Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުރިން އެނގުނުނަމަ (ހަތާވީސްވަނަ ބައި)

riya Level 3100 Comments10 Stories
March 4, 2018 3 Mins Read
34 Comments

އާދުވަހަކަށް އިރުއެރީ އާ އުއްމީދު ތަކަކާއެކުގައެވެ. ޒީކް ހުރީ ބޭބެގެ އިންތިޒާރުގައެވެ. ރުއާން ކައިރީގައި ދައްކަން ބޭނުންވާ އެތައް ބައިވަރު ވާހަކަތަކެއް އޭނާ އެބަހުއްޓެވެ. ޒީކް މެންނާއި އެކުގައި އުޅުމަށް އަބަދުގެ އަބަދަށް އެމީހުންގެ ކައިރިއަށް އަންނާށޭ ބުނަން ބޭނުންވެއެވެ. ނަމަވެސް ރުއާން އަންނާނެ ބާވައެވެ.

 

ޒީކް އުނދޯލީގައި އިށީދެލައިގެން އިނެވެ. ހުދުކުލައިގެ ދޫ ޓީސާޓަކާއި ފައިތިލައާ ހަމައަށް އަންނަ ދޫ ހަރުވާޅުގައި ޒީކް ފެންނަނީ މައުސޫމް ގޮތަކަށެވެ. ދެފައި ހަލުވާލަ ހަލުވާލާއިން ޒީކް އިންއިރު ޖެހެމުން ދިޔަ ވައިރޯޅިތަކުން އުނދޯލި މަޑުމަޑުން ހެއްލެމުން ދިޔައެވެ. ބޮލުގައި ހުޅިއެއް ޖަހާލާފައި ވުމުން އެއޮމާން ދޮން ކަނދުރާ ވަނީ ހާމަވެފައެވެ. އަލްޔަން އަށް ޒީކް ފެނުމުން އުނދަގޫ ކޮށްލާހިތް ވިއެވެ. ޒީކްގެ ފުރަގަހުން އަލްޔަން މަޑުމަޑުން އުނދޯއްޔާ ކައިރިވަމުން ދިޔައެވެ. ޒީކް އިނީ މަގަށް ކުރި މަތި ލައިގެން ކަމުން ސައިކަލުގައި އައިސް މަޑުކޮށްލި ރުއާން ފެނުމާއެކީ ފުންމައިގެން އުނދޯލިން ޒީކްއަށް ތެދުވެވިއްޖެއެވެ. އުނދޯއްޔަށް އައި ލޮޅުމާއެކީ ހެލިގަތީ ބާރަށެވެ. އޭރު އުނދޯއްޔާ ފޫޓެއްހާ ކައިރިވެފައި ހުރި އަލްޔަންއަށް ލިބުނީ ކުއްލި ސިހުމެކެވެ. އުނދޯލިއައިސް އަލްޔަންގެ ފައިގައި ޖެހުމާއެކު ނުވެއްޓުނީ ކިރިޔާއެވެ. ފަޔަށް ކޮންމެވެސް ވަރަކަށް ތަދުވެސް ވިއެވެ.

 

ޒީކް ދުވެފައި ގޮސް ރުއާންގެ ކުރިމައްޗަށް ހުއްޓެމުން ރުއާންގެ ގައިގާ ބައްދާލިއެވެ. ރުއާންއަށް ލިބުނު ކުއްލި ސިހުމާއެކު ޒީކް ގަޔާ ދުރުކޮށްލަން މަސައްކަތްކުރިއެވެ. ނަމަވެސް ޒީކް ރުއާންގެ ގައިގާ ހިފަހައްޓާލާފައި ހުރީ ރުއާންއަށް ފަސޭހައިން ދުރުކޮށްލެވޭ ވަރަށް ވުރެ ބާރަށެވެ. ދުވަހަކުވެސް ލޯމަތިން ގެއްލެން ބޭނުން ނުވާތީ ކަންނޭގެއެވެ. އަލްޔަންއަށް އެދިމާއަށް ބަލާލެވުނު ވަގުތު ފެނުނު މަންޒަރުން ހީވީ ހިތް ފޮތިފޮތި ކޮށްލިހެންނެވެ. ޒީކްއާއި މެދުގައި ހިތުގައި ޝަކުވާ އުފެދުނެވެ. ރުއާންއަށް އެގޮތަށް މައާފު ކުރެވުނުއިރު އޭނާއާއި ދޭތެރޭ އެހާ ގާތްކޮށް އުޅެން ޒީކް ބޭނުން ނުވާތީއެވެ.

