Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔަ އިންތިޒާރުގައި 4

Nu Xu Level 110 Stories
April 20, 2018 3 Mins Read
19 Comments

ހަތަރެއް ޖެހުމާއެކު މާއިޝް އާއި ސަނާ ނުކުތީ ބޭރަށް ދިޔުމަށެވެ. ގަރާޖުގައި އޮތް ކާރުނެރެ ދެމީހުން މިސްރާބު ޖެހީ ސަނާގެ ރަޙުމަތްތެރިއެއްގެ ގެއާ ދިމާއަށެވެ. ” ނާއްކޯ! އަދިވެސް ނުބުނަމެއްނު ކުރަން މިއުޅޭ ކަމެއް. ކީއްކުރަންތަ ނާއްކޮގެ ފްރެންޑެއްގެ ގެއަށް މިދަނީ.” އެންމެ ފަހުން މާއިޝްއަށް ނީނދެވިގެން ސަނާއާއި ސުވާލު ކޮއްލިއެވެ. ” ސޮރީ.. އިނގޭތަ މާދަން އެއީ ދޮންތަގެ ބާރތްޑޭ އެއްނު.. އެހެންވެ ކޮންމެ އަހަރެއްގަވެސް ދޮންތައަށް ސަޕްރައިޒް އެއް ދެމޭ. އެހެންވެ މިއުޅެނީ މިރޭ ޓުވެލް އަށް ކޭކެއް ހަދަން ބުނަންވެގެން. މިހާރު މިއޮއް އާދެވުނީނު.” މާއިޝްއަށް އޮޅުންފިލުވައިދީނިމުނު އިރު ސަނާގެ ރަޙުމަތްތެރިޔާގެ ގެއާ ހިސާބައްވަނީ އެމީހުނަށް އާދެވިފައެވެ.

ކާރު ޕާކުކޮއްލުމަށްފަހު މާއިޝް އާއިއެކު ސަނާ އޭނާގެ ރަޙުމަތްތެރިޔާގެ ގޭ ދޮރުމައްޗަށް އަރާފައި ބެލްއަޅާލިއެވެ. ކުޑައިރުކޮޅެއްފަހުން ސަނާގެ ރަޙުމަތްތެރިޔާ ދޮރުހުޅުވާލުމަށްފަހު، އެތެރެއަށް ވަނުމަށް ދަޢުވަތު ދިނެވެ. މާއިޝް އާއި ސަނާ އެތެރެއަށްވަދެ ސަނާ މީރާގެ ކޭކު އިންނަންވާނެ ގޮތްކިޔައިދިނުމައްފަހު އެގެއިން ނިކުތީ އެރޭގެ ދިހަގަޑި ބަޔަށް ކޭކު ތައްޔާރު ކޮއްދިނުމަށް ބުނެފައެވެ.

” ދެން ހިނގާބަ ކުޑަކޮށް ޝޮޕިން ކޮއްލަން. އަދި ޖެހޭނެ ޕިއްޒާ އަށް އޯޑަރުދޭން ވެސް. ދީބަލަ ދޮންބެގެ ފޯނު. ނާއްކޮގެ ފޯނުގައި ލާރިއެއް ނެތް.” ދެން ކުރަން ވީ ކަންތައް ބުނެލުމަށްފަހު މާއިޝްގެ ފޯނު ދިނުމަށް ސަނާ އެދުނެވެ. މާއިޝް ފޯނު ދިނުމުން ސަނާ ޕިއްޒާއަށް އޯޑަރު ކޮއްލިއެވެ.

ޝޮޕިންކޮށް ނިމިގެން ސަނާމެންނަށް ގެއަށް ވަދެވުނުއިރު ހުރީ މަޣްރިބު ނަމާދަށް ބަންގި ގޮވަން ވަރަށް ކައިރިވެފައެވެ. ސަނާ ގެއަށްވަދެ މާއިޝް ފަހަތުން ގޮސް ގަތް ސާމާނުތައް މާއިޝްގެ ކޮޓަރީގައި ބެހެއްޓިއެވެ. ” ނަމާދު ކޮއްލައިގެން އަންނާނަން ޕެކްކުރަން. އެން ޕްލީޒް ރޫމް ތަޅުލާފައި ބަހައްޓާތި.. އޯކޭ. ބާއީ.” ސަނާ ނުކުންނަމުން މާއިޝްއަށް ބުނެލިއެވެ. މާއިޝް ހީލަމުން ބޯ ޖަހާލިއެވެ.

