Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝީން(ނުވަވަނަ ބައި)

Marie Level 210 Stories100 Login100 Comments
March 5, 2018 3 Mins Read
10 Comments

އަބަދާއި އަބަދު އިވެމުންދިޔަ ވަސީމާގެ ސަކުވާގެ އަޑުތަކުން ނުބައި ރައްޓެހިންތަކަކާއި އެކުވެ އަލޫކް ހަލާކް ވީއެވެ
***************

ހަވީރު ހަތަރުގަޑި ބައި ނުވަނީސް ޔަލްވީ އެގެއައް އައެވެ.
އޭރު ޝީންވެސް ހުރީ ތައްޔާރުވެލައިގެންނެވެ.

އެބައަންނަންއަޔާގޮވައިގެން ” ޝީން އެހެން ބުނެ އަޔާޒްގެ ކޮޓަރިއާއި ދިމާލައް ހިނގައިގަތެވެ.
ކޮޓަރީގެ ދޮރުމައްޗައް އަރަމުން އަޔާޒްއަށް ގޮވާލަމުން ޝީން ކޮޓަރީގެ ދޮރު ހުޅުވާލާފައިވަނެވެ
ހަމައެކަނި ތުވާއްޔެއް އަދެގެން ހުރި އަޔާޒް ފެނުމުން ޝީން މޫނުމަތީ އަތް އަޅަމުން އަނެއް ފަރާތައް އެބުރިލެވުން ގަޑީގައި ޝީން ގެ ފައި ކައްސަލައިގެން ވެއްޓެން ދިޔައެވެ.
އެމަންޒަރު ފެނުމުން އަޔާޒްވަރައް ހުށިޔާރުކަމާއެކު ޝީން ގައިގައި ހިފެހެއްޓުމާއެކު ދެހަށިގަނޑު ކޮންޓްރޯލް ނުވެގެންގޮސް މުށިގަނޑު މައްޗައް ވެއްޓުނެވެ.
މުށިގަނޑުގައި ޖެހުމާއެކު އަޔާޒްގެ ގަޔައް ތޫނު ތަދެއް އިހުސާސް ކުރެވުނެވެ ނަމަވެސް ގައިމަތީގައި އޮތް ޝީންގެ ދެލޮލާ ލޯ ސީދާވެގެންދިޔައިރު ދެމީހުންނައްވެސް ދުނިޔެމަތީގެ ހުރިހާކަމެއް ހަދާން ނެތުން ކަހަލައެވެ.
އެ ކުޑަ ވަގުތު ކޮޅުތެރޭވެސް އަޔާޒް ގެ ފުރިހަމަ ފިރިހެން ވަންތަ ކަމައް އެތައް ފަހަރަކު ޝީންއައް ހިތުގެ އަޑިން ތައުރީފް ކުރެވުނެވެ.
އަޔާޒްގެ މޭމައްޗައް އެޅެމުންދިޔަ ޝީންގެ ހޫނު ނޭވާތަކުން ބޭހްތިޔާރުގައި ލޯމަރާލެވުނެވެ.
ދެމީހުން ސިއްސައިގެން ދިޔައީ އެދުމަތީއޮތް އަޔާޒްގެ ފޯން ރިންގްވާން ފެށުމުންނެވެ.
“ސޮރީ “ޝީން އަޔާޒްގެ އަތުތެރެއިންނިކުންނަމުން ލަދުރަކި ގޮތަކައްބުނެލިއެވެ
އަހަރެން މިދަނީ ބޭރައް އަވަހައް އާދޭ ޔަލް ވެސް އައިސް އެބައިން”ޝީން ކޮޓަރިންނިކުންނަމުން އަޔާޒް އައްފުރަގަސްދީގެން ހުރެ ބުނެލިއެވެ.
ޝީން ކޮޓަރިން ނިކުމެގެންދިޔައިރުވެސް އަޔާޒްއަށް ހުރިފިޔަވަޅުމަތިގައިހުރެވުނީއެވެ.
.އެހާ ކައިރިން ޝީން ފެނުމުން އަޔާޒް ހިތައް ބުނެދޭން ނޭގޭ އަސަރުތަކައެް ކުރަމުން ދިޔައެވެ.
އަޔާޒްގެ ފިރިހެންވަންތަ ހިނގުމުގައި ކޮޓަރިން ނިކުމެގެން އަންނަތަން ފެނުނުމުން ޔަލްވީ ބަލަހައްޓައިގެން ހުރެވުނީ ކަޅި ޖަހާލަންވެސް ހަދާންނެތިއެވެ.
ތިން މީހުން އެކުގައި ބީޗާދިމާލައް ދިޔައިރު ޔަލްވީ އަޔާޒް އާއި އެކި ސުވާލް ކުރަމުން ދިޔައެވެ.
ޔަލްވީގެ ކޮންމެ ސުވާލަކައްވެސް އަޔާޒް ޖަވާބުދެމުންދިޔައެވެ.
ދެމީހުން ވާހަކަ ދައްކަމުން ދިޔައިރު ޝީންވެސް ދޭތެރެއަކުން އެއްޗެއްބުނެލައެވެ.
“ޔަލް ހީވަނީ އިންޓަވިއުއެއް ކުރާހެން ދޯ އަޔާ””ޝީން ހިނިގަނޑެއްޖަހާލަމުން ބުނެލިއެވެ.
އަޔާގެ ގާލްފްރެންޑެއް ހުރޭތަ؟
ޔަލްވީއެހެން ބުނެލުމުން އަޔާޒް ޝީން އައް ބަލާލަމުން ބޯ ހޫރާލިއެވެ.
“އެކަމަކު އަހަރެން ވަރައް ލޯބިވާ ކުއްޖެއް ހުރޭ” “އޭނައަށް ވެސް އެނގޭނެ ކަންނޭގެ އަހަރެން އޭނަދެކެ ލޯބިވާކަން”
އަޔާޒް އިސް ޖަހާލަމުން ފުރަތަމަ ފަހަރައް ހިތުގެ ހާލް ބުނެލިއެވެ.
އަޔާޒް އެހެން ބުނެލުމުން ޝީންއަށް އަޔާޒް އައް ބަލާލެވުނެވެ.
