Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޔާއިން 11

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
April 29, 2018 7 Mins Read
13 Comments

ރިހާމް އަހަރެން ގައިގަ ބައްދާލިއެވެ.

****************

މިޝްކާ އަހަރެންދެކެ ލޯބިވާކަން އެނގުމުން ވީއުފާ ބުނެދޭންވެސް ނޭންގެއެވެ. މިހާރުން މިހާރަށް ގޮސް މިޝްކާ އަހަރެންގެ މެއާލާބޮނޑިކޮށްލަން ހިތަށް އެރިއެވެ. އަދި މިޝްކާދެކެ ލޯބިވާވަރު ބުނެދޭން ބޭނުންވިއެވެ.

“މަލޫ ކޮބާ ސާދިން ؟ އެ ސޮރު ނާދޭތަ މިގެއަކަށް ؟ މަލޫގެ މަންމަމެން ކިހިނެއްތަ؟” ކުއްލިއަކަށް ސާދިން މަތިން ހަނދާންވުމުން އަހާލީމެވެ. އަހަރެން ސާދިންގެ ވާހަކަ އެހުމާއިއެކު އެންމެންގެ މޫނު މަތިން ހިތާމައިގެ ކުލަވަރު ފެނުނެވެ. މަލަކާ އިސްޖަހާލި ގޮތުން ކޮންމެވެސް ބޮޑުކަމެއް ސާދިނަށް ވެއްޖެކަން އަހަންނަށް ދެނެގަނެވުނެވެ. “ދޮންބޭ މިހާރު ވަރަށް ލަސްވެއްޖެއް ހިނގާ ނިދަން ދާން މަންމަ ހުންނާނެ އަހަރުން ނުގޮސްގެން ނުނިދިފަ ކުއްބޭ މަލާ ދައްތާ ދިޔައީ އިނގޭ ޖިޔާން ހިނގަދާން!” ނައިރާ އަހަރެންގެ އަތުގައި ހިފައިގެން ނިކުތެވެ. ޖިޔާންވެސް އަހަަރުމެން ފަހަތުން ނުކުތެވެ. “ނައި މިހާރު ކޮންކަމެއް ތިސިއްރު ކުރަނީ ދޮންބެއަށް އެނގޭ ސާދިންއަށް ކަމެއްވެއްޖެކަން!” ނުރުހިފައި ކަހަލަ ގޮތަކަށް އަހަރެން ބުނީމެވެ. “ދޮންބޭ ސާދިން ވީ އެންމެންނާ ވަރަށް ދުރުގަ ސަދާދައްތައާ މިޝްވާރްބެ ވެސް” ފުންނޭވައެއްލަމުން ނައިރާ ބުންނެވެ. “ތި ބުނީ؟” “މިބުނީ ސާދިންއާ މިޝްކާގެ މަންމަ އަދި ބައްޕަ ވެސް މިދުނިޔެެއާ އަލްވަދާއު ކިޔާފިއޭ. މީގެ ހައަހަރު ކުރިން ސާދިންއާ މަލްދައްތަ އިތުރަށް ކިޔަވަންވެގެން އެންމެން އެއްކޮށް މެލޭއަށް ބަދަލުވީ. އޭރު ދޮންބެވެސް ގޮއްސި ޔޫކޭއަށް ޖިޔާންއާ އެއްކޮށް! ދޮންބެއަށް އެނގިފަ ކަންނޭނގެ އޮންނާނީ މެލޭގައިވީ ރޭލް އެކްސިޑެންޓެއްގައި ދިވެހި އާއިލާއެއްގެ ތިން މެންބަރުން މަރުވެ އެކަކު ގެއްލުނުކަން އެއީ ސާދިންމެން ސަދާދައްތައާ މިޝްވާރްބެއާ ސާދިން މަރުވީ ދެން މަލާދައްތަ ގެއްލުނީ މިޝޫއަކަށް މާބޮޑު ގެއްލުމެއް ނުލިބޭ! އެކްސަޑެންޓްގެ ޚަބަރު ލިބުމާއެކު ބޮޑުބެއާ ރައިދައްތަ އެކޮޅަށް ފުރީ. ކުއްބެއާ ނައި މަޑުކުރީ މަންމަގާތު ދޮންބެއަށް އެނގޭތަ މަލާދައްތަ ފެނުނީ އެކްސިޑެންޓްވިތާ ދެދުވަސްފަހުން އެތާ ކައިރީގައި އޮތް ކޯރެއްގެ ތެރެއިންްް އެންމެން ހިކުރީ މަލާދައްތްްްްްްަވެސް..  ނަސީބަކުން މަލާދައްތަ މަރެއްނުވޭ އެކަމު ތްރީމަންތްްްްްްސް ވަންދެކަށް ކޯމާއެއްގައި އޮތީ މިޝޫހުރީ ޝޮކެއްގައި އެންޑް ކުއްބެ އޯ މައި ގޯޑް. ހަމަ ހީވަނީ މައްޔިތެއްހެން ނުވެސްކައި މީހާ ހުރީ ހިކި އަނަރޫފަވެފަ މަންމަ ވަރަށް މަސައްކަތް ކޮށގެން ހަމައަކަށް އެޅުނީ އެކޮޅުން ޓޫމަންތްސް ކޮށްފަ މަލާދައްތަ ގެނައި މާލެ އެންމެން އުއްމީދު ކަޑާލާފައޮތީ އެހެންވެ ރައިދައްތަ ކުއްބެގާތު އެދުނީ މިޝްކާއާ މެރީ ކުރަން ބަޓް ހީ ރިފިޔުސްޑް ރައިދައްތަ ކީއްވެހޭ އެހުމުން ބުނީ ދޮންބެ މިޝޫދެކެ ލޯބިވާވާހަކަ.އަދި ކުއްބެ މަލާދައްތަ ދެކެ ވެސް ލޯބިވާވާހަކަ. މަންތެއްވީތަނުން މަލޫދައްތަ ހޭއެރީ. ސަލާމަތްވީ މަލާދައްތައާ މިޝޫ އެކަނިކން އެނގުމުން ވަރަށް ރުއި. ރިކާ ލިބުނު ފަހުން ކިިޔާވެސް ހަމަޖެހުނީ އެކަމު މިހާރުވެސް ސާދިންމެންގެ ވާހަކަ ދައްކާއިރަށް ސަކަރާތްވާނެ އެހެންވެ އެކަކުވެސް އެވާހަކައެއް ނުދައްކާނެ. ދެން މިޝްކާއަކީ ދެރަ ވިއަސް އެކަން ދައްކާ މީހެއް ނޫން އެންމެން ކުރިމަތީ ވަރަށް ހަމަޖެހިގެން އުޅެނީ އެކަމު އެކަނިވާއިރަށް ރޮވޭނެ.” ނައިރާ އެއްނޭވައިން ކިޔާދިނެވެ. އަހަރެން ހުރީ ބުނާނެއެއްޗެއް ނޭނގިފައެވެ. އަހަރެންގެ އެންމެ ގާތްއެކުވެރިޔާ މިދުނިޔޭގައި ނެތްކަން މި އިނގުނީ ހައަހަރު ފަހުންނެވެ. ކުރީރޭ ޓެރަހުގައި މިޝްކާ ރުއި ސަބަބު އެނގިއްޖެއެވެ. އަދިވެސް މިޝްކާ ހުރީ ޓެރަހުގައިކަން އެނގުމުން އަހަރެން ޓެރަހަށް ދިޔާމެވެ.

