Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގި ހިތޭ ތި އަތުލީ 31

Star Level 310 Stories100 Comments100 Login
April 19, 2018 3 Mins Read
34 Comments

ބައްދަލުވުން ނިންމާފައި ހޮސްޕިޓަލުން ނުކުންނަން ދަނިކޮން މައުވަންއަށް ފޯނެއްއައެވެ. އެހެން ކަމުން އޭނަ ހިންގަމުން ދިޔައީ އެހެން މީހުންނަންވުރެ ތަންކޮޅެއް ފަހަތުގައެވެ. އެވަގުތު އެހެންލާފައި ދިޔަ އަންހެއްކުއްޖާ މައުވަންގެ ލޮލުގައި އަޅައިގަތެވެ. ނަމަވެސް މާބޮޑު ފަރުވާލެއް ނެތި ކުރިއަށް ހިނގައި ގަތެއް ކަމަކު މައުވަން ހުއްޓުނެވެ.

ކައިރީގައިހުރި އަންހެން ކުއްޖާގައިގައި ހިފަހައްޓާލައިގެން ކުޑަކޮށް ބަލިގޮތަކަށް ހިގާފައި އެދަނީ ރަފާއެވެ. އަތުގައި އަޅާފައި އިން މަލަންކޮޅުން އޭނަ އެދަނީ ހޮސްޕިޓަލުން ކޮންމެވެސް ޚިދުމަތެއް ހޯފާފައިކަން ދޭހަވެއެވެ. އިންޑިއާއަށް އަންނަމުން ރަފާ އޭނަ ގާތު ބުނެފައިވަނީ ރައްޓެހި ކުއްޖެއްބަލި ވާހަކަ ކަމުން މައުވަން އެމީހުން ކުރީ ކޮންކަމެއްތޯ ބަލާލާހިތްވިއެވެ.  ރަފާމެން ހޮސްޕިޓަލުން ނިކުންނަން މިސްރާބު ޖަހާފައިވުމުން މައުވަން ގަސްތުކުރީ އެމީހުން ހޮސްޕިޓަލުން ހޯދި ޚިދުމަތް ސާފުކޮށްލުމަށެވެ. ފުރަތަމަ ޖެހުނު ކައުންޓަރުން ސާފުވާގޮތެއްނުވިއެވެ. ބަލިމީހުންގެ ސިއްރު ހިފަހައްޓަންޖެހޭކަމަށްބުނެ އިންކާރުކުރިއެވެ. ތަނުގައި ބައިބޯކަމުން މައުވަންވެސް އިތުރަށް ބާރެއްނާޅައެވެ. ދެން ހިނގަމުންދިޔައީ ތަންކޮޅެއް މީހުންމަދު ކައުންޓަރެއް ފެނޭތޯއެވެ.

