ދުވަހަކީ އަވިިދޭ ވަރަށް ސާދާ ދުވަހެކެވެ. ކަނޑުން ނަގައިގެން އަންނަ ފިނިފިނި ވައިރޯޅިން އެވަގުތު ދޯނީގައި ތިބި ކޮންމެ މީހަކު އުފާ ހާސިލްކުރަމުން ދިޔައެވެ. އެންމެ ރުލެއްވެސް ނުވާ ކަނޑުގެ ލޮނުގަނޑު ވެސް ވަރަށް މަޑުމައިތިރިއެވެ. ދުރުން ދުރުން އުދުހިފައިދާ އެކި ވައްތަރުގެ ދޫނިސޫފާސޫފީގެ ނަލަ އަޑުތަކުން މާހައުލު އިތުރަށް ހިތްގައިމު ކުރުވަމުން ދިޔައެވެ. ރަށާއި ދުރަށް ދޯނި ދުއްވާ ވަރަކަށް ކަނޑުގެ ލޮނުގަނޑުން ހިކިގެން އުފެދިފައިވާ އެހެނިހެން ރަށްތައް ފެންނަމުން ދިޔައެވެ. ސާފު ނޫކުލައިގެ އުޑު ހީވަނީ ރަށްތަކުގައި ޖެހި ހައްޔަރުވެފައި އޮތްހެންނެވެ. ވަށައިގެން ބަލާލާއިރު ފެންނަން އޮންނަ ރަށްތަކާއި މެދު ވިސްނާލި ކޮންމެ މީހަކަށް މާތް ރަސްކަލާނގެ ކުޅަދުންވަންތަަކަން ހެއްކަކަށް ފުދޭނެއެވެ.
ދޯނީގައި ހުރި އެއްވެސް ބައިވެރިއަކަށް ދަތުރުގައި ބިރުވެރިކަމެއް ނުވަތަ އެއްވެސް ވަރުބަލިކަމެއް އިހުސާސް ކުރާކަށް ނުޖެހުނެވެ. ނާއިންގެ މަޖާ ޖޯކްތަކުން ބައެއް މީހުން ތިބީ ހެވުނު ވަރުން ދެލޮލުން ކަރުނަ ހިލިފައެވެ. ކުޑަކުޑަ އިރުކޮޅެއްގެ ތެރޭގައި ދޯނި ބީއްސާލީ ހުދުކުލައިގެ ދޮންވެލި ފިނޮޅެއް ކަހަލަ ތަނަކަށެވެ. އެއަށްވުރެ އެކޮޅަށް ދޯނި ދުއްވޭކަށް ނެތެވެ. އެމީހުން އަންނަން އުޅުނު ރަށަށް އެރެން އޮތީ ފިނޮޅު ހުރަސްކޮށްފައެވެ. އެހެންކަމުން އެންމެން ޖެހުނީ ފިނޮޅަށް ފައިބާށެވެ. ފިނޮޅާއި ރަށާ މެދު ގުދުރަތީގޮތުން އުފެދިފައިވާ ކުޑަކުޑަ މޫދުކޮޅު ހުރަސްކޮށް ރަށަށް އަރަން ކޮންމެ މީހަކު ވެސް ތައްޔާރުވަމުން ދިޔައެވެ. ނާއިން އާއި ޝިނާން އަދި ކާޝިފް އިތުރުން ސައީދާގެ ތިމާގެ ދެތިން ފިރިހެން ކުދިން އެކުވެގެން ގެނައި ކާބޯތަކެތި ރަށަށް އެރުވުމުގެ މަސައްކަތް ކުރަން ފެށިއެވެ. އަނގަ ހަދައިގެން އިން އަންޖަލްގެ އަތުގައި ހިފައިގެން ޒޯހަލް ގޮތްގޮތަށް ސެލްފީ ނަގަމުން ދިޔައިރު މިޝްކު އަތުގައި ހިފާލައިގެން ރިމީޝާ ހުރީ ވަށައިގެން ފެންނަ ހިތްގައިމު މަންޒަރުން އޭނާގެ ހަމަޖެހުން ގެއްލިފައިވި ހިތަށް އުފަލެއް ހޯދާ ދިނުމަށެވެ. ޒޯހަލް އާއި އަންޖަލް ފޮޓޯ ނަގަން އުޅުނު ގޮތް މަޖާކަމުން މިޝްކު އިރުކޮޅަކާއި ހިނިގަނޑެއް ޖަހާލައެވެ. މިޝްކު ވެސް އޭނާގެ ކަރުގައި ޝިނާން އަޅުވާދިން ކެމެރާ ނަގައިގެން ގުދުރަތީ އަޖައިބުކުރުވަނިވި މަންޒަރުތަކުގެ ފޮޓޯ ނަގަމުން ދިޔައެވެ.
ފިރިހެންވެރިން ރަށަށް ހުރިހާ ސާމާނެއް އެރުވުމަށްފަހު އަންހެނުންތައް މަޑުމަޑުން ރަށަށް އަރުވަން ފެށިއެވެ. ކާޝިފްގެ އަތުގައި ހިފާލައިގެން މަޑުމަޑުން ޒޯހަލް ރަށަށް އެރުވުމަށްފަހު ދެން ކާޝިފް ގެންދިޔައީ ސައީދާއެވެ. އަންޖަލް ރަށަށް އެރުވުމަށްފަހު ނާއިން އައިސް ހިފީ އަލްވީރާގެ އަތުގައެވެ. މިޝްކުގައި ބައްދައިގަނެގެން ހުރި ޝިނާން މަޑުމަޑުން ރިމީޝާގެ އަތު ތެރެއަށް އޭނާގެ އިނގިލިތައް މަހާލިއެވެ. އެވަގުތު ރިމީޝާ މަޑުމަޑުން ޝިނާނަށް ބަލާލިއެވެ.
“ކުޑަކޮށް ގަނބާ… ހިނގާ މަޑުމަޑުން….” ރިމީޝާ އަށް ބަލާލަމުން ޝިނާން ބުނެލިއެވެ. ރިމީޝާ ބަހެއް ނުބުނެ ކުރިއަށް ދާން ފެށިއެވެ. ރިމީޝާގެ ފައި ގެނބުނަ ނުދިނުމަށްޓަކައި ޝިނާން އޭނާގެ އަތަށް ފަހަރަކަށް ވުރެ ފަހަރެއް ބާރުކުރަމުން ދިޔައެވެ. އެއިން ކޮންމެ ފަހަރަކު ރިމީޝާ އަށް ޝިނާނަށް ބަލާލެވެއެވެ. ތަންކޮޅެއް ފަސްމަޑު ހިސާބަކުން ރިމީޝާގެ ފައި ވަރަށް ފުނަށް ގެންބިގެން ދިޔަ ވަގުތެވެ. އަރިއަޅާލި ވަގުތު ޝިނާންގެ އަތް ތެރެއިން ރިމީޝާގެ އަތް ނެއްޓިގެންދިޔައެވެ. ނަމަވެސް ލޮނުގަނޑުގައި ޖެހުމުގެ ކުރިން ޝިނާން ހުޝިޔާރުވެ ރިމީޝާގެ އަތުގައި ހިފެހެއްޓިއެވެ. އެކަހަލަ ކަމެއް ވެދާނެކަމަށް ކުރިން ވެސް ޝިނާން ހުރީ ވިސްނައިގެންނެވެ.
“ބައްޕީ!! މަންމި އަތުން ދޫކޮށްނުލައްޗެ. މަންމިއަށް ތަދުވާނެ” ޝިނާންގެ ދަތްދޮޅީގައި ކުޑަކުޑަ އަތްތިލައަކުން ހިފާ މައްޗަށް އުފުލާލަމުން މިޝްކު ބުނެލިއެވެ.
“މިދަނޑިވަޅުގައި މަންމި އެވަނީ ބައްޕިގެ ހިމާޔަތަށް ނުހަނު ބޭނުންވެފައި. މަންމި މިއަތުން ދޫކޮށްނުލާހާ ހިނދަކު ބައްޕި ހުންނާނީ ހަމަ މިހެން. މަންމިގެ ފާރަވެރިއެއްގެ ގޮތުގައި” ރިމީޝާގެ އަތް ތިލައަށް ފިތާލަމުން ޝިނާން ބުނެލިއެވެ. ރަށަށް އެރެންދެން ވެސް ރިމީޝާ ހުރީ ޝިނާންގެ މޫނަށް ބަލަހައްޓައިގެންނެވެ.