“ޔާން އައި އޭމް ސޮރީ އަހަންނަށް އިނގޭ ޔާން މިރޭ ވަރަށް ދެރަވިކަން އަދި އަހަންނަށް ކިޔުނީ ކިޔައިގެން ވާނެ އެއްޗިއްސެއްވެސް ނޫންކަން! ޔާން މިވީ ހައަހަރު ދުވަހު އަހަރެން ޔާނަށް އިންތިޒާރު ނުކުރާ ދުވަހެއް މަދުވާނެ. ކިޔަވާނިމިގެން ޔާން އަންނާނެކަން އެނގޭއިރުވެސް އިންތިޒާރު ކުރެވެނީ. މަންމަމެން ގެއްލުނު ގޮތަށް ޔާންވެސް ގެއްލިދާނެތީ ބިރުގަނޭ. ޔާން އައި ލަވް ޔޫ!” އަހަންނަށް އިވުނީ މިޝްކާގެ އަޑެވެ. މިޝްކާގެ ދުލުން ލޯބިވާ ވާހަކަ ބުނުމުން އަހަރެންގެ ހިތަށް ބަޔާންކުރަން ދަތި އުފާވެރިކަމެއް ލިބިގެން ދިޔައެވެ. “އައި ލަވް ޔޫ ޓޫ މިޝްކާ” ސިހިފައި މިޝްކާ ފަހަތަށް ބަލާލި ގޮތުން އަހަރެން އެތާހުރިކަން އޭނާއަށް ނޭންގޭކަން އެނގުނެވެ. އަހަރެން ފެނުމާއައެކު ލަދުން އިސްޖަހާލިއެވެ. މުޅިމީހާ ހީވީ ވިރިގެން ގޮސްފާނެހެންނެވެ. “ޔޭސް މިޝޫ އައި ލަވް ޔޫ. މިވީ ހާ ދުވަހު މިޝްކާއާ ދުރުގަ ހުންނަށް ޖެހުމުން މިހިތުގަ އެޅި ވޭން ބުނެދޭންވެސް ނޭންގެ. މަލާ ފެނުނު ދުވަހު އެއީ މިޝޫކަމަށް ހީކޮށް ހިތަށް ލިބުނު އަނިޔާ.. މިޝޫ ރޯތަން ފެނުނު ރޭ އަހަރެންގެ ހިތަށް ހީވީ އެތަށް ހާސް ދަގަނޑުތަކެއް ހެރިހެން. ތި ލޮލުން އެންމެ ކަރުނަ ތިއްކެއް ވެއްޓޭތަން ބަލަންވެސް މިހިތަށް ކެތެއް ނުވޭ! މިރޭ މިޝޫގެ ތިރީތި އަޑުން އަހަރެންދެކެ ލޯބިވާވާހަކަ އަޑުއިވުމުން ވަރަށް އުފާވެއްޖެ!އައި ލަވް ޔޫ މިޝޫ!” މިޝްކާ އެހުރިހާ އިރުވީ އިރުވެސް އިނީ އިސްޖަހައިގެންނެވެ. މިޝްކާގެ މޫނަށް ބަލާ މީހަކު ފޫހިނުވާނެއެވެ.ވަކިން ޚާއްސަކޮށް ލަދުގާތުމުންނެވެ. އަހަރެން ނުވިސްނާ ހުއްޓާ މިޝްކާ ކޮށްލިކަމަކުން ގައިގެ ލޯލިތަށް ކޮޅަށްޖެހުނެވެ. އަހަރެން ގައިގަ ބައްދާލިލެއް ބާރުކަމުން އަހަންނަށް ހުރީ ހިރިވެސް ނުލެވިފައެވެ. “ޔާން ދުވަހަކުވެސް އަހަރެން ދޫކޮށްފަ ނުދައްޗޭ! ހިނގާ މެރީ ކުރަން. ދެން އެންމެ ދުވަހަކުވެސް ޔާންއާ ނުލާ ނޫޅެވޭނެ. އައި ލަވް ޔޫ ޔާން” ރޮވިފައިވި އަޑަކުން މިޝްކާ ބުންޏެވެ. “މިޝޫ ރޮނިީތަ؟ މަށެއް ނުދާނަމޭ މިޝޫ ދޫކޮށްފަކާ އައި ޕްރޮމިސް. އިންޝާﷲ ވަރަށް އަވަހަށް މެރީ ކުރާނަން. މެރީ ކުރަން ދެކަށް އަހަރުމެން އުޅެންޖެހޭނީ ތަންކޮޅެއް ދުރުން އެހެންނޫނީ…” އެއްލޯ މަރާލަމުން އަހަރެން ބުނީމެވެ. މިޝްކާ އަވަހަށް ދުރަށްޖެހިލިއެވެ. އޭރު ލަދުންގޮސް މިޝްކާގެ މޫނު ހުރީ ރަތްކުލައިގައެވެ. “ޖިން ފައިނަލީ ޖޫލިއެޓްއަށް ރޯމިއޯ ލިބިއްޖެދޯ.” އަހަރުމެން ދެމީހުން ސިހުނީ ފަހަތުން ނައިރާގެ އަޑު އިވުމުންނެވެެ. އޭރު ބަނޑުގައި އަތް އަޅައިގެން ޖިޔާން ހޭން ހުއްޓެވެ. “ދޯ މިޝްކާ ހާދަ ރޮމްއޭ އެއޮއް ގޮސް ޔާންގައި ބައްދާލިގޮތެއް މިވީ އަށް އަހަރު ދަވަހުވެސް ނައި އެގޮތަކަށް މަގޭ ގައިގަ ބައްދައެއްނުލާ” “އޭ ޖިޔާން ގަނޑު މަޑުން ހުރެ އިނގޭ. މަވަރަށް ނިދިއައިއްސި ދަނީ” އަހަރެން އަވަހަށް އެތަނުން ދާން ހިނގައގަތީމެވެ. “ބާއި މިޝޫ ރަނގަޅަށް ނިދާތި” ދޮރާއި ހަމައަށް ގޮސް މިޝްކާގާތު ބުނީމެވެ. “ޔޫ ޓޫ ” ވަރަށް ލަދުން ހުރެ މިޝްކާ ބުންޏެވެ.

