ރީތި ސޫރައެކޭ 6-
އެއަށްފަހު ބާރަކަށް ވަޓްއޭ ބުނިގޮތުން ނަބާ އަށް އެވީ ކީއްކަން އެނގުމަށް ޝައުގުވެރިވެވުނެވެ.
****
“އަމް އެވްރީތިންގެ އޯކޭ؟” ފޯނު ކަނޑާލުމުން ވެސް އަކްމަލް އިންގޮތަށް އިނުމުން ނަބާއަށް އަހާލެވުނެވެ. “އަހަރެން ދަނީ. އީތަން މަރުވެއްޖޯ” އެއްމެ ހިނދުކޮޅަކަށްވެސް އެތާ މަޑުނުކޮށް އަކްމަލް އެތަނުން ދިޔައީ ނަބާގެ ދެލޯ ބޮޑުކޮށްލާފައެވެ.
****
އަކްމަލް އަށް ހޮސްޕިޓަލްއަށް ދެވުނު އިރު އެވަގުތު ޑިއުޓީގައި ތިބި ޕޮލިހުންވެސް އެތަނުގައި ހުރިއެވެ. އަކްމަލް ގޮސް ހުއްޓުނީ އަރްޔަން ކައިރީގައެވެ. އޭރު ތަންކޮޅެއް ދުރުގައި ހުރި ޔާމީން ގެންދިޔައީ ރޮމުންނެވެ. ފައިރޫގް އަދި ޔުނާލް ޔާމީން މައިތިރި ކުރެ ވޭތޯ އުޅުނެވެ. ޔާމީން ކައިރި ހުރި އެނދެއްގައި އީތަންގެ ހަށިގަނޑު ބާއްވާލެވިފައި ހުއްޓެވެ.
“ކުއްލިއަކަށް ކީއް މިވީ؟” ކިތަންމެ ހަމަޖެހިލައިގެން އަކްމަލް މިސުވާލު ކުރި ނަމަވެސް އޭނާވެސް ވަނީ ދެރަވެފައެވެ. އީތަން އަކީ ކުޑައިރުންސުރެ ގާތް މީހެއްވިއްޔާއެވެ. “ނޭނގެ. ޑޮކްޓަރ ބުނީ ނޭވާ ހާސްވެގެން ކަމަށް. އަސްލު ވީގޮތް އިނގޭނީ ޔާމީނަށް. އެކަމް އެހެރީ އޭނަ. އަނގައިންވެސް ނުބުނެ ހަމަ ރޮނީ. ހަމައަކަށް އެޅުނީމަ އިނގޭނީ” އަރްޔަން މަޑުމައިތިރި ކަމާއެކީ ބުނެލިއެވެ.
އީތަންގެ އާއިލާ މީހުންނަށް އާދެވޭ ގޮތް ނުވީ އެމީހުން ހުރީ ރާއްޖޭން ބޭރުގައި ކަމަށް ވާތީއެވެ. އެމީހުނަށް ޓިކެޓް ހަމަ ޖެހުނީ މާދަމާ ހަވީރަށް ކަމަށް ވުމުން ކިތަންމެ ބޭނުން ނުވިޔަސް އާއިލާގެވެސް އެދުމުގެ މަތިން ލަސްނުކޮށް އީތަންގެ ކަށުކަމާކެމީގެ ކަންތައް ފެށިއެވެ. އެކަމުގައި އިސްވެ އުޅުނީ އަކްމަލް އާއި ޔުނާލް އެވެ.
ޕޮލިހުން ނިންމީ އެއަކީ އީތަން އަމިއްލޭން ކުރި ކަމަކަށެވެ. ވާނީވެސް އެހެންތާއެވެ. އީތަންގެ ހަށިގަނޑުގައި އެހެން އެއްވެސް މީހެއްގެ ނިޝާނެއް ހިސާބު ނެތް ވިއްޔާއެވެ.
