ފަތިސް ނަމާދު ކޮއްލައިގެން މީރާ އުޅުނީ ކޮފީއެއް ބޯލުމަށެވެ. ހުކުރު ދުވަސް ދުވަހު ތަންކޮޅެއް ލަހުން ތެދުވާ މީރާއަށް ނޯވެވުނީ ބޮލުގައި ވީ ރިހުމުންނެވެ. ކޮންމެ ގޮތެއް ވިޔަސް މިއަދު ގޮތެއް ނިންމަން ޖެހޭނެޔޭ ހިތައް އަރަމުން ދިޔައިރު މާއިޝްއަށް ވެދާނެ ގޮތަކާއި ދޭތެރޭވެސް ވިސްނެނީ އިންތިހާއަށެވެ. ކޮފީތަށި ހިފައިގެން ސޯފައިގާ އިން މީރާ ސިހުނީ މަރީނާ ގޮވާލުމުންނެވެ. އަވަސް އަވަހަށް ފޯނުން ގަޑި ބަލާލިއިރު ހަތެއް ޖަހަން ހުރީ ވަރަށް ކައިރި ވެފައެވެ. މީރާ އެތަނުގައި […]
މީރާ ސޯފާގައި އިނުމުން މާއިޝް މީރާ އާ ގާތަށް ޖެހިލިއެވެ. މީރާގެ ހިތް އިހުނަށްވުރެ ބާރަށް ތެޅިލިއެވެ. މާއިޝް ދައްކަން އުޅޭ ވާހަކަ އަޑުއެހުމައް ކެއްމަދުވާން ފެށިއެވެ. މާއިޝް މީރާގެ އަތުގައި ހިފާލިއެވެ. ” މީރާ! އިނގޭ މީރާގެ ހިތުގައި ވަރަށް ގިނަ ސުވާލު ތަކެއް އުފެދިފަ ވާނެކަން. އަދި އަހަރެން ބޭނުން އޮޅުންފިލުވައިދޭން.” މާއިޝް ހަށިފުރާ ނޭވާއެއް ދޫކޮއްލިއެވެ. މީރާ އިނީ ބަހެއްވެސް ނުބުނެ އަޑު އަހާށެވެ. ” ފުރަތަމަ ނަޒަރުން ލޯބި ވެވެއޭ ކިޔާތީ […]
މާއިޝް އާއި ސަނާ އޮފީހަށް ދާން ނުކުތުމުން މީރާ މޭޒުމަތި ރީތިކޮއްލާ ތަށިތައް ދޮވެލިއެވެ. އަދި ފަހާފޮށި އިން މޭޒު ކައިރިއަށް ގޮސް އިށީނީ ހެދުމެއް ފަހާށެވެ. ނުވަގަޑި ބައިވީވެސް މީރާ ހެދުން ފަހަން އިންދައެވެ. ކުއްލިއަކަށް މީރާ ސިހުނީ ފަހަތުން މީހަކު މީރާގެ ކޮނޑުގައި އަތްލުމުންނެވެ. އަވަސް އަރުވާލައިގެން ތެދުވަނިކޮން މީރާ ވެއްޓުނީ ފަހަތުގައި ހުރި މާއިޝްގެ އަތް މައްޗަށެވެ. ” ސާބަސް! ކިރިޔާނު މަ ހޭ ނުހުއްޓުނީ. ތިކަހަލަ ސަމާސާ ނުކުރައްޗޭ! މަ ހީކުރީ […]
ހަފްތާ ފާއިތުވެގެން ދިޔަ ގޮތްވެސް ނޭނގެއެވެ. ކޮންމެ މީހަކު ވެސް އެމީހެއްގެ މަސްޢޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރަމުން ދެއެވެ. ކުޑަ ކުޑަ މަސައްކަތެއް ކޮއްލުމުން ދާދި ފަސޭހައިން އޭޑީކޭ ހޮސްޕިޓަލުން މާއިޝް އަށް ވަޒީފާ ހަމަޖެހިގެން ދިޔައެވެ. މިއަދަކީ މާއިޝް ވަޒީފާއަށް ނުކުންނަ ފުރަތަމަ ދުވަހެވެ. ވަޒީފާގެ ފުރަތަމަ ދުވަސް ވަރަށް އޮމާންކޮން ދިޔުމުން މާއިޝް ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. ހަވީރު ހަތަރެއް ޖެހުމުން ޑިއުޓީ ނިންމާލާފައި މާއިޝް ގެއަށް އައިގޮތައް ޖައްސާލީ ވަރުބަލި […]
ހަތަރެއް ޖެހުމާއެކު މާއިޝް އާއި ސަނާ ނުކުތީ ބޭރަށް ދިޔުމަށެވެ. ގަރާޖުގައި އޮތް ކާރުނެރެ ދެމީހުން މިސްރާބު ޖެހީ ސަނާގެ ރަޙުމަތްތެރިއެއްގެ ގެއާ ދިމާއަށެވެ. ” ނާއްކޯ! އަދިވެސް ނުބުނަމެއްނު ކުރަން މިއުޅޭ ކަމެއް. ކީއްކުރަންތަ ނާއްކޮގެ ފްރެންޑެއްގެ ގެއަށް މިދަނީ.” އެންމެ ފަހުން މާއިޝްއަށް ނީނދެވިގެން ސަނާއާއި ސުވާލު ކޮއްލިއެވެ. ” ސޮރީ.. އިނގޭތަ މާދަން އެއީ ދޮންތަގެ ބާރތްޑޭ އެއްނު.. އެހެންވެ ކޮންމެ އަހަރެއްގަވެސް ދޮންތައަށް ސަޕްރައިޒް އެއް ދެމޭ. އެހެންވެ މިއުޅެނީ މިރޭ […]