އަހަންނަށް ހޭލެވުނީ ފަތިސްނަމާދަށް ގޮވަނިކޮށެވެ. އަވސްކޮށްލައިގެން ޖަމާއަތަށް ދިޔައިމެވެ. ނަމާދު ނިމިގެން ގެއަށް ދިޔުމުގެ ބަދަލުގައި އަހަރެން ދިޔައީ ރަސްފަންނަށެވެ. ރސްފަންނުގަަގައި ހުރި ޖޯލިގައި އިށީންދެގެން އިން އިރު ރޭގެ މަންޒަރު އަހރެންގެ ލޮލަށް ސިފަވިއެވެ. މިއަދުގޮސް މަންމަ ގާތު އަހަންނާ މިޝްކާގެ ގުޅުމުގެ ވާހަކަ ބުނަން ޖެހޭނެއެވެ. އެހެން ހިތަށް އެރުމާއިއެކު ކުޑަކޮށް ޖެހިލުންވިއެވެ. އަހަރެންގެ އުމުރުން މިވީ 24 އަހަަރު ދުވަހުވެސް އަންހެއްކުއްޖެއްގެ ވާހަކަ މަންމަ ގާތު ނަންވެސް ނުގަންނަމެވެ. މަންމަގާތު އެވާހަކަ ބުނާނެ ގޮތަކާއި މެދު އިރުއަރަން ދެން ވިސްނަން ހުރީމެވެ.