އީތަން ވަޅުލެވުނުއިރު ހުރީ ދަންވަރު އެކެއްވެސް ޖަހާފައެވެ. އަކްމަލް، ޔުނާލް އަދި އަރްޔަން އިތުރުން ފައިރޫގް ވެސް ނިންމީ މިރޭ ޔާމިން އާއެކީ ޔާމީންގެ ކޮޓަރީގެ އެންމެން ނިދުމަށެވެ. ޔާމީންގެ ހިތާމަ ކުޑަކޮށްވެސް ލުއި ވޭތޯއެވެ. އަދި އީތަންއަށް ވީގޮތް އިނގެން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންވެސް މެއެވެ. އެމީހުންގެ ފުރުންވެސް މިކަމުގެ ސަބަބުންވަނީ 2 ދުވަހަށް ފަސްކޮށްލާފައެވެ.
ޔާމީންގެ މަގަތުގައި އަކްމަލް އޮތް އިރު އެހެން މީހުން ތަޅުންގަނޑު މަތީ އޮށޯވެ ހަމަޖެހިލިއެވެ. ޔާމީންގެ ރުއިން ހުއްޓިފައި ވީނަމަވެސް އޭނާ އިންނަނީ ފާޑަކަށް ގަބުއަރާފައެވެ. އަދިވެސް އީތަން އެމީހުނާއެކީ ނުވާކަން ގަބޫލު ނުކުރެވެނީ ކަންނޭގެއެވެ.
“ޔާމީން. ކިޔައިދީބަލަ ވީގޮތް. ކީއްވެ ކުއްލިއަކަށް.” ޔުނާލް ތަޅުންގަނޑުން ބޯހިއްލާލަމުން ބުނެލިއެވެ. ޔާމީން އަށް ވާހަކަ ދެކެވެން ފެށުނީ ފައިރޫގް އެސުވާލު ތަކުރާރު ކޮށްލުމުންނެވެ.
“އަހަރެން ކުޑަކޮށް ޝޮޕިންގް ކޮށްލާފަ އާއިރު އީތަން ނެތް ކޮޓަރިއަކު. އޭނަ ކުޑަކޮށް މޮޔަކޮށް ހެނދުނު އުޅުނީމަ އަހަރެން ބިރުގަނެ ހާސްވި ކަމެއް ވިއްޔޭ ހިތާ. އެހެންވެ އަވަހަށް މި ހޮޓަލް އެއްކޮށް ބެލިން. ނުފެނުން. ދެން ކޮޓަރިއަށް އައިސް ކައޭ މެނަށް ގުޅަން އުޅެނިކޮށް ފާހާނަ ނުބަލަމޭ ހިތާ ބަލާލީ. އޭރު ފެންވަރާ ޓަބް ތެރޭ ބަންޑުން އޮތީ އީތަން. އޭރު ފެން ފުރި އެ ބަންޑުން ވޭ. އަހަރެންނަށް ހުރެވުނު ތަނެއް ނޭގުނު. ދުވެފަ ގޮސް އޭނަ އޭގެން ނެގިން. އެކަމް އޭރުވެސް އޭނަ ނޭވާ ނުލައި” ޔާމީން ހިތްވަރުކޮށްފައި ކިޔާދިނެވެ.
“ވީކަމެއް ނުވާކަމަކަށް ނެހެދޭނެ. އަހަރެމެންނަށް ދެން ކުރެވޭނީ ހެޔޮ ދުއާ. އޯކޭ ލެޓްސް ސްލީޕް” އަކްމަލް އެހެން ބުނުމުން ޔުނާލް ވެސް ތެދެކޭ ބުނެލިއެވެ. އެއްމެންވެސް އެކަކު އަނެކަކަށް ގުޑް ނައިޓް ކިޔާލިއެވެ. ނުނިދޭނެ ކަން އެނގިހުރެ ޔާމީން ވެސް އޮށޯއޮވެ ލޯމަރާލިއެވެ.
