ މީހެއް.. އެކަމަކު އަހަރެންގެ ލޯބި ހޯދުމުގެ ބަދަލުގައި ކާއިން އަހަރެން ދެރަކޮށްލީ.. އިތުބާރު ނުކުރަމޭ ބުނެ ހަޅޭތްލެވީ.. އެކަނިވެރި ނުކޮށްލާނަމޭ ބުނެ ދޫކޮށްފަ ދިޔައީ.. ކާއިން އެހެން ހެދުމުން އަހަރެން ރުއި ރުއިން ކާއިންއަށް އެނގޭތަ؟ ޝަނުމް އަހަރެން ދޫކޮށްލާފައި ދިޔަ ސަބަބު އަހަންނަށް ވަރަށް ރަގަޅަށް އެނގޭ.. އަދި އެސަބަބު އެގުނު ފަހުން ޝަނުމްގެ ނަން އަހަރެންގެ ހިތުގައި ފަސްއަޅައި ފޮރުވައިފިން.. އެކަމަކު ކާއިން އެއްވެސް ސަބަބެއް ނެތި، އެއްވެސް ކުށެއް ނެތި އަހަރެން ބާކީކޮށްލީ.. އެވަރަށް އާދޭސްކުރުމުން ވެސް އަޑުނީވޭ ކަމަށް ހަދާލައިގެން ދިޔައީ.. ކާއިން އަހަރެންގެ ހިނިތުންވުމަށް ތިހާ އެދޭ ނަމަ އެދުވަހު އެހެން ކަންތައް ކުރި ސަބަބު ބުނެބަލަ؟ ކީއްވެ ތަ އެދުވަހު އަހަރެން އެކަނިކޮށްލީ.. އަހަރެން ނުބުނަންތަ ކާއިން އަކީ އަހަރެންގެ ހަޔާތަށް ކިހާ މުހިއްމު މީހެއްކަން؟” އަޝްވާއަށް ވެސް އިހުސާސްތައް ބަންޑުން ނުކޮށްލައި ނުހުރެވުނެވެ. ކާއިން އޭނާ ދެކެ ރުޅިއަންނަން ސަބަބު އޮތް ފަދައިން އަޝްވާއަށް ވެސް އެތައް ސަބަބެއް ދެއްކި ދާނެއެވެ.

“އަހަރެން އެއްމެ ފުރަތަމަ ލޯބިވާ ވާހަކަ ނުބުނީ އަޝްވާ ޝަނުމް ދެކެ ލޯބިވާތީ، އަދި އަހަރެން ލޯބި ހުށަހަޅައިގެން އަޝްވާ ނޫނެކޭ ބުނެފިނަމަ ކުރާނެ ކަމެއް ނޭނގޭތީ.. އަހަރެން ބޭނުމެއް ނޫން އަޝްވާ އަހަންނާއި ދުރުވާ ސަބަބަކަށް މިކަން ވެގެން ދާން.. ދެން އެޔަށްފަހު އަހަރެން ބިރުގަތީ އެމީހުން، މައިރާ އާއި މާޒިން އަޝްވާއަށް ގޯނާއެއް ކޮށްލަން އުޅެފާނެ ކަމަށްޓަކައި… މައިރާ އަޝްވާގެ ކަރުގައި ވަޅި ޖައްސައިގެން ހުރި އިރު އަހަރެންގެ ހިތަށް އެރި އެއްޗެއް ބުނަން ތަ؟ ” އަޝްވާގެ އަތުގައި ހިފައި ބާރުކޮށްލަމުން ކާއިން ބުނެލިއެވެ.

” މައިރާ އެކަންތައް ކުރަން އުޅުނީ އަހަންނަށް އަޝްވާ މަރުވާ ތަން ދައްކާކަށްނު އެހެންވެ އަހަރެން ހިތަށް އެރީ އަހަރެން އެ ވަގުތު މަރުވެގެން ވެއްޓިދާނެ ނަމައޭ… އޭރުން މައިރާ އަޝްވާ ދޫކޮށްލާނެ އެއްނު” ކާއިން އެހެން ބުނެ ނުނިމެނީސް އަޝްވާ ކާއިންގެ މޫނު މަތީގައި ޖަހާލިއެވެ.

“ދުވަހަކުވެސް ތިހެން ހިތަށް ނާރުވާތި!” ކަރުނައިގެ ތެރެއިން އަޝްވާ ހަޅޭތްލައިވައިގަތެވެ.

“ކާއިން ހީކުރީތަ ކާއިން މަރުވާ ތަން ބަލަން ހުރުމަކީ އަހަރެންގެ ހިތަށް ކުޅަދާނަވާނެ މަންޒަރެކޭ!! ” އަޝްވާ އިތުރުކޮށްލިއެވެ.

“ދެން އެހެންވެއްޖާ މިއަދު އަހަރެންގެ ލޯތްބަށް ނޫނެކޭ ނުބުނޭ! މަރުވުމަށް ވުރެ ދިރިހުރެ އަހަރެންގެ ހިތަށް ލިބެމުން މިދާ ވޭން މާ ބޮޑު” އަޝްވާގެ ވާހަކައާއި ގުޅުވައިގެން ކާއިން ބުނެލިއެވެ.

“ކާއިން” ކާއިންގެ ނަން ގޮވާލަމުން އަޝްވާ ކާއިންގެ ގައިގައި ބައްދައިގަތެވެ. ކާއިން ހީކުރީ އަޝްވާ އޭނާގެ ލޯބި ގަބޫލުކުރީ ކަމަށެވެ. އެހެންކަމުން ހިނިތުންވެނެވެ. ނަމަވެސް ދެން އަޝްވާ ބުނެލި ލަފުޒުތަކުން އޭނާގެ ހިތް ހުއްޓިގެން ނުދިޔައީ ކިރިއާއެވެ.

“ކާއިން! އަހަންނަށް މާފުކޮށްދީ…މިހާރު މާ ބޮޑަށް ވެސް ވަގުތު ފާއިތުވެއްޖެ.. ކާއިން ކުރިން ބުނި ނަމަ…” އަޝްވާ އެހެން ބުނުމުން ކާއިންގެ ހިނިތުންވުން އިސާހިތަކު ފަޑުވެގެން ދިޔައެވެ. އަވަސް އަވަހަށް އަޝްވާ ގަޔާއި ދުރުކޮށްލައި އަޝްވާގެ މޫނުގައި ބާރަށް ހިފަހައްޓާލިއެވެ.

“ތިހެން ނުބުނޭ އަޝްވާ.. އަޝްވާ އާއި ނުލައި އަހަރެން ކިހިނެތް އުޅޭނީ؟” އާދޭހުގެ ރާގަކަށް ކާއިން ބުނެލިއެވެ. އޭރު ލޮލަށް ޖަމާވެފައިވާ ކަރުނަތައް އިސާހިތަކު އޭގެ މަގާމް ދޫކޮށް ކޯތާފަތް ތެއްމާލަން އުޅެފިއެވެ.

