“ދޮންބޭ!!! ދެން ތިހެން ނޫޅެބަލަ. ތިގޮތަށް އުޅުމުން ދޮންބެއަކާއި ނުވެސް ގުޅޭ…. ދޮންބެ ތިހާ ދެރަވެގެން ރޯ މަންޒަރު ފެނުމުން ޝައްނުގެ ހިތަށް ވަރަށް ތަދުވޭ. ޝައްނުއަށްޓަކައި ، އައިކުއަށްޓަކައި ދެން ހިތާމަނުކުރޭ” ޝަނުމް ރޮވިފައި އިނދެ އައްޔަދަށް ވިސްނާދެމުން ދިޔައެވެ. “ތެދެއް! އެއް ދަރި މިދުނިޔެއިން ވަކިވެގެން އެދިޔައީ. މިހާރު ކައިރީގައި ތިހުރި ދަރިފުޅަށް ރަނގަޅު ތަރުބިއްޔަތެއް ދީގެން ލޯތްބާއެކު ބޮޑުކުރެވޭތޯ ބަލާ. ވީކަމެއް ވީ. އެއީ ޒާއްތަގެ ނަޞޭޙަތަކީ” ޒާއިރާ ދެއްކި ވާހަކަތައް އަޑުއަހަން […]
ނަމަވެސް ހުއްޓެން މަޖުބޫރުވީ އެތަނުން އެއް ފުލުހަކު ކުރި ސުވާލުންނެވެ.”މުހައްމަދު ޔާއިން ޔުނާން ދިރިއުޅެނީ ކޮންފަންގިފީލާއެއްގަތޯ؟” ******************** އަހަންނާ ރިހާމަށް އެކަކު އަނެކަކަށް ބަލާލީމެވެ.ފުލުހުން އަހަރެން ހޯދަންވީ ސަބަބެއް އެއްގޮތަކަށްވެސް ނުވިސްނުނެވެ.ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ ބުނާފަދައަކުން ރިހާމް ބޯ ޖަހާލިއެވެ.އަދި ފުލުސްމީހާއާއި ސުވާލުކުރިއެވެ.”ޔާއިން…ކިހި..ނެއް..ވީތޯ؟” “ގ.އުފާވިލާ މުހައްމަދު ޔާއިން ޔުނާން އަށާރަ އަހަރު ހައްޔަރުކުރުމަށް ކޯޓުން މިއޮތީ އަމުރު ނެރިފަ”ރިހާމް އަތަށް ގަނޑެއް ދެމުން އެ ފުލުސް މީހާ ބުންޏެވެ. އަހަންނަށް ހީވި ބޮލުގައި އެތައް ހާސް ދަގަނޑުތަކަކުން […]
ވިކްޔަން އާއި ޒީވާ ތަފާތު އެކި މަޖާ ވާހަކަތަކުގައި ތިއްބާ ލިވާން އައިސް ގޭޓުކައިރިއަށް މަޑުކޮށްލި ކަމެއްވެސް ޒީވާއަކަށް ނޭނގުނެވެ. ލިވާން އިންތިޒާރުގައި އިންނަތާ ދެތިން މިނެޓް ފާއިތުވެ ދިޔުމަށްފަހުވެސް ޒީވާގެ ޚަބަރެއް ނުވުމުން ކާރުން ފައިބައިގެން އައިސް ގޭޓުކައިރިއަށް މަޑުކޮށްލިއެވެ. އެއާއިއެކު އޭނައަށް ފެނުނު މަންޒަރުން ވަގުތުން ދެއަތް މުއްކެވި ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ****** އައިރާ ލަސްވެގެން ކޮބައިތޯ ބަލާލާފައި އެބަ އަންނަން ކަމަށްބުނެ ވިކްޔަން ދަނިކޮށް ޒީވާގެ އިސްތަށިގަނޑުގައި އިން ކުޑަވަރެއްގެ ފަންޏެއް […]
“މިޝްކު އަކީ ބަލިކުއްޖެއް. ގަވައިދުން ޑޮކްޓަރަށް ދައްކަންޖެހޭ ކުއްޖެއް. ޗުއްޓީއެއްގަ ދެތިން ދުވަހު މިތަނުގައި ހުއްޓަސް ކިހިނެއް ދިރިއުޅުން އެއްކޮށް ބަދަލުކުރާނީ” ރިމީޝާ ބުނެލިއެވެ. ރިމީޝާ އަށް ރަނގަޅު އެއްގޮތެއް ވެސް ނެތެވެ. “ރަނގަޅު އެއްގޮތެއްވެސް ނެތެއްނު. އެހެންވީމަ ރިމީ ހުރޭ މިތަނުގަ. މިޝްކު ފޮނުވާލާނީ މަންމަ ކައިރިއަށް” ޝިނާން ބުނެލިއެވެ. ރިމީޝާއަށް ހުއްޓުމެއް އައެވެ. ގަބޫލުނުކުރެވިފައި ޝިނާންގެ މޫނަށް ބަލަން އިނެވެ. ކުއްލިއަކަށް ދެލޯ ކުރިމަތީގައި ރޯލްވަމުން ދިޔައީ މިޝްކު އޭނާ އާއި […]