****
ހެނދުނު ހޭލިގޮތަށް ނަބާ ތައްޔާރު ވާން ފެށީ އިންޓަވިއު އަށް ދިޔުމަށެވެ. ރޭގައި ޒޭބާ އާ މެދު ވިސްނަން ގިނައިރު އޮވެވުމުން އޭނާއަށް ނިދުނީ މަދު އިރުކޮޅަކަށެވެ. އެހެން ކަމުން ކަންނެތްކަމާއެކީ ވަރަށް ލަސްލަހުން ދަބަސް ކޮނޑުގައި އަޅުވާލައިގެން ނަބާ ކޮޓަރިން ނިކުތެވެ. ދެން އޭނާގެ މިސްރާބު ހުރީ ޒާހިދުގެ ކޮޓަރިއާ ދިމާލަށެވެ. އިންޓަވިއުއަށް ދާވާހަކަ ބުނުމަށެވެ.
ޒާހިދު ނިދާފައި ކަމަށް ހީކޮށް ނަބާ ދޮރުހުޅުވާލީ މަޑު މަޑުންނެވެ. އެވަގުތު ފޯނުން ވާހަކަ ދައްކަމުން ދެކޮޅަށް ހިނގާލަ ހިނގާލަ ޒާހިދު ހުރިއިރު މޫނުމަތިން ފެންނަނީ ރުޅިވެރިކަމެވެ.
“ޒީނަތު އަށް އެމަންޖެ ނުބެލެެންޏާ ކީއްކުރަން ގެންދިޔައީ. އޭނ. އަހަރެން ކައިރި ހުރިނަމަ އެހެން ނުވީހޭ. އެ މަންޖެ ގެއްލުނު ކަން ވެސް އަހަރެންނަކަށް ނާންގަ. އެއްފަހަރުވެސް ނޭނގޭތަ އަހަރެން މީ އެމަންޖެގެ ބައްޕަ ކަމެއް. އެ މަންޖެ އަށް އެހެން އެވީ ހަމަ ޒީނަތުގެ ސަބަބުން. ކުދިން ބަލަން ނޭގެންޏާ ކީއްކުރަން ގެންދިޔައީ. ކޮންކަހަލަ މަންމައެއް ތިއަކީ”
“ބައްޕާ” ފެންކަޅިވެ ހުރެ ނަބާއަށް ގޮވާލެވުނެވެ. ޒާހިދު އަށް ފޯނު ދުރުކޮށްލެވުނެވެ. “ނަބާ” އެކޮޅުން ޒީނަތު އަށް އެހެން ބުނެވުނުތަނާ ޒާހިދު ފޯނު ކަނޑާލިއެވެ.
“ބައްޕަ ކީއްވެ މަންމަ އަށް އެހެން ތި ވާހަކަ ދައްކަނީ. ބައްޕަ ފަދައިން މަންމަ ވެސް ދެރަވެފަ އެއްނު ހުންނާނީ ޒޭބާ ނެތީމް” ނަބާއަށް މިހިސާބަށް ބުނެވުނުތަނާ ޒާހިދު ނިކުމެގެން ދިޔުމަށް ހިނގައިގަތެވެ. އެއަށްފަހު ދޮރާ ހިސާބަށް ގޮސް ހުއްޓުނެވެ. “ނަބާ މަންމަ އާ ވާހަކަ ދައްކަން ނޫޅޭތި. އިންޓަވިއު އަށް ދަމުން ސައި ބޮއިގެން ދާތި” މިހެން ބުނެ ޒާހިދު ނިކުމެގެން ދިޔައެވެ.
ޒާހިދުގެ އަޑުގައި ވާ ހިތާމަ ނަބާއަށް ފާހަގަ ވިއެވެ. ނަމަވެސް އޭނަ ވެސް މަންމަ އަށް ވާހަކަ ދައްކަން ބޭނުމެވެ. ބައްޕަ އެހެން ބުންޏަސް އޭނާއަކަށް ނުހުރެވޭނެއެވެ. ބައްޕަ މަންމަގެ ނަންބަރު ހޯދިގޮތަށް އޭނާއަށްވެސް މަންމަގެ ނަންބަރު ލިބޭނެނަމައެވެ.