“ކާއިން، އަދިވެސް އެއްފަހަރު މާފަށް އެދެން… ކާއިންއަށް ލޯބި ހުށަހަޅަން ފުރުސަތު ލިބުނު.. އެކަމަކު ކާއިން އަމިއްލައަށް އެ ފުރުސަތު ނަގާލީ.. އެހެންނޫނަސް އަހަންނަށް އިތުބާރު ނުކުރެވޭ މީހަކާއި އެކީ އަހަރެން ކިހިނެތް އުޅޭނީ.. ދެ މީހުން ކައިވެނި ކުރިއަސް ކާއިން ރުޅި އައިސްގެން ވިސްނާނުލައި ބުނެލާ އެއްމެ ޖުމްލައަކުން ވެސް އަހަރެން ދެރަވާ ތަން އައިސްދާނެ.. އަހަރެން ބޭނުމެއް ނޫން އެފަދަ އެއްވެސް ކަމަކަށް ޖާގަ ދޭން.. އަހަރެން  ވެސް ކާއިން ބޭނުން… އެކަމަކު ވަގުތު ފާއިތުވެއްޖެ” އެހެން ބުނެލުމަށްފަހު އަޝްވާ ބެލްކަންޏާއި ދިމާލަށް ހިގައިގަތެވެ. ކާއިންގެ މޫނަށް ބަލަހައްޓައިގެން ހުރި ނަމަ އޭނާގެ ހިޔާލު ބަދަލުވެދާނެއެވެ. އަމިއްލަ އެދުން ކަމަށް ވިޔަސް މިއަދު އެތައް ހިތާމައަކަށް ފަހު އަޝްވާ ބޭނުމީ ދުނިޔެއާއި އެކަހެރިވެލާށެވެ. ކުޑަކޮށްވެސް ބިރުވެރިކަމެއް އޮތް މަގަކުން ހިނގާކަށް ބޭނުމެއް ނޫނެވެ.

އަޝްވާ ދިޔުމުން ކާއިން އަޝްވާއަށް ގޮވާލިއެވެ. އެހެންނަމަވެސް އަޝްވާއަށް އެއަޑު ނީވެއެވެ. ނޫނީ އަޑުއިވޭ ކަމަށް ހަދާނުލީއެވެ. ކޮންމެ ގޮތެއް ވިޔަސް ކާއިން ގެ ހިތަށް އެއިން ލިބުނީ އިތުރު ކެކުޅުމެކެވެ.

އަޝްވާ އެ ދިޔަ ގޮތަށް ގޮސް ބެލްކަންޏަށް ނިކުމެ ކައުސަރު އަށް ގުޅައި ކާއިންގެ ކޮޓަރީގެ ދޮރު ހުޅުވައި ދިނުމަށް އެދުނެވެ. ކައުސަރު އުޅެނީ ކާއިން އުޅޭ ފަންގިފިލާގައި އެ ކޮޓަރިއާއި ޖެހިގެން ހުންނަ ކޮޓަރީގައެވެ.

ކައުސަރުއަށް ގުޅައި އަޝްވާ އެބުރި ކޮޓަރިއަށް ވަންއިރު ކާއިން އަދިވެސް އެދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.

“ކާއިން، އަހަރެން ނެތަސް ކާއިންއަށް ދިރިއުޅެވޭނެ، އަހަރެން ނޫން އެތައް ރީތި ރަގަޅު އަންހެން ކުދިން ކާއިންއަށް ލިބޭނެ.. އަހަރެން މިއުވާން އާއި އިދެގެން ދުރަށް ދިޔައިމަ ދުވަސްކޮޅަކުން ކާއިން އަހަރެންގެ މަތިން ހަނދާން ނެތި ދާނެ.. އެއްމެނަކަށް އެމީހުން ލޯބިވާ މީހުން ނުލިބޭނެއޭ ކާއިން ބުނީމެއްނު” މަޑު ހިނގުމެއްގައި އައިސް ކާއިން ކައިރިއަށް ހުއްޓިލަމުން އަޝްވާ ބުނެލިއެވެ.

“އާން! އެއްމެނަކަށް އެމީހުން ލޯބިވާ މީހުން ނުލިބޭނެ.. އެކަމަކު އަހަންނަށް އެ ފުރަސަތު ލިބެން އޮތްވައި އެފުރުސަތު ނިގުޅައިގަނުމުގެ ކޮން ހައްގެއް އަޝްވާއަށް އޮތީ…އަހަރެން ހީކުރީ އަޝްވާ ތީ އެހެން މީހުންގެ އިހުސާސްތައް ދަންނަ މާތް ކުއްޖެއް ކަމަށް.. އަހަރެން ހީކުރީ ލޯބި ނުލިބުމުން އުޅެން ޖެހޭ ހާލު އަޝްވާއަށް އެގޭނެ ކަމަށް.. އެކަމަކު މިއަދު އެހެން ނުވިއެއްނު.. އަޝްވާ ތި އިސްކުރީ އަމިއްލަ އެދުން.. އެހެން މީހެއް ރޮއްވާތިލީ.. އެހެން މީހެއްގެ އުފާވެރިކަމަށް އަރައި ތި ގަތީ” ކާއިން ހިތާމަތައް ރުޅި އަށް ބަދަލުކުރިއަސް އަޑު އިސްނުކުރެއެވެ. ކޮށްލީ ޝަކުވާއެވެ.

އަޝްވާ ވެސް ބުނަން ބޭނުންވި އަދި ކޮށްލަން ބޭނުންވި އެތައް ޝަކުވާތަކެއް ހުއްޓެވެ. އެހެންނަމަވެސް ހިތް ފަނާވަމުން ދާ އިރު އެހިތުގެ އަޑުއަހަން އޭނާގެ ސިކުޑި ބޭނުން ނުވާ ކަހަލައެވެ. ހިތް އެދޭ އެތައް ކަމެއް ހުއްޓަސް ސިކުޑި އިހުތިޔާރު ކުރަމުން އެދަނީ ނަފުސުގެ ރައްކާތެރިކަމެވެ.

“ކާއިން.. އަހަރެން ވެސް… އެކަމަކު” ދެކޮޅަށް ބޯ ހޫރުވާލަމުން އަޝްވާ ބުނެލިއެވެ. އޭގެ މާނަ ކާއިންއަށް އެގޭނެ ކަމަށްޓަކައެވެ.

އެޔަށް ފަހު ދެ މީހުންގެ މެދަށް އައި ހަމަހިމޭންކަން ނަގައިލީ ދޮރު ހުޅުވާލި ކައުސަރެވެ.

“އަޝްވާ! ކައިވެނި ކުރަން ތައްޔާރު ނުވަންތަ؟ މިހާރު އެ އޮތް މައުރިބު ނަމާދަށް ބަންގި ގޮވަނީ” ކައުސަރު އަހާލިއެވެ.

“ނޫނޭ ދައްތާ މިއުޅެނީ ދާން.. ދައްތަ އަންނައްޗޭ ކައިވެނި ކުރެވޭ ވަގުތައް” ލޮލުގައިވި ކަރުނަތައް ފުހެލަމުން އަޝްވާ ބުނެލިއެވެ. އަދި ކާއިންގެ އަތުގައި ހިފައި ލުއި ހިނިތުންވުމެއް ހަދިޔާކުރުމަށްފަހު އެތަނުން ދާން ހިނގައިގަތެވެ.

