އަޝްވާއަށް ލިބުނު އުފާވެރިކަން ބަޔާންކޮށްދޭނީ ފަހެ ކިހިނަކުން ހެއްޔެވެ؟ އެއް ސިކުންތުގައި ވޭނީ ކަރުނަތައް އޮހެރެމުން ދިޔަ އެ ދެ ލޮލުން ދެވަނަ ސިކުންތުގައި ހިލާލޯ ފޮނި ކަރުނައެވެ. “ޝުކުރިއްޔާ ޝައިމް، އަހަރެން ޔަގީންކަން ދެން އަޝްވާއަށް ދުވަހަކުވެސް އަހަރެންގެ ފަރާތުން އެއްވެސް ދެރައެއް ނުދޭނެކަމަށް…” ޝައިމް ގައިގައި ބައްދާލަމުން ކާއިން ބުނެލިއެވެ. “އިތުބާރު ކުރަން.. އެކަމަކު ދުވަހެއްގެ ކޮޅުން ވިޔަސް އަޝްވާއަށް ދެރައެއް ދީފި ނަމަ އެކަމުގެ ސަބަބުން ނިކުމެދާނެ ނަތީޖާއަކަށް ވިސްނައިގެން ހުންނާތި! ” […]
އެންމެން ހަމަ ވުމައެކު މަސަތްކަތައް ފެށުނެވެ. ވަރައް ނައިސް ވާނެ މީތި “މޯންޑޭގެ ޖީބުން ނެގި ކުޑަ ރަބަރު ޕެކެޓް އެއް ދައްކާލަމުން ބުނެލިއެވެ. ކޮޓަރިތެރޭ ދުވަމުން ދިޔަ ތެޔޮވަސް ގަދަވެ އެކިމީހުން އެކިތަނައް ދެމެން ފެށިއެވެ. *** ***** ********* ****** * މެންދުރު ނަމާދުން ފައިބައިގެން އައިސް އަޔާޒް ގޭތެރެއައް ވަދުން އިރު ފެންޑާގައި އެލުވާފައިވާ ބޮޑު އުދޯލީގައި ޝީން އިނެވެ. އޭރު މުނީރާވެސް ދުފާތަބަކައް ފޯއްކިބައަކާއި ބިލެއްގަނޑެއް ލަމުން އުނދޯލި ކައިރީގައިހުރި ސަރަންފީގޮނޑީ […]
“ކަލޭ ދޯ…މާ ރަނގަޅު މީހަކަށްވެގެން ކޮންމެހެން އެމީހުންނަށް ކަންކަން ކިޔައިދޭން ނޫޅިބަލަ. މިހާރު އެވީގޮތް ކިހާދެރަ. އެމީހުންނަށް ދެން ކަލޭ ނުވެސް ފެންނާނެ. އެންމެން ވެސް އުޅޭނީ ކަލޭ ހޯދަން..އަހަރެން ހުންނާނަން ކަލޭ ފަހަތުގަ. ސަލާމަތްކޮށްދިނީތީ ޝުކުރިއްޔާ…މޮޔަ ކުއްޖާ…މުލައިލްދެކެ ހަމަ އެހާ ލޯބިވޭތަ؟ އޭނަޔަށް ގެއްލުމެއް ވާން ނޭދި..އަދި ބަލާބަލަ ކިޔަނީވެސް އަލާނިޔާ އޭ…މާ ބޮޑަށްވެސް ޔަގީން ކުރެވޭނެ ތީ ކަން ރުއާގެ ދަރިޔަކީ..ތޭންކްސް އަގެއިން..” އަލާނިޔާ ވަނީ ގޮނޑިއެއްގައި އައްސާފައެވެ. އޭރު ޔާނިލާގެ ތުންފަތްމަތީގައިވަނީ ކާމިޔާބީގެ […]
‘ޑެލްޓާ’ މި ނަމަކީ އެޖެންސީގައި މަސައްކަތްކުރާ އެއްވެސް މީހަކަށް އާ ނަމަކަށް ނުވާނެއެވެ. އޭނާ އަކީ މުޅި މި އެޖެންސީގައި މަސައްކަތްކުރާ އެންމެ ގަދަ ފަހުލަވާނެވެ. އެހެން ގޮތަކަށް ބުނާނަ އެއީ ‘ލެޖެންޑް’ އެކެވެ. އެޖެންސީގެ ހިސްޓޮރީ ފޮތް ފުރިފައި އޮންނާނީ އޭނާގެ ނަމުންނެވެ. އެ ކަހަލަ ‘ލެޖެންޑް’ އެއްގެ ޕާޓްނާ އަށް ވުމުގެ ފުރުޞަތު ކުއްލިއަކަށް ލިބުމުން ހައިރާންނުވާނީ ކާކު ހެއްޔެވެ؟ ހަމަ ގައިމުވެސް އަހަރެން މިއިނީ މި ފެންނަނީ ހުވަފެނެއް ކަމެއް، ޙަޤީޤަތެއް ކަމެއް […]