*****
ފޯނާ ދިމާލަށް ބަލަހައްޓައިގެން ހުރި ޒީނަތު އަށް ގިސްލެވެނީއެވެ. އޭނާއަށް ނަބާގެ އަޑު އެއިވުނީ ފުރަތަމަ ފަހަރަށެވެ. ނަމަވެސް ވާހަކަ އެއް ނުދެއްކުނެވެ. އޭނާވަރު ބަދުނަސީބު މަންމައެއް މިދުނިޔޭގައި ވާނެ ހެއްޔެވެ. އެއްދަރި ދުރުގައި ހުރި އިރު އަނެއްދަރި ވީތަނެއްވެސް ނޭނގެއެވެ. ކޮންމެ މީހެއް ގުޅާލިޔަސް އެއީ ޒޭބާ ކަމަށް ހީކޮށް ޒީނަތު އަށް ފޯނު ނެގެއެވެ. މިއަދު ވެސް ނެގުނީއެވެ. އެއަކީ ޒާހިދަށް ވެދާނެ ކަމަށް އޭނާ ހީނުކުރެއެވެ.
****
އިންޓަވިއު ނިމިގެން ނިކުތް ނަބާގެ މޫނުމަތީ ވަނީ ހިތްހަމަ ޖެހުމެވެ. އޭނާއަށް ވަޒީފާ ލިބުނީއެވެ. ނަބާ ހިތަށް އެރިއެވެ. މިކަންވެސް ނިމުނީއެވެ. ދެން އޮތީ ޒޭބާ ކޮބާތޯ ބެލުމެވެ. އޭނާގެ ހަމައެކަނި ހުރި ކޮއްކޮއެވެ. ޒެޑޫއެވެ. އެވަގުތު ޒޭބާ އަށް ވީގޮތް ހޯދުމުގެ އަޒުމު އޭނާގެ ހިތުގައި ވަށާލިއެވެ. ހަމަ އެވަގުތު ނަބާގެ ފޯނަށް އަކްމަލް މެސެޖް ކުރީ ދިމާ ވުމަށް އެދިއެވެ. ނަބާ ލަސްނުކޮށް އެއަށް ރިޕްލައި ކޮށްލިއެވެ. އަކްމަލްގެ ކައިރި ވުމަށް އެހިތް އެދި ގޮވާތީއެވެ. އެއަށްވުރެވެސް ބޮޑަށް ޒޭބާގެ މާޒީ އިނގެން ބޭނުންވާތީއެވެ.
****
ޒާހިދު ކާރު ދުއްވަމުން ދިޔައީ ވަކި މިސްރާބެއް ނެތިއެވެ. އޭނާގެ ކުށަކީ ކޮބާހެއްޔެވެ. ޒީނަތުދެކެ ވީ ހަގީގީ ލޯބީގެ ބަދަލަށް ޒީނަތު ދިނީ ކޯއްޗެއް ހެއްޔެވެ. ބޭވަފާތެރިކަމެވެ. ޒީނަތު އަށް ކުރި އިތުބާރު ގެއްލުވާލީ އޭނާ އަމިއްލައަށެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ޒޭބާ ގެއްލުނީ ވެސް ޒީނަތުގެ ސަބަބުން ކަމަށް އެހިތް ބުނަނީއެވެ. އެއާއެކު އޭނާގެ ހިތުގައި ޒީނަތުގެ ލޯބި ފޮރުވާލަމުން ނަފްރަތުގެ ހުޅުކޮޅު ރޯކޮށްލިއެވެ.
ހަމައެވަގުތު ޒާހިދުއަށް ބުރެކި ޖައްސާލެވުނީ ކުރިމަތީ ފާޑަކަށް ބަލަހައްޓައިގެން ހުރި ނަބާ ފެނުމުންނެވެ. ޒާހިދު ހަނދާން އެބަހުއްޓެވެ. ނަބާ ލައިގެން ހުރީ ނޫކުލައިގެ ހެދުމެކެވެ. ނަމަވެސް މިހާރު ނަބާ އެހެރީ ހުދުކުލައިގެ ފައިވެސް ފޮރުވޭ ވަރު ހެދުމެއް ލައިގެންނެވެ. އެ ފަން އިސްތަށިގަނޑު ދިޔައީ ވައިގެ ތެރެއަށް ފެތުރެމުންނެވެ.