އެ މަންޒަރު ބަލަން ކާއިން ހުރީ އެސްފިޔަ ވެސް ޖަހާލަން ހަނދާން ނެތިފައެވެ. އެތައް އާދޭހެއް ކުރުމުން ވެސް އަޝްވާ އެ ދަނީއެވެ. އެހެން މީހެއްގެ ހައްގަކަށް ވުމަށެވެ. އަޝްވާ އެ ބުނިހެން ކާއިންގެ ހިތުން އަޝްވާގެ ނަން ދުވަހަކުވެސް ނުފުހެވޭނެކަން ޔަގީނެވެ. އެފަރި ދެލޮލާއި ޝާހީ ހިނިތުންވުން ވެސް އަބަދުވެސް ހިތުގައި ބިންވަޅު ނެގިފައިވާނެކަން ކަށަވަރެވެ.  އަޝްވާ ބުނިހެން އޭނާއަށް ކުށްކުރެވިއްޖެއެވެ. އެހެންނަމަވެސް އެކުށުގެ އަދަބު މުޅި އުމުރަށް ތަހައްމަލް ކުރަން ޖެހޭނެ ހެއްޔެވެ؟ އެވޭނުގައި ރޭދެވާ ނަގާލަންވީ ހެއްޔެވެ؟ މާނައެއް ނެތް އިންތިޒާރެއް ކުރަންވީ ހެއްޔެވެ؟

“ކާއިން، ދަރިފުޅާ ކިހިނެތްވީ” އަޝްވާ ދިޔަ މަންޒަރު ބަލަން ކާއިން ހުރި ގޮތުން ކައުސަރު އަހާލިއެވެ. މީގެ އިރުކޮޅެއް ކުރިން ކާއިންގެ ލޮލުން ފޭބި ކަރުނަތައް ކިހިފައި ވީ ނަމަވެސް އެ ލޮލުގައިވާ ހިތާމައިގެ އަސަރު ބަލާލި ކޮންމެ މީހަކަށް ފެންނާނެކަން ޔަގީނެވެ.

“މަންމާ… އަޝްވާ އެ ދިޔައީ އަހަރެން ދޫކޮށްލާފަ.. ދެން ދުވަހަކު ވެސް އަޝްވާ އަހަރެން ކައިރިއަށް ނާންނާނެ” ކުޑަކުއްޖެއްހެން ކާއިން އޭނާގެ މަންމަ ގާތުގައި ޝަކުވާ ކޮށްލިއެވެ.

“ދަރިފުޅާ ތިހެން ނުބުނޭ.. މަންމަ ހަމަ މިހާރު މިގުޅަނީ އަސްރާރުއަށް.. އިން ޝާ ﷲ އަޝްވާ ލިބޭނީ ކާއިންއަށް” ކައުސަރު އަވަސްވެގަތެވެ. އޭނާގެ ދަރިފުޅު އެއްވެސް ކަމަކުން އުނިވާން ނޭދޭތީއެވެ.

“ނޫން ނޫން.. އަޝްވާ އަހަރެންގެ އިހުސާސްތަކަށް ނުވިސްނާ ހިނދަކު އެހެން މީހަކު އަހަރެންގެ އިހުސާސްތަކަށް ނުވިސްނާނެ.. ” ދެލޯ މަރާލަމުން ކާއިން ބުނެލިއެވެ. އަދި އެޔަށްފަހު ގޮސް އެނދު މައްޗަށް ވެއްޓިގަތީ އޭނާގެ ހިތް ވީރާނާވެ ހުރިހާ އުފާތައް ކަފުން ކުރަމުންނެވެ.

ކައުސަރު ކާއިން ކައިރީ އިށީދެލިއެވެ. އަދި މައިވަންތަކަމުން ފުރިގެންވާ ހާލު ލޯބިން ކާއިންގެ ބޮލުގައި ފިރުމާލިއެވެ.

މަންމަގެ ހަރަކާތުން ކާއިންއަށް އިތުރަށް ރޮވެން ފެށުނެވެ. އެހެންކަމުން ކައުސަރުގެ އުނގުގައި ބޯ އަޅައި ހުރިހާ ހިތާމަތައް ކަރުނައިން ބޭރުކުރަން އުޅުނެވެ.

ކައުސަރުއަށް ކާއިންގެ ހަށިގަނޑުގައިވާ ތުރުތުރު އެޅުން ފާހަގަވިއެވެ. އެހެންކަމުން އެތައް ނަސޭހަތެއް ދީ ކެތްތެރިވުމަށް އެދުނެވެ. އެހެން އޮވެ ކާއިންގެ ހަށިގަނޑާއި ނަފުސަށް ބަރުކަން އައިސް އޭނާއަށް ނިދުނެވެ.


 

ގޭގެ އެއްމެ ބޮޑު ކައިވެނީގެ ހަފުލާއަށް ތައްޔާރުވުމަށް މުޅި ގޭތެރެ ވަނީ ހަލަބޮލިކޮށްލާފައެވެ. އެއްމެން އެކި ދިމާ ދިމާލަށް ދުވަމުން ދިޔައީ ކައިވެނި ކުރެވޭ ވަގުތައް އެތަނަށް ދެވޭތޯއެވެ.

“ބައްޕާ! ކޮބާ ތަ އަޝްވާ؟!” މަލަކާ އަވަސްއަރުވާލާފައި ތައްޔާރުވެގެން ދިޔައީ އަޝްވާ ހުރި ތަނެއް ބެލުމަށެވެ. މިއަދު އަޝްވާގެ މޭކަޕްކޮށް ތައްޔާރު ކޮށްދިނުމަށް ބޭރުން މޭކަޕުކޮށްދޭ ކުދިން އަންނާނެ ކަމުން މަލަކާ ހީކުރީ މިހާރު އަޝްވާ ހުންނާނީ ތައްޔާރުވާން ކަމަށެވެ.

“ނޭނގެ،، ނެތްތަ ފާހަނައަކު” އަސްރާރުގެ ހާސްކަން އިސާހިތަކު އައެވެ.

“އާން! އަހަރެން ބަލައިފިން ދެތިން ފަހަރެއްގެ މަތިން.. އޭރު ކާއިންއާއި އެކީ ދިޔަ ގޮތަށް އަދި ނާންނަނީ ކަންނޭނގެ” އެހެން ބުނެލަމުން މަލަކާ އަޝްވާގެ ފޯނަށް ގުޅާލިއެވެ. ފޯން އޮތީ ނިއްވާލާފައެވެ. ދެން މަލަކާ ގުޅައިލީ ކާއިންއަށެވެ.  އެކޮޅުން ވާހަކަ ދެއްކި ކައުސަރު ބުނި ގޮތުން އަޝްވާ އެތަނުން ދިޔަ ތާ މިހާރު ފަނަރަ ވަރަކަށް މިނެޓް ވެދާނެއެވެ.

ތިރީސް ވަރަކަށް ނިދިފައި އޮތް ކާއިން ކުއްލިއަކަށް ކޮޅަށް ޖެހުނީ އަޝްވާގެ ހުވަފެނެއް ފެނުމުންނެވެ. ކުއްލިއަކަށް ތެދުވުމުން ކާއިންގެ ބޮލަށް އެބުރުން އަރައިގެން ނުވެއްޓުނީ ކިރިއާއެވެ.