ހުރިހާ މީހުން ހަމަޖެހުމުން އަންހެންވެރިން އަވަސްވެގަތީ ހެނދުނު ނާސްތާ ތައްޔާރުކުރުމަށެވެ. ދިއްގާ އާއި ހިރުނދާއި އަދި މަގޫ ގަސްތައް ދަށުގައި އޮތް ހިޔަލުގައި ޝިނާން އާއި ކާޝިފް ވެގެން ކުޑަވަރެއްގެ ޓެންޓެއް ޖަހާލީ އަންހެންވެރިންނަށް ފަސޭހައަކަށެވެ. ޕާނާއި މަސްހުނި މޮޑެ ހުރިހާ މީހުން ސަޔަށް އިންސާފު ކުރަން ފެށިތަނާ އަނެއްކާ ވެސް ރިމީޝާގެ މޭނުބައި ކުރަން ފެށިއެވެ. އެހެންކަމުން އިތުރު މީހަކަށް ނޭނގޭނެހެން ރިމީޝާ ދިޔައީ ޓެންޓް ބިތްދަށަށެވެ. ހޮޑުކޮޅެއް ލެވުމުން މީހާ ވަނީ ހަމައަކަށް އެޅިފައެވެ. އަނބުރާ އެންމެން ތިބި ތަނަށް އަންނަން އެނބުރިލި ރިމީޝާ ސިހުނީ ކުރިމަތީގައި ހުރި ޒޯހަލް ފެނިފައެވެ.
“ރަނގަޅުތަ ހުރިހާ ކަމެއް” ޒޯހަލް ދެލޯ ކުޑަކޮށްލަމުން ބުނެލިއެވެ. ރިމީޝާ އެއްޗެއް ނުބުނެ ހިނދުކޮޅަކު ހިމޭނުން ހުއްޓެވެ.
“ރިމީ!!! އޭތް!!! ކޮންވިސްނުމެއްގައި” ރިމީޝާގެ މޫނުމަތީގައި އަތް ހިންގާލަމުން ޒޯހަލް ބުނެލިއެވެ.
“އެނ؟… ރަނގަޅު. ނިމުނީތަ މިހާރު. ހިނގާ ދަމާ” ރިމީޝާ އަވަސް އަވަހަށް އޮޅުވާލިއެވެ.
“މަޑުކޮށްބަ ރިމީ” ޒޯހަލްގެ ކުރީގައި އަނެއްފަރާތަށް އެނބުރިހުރި ރިމީޝާގެ ފައިގާ ތަޅެއް ލެވުނު ކަހަލައެވެ.
“މިތާ އިށީނދެބަ. ވީކަމެއް ބުނޭ… ނުބުނެފިއްޔާ ދުވަހަކު ވެސް މަގޭ ކައިރީ އެއްވެސް ކަހަލަ ވާހަކައެއް ދައްކައިގެން ނުވާނެކަން ހަނދާންކުރައްޗެ” ރިމީޝާ ކަމެއް ފޮރުވާކަން އެނގިހުރެ ޒޯހަލް ބޭނުންކުރީ އެންމެފަހުގެ ހަތިޔާރެވެ.
“އައްޔަދު ގުޅީތަ؟” ރިމީޝާ ބަހެއް ނުބުނެ ހުންނަން ފެށުމުން އަނެއްކާ ވެސް ޒޯހަލް އަހާލިއެވެ.
“އަހަރެން ބަނޑުބޮޑު” އެންމެފަހަށް ރިމީޝާ ބުނެލިއެވެ.
“ވަޓް؟” ޒޯހަލް ބުނެލިއެވެ.
“އާނ. ޓެސްޓް ޕޮޒިޓިވް. އެނގެނީ ޝިނާނާއި ދެމީހުންނަށް. އެހެންވެ ބޯ ގޮވަނީ” ރިމީޝާ ބުނެލިއެވެ.
ޒޯހަލް ވެސް އެއްޗެއް ނުބުނެ އިރުކޮޅަކު އިނެވެ. ދެން ވާނެ ގޮތަކާއި މެދު ވިސްނަނީ ކަންނޭނގެއެވެ.
“ޒޯ!!! ބުނެބަލަ ދެން އަހަރެން ހަދާނީ ކިހިނެއް؟” ޒޯހަލްގެ އަތުގައި ހިފާލަމުން ރިމީޝާ އެދުނީ ޒޯހަލްގެ ހިޔާލަކަށެވެ.
“ދެން ކީކޭ ބުނާނީ.. އަލްވީރައްތަ ކައިރީގައި ބުނޭ. ދެން ތީގަ އެންމެ ރަނގަޅުވާނީ ރިމީގެ ހިތާއި ސިކުނޑި އެއްބަސްވާ ގޮަތަކަށް ކަންތައް ކުރިއްޔާ” ޒޯހަލް ބުނެލިއެވެ.
“އޭތް މިދެމީހުން ފިލާ ތިބެ މީހުންގެ މަސްކަނީ ދޯ. އެބަ ހޯދާ” ދެމީހުންނަށް ވެސް ސިހުމެއް ލިބިގެން ދިޔައީ ފަހަތުން އިވުނު ޝިނާންގެ އަޑުންނެވެ. ޝިނާނަށް ފާޑަކަށް ބަލާލުމަށްފަހު ރިމީޝާ އާއި ޒޯހަލް ހިނގައިގަތެވެ.
މެންދުރަށް ކެއްކުމުގައި އެންމެން އުޅުނު ވަގުތެވެ. ކާޝިފް އާއި ޝިނާން އަދި ބާކީ ތިބި ދެ ފިރިހެންކުދިން މަސްބާނަން ކަމަށް ބުނެ ރަށުގެ ފުށްޓަރު ފަރާތަށް ދިޔައެވެ. ފިޔާ ކޮށަން އިން ސައީދާ ކައިރީގައި ޖޫސް ގިރަން އަލްވީރާ އިނެވެ. ރިހާކުރު ކުޅި ކުރަން އުޅުނު ރިމީޝާ ކައިރީގައި މިޝްކު ނިދި އަންނަ ވާހަކަ ބުނުމުން އަތް ދޮވެލުމަށްފަހު ރިމީޝާ އުޅުނީ މިޝްކު ނިންދަވާލުމަށެވެ.
“ގެނޭ މަ ކޮށްފާނަން” ލަސްެވެދާނެތީ ޒޯހަލް ރިހާކުރު ކުޅި ކުރުމާއި ހަވާލުވިއެވެ. މިޝްކު އަތުގައި ހިފައިގެން ރިމީޝާ ވަނީ ޓެންޓް ތެރެއަށެވެ.
“އާނ… މަވެސް މިދަތުރުގައި ދާނަން ޒޯ އާއި އެކީގައި” ސައީދާ ވާހަކަދައްކަމުން ދިޔައީ ކައިރީގައި އަތްގާތްކޮށްދެން ހުރި އަލްވީރާ އާއެވެ. އޭރު ރިހާކުރު ކުޅި ކުރަން ހުރި ޒޯހަލް ވެސް އޭނާ ހަވާލުވި މަސައްކަތުގެ ފަހުގެ ތައްޔާރީތައް ވަމުން ދިޔައެވެ. މަސްބާނައިގެން ފިރިހެންވެރިން އައީ އެމީހުން ކައްކައިނިމިގެން އެމަސައްކަތުގައި ތިއްބައެވެ. އަންހެނަކަށް އުނދަގު ނުކޮށް އެމީހުން އަމިއްލަ އަށް ވަކިން އަލިފާން ގަނޑެއް ޖަހައިގެން ގެނައި މަސްތައް ފިހަން ތައްޔާރުކުރަމުން ދިޔައިރު ޝިނާންގެ ދެލޯ ހޯދަމުން ދަނީ ރިމީޝާއެވެ.
މިނިޓަކަށްފަހު މިނިޓެއް ފާއިތުވަމުން ގޮސް މެންދުރުގެ ކެއުމަށް ތައްޔާރުކޮށްފައި ހުރި މަސްބަތާއި ރިހާކުރު އަދި ލޮނުމިރުސް ކާން އެންމެން އަރާ ތިބި ވަގުތެވެ. ހޮޑުލަވާފައި ހުންނާތީ އަންޖަލް މޭނުބައި ކުރާ ވާހަކަ ބުނުމުން ނާއިން އޭނާ ގޮވައިގެން ކުޑަކޮށް ހިނގާލަން ދިޔައެވެ.
“މިދަތުރު ކަމަކު ނުދޭ… މާބަނޑު މީހުން ގިނަކަމުން” ސައީދާ ކާން އިނދެ ބުނެލިއެވެ. އެވަގުތު ކާން އިން ރިމީޝާ ކޮށި އެރިއެވެ.
“ރިމީ ވެސް މިއަދު ވަރަށް ފާޑަކަށް އިންނަނީ… ދަރިފުޅު ހުރިހާ ކަމެއް ރަނގަޅުތަ؟” އަލްވީރާ ކައިރީގައި ކާން އިން ރިމީޝާ އަށް ބަލާލަމުން ބުނެލިއެވެ.
“އާނ…… ކުޑަކޮށް…..”
“ކުޑަކޮށޭ… ރެއިން ފެށިގެން ރިމީ ހަމަ ހޮޑުލަނީ…. ހީވަނީ ރިމީ….”
“ޝިނާން ހަމަތަ؟ މަތަ ރޭގައި ހޮޑުލާތީ ހޮސްޕިޓަލަށް ދިޔައީ” ރިމީޝާ ޝިނާން އަށް ދެލޯ އަޅާލަމުން ބުނެލިއެވެ.
