އާދޭސް ކުރާ ހިތްވޭ ރޮމުން (18)
“ހަނދާން ކުރައްޗޭ… ކަލޭ އަށް ވުރެ ނިކަމެތި ކުދިންނަށް އަނިޔާ ކުރުމަކީ މޮޅުކަމެއް ނޫން. އޭން އެ ދައްކާ ދެނީ ކަލޭގެ ފިނޑިކަން…” ދާނިޝް ވާހަކަ ދެއްކިއެވެ. އަދި ޒީޝާގެ ގާތު ތި ދާ ތާކަށް ދިއުމަށް ބުނެލިއެވެ. ނޫނީ އޭނާ ގެންގޮސް ދޭނޭ ކަމަށް ބުނެލިއެވެ. ޒީޝާ މާނިއު އަށް ބަލާލަމުން ގޮސް ދާނިޝް ގެ ކާރުގެ ދޮރުފަތް ހުޅުވާލާފައި ވަނެވެ.
އެތަން ބަލަން ހުރި މާނިއު ހުރީ ރުޅިއައިސް ރަތްވެފައެވެ.
އޭނާގެ ދެއަތް މުށްކެވިގެން ދިޔުމާއެކު އޭނާ އަށް ދަތްތަކަށް ބާރުކޮށްލެވުނެވެ. ދެކޮނޑު އުފުލި މީހާގެ ނަފްސު ހަރިކަށި ވެގެން ދިޔައެވެ.
ދާނިޝް ވެސް މަލާމާތުގެ ބެލުމަކުން މާނިއު އަށް ބަލާލާފައި އެނބުރި ކާރާ ދިމާލަށް މިސްރާބުޖެހިއެވެ.
އޭނާ އައިސް ކާރަށް އަރާ ސްޓާރްޓް ކޮއްލުމުގެ ކުރިން ޒީޝާ އަށް ބަލާލިއެވެ. އެނބުރި ހުންގާނަށް ބަލާލިއިރު އޭނާގެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ. ގިނަ އިރުނުކޮށް ދާނިޝް ކާރު ސްޓާރޓް ކޮއްލިއެވެ. އޭރުވެސް ޒީޝާ އިނީ ލޯގަނޑުން ބޭރު ބަލަހައްޓައިގެންނެވެ. އޭނާ ގެ ވިސްނުމުގައި ވި ކަންތައް ދެނެގަންނަން ދާނިޝް ނުކުޅެދުނެވެ.
“ޒީ… ކިހިނެތްވީ؟” ދާނިޝް ޒީޝާ އާ ދިމާލަށް ބަލާލަމުން ބުނެލިއެވެ. ލޯގަނޑުން ބޭރަށް ގެއްލިފައި އިން ޒީޝާ އަށް ސިހިފައި ދާނިޝް އާ ދިމާލަށް ބަލާލެވުނީ ދާނިޝް ގެ އަޑުގައި ކުރިން ނުވާފަދަ ގާތް ކަމެއް ވީތީއެވެ. ޒީ އޭ ކިޔާލާފައި ގޮވާލި ގޮތުން އޭނާ އަށް ދާނިޝް އާ ނަޒަރު ވަކިކޮށްލުން ވީ އުނދަގޫކަމަކަށެވެ.
“ކޮންތާކަށް ތަ ގެންގޮސް ދޭންވީ؟” ދާނިޝް އަހާލިއެވެ.
“އަހަރެން ބޭނުން ވަރީގެ ފޯމް ނަގަން… އެކަމަކު އަހަރެން ދެން ފެންނަ ފަހަރަކު މާނިއު ކަންތަށް ކުރާނި ކިހިނެތް؟” ޒީޝާ އަށް ހިޔާލަކަށް ގެއްލިފައި އިނދެ ބުނެވުނެވެ. އޭރުވެސް އޭނާގެ ނަޒަރު ހުއްޓިފައި ހުރީ މަގުމަށްޗަށް ސަމާލުވެގެން އިން ދާނިޝް އަށެވެ.
“ހުމްމް” ދާނިޝް އަށް އަޑެއްލައްވާލެވުނެވެ. އޭނާ ޒީޝާ ހިންހަމަ ޖައްސައިދިނުމަށް ވާހަކަ ދެއްކިއެވެ. “އެކަމާ ނުވިސްނާ… އޭނާ ކުރި ކުށުގެ އަދަބު އޭނާ އަށް ލިބެންޖެހޭނެ… ބިރުން ފަހަތަށް ފިޔަވަޅު ނާޅާ… އަބަދުވެސް ކުރިއަށް ފިޔަވަޅު އަޅާ ފަހަތް ބަލަން ހަދައިގެން ދިރިއުޅުމުގެ ކުރިއަކަށް ނުދެވޭނެ… ” ދާނިޝް ބެލީ ޒީޝާ ގެ ސިކުނޑިއަށް ނަގައިގަނެވޭނޭފަދަ ގޮތަކަށް ވިސްނަދޭށެވެ.
“ދެން ކިއްވެ އަހަރެން މި އަނިޔާއިން ސަލާމަތް ކޮށްދޭން ދާނިޝް ތިއުޅެނީ… ކިހިނެތް އެނގުނީ އަހަރެންނަށް އަނިޔާ ލިބެމުން ދާކަން… ކިހިނެތް؟” ޒީޝާ އަށް އަހާލެވުނެވެ.
“ތީން އެއްވެސް ސުވާލެއްގެ ޖަވާބެއް މި ވަގުތު އަހަރެން ދޭން ބޭނުމެއް ނުވެޔޭ ބުނީމެއްނު. ޒީޝާ އަށް ވެސް ވަގުތު ޖެހުމުން ތި ސުވާލު ތަކުގެ ޖަވާބު އިނގޭނެ….” ދާނިޝް ގެ އަޑުގައި ވި އަސަރު ދެނެގަންނަން ޒީޝާ ނުކުޅެދުނެވެ.
އޭނާ ދެން ހިޔާރުކުރީ ހިމޭންކަމެވެ. ދާނިޝް ގެ އަޑުގައިވި ސާބިތުކަމުން އެ އަނގައިން އިތުރަށް ކަމެއް ހޯދުމަކީ ވާނޭކަމެއް ނޫންކަން ވިސްނުމާއެކު ޒީޝާ ވެސް އިތުރަށް އެއްވެސް ވާހަކަ އެއް ދައްކާކަށް ނޫޅުނެވެ.
ރޭގަނޑުގެ ވަގުތެވެ. ފާހާނާއިން ނުކުތް އައިލީޝް ސޯފާގައި ނިދިފައި އޮތް ރާސިލް އަށް ގޮވާލީ އޭނާ އޮތް ގޮތުންނެވެ. އިޝާރާތުން އެނދަށް ދިޔުމަށް ބުނުމާއެކު އޭނާ ގެ އަތަށް ރާސިލް ދަމާލިއެވެ. އެއާއެކު އޭނާ އަށް ސިހިފައި ދެލޯ ބޮޑުކޮށްލެވުނީ ރާސިލް ގެ މޭމަށްޗަށް އޭނާ ވެއްޓުނު ގޮތުންނެވެ. “އައި އެމް ސޮރީ” ރާސިލް ބުނެލިއެވެ. އޭނާ އޮތީ އަދިވެސް ނިދި މޫނަކައިގެންނެވެ. އެ މޫނަށް ބަލަން އައިލީޝް އަށް އޮވެވުނީ އެސްފިޔަ ޖަހާލުމެއްނެތިއެވެ. “އައިލީ… އައެމް ސޮރީ ކޮންމެވެސް އެއްޗެކޭ ބުނެބަލަ….” ރާސިލް އަށް ވިސްނާނުލާ ލޯ މަރާލައިގެން އޮވެ ބުނެވުނެވެ.
ރާސިލް އެހެން ބުނެލި ގޮތުން އައިލީޝް އަށް ހިންދިރުވާލެވުނެވެ. އެވަގުތު އޭނާ އަށް ވާހަކަ ދެއްކޭނެނަމައޭ ހިތަށް އެރުމާއެކު ކަރުނަތިއްކެއް ވެއްޓި ރާސިލް ގެ މޫނުމަތީގައި ޖެހުނެވެ. އެ އާއެކު އޭނާ ރާސިލް އާ ދުރުވެލަމުން ތެދުވިއެވެ. ރާސިލް އަށް ވެސް ހަމަހޭވެރިކަން ވުމާއެކު ފުންމައިގެން ތެދުވެވުނެވެ. އޭނާ އައިލީޝް އަށް ބަލާލިއެވެ. އަދި އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“އައެމް ސޮރީ އައިލީ އައި ރިއަލީ އޭމް” ރާސިލް އައިލީޝް ގެ ދެ ކޮނޑުގައި ހިފާލަމުން ވާހަކަ ދެއްކިއެވެ. އޭނާ އިސްޖަހާލިއެވެ. އަދި އައިލީޝް ގެ ގައިގައި ބައްދާލިއެވެ. ރާސިލް ގެ އެ އަމަލުން އައިލީޝް އަށް ވެސް ލޯ މަރާލެވުނެވެ.
ގަޑިން އަށްގަޑި ބައިވަނީއެވެ. އައިލިޝް ގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމާއެކު އޭނާ ގޮސް ދޮރު ހުޅުވާލިއެވެ. ދޮރުމަތީގައި ހުރީ ހިޝްމާ އެވެ. “ދަރިފުޅު މެން ނުކަނީތަ؟. މަންމަ ހުންނާނެ ރަނގަޅު އެއްޗެއް ތައްޔާރުކޮށްލާފަ. ދެކުދިން ތިރިއަށް އަންނަން ވީނު؟” ހިޝްމާ ހިނިތުންވުމަކާ އެކީ ވާހަކަ ދެއްކިއެވެ. އޭނާ ގެ މޫނުމަތިން ނުރުހުމުގެ އެއްވެސް އަސަރެއް ފާޅެއްނުވެއެވެ. އެއްވެސް އަސަރެއް ވެސް އެ އަޑުގައި ނުވެއެވެ. އައިލީޝް އިޝާރާތުން ދެކޮޅު ހަދާފައި ދޮރު ލައްޕަން އުޅުނެވެ.
އެކަމަކު އެކަމަށް ހުރަސް އެޅީ ރާސިލް އެވެ.
“ސޮރީ މަންމާ… ނިދިފަ އޭ އޮތީ… ރީތިވެލައިގެން މިދަނީ ތިރިއަށް އިނގޭ.. ދޯ އައިލީ” ރާސިލް އައިސް އައިލީޝް ގެ ގާތުގައި ހުއްޓެމުން ވާހަކަ ދެއްކިއެވެ.
ހިޝްމާ ދިޔުމާއެކު ރާސިލް އައިލީޝް އާ ކުރިމަތިލިއެވެ. “ހިނދާ ތިރިއަށް ދާން އައިލީ… އެބަ އަންނަން ކުޑަކޮށް ފާހާނާއަށް ވަދެލާފަ” އައިލީޝް ގެ ކޯތާފަތުގައި ފިރުމާލުމަށްފަހު ރާސިލް ދިޔައެވެ.
ރޭގަނޑުގެ ކެއުމުގެ ވަގުތުގައި ހުރިހާ އެންމެން ބައިވެރިވިއެވެ. ދާނިޝް ވެސް ބޭރުން އައި ގޮތަށް ހިޝްމާ ކާން ގޮވުމުން އައިސް އިނެވެ. އޭނާގެ މޫނުމަތިން ވަރުބަލިކަން ވެސް ފާޅުވަމުން ދިޔައެވެ. “މާ ވަރުބަލީތަ ދަރިފުޅާ… އަވަހަށް ކައިގެން ގޮސް ނިދާލާ އިނގޭ އެރުން ރަނގަޅުވެދާނެ” ހިޝްމާ ވާހަކަ ދެއްކިއެވެ. އެއާއެކު ދާނިޝް ވެސް ބޯޖަހާލިއެވެ.
އެދުވަހުގެ އެވަގުތު ހިޝްމާ ގެ ފަރާތުން އެތަނުގައި ތިބި އެންމެން ހައިރާން ވާ ވާރުގެ އަމަލެއް ފެނިގެން ދިޔައެވެ. އޭނާ އައިލީޝް އާ ދިމާލަށް ބަލާލަމުން އިޝާރާތުން އައިލީޝް ބޭނުމީ ކޯންޗެއްހޭ އަހާލުމާއެކު އައިލީޝް އަށް ވެސް ހައިރާން ކަމެއް ލިބިގެން ދިޔައެވެ. ހިޝްމާ ސައިން ލޭންގްއޭޖް ދަސްކުރީ ކިހިނެތްބާއޭ އޭނާ ހިތަށް އެރިއެވެ. އެތާ ތިބި އެންމެންގެ މޫނުމަތިން ހައިރާންކަން ފާޅު ވިއިރު ދާނިޝް ގެ މޫނުމަތިން ހިނިތުންވުން ފެނިގެން ދިޔައެވެ.
“މަންމަ ދަސް ކުރަން ކޮންމެ ރެއަކު ރާގަނޑު ކްލާހަކަށް ދިޔައީ” ހިޝްމާ އިޝާރާތުން ވާހަކަ ދައްކަމުން ހަރަކާތް ކުރިއެވެ. އެއާއެކު ދާނިޝް ގެ ހިތުންވުން ފުޅާވެގެން ދިޔައެވެ.