**************

މިޝްކާގެ ނަޒަރުން

ރޭހަތަރު ދަމު ނިދަން އުޅެ އުޅެ އަހަންނަކަށް ނުނިދުނެވެ. ރޭގައި ކުރެވުނު ކަންތައް ހިތަށް އެރުމާއިއެކު ލަދުންގޮސް މަރުވާވަރުވިއެވެ. ޔާއިން ދިޔަފަހުން ވެސް ނައިރާއާ ޖިޔާން އެވަރަށް ދިމާކުރިއެވެ. ބަންގި ގޮވުމުން އަހަރެން ތެދުވެ ނަމާދު ކޮށްގެން ސިޓިންރޫމަށް ނިކުތީމެވެ. އޭރު ރިކާ ހޭލައިގެން އުޅެއެވެ. ދޮންތަ ބަދީގޭގައި އުޅޭ އަޑުވެސް އިވެއެވެ. ރިކާ ގާތު ހުރުމަށްފަހު ދޮންތައަށް ކުރަނީކީއްތޯ ބަލާލަން ބަދިގެއަށް ދިޔައިމެވެ. “މިޝްކޮ ކޮންގްރެޓްސް އިނގޭ” ބަދިގެއަށް ވަނުމާއިއެކު ދޮންތަ ބުންޏެވެ. ކީއްވީހޭ އަހާކަހަލަ ފާޑަކަށް އަހަރެން މޫނުހަދާލީމެވެ. “ވަރަށް ނުވާކަމަކަށް ހެދެން އެބައުޅެއްނު ނައިރާ ބުނެފިއޭ ރޭގަ ޔާނުއާ ދެމިހުން ޓެރަހުގަ ގަންގަނޑުގެ ވާހަކަ ޖިޔާން ބުނީ މިޝްކޮ ވަރަށް ރޮމްއޯ” ދޮންތަވެސް އަހަންނާ ދިމާ ކުރަން ފެށިއެވެ. ޖިޔާންއާ ނައިރާއަކީ ނިކަން އަނގަގަދަ ދެމީހުންނެވެ. މިހާ އަވަހަށް ދޮންތަގާތުވެސް އެވާހަކަ އެބުނީއެވެ. “ދެން ދޮންތާ ހެޔޮއޭ ތިވަރަށް ދިމާ ނުކުރިއަސް” ތުން ދަމާލަމުން އަހަރެން ބުނީމެވެ. އަހަންނާ ދޮންތަވެެގެން ހެނދުނުގެ ނާސްތާ ތައްޔާރުކުރީމެވެ. ރައިދައްތަމެން އެހެންބައެއްގަ އުޅުނަސް ކައި ހަދަނީ އަހަރުމެން އުޅޭބައިންނެވެ. އަށެއް ޖެހިއިރު އެންމެންތިބީ މޭޒުދޮށު ހެނދުނުގެ ނާސްތާ ނަގާށެވެ. “މަލާ މިއަދުމެންދުރަށް ކައްކާނެ ކަމެއް ނެތް ނަސްރާ ބުނި އެބަޔަށް އެންމެން ދާށޯ ކާން މި އުޅޭ ޔާން ބޭނުމޯ އެންމެންނާ ބައްދަލުކުރަން އެހެންވީމަ އެކެއް ޖަހާއިރަށް އެންމެން ދާށޯ އެބަޔަށް” ރައިދައްތަ އިށީންދެފައި ބުންނެވެ. ޔާއިން އެ އުޅެނީ އަހަރުމެންގެ ކައިވެނި ވާހަކަ ދައްކަން ވެގެންނެވެ. އެހެން ހިތަށް އެރުމާއިއެކު އަހަންނަށް ރަނގަޅަށް ސައިވެސް ނުބޮވުނެވެ. އަވަސް އަވަސް ކޮށްލައިގެން ކޮޓަރިއަށް ދިޔައީމެވެ. ދޮންތައަށް ވީގޮތް އެނގުމުން ހޭންހުއްޓެވެ.