“ގައިމު މަ ހޮޑެއް ނުލަން. މަށަކަށް ނޭނގެ ރިމީ މަ ގޮވައިގެން ހޮސްޕިޓަލަށް ދިޔައީ ކީއްކުރަން ކަމެއް” ޝިނާން ބުނެލިއެވެ. އެތަނުގައި ތިބި ހުރިހާ މީހުންގެ ދެލޯ އަމާޒުވެފައި ހުރީ ޝިނާން އާއި ރިމީޝާ އާއި ދެމީހުންށެވެ. ޕެކެޓެއް ބޯން އިން މިޝްކު ވެސް އެއްފަހަރު ރިމީޝާގެ މޫނަށް ބަލާލިއްޔާ އަނެއްފަހަރު ބަލާލަނީ ޝިނާންގެ މޫނަށެވެ.
“މިއަދު ވެސް ރިމީ ހޮޑުލި އަޑު އެހިން” ޝިނާން ބުނެލިއެވެ.
“ނުލަން. މަށެއް ނުލަން ހޮޑެއް. ޒޯ އަޅެ މަ ހޮޑުލިންތަ؟ ޝިނާން ތިއުޅެނީ ބަނޑު ސަކަރާތްވެގެންހެން ހީވަނީ…..” އަނގައަށް ލާން ނެގި ބަތްސުވާ އަލުން ތަށިތެރެއަށް ލަމުން ރިމީޝާ ބުނެލިއެވެ. ޝިނާން އިނީ ލާނެއް ހިންޏެއް އައިއްސައެވެ.
“ރިމީ މަންމައެއްނު އެއީ… ދެން ބުނެބަލަ ވެގެން ތިއުޅޭ ކަންތައް. ނޫނީ މަ ބުނަންވީތަ؟” ހަމަ ގަސްދުގައި ޝިނާން ރިމީޝާ ތަޅުވަނީއެވެ.
“ކަމެއްވެއްޖެތަ؟ މަންމާ!! ކުރިން ހޮޑުލެވިޔަސް މިހާރު ރަނގަޅު. ދަތުރުކުރީމަ ހޮޑުއައީ” އަލްވީރާ އަށް ބަލާލަމުން ރިމީޝާ ބުނެލިއެވެ.
“އެ ދޮގެއް” ކުއްލިއަކަށް ހަށިގަނޑު ތެދުކޮށްލަމުން ޝިނާން ބުނެލިއެވެ.
“އެތެދެއް އަލްވީރައްތާ…. ” އެންމެފަހަށް އެކުވެރިޔާގެ ކޮޅަށް ޒޯހަލް ޖެހުނެވެ. ދެކުދިންގެ ކޯޅުންގަނޑު ފެނި އަލްވީރާ އާއި ސައީދާ އިނީ ހެވިފައެވެ.
“ރިމީ މޭނުބައި ކުރަނީޔޯ މިރަށަށް އައި ފަހުން” ޒޯހަލް އަލްވީރާ އަށް ބަލާލަމުން ބުނެލިއެވެ. ރިމީޝާ ބަލާލީ ޝިނާނަށެވެ. ޝިނާން ހީލުމުން ތުން އަނބުރާލުމަށްފަހު ރިމީޝާ އެނބުރުނީ އަނެއް ފަރާތަށެވެ.
މެންދުރުގެ ކެއުމަށްފަހު ބަނޑުދަމަން ބިންމަތީގައި ރުކު ފަންތަކެއް އަޅައިގެން ހުރިހާ މީހުން ތިބުމަށްފަހު މޫދާއި ދިމާލަށް ދާން ފެށީ ގަޑިން ދޭއް ޖަހަން އުޅެނިކޮށެވެ. މިޝްކު ވެސް މޫދަށް އެރެން ބޮޑާހާކަން ފެށުމުން ރިމީޝާ ލޯތްބާއެކު މިޝްކު އަށް ވިސްނާދިނެވެ. މޫދުގެ ލޮނު ފެންގަނޑަކީ މިޝްކު އަށް ރަނގަޅު އެއްޗެއް ނޫން ކަމުގައި ފާޅުގައި މިޝްކު ކައިރީގައި ޖުބުނެ އެންމެފަހަށް ރިމީޝާ ނިންމީ މިޝްކުއަށްޓަކައި އޭނާ ވެސް މޫދަށް ނޭރޭށެވެ. ގަސްދަށުގައި ފަތުރާލާފައި އޮތް ކުނާ މަތީގައި ފޯނުން ރޭޑިޔޯ އަޅުވައިގެން އޮށޯވެލައިގެން އޮތް އަލްވީރާގެ އަތްދަނޑި މަތީގައި މިޝްކު އޮށޯތުމުން ރިމީޝާ ދިޔައީ މޫދާއި ދިމާލަށެވެ. ޒޯހަލް އާއި ސައީދާ މޫދުގައި ފަތަމުން ދިޔައިރު ފިރިހެންނުން ވެސް ފެތުމުގެ މުބާރާތެއް ފަށައިގެން އުޅޭއެވެ. އެހުރިހާ އެންމެންގެ ތެރެއިން ވެސް ރިމީޝާގެ ދެލޯ އަމާޒުވެފައި ހުރީ އެންމެންނަށް ވުރެ ކުރީގައި އޮވެ ފަތަމުން ދިޔަ ޝިނާނަށެވެ. ރިމީޝާގެ ތުންފަތްމަތީގައި ހިނިތުންވުމެއް ދަތުރުކޮށްލީ ހުދު އޭނާ އަށް ވެސް ނޭނގިއެވެ.
އަތިރިމަތީގައި ހުރި ގަހެއްގެ ދަށުގައި ހިކިފައި އޮތް ދަނޑިކޮޅަކުން ބިންމަތީގައި ތަޅާލަ ތަޅާލި އިން ރިމީޝާގެ ހިތާއި ސިކުނޑި ދަތުރުކޮށްފައި ވަނީ ވަރަށް ދުރަށެވެ. އެތަނުގައި ހިނގާ އެއްވެސް ކަމެއް އެއްވެސް އަޑެއް އޭނާ އަށް ނީވޭ ކަހަލައެވެ. ކުއްލިއަކަށް ރިމީޝާ ސިހުނީ ދާދި ކައިރިން މޫނަށް ފެންތިކިތަކެއް ބުރައިގެން ދިޔަ ކަހަލަ އިހުސާސެއް ކުރެވުމުންނެވެ. އަޅައިގެން ހުރި ކުޑަ ބުރުގާކޮޅުން މޫނު ފޮހެލަމުން ރިމީޝާ ނަޒަރު ސީދާކޮށްލީ ކުރިމަތީގައި އައިސް ހުއްޓުނު ޝިނާނަށެވެ. ކަކުލާއި ހަމައަށް އަރާ ހަވާއީ ސޯޓްބުރީގައި ފެންތަކާއި އެކު ރިމީޝާ ކައިރީގައި ކޮޅަށް ހުރި ޝިނާންގެ ފުރިހަމަ އިސްކޮޅަށް ރިމީޝާ އަށް ނަޒަރު ހިންގާލެވުނެވެ. އޮރެންޖް ކުލައިގެ ޓީޝާޓް ކޮނޑުމައްޗަށް އެއްލައިގެން ހުރެ އަތުގައި ހުރި ފެންފުޅި މަތިނެގުމަށްފަހު އޭގެން އެތިފޮދެއް އަނގަ އާއި ދިމާލަށް އޮށްސާލިއެވެ. އަދި ބާކީ ހުރި ފެންތައް މޫނަށް އަމާޒުކޮށް އަޅާލިއެވެ. އެ ހުރިހާ މަންޒަރެއް ވެސް ބަލަން ރިމީޝާ އިނީ އެއްވެސް ބަހެއް ނުކިޔައެވެ. އޭރުވެސް ޝިނާންގެ ތެމިފައިވާ ސޯޓްގެ އަރިމަތީ ޖީބަށް ޖަހާލާފައި އޮތް ކަރުދާސްގަނޑު ރިމީޝާގެ ލޮލުގައި އަޅައެއްނުގަނެއެވެ.
“ރިމީ!!! އެކޮޅަށް އެނބުރޭ… އެނބުރޭ! މިހާރު އެނބުރޭ….” ވާނުވާ ނޭނގިފައި ރިމީޝާ އެނބުރި ބަލާލިއެވެ. ފަަހަތުން އެއްވެސް އެއްޗެއް ނުފެނުމުން ރިމީޝާ އެނބުރި ޝިނާނަށް ބަލާލިއެވެ. އޭރު ޝިނާން ބޮލުން ޓީޝާޓް ވައްޓާލަނީއެވެ.
“ކިހިނެއްވީ؟” ރިމީޝާ ހައިރާންވެފައި އަހާލިއެވެ.