“ބައްޕާ” ނަބާގެ އަޑު އިވުމުން ޒާހިދު އަށް ކާރުން ފޭބުނީ ބޭއިހްތިޔާރުގައެވެ. ހަމަފޭބުނުހެން ހީނުވެ ނަބާ އެނބުރި ފަހަތުގައި ހުރި ހަދަންފަށައިފައިވާ އިމާރާތްތެރެއަށް ވަނެވެ. ޒާހިދު ވެސް ފަހަތުން ދިޔައީ ބޭއިހްތިޔާރުގައެވެ.
ޒާހިދު ވަންއިރު ފެންނަން ނަބާ ނެތުމުން ނަބާއަށް ގޮވާލެވުނެވެ. އޭރުވެސް ހުއްޓުމެއްނެތި ނަބާ ދިޔައީ ލަވައެއްގެ ރާގެއް ފަދައިން ބައްޕާ އޭ ގޮވަމުންނެވެ.
ޒާހިދު އަށް ނަބާ ފެނުނީ ނަބާ ފުރަގަސް ދީގެން ހުއްޓައެވެ. އެވަގުތު ޒާހިދުގެ ލޮލުގައި އަޅައިގަތީ ނަބާގެ ފައިގެ ތަނބިކައްޓާ ހަމައަށް ހުރި އިސްތަށި ގަނޑެވެ. “ޒޭބާ ދަރިފުޅާ” ފެންކަޅިވެ ހުރެ ޒާހިދުއަށް ގޮވާލެވުނެވެ. އޭނާއަށް ވަނީ ޒޭބާގެ ފޮޓޮއެއް ފެނިފައި ކަމުން ޒާހިދުއަށް އިނގުނެވެ. ޒާހިދު ދުއްވައިގަތީ ޒޭބާގެ ގައިގައި ބައްދާލުމަށެވެ. އެހިތް އެދި ގޮވާވަރުންނެވެ. ޒޭބާގެ ކޮނޑުގައި ހިފާލަން އުޅުނު ގަޑީ މުޅި އިމާރާތަށް ގުޑުމަށް އައެވެ. އެއާ އެކީ ޒާހިދުގެ ފައި އޮޅި ހުރި ތަނަށް ވެއްޓުނެވެ. ހަމަ އެވަގުތު ޒާހިދުގެ ބަނޑު މައްޗަށް ވެސް އެއްޗެއް ވެއްޓުނެވެ.
*****
ޖެހިލި ފިނި ވައިރޯޅި އާއެކު ކާރަށް އަރަ އަރަ ހުރި ނަބާގެ ދެލޯ ބޮޑަކަށް ހުޅުވާލެވުނެވެ. އެއާއެކު އޭނާއަށް ބާރަކަށް ހިނގަން ފެށުނީ ކާރުވެސް އޮތްތާ ބާއްވާފައެވެ. މިހާރު ނަބާ ހިނގަމުން އެދަނީ އޭނާގެ އަމިއްލަ ބާރަކުން ނޫންކަން ޔަގީނެވެ.
ނަބާއަށް ހަމަހޭވެރިކަން ވީ އިމާރާތަށް ވަދެވުމުންނެވެ. ނަބާގެ ހިތަށް ބިރުވެރިކަން ކުއްލިއަކަށް ވަނީ ހުރެވުނުތަންނޭގުމުންނެވެ. އޭނާ މުޅި ތަނަށް ނަޒަރު ހިންގާލިއެވެ. އެވަގުތު ވެއްޓިފައި އޮތް ޒާހިދު ނަބާގެ ދެލޮލުގައި އަޅައިގަތެވެ. އޭނާއަށް ދުވެފައި ދެވުނު ގޮތްވެސް ނޭނގުނެވެ.
“ބައްޕާ. ބައްޕާ” ނަބާ ހާސްވެ ހުރެ ޒާހިދުގެ މޫނުގައި ޖަހާލަމުން ގޮވާލިއެވެ. ނަސީބަކުން ތިންވަނަ ފަހަރު ގޮވާލުމާއެކީ ޒާހިދު ދެލޯ ހުޅުވާލިއެވެ. ޒާހިދު ކުޑަކޮށް ތެދުވެލިއެވެ. ހަމަ އެވަގުތު ޒާހިދުގެ ބަނޑުގައި އޮތް އެތި ފެނި ނަބާ އަދި ޒާހިދުއަށް އެކަކު އަނެކަކަށް ބަލާލެވުނީ ބޭއިހްތިޔާރުގައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
69 Comments!
Comments are closed.