އަމީނާ އާއި މަލާކް ތިބީ ރޭގަނޑުގެ ކެއުމަށް އިންސާފްކުރާށެވެ. މާގިނަ ބާވަތްތަކެއް މޭޒުމަތީގައެއްނެތެވެ. ހުރީ ހަމައެކަނި ގަރުދިޔަ ކޮޅަކާއި ބަތް އަދި ލޮނުމިރުސް ތައްޓެކެވެ. މަލާކަކީ އަބަދުވެސް ދިވެހި ކެއުންތަކަށް ލޯބި ކުރާކުއްޖެއްކަމުން އޭނައަށް އެހީ ވަރަށް ފުރިހަމަ ކެއުމަކަށް ވެއެވެ. ދެމީހުން ކެއުމުގައި ތިއްބައި ސަލާން ގޮވާލާފައި ވަދެގެން އައީ ޝަރީފްއެވެ. “ބައްޕާ… އަވަހަށް ދުރުވޭކާން…” މަލާކް ވަގުތުން ކެއުމަށް ދައުވަތު ދިނެވެ. ޝަރީފް އިންކާރުކުރީ ދެންމެ ކޮފީއެއް ބޮއެގެން އައީ ކަމަށް ބުނަމުންނެވެ. “ބައްޕާ… ކަމަކުތޯ ތި ދުރުވީ…؟” ކައިނިމިގެން ތަށިދޮންނަން ދަމުން މަލާކް އަހާލިއެވެ. “ނޫނޭ… ދެންހަމަ ދަރިފުޅު ނުފެންނާތީވެ ދެކިލަން މިއައީ….” ޝަރީފްގެ ޖަވާބް އިވި ހީލަމުން ދެފަރާތަށް މަލާކް ބޯހޫރާލިއެވެ. އަދި ދޮވުނު ތަށި ފޮހެލާފައި ބަންޑުންޖަހާލިއެވެ. “ގައިމު މިއަދު ޑިއުޓީ ނިންމާފަ ގެއަށްވެސް އައީ ބައްޕަޔާއެކު ކާރުގަ…. އަޅުގަނޑަށް ހީވަނީ އަޅުގަނޑު ނުފެނިގެން ނޫންހެން ތި އުޅެނީ….” އަމީނާއަށް ނަޒަރެއްދެމުން މަލާކް ބުނެލިއެވެ. އެޔާއެކު ޝަރީފްއާއި އަމީނާގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. ހަމަ އެސިކުންތުގައި އަމީނާ އެހެންދިމާލަކަށް ނަޒަރު ބަދަލުކޮށްލިއެވެ. ޓިޝޫއަކުންއަތް ފޮހެމުން ޝަރީފަށް އެއްލޯމަރާލަމުން މަލާކް ވަނީ ކޮޓަރިއަށެވެ. ނުބުންޏެއް ކަމަކު އެދެމީހުންނަން ފުރުސަތު ދީފައި އޭނަ ދިޔައީއެވެ.

މައުވަން  ދެންފެނުނީ ވޯޑެއްގައި ހުރި ނާރސިން ސްޓޭޝަންއެއްގެ ކައުންޓަރު ކައިރީ މަޑުކޮށްލައިގެން ހުރިތަނެވެ. އަދި އެތަނުގައި އެވަގުތު ތިބި ތިން ނަރުހުން ތެރެއިން ދެނަރުހުން ކޮންމެސްތާކަށް ޓްރޭތަކެއް ހިފައިގެން ދިޔުމުން މައުވަން ވަގުތުގެ ބޭނުން ހިފައި ކައުންޓަރާއި ގާތްވެލިއެވެ. އަދި އޭނަ ބޭނުންވާކަންތައް ހާމަކޮށްލިއެވެ. އެކުއްޖާވެސް ކުރީ އިންކާރެވެ. ދެން މައުވަން ފަރާތް ފަރާތަށް ލޯހިންގާލަމުން ޖީބުން ނެގި ސަތޭކަ ޑޮލަރު ކައުންޓަރު މަތީ ބާއްވާލިއެވެ. އަދި އިތުރަށްވެސް ދެވިދާނެކަމަށް ބުނެލިއެވެ. އެވަގުތު އެކުއްޖާވެސް ވަށައިގެން ވާ މާހައުލަށް ނަޒަރެއްދެމުން އޭގައި ހިފިއެވެ. ދެން އިރުކޮޅެއްގައި ކޮމްޕިއުޓަރ ކައިރީ  ކޮންމެވެސް ކަމެއްކުރަން އިނެވެ. އެއަށްފަހު މައުވަންއަށް ދިއްކޮށްލީ ރަފާގެ ޑިސްޗާޖް ސަމަރީއެވެ. ތަނުގެ ގޮތުން އެބަލަން ނުހަދަ މައުވަން ޝުކުރު އަދާކޮށްފައި ފަތްޖަހާލާފައި ކަރުދާސް ގަނޑުލީ ޖީބަށެވެ.

ވޭތުވެ ދިޔަ ދުވަސްތަކުގައި ޝަރީފްވަނީ އަމީނާގެ ކިބައިން އެތަކެއްފަހަރު މާފަށްއެދިފައެވެ. އަނގައިން ސީދާ މާފުކޮށްފީމޭ ނުބުންޏެއްކަމަކު އަމީނާވެސް މިހާރު  ޝަރީފާއި ވާހަކަދައްކައެވެ. އަދި އެގުޅުން ދަނީ ދުވަހެއް ދުވަހަކަށް ބަދަހިވަމުންނެވެ. ދެމީހުން ގިނަވަގުތު އެކަކު އަނެކަކާ ވާހަކަ ދެއްކުމުގައި ހޭދަކުރެއެވެ. އެކަމާ އެއްމެ އުފާވަނީ މަލާކެވެ. އޭނަ އުއްމީދު ކުރަމުން ދާ ދުވަސް ލަސްނުވެ އަންނާނެކަމުގެ ނިޝާންތައް ފެންނާތީއެވެ.