“މަންމަ އެބަ އަންނަން ޖޫސްތައްޓެއް ހިފައިގެން.. އިހަށް އަދި އޮށޯވެލާ އިނގޭ” ކައުސަރު ވެއްޓެމުން ދިޔަ ކާއިންގެ އަތުގައި ހިފައި އެދުގައި ބޭންދިއެވެ.

“މަންމާ ކޮބާ އަޝްވާ؟” ކައުސަރު ދާން ހިގައިގަތުމުން ކާއިން އަހާލިއެވެ.

“އަޝްވާ ގޮއްސި ގެޔަށް..” ކައުސަރު އެހެން ބުނެލުމަށްފަހު ދިޔުމުން ކާއިން ފާރުގައި ހުރި ގަޑިއަށް ބަލާލިއެވެ. ދެންމެ ވީ ހުރިހާ ކަމަކީ އޭނާއަށް ފެނުނު ހުވަފެނެއް ނޫންކަން އެގުމުން ދެ ލޯ ބޮޑުވެގެން ދިޔައެވެ. އަވަސް އަވަހަށް ކޮޅަށް ތެދުވިއެވެ. އަދި ބާރު ހިނގުމެއްގައި އެތަނުން ނިކުމެގެން ދިޔައެވެ. އަޝްވާ ބުނިހެން އޭނާއަކީ ގޮތް ދޫކުރާ މީހެއް ނޫނެވެ. ބުނާ ބަހުގައި ހިފާނެއެވެ. އެހެންކަމުން އެއްގޮތުން ނުވި ނަމަ އަނެއް ގޮތުން ނަމަވެސް އަޝްވާއާއި މިއުވާންގެ ކައިވެނި މިރޭ ނުކުރެވޭނެއޭ ހިތުގައި އަޒުމް ކަނޑައެޅިއެވެ.


 

ކޮޓަރީގައި މީހަކު ބާރަށް ތަޅައިގަތް އަޑަށް މިއުވާން ގޮސް ދޮރު ހުޅުވާލި އިރު ކާއިން ދެ ބުމަ ގޮށް ޖަހައިގެން އޭނައާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.

“ކާއިން، ކަމަކު ތަ؟” މިއުވާން އަހާލިއެވެ.

“އާން! މިއުވާންއަށް އަޝްވާ އާއި ކައިވެނި ނުކުރެވޭނެ.. އަޝްވާ އަކީ އަހަރެންގެ ހައްގެއް..” އެތެރެއަށް ވަންނަމުން ކާއިން އެހެން ބުނެލީ ވަރަށް އަޒުމާއި އެކީގައެވެ.

“ތިހެން ވާނީ ކިހިނެތް؟ އަޝްވާ އިންނަން އެއްބަސްވީ އަހަންނާއި.. ކާއިން އަކާއި ނޫން” މިއުވާން ޖެއްސުމުގެ ރާގަކަށް ބުނެލިއެވެ.

“އަހަރެން ބުނި ވާހަކަ އަޑު ނީވެނީ ތަ؟ އަޝްވާ އަކީ އަހަރެންގެ ހައްގެއް… އަސްރާރު ބޭބެގެ ބޮލު ތެރެއަށް ވަދެގެން އަޝްވާ ހާސިލްކުރަން ތިއުޅެނީ ކޮންމެހެން ލޯބިވާ ތީއެއްނޫން” ކާއިން އުޅުނީ މިއުވާންގެ މޫނު މަތީގައި ޖަހާލުމަށެވެ. އެހެންނަމަވެސް އޭގެ ކުރިން އަޝްވާ މީހުންގެ ގައިގައި ނުޖެހުމަށް އެދުނު ހަނދާން އާވުމުން އަތް ތިރިކޮށްލިއެވެ.

“ކާއިން އަޝްވާ ދެކެ ލޯބިވަންޏާ ކީއްވެ ކުރިން ނުބުނީ” މިއުވާން ވެސް ކޮށްލީ އަޝްވާ ކުރި ސުވާލެވެ.

“އަހަރެން ކޮންމެ ވަގުތަކު ލޯބިވާ ވާހަކަ ބުންޏަސް މިއުވާން އަށް ކީއް!!؟ ” ކާއިންގެ ރުޅިގަނޑު ކެކިގެން ދިޔައެވެ.

“އަހަންނާއި ބެހޭނެ ދޯ އަހަރެންގެ ވާން އުޅޭ އަބިމީހާގެ ވާހަކަ ތިހެން ދައްކަންޏާ” ލުއިކޮށް ހިނިތުންވެލަމުން މިއުވާން އެހެން ބުނެލިއިރު ހީވަނީ ކާއިންގެ ރޯކޮށްފައިވާ ރުޅިގަނޑަށް ދަރު އަޅަން އުޅުނު ހެންނެވެ.

“ހަނދާން ކުރާތި!!! އަޝްވާ އަކީ ކަލޭގެ މީހެއް ނޫން.. އަހަރެން ދިރި ހުރިހައި ހިނދަކު ކަލޭގެ އަބިމީހާގެ ނަމުން އަޝްވާއަކަށް މުހާތަބު ނުކުރެވޭނެ” ޝަހާދަތް އިގިލި މިއުވާން އާއި ދިމާލާށް ދިއްކޮށްލަމުން ކާއިން ބުނެލިއެވެ.

“ހިނގާ ދޯ ބަލަމާ” މިއުވާން އެހެން ބުނެލުމުން ކާއިން އައީ އަމަކަށު ރުޅިއެއް ނޫނެވެ. އެހެންނަމަވެސް އެއާއި ރުޅި އާއި އެކު އޭނާއަށް މިއުވާންއަށް ދޭން ނުޖެހޭ އަނިޔާއެއް ދެވި ދާނެތީ އަވަހަށް އެތަނުން ނިކުމެގެން ދިޔައެވެ.


 

“ދޫންޏާ ކޮންތާކުން ތިއައީ… އައިސްކުރީމް ބޯންށޭ ކިޔާފަ ގޮސް ކައިވެނީގެ މަތިން ވެސް ހަދާން ނެތުނީ ދޯ” އަޝްވާގެ އިންތިޒާރުގައި ގޭގެ ދޮރު ކުރިމަތީގައި ހުރި މަލަކާ ބުނެލިއެވެ.

“ސޮރީ ލަސްވީމަ… ކުޑަކަމަކު މީހަކާއި ބައްދަލުކޮށްލަން ޖެހުނީ” އެއްވެސް އަސަރެއް ނެތި އަޝްވާ ބުނެލިއެވެ.

މަލަކާ އިތުރު ސުވާލެއް ނުކުރެއެވެ. އަޝްވާ ގޮވައިގެން އަވަހަށް ކޮޓަރިއަށް ގޮސް ކައިވެންޏަށް ތައްޔާރުކުރަން އުޅުނެވެ. އަޝްވާގެ ހުވެފެންތަކުގެ ހެދުން ލައްވައިދީ މޭކަޕުކޮށްދޭން އައި ކުދިންނަށް އަތް ގާތްކޮށްލަ ދިނުމާއިގެން އުޅުނެވެ.