އަދި އަޔާޒްދެރަވެފަ ހުރިތަން ފެނުމުން ޝީން ގެ ހިތުގައި އެއަންހެންކުއްޖާއާއިދޭތެރޭ ހިތުގައި ނަފްރަތު އުފެދުނެވެ.
އަޔާޒް އަށް ދެރައެއް ދިން މީހަކައް ދުވަހަކުވެސް ރަގަޅު ގޮތެއް މެދުވެރި ނުކުރެއްވުމައް ހިތާހިތުން ދުއާ ކުރެވުނެވެ.
*** **** ******* *********
ބުރޯ މިރޭއަށް ވަރައް ނައިސް އެއްޗެއް ލިބިފަ އެބަހުރި .ކައެ ވައްޓާލައްޗެއް އަވަހަށް” ފައްކާ މަންޖެގަނޑެއްވެސް ލިބިފަ ހުރީ” އަލޫކް ފޯން ނެގުމާއެކު ރިލްވާން ބުނެލިއެވެ.
ރިލްވާން އެހެންބުނެ ފޯން ކަނޑާލުމުން އަލޫކް ޝީން އައް ގުޅާލިއެވެ .އޭރު ގަޑިން އެގާރަގަޑިބައި ވަނީއެވެ.
ކޮންމެ ރެއަކުވެސް އަލޫކް ގެއިން ނިކުންނަނީ ޝީން އަށް ގުޅުމައްފަހު ކުޑައިރުކޮޅަކު ވާހަކަ ދައްކާލުމައްފަހު ނިދިއައިސްކަމައްބުނެ ފޯން ކަނޑާލުމައްފަހުއެވެ.
މިރޭވެސް އަލޫކް ގެއިންނިކުތުމުގެ ކުރިން ޝީން އަށް ގުޅާލިއެވެ.
ހެލޯ …..ބޭބީ”ނިދަން އެއްޗެހި ބަދަލް ކޮއްލައިގެން އައިސް ބެޑުގައި އިށީންތަނާ އަލޫކް ގުޅުމުން ޝީން ބުނެލިއެވެ.
ވަރައް މިސްވާތީ މިއުޅެނީ” ކޮންއިރަކުން މާލެ އަންނަނީ”ޝީން ފޯންނެގުމާއެކު އަލޫކް ބުނެލިއެވެ.
ދެދުވަސް ތެރޭ ދާން މިއުޅެނީ ކޮލެޖްވެސް ފެށެނީނު ” އަޔާގެވެސް ޗުއްޓީވެސް ހަމަ ވަނީ އެހެންވެ” މަންމަ ދޫކޮއްދާން ވަރައް ދެރަވޭ”ޝީން ވަރައް ދެރަވެލާފައި ބުނެލިއެވެ….
މިރޭޝީން ދެރަވެފައި ހުރުމުން އަލޫކް އަށް ފޯން ބާއްވަން ފަސޭހައެއް ނުވިއެވެ.
އޭރު ތަކުރާރު ކޮއް ޔޫއާން އާއި ރިލްވާން ގުޅަމުން ދިޔައެވެ..
ބޭބީ މަންމަ ވަރައް އެބަ ގުޅާ ގެއަށް ނުވަދެގެން ” އަލޫކް އަވަހައް ދާން ބޭނުންވެ ހުރެ ބުނެލިއެވެ.
އަހަރެމެންގެ މިގުޅުމާ ލޫކްގެމަންމަ ގަބޫލް ވާނެހެން ހީވެތަ؟
މަންމަ ގަބޫލް ނުވަސް އަހަރެން ޝީން ނޫން މީހެއް ބޭނުމެއްނޫން”އަހަރެންނައް ޝީން ނޫން މީހެއްދެކެ ލޯއްބެއް ނުވެވޭނެ”
ދެން ބާއްވަނީ އިނގެ މަންމަ ވަރައްއެބަ ގުޅާ އަލުކް ގަސްދުގައި ދޮގެއްހެދުމައްމަހު ފޯން ކަނޑާލިއެވެ.
ލަސް ފިޔަވަޅުތަކެއްގައި އަލޫކް ގެއިން ނިކުމެފައި ޔޫއާންގެ ނަމްބަރައް ގުޅާލިއެވެ، އަދި 5 މިނެޓް ތެރޭ މިގާތް ކުރަނީ ކަމައް ބުނެ ފޯން ކަނޑާލިއެވެ.
އަލޫކް ގޮސް ޔޫއާންމެން ހިފާފަ ހުރި އެޕާޓްމެންޓާ ތަންކޮޅެއް ދުރުގައި ސައިކަލް ޕާކުކޮއްލިއެވެ.
އަދި މަގުގެ ދެފަރާތް ބަލާލުމައްފަހު މީހެއްގެ ހިލަންނުވުމުން އަލޫކް ހިނގައިގަތެވެ.
އައްކޭ ހާދަ ލަސްވެއްޖޭ ދޯ އެގޮލާ ވައްޓާލީމައޭ ކަމެއް ވާނީވެސް ” ރިލްވާން އެހެން ބުނެލިތަނާ ދުރުގައި ޖަހާލިއެވެ.
ބަލާބޭ އައްކޭއައީ ކަންނޭގެ” ޔޫއާން އެހެން ބުނެލުމުން ލައްޗޭ ގޮސް ދޮރުގައިއިން ލޯކޮޅޫން ބޭރު ބަލައިލުމައްފަހު ދޮރު ހުޅުވާލަފައި އަލޫކް އެތެރެއައް ވެއްދުމައްފަހު ދޮރުތަޅުލިއެވެ.
ކޮބާތަ މަންޖެ ގަނޑު” އަލޫކް އެންމެނައް ވަކިވަކިން ބަލައިލުމައްފަހު ބުނެލިއެވެ.
އެބަ އާދޭ ސައިއްޕެއާއި އެކު” ރިލްވާން ދެފަރާތައް ހޫރިލަމުން ބުނެލިއވެ.
މަޑުކޮއްލާ ސައިއްޕެ މެންއަންނަންދެން ”
ކުޑައިރުކޮޅެއްފަހުން ސައިއްޕެ އައިއިރު ނިވާކަންކުާހެދުމެއްގައި މިރެއަށް އެމީހުންގެ ހާއްސަ މެހުމާން ޒާރާވެސް އައެވެ.’