މަންމަ ކޮންމެ ރެއަކު މި ދަނީ މިކަން ކުރަންތާއެވެ. އައިލީޝް އަށް އިސްޖާހެލެވުނެވެ. އޭނާ އަށް ވިސްނެން ފެށިއެވެ. ހިޝްމާ އާ ދެތެރޭ އޭނާ އެ ގެންގުޅޭ ދުރުކަމަށް ފަހުވެސް ހިޝްމާ އޭނާ ދެކެ އެވާ ލޯތްބަށް ކުޑަވެސް ބަދަލެއް ނާދެއެވެ.
ހިތަށް އެރި ހިޔާލުން އޭނާ މާޒުކައިރިން ދުރަށް ޖެހިލާ ސިޑިއާ ދިމާލަށް މިސްރާބުޖެހިއެވެ. “އައިލީ” ދާނިޝް އަށާއި ރާސިލް އަށް އެއްފަހަރާ ގޮވާލެވުނެވެ. ރާސިލް އަށް ދާނިޝް ގެ މޫނަށް ބަލާލެވުނު އިރު އޭނާ ވެސް އިނީ ރާސިލް ގެ މޫނަށް ބަލަހައްޓައިގެންނެވެ.
ރާސިލް ވެސް ތެދުވެ އައިލީޝް އާ ދިމާލަށް މިސްރާބުޖެހިއިރު ހިޝްމާ ތަންކޮޅެއް ބާރަށް އައިލީޝް އަށް ގޮވާލާ މާފަށް އެދުނެވެ. ދާނިޝް އަށް ހިޝްމާ އާ ދިމާލަށް ބަލާލެވުނީ ހިޝްމާ ގެ އަޑު ކުރެހިގެން ދިޔައީތީއެވެ. ޒާހިދުވެސް ބަހެއް ބުނުމެއްނަތި މޭޒު ކައިރީގައި އިނދެފައި ތެދުވިއެވެ. “އެ އަންހެނާ އާ ހެދި އެހާ ވަރުން ނޫޅޭ ށޭ ބުނީމަވެސް މީނައަކަށް އަޑެއް ނީވޭ” ޒާހިދު ގެ ފަރާތުން ނުރުހުމުގެ ބަސްތަށް ހިޝްމާ އަށް އަމާޒުވިއެވެ. ވަގުތުން އޭނާގެ ލޮލަށް ކަރުނަތަށް ޖަމާވިއެވެ.
ޒާހިދު އިތުރަށް އެތާ މަޑު ކުރަން ނަހަދާ ކާކޮޓަރިން ނުކުމެގެން ދިޔައެވެ.
“މަންމާ… ” ދާނިޝް އައިސް ހިޝްމާ ގާތަށް ހުއްޓިލަމުން ވާހަކަ ދެއްކިއެވެ. “އެކަމާ އަޅާ ނުލާ މަންމާ… އައި އެމް ހެޕީ. އަސްލު ވެސް ވަރަށް އުފާވެއްޖެ މަންމާ… މަންމަ އެހެން ވީމަ ކޮންމެ ރެއަކު ތި ދަނީ ތިކަން ކުރަންތާ ދޯ…. މަންމަ އަށް ފާހަގަ ނުކުރެވުނަސް އައިލީޝް ގެ މޫނުމަތިންވެސް އޭނަ މިކަމާ ދެރަވާކަން އަހަރެންނަށް ފާހަގަ ކުރެވޭ… އެ ހަގީގަތް އައިލީ އަށް ގަބޫލުކުރަން އަދިވެސް ދަތިވަނީ މަންމާ… އެކަމަކު އަޅުގަނޑު ޔަގީންކަން ދެން އައިލީ އަދި މަންމަ އާ ވާހަކަ ދައްކާނެ. އެ ދުވަސް ދެން މާ ދުރަކު ނޫން އޮތީ” ދާނިޝް ހިޝްމާ ގެ ކޮނޑުގައި ހިފާ ކުޑަކޮށް ގާތަށް ދަމާލަމުން ވާހަކަ ދެއްކިއެވެ.
“ކީއްވެތަ ތިހާ ރަނގަޅީ” ހިޝްމާ އަށް ބުނެވުނެވެ.
“މަންމާ ދެން ރޯން ނުފަށައްޗޭ” ދާނިޝް ބުނެލިއެވެ.
އައިލީޝް ގެ ފަހަތުން ކޮޓަރިއަށް ވަތް ރާސިލް އައިލީޝް އޭނާ އާ ދިމާލަށް އަނބުރުވާލާ ވާހަކަ ދެއްކިއެވެ. “އައިލީ ކީއްވެތަ އަމިއްލަ މަންމަ ދެކެ ތިހާ ރުޅި އަންނަނީ… މިހާރު މަންމަ ގެ އަގު އައިލީ އަށް ވަޒަން ނުކުރެވިދާނެ… އެކަމަކު ދުނިޔެއިން އެ މަންމަ ދާ ދުވަހު ހިތާމަ ކުރާނެ. ނިއުމަތެއްގެ އަގު ވަޒަން ކުރެވޭނީ އަތުން ބީވެދިޔައީމަ ގިނަމީހުންނަށް… އެ ލިބިފަ ހުންނަ މީހާ އަށް ގިނަފަހަރު ނުވިސްނޭނެ އެ ނުލިބޭ މީހާ އެ އަށް އެދޭވަރު.. ސޯޕްލީޒް އައިލީޝް” ރާސިލް އަށް ފަހު ޖުމްލަ ތަންކޮޅެއް ބާރަށް ބުނެވުނެވެ.
އެވަގުތު އައިލީޝް ރާސިލް ގެ އަތް ފޮޅުވާލުމަށްފަހު އިޝާރާތުން ވާހަކަ ދެއްކިއެވެ. އޭނާ އައިސް ފައި ހުރި ރުޅިއާ އެކުވެގެން ފައިބަމުން ދިޔަ ހިތްދަތި ކަރުނަތަކަށް ސަމާލުކަމެއް ނުދީ ރާސިލް ގެ ކުރިމަތީގައި ޝަކުވާކޮށް ނިންމާލެވުނީ އެއިން އެއްވެސް އެއްޗެއް ރާސިލް އަށް ނޭނގޭނެކަން އެނގިހުރެއެވެ. އެކަމުގެ ސަބަބުން އޭނާ އަށް ލިބިފައިވާ ހިތްދަތިކަން އިތުރުވެފައިވިއެވެ.
“އައިލީ… ލުކް… ކާމް ޑައުން… ރުޅުމަޑުކޮށްބަލަ… އެހަށް އަހަރެން ދައްކާ ވާހަކަ އަޑު އަހާބަލަ އައިލީ” ރާސިލް އައިލީޝް ގެ ދެ އަތުގައި ހިފައްޓާ ހުއްޓުވިއެވެ. އެ ވަގުތު ނޫނީ އޭނާ އަށް އައިލީޝް ދައްކާ ވާހަކަ އިނގޭނެނަމައޭ އެހާ ބޮޑަށް ހިތަށް އެރި ވަގުތު ކޮޅެއް އެނޫނީ އަދި ނުވެއެވެ. ރޮމުން އޭނާގެ ބަހުން ވާހަކަ ދައްކަމުން ދިޔަ އިރުވެސް އެ ބުނި އެންމެ އެއްޗެއްވެސް ރާސިލް އަކަށް ނޭނގުނެވެ. އިރުކޮޅަކު ރާސިލް ގެ މޫނަށް ބަލަން ހުރެފައި އައިލީޝް އެ އަތް ފޮޅުވާލަމުން އަނެއްކާ އިޝާރާތް ކުރަން ފެށިއެވެ.
“ރާސިލް ތީ ކާކު؟. ބުނޭ! އަހަރެންގެ ފިރިމީހާ؟… އެކަމަކު އެކަން އަހަރެންނަކަށް އިހްސާސް އެއްނުވޭ… ދެން އަހަރެންނާ ދިމާލަށް ތިކުރާ މަލާމާތޯ… އެޔޯ. އެއްފަހަރުވެސް ދޮންބެ ގާތު އަހަރެން އަހަންވީ ކީކޭތޯ ބުނީމަ ދޯ އިނގޭނީ” އައިލީޝް ވާހަކަ ދައްކަމުން ދިޔަ އިރު ކިޔަނީ ކީކޭ ކަން ސީދާ ނޭނގުނު ކަމުގައި ވި ނަމަވެސް ބައެއްފަހަރު އިނގިލި ރާސިލް އާ ދިމާލަށް ދިއްކޮއްލާ ގޮތުން އެ އެއްޗެހި ކިޔަނީ އޭނާ އާ ދިމާލަށް ކަން އެނގެއެވެ.
އޭނާ ގޮސް އައިލީޝް ގެ އަތުގައި ހިފާ މިފަހަރުވެސް ހުއްޓުވިއެވެ. “އަހަރެންނަށް އައިލީޝް ތިކިޔާ އެއްވެސް އެއްޗެއް ނޭނގޭ… އެކަމަކު އެކަމަކު މި ވަގުތު އައިލީ އަށް ތިހާ ރަނގަޅެއްނޫން”. ރާސިލް ބުނެލިއެވެ. “މި ބުނީ އައިލީ އަށް ސްޓްރެސް އެހާ ރަނގަޅެއް ނޫނޭ…” ރާސިލް ދެންވެސް އައިލީޝް ގެ ލޮލަށް ބަލާލަމުން ބުނެލިއެވެ. “ރާސިލް ނުޖެހޭނެ އަހަރެންނަ” އަތް ފޮޅުވާލަމުން އައިލިޝް ބުނަން އުޅުނެވެ.
އެހެންނަމަވެސް ރާސިލް އޭނާ އަށް އެ ފުރުސަތެއް ނުދިނެވެ. އޭނާ އައިލީޝް ގެ އަތުގައި ހިފާލާ ކުއްލިއެއްޖެހި ޖެހީނުން ގެނެސް އެ މޭގައި ފޮރުވާލިއެވެ. “ސޮރީ ސޮރީ ސޮރީ….” ރާސިލް އެހެން ބުނެލިއިރު ކޮންމެވެސް ވަރަކަށް ދަތްކުނޑި ވިކިފައިވާ ކަން ހާމަވެގެން ދިޔައެވެ.
“އައިލީ ސްޓޮޕް. ޖަސްޓް ސްޓޮޕް” ރާސިލް ބުނެލިއެވެ. އަދި އައިލީޝް ގެ ބޮލުގައި ފިރުމާލިއެވެ. “އަހަރެންނަކަށް ނޭނގެ އައިލީ ތި ކިޔާ އެއްވެސް އެއްޗެއް… އެހެންނަމަވެސް އަހަރެންނާ ދިމާލަށް އެއްޗެހި ކިޔަމުން ދާކަން ތި ހަރަކާތް ތަކުން އެނގޭ… އައިލީ ތިހެން ރުޅިއައިސް ގެން ގައިގެ ހަކަތަ ހުސްކުރިޔަސް އަހަރެންނަކަށް އައިލީ ކިޔާ އެއްވެސް އެއްޗެއް ނޭނގޭނެ… ސޯ ޖަސްޓް ރިލެކްސް… އައިލީ ބޭނުން އިރަކު ވިސްނާފަ ބުނަންނީ.. ބޭނުންއިރަކު ވިސްނަން ވީ ޔެސް…. އަހަރެން މަޑުން ހުންނާނަން… އައިލީ ފޯނު ގެ މެސެޖެ ލިޔާ ވަރަކަށް މެސެޖް ލިޔަންވީ… އަހަރެން ހުންނާނަން… އަޑުވެސް އަހާނަން ސޯ ޕްލީޒް ރުޅި މަޑު ކުރޭ… ނުރޮއި އައިލީ… ހުއްޓާލާ އަވަސް…. ހުއްޓާލާ… ބޭބީއަށް ވެސް ގެއްލުން ވެދާނެ… އައިލީ ބޭނުންވޭތަ ބޭބީ އަށް ގެއްލުން ވާން… އަހަރެންނަށް އެނގޭ އައިލީ ބޭނުމެއް ނުވާނެކަން….ސޯ ހުއްޓާލާ އައިލީ” ރާސިލް ގެ އަޑަށް ހިތާމަވެރިކަން ވެރިވެ އެ އަޑު ކުރެހިގެން ދިޔައެވެ.
ރާސިލް ފެ ފަރާތުން އިވިގެން ދިޔަ ޖުމްލަ ތަކުގެ ސަބަބުން އައިލީޝް އަށް ހިމޭން ކަން ވެރިވެގެން ދިޔައެވެ. އޭނާ އަށް ހަރާކަތް ތަށް މަޑުޖައްސާލެވުނެވެ. އިސްއުފުލާލާ ރާސިލް ގެ ލޮލަށް ބަލާލެވުވުނެވެ. އެ ކަރުނަތަށް ރާސިލް ފޮހެލަދިނުމާއެކު އޭނާ އަށް އަނެއްކާވެސް ރާސިލް ގެ ގައިގައި ބައްދައިގަނެވުނެވެ.
