ޔާއިން 7
6އަހަރު ފަސް
ޔާއިން ގެ ނަޒަރުން
މިއަދަކީ 6އަހަރަށް ފަހު އަހަރެންގެ އާއިލާ ގާތަށް ދެވޭދުވަހެވެ. ވޭތުވެ ދިޔަ ފަސްއަހަރު އާއިލާމީހުން ލޮލަށް ފެނުނީ އަހަންނަށް ހުކުމް އިއްވިދުވަހުގައެވެ. އަމިއްލައަށް ކުށަށް އިއުތިރާފް ވުމުން ޝަރީއަތް ދިގު ދެމިގެންނެއް ނުދެއެވެ. ގަސްދުގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ކުށް ސާބިތުވެ 5އަހަރުގެ ޖަލުހުކުމެއް އިއްވިއެވެ. ނަމަވެސް އަހަރެން ޖަލުގައި ހުންނަށް ޖެހުނީ އެންމެ މަސްދުވަހުއެވެ. ޖިޔާންގެ އެދުމުގެ މަތިން އަހަރެން ދޫކޮށްލެވުނެވެ. ޖަލުން ދޫކޮށްލުމާއި އެކު ޖިޔާންގެ ޚަރަދުގައި އަހަރެން ޔޫކޭ އަށް ދިޔައިމެވެ. އެއީ އަހަރެން އެންމެ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައިއެވެ. އަހަރެން ޔޫކޭ އަށް ދިޔައީ އާއިލާއަށް ނޭންގިއެވެ. އެ މީހުން ހީކުރަނީ އަހަރެން އަދިވެސް ހުރީ ޖަލުގައި ކަމަށެވެ. ހުކުމް އިއްވުނު ދުވަހު އަހަރެން އެންމެން ގާތު އެދުނީ އަހަންނާ ބައްދަލުކުރުމަށް ޖަލަށް ނައުމަށެވެ. އަހަރެންގެ އެދުމަށް އެމީހުން އިޙްތިރާމް ކުރިއެވެ.
މިއަދު އަހަރެން އެނބުރި އަމިއްލަ ވަޒަނަށް މިއައީ އެތަކެށް ފޮނި އުއްމީދުތަކާއި އެކީއެވެ. އަހަރެންގެ ހިތުގެ ރާނިއަށް މިހިތުގެ އަޑުއިށްވުމަށް އަޒުމު ކަނޑައަޅައި ގެންނެވެ.އަދި މުޅި ރާއްޖެ ފަޚުރުވެރި ވާނެ ފަދަ މޮޅު ޑޮކްޓަރަށްކަށް ވާނެކަމަށް އުއމީދުކޮށްގެނެވެ.
އަހަރެންނަށް މާލެ އާދެވުމުން މި އާދެވުނީ މާލެއަށް ކަން ހުރީ ގަަބޫލުކުރަން ދަތިވެފައެވެ. ވޭތުވެ ދިޔަހައަރު ދުވަސްތެރޭގައި މާލެއަށް ވަނީ ނުުހަނު ގިނަ ބަދަލުތަކެއް އައިސްފައެވެ. ދިހަބުރީގެ އިމާރަތްތަށް ވިހި ފަންސަވީސް ބުރީގެ އިމާރަްތަކަށް ބަދަލުވެފައެވެ. ގަލުގެ ބަދަލުގައި މުޅި މާލޭގައި ވަނީ ތާރު އަޅާފައެވެ. ކޮންމެ މަގެއްގެ ދެފަރާތުގައި ގަސް އިންދައިފައި ހުރުމުން ވަރަށްވެސް ހިތްގައިމެވެ.