“އޭ ޒީކް” ރުއާން ޒީކްގެ އަތް ނައްޓުވާލަމުން ބުނެލިއެވެ. ރުއާންއަށް އެއީ ބޭބެކަން ޒީކްއަށް އެނގިއްޖެކަން ވިސްނިއްޖެއެވެ. އެހެން ނޫންނަމަ ޒީކް މިފަދަ ގޮތޮކަށް ރުއާންއަށް ބަލައިވެސް ނުލާނެކަން އެނގެއެވެ. ޒީކްވެސް ރުއާންއާއި ދުރަށް ޖެހިލަމުން ރުއާންގެ މޫނަށް ބަލާލިއެވެ. އަދި ރުއާންގެ މޫނަށް ބަލާލަމުން ރުއާންގެ މޭގައި ދެއަތުން ތަޅައިގަތީ ކުޑަކުއްޖަކު ކުއްޖަކު ފަދައިންނެވެ.

“އަދިވެސް ބޮޑެއް ނުވޭތަ؟” ރުއާން ޒީކްގެ ދެއަތުގައި ހިފަހައްޓާލަމުން ބުނެލިއެވެ. އެވަގުތު ޒީކްއަށް މަގުމައްޗަށް ނަޒަރު ހިންގައި ލެވުނުއިރު މީހުން މަދު މަގުމަތީގައި މަޑުކޮށްގެން ތިބި ދެތިން މީހަކު ލޮލުގައި އަޅައިގަތުމުން މޫނު މައްޗަށް ވެރިވި ލަދުވެތިކަމާއެކު ގޯތިތެރެއަށް ވަންނަން ދުއްވައިގަނެފިއެވެ. އޭރު އަލްޔަންވެސް އައިސް އެތަނަށް ހުއްޓެނީއެވެ.

“ރުއާން ތީ ކޮންކަމެއް؟” އަލްޔަން އެހެން އަހާލީ ހިތްހަމަނުޖެހިފައެވެ. ޒީކްގެ ގައިގާ އެހެން ފިރިހެނަކު އިނގިލި ކުރި ޖައްސާލަންވެސް އަލްޔަންގެ ހިތެއް ނުރުހެއެވެ.

“ކޮބާ؟” ވީގޮތް ރަނގަޅަށް އެނގޭ އިރުވެސް އަލްޔަން ތަޅުވާލުމުގެ ބޭނުމުގައި ފަރުވާކުޑަ ގޮތަކަށް ރުއާން ބުނެލިއެވެ.

“ނޭނގިގެންތަ ތިހެން ތިބުނަނީ. ޒީކްއާއި ދުރުގަ ހުންނާތި. ޒީކްއާއި ކައިރި ވިޔަސް ….” އަލްޔަންގެ ޖުމަލް ފުރިހަމަ ނުކޮށް ހުއްޓާލިއެވެ. ހިތުގެ ހައިޖާނު މާބޮޑުވުމުން މިވަގުތު ރަނގަޅު ވާހަކައެއް ނުދެއްކޭނެކަން ވިސްނުނީ ކަމަށްވެސް ވެދާނެއެވެ.

“ކީއްކުރާނީ ކީއްކުރެވޭނީ އެހެން ނޫނަސް އަހަރެން މިހެން ހުރިހާ ދުވަހަކު އަލްޔަންއަށް ދުވަހަކުވެސް ޒީކްއެއް ނުލިބޭނެ” ރުއާން އަލްޔަން އިތުރަށް ރުޅި އަރުވާލުމުގެ ބޭނުމުގައި ބުނެލިއެވެ. ކަންތައް ވީވެސް އެހެންނެވެ. އަލްޔަންއަށް ރުޅި ކޮންޓްރޯލް ނުކުރެވުނީއެވެ. ރުއާން ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ދެއަތުން ހިފީ ދުވަހަކުވެސް އެފަދައެއްޗެއް ރުއާންގެ އަގައިން ބޭރުވިޔަ ނުދޭނަމޭ ބުނާފަދަ ގޮތަކަށެވެ. ނަމަވެސް ރުއާން ލާނެތް ހިނިތުންވުމެއް މޫނު މައްޗަށް ވެރިކުރުވައިގެން ހުރީއެވެ.