ކޮޓަރިއަށް ވަން ގޮތަށް އަހަރެން އަލަމާރި ހުޅުވާލީމެވެ. މިއަދު ޔާން މެން ބަޔަށް ދާއިރު ލާނެ ހެދުމެއް ހޯދުމަށެވެ. އަހަރެން ލަނީ ހުސް އަބާޔާއެވެ. ހުރިހާ އަބާޔާތަށް އެނދުމައްޗަށް އަޅާލުމަށްފަހު ފަހަރަކު ހެދުމެށް ނަގައި ބަލަންފެށީމެވެ. އަހަންނަށް އެންމެ ކަމު ދިޔައީ މިދިޔަ އަހަރު އަހަރެންގެ ގްރެޖުއޭށަނަށް ނުސްދައްތަ ފަހާދިން ހެދުމެވެ. އެދުވަހު ލީގޮތަށް އަހރެން އެހެދުމެއް އަދިއެއް ނުލަމެވެ. ހަށިގަނޑަށް ބަދަލު ނާންނާތީވެ އަދިވެސް އަހަންނަށް އެހެދުން ހެޔޮ ވަރެވެ. އެހެދުމާއިއެޖު އަހަރެން އެޅި ޓާރކުއިޝްކުލައިގެ ޝޯލް ނެގީމެވެ. އަދި ބުރުގާ އަޅާނީ ކިހިނެއްތޯ ބަލަންވެގެން އެކި ގޮތްގޮތަށް އަޅަންފެށިމެވެ. އެމަސައްކަތުގައި ހުއްޓާ ދޮންތަ ކޮޓަރިއަށް ވަނެވެ. ” މިޝްކޯ އަދި ކިރިޔާ ނުވައެއް އެޖެހީ މިހާރު ތައްޔާރުވާން ތިފެށީ އެކެއް ޖަހާއިރުއޭ ދާންޖެހެނީ!” ދިމާކުރުމުގެ ގޮތުން ދޮންތަ ބުންޏެވެ. “ދޮންތާ ކިހިނެއް އެޅީމަތަ މީތި ރީތިވާނީ މިހުން އޮލިފަ އެޅީމަތަ ނޫނީ އަރަބި ވައްތަރަށް އެޅީމަތަ ހެދުމާގުޅޭނީ؟” ދޮންތަ ދެއްކި ވާހަކައަށް އަޅާލުމެއް ނެތި އަހަރެންގެ އަމިއްލަ ސުވާލުކުރީމެވެ. ދޮންތަ ދެތިން ގޮތެއް ކިޔާދިނެވެ. ރިކާ ގޮވަން ފެށުމުން ދޮންތަ ދިޔައީއެވެ. ޔޫޓިއުބުން ޝޯލްއަޅާނެ ގޮތެއް ބެލުމަށްޓަކައި ފޯނުނެގީމެވެ. ފޯނު ނެގިތަނުން ޔާއިންއަށް ގުޅާލާހިތް ވިއެވެ. ގުޅަން ނުވުޅަން ހުރެފައި ޔާއިނަށް ގުޅީމެވެ. އަހަރެން ހީކުރީ ސިކުންތެއްގެ ތެރޭގައި ފޯނު ނަގާނެކަމަށެވެ. ނަމަވެސް ފޯނު ކެނޑުނުއިރުވެސް ނުނެގިއެވެ. ތިން ފަހަރުގުޅުނު އިރުވެސް ނޯނެއް ނުނެގިއެވެ. ހަތަރުވަނަ ފަހަރު ގުޅިއިރު ފޯނު އޮތީ ނިއްވާލާފައެވެ. އަހަރެން ހާސްވާގޮތް ވިއެވެ. ނަމަވެސް ޔާއިން ބިޒީވީ އޭ ހިތަށް އަރުވާލުމަށްފަހު ހަމަޖެހިލީމެވެ.އަދި ޔޫޓިއުބްއިން ޝޯލްއަޅާނެ ގޮތްތައް ބަލަންފެށީމެވެ.