“ނޭނގެ ރިމީއެއްނު މަށާ ދިމާލަށް ބަލަން ފެށި ގޮތަށް ހުއްޓާނުލީ. އެހެންވެ ފެންތައް ވެސް ނުފުހެ ޓީޝާޓް ލާން މިޖެހުނީ. ހީވަނީ މިހާރު ރިމީ މަށާ އަޅައިގަނެފަ ހުންނަހެން” ރިމީޝާ ކައިރީގައި އިށީންނަމުން ޝިނާން ބުނެލިއެވެ. ރިމީޝާ ހިނިގަނޑު ކޮންޓްރޯލެއް ނުވިއެވެ. އަތުގައި ދަނޑިކޮޅުން ޝިނާން ގައިގާ ބޮނޑިއެއް އަޅާލިއެވެ.
“މަންމަ ކައިރީގައި މަ ބޭޒާރު ކުރަން ވަރަށް މަސައްކަތްކުރީމެއްނު. އަދަބު އޮންނާނެ. އެހެންނޫނަސް ރަށަށް ދެވުނީމަ އަހަރެން ބުނާނަން މަންމަ ކައިރީގައި” ރިމީޝާ ކުރިމަތިން ފެންނަން އޮތް ވިލު ނޫކުލައިގެ މޫދަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. މޫދުގެ ލޮނުގަނޑު ކައިރިން އިރުކޮޅަކާއި ދެފަރާތަށް ދުވެލާ ކުދިކުދި ކިރު ކަކުނިތައް ބަލަން ކިތަންމެހާ ވެސް ހިތްހަމަޖެހެއެވެ. ކަނޑުން ނަގައިގެން އަންނަ ވައިރޯޅި އެއްވެސް ހުރަހެއްނެތި ބީހިލަނީ އެމީހުންގެ މޫނުމަތީގައެވެ.
“ޝިނާން!!! ދެން ކިހިނެއްވާނީ” މޫދާއި ދިމާލަށް ބަލަން އިނދެ ރިމީޝާ އަހާލިއެވެ.
“ތިބުނީ” ޝިނާން އަހާލިއެވެ.
“މިބުނީ… އަހަރެން ބަނޑުބޮޑުވީމަ ދެން ވާނީ ކިހިނެއްހޭ….” ރިމީޝާ ތަފްސީލުކޮށްދިނެވެ.
“ހެހެހެ…. ދެން ވިހާނީނު. މިޝްކޮ އަށް ކޮއްކޮއެއްނު ލިބޭނީ…. ރިމީ ދައްކާ ވާހަކަ” ހިނގަނޑަކާއެކު ޝިނާން ބުނެލިއެވެ.
ޝިނާން ހުނުން މަތަކޮށްލީ ދެލޯ ވަށްކޮށްލާފައި ރިމީޝާ ބަލާލުމުންނެވެ.
“ސޮރީ…. ހަމަހެވުނީ” ޝިނާން ހުނުން މަތަކޮށްލަމުން ބުނެލިއެވެ.
“ޕްލީޒް… ސީރިއަސްވެބަލަ. މީ ވަރަށް ސީރިއަސް ކަމެކޭ….” ރިމީޝާ ބުނެލިއެވެ. މިފަހަރު ޝިނާން ސީރިޔަސް ވެލިއެވެ.
“ރިމީ އިންނާނީ އަޔާ އާއި. ރުޅި އަޔަސް އެއީ މިވަގުތު މަށަށް ދެވެން އޮތް ޖަވާބަކީ ރިމީޝާ މޫނަށް ޝިނާން ވަރަށް ފަރުވާތެރިވެ ބަލާލިއެވެ.
“ނުދާނަން. އަހަރެން އައްޔަދު ކައިރިއަށް ނުދާނަން. ބަނޑުބޮޑު ވާހަކަ ބުނާނަން. އެކަމަކު ނުއެއް ދާނަން. އެ އަތުން ދެން ޒަހަރެއް ނުބޯނަން” ރިމީޝާގެ މޫނަށް އައި ކުލަވަރުން ޝިނާންގެ ތުންފަތްމަތީގައި ރީތި ހިނިތުންވުމެއް ދުވެލިއެވެ.
“ކޮންމެކަމެއްވެސް ވާނީ ރަނގަޅަށް. އަހަރެން ބޭނުމީ މިންވަރުފުޅަށް ރުހެން” ރިމީޝާގެ ދެލޯ ފެންކަޅިވިއެވެ.
“ރިމީ ނުވިސްނާ އެވަރަށް. ގޮތެއް ނިންމުމުގެ ކުރިން މި ރިޕޯޓަށް ބަލާލަބަލަ. އޭރުން މި ރިޕޯޓްގައިވާ ‘ޕޮޒިޓިވް’ މި ލަފްޒު ފެނުމުން ވެސް ތި ހިތަށް ލުއި ލިބިގެންދާނެ. އެހެންނޫނަސް މީ ރިމީގެ ހައްގެއް” ސޯޓްގެ ޖީބަށް ޖަހާފައި އިން ހުދު ކަރުދާސްގަނޑު ދިއްކޮށްލަމުން ޝިނާން ބުނެލިއެވެ. ތެދެކެވެ. އެއީ އޭނާގެ ހައްގެކެވެ. ފޮޓޯ ނަގާފައި އައްޔަދަށް ފޮނުވަން ހިތާ ރިމީޝާ އެ ގަނޑު ނިއުޅުވާ ބަލާލިއެވެ. ދެން ފެނިގެން ދިޔައީ ރިމީޝާ ޝިނާންގެ ގައިގާ ތަޅައިގަތް މަންޒަރެވެ. ޝިނާން ކުއްލިއަކަށް އިންތަނުން ތެދުވެގެން މޫދާއި ދިމާލަށް ދުއްވައިގަތެވެ. އެއް އަތުން ހުޅުވާލާފައި އޮތް ގަނޑު ހިފައިގެން ރިމީޝާ ވެސް ޝިނާން ފަހަތުން ދުއްވައިގަތެވެ. ކޮންމެސް ސަބަބަކާއި ހުރެ ރިމީޝާގެ ހިތަށާއި ސިކުނޑިއަށް ވަނީ ލުއިކަމެއް އިހުސާސް ވެފައެވެ.
ވަރުބަލިވެގެން ރިމީޝާ ހުއްޓުމުން ޝިނާން ވެސް ހުއްޓިލިއެވެ. ނޭވާ ހަމައަކަށް އެޅުވުމަށް ދެމީހުން ވެސް ގުދަށް އޮވެ ފުންނޭވާތަކެއް ލަމުން ދިޔައެވެ. އެއަށްފަހު އަނެއްކާ ވެސް ރިމީޝާ ޝިނާން އާއި ދިމާލަށް ދިޔައެވެ. މިފަހަރު ޝިނާން ދުވާކަށް މަސައްކަތެއް ނުކުރެއެވެ.
“ކީއްވެ؟ ކީއްވެ އަހަރެން ގަޅިހެއްދީ…. ކީއްވެ މިހުރިހާ އިރު ނުބުނެ ހުރީ…” ޝިނާންގެ ގައިގާ ތަޅަމުން ރިމީޝާ ކިޔަމުން ދިޔައެވެ.
“ކުރިން ބުނިނަމަ މިކަހަލަ ވަގުތުކޮޅެއް އުފާވެރިކަން އަހަރެންނަށް އިހުސާސް ނުވީހެއްނު. ހެހެހެ… އެ ދޮގެއް. ރިމީ ތަޅުވާލީ ކުޑަކޮށް. އަދި ވަރަށް ވެފަ ހޮޑުތަކެއް ލިއެއްނު” ޝިނާން ވާހަކަދެއްކީ އިތުރަށް ތެޅިޔަ ނުދިނުމަށް ރިމީޝާގެ ދެއަތުގައި ހިފައިގެން ހުރެއެވެ. ރިމީޝާ ހުރީ ޝިިނާންގެ މޫނަށް ބަލަން ހުއްޓިފައެވެ. ޝިނާންގެ ކުދިކުދި ގޯނާތަކުންނާއި ސަމާސާތައް މިހާރަކަށް އައިސް އޭނާ އަށް ވަރަށް ކަމުދެއެވެ.
“ނަސީބެއްނު ވިސްނާ ވިސްނާ އަހަރެން މޮޔަނުވިކަން. ކައިވެނި ރޫޅިފައި ވަނިކޮށް އަހަރެންނަށް އިތުރު ދަރިއަކު ލިބެން ނޭދެން. އޭރުން ބިކަ ވާނީ މަގޭ ދަރިއެއްނު. އަލްހަމްދުލިއްލާހް…..” މޭގައި އަތް އަޅާ ފުންނޭވައެއް ލަމުން ރިމީޝާ ބުނެލިއެވެ.