މާއިޝް ލިފްޓަށް އެރުމުން މީރާ އަށްވަނަ ފްލޯގެ ބަޓަން އަށް ފިތާލިއެވެ. ދެމީހުންވެސް އެކަކު އަނެކަކާ ވާހަކައެއް ނުދައްކައެވެ. ނޫނީ ދައްކާނެ ވާހަކައެއް ނޭނގެނެނީ ކަންނޭނގެއެވެ. ދެމީހުންވެސް ދިމާވީ އަލައްކަމަށް ވީމައެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ލިފްޓް އޭގެ މަންޒިލަށް ވާޞިލުވިއެވެ. ފިނިވެފައިހުރި މީރާ އަވަސް އަވަހަށް ލިފްޓުން ފައިބަން ހަދައިގެން ފައި އެޅުނުގޮތަކުން ވެއްޓެން ދިޔަވަޤުތު މާއިޝް ހުށިޔާރުކަމާއެކު މީރާގެ އުނަގަނޑާ ހިސާބުން ހިފަހައްޓާލިއެވެ. މީރާ މާއިޝްގެ އަތްމަތީގައި އޮތީ ދެލޯމަރައި ތަތްކޮއްގެނެވެ. ހިނދުކޮޅަކަށް މާއިޝްގެ ހިތް […]
ފިރިހެންވަންތަ ހިނގުމެކެވެ. ހިތްތައް ކަތިލެވޭހާ ރީތި ދެލޮލެވެ. އަޖާއިބެއްފަދަ ނޫ ކަޅި އެވެ. ރީތިވަރަކަށް ކޮށާލެވިފައިވާ ބޮލުގައި ކުލައެއް ޖައްސާފައިވާއިރު އެ މޫނާ ވަރަށް ގުޅެއެވެ. ލާފައިވާ މަޑު ނޫކުލައިގެ ގަމިހާއި ގަދަ ނޫކުލައިގެ ސްކިނީގައި ވަރަށް ފުރިހަމަ އެވެ. އެއް އަތުން ލަގެޖްގަ ހިފަހައްޓާލައިގެން ހުރިއިރު ހީވަނީ ފެޝަން ޝޯއަކަށް ތައްޔާރުވެހުރި ފިރިހެން މޮޑެލެއް ހެންނެެވެ. “ދޮންބޭ! ފައިނަލީ ޔޫ ކޭމް… އިނގޭތަ ހާދަ މިސްވިއޭ. ދެންނުދާނަންދޯ! ޕްލީޒް…..” ސަނާ ދިޔަގޮތައް ތަތްވީ އޭނަގެ ދޮންބެ […]
އިރުގެ ރަންދޯދިތައް ދުނިޔެމައްޗަށް ދިއްލާލީ އެތައް ބައެއްގެ ހިތްތަކަށް އުފާވެރިކަން ގެނުވަމުންނެވެ. ހަމަ އެހެންމެ އެތައް ހިތްތަކެއް ނުތަނަވަސް ކުރުވަމުންނެވެ. މާޔޫސް ވެފައިވާ ހިތްތަކަށް އާ އުއްމީދެއް ގެނުވަމުންނެވެ. ތޮއްޖެހިފައިވާ މި މާލޭގައިވެސް މިފަދަ އެތައް ބައެއްވާނެކަން ޔަޤީނެވެ. މާލޭގެ މަގުތައްވަނީ މީހުންނައިގެން ފުރި ބާރުވެފައެވެ. ހަފްތާ ފެށޭ ދުވަސް ކަމުން ގަޑި ނުޖެހި އޮފީހަށްދާ މީހުންނާއި، ސްކޫލްތަކަށްދާ ކުދިންނާއި ކުދިންގެ ބެލެނިވެރިންނެވެ. މިނޫންވެސް އެކި ކަންކަމުގައި ހޭލަމޭލައުޅޭ އެތައްބައެކެވެ. “މަންމާ! އަދިވެސް ނުނިމޭތަ. މިހާރު ތިންފަހަރަށް […]
އަހަރެން އިނީ ހައިރާންވެފައެވެ. ރީތިކަމުންނެވެ. ދިރިއުޅުމުގަ އަމިއްލަ ރަށްނޫން ރަށެއް ފެނުނު ފުރަތަމަ ފަހަރެވެ. ނީތާބުނިގޮތުގައި އަހަރުމެން އެރަށަށް އައީ ވަޒީފާ އަދާކޮށްގެން ދިރިއުޅުން ފުރިހަމަ ކުރުމަށެވެ. ފާލަމަށް ފޭބުމަށްފަހު، އަހަރެން ކޮންރަށެއްތޯ އެހުމުން ބުނީ ބ އަތޮޅުގެ ރިސޯޓެއްކަމަށެވެ. ރިސޯޓަކަށް ކީއްކުރަންތޯ ސުވާލުކުރުމުން ބުނީ، އާދެވުނީ އަހަރުމެންގެ މަންޒިލަށްކަމުގައެވެ. އަދި މާދަމާ އަހަރުމެންގެ މަސައްކަތް ފަށަން ޖެހޭކަމުގައެވެ. ލޯންޗުންއައި ދެފިރިހެންކުދިން އަހަރުމެން ދެމީހުން ގޮވައިގެން އަހަރުމެން ތިބުމަށް ހަމަޖެހިފައިވާ ރޫމަށް ދާން ހިނގައިގަތެވެ. ރޫމްއަށް ދިޔައިރު […]