އެރޭ އައިލީޝް ނުކައި ނިދަން އުޅުމުން ރާސިލް އެކަމަށް ދެކޮޅު ހެދިއެވެ. އެހެންކަމުން ރާސިލް ގެ އެދުމާއެކު އައިލީޝް އޮށޯތީ ކައިގެންނެވެ. ނޭނގިނަމަވެސް އައިލީޝް އެބަ އޭނާގެ ހިތާ ކުޅެއެވެ. އެ ލޮލުން ކަރުނަ ފެނުމުން ރާސިލް އަށް ކެތް ކުރަން ދަތިވެއެވެ. މި ސުވާލުތަކުގެ ޖަވާބު ހޯދަން އަމިއްލަ ނަފްސާ ސުވާލު ނުކުރަން ރާސިލް ހިތުއަޅައިގެން ހުރި ފަދައެވެ. އޭނާގެ މަގްސަދު ހަނދާން ވުމާއެކު އޭނާ އަށް އަނެއްކާވެސް ދާނިޝް މަތިން ހަނދާން ވިއެވެ. ދާނިޝް ގެ ގާތަށް ދާން އޭނާ ބޭނުންވީ އަދިވެސް އެއްފަހަރު އިންޒާރެއް ދިނުމަށެވެ.
ކޮޓަރީގައި ދާނިޝް ހުއްޓައި ޓަކި ޖަހާލުމާއެކު އޭނާ ގޮސް ދޮރު ހުޅުވާލިއެވެ. ރާސިލް ފެނިގެން އޭނާ އެތެރެއަށް ވަންނަން ތަން ދެއްކިއެވެ. ރާސިލް ވަނުމާއެކު ތަޅުލާ އޭނާ ރާސިލް އާ ކުރިމަތިލިއެވެ.
“އިފްޝާ އާ އޮތް ގުޅުން ބުނޭ” ދާނިޝް ފުރަތަމަ ވާހަކަ ދެއްކިއެވެ. އަހަރެން ޖެހޭތަ ބުނަން… ހަހަ… އަހަރެންމީ އޭނާގެ ކޮއްކޮ” ރާސިލް ހިނިގަނޑެއް ޖަހާލިއެވެ. ދާނިޝް ބަސްހުއްޓުނެވެ. “ކޮއްކޮއޭ” އޭނާ އަށް ހަމައެކަނި ބުނެވުނީ އެހެންނެވެ.
“ކަލޭ އަހަރެންގެ ދޮންތަ ރޭޕްކޮށް އެ ދޮންތަ…”
“ރާސިލް އަޑު އަހާ… އަހަރެން ދައްކާ ވާހަކަ އަޑު އަހާ ޕްލީޒް….” ދާނިޝް ރާސިލް ގެ ވާހަކަ ހުއްޓުވާ ވާހަކަދެއްކިއެވެ. އެއާއެކު އޭނާ އަށް ލޯ މަރާލެވުނީ ހަގީގަތް ރާސިލް އަށް ކިޔައިދޭންވީއޭ ހިތަށް އެރުމުންނެވެ. އެކަމަކު….
“ކަލޭ ކީކޭ ހިތާ ތިއުޅެނީ…. ޖަލަށް ލީމަ ކަލޭ ޖަލުން ނުކުމެ ތިވަށްތަރަށް މިނިވަންކަމާއެކީ ތެޅޭއިރު ކަލޭ ހީކުރީ އެކަމުން ކަލޭ ސަލާމަތް ވީ ކަމަށްތަ……. ނޫން” ރާސިލް ބުނެލިއެވެ.
“އައިލީ ޕްރެގް ވީ………. ރާސިލް އޭނާ އަށް ދެރަގޮތެއް ނުހަދާތި” ދާނިޝް އަށް ކުށްލިއަކަށް ކުރިން ދުވަހު ރާސިލް ބުނި ބަހެއް ހިތަށް އައުމާއެކު ބުނެވުނެވެ.
“ހެހެ… އެހެނެއްނޫން ދާނިޝް… އަސްލު ވީ ގޮތް ކިޔާދެންތަ… ކަލޭ ކީކުރާނި އަހަރެން އޭނާ ދޫކޮށްލާފަ ގޮސްފިއްޔާ… ވަރިކޮށްފިއްޔާ ކީކުރާނި” ރާސިލް އިއްވާލިއެވެ. އޭނާ ހުރީ އައިލީޝް އެދޭތެރެއަށް ވައްދާކަށް ނޫނެވެ. ހަމައެކަނި އޭނާ އެހެން ބުނީ ދާނިޝް ގެ މޫނުމަށްޗަށް އަރާ ކުލަވަރު ބަލާލާށެވެ.
“ރާސިލް ނޫން… ރާސިލް އަކަށް ނޭނގޭނެ އައިލީ ދެރަވާނެ…ވަރު… އަސްލު އައިލީ ގެ ބައްޕަ ގެ ފަރާތުން އޯގާތެރިކަމެއް ލިބެނީކީ ނޫން… އެންމެ ތުއްތު އިރު ފެށިގެން އައިލީއަށް އަނިޔާ ލިބުނީ… ކުޑަ އުފާވެރިކަމެއް އައިލީ އަށް ލިބުނީ ރާސިލް އައުމަށްފަހު ސޯ ޕްލީޒް އައިލީ އަށް ދެރަގޮތެއް ނުހަދާ ރާސިލް… އަހަރެން ރާސިލް ބުނި ކޮންމެ ކަމެއް ކޮށްދޭނަން… ކޮންމެ ކަމެއް… އެކަމަކު އައިލީ އަށް ދެރަގޮތެއް ނުހަދާ” ދާނިޝް އަށް ބުނެވުނެވެ. އެ އަޑުގައިވި ކަންބޮޑުވުމުން ރާސިލްއަށް ނޭނގޭ ހިންހަމަ ޖެހުމެއް ލިބުނެވެ. އާނާގެ ވިސްނުމަށް އެވަގުތު ޝައިތާނާގެ ވަސްވާސްތަށް ވަދެގެން ދިޔައެވެ.
އައިލީޝް އެދޭތެރެއަށް ވައްދައިފިނަމަ އޭނާގެ މަގްސަދު ހާސިލް ކުރަން ފަސޭހަވާނެކަމަށް އެ ސިކުނޑިއަށް ވިސްނުނެވެ. އެއާއެކު އެ ހިނދުކޮޅު އޭނާ އައިލީޝް މަތިން ހަނދާން ނެތި އައިލީޝް ދާނިޝް އާ ދެކޮޅަށް ބޭނުންކުރަން ނިންމިއެވެ.
ދެން ވެސް ރާސިލް އޭނާގެ މަގްސަދު ހާމަ ކޮށްފައި ދެތިން ޖުމްލައެއް ބުނެލާފައި ނުކުމެގެން ދިޔުމާއެކު ދާނިޝް އަށް ޑްރެސިން ޓޭބަލް މަތީގައި ހުރި ހުރިހާ އެއްޗެއްގައި އަތުން ޖަހާ ވަރާލެވުނެވެ. ފުންނޭވާއެއްލަމުން ބޮލުގެ އިސްތަށިގަނޑުގެތެރެއަށް އަތް މަހާލިއެވެ. އަދި ބެލްކަންޏާ ދިމާލަށް ހިނގައިގަތީ ބޭރަށް ނުކުމެ ހިންހަމަ ޖައްސާލުމަށެވެ. ހާސްވާފަދަ އިހްސާސް އެއް ކުރެވެމުން ދިޔައީ އެރޭގެ ހަނދާންތަށް އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީތީއެވެ.
ބެލްކަނީ ދޮރުގެ ކާރޓެއިންތަށް ކަހާލާ އޭނާ ދޮރުހުޅުވާލަމުން ބޭރަށް ނުކުތެވެ. އޭރު ވިއްސާރާއިގެ އަސަރު ކުރަން އުޅޭކަން ރަމްޒުކޮށްދެމުން ދިޔައީ ޖެހެމުން ދިޔަ ބާރުގަދަ ވަޔެވެ. އުޑުމަށްޗަށް ބަލާލިއިރު ވިއްސާރަ ވިލާތަކުން އުޑުމަތި ބައްދަމުން ދިޔައެވެ. އެއްވިލާގަނޑަށް ވުރެ ގަދަވާން އަނެއްވިލާގަނޑު މަސައްކަތް ކުރާކަހަލައެވެ. ލިބުނު ހާސްކަމަށް ކުޑަވެސް ލުއިކަމެއް ނުލިބުމާއެކު އޭނާ ނިންމީ އިޒިކް އާ މިވާހަކަ ހިއްސާކޮއްލަން ދާށެވެ.
އެނޫނީ އޭނާ މޮޔަވެދާނެއެވެ. މާނިއު އާއި ރާސިލް ގެ ވާހަކަ ވެސް ކިޔައިދޭން އެބަޖެހެއެވެ.
އެނާ އަވަސް އަވަހަށް ގޭން ނުކުމެގެން މިސްރާބުޖެހީ އިޒިކް ގާތަށް ދާށެވެ. ކާރުނެރެ އަރައިގެން ލަސްނުކޮށް ދުއްވާލިއެވެ.
އިޒިކް ގެ އެޕާރޓް މެންޓް ގެ ކުރިމަތީގައި ކާރު ޕާރކުކޮށްލަމުން ދާނިޝް ނުކުތެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައި ގޮސް ދޮރުން ވަނެވެ. ލިފްޓަށް އަރައިގެން އެވީ ވަގުތުކޮޅުވެސް އޭނާ އަށް ހީވީ ގަރުނެއް ހެންނެވެ. ލިފްޓް ހުއްޓުމާއެކު ފައިބާ ބެލް އަޅާލަމުން އޭނާ މަޑުކޮށްލިއެވެ. މާގިނަ އިރެއްނުވެއެވެ. އިޒިކް އައިސް ދޮރު ހުޅުވާލިއެވެ. އޭރު އޭނާގެ މޫނުމަތިން ނިދީގެ އަސަރު ފާޅުވާން ހުއްޓެވެ. “ދާން މިގަޑީގަ” ހުސްގަޔާ ހުރެ ނިދި އަޑާއެކު އިޒިކް އަހާލިއެވެ. ހުސް ސޯޓާއެކީ ހުރި އިޒިކް އަށް ބަލާލި ދާނިޝް އަށް އިޒިކް އޮތީ ނިދާފައިކަން ލަފާ ކޮށްލަން އުނދަގުލެއް ނުވިއެވެ.
“އިޒިކް… ވަރަށް މުހިންމު ވާހަކަ އެއް ދައްކަން އެބަ ޖެހޭ… އަހަރެންނަށް އިނގިއްޖެ އެ ކާކުކަން… އިނގޭތަ އެ ކާކުކަން… އެމީހަކަށް ކިޔަނީ މާނިއު… އޭނާގެ އަތުގަ އަހަރެން ބުނި ކަހަލަ ލަފެއް އިން” ދާނިޝް ވެދެފައި ފުރތަމަވެސް ބުނެލި ވާހަކއިން އިޒިކް ގެ ނިދި ފިލައިގެން ގޮސް އެ ދޮލޯ ރަނގަޅަށް ހުޅުވިއްޖެއެވެ. އޭނާ ކީކޭ އަހާލިއެވެ. އެއާއެކު ދާނިޝް އަދި އެއްފަހަރު އޭނާ ބުނި ވާހަކަ ތަފްސީލް ކޮށްލިއެވެ.
“އިޒިކް… އިފޫ އިފޫ ގެ ކޮއްކޮ އަހަރެންގެ ކިބައިން ބަދަލް ހިފަން އައިސްފި” ދާނިޝް މަޑު މޮޅިކަމާއެކު ސޯފާގައި އިށީންނަމުން އިޒިކް އަށް އިއްވާލިއެވެ. އިޒިކް ގެ ދެލޯ ބޮޑުވެ އައިސް ޖެހިގެން ހުރި ސޯފާއަށް ވެއްޓިގަންނަމުން ދާނިޝް އާ ސުވާލުކުރިއެވެ.
“ކީކޭ… ކޮންތާކު.. ކާކު… ކޮންއިރަކު؟” ހާސްވެފައި އިން ވަރުން އޭނާ އަށް އެއްފަހަރާ އެތަށް ސުވާލެއް ދާނިޝް އަށް އަމާޒުކޮށްލެވުނެވެ.
“އޭނާ ހަތިޔާރަކަށް ބޭނުން ކުރަނީ އަހަރެންގެ ކޮއްކޮ” ދާނިޝް ދެން ވެސް އިއްވާލިއެވެ. “އައިލީ” އޭނާގެ އަނގައިން އޭގެ ދެވަނަ ސިކުންތުގައި އެބަސް ތަށް ނުކުތީ ވައި އަޑުންނެވެ.
އެހެންނަމަވެސް އެ އަޑު ރީއްޗަށް އިޒިކް އަށް އިވުނެވެ. އޭނާ އަށް ވެސް އިނދެވުނީ ބަސްހުއްޓިފައެވެ. ކާކުތޯ ދާނިޝް ގާތު އަހާލުމާއެކު އޭނާ ކިޔައިދިން ވާހަކަ ތަކުން އިޒިކް ގެ ދެބުމަ ގޮށްޖެހުނެވެ.
އިޒިކް އަށް ވާހަކަ ތަށް ހިއްސާކޮށްލެވުމުން ދާނިޝް އަށް ހަމަޖެހުމެއް ލިބުނެވެ. މުޅިން ހިންހަމަޖެހުން ނުލިބުނު ކަމުގައި ވި ނަމަވެސް އެކަނި އެ ހުރިހާކަމެއް ތަހައްމަލް ކުރުމަށްވުރެ މީހަކާ ހިއްސާ ކުރުމުން ލިބޭ ހިންހަމަޖެހުން ލިބުނެވެ.
