އެވަގުތު އެންމެން ކާމޭޒު ދޮށުގައި ތިބިކަންވެސް އަހަރެން ހަނދާންނެތުނެވެ. ********************** އަހަރެން ދިޔަގޮތަށް ގެއިންވެސް ނުކުމެގެން ދިޔައީމެވެ. ދެވެނީ ކޮންތަނެއްކަން ނޭންގޭހާލު މަގުމަތީގަ ދުވަމުންގެންދިޔައީމެވެ. ބައެއްމީހުންގެ ނަޒަރު އަހަންނަށް ހުއްޓެމުން ގެންދިޔައެވެ. ވަރުބަލިވެގެން ގޮސް އަހަންނަށް ދުވުން ހުއްޓާލަން ޖެހުނެވެ. އަހަންނަށް ހުރެވުނީ ކޮންތަނެއްގަކަން ޚުދު އަހަންނަކަށް ވެސް ނޭންގުނެވެ. ގޭގައި ވެދިޔަކަންތައް ހަނދާންވުމާއެކު ހުރިތަނަށް އަހަންނަށް ތިރިވެވުނެވެ. ހިތަށް ކެތް ނުކުރެވިގެން ބާރަށް ރޮއެ ގަނެވުނެވެ. އެ ވަގުތު މަގުމަތީގައި މީހުން ނެތުން އެއީ އަހަރެންގެ […]
ހަވީރުގެ ފިނިފިނި ވައިރޯޅިއާއި އެކު ހެލިލާ ގަސްތަކުގެ ފަތްތަށް ހިތްގައިމު ނާނާއެއްކިޔާލާފަދައެވެ. މިއަދަކީ އޮފްދުވަހަކަށް ވުމުން އާޔާއިނީ އައިރާ އާއި އައިކާ ކުޅޭތަން ބަލަން އަތިރިމަތީގައެވެ. އެތަނަަށް އެމީހުން ގޮވައިގެންދިއުންވެސް އެއީ ވަޒީފާއެއްފަދައިން އޭނާކުރަންޖެހޭ ކަމެކެވެ. މަންމަބުނާތީ ކިތަންމެ ހިތްހަމަނުޖެހުނަސް ކޮންމެ އޮފްދުވަހެއްގައި އާޔާ ކޮއްކޮމެންގޮވައިގެން އެގޮތަށްދެއެވެ. ހިޔާލީ ދުނިޔެއަކަށް ގެއްލިފައި އިން އާޔާ އަށް ބަޔަކު ވާހަކަ ދައްކާހެން ހީވެގެން ބަލާލިއިރު އެއްކަލަ ޒުވާނާ އާއި ޖައިލަމްގެ ދޮންބެ އެދިމާ އަތިރީ ހަޓުގައި ތިބިއިރު ޖައިލަމްވެސް […]
ހީޒަލް # # # # 2 އަހަރު ކުރި “ދަރިފުޅާ” އެނދުގައި އޮށޯވެގެން އޮތް ހީޒަލްގެ އަތުގައި ހިފާލަމުން ސީމާ ދަމާލައިފިއެވެ. ހީޒަލް އަދިވެސް އޮތީ ދެފައި ކުރުކޮއްލައިގެން ރާއިފްގެ މޭގައި ބޯއަޅާލައިގެންނެވެ. ހުދު ވެފައިވާ ރާއިފްގެ މޫނަށް ބަލާލުމުން ހީވަނީ އެންމެ ލޭކޮޅެއްވެސް ހަށިގަނޑުގައި ނެތް ހެންނެވެ. ދުރުގައި މަޑު ކޮއްލައިގެން ހުރި ދެ ޑޮކްޓަރުން ކުރެ އެކަކު އައިސް ރާއިފް ގަޔަށް ގުޅާފައިވާ އައިވީ ނައްޓާލަމުން ހީޒަލްގެ މޫނަށް ބަލާލައިފިއެވެ. “ހީޒަލް..” […]
އިފްޝާގެ ކޭސް އާ ބެހޭ މައުލޫމާތުން މުޅި ނިޔުސް ފީޑް ފަޅުފިލުވަމުން ދިޔައީ އެއީ މަޝްހޫރު ވައިލެޓް ކޮންޕެނީ އާއި ވިޔަފާރިވެރިޔާ ޒާހިދު ގެ ދަރި ދާނިޝް އާ ގުޅޭ ކޭސްއަކަށް ވެސް ވީމައެވެ. އިފްޝާގެ އިއުތިރާފަށްފަހު ދާނިޝް ޖަލަށް ލެވުނުތާ ދެދުވަސްތެރޭ ދޫކޮށްލެވުމާއެކު ރާސިލް ގެ ރުޅި އިތުރަށް ގަދަވެ ބަދަލް ހިފުނު ގޮތަކަށް ބަދަލް ހިފުމުގެ ރޫހް އާލާވިއެވެ. ގިނަ މީހުން އިނގިލި ދިއްކުރަމުން ދިޔައީ އިފްޝާއަށެވެ. ހަބަރުފަތުރާ ގިނަ މީހުން ވާހަކަ ދައްކަމުން […]
