“ލީން….” ޔުއާން މިފަހަރު މައިލީން އަށް ގޮވާލުމާއެކު އޭނާގެ އަނގައިން ދެން ނުކުތް އެބަސްތަކުން މައިލީން އަށް ތެދިން ފިޔަވަޅު ފަހަތަށް އަޅާލެވުނީ މޭގައި އަތް އަޅައިގެން ހުރެއެވެ. ޝާލީން އާއި އާރާވެސް އެކަކު އަނެކަކަށް ބަލާލުމާއެކު ރޯން ފެށުނީއެވެ. އައިކަލް އާއި ޒާރިވާ އަދި އާއިކް ގެ އިތުރުން ނުސްރާ އާއި ފާއިޒް އަށް ވެސް ތިބެވުނީ ބުނާނެ އެއްޗެއް ނޭގިފައެވެ. މައިލީން އަށް ހުރިތަނަށް ތިރިވެވުމާއެކު ކަކޫ ޓައިލްސް ތަކު މަތީގައި ޖައްސާލެވުނެވެ. އަދި […]
“ނޫން. ލައްކަދުވަހު އަޅުގަނޑަށް ސިއްރުކުރެވިއްޖެއެއްނު. ދެން ކިޔައިދީ.” ނުރުހުންވެފައި އީނާލް ބުނެލިގޮތުން ޔާނިކް ކަންބޮޑުވިއެވެ. މަލްހާއަކީ ދުވަހަކުވެސް އޭނާއަށް ލިބެންނެތް ނަސީބެއްކަން އިނގޭއިރު އެވާހަކަ ދައްކާކަށް ޔާނިކް ބޭނުމެއްްނުވެއެެެވެ. އެހެނަސް އީނާލް ގޮތްދޫނުކުރާނެކަން އޭނާއަށް އިނގެއެވެ. އެހުރިހައި ވާހަކައެއް އިނގުމުން އީނާލްގެ ހިތަށްއަރާނީ ކީކޭކަމެއްވެސް ނޭނގެއެވެ. އިރުކޮޅަކު ވިސްނަން އިނުމަށްފަހު ފުންނޭވައެއްލަމުން ޔާނިކް އީނާލްގެ މޫނަށް ބަލައިލިއެވެ. ޔާނިކްގެ ޖަވާބެއްގެ އިންތިޒާރުގައި އިން އީނާލްގެ ކެތްތެރިކަން ކޮޅުންލަމުން ދިޔައެވެ. އިރުކޮޅެއްގެ ހަމަހިމޭންކަމަށްފަހު ޔާނިކް ވާހަކަ ދައްކަން ފެށިއެވެ. […]
އަފާފަށް ގަދައަށް ގިސްލެވެން ފެށި އަޑު އިވެން ފެށުމުން އެ ރިހުން އޭނަގެ މެއަށް ފެތުރެން ފެށިއެވެ. އަފާފަށްވީ ކިހިނެއްތޯ ހިތް ސުވާލުކުރި ވަގުތު އޭނަގެ ގޮށްމުއްކެވިގެން ދިޔަދިޔަހެން އޭނައަށް ވާހަކަ ދެކެވުނެވެ. “އަފޫ ކީއްވެ ރޮނީ؟” ޝަރަފް ކަންބޮޑުވެފައިވި މިންވަރު ޚުދު އޭނައަށް ވެސް އެނގުންވީ އެހެން ބުނެލިއިރު އޭނަގެ އަޑުގައި ތުރުތުރެއް އެކުލެވިގެން ދިޔުމުންނެވެ. އެ އަޑު އިވިފައި ހިނދުކޮޅަކަށް ނަމަވެސް އަފާފްގެ ރުއިމަށް ހުއްޓުމެއްއައެވެ. އެއީ އާދައިގެ މަތިން ޝަރަފް އޭނައަށް […]
ރުއާންގެ އެނދުމަތީގައި އޮށޯވެލައިގެން އޮތެވެ. އޭސީގެ ފިނިން އެއްވެސް އަސަރެއް ނުކުރާކަހަލައެވެ. ރުއާންގެ މޫނު މަތީގައި ވިދަމުން ދިޔައީ ދާތިކިތަކެވެ. އެންމެ ފަހުން ރުއާން ތެދުވެގެން ހަރުގައި އިން ޓީސާރޓް ނަގައި ހަށިގަނޑަށް މަހާލަމުން މޭޒުމަތީގައި އޮތް ސައިކަލުގެ ތަޅުދަނޑި ނަގައިގެން ބޭރަށް ދިޔުމަށް ހިނގައިގަތެވެ. އަވަސް ފިޔަވަޅު ތަކެއް އަޅަމުންނެވެ. ހަލުވި ސުޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލް މަޑުކޮށްލީ ރޫބީސް ގެ ކައިރިއަށެވެ. ސައިކަލް ޕާކް ކުރުމަށްފަހު ގޭތެރެއަށް ވެދެގެން ދިޔައިރު ރައުނާއާއި ދިމާވިއެވެ. ޒީކްއަށް […]
“އައި އޭމް ޑެލްޓާ.” އޭނާ އަހަންނާ ދިމާއަށް އަތް ދިއްކޮށްލަމުން އެހެން ބުނުމާއެކު އަހަންނަށް ލިބިގެން ދިޔައީ ޝޮކެކެވެ. ދެލޯ ހަނިކޮށްގެން ހުރެ އަހަރެން ކަޅު ކުލައިގެ ލެދަރ އަންގި ލައްވާފައިވާ އޭނާގެ އަތަށް ބަލާލީމެވެ. ޑެލްޓާ އަކީ އަންހެނެއް ހެއްޔެވެ؟ އެކަމަކު އެހެން ވާންވީ ކިހިނެއް ހެއްޔެވެ؟ “ސަލާމެއްވެސް ނުކުރާނަންތަ؟” އަހަރެން ބަލަހައްޓައިގެން ހުއްޓާ އަނެއްކާވެސް އެ އަންހެންކުއްޖާ އަހާލިއެވެ. އަހަރެން މަޑުމަޑުން އޭނާގެ އަތުގައި ހިފައި ސަލާމްކޮށްލީމެވެ. “ހައިރާންވެފަ ދޯ ތި ހުރީ؟ ކޮންފާމް […]