އޭނާ އެގޭން ނިމިގެން ކާރުގައި ގެއާދ ދިމާލަށް މިސްރާބުޖެހިއެވެ.
“ކަލޭ…. ކީކޭ…. އަދި އެއްފަހަރު ބުނެބަލަ… ވަރިވާން ފޯމުލިއްޔޭ… މާދަމާ އަޑު އެހުމޭ… ހަނދާންކުރައްޗޭ… އަހަރެން ކަލޭ ވަރިއެއްވެސް ނުކުރާނަން. ހިލޭ ފިރހެނަކާ އެކީ އުޅެފަ އަދި އަތުވެއްޖެއެއްނު މިގެއަށް ކަލޭ އަކަށް ލާހިކެތް ނޫން އެ ފިރިހެނާ އާ އެކީ ދާކަށް… އެހެންވެގެންތަ ވަރިވާނ ފޯމް ނެގީ… ކަލޭ އަށް އެއްކަމެއްވެސް ކޯޓުގައި ސާބިތެއް ނުކުރެވޭނެ…އެއްކަމެއްވެސް… އަހަރެން ކަލޭ ވަރިއެއްވެސް ނުކުރާނަން ބަލައްޗޭ” ޒީޝާ ގައިގައި ދެފަހަރު މާނިއު ޖެހިއެވެ. ތިންވަނަ ފަހަރު އޭނާ ޒީޝާ ގެ ކޯތާފަތަށް އަޅުވައިލަން އުޅުނު ހޫނު އެތިފަހަރުން ޒީޝާ ސަލާމަތް ވި އޭނާގެ އަތް ބޭނުންކޮށްގެނެވެ. އޭނާގެ އަތުގެ އިނގިލިތަކުން އެ ކޯތާފަތުގައި ބީހުމުގެ ކުރިން ޒީޝާ އެ އަތުގައި ހުޝިއާރު ކަމާއެކު ހިފެއްޓިއެވެ. މިކަމުން މާނިއު އަށް އިތުރު ރުޅިވެރިކަމެއް ލިބުނު ކަމުގައި ވިނަމަވެސް ޖެހިލުން ވިއެވެ. ޒީޝާ އެ ހިތްވަރު އެ ހޯދަނީ ކހިނެތްހެއްޔެވެ؟.
“ހަބަރުދާރު މާނިއު… ތި މުޑުދާރު އަތުން އަހަރެންގެ ހަށިގަނޑުގައި އަތް ލުމުގެ ފުރުސަތެއް ނުދޭނަން… އަހަރެން ކޯޓަށް ވެސް ދާނަން… ވަރިވެސް ވާނަން… އަހަރެމެން ކަހަލަ ނިކަމަތިން ކަމެއް ނުކޮށް މިހެން ތިބޭތީ އޭ ކަލޭމެނަށް ހިތްވަރު ލިބެނީ އަހަރެން ބޭނުން އަނިޔާ ލިބޭ މީހެއްގެ ހައިސިއްޔަތުން މިފަދަ އެހެން މީހުންނަށް ނަމޫނާއަކަށް ވާން… އަހަރެން ބޭނުން އަހަރެންގެ ހައްގުތަށް ހޯދަން… މަޑުން ހުރުމަކީ ކުށެއްކަން އަހަރެންނަށް މިހާރު ވިސްނިއްޖެ” ޒީޝާ ވެސް ގޮތް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. އޭނާ އަމިއްލަ ދިފާއުގައި ވާހަކަ ދެއްކިއެވެ.
“އެހެންތަ… އެ މީހަކާ ހެދި ތަ ތިވަރު ވަނީ އޭތް…. ބުނެބަލަ އެ މީހަކާ ހެދިހޭ… މަވެސް ނިކަން ރަނގަޅަށް ބަލާނަމޭ ކަލޭ ވަރިވޭތޯ… އަހަރެން ވަރިކޮށްގެނެއްނު ކަލޭ އަށް ވަރިވެވޭނީ ލެޓްސް ސީ” މާނިއު ނުރައްކާތެރިގޮތަކަށް ބުނެލައިފިއެވެ. އޭނާ އެއްމިޔަކުން ހީލަމުން އައިސް ޒީޝާގެ އަތުގައި ހިފާ އެ އަތް އަނބުރުވާލިއެވެ. އެއާއެކު ޒީޝާ އަށް ތަދުވެގެން ހަޅޭއްލަވައިގަނެވުނެވެ.
“ކޮބާ ތިބުނާ ހައްގު… ހޯދަން ދޭބަލަ…. ތި ފިނޑިމީހާ މިހާރުވެސް ހަޅޭއް ތިލަވަނީ… އަހަރެންގެ ކުރިމަތީގައި ކަލޭއަށް ގަދަވެވޭނެތަ… ނޫން ނުވެވޭނެ އެއްވަރަކަށް ވެސް ނުވެވޭނެ” މާނިއު އަނެއްކާވެސް ބުނެލިއެވެ. “އަހަރެންގެ އަތުން ދޫކުރޭ މާނިއު” ޒީޝާ ބުނެލިއެވެ. އޭނާގެ އަޑުގައިވެސް ރުޅިވެރިކަން ވެއެވެ. އެ އަޑުން އޭނާ އެހާ އަވަހަށް މާނިއު އަށް ދޫދޭން ބޭނުން ނުވާކަން ހާމަވެގެން ދިޔައެވެ.
“ތިހިރެ ކޮންފިޑެންސެއް ދޯ” މާނިއު އެހެން ކިޔާ ޒީޝާގެ އަނގައިގައި ހިފިއެވެ. ހިފިލެއް ބާރުކަމުން ޒީޝާގެ ލޮލުން ފެން އައެވެ.
“ދޫކުރޭ” ޒީޝާ އަށް ރަނގަޅަށް ވާހަކަ ނުދެއްކުނު ކަމުގައި ވިނަމަވެސް ބުނެލިއެވެ. “އެފިރިހެނާ އާ ހެދިތަ ކަލޭ ތިހާވަރު ތިވަނީ…” މާނިއު އަނެއްކާވެސް ބުނެލިއއެވެ.
“ނޫން… އޭނާ އާ ހެދިއެއްނޫން… ކަލޭ އާ ހެދި ކަލޭ އާ ހެދިއޭ” ޒީޝާ އަށް ހަޅޭއްލަވައިގަނެވުނެވެ. އޭރު އޭނާގެ އަނގައިން އައި ލޭތަށް އަނގައިގެ އެއްފަރާތުން ވެރެމުން ދިޔައެވެ. މާނިއު އަނގައިގައި ހިފިގޮތުން ހިރުގަނޑަށް ދަތް ހެރުނީއެވެ. ޒީޝާ މާނިއު ގެ އަތް ފޮޅުވާލާފައި ގޮސް ކޮޓަރިއަށް ވަދެ ދޮރުޖެހިއެވެ.
ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން މާނިއު ފުން ޒީޝާ އަނެއްކާވެސް ދޮރު ހުޅުވާލާ ވާހަކަދެއްކިއެވެ.
އެ އަޑަށް މާނިއު ފަސް އެނބުރި ބަލާލިއެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާ ލުމަށްފަހުވެސް ޒީޝާ ދޮރު ލެއްޕުމުން އެ ފުރުސަތު ނުލިބުނެވެ. ދާނިޝް ދެކެ އައި ރުޅި ދެގުނަ ވެގެން ދިޔައެވެ.
އެދުވަހުގެ ފަހުން ދާނިޝް ބްލެކްމެއިލް ކުރަމުން ރާސިލް ގެންދިޔައީ އައިލީޝް މެދުވެރިކޮށެވެ. އެކަން ނޭނިގި ހުރި އައިލީޝް ހުރީ ރާސިލް ގެ ފަރާތުން އޭނާ އަށް ސަމާލްކަން ލިބޭތީ އުފާވެފައެވެ. އޭނާ އަދިވެސް ކުރީގަވީ ކަންތައް ތައް މަތިން ހަނދާން ނުނެތެއެވެ. އެކަމާ ވިސްނުމަށް ވުރެ މިހާރު ރާސިލް ގެ ފާރަތުން ލިބޭ ސަމާލް ކަމާ ދޭތެރޭ ވިސްނެންފެށީ ލިބެން އުޅޭ ދަރިފުޅާ ރާސިލް އާ ދެމެދު ވިންނުން މާ ބުއްދިވެރި ކަމަށް އޭނާ ގެ ހިތް ބުނުމުންނެވެ.
އަނެއްކޮޅުން މާނިއު ގެފާރަތުން ސަލާމަތް ވުމަށް ޒީޝާ މަސައްކަތް ކުރަމުން ދިޔައެވެ. އެ ގޭން ނުކުމެގެން ދާން އުޅުމުން މާނިއު އާ ހެދި ޒީޝާ އަށް ދެވޭ ގޮތް ނުވީއެވެ. އެހެންކަމުން އޭނާ އަދިވެސް ދިރިއުޅެމުން ދިޔައީ މާނިއުމެން ގޭގައެވެ. މާނިއު އާ ދެކޮޅަށް އޭނާ ކުރާ މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް އޭނާ އަށް ލިބުނީ ދާނިޝް ގެ ފަރާތުންނެވެ.
އައިލީޝް ގެ ބަޑަށް ދެމަސް ފުރުނު ދުވަހެވެ. ރާސިލް އާ ދެމީހުން ހޮސްޕިޓަލަށް ދިޔައީ ޑޮކްޓަރަށް ދައްކާށެވެ. ރާސިލް ގެ ފަރާތުން ފެންނަ އަމަލް ތަކުން އޭނާ ވެސް އެ ދަރިފުޅު ބޭނުންވާކަން އައިލީޝް އަށް އެނގެއެވެ. އެހެންނަމަވެސް ބައެއްފަހަރު ރާސިލް ގެ އުޅުމުން އޭނާ އަށް ސިއްރުވެރިކަމެއް ފެންނަމުން ދިޔައެވެ. އެކަމާ އޭނާ މާ ބޮޑަށް އަޅާ ނުލަނީ އަދިވެސް އިތުރު ވަގުތު ރާސިލް އަށް ބޭނުންވަނީ އޭ ހިތާއެވެ.
ދާނިޝް ރާސިލް އާ ވާހަކަ ދައްކަން ކުރި މަސައްކަތް ބޭކާރުވުމުން އޭނާ މާޔޫސްވާގޮތްވެފައިވެއެވެ. އެހެންނަމަވެސް ކަމުގެ އެންމެ އަޑިއަށް ފީނުމަށް އޭނާ ދިޔައީ މަސައްކަތް ކުރަމުންނެވެ. ރާސިލް ގެ މަގްސަދަކީ އެމީހުން އިނދަޖައްސާލުން ކަމަށް އެނގުނު ހިސާބުން ދާނިޝް ގެ ކަންބޮނޑުވުން އިތުރުވެފައި ވީހެން ހީވެއެވެ.
“ދޮންބޭ… އަހަރެންގެ ދިރުއުޅުމަށް އުފާވެރިކަން ގެނެސްދޭނެ ކަން އަހަރެންނަށް ޔަގީން ރަސިލް… އަހަރެންވެސް ލޯބިވޭ އޭނާވެސް ލޯބިވޭ… އިތުރަށް ދެން ހިތާމައގަ އުޅޭކަށް ބޭނުމެއްނޫން… އިނގޭ… ދުވަހަކުވެސް ބައްޕަ ވެސް ހިތުން ރުހުމުން އަނަގައިން ބުނަނީކީ ނޫން… އަހަރެންނަކީވެސް ބޭކާރު މީހެއްނޫންކަމާ ބޭނުންތެރި މީހެއްކަން އަންގައިދީ އެ ހިތްވަރު ދިނީ ވެސް ރާސިލް ދޮންބެ ފިޔަވާ… އަހަރެންނަށް އެ ގޮތަށް ފީލް ކޮއްދިނީ ރާސިލް” އައިލީޝް ގެ މިފަދަ ބަސްތައް އަބަދުވެސް އެ ސިކުނޑީގައި ގުގުމަމުން ދިޔައެވެ.
ދާނިޝް ލޯގަޑު ކުރިމަތީހުރެ ރީތިވަމުން ދިޔައީ ޒީޝާ ބަލާ ޒީޝާ މެން ގެ ކައިރިއަށް ދިޔުމަށެވެ. ލޯޔަރާ ބައްދަލުކުރަން ވެފައި އޮތުމުން އޭނާ ގަޑިއަށް ބަލަމުން ތައްޔާރުވަމުން ދިޔައީ ފުދޭވަރަކަށ އަތް މަތި އަވަސްކޮއްލާފައެވެ. ދެމަސް ދުވަހު ކުރި މަސައްކަތުން ވެސް ޒީޝާ އާށް މާނިއު އަނިޔާ ކުރާކަން ކޯޓުގައި ސާބިތެއް ނުކޮށްދެވުނެވެ. އަނެއްކޮޅުން މާނިއު ހުރީ ވަރިކުރަން ތައްޔާރަކަށް ނޫނެވެ. އޭނާ ޒީޝާ ގެ ފޯނަށް ގުލާލިއެވެ. އެއާއެކު ލަސްނުވެ އެކޮޅުން ފޯން ނެގިއެވެ. “އަންނަނީތަ؟” ޒީޝާ އަވަސް އަވަހަށް އަހާލިއެވެ. އެއާއެކު ދާނިޝް އާއެކޭ ބުނެލިއެވެ. އޭނާ ޒީޝާ ގާތު ތިރީގައި ހުންނަން ބުނެފައި ކޮޓަރިން ނުކުތެވެ. އޭރު ހިޝްމާ އައިލީޝް ގެ ކޮޓަރީގައި ޓަކި ޖަހަނީއެވެ. “މަންމާ އައިލީ ނުބުނޭތަ… ޑޮކްޓަރަށް ދައްކަން އެ ދިޔައީ… މިހާރު ދެމަސް ފުރުނީނު” ދާނިޝް ބުނެލިއެވެ. އެއާއެކު ހިޝްމާ އެހެން ހޭ ބުނެފައި ތިރިއަށް މިސްރާބުޖެހިއެވެ. ހިޝްމާގެ ފަހަތުން ކަހަލަ ގޮތަކަށް ދާނިޝް ވެސް ދިޔައެވެ.