ތިރީސް ވަރަކަށް މިނެޓް ފަހެވެ. ލޯގަނޑު ކުރިމަތީގައި ހުރި އަޝްވާ ފެންނަނީ ވަރަށް ވެސް ފުރިހަމަކޮށެވެ. ބޮޑު ފަސްބައެއް ލާފައި ހުންނަ އެ ހެދުން ވަނީ ލޭސް ފޮތިންނާއި ވިދާ އެސްތަކުން ޖަރީކުރެވިފައެވެ. އަދި އަޝްވާގެ ފަން ދިގު އިސްތަށިގަނޑު ވަނީ ކައިވެންޏަށް އެއްމެ އެކަށޭނެހެން ގަތައި ހުޅިއެއް ޖަހާފައެވެ. ބޮލުގައި ޖަހާފައި ހުރި ކުޑަ ދައްޗަކީ މީގެ އެތަކެއް އަހަރު ކުރިން އޭނާ ކައިވެނީގެ ރޭގައި ބޮލުގައި ހަރުކުރުމަށް އަމިއްލަ އަތުން ފަރުމާކުރި ދައްޗެކެވެ.

“ވަރަށް ފުރިހަމަ… ބައްޕަގެ ރާނީ” ބައްޕަގެ އަޑުއިވުމާއި އެކީ އަޝްވާ ދޮރާއި ދިމާލަށް ބަލާލިއެވެ.

“އަވަހަށް ހިނގާ ދާން” އަސްރާރު ކޮޓަރި ތެރެއަށް ވަދެ އަޝްވާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

“ޝުކުރިއްޔާ ބައްޕާ! މަންމަ ހުރި ނަމަ ދޯ” އަޝްވާ އަކީ މަންމަގެ ވާހަކަ ވަރަށް މަދުން ނޫނީ ނުދައްކާ ކުއްޖަކަށް ވުމުން މަންމަގެ ހަދާން އާވުމުން ކަރުނައިން ދެ ލޯ ފުރުނެވެ.

“މަންމަ ނެތަސް މަންމަ ދަރިފުޅާއި މެދު ވަރަށް ފަހުރުވެރިވާނެ.. ނުރޮއި ދަރިފުޅާ… މިއަދު މީ އުފާވާ ވާންވީ ދުވަސް” އަސްރާރު އަޝްވާގެ ނިތްކުރީގައި ބޮސްދިނުމަށް ފަހު ބުނެލިއެވެ. އަދި އަޝްވާ ގޮވައިގެން ދާން ހިނގައިގަތެވެ.


 

ކައިވެނި ކުރަން ފަށާގަޑިއަކީ 7:50 ހެވެ. މިހާރު ގަޑިން އަށެއް ޖަހައި ފަނަރަ މިނެޓް ހިގަނީއެވެ. ކާއިން ސްޓެލްކޯގެ ޓެރަހަށް ދިޔައީ އޭނާގެ ހިތުގެ މަލިކާ ދެކިލުމަށެވެ. މޫނުމަތީގައިވާ ހާސްކަން އަދިވެސް ކުޑައެއް ނޫނެވެ. އިންތިޒާރުގެ ނިމުން މިހާ ހިތިކޮށް އައުމުން މާޔޫސްވެފައިވާ ހިތަކާއި އެކީގައެވެ.

ލިފުޓުގެ ދޮރު ހުޅުވާލުމާއި އެކު ކާއިން އެތެރެއަށް ނަޒަރެއް ހިންގާލިއެވެ. ބަލަން ނުކެރިފައި ހުރެފައި ކާއިން ކައިވެނި ކުރެވުނު ދެމަފިރިން ތިބި ދިމާލަށް މަޑުމަޑުން ނަޒަރު ހިންގާލިއެވެ. އެހާ ހިތްވާރާއި އެކު ބަލަން އުޅުނު ނަމަވެސް ކާއިންއަށް ފެނުނީ އަޝްވާގެ ހެދުމުގެ ބޮޑު ފަސްބައި އެކަންޏެވެ. ކުރިމަތީގައި ހުރި ތަބުން ބާކީ ބައި ވަނީ ފޮރުވިފައެވެ.

ނަސީބެކޭ ކާއިންގެ ހިތަށް އެރިއެވެ. އެހެންނޫންނަމަ އޭނާގެ ހިތް ހުއްޓިދާނެކަން ޔަގީނެވެ. ލަސްކުރުމެއް ނެތި ކާއިން ލިފުޓުގެ ދޮރު ލައްޕާލިއެވެ. އޭރު އަނެއްކާ ވެސް ލޯ ކަރުނުން ފުރުނެވެ. ހޭނެތިގެން ވެއްޓިދާނެހެން ވެސް ހީވާން ފަށާފިއެވެ. އެހެންކަމުން ދެ ލޯ މަރައި ލިފުޓުގައި ލެގިލިއެވެ.

“ކާއިން… ” ކާއިންއަށް އަޝްވާގެ އަޑުން އޭނާގެ ނަން އިވުނެވެ. އެހެންނަމަވެސް އެއީ ހުވަފެނީ ބިލާކަށް ވެދާނެ ކަމަށްޓަކައި އަދިވެސް ހުރީ ދެ ލޯ މަރައިގެންނެވެ.

“ކާއިން!” މިފަހަރު އެއަޑު އިވުނީ ތަންކޮޅެއް ބާރަށް ކަމުން ކާއިން ދެ ލޯ ހުޅުވާލިއެވެ. އެވަގުތު ފެނުނު މަންޒަރުން ވާން ވީ އުފާކަމެއް ނޫނީ ދެރަކަމެއް ނޭނގުނެވެ.

“އަހަރެން މީ މީހުންގެ ހައްގުތަކަށް އަރައިގަންނަ މީހެއް ނޫން” ކާއިން ކުރިމަތީގައި ހުރި މިއުވާން ބުނެލިއެވެ.

“އަޝްވާ!!!” ކާއިންގެ ވީރާނާވެފައިވާ ހިތަށް އިސާހިތަކު ދިރުން އައެވެ.

“ޔެސް މައި ޑާލިންގ… އަހަރެން ކިހިނެތް ކާއިން އެކަނިކޮށްލާނީ؟ ” ލުއި ހިނިތުންވުމަކާއި އެކީ އަޝްވާ ބުނެލިއެވެ. އަދި ލިފުޓް ތެރެއަށް ވަދެ ކާއިންގެ ގައިގައި ވަރަށް ލޯބިން ބައްދައިގަތެވެ. ދުވަހަކު ވެސް ދޫނުކުރާނަމޭ ބުނާ ފަދައަކުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ކުރިން އެނގުނުނަމަ (ހަތާވީސްވަނަ ބައި)

Next

ނޫރު (ސަޔާޅީސްވަނަ ބައި)

Next
March 5, 2018

ނޫރު (ސަޔާޅީސްވަނަ ބައި)

Previews
March 4, 2018

ކުރިން އެނގުނުނަމަ (ހަތާވީސްވަނަ ބައި)

65 Comments!

  1. maroon says:
    March 4, 2018 at 5:54 pm

    Again so many questions dhw. Ekams v beynunvi gotheh vejje dhw. Mi part ga ehen couples and problems nugenesdhiny ei miee kaain and ashwa ah dedicate kuraa part akah vumun. In sha Allah maadhama 2 part up kohdheynan. Dhn baaky onnaany 3 parts have a lovely day

  2. Axy says:
    March 4, 2018 at 5:56 pm

    Hama bala balaa mi hunnaanee up kohlla thw
    Thanks
    Maroon kiyaafa comment kollaanan
    ????????????????????????