“ވަރަށް އުފާވެއްޖެ ރިމީ ގެ މޫނުމަތިން ހިނިތުންވުމެއް ފެނުނީމަ… ހިނގާ ދަމާ އެދިމާލަށް މިހާރު އެމީހުން އަހަރެމެން ހޯދާނެ” ޝިނާން ބުނެލިއެވެ. ރިމީޝާ އެއްގަމަށް އަރަން ހިނގައިގަތީ އަތުގައި އޮތް ކަރުދާސްގަނޑު ވީދާލާފައި މޫދާއި ދިމާލަށް އުކާލަމުންނެވެ.
ދަތުރު ނިމި ގެއަށް އާދެވުނީ އަޞުރުވާގުތުވި ފަހުންނެވެ. މިޝްކު ފެންވަރުވާ ސައިދީ ނިމުނުތަނާ ދަތުރު ވަރުބަލިވެ އެކުއްޖާ އަށް ނިދިއްޖެއެވެ. ޝިނާން ވެސް ވެފައި ހުރި ވަރުބަލިކަންމަތީގައި ހަވީރު ސައި ވެސް ނުބޮއެ އަޞުރުނަމާދުކޮށްގެން ގެއަށް އައިސް ޖައްސާލިތަނާ ވަރަށް ފަސޭހައިން ނިދިއްޖެއެވެ. ދެދުވަސް ފަހުން މާލެ ދިޔުމަށް ފުރަން ޖެހޭތީ ރިމީޝާ އުޅުނީ ދާވެފައި ހުރި އަންނައުނުތައް ދޮންނަން ތައްޔާރުކުރުމަށެވެ. މެޝިނަށް އެއްޗެހި އަޅާ ދޮންނަން ޖެއްސުމަށްފަހު ކޮޓަރީގައި އޮތް އަލްވީރާ އާއި މިޝްކު ހަވާލުކޮށްފައި ރިމީޝާ މިސްރާބު ޖެހީ ޒޯހަލްގެ ގެއާއި ދިމާލަށެވެ.
ގޭތެރެއަށް ވަދެގެން އަންނަ ރިމީޝާ ފެނުމުން ރޯނު ކައިރީގައި ތެތް ހެދުން ހިއްކަން އަޅުވަން ހުރި ސައީދާ ހީލިއެވެ. ޒޯހަލްގެ މާމަ އައިމިނަ ދުން ގުޑުގުޑާ ހިފައިގެން ޖޯލިފަތީގައި އިނެވެ. ރިމީޝާ ފެނުމުން ފުޅާ ހިނިތުންވުމެއް ދިނެވެ. ކޮޓަރިން ނިކުމެގެން އައި ކާޝިފް ފެނުމުން ޒޯހަލް ކޮބާތޯ ރިމީޝާ އަހާލިއެވެ.
“ރެސްޓްގަޔޯ މިއޮތީ. އެބައޮތް ވާހަކަފޮތެއް ހިފައިގެން” ރިމީޝާ އަށް ޖަވާބު ދިނުމަށްފަހު ކާޝިފް އައިމިނަ ކައިރީގައި ޖޯލީގައި ޖައްސާލިއެވެ.
ކޮޓަރިއަށް ވަން ރިމީޝާ ފެނުމުން ސޯފާގައި ވާހަކަފޮތެއް ހިފައިގެން އޮތް ޒޯހަލް އުނދަގުލުން ތެދުވެ އިށީނެވެ. އެކަހަލަ ވަގުތެއްގައި ރިމީޝާ ފެނުމުން ކުޑަކޮށް ހައިރާންވެ ހުރެ ޒޯހަލް ސުވާލުކުރަން ފެށިއެވެ.
“މީ ކޮންގަޑިއެއް. ރިމީ ވަރުބައްޔެއްވެސް ނުވޭތަ؟” ޒޯހަލް އަހާލިއެވެ. އަދި އެއްއަތުން ނިކުމެފައި ހުރި ބޮޑު ބަނޑުގެ އެއްއަރިމަތީގައި އަތް ހާކާލިއެވެ. ހީވާގޮތުން އެދިމާލުން ދަރިފުޅު ތޮޅެލީ ކަންނޭނގެއެވެ.
“އަހަރެން ކޮން ވަރުބައްޔެއްވާނީ. ޒޯ ތި ބަނޑާއެކު މޫދުގައި ވެސް އުޅުނީ… އެހެންނޫނަސް މިއައީ ވާހަކައެއް ބުނަން” ރިމީޝާ ގަޔާވެފައި އެއްފައި ސޯފާމައްޗަށް އަރުވާ އިށީންނަމުން ބުނެލިއެވެ. ޒޯހަލް ދެލޮލުން ކުރި އިޝާރާތަކުން ކޮންވާހަކައެއްތޯ އަހާލިއެވެ.
“އެނގޭތަ؟ އަހަރެން ބަނޑުބޮޑެއް ނޫން…” ހެވިލާފައި ރިމީޝާ ބުނެލިއެވެ.
“އެނ؟ އެކަމު ރިމީ ބުނީމެއްނު ޓެސްޓް ޕޮޒިޓިވްއޭ…” ގަޔާވެލާފައި ޒޯހަލް އަހާލިއެވެ.
“އާނ ބުނިން. އެކަމު ބުނިންދޯ މަށެއް ރިޕޯޓެއް ނުދެކެމޭ. ޝިނާން ދިޔައީ ނަތީޖާ ނަގަން. އޭނަ ބުނީ ޕޮޒިޓިވްއޭ.. މިއަދު އެރަށުގަ އަހަރެންނަށް ސަޕްރައިޒެއް ދިނީ. އަސްލު ނެގެޓިވް. އަހަރެން ތަޅުވާލީޔޯ” ރިމީޝާ އޮޅުންފިލުވާ ދިނެވެ.
“ހަމަ ރަނގަޅަށް…. ޝިނާން ވެސް ލާނެއް ކަމެއް ހުރެއެއްނު….” ޒޯހަލް ވެސް ހީލިއެވެ.
“އެކަމު ޒޯ. ކީއްވެ މަށަށް ހޮޑުލެވެނީ. މިފަހަރުގެ ސައިކަލް ވެސް މިސްވެއްޖެ. ކުރިން ވެސް ސައިކަލް މިސްވީ ޕްރެގްވިއިރު….” ހުނުމުގެ ތެރެއިން ރިމީޝާ ވަރަށް ސީރިޔަސް ކަމާއެކު ބުނެލިއެވެ.
“ހޮޑުލެވުން ވެދާނެ ގޭހުގެ ކަމެއް ކަމަށް. ދެން ޕީރިއަޑް ދޯ… އެވެދާނެ ރިމީ މާބޮޑަށް ޓެންޝަނުގަ ހުންނާތީ މިފަހަރު ދިމާވި ގޮތް ކަމަށް. ކެތްކޮށްލާ އަދި ވާނެ” ރިމީޝާގެ އަތްމަތީގައި އަތް އަޅާލަމުން ހިތްވަރުދޭ ރާގެއްގައި ޒޯހަލް ބުނެލިއެވެ. ރިމީޝާ ވެސް ބޯޖަހާލިއެވެ.
ކޮޓަރި ސާފު ކުރުމުގައި އަވަދިނެތި އުޅުނު ރިމީޝާ ސިހުނީ ދޮރު ހުޅުވާލާފައި އެތެރެއަށް ވަން ނަޒީމް ފެނުމުންނެވެ. ފާރުގައި ހަރުކޮށްފައިވާ ގަޑިއަށް ރިމީޝާ ކަޅިއެއް އެއްލިއެވެ. މެންދުރުން އަނބުރާ ދޭއް ޖަހަން ހުރީ ފަސް ވަރަކަށް މިނިޓެވެ. އެވަގުތަކީ އަބަދުވެސް ނަޒީމް މަސްވެރިކަމުން އައިސް ނިދަން އޮންނަ ވަގުތަށް ވާތީ ރިމީޝާ އަށް ކުޑަ ހައިރާންކަމެއް ލިބުނެވެ. ޔަގީނުން ވެސް ވާހަކައެއް ދައްކަން ނޫން ގޮތަކު މިގަޑީގައި ނަޒީމް ނާންނާނެކަން ރިމީޝާ އަށް އެނގެއެވެ.
“ދަރިފުޅާ ވަރަށް ބިޒީތަ؟” ނަޒީމް ލޯތްބާއެކު އަހާލިއެވެ.
“ނޫން ބައްޕާ. ކަމަކުތަ؟” ކުރަން ހުރި މަސައްކަތް ހުއްޓާލާފައި ރިމީޝާ ބުނެލިއެވެ.
“އާނ. ވާހަކައެއް ދައްކާލަން” ކުރިއަށް ޖެހިލަމުން ނަޒީމް ބުނެލިއެވެ. ނަޒީމް އިށީންނަން ރިމީޝާ ދެއްކީ އެނދެވެ. ނަޒީމް އިށީނެވެ. އަދި ކައިރީގައި އިށީނުމަށް ރިމީޝާ ކައިރީގައި ވެސް ބުނެލިއެވެ.