ރިހާމް އަހަރެން ގައިގަ ބައްދާލިއެވެ. **************** މިޝްކާ އަހަރެންދެކެ ލޯބިވާކަން އެނގުމުން ވީއުފާ ބުނެދޭންވެސް ނޭންގެއެވެ. މިހާރުން މިހާރަށް ގޮސް މިޝްކާ އަހަރެންގެ މެއާލާބޮނޑިކޮށްލަން ހިތަށް އެރިއެވެ. އަދި މިޝްކާދެކެ ލޯބިވާވަރު ބުނެދޭން ބޭނުންވިއެވެ. “މަލޫ ކޮބާ ސާދިން ؟ އެ ސޮރު ނާދޭތަ މިގެއަކަށް ؟ މަލޫގެ މަންމަމެން ކިހިނެއްތަ؟” ކުއްލިއަކަށް ސާދިން މަތިން ހަނދާންވުމުން އަހާލީމެވެ. އަހަރެން ސާދިންގެ ވާހަކަ އެހުމާއިއެކު އެންމެންގެ މޫނު މަތިން ހިތާމައިގެ ކުލަވަރު ފެނުނެވެ. މަލަކާ އިސްޖަހާލި ގޮތުން […]
ފަތިސް ނަމާދު ކޮއްލައިގެން މީރާ އުޅުނީ ކޮފީއެއް ބޯލުމަށެވެ. ހުކުރު ދުވަސް ދުވަހު ތަންކޮޅެއް ލަހުން ތެދުވާ މީރާއަށް ނޯވެވުނީ ބޮލުގައި ވީ ރިހުމުންނެވެ. ކޮންމެ ގޮތެއް ވިޔަސް މިއަދު ގޮތެއް ނިންމަން ޖެހޭނެޔޭ ހިތައް އަރަމުން ދިޔައިރު މާއިޝްއަށް ވެދާނެ ގޮތަކާއި ދޭތެރޭވެސް ވިސްނެނީ އިންތިހާއަށެވެ. ކޮފީތަށި ހިފައިގެން ސޯފައިގާ އިން މީރާ ސިހުނީ މަރީނާ ގޮވާލުމުންނެވެ. އަވަސް އަވަހަށް ފޯނުން ގަޑި ބަލާލިއިރު ހަތެއް ޖަހަން ހުރީ ވަރަށް ކައިރި ވެފައެވެ. މީރާ އެތަނުގައި […]
ރިމީޝާ އަށް ކުޑަ ހައިރާންކަމެއް ލިބުނީ މިހާ ހެނދުނު އެގެއަށް އައީ ކާކުކަން ނޭނގޭތީއެވެ. އެމީހަކު ކިތަންމެ ވަރަކަށް ބެލް އެޅިޔަސް ލައިގެން ހުރި ހެދުމުގެ ގޮތުން ހުޅުވޭކަށް ނެތެވެ. ތަކުރާރުކޮށް އެމީހަކު ބެލް އަޅަން ފެށުމުން ރިމީޝާ ވަނީ ކޮޓަރިއަށެވެ. ލައިގެން ހުރި އަތްކުރު ޓީޝާޓްކޮޅު މަތިން ކަޅުހެދުން ލުމަށްފަހު ބުރުގާ އަޅައިގެން ގޮސް ދޮރު ހުޅުވާލިއެވެ. އެވަގުތު ބެނިއަންއަކާއި އެކު ހަމަ އެކުލައިގެ ސޯޓްބުރިއެއްގައި ފުރަގަހަށް ހުރި އިސްކޮޅުންދިގު ޒުވާނެއް ރިމީޝާ އަށް […]
“މަ ހައްދައިގެން ކަލެއަށް މަގޭ އަތްދަށުން ސަލާމަތް ވެވޭނެކަމަށް ހީނުކުރާތި! މަ މިރޭ ދިޔައިމަ ކަލޭ ކިތަންމެ ވަރަކަށް އިންކާރު ކުރަން އުޅުނަސް ކަލޭ ޖެހޭނީ އެއްބަސްވާން! ހަނދާން ކުރާތި! ކަލޭ…..ޖެހޭނީ….އެއްބަސް…ވާން!” ވިޔާމް ކަޅި އަޅަމުން ބަސްތައް ވަކިވަކިން ކިޔާފައި އެތަނުން ދާން ހިނގައިގަތެވެ. ވިޔާމް އެންމެ ފަހުން ވާހަކަ ދެއްކި ގޮތުން އަފާފް އަނެއްކާވެސް ރުޅި އާދެވޭ ގޮތްވިއެވެ. އެހެނަސް އެ ރުޅީގެ ތެރެއިން ވެސް އޭނައަށް ވިޔާމްގެ ޙާލަތާއިމެދު ވިސްނުނެވެ. ** […]
އައިސްފައި ހުރި ރުޅީގައި ލިވާން އެދިޔަ ބާރުމިނުގައި ގޮސް ދޮރު ހުޅުވާލިއެވެ. އޭރު މީހާ ހުރީ ކޮންމެވެސް ވަރަކަށް ދާހިއްލާފައެވެ. ޒީވާ އާއި ދިމާއަށް ބަލާލުމަށްފަހު ލިވާންއަށް ބަލާލި ވިކްޔަން ސިހުނީ އޭނަގެ ކޯތާފަތް މައްޗަށް އަރައިގެންދިޔަ ލިވާންގެ އަތުގެ ހަމަލާއިންނެވެ. ******* ހައިރާން ކަމާއިއެކު ލިވާން އަށް ބަލާލަމުން ވިކްޔަން އޭނާގެ ކޯތާފަތުގައި ހިފަހައްޓާލިއެވެ. އިސާހިތަކު އެމޫނުމަތިން ކަންބޮޑުވުން ފާޅުވުމާއިއެކު ޒީވާގެ ގައިން ދޫކޮށްލެވުނެވެ. ލިވާން ދެބުމަ ގޮށްޖަހައިގެން ބަލަން ފެށުމުން ވިކްޔަން އަށް އިސް […]