އޭނާ ހިޝްމާ ގާތު މިރޭ ކާން ނާންނާނޭ ވާހަކައާއި ކުޑަކަމަކު ބޭރަށް ދަނީކަމަށް ބުނެ ނުކުތީ ބޭރުން ކާނޭ ކަމާށް ބުނަމުންނެވެ. އެއާއެކު ހިޝްމާ ވެސް ހިނިތުންވެފައި ބޯ ޖަހާލިއެވެ.
ދާނިޝް ކާރުގައި އިން އިރުވެސް ވިސްނަމުން ދިޔައެވެ. އޭނާގެ ހިޔާލަށް މީގެ ދުވަސްތަކެއް ކުރިން ރާސިލް ބުނެފައިވާ ބަސްތަކެއް އައެވެ.
“ކަލޭ… އަހަރެން… އައިލީޝް…. ވިސްނާ ވަރަކަށް ވިސްނާ… އައިލީޝް އަހަރެން ދޫކޮށްލާފައިދާނަމަ އޭނާ އަށް ވާނީ ކިހިނެތް… ނޫނީ ދަރިލިބުނީމަ ދަރިއާ ކަންނޭގެ ވަކިކޮށްލަންވީ ދޯ… އެހެންނޫނީ އަހަރެން ބޭނުން ގޮތަކަށް ކަލޭމެންގެ ތި ކުންފުނި އަމިއްލަ އަތުން ބަނގުރޫޓް ކޮއްލަން ވީ… އަހަރެންގެ ދައްތަ އަށް އިންސާފް ނުލިބުނީ ކަލޭމެންގެ ތި މުއްސަނދި ކަމުގެ ސަބަބުން…. އަހަރެންގެ ދައްތަ ގެ ދިރިއުޅުން ހަލާކުވީވެސް މިމުއްސަނދި ކަމުގެ ސަބަބުން… ކަލޭ ޖަލަށް ލުމަށް ފަހު ދެދުވަސް ނުވެ މިނިވަންވީވެސް މި މުއްސަނދި ކަމުގެ ސަބަބުން… އަހަރެން ކަލޭ އަށާއި މި މުއްސަނދި ކަމަށް ނަފްރަތު ކުރަން….” ރާސިލް ދާނިޝް އާ ދިމާލަށް އިނގިލ ދިއްކޮށްލަމުން ބުނެލިއެވެ. އެ ދެމީހުން ތިބީ ޓެރެސްގައެވެ.
ދާނިޝް ބޮލުގެ އިސްތަށިގަނޑު ތެރެއަށް އަތް މަހާލަމުން ވާހަކަ ދައްކަން އުޅުނު ކަމުގައި ވިނަމަވެސް ރާސިލް އެ ފުރުސަތު ނުދީ ދެންވެސް ވާހަކަ ދެއްކިއެވެ. “އަހަރެން ކަލޭއަށް މުއްދަތެއް ދޭނަން… މި މުއްދަތުގެ ތެރޭގައި ކަލޭ ޖެހޭނެ ތި ވިޔަފާރި ބަގުރޫޓް ކޮއްލަން… އޭރުން އަހަރެން ކަލޭގެ ކޮއްކޮ އަށް އިތުރު ހިތާމައެއް ނުދީފާނަން… އެކަމަކު ކަލޭ އަނބުރާ ޖަލަށް ފޮނުވާލާނަން” ރާސިލް ގެ އިންޒާރާއެކު ދާނިޝް އަށް އިތުރަށް ވިސްނަން ޖެހިފައިވިއެވެ.
އޭނާ ސިހުނީ ކުއްލިއަކަށް ކުރިމަތިން ސައިކަލެއް އައިސް ކަރުގެ ކުރިމައްޗަށް އެރުމުންނެވެ. ބުރަކު ނުޖެއްސުނުނަމަ ނުރައްކާތެރި އެކްސިޑެންޓް އެއް ވާނެކަން ޔަގީނެވެ. އޭރުވެސް ދާނިޝް އަށް ދިޔައީ މާނޭވާ ލެވެމުންނެވެ. ބޮލުގައި ހިފައްޓާލަމުން އޭނާ ފުންނޭވާއެއް ދޫކޮއްލިއެވެ. މަގުމައްޗަށް ސަމާލުކަން ދީގެން އިނދެގެން ކާރު ދުއްވާލީ މީހާ ހަމައަކަށް އަޅުވާލަމުންނެވެ.
ޒީޝާ ލޯގަޑު ކުރިމަތީ ހުރެ ބުރުގަލުގައި ޕިން ޖަހާލިއެވެ. އަދި ކުޑަކޮށް އެނބުރިލާ ލޯގަނޑުން ބަލާލިއެވެ. ހިންހަމަޖެހޭވަރު ވުމުން އޭނާ އަމިއްލައަށް ލޯގަނޑުން ބަލާލާ ހިނިތުންވެލިއެވެ.
އެވަގުތު މާނިއު ކޮޓަރި ދޮރު ހުޅުވާލާފައި ވަނެވެ. ކޯޓަށް ދާން ޖެހޭ ދުވަސް ދުވަހާ ގާޓް ކޮށް މާނިއު ޒީޝާ އަށް އަނިޔާ ނުކުރަނީ އެ ތަންތަން ހެއްކެތްގެ ގޮތުގައި ޒީޝާ ކޯޓުގައި ދައްކަފާނެތިއެވެ. ޒީޝާ ބުނެފައި ވަނީވެސް އެހެންނެވެ.
ކަޅުކުލައިގެ ދޫ ހެދުމެއްގައި ޒީޝާ ހުރި އިރު އަޅާފައިވާ ރަތް ކުލައިގެ ޝޯލް ގެ ސަބަބުން އެ ރީތިކަން އިތުރި ކޮއްދީފައިވާހެން ހީވެއެވެ. މާނިއު ވަތް ކަމަށް ވިޔަސް ޒީޝާ އަޅައެއްނުލައެވެ. މިރެއަކީ އަޑު އެހުން އޮންނަ ރެއަކަށް ވުމާއެކު މާނިއު އަށް އޭނާ އަށް އަނިޔާ ކުރަން ނުކެރޭނޭކަމަށް ހީކުރިއެވެ.
އެހެންނަމަވެސް މާނިއު ގެ ފަރާތުން މިރޭ އޭނާ އަށް އަނިޔާ ލިބެން އުޅޭކަން މާނިއު ގެ އަމަލް ތަށް ހުރި ގޮތުން އޭނާ އަށް ޔަގީން ކުރެވުނެވެ. މާނިއު އެ އައި ގޮތަށް އައިސް ޒީޝާގެ އަތުގައި ހިފައިގެން ގޮސް އެނދުމައްޗަށް ކޮއްޕާލިއެވެ.
“ކަލޭ ކީކޭ ހިތަށް އަރައިގެންތަ ތި އުޅެނީ… އޭތް… ކަލޭ ކިހިނެތް ވެގެންހޭ ތިއުޅެނީ… އަދިވެސް ގޮތް ދޫކުރާކަށް ނުވޭތަ އޭތް…” މާނިއު ބުނެލިއެވެ.
“އާނ… އަހަރެން މިފަހަރު ހުއްޓައެއްނުލާނަން… ދުލެއް ވެސް ނުކުރާނަން… ކަލޭ އަށް ޖެހޭނީ އަހަރެން ވަރިކުރަން…” ޒީޝާ އެނދުން ތެދުވަމުން ބުނެލިއެވެ. މާނިއު ގާތަށް އައިސްފައި ހުރީ އާދައިގެ ރުޅިއެއްނޫނެވެ. އޭނާ ޒީޝާގެ އަތުގައި ހިފާ ދެވަނަ ފަހަރަށް އެނދުމަށްޗަށް ވައްޓާލިއެވެ. އަދި ޒީޝާ އާ ދިމާލަށް ހަޅޭއްލަވައިގަތެވެ. ޖެހުނު ގޮތުން ޒީޝާގެ އަތް ވިދި އަތަށް ތަދެއް އެރިއެވެ. އާއެކު އޭނާ އަށް ހަޅޭއްލަވައިގަނެވުނެވެ. މާނިއު އަނެއްކާވެސް ޒީޝާ ނަގާ އެ ވިދުނު އަތުގައި ހިފިއެވެ. އެއާއެކު އެރި ތަދައިގެން ޒީޝާ އަށް ހަޅެއްލަވައިގަނވުނެވެ. އަތް ބިނދުނީ ކަންނޭގެއެވެ. އެވަގުތު އަތުން އަޑެއް ވެސް ކިޔައިގެން ދިޔައެވެ. ޒީޝާ ގެ އަތަށް ބާރުކުރަމުން ދިޔަ މާނިއު ހިގަނެގެން ހުރީ ޒީޝާ އަށް ވަމުން ދިޔަ ގޮތުން އޭނާ އަށް ހިންހަމަ ޖެހުން ލިބެމުން ދިޔައީތީއެވެ.
ޒީޝާ އަށް އެތަކެއް އަނިޔާތަކެއް މާނިއު ދިނެވެ. އޭނާ ގޮތް ދޫނުކޮށް ގޭން ނުކުތުމަށް ދުއްވައިގަތީ މާނިއު ގެ ފަރާތުން ލިބެމުން ދިޔަ އަނިޔާތަށް އިތުރުވީތީއެވެ.
“ކަލޭ ދުވަހަކުވެސް އަހަރެން ވަރިއެއްނުކުރާނަން އަޑު އިވިއްޖެ” މާނިއު އިއްވާލިއެވެ.
“ކަލޭ ޖެހޭނީ އަހަރެން ވަރިކުރަން… ވަރިކުރަން ޖެހޭނީ” ޒީޝާ ގެ އަޑުގައިވި ޖެހިލުންވުމުން މާނިއު އައިސް ޒީޝާ ގެ އަނގައިގައި ހިފިއެވެ.
ޒީޝާ އޭނާ އަށް އެންމެ ތަންކޮޅެއް ވެސް ދޫ ނުދިނުމުން މާނިއު ރުޅިއައިސް ޒީޝާގެ ބުރުގަލަށް ދަމައިގަތެވެ. އެއާއެކު ޕިން ކަރުގައި އެޅިގެން ދިޔައެވެ. އޭނާ އަށް ހަޅޭއްލަވައިގަވުނެވެ. އެއާއެކު މާނިއު އޭނާގެ އަތުން ދޫކޮއްލިއެވެ. އަދި ހަޅޭއްލަވައިގަތެވެ.
“ކަލޭ ވަރިވާން ދޯ ބޭނުމީ.. ހަހަ. ” މާނިއު ހޭންފެށިއެވެ. ހީވަނީ މޮޔަވެފައި ހުރި މީހެއް ހެންނެވެ.
“މައްސަލައެއް ނެތް އަހަރެން ކަލޭ ވަރިކޮށްފާނަން…” މާނިއު އައިސް ޒީޝާ ގެ އަތުގައި ހިފާ އޭނާ އާ ދާދިގާތަށް ދަމަގަންނަމުން ވާހަކަ ދެއްކިއެވެ. “ކަލޭ ތިހުރީ ވަރިކޮށްފަ” މާނިއު ރުޅިއައިސް ބުނެލިއެވެ. އަދި އައިސް ޒީޝާގެ ކަރުގައި ހިފިއެވެ. ކަލޭ މިގޭން އަހަރެން ނެރޭނީ މިދެއަތުން… މިހެން ކަރުގަ ހިފައިގެން ހުރެ. އޭރަށް ވާއިރު ކަލޭ ގެ ފުރާނަ ހުރިއްޔާ ހުރީ މަރުވާނަމަ މަރުވާންވީ” މާނިއު އެހެން ކިޔާ ކޮއްޕަމުން ކަހަލަ ގޮތަކަށް ދޮރުން ބޭރަށް ނެރުނެވެ. ގިނަމީހުން ލިފްޓް ބޭނުން ކުރާތީ އޭނާ ހިޔާރުކުރީ ސިޑިއެވެ. އޭރުވެސް ޒީޝާ ދޫކޮއްލުމަށް އެދި ތެޅެމުން އާދޭސް ކުރަމުން ދިޔައެވެ. ދޮރޯށި ދޮށަށް ޒީޝާ ކޮއްޕާލި ވަގުތަކީ ދާނިޝް އައިސް މަޑުކޮއްލި ވަގުތެވެ. އޭނަ ކާރު ޕާރުކުކޮއްލުމާއެކު އައިސް ޒީޝާ ގެ އަތުގައި ހިފާ ނެގިއެވެ. މާނިއު އެ ދެމީހުންނަށް ބަލާލާފައި އެތެރެއަށް ދެމިގަތެވެ. އޭރު މަގުމަތިން ދިޔަ މީހުންގެ އަމާޒަފަތް ގަނޑަކަށް އެމީހުން ވެގެން ދިޔައެވެ.
