“ޝަރަފްގެ ވިސްނުން ތިހިރީ ވަރަށް ރަނގަޅު މިޞްރާބަކަށް. ޙަޤީޤަތުގަ ފަޤީރުންނަށް އެހީވެގެން ނޫނީ މުޅި ދުނިޔެއަށް ވެސް އޭގެ ނޭދެވޭ އަސަރު އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ވެސް ކުރާނެ. އެކަމަކު އެކަން ވިސްނެނީ ވަރަށް މަދުބަޔަކަށް. ޝަރަފަކީ އޭގެ ތެރެއިން އެކަކު. އަހަންނަށް ޝަރަފް ވަރަށް ކަމުގޮސްފި. ބޭނުންވަނީ ޝަރަފްގެ ބެލުމުގެ ދަށުން މި ކުންފުނީގެ ގޮތްޕެއް ރާއްޖޭގަ ހުޅުވަން. ޝަރަފްގެ ރިސޯޓުގެ އިތުރުން އެއީ ވެސް ޝަރަފް ބަލަން ޖެހޭނެ ތަނެއް. އެތަނުން ލިބޭ […]
“ހަނދާން ކުރައްޗޭ… ކަލޭ އަށް ވުރެ ނިކަމެތި ކުދިންނަށް އަނިޔާ ކުރުމަކީ މޮޅުކަމެއް ނޫން. އޭން އެ ދައްކާ ދެނީ ކަލޭގެ ފިނޑިކަން…” ދާނިޝް ވާހަކަ ދެއްކިއެވެ. އަދި ޒީޝާގެ ގާތު ތި ދާ ތާކަށް ދިއުމަށް ބުނެލިއެވެ. ނޫނީ އޭނާ ގެންގޮސް ދޭނޭ ކަމަށް ބުނެލިއެވެ. ޒީޝާ މާނިއު އަށް ބަލާލަމުން ގޮސް ދާނިޝް ގެ ކާރުގެ ދޮރުފަތް ހުޅުވާލާފައި ވަނެވެ. އެތަން ބަލަން ހުރި މާނިއު ހުރީ ރުޅިއައިސް ރަތްވެފައެވެ. އޭނާގެ ދެއަތް މުށްކެވިގެން […]
ދުވަހަކީ އަވިިދޭ ވަރަށް ސާދާ ދުވަހެކެވެ. ކަނޑުން ނަގައިގެން އަންނަ ފިނިފިނި ވައިރޯޅިން އެވަގުތު ދޯނީގައި ތިބި ކޮންމެ މީހަކު އުފާ ހާސިލްކުރަމުން ދިޔައެވެ. އެންމެ ރުލެއްވެސް ނުވާ ކަނޑުގެ ލޮނުގަނޑު ވެސް ވަރަށް މަޑުމައިތިރިއެވެ. ދުރުން ދުރުން އުދުހިފައިދާ އެކި ވައްތަރުގެ ދޫނިސޫފާސޫފީގެ ނަލަ އަޑުތަކުން މާހައުލު އިތުރަށް ހިތްގައިމު ކުރުވަމުން ދިޔައެވެ. ރަށާއި ދުރަށް ދޯނި ދުއްވާ ވަރަކަށް ކަނޑުގެ ލޮނުގަނޑުން ހިކިގެން އުފެދިފައިވާ އެހެނިހެން ރަށްތައް ފެންނަމުން ދިޔައެވެ. ސާފު […]
ހަތަރެއް ޖެހުމާއެކު މާއިޝް އާއި ސަނާ ނުކުތީ ބޭރަށް ދިޔުމަށެވެ. ގަރާޖުގައި އޮތް ކާރުނެރެ ދެމީހުން މިސްރާބު ޖެހީ ސަނާގެ ރަޙުމަތްތެރިއެއްގެ ގެއާ ދިމާއަށެވެ. ” ނާއްކޯ! އަދިވެސް ނުބުނަމެއްނު ކުރަން މިއުޅޭ ކަމެއް. ކީއްކުރަންތަ ނާއްކޮގެ ފްރެންޑެއްގެ ގެއަށް މިދަނީ.” އެންމެ ފަހުން މާއިޝްއަށް ނީނދެވިގެން ސަނާއާއި ސުވާލު ކޮއްލިއެވެ. ” ސޮރީ.. އިނގޭތަ މާދަން އެއީ ދޮންތަގެ ބާރތްޑޭ އެއްނު.. އެހެންވެ ކޮންމެ އަހަރެއްގަވެސް ދޮންތައަށް ސަޕްރައިޒް އެއް ދެމޭ. އެހެންވެ މިއުޅެނީ މިރޭ […]
6އަހަރު ފަސް ޔާއިން ގެ ނަޒަރުން މިއަދަކީ 6އަހަރަށް ފަހު އަހަރެންގެ އާއިލާ ގާތަށް ދެވޭދުވަހެވެ. ވޭތުވެ ދިޔަ ފަސްއަހަރު އާއިލާމީހުން ލޮލަށް ފެނުނީ އަހަންނަށް ހުކުމް އިއްވިދުވަހުގައެވެ. އަމިއްލައަށް ކުށަށް އިއުތިރާފް ވުމުން ޝަރީއަތް ދިގު ދެމިގެންނެއް ނުދެއެވެ. ގަސްދުގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ކުށް ސާބިތުވެ 5އަހަރުގެ ޖަލުހުކުމެއް އިއްވިއެވެ. ނަމަވެސް އަހަރެން ޖަލުގައި ހުންނަށް ޖެހުނީ އެންމެ މަސްދުވަހުއެވެ. ޖިޔާންގެ އެދުމުގެ މަތިން އަހަރެން ދޫކޮށްލެވުނެވެ. ޖަލުން ދޫކޮށްލުމާއި އެކު ޖިޔާންގެ ޚަރަދުގައި […]