Heii guyxx.. first of all.. varah bodah sorry las vi kamah.. and ebeh suvaaleh.. mi story ga vaagoiy igeytha.. i mean kuhjeh buni vaanuvaa neyge eyy… readers ah igeytha? hurihaa ehcheh noon ekm mihaaru mi vamun dhaa goiy? let me know igeyyy.. loves ?
Next part on sunday i guess.. ?
Gud wrk ram sissy, waitingssss for the nxt prt ??
Wait for the next part
Thankyou jazlee ?
Me first dhw
Yesss.. Haan kuru dww .. Dhn part dhigukohleveythw balaanan igey shif.. Thankyouuu ?
Alhey haadha lahey vaahaka uo vaaleh n ehaa kuru?
Btw vaahaka vv reethi???
Alhey haadha lahey vaahaka up vaaleh n ehaa kuru?
Btw vaahaka vv reethi???
❤❤
Wow!varah reethi???
Waiting for next part??
Thankyouuu sanaa ?
Ehaa dhigu inthizaarakah fahun ves Haadha kuru kohshey thi genes dhnee ?
Ok dhen? varah varah reethi???????
When next part?
Yess… Kuru.. So sorryyy summ.. Thankyuuu next part Sunday ga in sha allah ?
Nothing to say…….❤❤❤❤❤
Varah reethi❤❤❤❤❤❤❤
Vaa goh eba get vey ❤❤❤❤
Thankyou anaa darl ?
Haadha kiyaahiyvaa hisaabakunney dhoonyaa thi ninmaaly… Mihaaru story v v rythi… Ekam kyhvebaa dhw zeybaa ge bahppa ah ehen ehedhy… V kiyaahiyvaa gothah story kuriah dhany… V molhu igey donthi ge ramkolhu… Luv n Miss u..?????❤❤???????????????????????????
Thankyou dhonthii.. Dww.. Luv youu ?
vaanuvaa ingeythy ehnu reethy vvv reethi
Hehe haan dww unique.. Thankyou so much ?
alhe mi story varah salhi..emme curious vi hisaabun thi nimmaaly kury part thakun kudhi kudhi mistake hurikan faahaga vi but now hama varah best.. ram keep up the good work.. cant wait for the next update.. dhn whn up vaany?
Aww thankyou so much cherry.. Keep waiting.. Next part sundayga in sha allah.. ?
Vaanuvaa ingey…N v reethi story kuriah dhaa goiiii…
Thankyouuu rifu ?
Hey Ram ???… Mi part vx hama v v v reethi ❤️❤️❤️… Mifaharu vx curious kuruvaafa thi ninmaalee…. Heheheh ???… V interesting mi story ??? n story ga mi vamun dhaa goi hama ingey ???… Curiously waiting for the next part… Lots of love Ram ❤️❤️❤️??????
Heii shifoo ? hehe.. Thankyou so much.. Lots of love from my side too ?
Vaanuvaa ingey????
Kiyaa varakah ingeynee ves
Varah salhi mi vaahaka ?
Ram thee vaahaka liyan masakah kohfiyaa liyeveene kuhjehkan yageen ?????
Keep going Ram ????
Aww.. V ufaavejje.. Thankyou so much old man ?
Habeys????
Bunaane ehcheh neh ?
Varah varah reethi
When next part?
Thankyou so much elisha… Next part sunday ga in sha allah ?
Varah reethi?
Haadha kurey mi part?
Koirakun next part kiyaalan libeynee???
Thankyou player.. Kuru dww.. So sorry.. Next part sundayga in sha allah ?
Super??????
Varah reethi????
Alhugandu heekuree Ram ves vaahaka liyun huhtaaleekamah but Ram mi vaahaka kuriyah gendiyan fesheema I am so happy????????