ޔަޒާން އެއްމެފަހުން މަލާކް މަތިން ހަނދާން ނަންތާލާފައި އެމެރިކާއަށް ބަދަލުވީއެވެ. ދިރިއުޅުމުގައި އެއްމެންނަން ލޯބި ހާސިލެއް ނުވާނެއެވެ. އަނިޔާ ކިތައްމެ ވަރަށް ދިނަސް ބައެއްފަހަރު ބައިވެރި އާޔާއެކު އެއްބަޔަކު އުޅެމުންދަނީ ލޯބި ވާކަމަށް ބުނަމުންނެވެ. އެއްފަރާތުން ވެވޭ ލޯބީގެ މައްޗަށް ދިރިއުޅުން ބިނާ ކުރުން އެއީ ހަމަޖެހޭ އުސޫލެއް ނޫނެވެ. ޔަޒާން ބަދަލުވީ  މަންމައާއި ކޮއްކޮވެސް ގޮވައިގެންނެވެ. ޒާނާ ހުރީ އޭނަގެ ލޯބިވެރިޔާއާއި ދުރަށް ދާންޖެހޭތީ ކިތައްމެހާވެސް ދެރަވެފައެވެ. އެކަމަކު ޔަޒާންގެ ނިންމުމަށް އިޚްތީރަމް ކުރުމުގެ ގޮތުން އިންކާރު ނުކުރީއެވެ.

“ކޮންކަމަކާ ތި ވިސްނަނީ؟” އަލާ އޭނަގެ ބަހުރުވައިން އަކްޔަން އާއި ސުވާލިކޮށްލިއެވެ. އޭރު އަކްޔަން އޮތީ އެނދުގައި އޮށޯވެ ނިއްކުރިމަތީ އެއްއަތް ބާއްވައިގެން ވިސްނުމަކަށް ގެއްލިފައެވެ. ” ދޮންބެ އާ ދޭތެރޭ މި ވިސްނެނީ… ކުރިން އޮތް ގާތް ގުޅުމެއް މިހާރަކުނެތް…. އަސްލުއަހަރެންގެވެސް ފޯލްޓް އޮބެންހެން ހީވަނީ ގުޅުން މިހާ ހީނަރުވުމުގަ….މިހެން ވާހަކަ ނުދައްކަ ހުރުމަށްވުރެ ރަނގަޅު ވާނެކަންނޭނގެ ގުޅުން ރަނގަޅު ކޮށްފަ އަނެއްކާވެސް ދޮންބެ އިސްލާހުކުރަން މަސައްކަތްކުރީމަ” އަކްޔަން އޭނަ ވިސްނަމުންދާ ކަންތައް އަލާއާ ހިއްސާކޮށްލިއެވެ. އަދި އަލާވެސް އެއީ ރަނގަޅު ގޮތްކަމަށް ބުނެލިއެވެ. އަކްޔަން ނިންމީ މައުވަން މާލެ އައިހާ އަވަހަކަށް އެކަންކުރުމަށެވެ.

ރަފާހުރީ އޭނަ ކުރަންދިޔަ ކަންތައް ނިންމާލެވުމުން އުފާވެފައެވެ. އަދި ތައްޔާރުވެގެން ހުރީ ދެތިންދުވަސް ތެރޭ މާލެ ދިއުމަށެވެ. މިހާރު މައުވަން އެއީ އޭނަގެ އެކަނި މީހެކޭ ހިތަށްއަރާ ކޮންމެފަހަރަކު ހިތް އުފަލުން ނަށާލައެވެ. ތަޤްދީރުގެ ރޭވުން ނޭނގި ހުރެ އިންސާނުން އާއްމު އުސޫލުން ހަދާ ޕްލޭންތަށް ރަފާވެސް ދިޔައީ ހަދަމުންނެވެ.