މެންދުރު މީރާގެ ރަޙުމަތްތެރިއެއްގެ ގެއަށް މީރާ ދިޔައީ އެރޭ ގެއަށް އާދެވޭނީ ވަރަށް ލަހުން ކަމަށް ބުނެފައެވެ. އެއީ ސަނާގެ ނަސީބޭ އޭނާގެ ހިތައް އެރިއެވެ. ސަނާ އާއި މާއިޝް އަދި މަރީނާ އާއި ސަލީމް ވެގެން ގޭގެ ޓެރަސްމަތި ތައްޔާރު ކޮއްލިއެވެ.

މީރާއަށް ގެއަށް އާދެވުނުއިރު ހުރީ އެގާރަގަޑި ބައިވެފައެވެ. ގެއަށް އައިއިރު މަރީނާ ޓީވީ ބަލަން ސިޓިންގ ރޫމުގައި އިންތަންފެނުމުން މީރާ އަންނަންދެންކަން އެއިނީ ހިތަށްއަރާ މީރާ ހިނިތުން ވެލިއެވެ. ” މަންމާ! ކައިފިންތަ؟” މަރީނާ ގާތު ސޯފާގައި އިށީނދެ މަރީނާގެ އަތުގައި ހިފާލުމަށްފަހު މީރާ އަހާލިއެވެ. ” ދަރިފުޅަށް އިނގެއެއްނު މަންމަގެ އެއްދަރި ނުކައި ހުއްޓަސް މަންމަ ނުކާނެކަން. ދޭ އަވަހަށް ފެންވަރާލައިގެން އަންނަން.” މީރާގެ ބޮލުގައި ފިރުމާލަމުން މަރީނާ ޖަވާބު ދިނެވެ. ” އިނގެއޭ. އަޅުގަނޑުވެސް ނުކަން. އެގެއަކުން. މަންމައާއެކު ކާން ބޭނުންވީމަ. އަންނާނަން ފެންވަރާލައިގެން. މަރީނާގެ ގައިގާ ބައްދާލުމައްފަހު މީރާ އޭނާގެ ކޮޓަރިއަށް ދިޔުމަށް ލިފްޓަށް އެރިއެވެ.

މީރާ ފެންވަރާ ރީތިވެލައިގެން ނުކުތްއިރު މަރީނާ އިނީ މީރާމެންގެ ބައިގެ ސިޓިންގ ރޫމުގައެވެ. “މަންމަ މަޑު ކޮއްލި ނަމަ. އަޅުގަނޑު ދިޔައިމުހޭ. ހިނގާ ދާން ދޯ. މިހާރު އެހެރަ ބާރަ ޖަހަން ދެމިނެޓައްވީ. ބާރަގަޑި ބައިވާން ވާއިރަށް ނޭނގެ ނިދަން އޮވެވޭނެ ކަމެއްވެސް.” މަރީނާގެ ގާތަށް އައިސް ހުއްޓެމުން މީރާ މަރީނާއަށް ބުންޏެވެ. ” ދަރިފުޅާ! އެހަށް ހިނގާބަލަ ޓެރަސްގައި އޮތް މަންމަގެ ތުވާލި ބަލާ. ހަނދާން ނެތިގެން ނުނެގި މިހުރީ.” މަރީނާ އެހެން ބުނުމުން ބޯ ޖަހާލުމަށްފަހު މަރީނާ އާއެކު ލިފްޓަށް އަރާ ޓެރަސްއަށް މިސްރާބު ޖެހިއެވެ.

” ހެޕީ ބާރތްޑޭ ދޮންތާ! ހައުޒް ސަޕްރައިޒް.” ލިފްޓުގެ ދޮރު ހުޅުވުމާއި އެކު ސަނާ ގޮސް މީރާގެ ގައިގާ ބައްދާލަމުން އުފަންދުވަހުގެ ތަހުނިޔާ ކިޔާލިއެވެ. މީރާ ހުރީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. ކޮންމެ އަހަރަކުވެސް ކޮންމެވެސް ކަހަލަ ގޮތަކަށް މީރާގެ އުފަން ދުވަސް ވަނީ އެ އާއިލާއިން ފާހަގަ ކޮއފައެވެ. ” މަންމާ! މަންމަވެސް ދޯ. ތެންކްސް އެ ލޮޓް.” މަރީނާ ގައިގާ އޮޅުލައިގަންނަމުން މީރާ ބުނެލިއެވެ. ” ދޮންތާ! މިޔޮއް ހެޕީ ރޭގަވެސް ރޮނީތަ! އަވަހަށް ހުއްޓާލާ. އާދޭ ނާއްކޮއާ އެކީގަ.” މީރާގެ ދެލޯ ފޮހެދެމުން ސަނާ މީރާ ގެންގެސް ކޭކު ބައިންފާފައި އިން މޭޒު ކައިރީގަ ބެހެއްޓިއެވެ.

