“ކިހިނެއްވީ؟” ހައިރާންވެ ހުރެ ވިޝާލް ބުންޏެވެ. “ފައިދިގުމަކުނެއް” ދެލޯ ބޮޑުކޮއްލައިގެން ވިޝާލް ގެ ބޮލަށް ބަލަހައްޓައިގެން ހުރެ ޒަކްވާން ބުނެލިއެވެ.
ބަލާކަށް ނުހުރެ ޖޯލިންތެދުވެ އަވަސް ހަރަކާތަކާއި އެކު ވިޝާލް ދެއަތުން ބޯފޮޅާލިއެވެ. އެހިންދު އެ ފައިދިގު މަކުނު ބިންމައްޗަށް ވެއްޓިއްޖެއެވެ.
“ހޫން، މަ ހީކުރީ ވަރަށް ބޮޑު އެއްޗެއްކަމަށް” މަޖާވެލާފައި ހުރެ ވިޝާލް ބުންނެވެ. ޒަކްވާން ހުރީ މަޖާވެފައެވެ. ވިޝާލް އަކީ ކުޑައިރުވެސް ފައިދިގު މަކުނު ދެކެ ވަރަށް ބިރުގަންނަ މީހެކެވެ.
ދެމީހުން އެކުގައި ކަހަލަ ގޮތަކަށް އަލުން ޖޯލީގައި އިށީއިނެވެ.
“ހަޔާ ގެ ވާހަކަ ތިއެހީ ކީއްވެ؟ އޭނަޔާ ދިމާވީތަ؟” ޒަކްވާން ވިޝާލްގެ މޫނަށް ބަލާލަމުން އަހާލިއެވެ.
“ދިމާވެއްޖެ ދެފަހަރު އެކަމަކު އޭނަ ވަރަށް ޗޭންޖްޑް. އަހަރެން ފެނުނީމަ އެނގުނު ކަމަށްވެސް ނުހެދި އަނެއްކާ އޭނަ މަރީޑް ތަ؟” ވިޝާލް މޫނަށް ވައްތަރެއް ޖައްސާލަމުން އެނގެން ބޭނުންވާކަހަލަ ގޮތަކަށް ބުންޏެވެ.
“ވެލް ލޯންގް ސްޓޯރީ ބަޑީ. އޭނަ މެރީކުރި އެކަމް ނައު ޑިވޯސްޑް. ހަރ ލައިފް ވޯސް ވެރީ ކޮމްޕްލިކޭޓެޑް.” ޒަކްވާން އެއް އަތްނަގާ ނިތްކުރިމަތީ ބާއްވާލަމުން ބުންޏެވެ.
” ވަޓް؟ ސީރިއަސްލީ؟ އެކީއްވެ؟” ވިޝާލް ދެބުމަ ގޮއްޖެހާލަމުން ޒަކްވާން އަށް ބަލާލަމުން ސުވާލު ކުރިއެވެ.
” ދެން ހަމަ އެކައިވެނި ރޫޅުނީ ވަރަށް ބައިވަރު މައްސަލަތައްގިނަވެ ދެ އާއިލާ ކޯޅޭ ހިސާބައްދިޔައީމަ. ” ޒަކްވާން ބުންޏެވެ.
“ލޫކް، ކެން ޔޫ ޕްލީސް ޓެލް މީ ފްރޮމް ދި ބިގްނިންގް” ކެތްތެރިކަން ކޮޅުންލައިގެން ގޮސް ވިޝާލް ޖޯލިން ކުޑަކޮއްތެދުވެ ލެނގިލަމުން ބުނެލިއެވެ.