ބްރިޖްސަރަހައްދުން ޓެކްސީއަކަށް އެރީމެވެ. ޓެކްސިީގޮސް އަހަރެންގެ ގޭ ކުރިމަށްޗަށް ހުއްޓާލިއެވެ. އަހަރެންގެ ގެ ހުރީ ކުރިންވެސް ހުރިގޮތަށެވެ. ނަމަވެސް ގެއަށް ވަންނަ ދިމާލުގައި ފުދޭވަރަކަށް ގިނަ މާގަސް އިންދައިފައި ހުއްޓެވެ. ޓެކްސީ ޑްރައިވަރަށް ރުފިޔާ ދިނުމަށް ފަހު ފޮށި ހިފައިގެން އަހރެން ގޭގެ ގޭޓުންއެތެރެއަށް ވަނީމެވެ. ގޭގެ ވަކިހިސާބަކަށް ދެވުނު ތަނާހެން ތިންވަރަކަށް އަހަރުގެ އަންހެންކުއްޖެއް އަހަރެންގެ ފައިގައި އޮޅުލައިގަތެވެ. އެކުއްޖާ އާއި އެއްވަރަށް އަހަރެން ތިރި ވެލަމަށް ފަހު އެ ކުއްޖާގެ މޫނާ ދިމާއަށް ބަލާލީމެވެ. އެކުއްޖާ ގެ ޫޫޫނު ފެނުމާއިއެކު އަހަންނަށް ސިފަވީ މިޝްކާއެވެ. މިޝްކާ ކުޑައިރު ވެސް ހުރީ ހަމަ އެ ގޮތަށެވެ. ހަމަ އެ ވަގުތު މިޝްކާގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. “ރިކާ” އެރީތި ހިތްގައިމު އަޑުން އެ ގޮވާލީ އެ ކުޑަކުއްޖާޔަށްކަން އަހަންނަށް އެނގުނެވެ. “އޫޕްސް ސޮރީ ރިކާ ހީކުރީ ޑެޑީކަމަށް! މަންމީ ޑެޑީ އަންނާނީ ކޮންއިރަކުންތަ؟” އަހަރެން ގާތުން މާފަށް އެދުމަށްފަހު އެކުއްޖާ މިޝްކާއާާ ދިމާއަށް ދުއްވައިގަތެވެ. މިޝްކާ އިނީ އަހަންނަށް ގެ ފަހަތުގައި ކަމުން މިޝްކާ ގެ މޫނެއް އަހަންނަކަށް ނުފެނުނެވެ. މިޝްކާ ދިދިއުޅުމެށް ފެށިކަން އެނގުނު ހިނދު ހިތުގައި ރިއްސާލިއެވެ. ދެކުނުހައި ހުވަފެންތައް ވިއްސިވިހާލިވުމުން ލޯފުސްވާން ފެށިއެވެ.އިންތިހާ އަށް މިޝްކާ ދެކެ ރުޅި އާދެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަހަރެންގެ މޮޔަ ކަމާއި މެދު އަމިއްލަ ނަފްސަށް މަލާމަތްކުރެވުނެވެ. މިޝްކާއަކަށް އަހަރެންގެ ހިތުގެ ހާލެއް ނުވެސްއެނގެއެވެ. އިނގުނަސް އަހަރެންނަށް އޭނާ އިނތިޒާރުކުރާނެހެއްޔެވެ؟
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
29 Comments!
Comments are closed.






First dho. Vvvv nice ingey mi part ves dear ????????
Yesh eysh first thanks dear
yea…. nice
reethi nun vvvvv sad vvv dhera gotheh vyy yaan ah :-(……….. n haadha kurey plxxx dhigu kohdheveythw balahchey nxt time…. the story is awesome
Nice… btw hrdha kureyyy….. eyoh kiyr hithun feshi vhk…. hope around 1000 wrds ah dhn in prt dhigu khla dheyne kmh…
Stry kuru, ekm mi prt liyedhiny thy shukurriyya. N nxt prt kon irakun?
Varah mistakes eba huri.
Heekuran dhn kuriah huri prt thakugai kudhi kudhin mistakes nuhunnaane kamah. Loves ❤ waitinn 4 the nxt prt.
From:Jazlee To:Nuxu
Dhigu kohla dhehchey stry kuriah oii tha Nuxu ??
Dhigu kohla dhehchey stry kuriah oii kiyara ??
Adhi miveehaathanan kiunu enme nice story
Nice story..
Stry nice ?waitingssss
To read nxt prt
Waiting for the next part
Stry nyc waitin 4 the nxt prt ??
Waitin 4 the nxt prt
Vv reethi
Slm. Assuvmivaahaka gendhan plan kohffa in gothun ehaa dhigukoh nugenesdheveny. Vvvv sry. Ummydh kurany ehves foohi kameh nethi story nimendhen kiyaanekamah
Okii… btw eyrun cn yuh up 2 prt in a day?plxxxxxx….. i really likee thiss strii….
Haadha kurey midhen nameh ga liyefa v foohi
Vaahaka feshigen dhaagoi varah reethi thankolhe dhigukko liyuneema dhen varah kiyaahiyvaane
Stry nyc….waitin 4 the nxt prt ???
varah kiyaahithun indaa nimunima varah foohi ?
Kiyaara,stry nyc.kiyaa ah liyevunu varakun upload kuryma rangalhu vaane…ly ❤
Waitin 4 the nxt prt ??
Waitin 4 the nxt prt ??
V v kiyaa hithun hutta thi nimaaly…..waiting 4 the next part
Maa sha Allah..? Aslu varah reethi mo story kuriyah dhaa goiyy.. Kon irakun nxt part???????❤️
Mi*
Next part Monday ga ISA
!mibai ves vrh salhi