    1. maroon says:
      March 4, 2018 at 6:13 pm

      ?

  3. Jid says:
    March 4, 2018 at 6:11 pm

    އަވަހަށް ހިލިބޭސް ހަދާ ފޫޅުމައެއް ހޯދަންވީ ހެހޭ ކާއިން ކިހިނެއް ވެގެން ތިއުޅޭނީ އަޝްވާ އިންނާނެ މީހަކާ އިންނާނެ ރޫން ވަރަށް ރީތި މިބައި އޮބިނެސް ޓުދަރ ތިޔައަސަރު ?ރޫން ލަވުޔޫ އޯލްވޭސް ?

    1. maroon says:
      March 5, 2018 at 7:12 am

      Thanku jid…yes yes thikamaaigen ulhenvy hama ?
      Kaain hama rulhi gadha kamun hithaamaves rulhiah badhalu kurevuny dhw.. ekamaku ekan control koffi v bodah…. v ufaa vejje dear thihaa loabi commenteh kollyma. Much love ???

  4. Fafoo says:
    March 4, 2018 at 6:18 pm

    Wow. .. kikey bunaanee ves ehaa furihama ur the best Maroon. Alhey vaahaka nimen ulheythee ves dheravey.

    1. maroon says:
      March 5, 2018 at 7:13 am

      Thanku fafoo. V ufaa vejje ngey. M gonna miss u all for sure. ???

  5. shina says:
    March 4, 2018 at 6:20 pm

    Awwn??. . Finally ashwa and kaain gulhuny dhw. .??
    Ekm thibuny 3 parts left ey vrh dhera vey story nimeythy?

    1. maroon says:
      March 5, 2018 at 7:13 am

      Thanku shina ?
      Dhn komme kamakahves nimun annaanethaa dhw. Gonna miss u ??

  6. Shai says:
    March 4, 2018 at 6:24 pm

    Wow??????????????? ithurah bunaane ehcheh nuves engun

    1. maroon says:
      March 5, 2018 at 7:14 am

      Kuru saadhaa commenteh . Hiy ufalun furijje. Thankushai ???

  7. Kokko says:
    March 4, 2018 at 6:28 pm

    Wow enme kiyaahiyyvaa story up vy… vvv happy vehjje…nd kaain nd ash vrh gulhey..ashwa ge fat kan aalhe bodah image kureveynehen kiyaudheeba?..i wanna knw…maroo ge aa story eh genehsdhehche mi nimunas..much loves okay❤❤❤

    1. maroon says:
      March 5, 2018 at 7:16 am

      Kokko m so happy that u r happy after reading this part ?
      Ashwage fat kan dhw…hehehe visnaalaanan ngey include kollan… ehen story akaai dhytherey adhi nuvisnan. Ekamaku hiyaaleh libunumun fashaanan in sha Allah ??? much love

  8. Choppi says:
    March 4, 2018 at 6:29 pm

    Wow finally.. ashwa n kaain.. this part is so beautiful…. Thank u maroon.. mi iny up vey tho bala Bala.

    1. maroon says:
      March 5, 2018 at 7:17 am

      Thanku choppi.. yes finally ekanvejje . Dhn othy dad and shaim okay vey thw belun. Happy days are coming.???

  9. laya says:
    March 4, 2018 at 6:37 pm

    wow vvv rythi kaain & ashwa dhow ….vvv rythi story maroon…………………………………………………………………..

    1. maroon says:
      March 5, 2018 at 7:18 am

      Thanku dear. Yes e kudhin gulhijje ???

  10. ssannwa?❤? says:
    March 4, 2018 at 6:45 pm

    Waau varah varah reethi ingey mi part ves. Dhen asraaru kaain aa ashwa ge gulhumeh gabool vehjiyya vedhaane. Plxxx ei kaain ah fenna huvafenakah nuhadhaahchey. Dhn inna part ge inthizaaru ga mihiry. Maroon haadha molhey. Mivaahaka numunas ehn vaahaka eh adhi gensdheyn vaane. Much love?

    1. maroon says:
      March 5, 2018 at 7:21 am

      Thanku sana… hehehe dad ekanyeh noon shaim ves convince kuran vaane ennu. It might be a dream dhw… hehehe ei dhogeh not a dream.. v vvv ufaa vejje dear. Thihaa loabi koh comment kollyma. Ehen story eh dhw… visnaalanan ngey ????

  11. Ba See says:
    March 4, 2018 at 6:50 pm

    V v reethi

    1. maroon says:
      March 5, 2018 at 7:21 am

      Thanku deae ???

  12. annoying reader says:
    March 4, 2018 at 6:51 pm

    Alhey so heart touching mi bai ves, i was feeling very sad but thankgod miuvan bad meehaka nuvikan. just like i wanted in the end wedding oh reyga miuvan ashwa and kain gulhuva dheefi dhw. then onnani kaain accept kurun ashwa ge dad and dhonbe. but i think they wont b happy seeing hw kaain behaved with girls. still in the end i am sure miuvan ves tlk kohgen they will agree ashwa ge happiness hoadha dheyne. varah varah reethi mi part. specially the ending <3 u the best rooon <3 i am soo gonna miss this story. maroon story ninmumuge kurin reem ge bodu daitha maira mom ah neyngi gen dhiyai tho yagyn koh dhechey. may be she wrote a diary or something hehe. excited for the next part

    1. maroon says:
      March 5, 2018 at 7:24 am

      Miuvaan mi vy hama emme best meehaa ah.. lets see dhw shaim and dad ge reaction. For onething m sure they will be shocked! Yes thihurihaa kameh vun ves ekasheegen vey. Dad nuruhey evves kameh ashwa nukuraanekan yageen. She loves him that much. Vvvvvvvvvvv happy vejje dear. Thy hama mi story v ragalhah kiyaa kujjehkan faahaga kollevey. Yes thi answer ves miadhu libeyne in sha Allah. Much love tc ???

  13. Shann says:
    March 4, 2018 at 7:03 pm

    Wow mibaives hama v v rythi… Story nimen gaahvany dhw… Dhen khondhuvahakun baa ehen story eh fennavaru vaany… V furihama rythi story ekey buneveyny mee… Hurihai gothakunves hama ehvany… Luv n Miss u..?????????????????

    1. maroon says:
      March 6, 2018 at 8:33 am

      thanku shann vvv happy vejje dear. v loabi commenteh dhiny thy anekkaa ves ?? tc

  14. Shirufa jamaal says:
    March 4, 2018 at 7:15 pm

    V reethi mibai ves….

    1. maroon says:
      March 6, 2018 at 8:34 am

      thanku shirufa ??

  15. Maikko says:
    March 4, 2018 at 7:24 pm

    Alheyyyyyyy……varah reethi….masha allah haadga molhey maroon vaahaka liyan………finally kain and ashwaa……oooo im so happyy… .. Lots of love❤?❤???❤???❤???