މެންދުރު ބާރަގަޑި ބައިވީ އިރު އަހަރެން ހުރީ ތައްޔާރުވެގެންނެވެ. އަހަންނަކީ ތުންފަތުގައި އެއޗިހި އުނގުޅާމީހެއް ނޫނެވެ. އެހެނަސް މިއަދު ރިކާ ގެންގުޅޭ ލިޕްގްލޮއުސް ފުޅިން ެ އެތިކޮޅއް ހާކާލީމެވެ. ލޮލުގައި ކުޑަ އަނދުން ކޮޅެއްވެސް އެޅީމެވެ. “މިޝްކޮ ހީވަނީ ޕާރޓީއަކަށް ދާން ތައްޔާރުވެގެން އައިހެން އަނެއްކާ ތަނަކަށް ދީން އޮތީތަ؟” އަހަރެން ސިޓިންރޫމްއަށް ދިޔުމުން ރައިދައްތަ ބުނެލިއެވެ. އަހަރެން ފަހަރަކު މީހަކަށް ބަލާލީމެވެ. އެންމެންވެސް ތިބީ އާންމުކޮށް ގޭގަ ލައި އުޅޭ ހެދުން ލައިގެންނެވެ. އަހަރެން އެކަނި މިހާ ރީތިވެގެން އާދެވުމުން ކުޑަކޮށް ރަކިވިއެވެ. އެހެން ދުވަސްދުވަހު ވެސް ނައިރާމެން ބަޔަށް ކާން ދަމެވެ. ނަމަވެސް އަހަރެންވެސް އާންމުކޮށްދަނީ ގޭގައުޅޭއިރު ލާ ކަކުލާހަމައަށް އަންނަވަރުގެ ހެދުން ލައިގެންނެވެ. ރައިދައްތަކުރި ސުވާލަށް ހަމަ އެކަނި ހިނިތުންވުމަކުން ފުއްދާލީމެވެ. ދޮންތަބޭ އޮފީހުން އައުމުން އެންމެން މައްޗަށް ދިޔައިމެވެ. އޭރު ނައިރާ ދޮރު ހުޅުވައގެން ހުއްޓެވެ. ޖިޔާންވެސް އެތެރޭގައި ހުއްޓެވެ. ނަމަވެސް ޔާއިން ފެންނާކަށް ނެތެވެ. “ނައްޓު ކޮބާ ޔާން؟” އަހަރެން މަޑުމަޑުން އަހާލީމެވެ. “އެއޮށް ނުކުތީ” ކޮޓަރިން ނުކުތް ޔާއިން ދައްކާލަމުން ނައިރާ ބުންޏެވެ. ޔާއިން ފެނުމުން ހުރިތަނަށް އަހަރެން އަނބުރާނުގަތީ ކިރިޔާއެވެ. ކަޅު ކުލައގެ އަތްދިގު ގަމީހާއިއެކު ހަމަ އެ ކުލައިގެ ޖިންސެއްލައިފަިހުރި އިރު ބަލާ ފޫހިނުވާނެއެވެ. އިސްތަށިގަނޑު ރީތިގޮތަކަށް ހަދާފައިހުރި އިރު ތުނިކޮށްފަޅާފައި ހުރި ތުނބުޅިން ފިރިހެންވަންތަކަން ދައްކައެވެ. ޔާއިންއާ އަހަރެންގެ ހަތަރު ކަޅި ހަމަވުމުން އަހަނަށް އިސްޖަހާލެވުނެވެ. ޔާއިން އައުމުން އެންްމެން ކާންއެރިއެވެ. ތަަަފާާތު ވައްތަަރުގެ ބާވަތްތަކުން ސުފުރާމަތި ވަނީ ފުރިފައެވެ. ގަރުދިޔައާ ބަތާ ރިހާކުރާ ލޮނި މިރުހާ ތެލުލި ފަތާ ފިހުނު މަހާ ހުނި ރޮށީގެ އިތުރުން ކުކުޅު ރިހަޔާ ޕާޕަރާ ފަތް ސަޓަނި ހުއްޓެވެ. ކައި ނިމިގެން ކާން ފޮނި އެއްޗިއްސަށް ޕިރިނީއާ މެގްނަމް ޕުޑިން ވެސް ހުއްޓެވެ.