ދާނިޝް ޒީޝާ ގޮވައިގެން ގޮސް ކާރަށް އަރުވާފައި އޭނާ ދުވެލާފައި އައިސް އަނެއްފާރާތުން އަރާ ކާރުދުއްވާލިއެވެ. ޒީޝާ ގިސްލާފައި ރޮމުން ދިޔަ ގޮތުންނާ ބުރުގާ އޮތް ގޮތުން އެ ދެމީހުން ދެމެދު ވަރަށް ބޮޑު ކަންތައްގަނޑެއް ހިނގައިގިކަންދާނިޝް އަށް ދެނެގަނެވުނެވެ. ޒީޝާ ކަރުގައި ހިފާލަމުން އާތް ޔޭ ބުނެލުމާއެކު ދާނިޝް އަށް ކާރު ހުއްޓާލެވުނެވެ. އަދި ކަންބޮޑުވުމާއެކު ކިހިނެތް ވީ ހޭ އަހާލިއެވެ.
ޒީޝާ އުނދަގުކުން ކަރު ދޮށުގައި ޕިން އެޅުފަ ހުރީތީ ދިލަ ނަގަނީ ކަމާށް ބުނެލިއެވެ. އޭރުވެސް އޭނާ ދިތައީ ގިސްލަމުންނެވެ. އަދި އަތަށް ބަލާލަމުން އައްދިއްޔޯޔޭ ބުނެލިއެވެ. “ކިހިނެތްވީ ތަދުވަނީތަ؟” ދާނިޝް ޒީޝާ އަށް ބާލަލަމުން ވާހަކަ ދެއްކިއެވެ.
“އާނ… ތަދުވޭ… ހީވަނީ ބިނދިފަހެން” ޒީޝާ ގިސްލަމުން ބުނެލިއެވެ.
“އެހެން… ހިނގާ ހޮސްޕިޓަލަށް ދާން” ދާނިޝް ބުނެލިއެވެ.
އަދި ޒީޝާ އަށް ފުންކޮން ބަލާލިއެވެ.
“މިރޭ އަހަރެން ތިކަމަށް ގޮތެއް ނިންމާނަން… އޭނާ އަކަށް ލާހިކެތް ނޫން ދެން ތިހެން އަނިޔާ ކުރާކަށް” ދާނިޝް ރުޅިއައިސް އިނދެބުނެލިއެވެ. “އޭނާ… އޭނަ… އަހަރެން ވަރިކޮށްފި” ޒީޝާ ގިސްލަމުން ބުނެލިއެވެ. އެއާއެކު ދާނިޝް އަށް ކީކޭ ހޭ އަހާލެވުނެވެ.
ދާނިޝް ގާތު ޒީޝާ ދެވަނަ ފަހަރު އޭނާ ބުނި އެތި ތަކުރާރުކޮށްލިއެވެ. އެއާއެކު ދާނިޝް އަށް “ގުޑް” އޭ ބުނެވުނެވެ. “ދެން އޮތީ ކޯޓުގަ ސާބިތުކުރުން…. މި ވީގޮތުން ނެތެއްނު ދެވޭކަށް ހިނގާ އަހަރެން ގެއަށް ދާން…އ އައިލީވެސް އުޅޭނެ ކަންނޭގެ މިހާރު ގޭގަ… އައިލީ ޕްރެގް ވި ފަހުން ޒީޝާ އަށް ވެސް އައިލީ ކައިރިއަށް ނުދެވޭ ދޯ” ދާނިޝް ބޭނުންވީ މައުލޫ އަނބުރާލާށެވެ.
“އެކަމަކު ދާނިޝް ތި ގެއަށް… އަހަރެންނަކަށް ނުކެރޭނެ… އަދި ދާނިޝް އަހަރެންނަށް ތިކަންތައް ތި ކޮއްދިނީ ކީއްވެކަން އަހަރެންނަކަށް ނޭނގޭ… ހަމަ ގައިމުވެސް ތިގެއަށް ގޮސްފިނަމަ އައިލީ ގެ ސުވާލުތަށް ވެސް ކުރިމަތިވާނެ އެއްނުންތަ؟” ޒީޝާ ވެސް ކަރުނަތަށް ފޮހެމުން ބުނެލިއެވެ.
“ޒީ… ދާނި ކޮންތާކަށް ދެން…. ކުރިމް ދުވަހު ޒީ އަމިއްލައަށް ކިޔައިދިނީ ބޮޑުދައިތަމެން ޒީ އާ ހެދި އުނދަގޫވެގއން އުޅޭ ވާހަކަ… ދެން މާނިއު ގެ އެޕާރޓް މެންޓަކަށް ޒީ އަކަށް ނުދެވޭނެ ދޯ… އައިލީ ނަމަވެސް ބޭނުންވާނެ ޒީ އއަހަރެންނާ އެކީ ގެންދަން… އަހަރެން ބުނާނަން ޒީ މަގުމަށްޗަށް ކޮއްޕާލަނިކޮށް ފެނުނިއްޔޭ… ޒީ އެއްނު ބުނީ އައިލީ އަށް އެނގެޔޭވެސް….” ދާނިޝް ބުނެލިއެވެ. އެއާއެކު ޒީޝާ ބޯޖަހާލިއެވެ.
“އެކަމަކު އޭގެ ކުރިން ހިނގާ ހޮސްޕިޓަލަށް ދޯ” ދާނިޝް މަގުމައްޗަށް ނަޒަރު ހުއްޓާލިއެވެ.
ދާނިޝް ގެ އެތަކެއް ވާހަކަ ތަކަށް ފަހު އޭނާވެސް ދާނިޝް އާއެކު އައިލިޝް ގެ ގެއަށް ދާން އެއްބަސްވީއެވެ.
ޑޮކްޓަރަށް ދައްކާ ނިމިގެން އައިލީޝް ގެ އަތުގައި ހިފާލައިގެން ރާސިލް ނުކުތް އިރު ދެމީހުންގެ ތުންފަތް މަތީގައިވެސް ވަނީ ހިނިތުންވުމެކެވެ. ރާސިލް އައިލީޝް އަށް ބަލާލިއެވެ. އޭނާ އައިލީޝް ގެ އަތަށް ބާރުކޮށްލިއެވެ. ކިތަންމެ އުފާވެރިކޮށް އުޅުނަސް ރާސިލް ގެ ހިތުގައި އަބަދުވެސް ބިރެއްވެއެވެ. އޭނަ އަކީ ވަކި މަގްސަދެއްގައި އައިމީހެކެވެ. އެކަން އައިލީޝް އަށް އެނގޭ ދުވަހު ވާނޭ ގޮތެއް ނޭނގެއެވެ. އައިލީޝް އޭނާ ދޫކޮށްލާނީހެއްޔެވެ؟ ނޫނީ އޭނާ އާއެކު ވާނެހެއްޔެވެ؟، ހައްތަހާ ސުވާލެވެ. އެއްވެސް ސުވާލެއްގެއް ޖަވާބު މިވަގުތު ޚުދު ރާސިލް ގެ އަތުގައިވެސް ނެތެވެ.
ރާސިލް އާއި ދެމީހުން ގޮސް ޕާރްކްކޮއްފައިއޮތް ކާރަށް އެރިއެވެ.
“އައިލީ… އަހަރެންނަށް ޓްރަސްޓް ކުރަންތަ؟” ކާރަށް އަރާ ރާސިލް ކުއްލިއަކަށް އަހާލިއެވެ. އެއާއެކު އަތުގައި އޮތް ރިޕޯޓް އަށް ނަޒަރު ހުއްޓައިލައިގެން އިން އައިލީޝް އަށް ސިހިފައި ހައިރާންކަމާއެކީ ރާސިލް އަށް ބަލާލެވުނެވެ. އޭނާ ހީލަމުން ބޯ ޖަހާލިއެވެ. އަދި އަނެއްކާވެސް އަތުގައި އޮތް ރިޕޯޓަށް ނަޒަރުހުއްޓާލިއެވެ. އޭނާ ގެ ހިތުގައި ވަނީ ރާސިލް އާ އެކު ލޯބި ލޯބި އާއިލާ އެއް ބިނާކޮށްގެން އޭނާ އުޅޭނޭގޮތެވެ. އެ ހިޔާލް ގައި ބެހެމްން ދަނިކޮށް ރާސިލް މިފަހަރުވެސް އައިލީޝް ގެ އަތުގައި ހިފާ އެ ފޮނި ހިޔާލްތައް ވިއްސި ވިހާލިކޮށްލިއެވެ.
“އައިލީ… މިސާލަކަށް އަހަރެންނާ އައިލީ ވަކިވާން ޖެހިއްޖެއްޔާ… ކޭން ޔޫ ބީ ބްރޭވް އިންފް ޓް ލިވް ވިތައުޓް މީ” ރާސިލް ބުނެލިއެވެ. އެއާއެކު އައިލީޝް ދެފަރާތަށް ބޯ ހޫރުވާލިއެވެ. އަދި ފޯން ގައި ލިޔެލާފައި ޓެކްސްޓެއް ދައްކާލިއެވެ. ތިކަހަލަ ވާހަކަ ނުދައްކާށޭ ބުނެފައި އޮތް ޓެކްޓްސް ފެނި ރާސިލް އަށް އިތުރު އެއްޗެއް ބުނާކަށް ނުކެރުނެވެ. އިތުރު އެއްޗެއް ނުބުނެ ރާސިލް ވެސް ކާރު ދުއްވާލިއެވެ.
ދެމީހުން ގޮސް ގެއަށް ވަތް އިރު ސިޓިން ރޫމްގައި ހުރި ހިޝްމާގެ ގައިގައި ބައްދައިގަނެގެން ރޯން އޮތް ޒީޝާ އައިލީޝް ގެ ލޮލުގައި އަޅައިގަތުމާއެކު އަވަސް ފިޔަވަޅުތަކެއްގައި އެ ދިމާލަށް މިސްރާބުޖެހިއެވެ. އެވަގުތު އޭނާ އަށް ފައި އެޅުނުގޮތަކަކުން ކައްސައިލައިގެން ވެއްޓެން ދިޔައެވެ. އެހެންނަމަވެސް ހުޝިއާރު ކަމާއެކު ރާސިލް އައިސް އައިލީޝް ގެ އަތުގައި ހިފާ ވެއްޓުނު ނުދީ ހިފެއްޓިއެވެ. “އައިލީ ބަލައިގެން” ރާސިލް އެހެން ބުނެލިއއިރު އެ އަޑުގައި ވި ކަންބޮޑޮވުން ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ހުރި ދާނިޝް އަށް ވެސް ފާހަގަ ވިއެވެ. އޭނާގެ ތުންފަތް މައްޗަށް ލުއި ނަމަވެސް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
“ޔޫ ރިއައިލީ ލަވް ހާރ ބްރާދަރ… ޔޫ ރިއަލީ ޑޫ…” ދާނިޝް ގެ ހިތަށް އެރިއެވެ. އޭރު ރާސިލް އާއި އައިލީޝް އާއި ދެމީހުންނަށް ތިބެވުނީ އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައެވެ.
ރާސިލް އައިލީޝް ދުރުކޮށްލަމުން ބަލައިގެން އުޅުމަށް ބުނެލިއެވެ. އެއާއެކު އައިލީޝް ބޯ ޖަހާލިއެވެ. އަދި ޒީޝާ ގާތަށް ގޮސް ކޮނޑުގައި ހިފައްޓާލިއެވެ.
އޭރު ޒީޗާ ވެސް ހުރީ އެ ދެމީހުންނާ ދިމާލަށް ބަލަހައްޓައިގެންނެވެ.
އޭނާ އިޝާރާތުން ކިހިނެތްވީހޭ އަހާލިއެވެ. އެއާއެކު ޒީޝާ ބަލާލީ ދާނިޝް އަށެވެ. އައިލީ އަށް ކިޔައިދޭން އެހީތެރިވެދޭށޭ ބުނާފަދަ ގޮތަކަށެވެ. އެއާއެކު އައިލީޝް އަށް ވެސް ދާނިޝް އާ ދިމާލަށް ބަލާލެވުނެވެ. އަދި އަނެއްކާވެސް ކިހިނެތްވީހޭ އިޝާރާތުން އަހާލިއެވެ.
ޒީޝާގެ ގެ އަތުގައި އަޅާފައި އޮތް ޕްލާސްޓަރު އޭނާ އަށް އަޅައިގަތީ ދެނެވެ. އެ ވާހަކަ އެހުމުން ޒީޗާ ވެސް ކުރި ގޮތަކަށް ކަންތަށް ވީ ގޮތް ކިޔާލަދިނެވެ.
އެއާއެކު ދާނިޝް ކުރިއަށް ޖެހިލާ ޒީޝާ އާއި ދެމީހުން ރާވާފައިވާ ގޮތަށް އައިލިޝް އަށް ކިޔަދިނެވެ. އެހުރިހާ އިރުވެސް އެތަނުގައި ނެތީ އެންމެ މީހެކެވެ. ޒާހިދުއެވެ.