މައުވަންމެން ދަތުރު ނިންމާލާފައި މާލެ އާދެވުނީ ރޭގަނޑު ވަރަށް ލަސްވެފައި ހުއްޓައެވެ. އެހެންކަމުން ދިޔަގޮތަށް ގޮސް މައުވަން ޖައްސާލީ ނިދާލާށެވެ. ރަފާ ކޮޓަރީގައި ނެތުމުން އޭނަ ނިންމީ އަދި ރާއްޖެ ނާންނަނީ ކަމުގައެވެ.

މަލާކް ޑިއުޓީގައި އަވަދިނެތި އުޅެނިކޮށް ފޯނަން އައީ ނިއަމްގެ މެސެޖެކެވެ. އެދެފައި ވަނީ ކެންޓީނަން ސައިބޯން އައުމަށެވެ. މަލާކަށްވެސް މެސެޖް ކިޔާލުމާއެކު ބަނޑުހައިކަން އިހްސާސްވިއެވެ. އަދި މި ދަނީކަމަށް ބުނެ ރިޕްލައިކޮށްލިއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star

Level 310 Stories100 Comments100 Login

Other Articles

Previous

އެހަނދާން ނުދާނޭ ފިލާ 5

Next

ރީތި ސޫރައެކޭ 6-

Next
April 19, 2018

ރީތި ސޫރައެކޭ 6-

Previews
April 19, 2018

އެހަނދާން ނުދާނޭ ފިލާ 5

34 Comments!

  1. Usha says:
    April 19, 2018 at 11:11 pm

    Haadha kurey

    1. Star says:
      April 21, 2018 at 12:40 pm

      Thankolheh kuru dhw 🙂

  2. Soooo says:
    April 19, 2018 at 11:13 pm

    V rythi mi part vex ekam thankolhe kury.. Kon irakun aneh part up kohlah dheyny..

    1. Star says:
      April 21, 2018 at 12:41 pm

      Thank you 🙂 . Two three days later

  3. Fai says:
    April 19, 2018 at 11:13 pm

    Haadha kurey ekamu reethi next part dhigukoh genesdeythi pls pls pls pls
    “””””””???????????????????????””””‘

    1. Star says:
      April 21, 2018 at 12:42 pm

      Thank you . Yes balaaanan

  4. sai says:
    April 19, 2018 at 11:17 pm

    Me first dho,ekam bunan maakury ingey,vvv nice

  5. Mai says:
    April 19, 2018 at 11:21 pm

    Haadha kurukoh ehaa kiyaalaahithun feshy

  6. Lizzyy Mejji says:
    April 19, 2018 at 11:37 pm

    Nashko Nash Raifa Rayya

  7. Naju says:
    April 19, 2018 at 11:40 pm

    Haadha kurey ?

  8. Aki says:
    April 19, 2018 at 11:53 pm

    varah furihama.. thanks next part avahah up kohla dheebaa pls

  9. Pinky shifoo says:
    April 20, 2018 at 5:49 am

    Nice

  10. Anonymous says:
    April 20, 2018 at 6:06 am

    ethah dhuvahehfahun ap kuraairuvess haadha kurey mikan nuvaanama huhtaalan vehje kanneyge dhoa

    1. Aish says:
      April 20, 2018 at 10:39 am

      Pls be atleast thankful for the writter for updating. Don’t discourage the writter by saying to stop it. Because they r lot who love this story a lot n eagerly waiting for updates. Few of u who r impatient, u can stop reading but don’t ask writter to stop bcos majority r the lovers of this story.and this the best story ever. We love u star <3

  11. lotus says:
    April 20, 2018 at 6:41 am

    Wen nxt prt.. pls avaha up kollaba

  12. azoo says:
    April 20, 2018 at 6:57 am

    mee meehun vaahaka liyaa goitha mivarun nufunu vanvaaenu v foohivajja migotha funuvaathee ekamaku reethi kamun kiyaalevenee.funuvaagoi avas kodheynama ragalhu.