” އެނގޭނު ނިއަލް، އެއްކަލަ ނައީމްބެގެ ދޮށީ ދަރި، އޭނަޔާ ތިން އަހަރުވަންދެން ހަޔާ ރައްޓެހިވެގެން އުޅެފައި މެރީ ކުރީ. ވަރަށް ލޯބިން އުޅުނު، އެކަމަކު ނިއަލް ގެ ފެމިލީ އެހާ ގަބޫލެއްނޫން ހަޔާއަކާ، އެހެންވެ ވަރަށް ދެކޮޅުހެދި އަދި ވަރަށް ބެލި އެކައިވެނި ރޫޅާލެވޭތޯވެސް އެކަމަކު ނިއަލް ހުރީ ދޫދޭގަތަކަށް ނޫން. ދެން އިތުރުގޮތެއް ނެތިގެން ކައިވެންޏަށް ރުހުނިއްޔޯ. ދެން އޭގެ ފަހުގައި މަށަކަށްވެސް ނޭންގެ ރަނގަޅަށް ވީ ގޮތެއް ނިއަލް ހަޔާ ވަރިކޮއްފައި މުޅި ފަމިލީ އެއްކޮށް މާލެ ބަދަލުވީ. ހަޔާ ވަރަށް ހިތާމަ ކުރި. އޭނަ ބަލިވެއިންކަން އެނގުނީ ވަރިކުރިފަހުން އެހެންވެ ނިއަލްއާއި ގުޅޭތޯ ވަރަށް މަސައްކަތް ކުރި އެކަމަކު ނިއަލްގެ މަންމަ ހީކުރީ ހަޔާ ވަރިކުރީމައި ނިއަލް އާއި ގުޅެންވެގެން ހަޔާ ދޮގުހަދަނީ ކަމަށް، އެހެންވެ ނަންބަރު ބަދަލުކުރި. އެމީހުން އަސްލު އުޅޭތަނެއްވެސް ނޭނގެ އޭރަކު، އެންމެންވެސް ހީކުރީ އެމީހުން ބަދަލުވީ މާލެކަމަށް އެކަމަކު އެމީހުން ދިރިއުޅެނީ ރާއްޖެއަކުވެސް ނޫންކަމަށްވަނީ. އެއާއިލާގެ މީހަކަށްވެސް ނޭނގެ އެމީހުން ވީތަނެއް. ” ޒަކްވާން ވިޝާލް އަށް ސާފުވާނޭހެން އެނގޭވަރަކަށް ކިޔައިދިނެވެ.
ވިޝާލްގެ މޫނުމަތިން އަރާ ފައިބަމުން ދިޔަ ކުލަވަރުތަކުން އެއްވެސް އެއްޗެއް ދޭހަކުރާކަށް ޒަކްވާނަކަށް ނޭނގުނެވެ. އެނގޭހާވެސް އެއްޗަކީ ވިޝާލް އިނީ ބުނާނެ އެއްޗެއްނޭނގިފައި ކަމެވެ.
” މަށައްހީވަނީ ހަޔާގެ ހަޔާތުގެ ވާހަކަ އެންމެ ރަނގަޅަށް އެނގޭނީ ވިޝާލް އަމިއްލަ އަށް ގޮސް ހަޔާއާއި ސުވާލު ކުރީމަހެން.” ވިޝާލް އެއްވެސް އެއްޗެއް ނުބުނެ އިނުމުން ޒަކްވާން ބުންޏެވެ.
“އޭނަ މަށާ ވާހަކައެއް ނުދައްކައޭ. އޭނަގެ ގެ ހުންނަތަން މަށަށް ބުނެދީބަލަ؟” ވިޝާލް ޒަކްވާން ބަލާލަމުން ސުވާލު ކުރިއެވެ.
“ހިނގާބަލަ މަށާއެކީ” ޒަކްވާން ޖޯލިން ތެދުވަމުން ބުންޏެވެ.
***************************************************
“މި ހުރީ އެގެޔަކީ. އެގޭގައި އުޅެނީ ކުއްލިޔާ ދައްތަޔާއި ހަޔާ އާއި ހަޔާގެ ދަރިފުޅު އަރަން. ހަޔާ އާންމުކޮށް ނިކުންނާނެ ރޭގަނޑަށް މިދިމާލު ބީޗް ގައި ހުންނަ ފިނިއައްޓަށް” ވިޝާލް އަށް ހަޔާދިރިއުޅޭ ގެ ދައްކަމުން ޒަކްވާން ކިޔައިދިނެވެ. އަދި އިތުރަށް އެތަނުގައި މަޑުކުރުމެއްނެތި ދެމީހުން އެކުގައި ގެޔަށްދާން ހިނގައިގަތެވެ.