Heenukuran story kuriyah gendaane kamakah ves ❤❤❤
Keep going Ram
Alheyy.. Ram in sha allah story ninmaanan igey flower.. Thankyou so much.. Keep reading ?
Varah habeys story eh mee
??????????
Waiting for next part❤
Thankyou reader.. ?
Very nice Waiting for next part
Thankyou nunama ?
Varah furihama story eh?
Best writer?????
Keep going lovely Ram ???????????
Aww thankyouu azka.. Azka varah nice name eh.. Dhn story ehga azka kiyaany girl ah ? hehe ?
Thank you Ram dhooni???
?
Masha Allah beautiful??
Varah madhuvaane thikahala loabi writers??
Hurihaa comments akah replay kuraa writers??
Good job Ram ?????
Aww thankyou so much lisaa ?
Wow!Wow!Wow!
Mi vaahaka siteing kiyaa enmen reethi adhi interesting story mee
Thanks mihaa loabi vaahaka eh liyaa thee??
Keep it up ????
Thankyou so much samaa.. Loves you ?
Waau Haadha reechey mi story ❤❤❤❤❤❤❤❤❤❤❤❤
Varah kiyaa hithun indhaa nimuneeves ?
7 vana part dhigu kohlacheyy Ram ???
???
Ram varah balaanan igeyy dhigukohleveythww.. Thankyou riyaa darl ?
Heii.. i will up tomorrow morning.. ram ah liyevefa in bai kuru hn hyvaathee.. and mirey dhn ram akah nuliyeveyne.. i have a work maadhamaa ah ninman.. loves you guyx..
Kobaa tha story????
Ram pls up kohdeeybaa next part?????
Kobaatha 7th vana part?
Ram?????
???
Busy vee tha Ram?
Alhe kn iraku thr aneh part nereny???
Kuru koh liyefa inass up kohdheebala Ram??
Ram ahe hyee eh nuvany liyefa in part kurey but readers ahe kuru nevedhaane ❤❤❤
Pls up kohdheebaa next part
Fashaa kameh ninmaafa huttaalun emme rangalhu gothaky………
Kaamiyaabu molhu vaahaka liyuntheriyakah vumah varah bura masakkaiyy thakeh kuran jehene ……
Ram ahe ves ingeyne bunaaduvahakah vaahaka up kurumakee Ram ge zinmaameh………
Readers mi part kurey buneema dhigu kuraan vegen bunaaduvahakah up nukureema readers Ram ahe kuraa ithubaaru gehleene?
Ram ves busy vaane kamah gaboolu kuran…..
Ram akee molhah vaahaka liyeveene kuhjehkan yagyn
Madhu meehakah nooney nulibeene mi furusath ge beenun hifun buhdhiveri
Umeedhu kuran mi kanthahtah rangalhu kuraane kamah ????
Heii i’m sorry igeyy.. hama kameh laigathee..
?????
Its monday now..um so curious abt the next part..please avahah up kohba
Kobaa next?
Next part pls ???
Pls pls next part up kohdeeybaa?????
Konirakun tha vaahaka up kuran thi ulhenee Ram ?
Mihaaru kihaa dhuvaheh vehje kon me kameh viyas e mahsala hahlu vaa vaa duvas vehje????
Vaahaka up vaane dhuvaheh ge inthizaaru ga mi inee??
Vvv dhivahah fahu mibaiii mi kiyaalevuniii vvv rythi mibaiiiii vess ramdhooni
Ramdhooni haadha lahey avasss avass
ram kobaa next part haadha gina dhuvahekey evy anehkaa kameh dhimaavytha
avahah up kohdhyba please
vaahaka feshigen aii iru thankolheh undhagoo get vaan, genesdheefa huri gothun, ekm mihaaru ok.
India icu ghai 7 month hey dha kurumah fahu ram miadhu vanee dhemiothumughe aalamah dhathuru kohffa ehenveema mivaahaka mihisaabun minimunee vaahaka ah dhehvi ehbaaru lumah kiyun theringhe faraathun v bodah
sukurihyaa
Maruhoomaa ah suvarugeyghe mathiveri nuimah dhevvaashi aameen
I’m back..