“ކާން ފެށުމުގެ ކުރިން އަޅުގަނޑު ބޭނުން ވާހަކައެއް ބުނަން. އަޅުގަނޑަށް އޭޑީކޭ އޖން ވަޒީފާ ލިބިއްޖެ މާދަމައިން ފެށިގެން ނުކުއްނާށޯ ބުނީ.” ޔާއިންއަށް ވަޒީފާ ލިބުމުން އަހަރެން ވަރަށް އުފާވިއެވެ. ޔާއިންއަށް މަރުހަބާ މިޔަން ބޭނުންވިއެވެ. ނަމަވެސް އެންމެން ތިބުމުން އަހަންނަކަށް ނުކެރުނެވެ. ” ކޮންގްރެޓްސް ޑޮކްޓަރ ޔާއިން. އައެމް ސޯ ޕްރައުޑ އޮފް ޔޫ” ދޮންތަބޭ ޔާއިނަށް މަރުހަބާ ކިޔެވެ. ދެން ތިބި އެންމެންވެސް މީހަކަށް ފަހަރަކު ޔާއިނަށް މަރުހަބާ ކިޔެވެ. އަހަރެންގެ ހާލު ވިސްނި އަހަރެންގެ ނަމުގައި ދޮންތަ ޔާނުއަށް މަރިހަބާކިއެވެ. “ދެން އޮތީ އަސްލު ބޮޑުވާހަކަ” ޔާއިން ބުނަން އުޅެނީ ކޮންވާހަކައެއްކަން އެނގުމުން އަަހަރެން ފިނިވިއެވެ. ފިނިވިވަރުން ގޮސް ނިޔަފަތި ކާންފެށުނެވެ. ހަމަ އެ ވަގުތު ގޭގެ ބެލް އެޅިއެވެ. ނައިރާ ދާން އުޅުމުން ޔާނު ނައިރާ ބާންދާފައި ދޮރުހުޅުވުމަށް ދިޔައެވެ. ދޮރު ހުޅުވިއިރު ހުރީ އަންހެންކުއްޖެކެވެ. ހުދުކުލައިގެ ޓޮޕަކާ ނޫނުލައިގެ ޖިންސެއްލާފައި ހުރިއިރު ކޮނޑާހަމަޔަށް އޮތް އިސްތަށިގަނޑު އޮތީ މަޑު ފިޔާތޮށި ކުލައިން ހައިލައިޓް ކޮށްފައެވެ. އަރަފައި ހުރި ފައިވާނުގެ ކަށި އެހާމެ ދިގެވެ. އެކުއްޖާއަށް ބަލާލުމުން އެއީ ވަރަށް ޒަމާނީ ކުއްޖެއްކަން އެނގެއެވެ. އެކުއްޖާ ގޮވައިގެން ޔާއިން އެތެރެއަށް ވަނެވެ. އެންމެން ވެސް ތިބީ އެއީ ކޮންކުއްޖެއްތޯ ބެލުމަށް ކެއްމަދުވެފައެވެ. “އަޅުގަނޑު އަސްލު އެންމެން އެއްކޮށްފަ ބުނަން އުޅުނު ވާހަކައަކީ އަޅުގަނޑު މިއުޅެނީ މެރީކުރަން!” “މަށަށް ހީވިއޭ ެ އޭރުވެސް އެވާހަކަ ދައްކަންހެން މިގެނައި މިޝޫ މާ ރީތިވެގެން އައިމަ މަލާ ގޮތަށް މިޝޫވެސް މިގޭ ކުއްޖަކަށް ވަނީއޭ ދޯ!” އަހަރެންގެ ބޮލުގައި ފިރުމާލަމުން ރައިދައްތަ ބުންޏެވެ. އުފަލުން ގޮސް އަހަރެންގެ ހިތް ނަށާލިއެވެ. “ރައިދައްތާ މިޝްކާ އަކާ ނޫނޭ ޔާން މެރީ ކުރަން މި އުޅެނީ ޔާން މެރީ ކުރަން އުޅޭ ކުއްޖާ މިހިރީ. މީ ޑޮކްޓަރ ކައިސާ. އަޅުގަނޑާ އެއްކޮށް ކިޔަވަން އުޅުނު ކުއްޖެއް ޖިޔާނަށް ވެސް އިނގޭނެ ކައި ދޯ ޖިން” ޔާން ބުނި ޖުމްލައިން ހީވީ އަހަރެންގެ މޫނުމަތީގައި މީހަކު ވީއލާލިހެންނެވެ. ކައިސާ ގަޔާ ކައިރިކޮށްލަމުން ޔާއިން އެހެން ބުނީ ވަރަށް ލޯބިންނެވެ. އަހަންނަށް ގަބޫލު ނުކުރެވިގެން ޔާއޖންއާ ދިމާއަށް ބަލާލިމެވެ. ކައިސާ ވަޔާ ކައިރި ކޮށްގެން ހުރިއިރު އެ މޫނު މަތިން ފެންނަނީ ހިނިތުންވުމެވެ. “ޔާން އަހަރުން ހައްދަން އުޅޭނެ ކަމެއް ނެތް! ޔާން ހެދުނަސް އަހަރުމެންނެއް ނުހެއްދޭނެ ދޯ މަލާ ޖިން ނައި” ދޮންތަބޭ ބުނިއެވެ. އެވަގުތު އަހަރެންގެ ހިތް ހަމައަކަށް އެޅުނެވެ. ދޮންތަބޭ އެބުނީ ތެދެކެވެ. ޔާނު އެ އުޅެނީ އެންމެން ތަޅުވަންށެވެ. “ރިހާމް ބްރޯމެން މީހުން ހެއްދިއަކަސް އަހަރެން މީ މީހުން ހައްދާ މިހެއް ނޫން ހަމަ ތެދަށް މި ބުނީ އަހަރެން މިއުޅެނީ ކައިއާ މެރީ ކުރަން” ސީރިއަސް ރާގެއްގައި ޔާއިން އެހެން ބުނުމުން އަހަރެންގެ ލޮލަށް އިޚްތިޔާރަކާ ނުލައި ކަރުނަ ޖަމާވިއެވެ. ޖިޔާން ނައިރާ އަދި ދޮންތައާ ދޮންތަބޭ ވެސް ފާޑަކަށް ޔާއިންއަށް ބަލަހައްޓާގެން ތިއްބެވެ. “ކައި މީ އަހަރެންގެ ފެމިލީ މިހުރީ މަންމަ ދެން މީ ނައިރާ. ނައިރާގެ އެކޮޅަށް އެހުރީ ނައިރާގެ ބެސްޓްފްރެންޑް މިޝްކާ. މިޝްކާއަކީ ރިހާމްގެ ވައިފް މަލާގެ ކޮއްކޮ. މިޝްކާއާ ޖެހިގެން އެއީ ރައިދައްތަ މަގޭ އަންކަލްގެ ވައިފް އަދި ރިހާމްގެ މަންމަ. ރައިދައް ތައާ ޖެހިގެން އެއީ އަންކަލް އަންކަލްއާ ޖެހިގެން އިން ލޯބިލޯބި ބޭބީއަކީ ރިމްއާ މަލާގެ ބޭބީ ރިކާ. މޫނު އަޅާފަ ތީނީ މަލާ ދެން މަލާއާ ޖެހިގެން ރިމް. ރިމް ކާރީގަ ހުރި މީހާ ނުބުންނަސް އެނގޭ ދޯ އެއީ އަނގަގަދަ މިތުރު ޑޮކްޓަރް ޖިޔާންކަން” ޔާއިން ކައިސާއަށް އެންމެން ތައާރަފްކޮށްދިނެވެ. “ޔާނުގެ ފެމިލީ ހާދަ ކިއުޓްއޭ އަހަރެން ބޭނުންވާ ކަހަލަ ފެމިލީއެއް މީ!” “ދޮންބެ މީކޮންކަމެއް؟” ނައިރާ ވަރަށް ރުޅިއައިސްފަ ބުންނެވެ. “ނައިރާއަށް ހަމަ ނޭންގުނުތަ ދޮންބެގެ ވާން އުޅޭ ވައިފަށް ފެމެލީ އިންޓްރޮޑިއުސްކޮށްދިނީނު!” ވަރަށް ހަމަޖެހިލާފައި ޔާއިން ބުނެލިއެވެ. ޔާނު ވާހަކަ ދެއްކިގޮތުން އެނަ ސަމާސާ ކުރަނީ ނޫންކަން އެނގުނެވެ. އަހަންނަށް އެތާ ހުންނަަން ކެތް ނުވުމުން ތެދުވެ ދުއްވައިގަތީމެވެ. އެވަގުތު ކާމޭޒު ދޮށުއެންމެން ތިބިކަންވެސް އަހަރެން ހަނދާންނެތުނެވެ.