*****************************************************
އެރޭ ނުވައެއްޖަހަންދެން ކަހަލަ ގޮތަކަށް ވިޝާލް ފިނިއަށި ކައިރީގައި މަޑިކެނޑިއެވެ. އެކަމަކު ހަޔާއެއްނައެވެ. އެތާ އިނދެ ވަރުބަލިވެގެން ވިޝާލް ގެޔަށްދާން ހިނގައިގަތީ ދިހައެއް ޖެހިފަހުންނެވެ. ތަންކޮޅަކަށްދެވުނުތަނާ ފިނިއަށްޓާއި ދުރުގައިހުރި ހޮޅިދަނޑި ކައިރި މަޑުކޮއްލައިގެން ވިޝާލް އަށް ބަލަން ހުރި ހަޔާ ފެނި ވިޝާލްގެ ފިޔަވާޅުތައް ހުއްޓުމަކަށް އައެވެ. ހަމަ އެވަގުތު ހަޔާ އަނެއްފަރާތައް އެނބުރިދާން ހިނގައިގަތެވެ. ވިޝާލް ދުވެލާފައިގޮސް ހަޔާގެ ކުރިމަށްޗައް އަރާ ހަޔާ ހުއްޓުވިއެވެ.
“އަނގައިން ނުބުނެ ގޮސްފިއްޔާ އަތުގައިހިފާ މަޑުކުރުވާނަން. އަހަންނަށް ހީވަނީ ހަޔާ އަށް އެގޮތް ކަމަކު ނުދާނެހެން، ސޯ އެހެންވީމާ އަހަރެން ދައްކާވާހަކަ ރަނގަޅަށް އަޑުއަހާތި” ވިޝާލް ވަރަށް ހަމަޖެހިލާފައި ހުރެ ހަޔާގެ ތޫނު ލޮލުގެ ތެރެއަށް ގެނބެމުން ބުނެލިއެވެ. ހަޔާ ގެ ތުން އޫކޮއްލާފައި ވިޝާލް ގެ ގައިން ނެއްޓި ހިނގައިގަތެވެ. ހަމަ އެވަގުތު ވިޝާލް ހަޔާގެ އަތުގައި ހިފައިފާ އަނބުރާލަމުން ކުޑަކޮށް ފަހަތައްޖައްސާލިއެވެ. އަދި ފަހަތުގައި ހުރި ހޮޅި ދަނޑީގައި ހަޔާގެ ބުރަކަށި ލަތްވާނެހެން ދެއަތުން ހޮޅިދަނޑީގައި ހިފަހައްޓާލިއެވެ. އޭރު ހަޔާހުރީ ކޮންމެވެސް ވަރަކަށް ވިޝާލްގެ ދެއަތުގެ ތެރޭ ހައްޔަރުވެފައޭ ބުންޏަސް ދޮގަކަށް ނުވާނެއެެވެ. ދެލޯ ބޮޑުވެ ހައިރާންވެ ހުރެ ހަޔާ ވިޝާލް އަށް ބަލާލިއެެވެ.
“ކިހިނެތްވެގެންތަ ތިއުޅެނީ؟ ގަޔައް އަތްލާން ޖެހޭތަ ތާކުން މީހަކު ފެންނައިރަށް. އަހަރެން ހަޅޭލަވާ ފާނަން އިނގޭ. އޭރަށް މިރަށުމީހުން ޖަމާވާނެ” ހަޔާ ރުޅިއިސްކުރަމުން ވިޝާލް އަށް ބުންޏެވެ. (ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.


varah furihama ekamu thankolhe kuree mi part
will keep that in mind.. tq 🙂
v reethi…. u have to work a little harder i think
indeed i have to.. tq dear.. 🙂
This story is so beautiful but the parts are too short. Kuda koh dhigu koh genesdheefiyya varah salhi vaane. Can’t wait to read the next part.
?
ok tq dear 🙂
Nice ?
V. Reethi vaahaka eh
Plz thankolheh avahah up kohladhybr.. I’m waiting..
already sent to admin team.. hope they review and upload it tonight. tq for reading 🙂