ކޭކުގައި ‘ހެޕީ ބާރތް ޑޭ މީރާ ޓުވެންޓީ ފޯރ’ ޖަހާފައިވާއިރު ކޭކު ވަނީ މީރާއަށް އެންމެ ރީތި ކުލަ ކަމުގައިވާ ދަނބު ކުލައިން ޑިޒައިން ކުރެވިފައެވެ. މީރާ ކޭކު ފަޅާލުމާއެކު އެންމެން އެކީ އަތްތިލަބަޑި ޖަހާ އުފަންދުވަހުގެ ތަހުނިޔާ ކިޔާލިއެވެ. ކޭކު ފަޅާ އެންމެނަށް ކޭކު ލަވާ ނިމުމުން ޕިއްޒާ ކެއުމަށް އަވަސް ވެގަތީ ބަނޑުހައި ވެފައިތިބި ވަރުންނެެވެ.

” އަން މިއޮތީ ދޮންތަގެ ގިފްޓް. އުއްމީދު ކުރަން މިފަހަރުވެސް ކަމުދާނެ ކަމަށް.” ސަނާ މީރާއަށް ހެދި ޕާރސަލް މީރާއަށް ދިއްކޮއްލުމުން މީރާ ޝުކުރު އަދާ ކުރިއެވެ. މަރީނާ އާއި ސަލީމް ވެސް މީރާއަށް އުފަންދުވަހުގެ ހަދިޔާ ދިނެވެ. ” ހައި. ދިސް އިޒް ފޮރ ޔޫ. ހޯޕް ޔޫ ލައިކްޑް އިޓް.” އެންމެން ހަދިޔާ ދިނުމުން މާއިޝް ވެސް އޭނާ ގެނައި ޕާރސަލް މީރާ އަށް ދިއްކޮލިއެވެ. މީރާ ތޭންކްސް ބުނެލުމުން މާއިޝް ހީލިއެވެ.

މީރާގެ އުފަން ދުވަސް ގާހަގަ ކުރުމައް ބޭއްވި ކުޑަކުޑަ ޕާރޓީ ނިންމާލުމަށްފަހު އެންމެން ނިދަން ދިޔުމުން މީރާ ވެސް ކޮޓަރިއަށް ވަނީ ހިތްހަމަ ޖެހިގެންނެވެ. ކޮޓަރިއަށްވަދެ މީރާ ޕާރސަލްތަށް ކަނޑަން ފެށިއެވެ. މަރީނާ ދީފައިވަނީ ރަން އަނގޮޓިއަކާއި ކްރީމް ކުލައިގެ ޓޮޕް ކޮޅެކެވެ. ސަލީމް މީރާއަށް ދިނީ ރަން ކެވެލި ކޮޅަކާއި އަތުކުރީ ގަޑިއެކެވެ. މީރާ ބޭނުންވާކަހަލަ އިނގިރޭސި ވާހަކަ ފޮތަކާއެކު ސްކިނީއެއް ސަނާ ދިން އިރު މާއިޝް ދީފައިބަނީ ބްލެކް ހީލް އަކާއި ޗޮކްލެޓް ޕެކް އެކެވެ. އެންމެން ދިން ހަދިޔާ ވެސް މީރާއަށް ވަރަށް ކަމުދިޔައެވެ. ހިނިތުން ވެލެވުނީ އަމިއްލަ އާއިލާ ނޫންނަމަވެސް މީރާދެކެ އެމީހުން ލޯބިވާވަރު ހިތަށް އެރުމުންނެވެ.

އާ ދުވަހަކަށް އިރު ފެނުން ތޮޅިލީ ހިތްތައް ރޯޝަން ކުރުވަމުންނެވެ. މީރާ މަރީނާއާއި އެކު ހެނދުނުގެ ސައި ތައްޔާރު ކުރުމުގައި އަވަދި ނެތި އުޅެމުން ދަނިކޮން މާއިޝް ބަދިގެއަށްވަދެ ކޮފީއެއް ހަދާ ދިނުމަށް މަރީނާގާތު އެދުމުން މީރާ އަވަސް އަވަހަށް ކޮފީއެއް ހަދާ މާއިޝްއަށް ދިއްކޮއްލިއެވެ. ކޮފީ ތަށިން އެތި ފޮދެއް ބޯލުމަށްފަހު މާއިޝް މީރާއަށް ޝުކުރު އަދާކުރިއެވެ. މީރާ ހިނިތުން ވުމެއް ހަދިޔާ ކޮއްލުމަށްފަހު ކުރަން ހުރި މަސައްކަތަށް އެނބުރިލިއެވެ.