އެއަށްފަހު ބާރަކަށް ވަޓްއޭ ބުނިގޮތުން ނަބާ އަށް އެވީ ކީއްކަން އެނގުމަށް ޝައުގުވެރިވެވުނެވެ. **** “އަމް އެވްރީތިންގެ އޯކޭ؟” ފޯނު ކަނޑާލުމުން ވެސް އަކްމަލް އިންގޮތަށް އިނުމުން ނަބާއަށް އަހާލެވުނެވެ. “އަހަރެން ދަނީ. އީތަން މަރުވެއްޖޯ” އެއްމެ ހިނދުކޮޅަކަށްވެސް އެތާ މަޑުނުކޮށް އަކްމަލް އެތަނުން ދިޔައީ ނަބާގެ ދެލޯ ބޮޑުކޮށްލާފައެވެ. **** އަކްމަލް އަށް ހޮސްޕިޓަލްއަށް ދެވުނު އިރު އެވަގުތު ޑިއުޓީގައި ތިބި ޕޮލިހުންވެސް އެތަނުގައި ހުރިއެވެ. އަކްމަލް ގޮސް ހުއްޓުނީ […]
ބައްދަލުވުން ނިންމާފައި ހޮސްޕިޓަލުން ނުކުންނަން ދަނިކޮން މައުވަންއަށް ފޯނެއްއައެވެ. އެހެން ކަމުން އޭނަ ހިންގަމުން ދިޔައީ އެހެން މީހުންނަންވުރެ ތަންކޮޅެއް ފަހަތުގައެވެ. އެވަގުތު އެހެންލާފައި ދިޔަ އަންހެއްކުއްޖާ މައުވަންގެ ލޮލުގައި އަޅައިގަތެވެ. ނަމަވެސް މާބޮޑު ފަރުވާލެއް ނެތި ކުރިއަށް ހިނގައި ގަތެއް ކަމަކު މައުވަން ހުއްޓުނެވެ. ކައިރީގައިހުރި އަންހެން ކުއްޖާގައިގައި ހިފަހައްޓާލައިގެން ކުޑަކޮށް ބަލިގޮތަކަށް ހިގާފައި އެދަނީ ރަފާއެވެ. އަތުގައި އަޅާފައި އިން މަލަންކޮޅުން އޭނަ އެދަނީ ހޮސްޕިޓަލުން ކޮންމެވެސް ޚިދުމަތެއް ހޯފާފައިކަން ދޭހަވެއެވެ. އިންޑިއާއަށް އަންނަމުން […]
“ކިހިނެއްވީ؟” ހައިރާންވެ ހުރެ ވިޝާލް ބުންޏެވެ. “ފައިދިގުމަކުނެއް” ދެލޯ ބޮޑުކޮއްލައިގެން ވިޝާލް ގެ ބޮލަށް ބަލަހައްޓައިގެން ހުރެ ޒަކްވާން ބުނެލިއެވެ. ބަލާކަށް ނުހުރެ ޖޯލިންތެދުވެ އަވަސް ހަރަކާތަކާއި އެކު ވިޝާލް ދެއަތުން ބޯފޮޅާލިއެވެ. އެހިންދު އެ ފައިދިގު މަކުނު ބިންމައްޗަށް ވެއްޓިއްޖެއެވެ. “ހޫން، މަ ހީކުރީ ވަރަށް ބޮޑު އެއްޗެއްކަމަށް” މަޖާވެލާފައި ހުރެ ވިޝާލް ބުންނެވެ. ޒަކްވާން ހުރީ މަޖާވެފައެވެ. ވިޝާލް އަކީ ކުޑައިރުވެސް ފައިދިގު މަކުނު ދެކެ ވަރަށް ބިރުގަންނަ މީހެކެވެ. ދެމީހުން އެކުގައި ކަހަލަ […]
ލިވާންގެ ލޮލުން ފެނުނު މަސްތުކަމާއިއެކު ލިވާންގެ ކޮންމެ އަމަލަކަށް ޒީވާއަށް މަރުޚަބާ ކިޔެމުން ދިޔައީ އޭނަގެ އިޚްތިޔާރުން ބޭރުގައެވެ. ލިވާންގެ ލޮލުގެ ތެރެއަށް ގެނބިގެންދާން ހިތް އެދެން ފެށިއެވެ. ލިވާން އާއި ގާތްވެލުމުން އެލިބޭ އުފާވެރިކަން ބަޔާންކޮށްދޭންވެސް ނޭނގޭ ކަހަލައެވެ. ޒީވާ ދެލޯމަރާލީ ލިވާންއަށް އެންމެ ފުރިހަމައަށް ދަޢުވަތު ދެމުންނެވެ. ****** ލިވާން ކުޑަކޮށް ގުދުވެލުމަށްފަހު ޒީވާގެ ކޮލުގައި ބޮސްދިނުމާއިއެކު ޒީވާއަށް އޭނާގެ ލޯ ހުޅުވާލެވުނެވެ. ތުނިކޮށް ބަހައްޓާފައިވާ ލިވާންގެ ތުނބުޅި އެއޮމާން މޫނުގައި ކޭއްތިލުމުން ގައިން […]