“އަލްޔަން ކީއްތަ ތިކުރަނީ” ޒީކް އެތަނަށް ނިކުތީ އެމީހުން އެތެރެއަށް ނުވަދެ ލަސްވުމުންނެވެ.

އަލްޔަން ރުއާންގެ ގަމީހުން ދޫކޮށްލަމުން ޒީކްއަށް ބަލާލިއެވެ. އަދި އެތެރެއަށް ބާރުބާރަށް އެތެރެއަށް ވަދެގެން ހިނގައްޖެއެވެ. ރުއާން އައިސް ޒީކް ކައިރިއަށް ހުއްޓެމުން ސިއްރުސިއްރުން ޒީކް ކައިރީގައި ވާހަކަ ތަކެއް ދައްކައިފިއެވެ. އެއާއެކު ބާރުބާރަށް ޒީކް ހޭން ފަށައިފިއެވެ. ރުއާންއަށް އެމަންޒަރު ބަލަން ހިނިތުންވެފައި ހުރެވުނެވެ. ޒީކް އެހާ އުފާވެފައި ހިނިތުންވެލައިގެން ހުރި ތަން ފެނުނު މީ ފުރަތަމަ ފަހަރެވެ. އެ ހިނިތުންވުމުން ޒީކްގެ ރީތިކަން އެތައް ގުނައެއް އިތުރުވެފައި ވާތަން ފެނުމުން އެތައް ފިރިހެނުން އޭނާގެ ކޮއްކޮއަށް ކަޅި އަޅާނެކަން އެނގުމުން ހިތްނުތަނަސްވާގޮތް ވެއްޖެއެވެ. ދެމީހުން އެކުގައި ގޭތެރެއަށް ވަދެގެން އަންނަ ތަން ފެނުމުން ހަފީޒާވެސް ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. އުފާވެރި އާއިލާ އަނެއްކާވެސް ފުރިހަމަ ވެއްޖެކަމުގެ އިހްސާސް ކުރެވިގެން ހިނގައްޖެއެވެ.

 

އެދުވަސް ވޭތުވެގެން ދިޔައީ ޒީކްއާއި ރުއާންގެ ހަޔާތަށް އައި އެންމެ އުފާވެރި ދުވަސްގެ ގޮތުގައެވެ. އެކިއެކި ކަންތައްތައް ދެމީހުން އެކަކު އަނެކަކަށް ކިޔައި ދެމުން ދިޔައީ އުފަލާއެކުގައެވެ. ޒީކް އަބަދުވެސް ރުއާންގެ ފަހަތުން އުޅެމުން ދިޔައިރު ހަފީޒާ އެމަންޒަރުތައް ބަލަމުން ދިޔައީ އުފަލާއެކުގައެވެ. ނަމަވެސް އަލްޔަން ހިތްހަމަނުޖެހިފައި ހުރެ ރުއާންގެ ހަރަކާތްތަކަށް ފާރަވެރިވަމުންދިޔައެވެ. ރުއާންއާއި މެދުގައި އަލްޔަންގެ ހިތުގައި ރުޅިވެރިކަމުގް ހުޅުކޮޅުރޯވަމުން ދިޔައެވެ. ހަގީގަތަކީ ކޮބައިކަން ނޭނގިހުރެއެވެ. އަލްޔަންއަށް ވެފައި ހުންނަ ގޮތް ފެންނަ ކޮންމެ ފަހަރަކު ޒީކްއާއި ރުއާންގެ ގާތަށް އަންނަނީ ލާނެއް ހިންޏެކެވެ. އެކަކުވެސް ހަގީގަތް ބުނެދޭކަށް ބޭނުމެއްވެސް ނުވެއެވެ. ބަދިގޭގައި ކައްކަން އުޅުނު ވަގުތުގައި ރުއާން ޒީކްއަށް އެހީވަމުން ދިޔައިރު އަލްޔަންވެސް އެތަނުގައި އެމީހުންނާއި ބައިވެރިވެވޭތޯ އުޅުނެވެ. ނަމަވެސް ޒީކްއާއި ރުއާން އަލްޔަން އެއްވެސް ސަމާލުކަމެއް ނުދިނުމުން އެންމެފަހުން ނިކުމެގެން ދިޔައީއެވެ. ހަވީރު ވަގުތުވުމުން ދެމީހުން އެކުގައި އަލްޔަން ކައިރީގައި ބުނެވެސް ނުލައި ސައިކަލުގައި ދުއްވާލަން ދިޔުމުން އަލްޔަންގެ ރުޅިވެރިކަން އިންތިހާއަށް ދިޔައެވެ. ޒީކް ގެއްލިދާނެ ކަމުގެ ބިރުވެރިކަން ހިތުގައި އުފެދިގެން ދިޔައެވެ. ދަތުރު އަވަސް ކޮށްގެން މާލެދާން ބޭނުންވިއެވެ.