ޒާހިދު އިނީ ގޭގެ ސްޓަޑީ ރޫމްގައެވެ. ކޮންމްވެސް ފައިލް އެއް ހުޅުވާލައިގެން އިންދާ އޭނާ އަށް ފޯން ކޯލެއް އައެވެ. ނުދަންނަ ނަންބަރަކަށް ވުމާއެކު އޭނާ ފުރަތަމަ ފޯން ނުނަގާ ބޭއްވީއެވެ. އެހެންނަމަވެސް ދެވަނަ ފަހަރަށް ގުޅުމުން އޭނާ އެ ފޯން ނަގާ ވާހަކަ ދެއްކިއެވެ.
“ހަލޯ… އަހަރެންގެ އަޑު އިވުނީމަ ވަރަށް އުފާވާނެ ދޯ” އެކޮޅުން ބުނެލިއެވެ. އެ އަޑު އިވުމާއެކު ޒާހިދު އަށް ގޮނޑި ފަހަތަށް ދަމާލާ ތެދުވިއެވެ. އޭރު އޭނާގެ މޫނުމަތިން ހާސްކަމާ އެއްވަރަށް ކަންބޮޑުވެފައި ހުރި އަސަރުތައް ފެންނަމުން ދިޔައެވެ. އެކޮޅުން ބުނެލި ވާހަކައިން އޭނާގެ މޫނުމަތިން ދާހިތްލަން ފެށިއެވެ. އޭރު އެތަނުގެ އޭސީ ހުރީ އެންމެ މަތިކޮށްފައި ކަމަށް ވިނަމަވެސް އެކަމުން އެއްވެސް ފައިދާއެއްނުކުރިއެވެ.
“ކަލޭގެ ބޭނުމަކީ ކޮބާ؟” ޒާހިދު އަހާލިއެވެ. އެ އަޑުގައި މަޑު މަޑު ތުރުތުރެއް ވިއެވެ.
އެކޮޅުން އޭނާ ބޭނުންވާ ކަންތައް ބުނުމާއެކު ޒާހިދު އެއްބަސް ވިއެވެ.
“އަހަރެން އެއްބަސް… އެކަމަކު… އާ އޯކޭ ޑަން” ޒާހިދު ފޯން ކޯލް ނިންމާލިއެވެ. އަދި ފުންނާވާއެއް ލިޔެވެ. ބަލަން އިން ފައިލް ލައްޕާލަމުން އޭނާ ދާތިކިތަށް ރުމާކޮޅުން ފުހެލިއެވެ. އަދި މޫނުމަތީގައި އަތް ހިންގާލިއެވެ.
އައިލީޝް އާއި ޒީޝާ ހަވާލުކޮށްފައި ދާނިޝް ދިޔައީ މައްޗަށެވެ. ވެފައި ހުރި ވަރުބައްޔާއެކު އޭނާ އެނދުމައްޗަށް ވެއްޓިގަތެވެ. މާޒީގެ ހިޔާލްތަށް އޭނާ ވަށައިލަން ނެގީ މަދު ސިކުންތު ކޮޅެލެވެ.
******
އިފްޝާ އާއެކު އެ ގެއަށް ގޮސް އިފްޝާ ގެ މަންމަ ޑޮކްޓަރަށް ދެއްކުމުގައިވެސް ދާނިޝް އެހީތެރިވެދިނެވެ. އޭނާ ހޮސްޕިޓަލް ގައި އުޅެނޮކޮށް ޒާހިދު އަށް އޭނާ ފެނުނުކަމެއް ދާނިޝް އަކަށް ރޭކާނުލައެވެ. އެ ދހުވަހު ހޮސްޕިޓަލް ކަންތައް ތައް ނިންމާލުމަށްފަހު ދާނިޝް ގެއަށް ދިޔައެވެ. އޭނާ ސިހުނޫ ޒާހިދު ގެ ހޫނު އަތްތިލައެއް އޭނާގެ ކޯތާފަތަށް އަރައިގެން ދިޔުމުންނެވެ.
“ކަލޭ ކީކޭ ހިތަށް އަރައިގެންތަ އެ އަންހެނާ އާ ހެދި ތި އުޅެނީ… އެއީ ބަލަ ބޮޑު ނިކަމެއްޗެކޭ… އަދިވެސް ކަލޭ އަށް ނުވިސްނޭތަ؟” ޒާޖިދު ބުނެލިއެވެ. “އަހަރެން އެއީ ކޮންތާކު ކިހިނެތް އުޅޭ ކުއްޖެއްތޯ ބަލައިފީމޭ… އެ އަންހެނާ ކަލެއަކާ އެކަށީގެނެއް ނުވޭ… އެކަހަލަ މީހުންނަކަށް އަހަރެންގެ އޮފީހުން ޖާގައެއް ނޯންނާނެ” ޒާހިދު ހީވަނީ ދާނިޝް ކައިލަފާނެހެންނެވެ. އެހާ ވެސް ރުޅިވެރިކެން އޭނާގެ ކޮންމެ ހަރަކާތަކުންނާ ލޮލުން ފެންނަމުން ދިޔައެވެ.
“ބައްޕާ އެކަމަކު”
“ކޮން އެކަމަކު އެއް ކިޔާކަށް ހުއް…. އެއްވެސް އެކަމަކު އެއް މިކަމަކު އެއް މަގޭ ކުރިމަތީ ނޯންނާނެ އިނގޭ… ކަލޭ ތި އަންހެން ކުއްޖާ އަށް ރަނގަޅު ގޮތް ވާން އެދޭނަމަ ހަމަ މިހާރު ދޫކޮއްލާ… މާ ރީއްޗެއް ނުވާނެ އިނގޭ އޭނާގެ ވަޒީފާ ގެއްލި ބިކަވީމަ” ޒާހިދު އިއްވާލިއެވެ. އަދި އެތަނުން ދުރަށް ހިނގައިގަތެވެ. ހީވަނީ އޭނާގެ ފަހުބަސް އިއްވީ ހެންނެވެ.
“އައި އެމް ސޮރީ ޑޭޑް…. އައި ރިއަލީ އޭމް… އެކަމަކު އިފޫ ދޫކޮށެއްނުލެވޭނެ” ދާނިޝް ބުނެލިއެވެ. އަދި އޭނާވެސް ސިޑިއާ ދިމާލަށް ހިނގައިގަތެވެ.
**********
ހިޔާލުތަކުން ނުކުމެވުނު ދާނިޝް ފާހާނާ އާ ދިމާލަށް މިސްރާބުޖެހީ ފެންވަރާލާށެވެ.
އެރޭ އެގޭގެ މަތީބައިން ރޫމެއް ޒީޝާ އަށް ތައްޔާރުކޮށްލަދެވުނެވެ. ޒީޝާ ކޮތަރިއަށް ގެންގޮސް އަރާމްކޮއްލުމަށް ބުނުމަށްފަހު އައިލީޝް އޭނާގެ ކޮޓަރިއަށް ދިޔުމަށް މިސްރާބުޖެހިއެވެ.
ކޮޓަރީގައި ހުރި ސޯފާގައި އޮށޯވެގެން އޮތް ރާސިލް ގެ ސިކުނޑީގައި އިފްޝާގެ ހިޔާލްތަށް ދައުރުވަމުން ދިޔައެވެ.
‘ދޮންތާ” އިފްޝާގެ މަތިން ހަނދާން ވުމާއެކު ރާސިލް އަށް އެ ނަން ކިޔާލެވުނެވެ. “ދޮންތާ….” ރާސިލް އަށް ދެންވެސް އިފްޝާއަށް ގޮވާލެވުނެވެ.
**************
ރާސިލް އާއި ސަލީމާ ތިބީ އިފްޝާ ސޯފާގައި ބައިންދައިގެންނެވެ. ދެމީހުން ދެފަރާތުގައި ތިބިއިރު ކެނޑި ނޭޅި އިފްޝާ ރޮމުން ދިޔައެވެ. އެއްބައިފަހަރު ބާރަށް ރޮއިގަންނާނެއެވެ. އަނެއްބައިފަހަރު ރުއިން މަޑުވާނެއެވެ. ފުންނޭވާއެއްލާނެއެވެ. މޫނުގައި ދެއަތް އަޅާ ފޮރުވާލާނެއެވެ.
ނުކުންނަ ވޭނީ އާހް ތަކުން ސަލީމާ އާއި ރާސިލް ގެ ހިތަށް ވެސް ހީވަނީ އެތަކެއް ހަންޖަރުތަކެއް ހަރައިލާ ހެންނެވެ.
“ދޮންތާ… ” އިފްޝާ ކައިރިއަށް ޖެހިލާ އިފްޝާގެ އަތުގައި ހިފާ އެމޫނާ އެ އަތް ތިލަ ދުރުކޮއްލަން މަސައްކަތް ކުރަމުން ދިޔަ ރާސިލް އަށް ވެސް ކާމިޔާބް ވާގޮތެއް ނުވިއެވެ.
“ދޮންތާ ކާކުތަ؟ އެ ކިޔާ ދާނިޝް ހުވާ” ރާސިލް ތެދުވަން އުޅުމުން އިފްޝާ އޭނާގެ އަތުގައި ހިފާ ހުއްޓުވިއެވެ. އެއާއެކު ރާސިލް އަށް ހަދާނެގޮތް ހުސްވިއެވެ.
“އެ ދާނިޝް ގެ ކަންތައް ދޯ މީ” ރާސިލް ރުޅިއައިސް ބުނެލިއެވެ. އެއާއެކު އިފްޝާ ދެފާރާތަށް ބޯ ހޫރާލިއެވެ. ރާސިލް ދެން ކާކުހޭ އެހުމުން އިފްޝާ އެއްޗެއް ނުބުންޏެނެވެ. “ދާނިޝް ދޯ ދޮންތާ؟” ރާސިލް ދެންވެސް މަޑުމަޑުން ސުވާލުކޮށްލިއެވެ. އެއާއެކު އިފްޝާގެ އަނގައިން ނުކުތީ އެންމެ ބަހެކެވެ.
“ދާނިޝް”
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
77 Comments!
Comments are closed.








Salaam. So heres the 18 ep. Pls comment on DHEN VAANI KIHINEHBAA?. a long part right?. More than 17 oages ingey. Cause himi up kuraa dhuvas thakuge therein thurs ga uo nukohladhevunima. Hope u will forgive me all. Thankyou all.
Much loves.
Jazakallah Khairan…
And pls mistake hurehaane mibaiga. Himi mireyge vaguthehga edit kohlaanan. In Sha Allah. So ehves kujjaku himi dheke rulhi naanathi ingey. Hehe. Much loves. ☺☺☺
haadha rangalhey hi mi dhoonee
Alheyhhhh thanks akiiiii☺☺☺
Hi mi vaahaka v Reethi
Kp it up
Alheyhhhh thanks fai. V ufaavehjje.
Yay. Me first dhw. Vaahaka varah reethi. Waiting for the next episode
Thanks. Meemee. V ufaavehjje. Thankyou so much. ☺☺☺
Hey me 1st dhw
Alheyhhh so sad sheen. First eh nulibunu mifaharu. Try next time ingey. Hehe. V ufaavehjje kiyaathy story. Thankyou. ☺☺☺
Xeesha ge hivvarah hama assaribahaa saabas… n mihaaru v curious eba vey ailee ge dad ulhey gothun….. many questions….. BTw, thnks sooooo much dhiguko up kolleema n kiyaidhinun vx v nice… keep it up himi???
Thankyou lotus. V ufaavehjje comment kiyaalaafa. Hingaa balamaa dw dhen vaanegitheh. Hama gaimuves shocking gina kanthah thakeh eba huri. Hehe. In Sha Allah. V ufaavehjje. Thankyou. Dear. ☺☺☺
varah reethi mi part ves. but varah mistakes ebahuri like dhanish ge name rasil ge name jahan v thanuga. mi ulhe maniu ge huri nubaikan haadha fooseh veye. atlast violent vefa ves zeesha salaamah vejje dhw. hmm rasil u will regret latr. dhanish blackmail kurani aili use kohgen, when she finds out u will lose her and baby too. anyway dhanish eh noon ifsha rape kuri,i think ei maniu hen with ifoo dheke rulhi anna reeka ya dhw. wait is her name reeka hehe i dnt remembr her name raaidha dhw ei?. anyway from todays part i think dhanish ge dad ge atheh ves eba veyhen. may be he paid maniu to rape ifsha. argh. lets see waiting for the nxt part. varah reethi mi part ves.
Annoying reader helloooo. Hws yuh. Missed yh ingey. Reekaa eh nuney dear. Reeka ulheni hithaa furaanain ga ehnu. Hehe. Eyi raaidhaa ingey. Yh. Ailee ah ingeyne dhuvahakah inthixaar kuramaa dw. Lets see whats gonna hpn next. Varah gina guess thakeh dw thi kohli. Himi ufalun huihaa dhatheh fenna varah heegainegen indhe reply mi kohlani hehe. V ufaavehjje. Thanks a lotttttsssss. ??❤?
hehe yeah dhw so many guesses. lets see if my guesses are right. insha allah im fine hope ur doing great too himi. waiting for the next part
laailaaha illallaah…….. y will we not forgive huri haa dhuvahehge shakuvaa ehdhuvahun mihury nimmaalaafa ehnu omg gadha ingey Hi Mi………. story is like always mind blowing, superb, awesome n bang on
Unique dear. Himi ah thihaa support kuraathy vvv ufaavehjje. Mihaaru unique ge comment akah hama inthixaar kureveniiiyyyyy hehe. Up kohlaafa abafhu comme t kuraathy. Enem readers ge comment ah inthixaar kuraa hen. Hehe. Hama v happy. Thankyou so much. Much loves. ?❤?