” ދަރިފުޅާ! މިހާރުދެން ވަޒީފާގެ ކަންތަކާ އުޅެންވީނުން. ތިހެން ހުންނަންވީމަ ފޫއްސެއްނު ވާނީ.” މަރީނާ މާއިޝްއަށް ބުންޏެވެ. ” ނޫނޭ. ތިކަމާއެއްނު އަވަހަށް މި ތެދުވީވެސް. ހީވަނީ ވަރަށް ފަސޭހައިން ލިބިދާނެހެން.” މާއިޝް މަރީނާއަށް ޖަވާބު ދިނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nu Xu

Level 110 Stories

Other Articles

Previous

ޔާއިން 7

Next

ލޯބި ނުވިޔަސް ފިރުމާލަދީ….21

Next
April 20, 2018

ލޯބި ނުވިޔަސް ފިރުމާލަދީ….21

Previews
April 20, 2018

ޔާއިން 7

19 Comments!

  1. Jazlee says:
    April 20, 2018 at 12:35 pm

    Me first

  2. unique says:
    April 20, 2018 at 12:46 pm

    vvvvvv reethi

  3. Jazlee says:
    April 20, 2018 at 12:48 pm

    V kuru ekm reethi mi stry

    1. Nu Xu says:
      April 20, 2018 at 2:17 pm

      Yeah.. V buxy kn ulhemun v ma… But v try kuran eba… Tnkx kiyaaleema.. Jazlee ?????

  4. Jazlee says:
    April 20, 2018 at 12:48 pm

    Yey me first

    1. Nu Xu says:
      April 20, 2018 at 2:18 pm

      Haan dhw☺☺☺☺ jazlee first????

  5. unique says:
    April 20, 2018 at 12:58 pm

    vvvv nice but kuru ingey….. hope to see a long story next time

    1. Nu Xu says:
      April 20, 2018 at 2:19 pm

      Tnkx unique☺☺☺ yep ll try long part… ?????

  6. shaa says:
    April 20, 2018 at 1:06 pm

    Vvv nice..❤❤

    1. Nu Xu says:
      April 20, 2018 at 2:20 pm

      Tnkx Shaa❤❤❤❤❤❤

  7. lotus says:
    April 20, 2018 at 2:20 pm

    v nice… wen nxt prt… avaha up kolladhechey???

    1. Nu Xu says:
      April 20, 2018 at 2:23 pm

      Tnkyou Lotus..☺☺☺☺ inshaa allah tomorrow ga..??????❤❤❤❤

  8. Pinky shifoo says:
    April 20, 2018 at 3:22 pm

    Wow ❤️❤️❤️… V v v nice ???… Shifoo buni gothah log in velaafa reply kuryma ragalhu dhw ???… Eagerly waiting for the next part ???… Keep going Nu Xu ???…

  9. Jazlee says:
    April 20, 2018 at 8:19 pm

    Nuxu kon irakun tha nxt prt?

    1. Nu Xu says:
      April 20, 2018 at 11:40 pm

      ☺☺☺☺Insha allah tomorrow night ga..??? Tnkx jazlee..❤❤❤

  10. Jazlee says:
    April 20, 2018 at 8:22 pm

    Nxt prt kon irakun?
    Nuxu bxy koh ulhemun vx rangalhu mi prt liyedhiny thy
    Loves ❤????

  11. Jazlee says:
    April 20, 2018 at 8:23 pm

    Nuxu bxy koh ulhemun vx rangalhu mi prt liyedhiny thy
    Loves ❤????

  12. Jazlee says:
    April 21, 2018 at 12:34 pm

    Nuxu bxy koh ulhemun vx mi prt liyedhiny thy shukurriyya?

  13. Aru says:
    April 21, 2018 at 2:36 pm

    Wow vara salhi…. Thigothuga hifahataa kaamiyaabu vaanei inshaa ahloh….

Comments are closed.

Next Episodeތިޔަ އިންތިޒާރުގައި 5←


All Right Reserved!