 

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. އިޔާންއާއި އާލިން ގެއަށް ނާންނާތީ ސިޓިންގ ރޫމުގައި މިސައިބާ އިށީދެލައިގެން އިނެވެ. ހިންދީ ސީރީޒްގެ ތެރެއަށް ގެއްލިފައިން މިސައިބާ ސިއްސައިގެން ދިޔައީ އިޔާންއައިސް ކައިރީގައި އިށީނުމުންނެވެ.

“ހިނގާ ކާން” މިސައިބާ ބުނެލިއެވެ.

“ރައްޓެހި ކުދިންތަކަކާއެކު ބޭރުން ކައިގެން މިއައީ” އިޔާން ޓީވީއަށް ބަލާލަމުން ބުނެލިއެވެ.

“އާލް އަންނަނީ ކޮންއިރަކުންތަ؟ ގޭތެރެ ހާދަ ފަޅޭ… ފޫހިކޮށްދާ ދުވަސްތަކެއް” އިޔާން މިސައިބާގެ މޫނަށް ބަލާލިއެވެ.

“މަންމާ ބުނެބަލަ؟” މިސައިބާގެ ފަރާތުން ޖަވާބެއް ނުލިބުމުން ތަންކޮޅެއް ބާރަށް ބުނެލިއެވެ.

“ކީކޭ” ޓީވީގެ ތެރެއަށް ގެއްލިފައި އިން މިސައިބާ އަހާލިއެވެ.

“އާލް އަންނަނީ ކޮންއިރަކުންތަ؟” އިޔާން ސުވާލު ތަކުރާރުކޮށްލިއެވެ.

“ވަރަށް އަވަހަށް އަންނާނަމޭ ބުނި ޒީކް ގޮވައިގެން” މިސައިބާ ޓީވީ ބަލަން އިނދެ ބުނެލިއެވެ.

“ޒީކްއޭ” އަލްޔަންއަށް އޭނާއަށް ކަންފަތަށް އިވުނު ނަމާއި މެދުގައި ޝައްކު އުފެދުނީ ކަންނޭގެއެވެ.

“ހޫމް ޒީކްއާއޭ އަލްޔަން އިންނަން އުޅެނީ” މިސައިބާ އަނެއްކާވެސް ބުނެލިއެވެ. އިޔާންގެ ހިތުގައި ހީވީ މީހަކު މަރުތޭލަކުން ޖެހިހެންނެވެ. ހިތުގެ ހިނގުން ކުޑަ ހިނދުކޮޅަކަށް މަޑުޖެހިގެން ދިޔަ ކަހަލައެވެ. މިސައިބާ އިނީ ޓީވީއަށް ބަލަން ކަމުން އިޔާންގެ މޫނަށް ވެރިވި ކުލަތަކާއި އަސަރުތަކެއް ނުފެނުނެވެ. ގިނަ އިރުތަކެއް ނުކޮށް ތެދުވެގެން އިޔާން ހިނގައި ގަތީ ކޮޓަރިއާއި ދިމާއަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

riya

Level 3100 Comments10 Stories

Other Articles

Previous

އައިކާ (30) – ފަހުބައި

Next

ތިޔަ އަސަރު 52

Next
March 4, 2018

ތިޔަ އަސަރު 52

Previews
March 4, 2018

އައިކާ (30) – ފަހުބައި

34 Comments!

  1. riya says:
    March 4, 2018 at 5:20 pm

    here is the new part, i will upload next part tonight or tomorrow afternoon. so dear readers, enjoy this part n please do comment for this part tooo. I really like n appreciate all ur comments, its an encouragement for me. have a nice day

  2. N@-B says:
    March 4, 2018 at 5:39 pm

    varah reethi mi bai ves…love the story….