    1. maroon says:
      March 6, 2018 at 8:35 am

      ތެންކްޔޫ މައިއްކޮ… ވވވ އުފާވެއްޖެ… މަޗް ލަވް ??

  16. sam♥ says:
    March 4, 2018 at 7:35 pm

    alhey roon rovaalaafa happy thikohlii .. ♥♥♥

    1. maroon says:
      March 6, 2018 at 8:35 am

      ހެހެހެ… ބައެއް ފަހަރު އެހެންވެސް ވާނެ ދޯ ??

  17. Hairaan says:
    March 4, 2018 at 8:16 pm

    Varah reethi

    1. maroon says:
      March 6, 2018 at 8:36 am

      ތެންކުޔޫ ހައިރާން.??

  18. Pinky shifoo says:
    March 4, 2018 at 9:00 pm

    Obiness to the max ????… Maasha Allah mi part vx haadha furihama ey ????… V v v v reethi ❤️❤️❤️❤️… Finally kaain n ashvaa ????… I’m soooooo happy ????… Miuvaan haadha ragalhey ????… Maroon haadha molhey Maasha Allah story liyan ????… Manzarutha vx heevany hama loa kurimathy hingaahen ????… Keep up the good work ???… Mi Story ge knme partehvx kiyanee v v v kiyaalaahithun ????… Knme partehvx v v v reethi ????… Dhn neynge ithurah bunaane ehcheh vx… Heheheh… Thank you soooooo much maroon for bringing such a wonderful story for us ❤️?❤️??????… Curiously waiting for the next part ❤️❤️❤️????????????… Btw First I was abt to cry bt finally at last I m showing all my teeths now ????… Ehaa vx happy vehje ????… Heheh

    1. maroon says:
      March 6, 2018 at 8:38 am

      ތެންކުޔޫ ޑިއަރ… ހާދަ ކުލަގަދަ ކޮންމެޓެކޭ ކޮންމެ ފަހަރަކުވެސް ތި ކޮށްލަނީ…ހަމަ ރަގަޅަށް ވެސް ވަރަށް އުފާވެއްޖެ.. ޔެސް މިއުވާން މިވީ ހީރޯ އަކަށް.. ހެހެހެ،،، މެރޫންވެސް އަނގައި ހުރި ނަމަ ހުރި ދަތެއް ދައްކައިގެން ހެވިފަ މިއިނީ މިހާ ލޯބި ކޮންމެންޓެއް ކިޔާލަން ލިބުނީމަ،، މަޗް ލަވް. ??

  19. Xish says:
    March 4, 2018 at 9:07 pm

    Ma sha allah.. Thihen thibenee liuntherin.. Vv furihama..
    Kaain fakeeru haadha varakashey thi thalhuvaalee..bt finaly vv happy???

    1. maroon says:
      March 6, 2018 at 8:38 am

      ހެހެހެ…. ތަޅުވަންވެސް ޖެހޭނެ ދޯ އަޝްވާ ދެރަކޮށްލީމަ.. ތެންކުޔޫ ޒިޝް ??

  20. Swety says:
    March 4, 2018 at 9:13 pm

    Alhey story v nice…..

    1. maroon says:
      March 6, 2018 at 8:39 am

      ތެންކޫ ޑިއަރ ??

  21. Lai says:
    March 4, 2018 at 9:14 pm

    Yayyyyyyy..???kaain n ashva gulhuny dho…❤❤❤❤vvvvv.reethi mi part..???finally mi story ves ??nimumakah aee dho..???maroon …??you’re the best ..☺☺???story vvv reethi????

    1. maroon says:
      March 6, 2018 at 8:40 am

      ތެންކިޔޫ ލައި… ވަރަށް ވަރަށް އުފާވެއްޖެ މިހާ ލޯބި ކޮންމެންޓެއް ލިބުނީމް.. ވަރަށް ޝުކުރު އަދިވެސް އެއްފަހަރު އިނގޭ… މަޗް ލަވް ??

  22. Ashwa says:
    March 4, 2018 at 9:39 pm

    masha allah vvv reethi mi part vx story nimeny dhw vv dheravey story nimeythy ithuru story akah ummmeedhu kuan ekam roon bunin dhw visnumuga nethey ithuru story eh genesdheykah. thanks maroon dhooni story konme dhuvahaku up koh dheythy. love you. miss you gud nit tc

    1. maroon says:
      March 6, 2018 at 8:42 am

      ތެންކުޔޫ އަޝްވާ… ޔެސް އަދި ވިސްނުމުގައި ނެތް އެހެން ވާހަކަ އެއް ލިޔަން… އެކަމަކު ހިޔާލު ބަދަލުވެދާނެ ޓަސް ކިޔާފަވެސް… ހެހެހެ… ވވވވވ އުފާވެއްޖެ އަޝްވާގެ ފަރާތުން ތިހާ ތައުރީފު ލިބުނީމަ ??

  23. Azu says:
    March 4, 2018 at 9:42 pm

    Yay….finally kaain ge hiy thaiy vehje…❤ vvv happy vehje dhekudhin gulhuneema…and miuvaan haadha rangalhey…eyna fonuvaane kameh ney ingey maroon…ticket cancel kohlaifin mihaaru…hehe
    Vaahaka nimenee ey????? dhen maroon ge new story eh kondhuvahakaun up vaanee…i’m gonna miss u bodu bodu koh…???❤?

    1. maroon says:
      March 6, 2018 at 8:44 am

      ޔެސް ޑިއާރ… އަޝްވާގެ އެއްމެ ޖުމްލައަކުން ވެސް އެކަންވެއްޖެ،.. ހެހެހެ މިއުވާން އަކީ ހަމަ ހީރޯއެއް… ވިސްނޭ ރަގަޅު ކުއްޖެއް… ނޭނގެ ދެން ސްޓޯރީ އެއް ގެނެސްދެވޭނެ ދުވަހެއް… ވަރަށް މިސްވާނެ އަޒޫ މަތިން… ??

  24. Xxxx says:
    March 4, 2018 at 10:09 pm

    Woooooowww ???? nice dear..v.loabi?

    1. maroon says:
      March 6, 2018 at 8:45 am

      ތެންކުޔޫ ޑިއާރ.?? ވަރަށް އުފާވެއްޖެ

  25. Jeen says:
    March 4, 2018 at 10:22 pm

    Oh my lovely maroon.. Naseebehnu ashwa marry nukurikan.. Ehn noonama varah dhera vees… Jeen hama heekurii marry kurii kamah.. Vaahaka nimenii dhww mi.. Nimuneema ehen vaahaka eh genesdheynan dhww maroon.. Mi part ves varah reethi ingey.. Ending kiyaalaa hithun mihaaru ves mihirii… Mi vii gothun vrh ufalun nidhaa leveyne ?
    Thiya asaru mi vaahaka in hama asaru koffi eyy buneveyniii..
    Lots of love maroon ❤??