“ދަރިފުޅާ! މީ މިހާރު ވެ ނިމިފައި އޮތް ކަމެއް ކަން ވެސް އެނގޭ. ދިރިއުޅުމުގަ ބައްޕަ އަށް ކުރެވުނު ކަންތައް އެއީ އެކަކާއި އިނުމަށް ދެފަހަރު ދަރިފުޅަށް ވަލީ ދިނުން. އެގޮތަށް އެކަން ބައްޕަ ކުރީ ދަރިފުޅު ބައްޕަ ކައިރީގައި ކުރި އާދޭހަށްޓަކައި. އެކަން މަންމަ އަށް ނާންގަން އެދުމުން އަދިވެސް އެކަން ވަނީ ހަމައެކަނި ބައްޕަގެ ހިތުގައި. ހަގީގަތުގައި އެގޮތަށް އެކަން ކުރުން އެއީ ބައްޕަ އަށް ވެސް ހެދުނު ގޯހެއް. ރަނގަޅީ ކޮންގޮތެއް ކަން ވިސްނާނުލާ ބައްޕަ އަށް އިސްކުރެވުނީ ދަރިފުޅުގެ އުފާ. އެކަމުން މިއަދު ބައްޕަ އަށް ފިލާވަޅެއް ލިބިއްޖެ. ވިސްނާނުލާ ކުރެވުނު ކަމަކުން ދަރިފުޅަށް ވެސް މިހާރު ވާނީ އިބުރަތެއް ހާސިލްވެފައި. އެކަމުން ލިބުނު ފިލާވަޅު އަބަދުވެސް ދަރިފުޅުގެ ހިތުގައި ރައްކާކޮށްފައި ބަހައްޓާތި. ބައްޕަ ބުނަން މިއުޅޭ އެއްޗަކީ އެކަހަލަ ފިރިހެނެއްގެ އަތް ދަށަށް ދަރިފުޅު ދޫކޮށްލާކަށް ދެން ބައްޕަ ބޭނުމެއްނޫނޭ. ދަރިފުޅުގެ އަތުން ދުވަހަކު ވެސް ދޫކޮށްނުލާނެ ވަރުގެ މީހެއް ހޯދާފައި ނޫނީ ބައްޕަގެ ވަލީ ހޯދަން ހިތުގައި ވެސް ނުލާށޭ. ބައްޕަ ހިތުން ރުހުމުން ދެން ދަރިފުޅު މީހަކާއި އިނުމަށް ވަލީ ދެންޏާ ދޭނީ ޝިނާނަށް. ސަބަބަކީ ދެލޯ މަތީގައި އަތް އަޅައިގެން ހުރެ ވެސް ބައްޕަ ޝިނާނަށް އިތުބާރު ކުރާތީ…… ކުޑަމީހާގެ ހުރިހާ އެއްޗެއް މިހާރު ތައްޔާރުކޮށް ނިމުނީތަ؟؟؟ ތިކުދިން މަތިން ބައްޕަ ވެސް އަދި މަންމަ ވެސް ވަރަށް ހަނދާންވާނެ. ބައްޕަ މިދަނީ އަސުރަށް ގޮވަން ވާއިރަށް ކުޑަކޮށް ނިދާލަން” ރިމީޝާ ގެ ކޮލުގައި ފިރުމާލާފައި ނަޒީމް ދިޔަ ދިމާލަށް ބަލަން ރިމީޝާ އިނީ ކަޅިވެސް ޖަހާނުލައެވެ.
ތެދެކެވެ. މިއަދު އޭނާގެ ކުރިމަތީގައި ނަޒީމް ހާމަކޮށްފައި އެދިޔަ ހަގީގަތަކީ ހަމައެކަނި ތިން މީހުންނަށް އެނގޭނެ ހަގީގަތެކެވެ. ރިމީޝާ އާއި އައްޔަދެވެ. ދެން ނަޒީމްއެވެ. އައްޔަދާއި ކައިވެނި ކުރި ފަހުން އެންމެ ފުރަތަމަ އައްޔަދު ވަރި ކުރި ދުވަހުން ފެށިގެން ވެސް އޭނާ އަށް އިހުސާސް ކުރެވުނީ އޭނާ އަށްޓަކައި ދުނިޔެ ހުސްވި ކަހަލަ އިހުސާސެކެވެ. އަމިއްލަ އަށް ކޯޓަށް މައްސަލަ ހުށައެޅުމުން އެދެމީހުން ތިބީ އެއްކޮށް ވަކިވެފައި ކަމުގައި ބުނުމާއެކު ރިމީޝާގެ ހަތަރު އުދަރެސް ފެނު ޖެހުނެވެ. ފުރަތަމަ ކައިވެނި ރުޖޫއަ ކުރެވުނު ކަމަށް އައްޔަދު ބުނުމުން ވެސް ރިމީޝާ އަށް އުފަލެއް ނުލިބުނެވެ. އެންމެފަހަށް ރަށުގައި ހުރި ނަޒީމް ކުއްލިގޮތަކަށް މާލެ ގެނެސް ވީ ގޮތް ރިމީޝާ އޮޅުން ފިލުވާދިނުމުން ފާޅުގައި އެކަމަށް ނަޒީމް އިންކާރު ކުރިއެވެ. ނަމަވެސް ބޮޑުވެފައި ހުރި އަންހެންދަރިއެއްގެ ކަރުނަތަކުގެ ކުރިމަތީގައި ނަޒީމަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ.
ދެވަނަ ކައިވެންޏަށް ފަހު އައްޔަދުގެ އުޅުމަށް ބަދަލު އަންނާނެ ކަމަށް ހީކުރި ހީކުރުން ވެސް ދިޔައީ ބިލާހަކަށް ވެގެންނެވެ. ރިމީޝާ އަށް އެއްވެސް އުފަލެއް ނުލިބޭނެ ކަމަށް އޭނާގެ ހިތް ނިންމި ފަހުން އެއްރެއަކު މެންދަމު ޖަނާނާއި އައްޔަދު ކުރި ޒުވާބަކަށްފަހު އައްޔަދުގެ ކަރު ހިއްކުން ފިލުވާލުމަށް ކުޑަ އިރުކޮޅަކަށް ރިމީޝާގެ ބޭނުން ހިފާފައިވެއެވެ. ކިތަންމެ ކުޑަ ހިނދުކޮޅެއްގެ ކަމަކަސް އެހާ ވަރަށް އައްޔަދު ގާތްވިކަމަށްޓަކައި ވެސް ރިމީޝާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ބޭލިއެވެ. ޖަނާން ކުރި ފޯން ކޯލަކަށް ރިމީޝާ ޖަވާބުދިން ކަމީ އަލުން ކައިވެނި ކުރި ފަހުން ފުރަތަމަ ފަހަރަށް އައްޔަދު ރިމީޝާ ވަރިކޮށްލި ސަބަބަށް ވެގެން ދިޔައެވެ. އެއަށްފަހު އައިކު އަށް ލިބިދާނެ ހިތާމައަކަށްޓަކައި އައްޔަދު ވަނީ އެކައިވެނި ރުޖޫއަކޮށް ސަލާމަތްކޮށްފައެވެ. ނަމަވެސް އޭގެ ފަހުން ރިމީޝާގެ ހިތުގައި އައްޔަދަށް ދެމުން އައި ގަދަރަށް ބަދަލު އަންނަން ފެށިއެވެ. ހިތުގައި ފޫހިކަމެއް އުފެދިފައި ވަނިކޮށް ދެވަނަ ފަހަރަށް ވެސް ވަރިކޮށް އަނިޔާކުރި ކުރުން ވެގެން ދިޔައީ އައްޔަދުގެ މަތިން ރިމީޝާގެ ހިތްކެނޑެން މެދުވެރިވި ސަބަބަށެވެ. ހުރިހާ މީހުން ކައިރީގައި އައްޔަދު އޭނާ ތިންފަށްވަރިއަކުން ވަރި ކުރި ކަމަށް ބުނެފައި ވިޔަސް ހަގީގަތަކީ މިހާރު ވެސް އޭނާ ހުރީ އައްޔަދުގެ އިއްދައިގާ ކަމެވެ. އެކަން އެނގެނީ ވެސް އެ ތިން މީހުންނަށް އެކަންޏެވެ. އައްޔަދަށް ދެން ފުރުސަތެއް ދޭކަށް އޭނާ ފަހަރެއްގައި ވެސް ބޭނުމެއް ނުވެއެވެ.
އެ ހަގީގަތް މިއަދާއި ހަމައަށް ވެސް ރިމީޝާ ހުރީ ސިއްރުކޮށްގެންނެވެ. އެންމެ އެކުވެރި ޒޯހަލް އަށް ވެސް މެއެވެ. ވަރި ސާބިތު ކުރުމާއި ބެހޭ ގޮތުން ޒޯހަލް އެހުމުން ވެސް ރިމީޝާ ވަނީ ޒޯހަލް އަށް އޮޅުވާލާފައެވެ. ވިސްނުންތަކަށް ގެއްލިފައި އިން ރިމީޝާ ހަމަ ބިމަށް ގެނުވީ އެނދުމަތީގައި އޮތް ފޯނުގެ ރިންގުގެ އަޑުންނެވެ.