ބާރުހިނގުމެއްގައި ގޮސް ދޮރުހުޅުވައިލިތަނާ އެތެރަށް ވަންނަން އައި މަލްހާ ބަން ލައިފައި ޖެހުނީ ޔާނިކްގެ ގައިގައެވެ. އެވަގުތު އެމަޑު ތުންފަތް ޔާނިކްގެ ގަމީހުގައި ބީހިގެން ދިއުމާއެކު އޭނާ ލައިގެންހުރި ހުދު ކުލައިގެ ގަމީހަށް މަލްހާގެ ތުންފަތުގެ ނިޝާން އަރައިގެން ދިޔައެވެ. އެތަންފެނި ދެލޯބޮޑުކޮށްލަމުން މަލްހާ ކަންބޮޑުވެފައި ޔާނިކްއާ ދިމާއަަށް ބަލައިލިއެވެ. “ސޮ.. ސޮ.. ސޮރީ ސަރ.” ކަންބޮޑުވީ ވަރުން މަލްހާއަށް އެހެންބުނެވުނީވެސް އުނދަގުލާއެކީއެވެ. އޭރު ކަޅި ޖަހައިނުލައި ޔާނިކް ބަލަމުންދިޔައީ އޭނާގެ ގަމީހުގައި މަޑު ފިޔާތޮށިކުލައިން ފެވިފައިހުރި […]
“ލީން… ވީ ނީޑް ޓް އޮޕަރޭޓް ހާރ… ވީ ހޭވް ނޯ އަދަރ އޮޕްޝަން އޭޒް ސާރޖަރީ” ޔުއާން އުނދަގުލުން ބުނެލިއެވެ. އެއާއެކު މައިލީން ޔުއާން އާ ދުރަށް ޖެހިލަމުން ޝަކުވާގެ ނަޒަރަކުން ބަލާލިއެވެ. “ނޫން” މައިލީން އަށް ބުނެވުނެވެ. އޭނާ އަށް ފާޑަކަށް ހުއްޓެވުނީ ޔަޝްމް އޭނާ އާ ވަކި ވަނީ އޭ ހިތަށް އެރުމުންނެވެ. “ނޫން” އަނެއްކާވެސް އޭނާ އަށް ޔުއާން އާ ދިމާލަށް ބަލާލަމުން ބުނެލިއެވެ. “ލީން ލިސެން ޓް މީ… އައި […]
“ޑޯންޓް ވޮރީ އިނގޭ” މިރޭ ބަލާ އަންނާނަން” ޔުއާން މައިލީން ގާތު ބުނެލަމުން ޔަޝްމް އާ ވެސް ކުޑަކޮއް ވާހަކަ ދައްކާލާފައި ނުކުތީ މިރޭ މައިލީން އާއި ޔަޝްމް އާއި އެ އާއިލާ ގޮވައިގެން ޔުއާން މެންގެއަށް އައުމަށް ދައުވަތު އަރުވާފައެވެ. މައިލީން ހިންހަމަ ޖައްސައިދޭން ކިތަންމެ ވާހަކަ އެއްދެއްކިޔަސް ހަގީގަތަކީ އޭނާވެސް ނުތަނަވަސް ވެފައި ވާކަމެވެ. އޭނާގެ ހިތްވެސް ނުލާހިކު ބާރަށް ތެޅެމުން ދާކަމެވެ. އޭނާގެ ފައިން ވެސް ތުރު ތުރުއަޅާކަމެވެ. އެހެންނަމަވެސް މައިލީން އަށް […]
އެހެންނަމަވެސް އެއްވެސް ތަފާތެއް އޭނާ އަކަށް ފާހަގައެއްނުކުރެވުނެވެ. ވާނުވާގައި އޭނާ އިންދާ އެތަނުން ކުއްލިއަކަށް އިވުނު މިއުޒިކް ގެ އަޑު އޭނާގެ ސަމާލުކަން ހޯދިއެވެ. މައިލީން އެތާ އިށީދެ ކުރިމައްޗަށް ބަލާލިއެވެ. އަދި އެވަގުތު އެތަނުގައި އަޅުވާފައި ހުރި ޕްރޮޖެކްޓައިން ދައްކަމުން ދިޔަ މަންޒަރަށް ނަޒަރު ހުއްޓާލިއެވެ. މަޑު މަޑު މިއުޒިކެއްގެ އަޑުވެސް އެހިނދު އިވިގެން ދިޔައެވެ. އޭނާ ޔުއާން އަށް ބަލާލިއެވެ. އެއާއެކު ޔުއާން އެދުނީ މައިލީން ގާތު ކުރިމައްޗަށް ބެލުމަށެވެ. ފަނޑުފަނޑުކޮއް އެޅެމުން ދިޔަ […]
އެނދުމަތީގައި އޮށޯތުމާއެކު ލޮލަށް ޖަމާވަމުން އައި ކަރުނަތައް އޭގެ މަގާމު ދޫކޮށް އޮހޮރިގެންފިއެވެ. އިޔާން ދެލޯ ފުހެލަމުން ކަރުނަތައް ހިންދާލަން މަސައްކަތް ކުރިއެވެ. އޭނާ އެކަން ކާމިޔާބުވެސް ކުރިއެވެ. އިންތިޒާރު ނުކުރެވުނު މީހެއްގެ ހަނދާނުގައި ރޯކަށް އިޔާން ބޭނުމެއް ނޫނެވެ. ޒީކްއެހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަދަލުވެދާނެ ކަމަކަށް ހިޔެއް ނުކުރެއެވެ. “ޒީކް ކީއްވެ؟ ކީއްވެ އަހަރެންނަށް އިންތިޒާރު ނުކުރީ. އާލްދެކެ އަބަދުވެސް ޒީކް ރުޅިއަންނަމެއްނު. ދެން މިއަދު ކީއްވެ ތިހާ ބޮޑު ނިންމުމެއް ނިންމަންވީ. ކީއްވެ […]