    1. maroon says:
      March 6, 2018 at 8:47 am

      ވަރަށް ވަރަށް އުފާވެއްޖެ ޖީންގެ ކޮމެންޓު ފެނިފައި… ތީ އަބަދުވެސް އިންތިޒާރު ކުރެވޭ ކޮންމެންޓެއް ގެނެސްދޭ ކުއްޖެއް… ޔެސް ވާހަކަ މިއޮތްގެން ނިމެނީ.. ވަރަށް ހަދާންވާނެ ހުރިހާ ކުދިން މަތިން ވެސް.. ތި ކުދިން ނަކީ މެރޫންއަށް ލިބުނު ވރަށް ބޮޑު ހިތްވަރެއް… ހާއްސަކޮށް ޖީން ކަހަލަ ކުދިން . މަޗް ލަވް ??

  26. Reen says:
    March 4, 2018 at 11:03 pm

    Sooo wonderful..keep going..much love❤❤

    1. maroon says:
      March 6, 2018 at 8:47 am

      ތެންކުޔޫ ރީން.. މަޗް ލަވް ??

  27. Amm says:
    March 5, 2018 at 12:42 am

    Finally Ashva n kaain gulheneetha..??
    Adhi ekam suvaalu beynun v kanthah thah ebahuri …..
    So lovely ❤️❤️❤️

    1. maroon says:
      March 6, 2018 at 8:48 am

      ތެންކުޔޫ އަމް.. ޔެސް ސުވާލުގެ ޖަވާބުތައް ދެމުން ދާނީ . މަޗް ލަވް ??

  28. Kkk says:
    March 5, 2018 at 6:15 am

    Maroon…alhe haadha loehbey mi prt vess??..e.maroon ah haggu shukuru?…haadha ufa vejje yey ashwa ge khiyaal badhal v ma??….mi vaa ufa bayaan kohdheyn vx varah dhathi??….adhi haadha loabi vx veyey maroon dheke❤….i love❤❤❤❤❤❤❤❤ you maroon…hey!!!haas nuvahche?….i am a girl??…mi vany ashwa dheke kaain vaakahala ishqee loahbeh noon??….so maadhamaa dhe prt up kollaanan dhew?…haapy to accept that news from ashwa???……haadha hadha haadha haadha haadha haadha haa vaa molhe maroon???????…masha allah
    …waiting for next prt??……avahah maadhama up kolla dhevvahche…..many many love from me….?????????????????????❤❤??????????????????☺☺??

    1. maroon says:
      March 6, 2018 at 8:51 am

      އޯމައި މައި…. ހާދަ ލޯތްބޭ، ކުލަގަދައޭ…ވާވް ވާވް.. ހިތް ފުރިގެން ބަންޑުންވެއްޖެ ކޭކޭކޭ ގެ ކޮމެންޓު ފެނިފަވެސް.ހެހެހެ ޔަގީންތާ…ޔެސް ދެ ޕާޓް މާދަމާ… ދެން އޮންނާނީ ފައިނަލް ޕާރޓް.މެނީ މެނީ އެންޑް މަޗް ލަވް ފުރޮމް މީ… ތީ ހަމަ އެއްވަނައިގެ ކިޔުންތެރިއެއް.. ފާޑުކިޔަން ޖެހޭ ތަންތާގައި ފާޑު ކިޔައި ހިތްވަރު ދޭނެ ??

  29. nux says:
    March 5, 2018 at 7:10 am

    wow wow wow zazubaathugai jehifaa ohvaa rovihje???ufalhun rovuny???hihthakaa kulhelan vess maroon haadha molhey???well done maroon v happy news eh thidhiny ehn v maa miadhu 2parts kiyaalan libeyneyo ?????????☺? maroon thikuraa bura masahkathugai Allah subuhaanahoo vathaalaa barakaahlahvaashi
    aameen
    next part thakah v inthizaaru ebakurevay have a grt day maroon lvu???❤

    1. maroon says:
      March 6, 2018 at 8:54 am

      ނަޒް… ހާދަހާ ވާ އުފާވެއްޖޭ ތިހާ ލޯބި ކޮމެންޓެއް ކޮށްލީމަ… ހެހެހެ ބައެއް ފފަހަރު ޖެހޭނެ ދޯ ތަޅުވާލަން ވެސް… ދެ ޕާރޓް އަޕް ކޮށްދީފަ މިހާރު އޮންނާނީ… ތި ކޮށްދިން ހެޔޮ ދުއާއަށް ޝުކުރުވެރިވަން… މަޗް ލަވް.. ވިޝް ޔޫ އޯލަ ދަ ހެޕިނެސްt??

  30. thuthu says:
    March 5, 2018 at 8:29 am

    އަސްވާ އާއި ކާއިން ގެ ގުޅުމަށް އަސްވާގެ ބައްޕަ ގަބޫލުވާނެބާ؟ ވަރަށް ވަރަށް ފުރިހަމަ. އަވަހަށް އަޕްކޮއްދާ

    1. maroon says:
      March 6, 2018 at 8:54 am

      ތެންކުޔޫ ޑިއާރ.?? ވަރަށް އުފާވެއްޖެ… ނުވާނެ އެއީ ޔަގީން ކަމެއްނު

  31. maaisha says:
    March 5, 2018 at 9:02 am

    vvv heenuvey aswa ah kaain aa kaiveni kureveynehen..aswa ge dad n shaim gabooleh nuvaane kannnaeyge..ekamu story nimen jeheny happpy ending ne anna gotha…aswa ah libenjeheny kaain erun reethivaany…vvvv reethi mi baives….sanum n reem ah ves kideh libijjeyya reethi vaane n hindhu n aswin ah ves..aswa ah twins 4 kudhin ok vaane … i hope ending will be nice…keep it up…all supporters are with you…waitting for new story or seson two of this story…gavaaidhun conment nukureveythi vvv dheravey busykamun, ekamu hurihaa baeh kiyan…mi vaahaka mee mi aharuge favorite…kn meves kujje buneladheebala shine vaahaka liyaa siteh…

  32. non says:
    March 5, 2018 at 9:06 am

    vvvvvv reethi ..i am so proud of you ehaa reethi vaahaka genesdhey thee

  33. Kkk says:
    March 5, 2018 at 1:45 pm

    Marrr koba next prt???can’t wait….alhe buneemehnnu dhe prt up kuraanamey…..kobaa????dhn avas koh dheebala….ketheh nuvaane ey dheneh

  34. Kaain? says:
    March 5, 2018 at 1:48 pm

    Thanks. Maroon.kaain and ashwa gulhuva dhinyma.from the first i wanted kaain ah ashwa liben.and ehuvafen furihama vehje.finally ah happy dhuvas thah aeeyo.kaain haadha rohvaifiyey maroon.ekm mihaaru kaain word ga huri ehme happy meehaah.oh adhives ehfaharu thanks.and u r an amazing writer.aslu kaain dheke ehaa loabi mi venee hama maroon ge molhukamun.i will miss u and kaain a lot❤❤?

  35. Aish says:
    March 5, 2018 at 2:46 pm

    Alhey so heart touching. .now kudhin kudhin happy vaane dhw..baeh kudhin beynun vaa gothah nuve ves higaidhaane …ekam ves story kuriah dhaa goh hama habeys??.hihthakah asru kuraanee dhen mihaa varah..mi part ga ves sifa kurun ehaa salhi???keep it up..much love???

  36. Hairaan says:
    March 5, 2018 at 4:41 pm

    53kba

Comments are closed.

Next Episodeތިޔަ އަސަރު 53←


All Right Reserved!