ޝުބާގެ ނަޒަރުން: ކުރިމަތީގައި ބަހައްޓާފައިވާ ކުޑަ ލެޕްޓޮޕަށް ނަޒަރު ހުއްޓާލައިގެން އިން ނަމަވެސް އަހަރެންގެ ޚިޔާލާއި ފިކުރު ވަނީ މުޅިން އެހެން ދިމާއެއްގައެވެ. ކުރަން ހުރި މަސައްކަތަށް ސަމާލުކަން ދެވޭތޯ މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. އަހަރެންގެ ހިތް ބިރުގަންނަނީއެވެ. އެ ދުވަހު އަހަރެންނަށް އަރޫން ކައިރީގައި ކިޔުނީކީ ކިޔަންވާނެ ކަހަލަ އެއްޗެހިތަކެއް ނޫނެވެ. އަމިއްލަ ނަފްސު ކޮންޓްރޯލުން ނެއްޓީއެވެ. ހިތުގައި އުތުރި އަރަމުން ދިޔަ އިހުސާސްތައް ފުރިގެން ބަންޑުންވީއެވެ. އެދުވަހު އަހަރެންގެ ހިތަށް […]
މިއީ މިހާރު އޭނާ ދިރިއުޅެމުން އަންނަ ދުނިޔެއެވެ. އޭނާ އަދިވެސް މީގެ ފަސް އަހަރު ކުރިން ސޯޅަ އޭޕްރީލްގައި މަރުވާން އުޅެނިކޮށް ޖިންނިންތަކެއް އޭނާ ސަލާމާތްކުރި ހަނދާންވިއެވެ. އެއާއެކު މާޒީގެ ސަފުހާއެއް ހުޅުވާލާ ފަދައިން އޭނާގެ ހިޔާލަށް އެދުވަސް ސިފަވެގެން ދިޔައެވެ. ******************************************** އަޔާނީގެ އުނގުތެރޭގައި އޮވެ ފުންނޭވާތަކެއް ލަމުން އީތަން އެއީ އޭނާގެ އެންމެ ފަހު ވަގުތު ކޮޅު ކަމަށް ހީކޮށް ހިތާހިތުން ޝަހާދަތް ކިޔާލިއެވެ. އަދި އެންމެ ފަހު ފަހަރަށް އަޔާނީގެ މައުސޫމު މޫނަށް […]
އެތެރެއަށް އެ މީހަކު ވަނުމާއެކު ޔަމަކް ހުރީ ނޭވާ ހިފަހައްޓައިލައިގެންނެވެ. އެ މީހެއްގެ ފިޔަވަޅު އަޑު ހުރީ ފާޚާނާ އާއި ދިމާލަށްކަމުން ޔަމަކް ކުޑަކޮށް ހިތަހަމަޖެހުނެވެ. އޭރުވެސް އިންޝާގެ ތިން މިސްޑް ކޯލް އިނެވެ. މެސެޖް ކޮށްލަން ހިތަށް އަރާފައިވެސް ހިމޭނުން ހުރީ ޔަމަކް އެތަނުގައި ހުރި ކަން އެހެން މީހަކަށް ނާންގަންވެގެންނެވެ. ފަސް ވަރަކަށް މިނެޓް ފަހުން އެމީހަކު ނުކުތެވެ. ފާޚާނާގެ ދޮރު ލެއްޕުމަށްފަހު އެމީހާގެ ފިޔަވަޅު ހުރީ ޔަމަކް ފިލަން ވަދެ ހުރި ކަބަޑާއި […]
މާއިޝް ލިފްޓަށް އެރުމުން މީރާ އަށްވަނަ ފްލޯގެ ބަޓަން އަށް ފިތާލިއެވެ. ދެމީހުންވެސް އެކަކު އަނެކަކާ ވާހަކައެއް ނުދައްކައެވެ. ނޫނީ ދައްކާނެ ވާހަކައެއް ނޭނގެނެނީ ކަންނޭނގެއެވެ. ދެމީހުންވެސް ދިމާވީ އަލައްކަމަށް ވީމައެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ލިފްޓް އޭގެ މަންޒިލަށް ވާޞިލުވިއެވެ. ފިނިވެފައިހުރި މީރާ އަވަސް އަވަހަށް ލިފްޓުން ފައިބަން ހަދައިގެން ފައި އެޅުނުގޮތަކުން ވެއްޓެން ދިޔަވަޤުތު މާއިޝް ހުށިޔާރުކަމާއެކު މީރާގެ އުނަގަނޑާ ހިސާބުން ހިފަހައްޓާލިއެވެ. މީރާ މާއިޝްގެ އަތްމަތީގައި އޮތީ ދެލޯމަރައި ތަތްކޮއްގެނެވެ. ހިނދުކޮޅަކަށް މާއިޝްގެ ހިތް […]
އައިރާ އެންމެ ކުޑަ ހަނދާން ހުންނައިރުން ފަށައިގެން ދިރޭސޫފާ ސޫފިދެކެ ގަންނަނީ އަމަށަކު ބިރެއްނޫނެވެ. ވީއިރު ކުރިމަތީގައި އިން މީހާގެ ބުރަކަށިން ކޮނޑާއި ވާގޮތަށް ގަމީހުގައި އިން އިގްއާނާ ފެނިފައި އަވަހަށް އައިރާ އައިކޮޅަށް އަނބުރާ ހިނގައިތެވެ. އެއީ އަސްލު އެއްޗެއްތޯ ނުނީ ޖަމީހުގައި އިން އެއްޗެއްތޯވެސް ބަލާލަން އައިރާއަކަށް ނުކެރުނެވެ. ވާނީވެސް އެހެންތާއެވެ. ކުޑައިރު ކުއްޖަކު އައިރާ ގަޔަށް ބޮނޑެއްލުމުންވެސް ހޭނެތި ހުންއައިސް ހަފްތާއެއް ވަންދެން އުޅެންޖެހުން ވިއްޔާއެވެ. ނިކުންނަން ދިޔަ އައިރާއަށް އެވަގުތު ކެންޓީނާއި […]