އެންމެން ހަމަވުމާއެކު މަސައްކަތައް ފެށިނެވެ. ” ވަރައް ނައިސް ވާނެ މީތި “މޯންޑޭގެ ޖީބުން ނެގި ކުޑަ ރަބަރު ޕެކެޓް އެއް ދައްކާލަމުން ބުނެލިއެވެ.
ކޮޓަރި ތެރޭ ދުވަމުން ދިޔަ ތެޔޮވަސް ގަދަވެ އެކި މީހުން އެކި ތަނައް ދެމެން ފެށިއެވެ

ނުނިިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Marie

Level 210 Stories100 Login100 Comments

Other Articles

Previous

ތަޤްދީރު (5)

Next

ތިޔަ އަސަރު 53

Next
March 5, 2018

ތިޔަ އަސަރު 53

Previews
March 5, 2018

ތަޤްދީރު (5)

10 Comments!

  1. Sauuuu says:
    March 5, 2018 at 12:36 pm

    Haadha kurey .. Dhigu koh avas koh up kohdheeba

    1. Marie says:
      March 5, 2018 at 10:44 pm

      Vth avahah up kihdheveythw mi try kurany .. thank you sauuu ❤

  2. Hairaan says:
    March 5, 2018 at 1:22 pm

    Reethi. Varah maakuru.

    1. Marie says:
      March 5, 2018 at 10:45 pm

      thank you hairaaan ❤

  3. Aki says:
    March 5, 2018 at 2:10 pm

    varah furihama… alhey alook ah sheen nudheythi

    1. Marie says:
      March 5, 2018 at 10:46 pm

      Hehe…. yhank you akii ❤

  4. Billta says:
    March 5, 2018 at 4:26 pm

    Cover photo ehaa ehaa eh noon Billta ah fenna gothuga. Ginafaharu cover pic ah balaalaafa story ah interest ufedheynee.

    1. Marie says:
      March 5, 2018 at 10:47 pm

      Thank you billta ❤

  5. aako says:
    March 5, 2018 at 8:38 pm

    alook ah sheen nudeythi….eyrun varah hadivaane and mom eh huri hama ekani noor sheen akee… 🙁

    1. Marie says:
      March 5, 2018 at 10:50 pm

      Heheheh yeahh dw….Aloook ragalhuvess vedhaanehhhnu hama aako 🙂

Comments are closed.

Next Episodeޝީން (ދިހަވަނަ ބައި)←


All Right Reserved!