Salhi
Thanks araash… ☺☺☺☺☺
Acchydi varah hadi
Ehnmeehun namuga msg nukuriyas vaane hehe.e ee dhogeh hi mi varah reethi ur the best ??
i have a request…. plx mi vaahaka hadi kudhin mi nukiyaathi…. thihaa bad comment thah fenunyma liuntheriyaa ge confidence dhah vaany but hi Mi vvvv brave so she wont….. n why thikahala negetive comment kuran story kiyanee??? ehaa hadi iru
Thanks beauty. Thankyou for ur support. Enme furathama beauty ge namuge comment kohfa in besuty ah. Bunelan beynun vani hurihaa kudhinnah hurihaa stories reecheh nuvaaneyey. Eyi massala ehnuney. And beauty thanks for supporting me. Then uniqur dear ah bunelan beynun vani himi ah thidhey support ah fah fashun shukuriyya. Ey. Yayyyyy himi v ufaavey thihaa suppirtive kudhin kolheu libunima. ☺☺☺☺☺
Dhaanish ge bappa kanneynge mihurihaa Kameh kohgen miulheny. Thi maaniu akah Laari dheegen kanneynge thikanthah thikuru v..
molhu ingey…… intelligent
Thihama mashahves visnun ethi
CID ge hiyalah haadha gina kudhin tjaaeedhey dw. Himi ah ves heevey varah intelligent vaane hen cid kiyaathy hehe. V ufaavehjje. Hingaa balamaa dhen vaa gotheh dw. Thanks and much loves. ☺☺☺
Thikahala nubai meehunnaa dhekolhah thedhuvaan nukereythi aharemen hurihaa aniyaeh libenee.dharinge hagguga adhi eythin dheke vaa loehbakun thibevenee.ekam ehves rahmeh nuhurey miulhey firihenunge .
Ekahala firihenunnah v hama emyhun hadhaa hen hadhan. Jahaafiyya eahvuren baarah v jahan.
Beauty saloon and unknown thanks hiyaal faalhu kohlima. ☺☺☺☺
Ohhh ???… I just don’t know what to say ???… Mi part vx v v v reethi Maasha Allah ???… I love it ❤️❤️❤️… I hate this maaniu ???… Finally zeeshaa vari kury dhw ???… I’m happy for her ???… Raasil vx dhw… Dhn kihineh baa vaanee??? Mihaaru mivaa gothun maa bodah vx heevey dhaanish ge dad ge atheh vaahen ifsha rape kurumuga ???… Maybe he paid for that or maybe he planned all that ???… Raaidhaa ge plan akahvx vedhaane ???… Kaakubaa e gulhy dhaanish ge dad ah??? ???… I think maaniu noonee raaidhaa henn heevany… Heheheh… Pinky ge guesses ingey ???… V v v beynun vehje dhaanish ge dad ah gulhi myheh balaalan… Ailee ge mom sign language dhaskuree dhw ???… I was surprised ???… V ufaavi aslu… Ailee ah visneyne nama dhw ???… Kyhve baaey ailee eynage mom dheke ehaa e rulhi annaneee??? ???… Soooo many things that I want to know… Hehhe… Suvaalu thakuge javaabu hodhan story hama kiyamun dhaanan ingey Hi Mi In Sha Allah ??????… Avahah up kohlyma kanneynge 3 thanehga names olhifa ebain n some typing mistakes eba huri… Story kuriah gendhaa goi hama superb ???… Eh part ah vure aneh part maa bodah vx reethi vefaa interesting ❤️❤️ ❤️❤️❤️??????… Vaahaka kiyaa iru hama heevany pinky ah vaahaka thereyga ulheveyhenn… Seems that everything is happening in front of my eyes ??????… Keep up the good work my favourite Hi Mi ❤️❤️❤️?????????… Hi Mi is the best hama ???… Hi Mi haadha ragalhey Maasha Allah ??????❤️❤️❤️… Up nukurevunu dhuvasthakah long part eh thi genesdhiny ??????❤️❤️❤️… I’m soooooo happy ???… Hi Mi abadhuvx readers ge happiness ah v visnaakan faahaga vey ???… Reply vx ehaa loabi loabi ❤️❤️❤️???… Hi Mi akee ehen writer’s namoonaa eh gothah baliganeveyfadha writer eh pinky dhekey gothuga ??????… Love you soooooooooooo much ❤️❤️❤️??????… Abadhuvx thigothugai kuriah dhaashey pinky bunelaany n I m always with you In Sha Allah ❤️❤️❤️???… Dhn neynge bunaane ehcheh vx… ???… Curiously waiting for the next part… Lots of love from me my favourite my best Hi Mi ❤️❤️❤️????????????
Hey dear. Pinky pinkyyyyy hehe. V yfaavehjje. Long long comment eky dw mi. Himi mi ini comment kiyamun dhiyairu hurihaa dhatheh fenna varah heelaigen. Bunane ehchei neygifa. Again pinky ge ithuru guess thakeh mi oh libuni himi ah. Gina faharu hama dhimaaveyey. Dw. Pinky bunaa gothah. Mifaharuves balmaa dhimaa veytho. Ur comment ge enme bodu fan aki himi ingey. Abadhuves inthixaar kurevey commet eh. Rhaa colourful long amaxing comment eh konme faharaku ves kohlaani. Himi hunnaani speechless vefa bunaane ehchei neygifa hehe. Vvv ufaavehjje. Much lives from me dear. Ur comment ge fan -himi-
Loves????❤❤??❤??❤??❤?❤???❤❤???❤❤
I’m jls pinky shifooo maa long comments kurany… I do want to comment long koh, ekan I’m too lazy… Sorry for that himi???
Its ok reader. Massala eh nun hehe. Btw himi aki e comment ge fan ekey. Reader ah i geytha?.
Heheheh ???… Pinky shifoo long comment kuraane ehnu Hi Mi akee pinky shifoo ge number 1 favourite writer ey ??????… N I’m soooooo happy Hi Mi that Hi Mi ah pinky ge comments ehaaaaa kamudhaathy ❤️❤️❤️ ???????
Very nice Waiting for next part
Thanks nunama. V ufaavehjje. ☺☺☺
Story v reerhi…v furihama ???enme thafaathy maazy ge bai anna goiy.. HiMi ge story thakuga v faahaga kurevey reethi gotheh ae..i love this story ❤️❤️❤️
Thanks dear chim. Himi ah heevani eh fahraa maazee genaima kudakoh foohi vedhaane story ge plot in gothun. Ehneve hama hithaa furanain ga ves genaj gothah mi gennani. Hehe. Thanks a lot. Much loves from me. ☺☺☺
HI MI dhooni ??????
haadha rangalhey ☺ ☺ ☺
V V reethi mi part ves ☺ ☺
Aslu mi haa bodu story ay mihaa furihama koh fushu naaraa gothah ……. ayves foohi kamey nethi kuriyah gengos dhey thee HI MI ah v bodhah thanks ?????
Good luck ???????
Thanks azy. Again axy ge loabi comment eh dw. Vvv ufaavey thihaa loabi comment thah kihlaathy. It really means a lot. Thi comment kiyaafa himi mi ini ufalun bunaane ehchei neygifa. Hehe. Vvv ufaavejje. Thanks a lot. And much loves. ☺☺☺
vvv reethi soo intresting. waiting for next part ……
Thanks mal. Vvv ufaavehjje. Much loves. ☺☺☺
?❤️vvvv salhi.v happy miha dhigukoh up kolleema.dhaanisge dad ge atheh vahen heevanee mikamuga.❤️❤️?
Thanks afy. Vvv ufaavehjje. Hingaa balamaadw dhen vaani kihinehthoa. Shocking vaane ingey hehe. Much loves. ☺☺☺
Axy he comentah thaaeedhu
Thanks chumpu. V ufaavehjje. ☺☺☺
V salhi waiting for nextpart
Thanks Ri. Mirey 9 ga kiyaalan libeyne In Sha Allah. 9 aa 10 aa dheytherey ingey. ☺☺☺
Himi….dhooni salhi salhi…..mistakes eba huri .. ekam that s ok …luv u. ….vvvv salhi….you are anjels fav writer…..she dho…. Heevany raasil mihaar aily dheke vv lobi ve ehhnu ejam heevany dhen emme nubai gadeega hen bust vaany. Raasil sighn language ves dhaskuraane hen heevey …ifsha rape kurii maaniu kannneynge…mihaaru anjel v happy vey abadu dhaanish ge bai nuliue ailee n raasil ge bai ves hunnaathiive….much loves….anjel?
Alhey my dear. Himi haadha ufaavehjje. Thi comme t ah ves inthixaar kohleveyey. Hehe. Dhen hingaa balamaa vaa gotheh dw. Mirey ingigen dhaane ingey. Varah bodethi shocking hagegai thah be ready hehe. Much loves from me. ☺☺☺☺☺
Salaam. Himi ah miulheny hurugaa comment akah reply nukoh levigen. Ekm mirey ge vagutheh ga In Sha Allah. Story kiyaalan libeyne. In Sha Allah. ☺☺☺
Salhi….waiting for next part ??????
Thanks blue beauty. Vvv ufaavehjje. ☺☺☺
Wowwwww.??????….mi part ves hama superb ingey hi mi..?????…this story is becoming more n more inyresting..☺☺☺☺☺☺..adhi enme intresting i zeesha ge bai…..alhe aileesh ah ehen hurefa vaahaka dhekeyne nama..????…i feel pity for her….rasil alhe aily ah dherah gotheh nahadhachey….she will feel heart broken…n.?????.we r not angry with u.?????…its ok….we understand….konme kameh ves hama dhimaavedhaane..☺☺☺.n dhen vaani kihinehbaa????hehe..??????.. keep it up…..i really appteciate this hard working…????????????????????.i will always support u….????❤.love u bodukoh hi mi…. missed????❤❤❤❤❤❤❤❤❤❤❤❤❤❤
Yayyyy click a shot gr comment eh dw. Haadha loabi comment ekey thi kohliii. Himi bunaane ehchei neygifa mi ini. Eha aufaavefa. Mire ah inthixaar kurahchey dear. In Sha Allah. Kiyaalan libeyne. It means a lot thi support ingey. V ufaavehjje. Much loves from me. ☺☺☺
Kamaku nudey. Maa gina meehun ulheythi.
Ehen ves vedhaane ba eh kudhinnah. Ekamaku mi i varah dhigu story eh eki meehunge life ge kanthah thakuge vhk hineney. ☺☺☺☺
Konmevess kujaku bunedhybala alhe ifshaa maruvefatha vyy… Kurin part thah nukiyaarhy neyge.
Seedha Maruvi kamakah neh bunefakaeh rape kuri vaahaka othy…
Yes
Maruvi kameh neennaane bunefa eh… adhi. Lets see dw vaane gotheh much loves. ☺☺☺
varah salhi … kn irakun dhn igeynii rasiil ah eii dhanish ge kameh noon kan.. and eyga dhanish ge bahpa ge atheh vaakan neyge dhw dhanish akah ves …. waiting for the next part
Hingaa balaa v avahah ingeyne ingey hageegai. Lets see. V ufaavehjje. Thanks ingey.vmuch loves. ☺☺☺
Mi story haadha lahunney dhw up vany ???
I am so curious to read the next part ???
Plz plz plz v emme avahakah up kohdhyba
First time story ekkoh mi kiyaaly
But became a fan of this story
Assu v lawbi mi story ????
So plx next part avahah upkohdhehchey
But exam othy ma nues kiyidhaane gavaidhun
Ekm try kuraanan my best mi vaahaka gavaaidhun kiyey thw
Cause it has become my fav story
V inthizaaru kurevey eba
Next part ah
LY ??????♥️♥️
Alheyhhh… ifu. V ufavehjje. Story kiyaaleekan ingunima… vvv happy ingey… next part nw kiyaaleveyne. Fan ekey bunima ufalun bunaane ehchei ves neygifa mi ini. Hehe. Vvv ufaavehjje. Thankyou so much. Much loves from me. ☺☺☺
Wow,….vvvv reethi…
Thanks dear. Much loves. ☺☺☺
Its okay dear. Hurihaa kudhinnah reecheh nuvaane. Thi vomment kiyaafa ves story ithurah reethi kurumah hiyy vareh libijje. So thankyou for that. ☺☺☺
Himi dhoonee… nxt prt kon irakuntha kiyaalan libeynee…
Mihaar up vefa innnaaneee… ☺☺☺
Mi vaahaka varah salhi ….????????
Thanks nahuuu much loves… ☺☺☺
Himi ah miulheny hurihaa comment thakah reply nukurevigen. Ekam mireyge vagutheh ga In Sha Allah. Kiyalan libyne. ☺☺☺
Himi ge age bunefaanan tha? Please? Heevany varah experienced writer eh hen…. Ehenve
Hehe. Himi ge age dw. Himi adhi this year A level nimmiii… ithurah talk kohlan beynun nama mail in kohleveyne. Much loves. ☺☺☺