ވަރުބަލިކަމެއްނެތި ގަޑީގެ ކަށިތައް ދައުރުވަމުން އައިސް އިތުރު ސާޅީސް އަށް ގަޑީރު ފާއިތުވެ ދިޔައިރު ރިމީޝާ ، ޝިނާން އަދި މިޝްކު ހުރީ މާލޭގެ ހަލަބޮލި ފަސްގަނޑު މަތީގައެވެ. މާލޭ ފަސްގަނޑުގައި ފައި ޖެހުމާއެކު ރިމީޝާ އަށް ނުތަނަވަސްކަމެއް ލިބިގެން ދިޔައެވެ. މަގުމަތިން ދިޔަ ޓެކްސީއެއް ހުއްޓުވައިގެން ތިން މީހުން އެކީގައި ގެއާއި ދިމާލަށް ދިޔައިރުގައި ވެސް ރިމީޝާ އިނީ ބަސްމަދުވެފައެވެ.
“އަދިވެސް އަލްވީރައްތަ ދެއްކި ވާހަކަތަކާއި މެދު ވިސްނަނީތަ؟” ރިމީޝާ އަށް ބަލާލަމުން ޝިނާން އަހާލިއެވެ.
“އެކަމާއި އަޅާނުލާ. ރިމީގެ ދިރިއުޅުން ބިނާ ކުރާނެ ގޮތް އެނގޭނީ ހަމަ ރިމީއަށް. ރިމީގެ ދިރިއުޅުމަށް ގެންނާނެ މީހުން އެނގޭނީ ރިމީ އަށް. ރިމީ އެގެއަށް ތި ދަނީ ހަމައެކަނި މިޝްކޮގެ މަންމަގެ ގޮތުގަ” ޝިނާން ވާހަކަދައްކަމުން ދިޔައިރު ރިމީޝާ އިނީ މަގުމައްޗަށް ނަޒަރު ހުއްޓާލައިގެންނެވެ. އަލްވީރާގެ އެދުން ފުއްދަން ރިމީޝާ ވެސް ބޭނުމެވެ. ނަމަވެސް އޭނާ ހިފަހައްޓަނީ ކޮން ބާރަކުން ކަމެއް ހުދު އޭނާއަކަށް ވެސް ނޭނގެއެވެ.
“ތިކަމާއި ނުވިސްނަން. މާދަމާ ކޯޓަށް ދާންޖެހޭނެ. ވަރި ސާބިތު ކުރުމަށް. އަނެއްކާ އައްޔަދު ކުރިމައްޗަށް ދާން މިޖެހެނީ. ލަދުވެސްގަނޭ” ރިމީޝާ މަގަށް ނަޒަރު ހުއްޓާލައިގެން އިނދެ ބުނެލިއެވެ. ޝިނާން ރިމީޝާގެ މޫނަށް ބަލާލިއެވެ.
“ރިމީ ބޭނުމިއްޔާ އަހަރެން ހިނގައިދާނަން ރިމީ ގޮވައިގެން. ލަދުގަތަސް އެއީ ކުރަންޖެހޭނެ ކަމެއް. ކެތްކޮށްލާ ތިންވަނަ ފަހަރަސް. ދެން އިރާދަކުރެއްވިއްޔާ ރިމީ ތިކަން ކުރާކަށް ކޯޓަށް ވަންނާކަށް ނުކެރޭނެ” ދެމާނަ އެކުލެވޭ ބަހަކުން ޝިނާން މިވަގުތަށް ރިމީޝާ އުފާކޮށްލަދިނެވެ. ނަމަވެސް ޝިނާންގެ އެބަސްތަކުން ލިބެންވީ ހިތްހަމަޖެހުން ރިމީޝާ އަށް ނުލިބުނެވެ. ސަބަބަކީ ކައިވެނި ރުޖުއަ ކުރުމުގެ ބާރު ފިރިމީހާ އަށް ލިބިގެންވާތީ އެބާރުގެ ބޭނުން ކޮންމެސް އެއް ސިފައެއްގައި އައްޔަދު ހިފާފާނެތީއެވެ. ނަމަވެސް ކަންތައްވެފައި އޮތް ގޮތުން އައްޔަދު މިހާރު ހުންނާނީ ޖަނާންގެ ފިރިމީހާގެ މަގާމުގައި ކަމަށް ރިމީޝާގެ ހިތް ވަނީ ނިންމާފައެވެ.
ލިފްޓް ހަލާކުވެފައި ހުރުމުގެ ސަބަބުން ހަތަރު ވަނަ ބުރިއަށް އެމީހުން އަރަން ޖެހުނީ ސިޑިންނެވެ. މިޝްކު މާބޮޑަށް ވަރުބަލިވުމުން ޝިނާން މިޝްކު ނަގާ އަތްމައްޗަށް ލިއެވެ. ބްރީފްކޭސް އާއި އިތުރު ދަބަހެއް ދަމަމުން ރިމީޝާ ޝިނާން ފަހަތުން އެރިއިރު ދޭތެރެއަކުން އައްޔަދުގެ ބަޔަށް ބަލާލެވެއެވެ. ހަނދާންކުރަން ބޭނުންނުވާ ހަނދާންތަކެއް އޭނާގެ ސިކުނޑިއަށް އުނދަގުކުރަން ފެށުމުން ދެފަރާތަށް ބޯ ހޫރާލައެވެ. އެއަށްފަހު އޭނާގެ ކުރީގައި ހުރެގެން ސިޑިން އަރަމުން ދިޔަ ޝިނާނަށް ބަލާލަނީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
58 Comments!
Comments are closed.





yeyyyyy…
yeyyy
vvvvvv reethi nice yeyyy me first
🙂 thankyou unique
Vr salhi
🙂 thankyou Laux za
eba reethivay well done dear next part vess avahah up kohladhehchey
thankyou mary 🙂
Cover pic chang v dhw.. its nice.. e ee rimee, shinan n ayaa dhw… heevanee mihaaru rimee shinaan like vaan feshee hen but ayaa v dhera vaane dhw dhen.. mihaaru kantha vefa oi gothun kommes ekaku hrt break vaane dhw ayaa ah hen heevanee e dhera libeynee.. i ddnt like him bfor but mihaaru visnuneema kinda want him to hev a hapy life with rimee like they did wen long ago… waitin fr the nxt prt
???❤❤
Salaam all 🙂
Mi bai ves huriha kudhinnah kamudhaane kamah heekuran. Mi bai innaany vr dhigu koh genesdhevifa. Adhi ayyadh and rimee ge varyga olhun thakeh huryma kury ge part thakuga vr gina kudhin hury ekan faahaga koffa. Mi part ga innaany ekan foo bahdhaafa 🙂
22 vana bai maadhama havyru genesdheveytho balaanan. Insha allah ❤❤❤❤
vvvvvvvv reethi hope to see next part soon..aslu varyge massalaiga kuda olhunthakeh eba ulhey
ehenve mi bain e bai eynee hama akah alhuvaafa 🙂
Wow..Nxt prt whn?
thankyou Araash 🙂 maadhama havyru. insha allah 🙂
Kaiveni rujooa eh nukureveyne 3 vana faharaku. Furathama adhi dhevana faharu kaiveni rujooa kureveyny.. Ehnve ayyadh akah rimeesha akaa merry nukureveyne ehn myhakaa merry koh fah kandaafa noony. Rujooa nukureveyne
yaa engeu Oo… ayaa kanthah kuraa goi balamaa dhw 🙂
3 vana faharah vari kohffiyyaa court in vari saabith nukuriyas ves alun kaivenyeh nukureveyne.
Kaiveni kurevunas kureveyny fah kandaafa.
yaa Nimo…. ekan engey 🙂 and thankyou
3 vana faharah varikohffai hurejjeyyakaa kaiveni rujooa eh nukureveyne. and this is so confusing. mi vaahaka nukiyaa huttaalaafai ves mathi mathin balaileema rimeesha banduboduvi kamah heekoh mi kiyaalee. ekamaku varah kadakoh mi vee. i know shinan varah loabivey and varah rangalhu. ekamaku ayyadh n rimeesha akee kudairussure dhe loabiverin. anhenaku dhekki dhalhaehggai ayyadh jehunas he is a gud man and a lover. mihaaru visnifai hureema beynunvanee ayyadh and rimeesha gulhen. dhen mi vaahaka mathin handhaan nathaalee mi. varah varah varah varah foohivejje. sorry this is my opinion.
miu ge comment kiyaafa varah dheravehjje. ekaku thi comment ufalaa eku balaiganefin. vahaka nimey iru konmes ekakah rimee libeyne 🙂 dhn thankyou ffohivefa hure ves kiyaalyma 🙂
rimeesha preg kanneynge .ebuneenu period miss vi vaahaka.. ayyadh n rimeesha gulheyne namakihaa rangalhu .. insaanunnah dho kuhkureveynee ves.
pls pls pls pls pls ayyadh and rimeesha gulhuvahchey. mi vaahaka nukiyaa huttaalaakah beynumeh nuvey plssssssssss
thankyou aasi 🙂 rimee gulheyne konmes ekakaa…. 🙂
V foohi, varah beykaar bai gina.. faadeh ge dhathureh kiyaagn, and ayyadh ge bai nethyma v foohi, but this is the onmy story that i read
thankyou Eeeeyyysha 🙂 thihaa foohivefa ves kiyaalyma haapy vehjje. huriha faharaku hiyhama jehey gothah vahakah kuriah nudhaane dear….. 🙂
Vaahaka kiyan beynun nuvaa MEEHAKU mi vaahaka nukyma v nun MEEHAKU majbooreh nukurey kiyaakah??