  13. readers says:
    April 20, 2018 at 8:26 am

    Maaiykalako….. mi dhen meehun vaahak liyaa goiyytha alhe…. mivarun nuliyunas rangalhu vaane hem heevaneee….. vaahaka reethi… ekamu kuru v ma kada eee

  14. Blue beauty says:
    April 20, 2018 at 8:44 am

    varah salhi mi part ves akam kuree…star pls thankolheh dhig kohba… keep it up ???❤???

  15. beauty says:
    April 20, 2018 at 8:45 am

    Heevanee meehun lahvaa aadheys kuruvan kuraa kamehhen .mivaru ekamak thankolheh bodu folhuvai liyelaafa ninmaalaafa mionnanee.star ge vidhun thidhanee dhahvamun.mivaahaka me enme fahun aharen kiyaane vaahaka star liya.varah salaan

  16. Yumi says:
    April 20, 2018 at 9:31 am

    Haadhakurey

  17. rooza says:
    April 20, 2018 at 9:32 am

    Reethi ekm maaaaa kuru

  18. Ri says:
    April 20, 2018 at 10:11 am

    V reethi next part ehaagina dhuvas nukon genes dhey thi

  19. ss says:
    April 20, 2018 at 10:17 am

    vaahaka v furiham. kuree baithah up kuriiruves ethah faharaku keen reethikamuh. alun genesdhen fesheemaa v ufaavi. kurukoh genesdhevayiru avahah genes dhevaythoa balaaladheeba . please curiously waiting for this story.

  20. Hana says:
    April 20, 2018 at 12:05 pm

    Rafaa bust kollaba, adhi mauvan n malaak gulhuvaba

  21. Fathun says:
    April 20, 2018 at 12:53 pm

    Haada kurey

  22. Maya says:
    April 20, 2018 at 1:13 pm

    Warah teething mi part Wes. Warah happy medhu kendumehnethi story up kuraathy?next part mi ah wuren dhigu kohlahchey and awahah malaak and mauvan gulhu waba plxxxxx??

    1. Maya says:
      April 20, 2018 at 1:13 pm

      Reethi*

  23. Shai says:
    April 20, 2018 at 8:04 pm

    V v v reethi. Mifahuge dhivehi liyun therinnaai hilaafah Star ge vaahaka thakuga ibaaraaiy kurun furihamakamaa adhi dhivehi bas thah mulhin hen bey nun kurUn, Mee v v hih hama jehey ufaavaa kameh. Mihaaruge gina dhivehi vaahakathakuga v bodah over vefa vaahakaige characters thah thibeny….ehaa asleh noon .adhi ehaa ginain dhivehi ingireysi mas-huni kohffa boluga rissalaa kiyaa nimey iru…ekam star ge liyunthah v saadhaa vefaI kiyaalan faseyha….characters thah v v aslu. Over vefai filmy vaththareh nuhurey. Ehaaves Kiyaalaa hih vaa hih gaimu furihamayah liyun genes dhyfa innanee.aslu kamun ba eh bai thah v majaa ves vey. Dhen mifadha liyun theri yakah fenuny dhivehi noos “sun” vaahaka thah genes dhey “aisha” .aisha ves baraabaru ….ekam star vareh neh ingey. Hama evvana…v v aslu vaahaka thah .tht is the best part <3<3 .we luv u. vaaha huttaa nulaa kuri ah genes dheyne kamah v v umeedhu kurevey ?

  24. mal says:
    April 20, 2018 at 9:12 pm

    vvv reeti mi part kuda ko kury story up kuraathy vv happy

  25. Yum says:
    April 20, 2018 at 10:00 pm

    Haadha kurey kiyun therin dhahi kuraakah nuvaane….shakuvaa kurevenee vaahaka kiyaa hivvaaleh bodu kamun ..sorry

  26. Laisha says:
    April 20, 2018 at 11:02 pm

    Story reehchas mihen up kuranya kiyaa hitheh nuvaane.

    1. Eleven says:
      April 21, 2018 at 12:59 pm

      I agree

  27. Mal says:
    April 21, 2018 at 8:21 pm

    Star wen will u upload the next part.waiting waiting.

  28. Me faaa says:
    June 4, 2018 at 7:16 pm

    Mi story end veetha koba up date nuvey

Comments are closed.

Next Episodeނޭނގި ހިތޭ ތި އަތުލީ 32←


All Right Reserved!