    1. riya says:
      March 9, 2018 at 10:27 pm

      Thank u 🙂

  3. Hairaan says:
    March 4, 2018 at 5:46 pm

    Varah reethi

    1. riya says:
      March 9, 2018 at 10:28 pm

      Thank u 🙂

  4. Minna says:
    March 4, 2018 at 6:01 pm

    Thank u riya
    Mi part ves v reethi
    Waiting….??

    1. riya says:
      March 9, 2018 at 10:28 pm

      Thank u 🙂

  5. Anonymous says:
    March 4, 2018 at 6:08 pm

    Zeek aai ruange dad aky aalin

    1. riya says:
      March 9, 2018 at 10:29 pm

      May be

  6. Hanaan says:
    March 4, 2018 at 6:18 pm

    ❤❤ Varah reethi mibai. I love this story

    1. riya says:
      March 9, 2018 at 10:29 pm

      Thank u 🙂

  7. Anonymous says:
    March 4, 2018 at 7:16 pm

    Wooooow.v v v v v v reethi❤❤❤

    1. riya says:
      March 9, 2018 at 10:30 pm

      Thank u 🙂

  8. Aki says:
    March 4, 2018 at 8:01 pm

    varah furihama ❤❤❤

    1. riya says:
      March 9, 2018 at 10:31 pm

      Thank u 🙂

  9. Blue beauty says:
    March 4, 2018 at 8:24 pm

    Varah reethi mi part ves…???????????????????❤❤❤❤❤❤❤❤?????

    1. riya says:
      March 9, 2018 at 10:31 pm

      Thank u 🙂

  10. Pinky shifoo says:
    March 4, 2018 at 9:08 pm

    Wow ❤️❤️❤️… Amazing ???… Mi part vx v v v reethi Maasha Allah ???… V furihama ???… Iyaan ah kihineh baa vaanee dhn??? ???… Next kiyaalaahithun kehmadhuvehje mihaaru vx ???… Keep up the good work riya ???… Mi Story v reethi ☺️☺️☺️… Curiously waiting for the next part ???… Lots of love riya ❤️❤️????????????

    1. riya says:
      March 9, 2018 at 10:32 pm

      Thank u 🙂

  11. Kamana says:
    March 4, 2018 at 9:30 pm

    Iyaan ah Kihinehtha thihadanee. Haada deraveye

    1. riya says:
      March 9, 2018 at 10:33 pm

      adhi fahun rangalhu vaane

  12. Xxxx says:
    March 4, 2018 at 9:52 pm

    ??????v.nice

    1. riya says:
      March 9, 2018 at 10:33 pm

      Thank u 🙂

  13. FARUHAN says:
    March 4, 2018 at 10:05 pm

    I like story never read a story like this

    1. riya says:
      March 9, 2018 at 10:34 pm

      Thank u 🙂

  14. FARUHAN says:
    March 5, 2018 at 6:02 am

    This part is very nice waiting eagerly to read the next part

    1. riya says:
      March 9, 2018 at 10:34 pm

      Thank u 🙂

  15. Xaya says:
    March 5, 2018 at 3:01 pm

    I like this story very nice

    1. riya says:
      March 9, 2018 at 10:35 pm

      Thank u 🙂

  16. naayal says:
    March 5, 2018 at 10:01 pm

    V v v v v v v v v v v v v loabi
    When’s next part?❤❤❤❤❤❤❤❤❤❤❤

    1. riya says:
      March 9, 2018 at 10:35 pm

      Thank u 🙂

  17. ahmed mohamed says:
    March 6, 2018 at 12:39 pm

    aihchey fake story eh

    1. riya says:
      March 9, 2018 at 10:36 pm

      kamunudhiya reason bunela dhin nama v rangalhu

  18. Nuoomy says:
    April 13, 2018 at 10:54 pm

    Story vrh cul, luv it❤

Comments are closed.

Next Episodeކުރިން އެނގުނުނަމަ (އަށާވީސްވަނަ ބައި)←


All Right Reserved!