Ushaali u are best writer best of luck ?????????✍✍✍✍tc bye
🙂 thankyou Fai
thi gothuga abadhuves ushaaly ah support kohdhen hunnaane kamah ummeedhu kuran
ayyadh n shinaan
🙂
oh dhw ushaali…. so nice of u story is cute, genious
thankyou unique 🙂
This part is amazing
thankyou Tushaa 🙂
Very nice Waiting for next part
thankyou Nunama 🙂
Please upload next part fast anyway this part is very nice
Vaahaka thi gendhany ragalhah… rimi liben jeheynyy sinan ah… sinan kihaa gurubaany eyvi… so he deserve her love ❤️
Rimee n shinan gulhuvahchey..aslu hageegathugaa shinan timeshare dheke vanee hagee thedhuveri loabi…ehenveema gulhenjeheynee rimee n shinan..ayyadhu dhuvahakuves rimeesha dheke loaiybeh nuvey..mihaar visnifahuttakas..vaahaka kuriyahdhaagoiy v kamudhey..keep it up..rimee n shinan pls pls
3 vana faharah kaaveni rujoou nukureveyne..ehnmiihaka iniima noonii ahyadhaa niindheveyne..n ahyadh aa gulhuvaafihyaa nukiaanan mivaahaka…plxx shinaan aaaaaa gulhuva
🙂 thankyu Liu
kurin genesdhin partegga egothah genevifa ineema mi partuga eynee rangalhu koffa
Stry vv salhi masha allah.but vari ge bai mulhin olhihje .friends men kiyevi iru kiyaa dhiny kaiveni koh ehdhaan nukoh vari kohfih yaa dhen e meehun nah rujooa or kaiveni nukureve ey e meehaka .alhe dear balaa laba ragalhah.
Keep it up.waiting 4 nw part. -salaam- ???
# stry kiyaa man #
yes Friends thi buny rangalhah. kurin ushali ah eythi olhifa inee. ekamu mihaaru dhanna myhaku kairy ehumun bunefi friends thi buni gothah. ehenve mi bai meenee hama jassaafa. ekamu dhe gothakah vahaka dhakkaa eba mihaaru eh bai meehun…. dhn neynge. dhw. ushaaly ah fenunu rangalhah eynee story genessa….
Hiii ushaali ?… Mi part vx v v v reethi ❤️❤️❤️… Knme part akah comment nukuriyas regular koh mi story kiyan ???… Rimee shinaan aa like vany henn heevany ???… Plxx dhn Rimee n ayyadh nugulhuvaathi… Shinaan n Rimee gulhihjihyaa v reethi vaane ???… Keep it up ???… Eagerly waiting for the next part ???
Kihineh ehnvyma vari ge kanthan mi vany. 3 vana faharah tha e vari kohfa hury??
kuryge partegga ushaly bunefa innaany 3 faharu vari kuri kamah. yes ayyadh 3 faharah vari kuri kamah story ga bunefa innaane. ekamu ayyadh rimeesha furathama vari kuryma courtah vari saabithu kuran hushaelhy. courtah dhiya fahun rimeesha ah enguny dhemafirin ehdhaan nukoh vari kuryma rujooa ves noannakan. ekamuge sababun dhemyhun ehkoh vari v hama. ehenve anekka e dhemyhun nazym rashuga huhtta genesgen alun valee hoadhaigen mulhin new kaivenyeh kury. e kaivenyge fahun e dhemyhun dhemafiri kamuge gulhumeh hingee. dhevana faharah ayyadh vari koffa rujooa kuri kamah innaany aiku ahttakai. aslu e vari vaany furathama vari ah. dhn emme fahun vari kurumun rimeesha e gein dhiyaee. e vari akee aslu 3 vana vari. ekamu fahun mulhin aa kaiveni kuri fahun e vari vaany dhevana vari akah nu.
mihaaru ayyadh ah adhi innaane fahu chance. ayyadh beynun nama mihaaru ves rujooa kureveyne.
kuryge part ga innaany 3 fah vari akun vari kuri kamah. ekamu e episode ah baeh kudhin koffa huri comment thah kiyaalyma ushaaly ah ves olhumeh ery. ehenve islamic knowledge viber groupe ah e suvaalu fonuvuyma dr iyaz dheefa inna javaabun ushaaly genesdheefa in goi mulhin nubai. ehenve mi episode ga ebai meenee rangalhu koffa…… okey…… 🙂
visnaigen kiyaalyma engeynee…….
Eddhaanu kurumah balaane. Ekam eddhaanah balan jehey muddhathan vure dhigu muddhathakah idhegen thibefa vari kury. Reyakaa dhuvaalakun noon. Hama 3 fah vaane. Islam dhynuga varah Gina hamathakeh vey dhoonya
Alhugadu mee vaahaka kiyaafa comment kuraa meehehves noon.. ekamaku mi vaahakaige vareege massalaiga alhugadah libifaiva ilmuge mahchah binakoh dhannavan jehenee kaivenikohgen edhdhaan nukoh varikoffi nama e anhenage idhdhaeh nuve eve.. ehen kamun idhdhaeh nuvaanama rujoou eh nukureveyne.. ehen namaves alhun valee dheegen kaiveni kurevidhaane.. sababakee kaiveni abadhah haraam va kanthakuge thereyah meege dhimavefaiva sababeh nuvannathee.. ehenveema rimeesha ayyad aai kaiveni koffa vanee 1 faharu. Adhi rimeesha balive in nama aee halaalu gothuga libunu kujjakah ves nuvaane.
Vaahaka eh liyairu e vaahakayakun mujuthamau ah faidhahuri msg eh dhinumakee v muhimmu kameh.. mi mujthamau ah balaairu aniyaveri maaburu usoolu gengulhey firihenun ge aidhashuvefa v gina anhenun ulhey.. ekamaku ves loabiva bahana amilla hithah visnadheegen ulhey anhenun ginaee.. ekahala firihenun dhimava hithamaegge sababun visnifa huredhaane dhuvasthakeh vandhen…. ekamaku ginafaharah aee ekkoh huttey kanthakeh noon.. ehenveema rimeesha ves visnan meehaku choose kurumuga eyna dheke hageegee loabiva adhi eyna abadhu ves ufaluga gengulheyne dhegotheh nuve hunnane meeh.
Vvv Vvv reethi mivahakah
Vaahaka varah Reethi
Ekamu aya ah rimee nudheythi
Oh .. aee dho mi vaagothakee..
Komme gotheh viyas ithuru myhakaa nydhe 3 vari edhemedhah aiyya eothy 3 Fah vefa. Mivaahaka aky kaivenyge kanthah maa molheh hama jassaa vaahaka eh. Evves varakah islaam dhynuga inna goiii nubala hithu huri gothakah amunaa kameh.
Manadhoo myhun ge vatthary thoaccheh
Dear beauty
Furathama kamaky ushaali akee manadhoo myheh noon. N. Atoll meeheh ves noon
Dhevana kamaky beauty ah olhun filaafa vaa varah islam dheenuge kan kan ushali filaafa noavedhaane. Fas ingili ves fas varehnnu. Mi vahakaiga vaki hisaabakun olhun eri. Ehenve kurin bunihen sheikh eh kairyga ahai olhun filuvaigen fahun liyefa eynee. Mikamuga ves dhe gothah vahaka dhakkaa myhun ebathibi. Beauty thi buny ves goes kosheh noon. Konme gothakah viyas ayyadh rimeesha e vany 3 burah vari koffa. Dhn ushaali vahaka kuriah gendhaa gothakah gendhaanethaa…. Salaam
Wa alaikum salaam warahmatullah
Alhugadu heekuran alhugadu namuga comment liyuvva faraathah thi msg libifaivaa kamah..
For me ur stories are best ❤❤
Mashah rangalhee ayyadhu aa rimee aa nugulhijjiyyaa rimee n shinaan… Hama perfect couple eh n mu story vvv nice ماشا الله
Wow vara salhi mibaaves… Kurey partuga masala ulhun but now eikan foobadhaafa hurikan eigey… Thigothuga hifahataa kaamiyaabu vaanei inshaa ahloh
vaahaka hama habeys…shine vaahaka liyaa siteh bunela dhybala