ކޮފީ ނިންމާލުމައްފަހު އަޔާޒް ގެއައް އައީ ޝީން އަށްހުރިހާ އެއްޗެއް ކިޔައި ދިނުމަށެވެ. އަޔާޒް އަށް ޝީން ނުލިބުނަސް އެކަހަލަ މީހެއްގެ މަކަރުވެރި ކަމުގެ ދަލުގައި ޝީން ޖެހުނަކަ އަޔާޒް ނުދޭނެވެ. “ބުރޯ މަ ވަރައް އަވަހައް ގެއައް ދާންޖެހޭ އެބަ” އަލޫކް ވަރައް އަވަސް އަރުވާލާފައި ސައިކައް އަރަމުން ބުނެލިއެވެ. ލަސްކޮއްފިނަމަ އަލޫކް އަތުން ޝީން ބީވެދާނެއެވެ. އަލޫކްގެ ހަށިގަނޑުގައި ނޭވާ ހިނގާހާ ހިދަކު އެހެން ވިޔަކަ ނުދޭނެއެވެ. އަޔާޒް އަވަސް އަރުވާލާފައި ގެއައް އާދެވުނު […]
ގޭގެ އެކި ދިމާއަށް ނަޒަރު ހިންގަމުން ޝަމްއަލް އެތެރެއަށް ވަތްއިރު އެމީހުންގެ އިންތިޒާރުގައި ސޯފާގައި އެއާއިލާގެ އެންމެންކަހަލަ ގޮތަކަށް ތިއްބެވެ. ޝަމްއަލް ހުރީ އޭނާގެ މައިންބަފައިން އޭނާއަށްޓަކައި ހޮވި އަންހެންކުއްޖާ ދެކިލާހިތުން ކެތްމަދުވެފައެެވެ. އިސްޖަހައިގެން ސޯފާގެ އެއްފަރާތުގައިއިން އަންހެންކުއްޖާ ޝަމްއަލްގެ ލޮލުގައި އަޅައިގަތުމާއެކު އޭނާގެ ހިތުގެ ހިނގުން އިހުނަށްވުރެ އަވަސްވެގެން ދިޔައެވެ. އެވަގުތު އެއްއަތް އަނެއްއަތާ މޮޑެލަ މޮޑެލައި އިނުމަށްފަހު ލަސްލަހުން އެކުއްޖާ އިސްއުފުލައިލައި ބަލައިލިއެވެ. އެއާއެކު ޝަމްއަލްއަށްެ ހިނގުން މަޑުޖައްސައިލަމުން ހުރިތަނުގައި ހުއްޓިފައި ދެލޯބޮޑުކޮށްލަމުން އެއަންހެންކުއްޖާ […]
އަފާފަށް ގަދައަށް ގިސްލެވެން ފެށި އަޑު އިވެން ފެށުމުން އެ ރިހުން އޭނަގެ މެއަށް ފެތުރެން ފެށިއެވެ. އަފާފަށްވީ ކިހިނެއްތޯ ހިތް ސުވާލުކުރި ވަގުތު އޭނަގެ ގޮށްމުއްކެވިގެން ދިޔަދިޔަހެން އޭނައަށް ވާހަކަ ދެކެވުނެވެ. “އަފޫ ކީއްވެ ރޮނީ؟” ޝަރަފް ކަންބޮޑުވެފައިވި މިންވަރު ޚުދު އޭނައަށް ވެސް އެނގުންވީ އެހެން ބުނެލިއިރު އޭނަގެ އަޑުގައި ތުރުތުރެއް އެކުލެވިގެން ދިޔުމުންނެވެ. އެ އަޑު އިވިފައި ހިނދުކޮޅަކަށް ނަމަވެސް އަފާފްގެ ރުއިމަށް ހުއްޓުމެއްއައެވެ. އެއީ އާދައިގެ މަތިން ޝަރަފް އޭނައަށް […]
ރުއާންއަށް ގެއަށް ދެވުނުއިރު ރާއިނާއާއި ރީނާ ރުއާންގެ އިންތިޒާރުގައި ތިއްބެވެ. ރުއާންގެ މޫނުމަތިން ފެންނަމުންދިޔަ ނުތަނަވަސްކަމެއް ރީނާއަކަށް ސިއްރެއް ނުކުރެވުނެވެ. ރީނާއަކީ ރުއާންގެ އުފަން މަންމައަށް ނުވި ނަމަވެސް ރުއާންއަށް އަންނަ ކޮންމެ ބަދަލެއް ރީނާއަށް ފާހަގަ ކުރާކަށް ގިނައިރުތަކެއް ނުނަގައެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އުމުރުން ހަތް ދުވަހުން ފެށިގެން ރުއާން ގެންގުޅެމުންއައީ ރީނާކަމަށް ވީތީއެވެ. “ދޮންބެ ގަނޑު ހާދަ ދުވަހެއް ކޮށްލާފައޭ. އެންމެ ދެތިން ދުވަހަށޭ ކިޔާފަ ގޮސްފަ” ރާއިނާ ޝަކުވާ ކުރަންފެށިއެވެ. […]