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ތިޔަ އިންތިޒާރުގައި 8

Next

އާދޭސް ކުރާ ހިތްވޭ ރޮމުން (24)

Next
April 29, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން (24)

Previews
April 29, 2018

ތިޔަ އިންތިޒާރުގައި 8

13 Comments!

  1. Kiyara says:
    April 29, 2018 at 3:08 pm

    Slm all miothy yaain ge 1qvana part lasvikamah takai hurihaa kiyuntheringe kibain maafah edhen. Mi bai vx kamudhaane kamah ummedhu kuran

  2. unique says:
    April 29, 2018 at 3:09 pm

    thankgod up vikan otherwise vv sad vaane

    1. Kiyara says:
      April 29, 2018 at 3:14 pm

      I am so sorry unique.

    2. unique says:
      April 29, 2018 at 3:29 pm

      its ok kiyara

  3. Nunama says:
    April 29, 2018 at 3:21 pm

    What’s going on in this part ? I am dying to read next part please upload next part fast

    1. Kiyara says:
      April 29, 2018 at 3:41 pm

      ISA Tuesday ga ekam eyge kurin liyevihjeyaamun up kohdheynan

  4. unique says:
    April 29, 2018 at 3:28 pm

    haadha sad koshey kanthah thikurany mishkaa ah plx dont do that mi vaahaka hama habeys massala aky dhuvahakuves mishkaa aai yaan ah happy life eh nulibun i guess its the new girls plan she maybe blackmailed to yaan so he agreed to marry

  5. Me says:
    April 29, 2018 at 3:44 pm

    Wat is dis.? Kulli akah mi v kihineh?!? Plx upload next part soon..love it??

  6. shif ? says:
    April 29, 2018 at 4:17 pm

    Alhey, mishoo ah thihen nahadhaba??! Btw vaahaka hama habeyx???

  7. Inoo says:
    April 29, 2018 at 4:36 pm

    Kiyara mishoo dhera nukohba pls…but stry varah fab….waiting 4 the next part

  8. Aesh says:
    April 29, 2018 at 9:03 pm

    whatttt???? i didn’t expect any of these from that yaain.. kon kahala meeheh aee.. urgh!!! vrh foohi eyna dheke.. dhn haadha dhera vaaney mishkaa.. 🙁 eh faharuves e kuhja aa dheytherey visnaa nuli… kon fadha insaaneh? insaaniyyathu kamuge kanfulheh ves hama nethytha? anyways, vrh vrh vrh furihama story ingey kiyara.. vrh reethi.. vrh dhigu inthizaarakah miadhu nimun thi genesdhiny.. 🙂 hehe.. vrh kiyaa hithun huttaa dhuvaskolheh vehje vaahaka kiyaalan nulibey thaa.. ekam aee massala eh noon ingey.. bxy v ma ehn ves vedhaane.. its ok.. this part is AMAZING!!!! just wow!:-) when is nxt part? curiously waiting….. 🙂

  9. Liu says:
    April 29, 2018 at 9:25 pm

    Majubooru veekan neyge dhw

  10. Juma♡ says:
    April 29, 2018 at 10:01 pm

    E hama eyna ah vaa gotheh balaalan..?? waitingss.. whn nxt??

Comments are closed.

Next Episodeޔާއިން 12←


All Right Reserved!