ފަހަތަށް އެނބުރި ބަލާލި އާޔާ ސިހުނީ ކުރިމަތީގައިތިބި ޖުނައިދުއާއި ހިޝާމްގެ އިތުރުން ޒަފަރު ފެނުމުން ނެވެ. “ޖު.. ޖުނައިދު މިތާ.. ” އާޔާ އަށް ވާހަކަދެއްކުނީ އުނދަގުލުންނެވެ. ހަޤީގަތަކީ އާޔާ މިހާރު މަސައްކަތްކުރަނީ ޖުނައިދުމެންނަށް ނޫންކަމެވެ. މަސްތުގެ ހާލަތުގައިވަނިކޮށް އާޔާގެ އިއްފަތްތެރިކަން ޖުނައިދުމެން ގްރޫޕް އެެެންމެންހެން ފޭރިގަނތުމާއެކު އާޔާގެ ހިތުގައި އެމީހުންގެ މައްޗަށްވަނީ ނަފުރަތާއި ރުޅިވެރިކަމުގެ އިތުރުން ބިރުވެސް އެކުވެފައި ވާކަމެވެ. އެރޭ އާޔާއަށް ހަމަހޭވެކަން ވީއިރު ހަށިގަނޑުގަ އަޅަމުންދިޔަވޭނާއެކު ބޭހަށްއެދުމުންވެސް އެމީހުން އެކަމަށް ދިނީ ބީރުކަންފަތެކެވެ. […]
(މިވާހަކައަކީ އަޅުގަނޑު ޕޭޖަކަށް ލިޔާ ދެވަނަ ވާހަކައެވެ. މިވާހަކައަކީވެސް ކިޔުންތެރިންގެ ޝައުގުވެރިކަން އިތުރުވާނެ ފަދަ ވާހަކައަކަށް ހެދޭތޯ ބަލާނަމެވެ. ތިރީގައި މި ހިމަނާލަނީ މި ވާހަކައިގެ ފެށުމުން ބައެކެވެ. އަދި އަވަސް މުސްތަޤްބަލެއްގައި މިވާހަކައިގެ ކުރިއަށް އޮތް ޕާޓު އަޕް ކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރާނަމެވެ.) އިރު އޭގެ ޑިއުޓީ އަދާކުރުމަށްޓަކައި ނިދިން ތެދުވެ ނިދާ ކޮޓަރިން ނިކުތް ވަގުތެވެ. އުޑުމަތި އެތައް ކުލަ ތަކަކުން ދިއްލާލިއެވެ. އެ އިރުގެ އަލި ވިލާތަކުގެ ތެރެއިން ފޭދިފައިވާ މަންޒަރަކީ […]
ސަމާލްކަމަށް: ކުރީގެ ޕާރޓަށް ވާނީ އިތުރު ކުރެވިފައެވެ. އެހެންކަމުން މި ޕާރޓް ކިޔާލުމުގެ ކުރިން އެ ޕާރޓް ކިޔާލުމަކީ ވަރަށް ބޮޑު އެދުމެކެވެ. ފެންވަރައިގެން ނުކުމެ އެނދުމަތީގައި ޖައްސާލީ ނިދާކަށް ނޫނެވެ. އެހެން ނަމަވެސް ވެފައި ހުރި ވަރުބަލި ކުޑަކޮށް ފިލުވާލުމަށެވެ. މަންމަ ގެ ބޭސް ވެސް ހުސްވަނީއެވެ. ދެން އިނީ އެންމެ ދދުވަހެއްގެ ބޭހެއެވެ. ބޭސް ހުސްވިހާ އަވަހަށް ޑޮކްޓަކަށް ވެސް ދައްކަން ޖެހޭނެއެވެ. އެހެންނަމަވެސް އަތުގައި އެންމެ ލާރިއެއްވެސް ނެތެވެ. މާދަމާ ކާނީ ކޯއްޗެއްބާއޭ ހިތަށް އެރުމާއެކު އެނދުމަތިން ފުންމައިގެން ތެދުވެވުނެވެ. އެއާއެކު ލައިގެން ކާނޭ އެއްޗެސް ވެސް ނެތް ކަން ހަނދާންވވިއެވެ. އަތުގައި ހުރި މަދު […]
“އަހަރެން ރިމީ އަށް ދިން އަނިޔާތަކަށް ބަލާފައި މީ އަދި އެއްވެސް އެއްޗެއްނޫން. ހެހެހެ…. އަމިއްލަ ފުރާނަދޭން ވެސް ތައްޔާރު. އަހަރެން މިވަގުތު ދިޔަސް އަދި އަންނާނަން. ތިލޯބި ލިބެންދެން ހިތްވަރު ކުރާނަން…ފަހަތަށް އެންމެ ފިޔަވަޅެއް ވެސް ނާޅާނަން” ރިމީޝާ ނުބަލާ ހުރި ވަގުތު އައްޔަދު ކުރިއަށް ޖެހިލާ ރިމީޝާގެ އަތްތިލަ ނަގާ ބޮސްދިނެވެ. އެމަންޒަރު އެވަގުތު ހުޅުވާލާފައި ހުުރި ދޮރުމައްޗަށް އެރި ޝިނާނަށް ރަނގަޅަށް ފެނުނެވެ. “ޝިން!!!” ރިމީޝާގެ ދެތުންފަތް ދޭތެރެއިން ވައި […]
ވިޔާމަށް އޭނަގެ ފިޔަވަޅުތަކުގެ މައްޗަށް ވެސް ބާރު ނުހިންގެވުމުގެ ސަބަބުން އޭނަ ބަންޑުން ގޮސް ޢިމާރާތުން ވެއްޓެން އުޅުނެވެ. އެހެނަސް ވެއްޓެން ދިޔައިރު މީހަކު އޭނަގެ އެއްއަތުގައި ހިފަހައްޓާލުމުން އޭނަ މުޅިން ނުވެއްޓި އެ އަތާއި އެލުވުނެވެ. ދިމާވާން އުޅުނު ވޭންތަކެއްގެ ސަބަބުން ވިޔާމް ދެލޯ މަރައި ތަގުޅިކޮށްގެން ހުރެފައި ދެލޯ ހުޅުވާލިއެވެ. އެ ހިނދު އޭނަގެ ތިރިން ފައުންޑޭޝަންގައި ހަރުކުރެވިފައިވި ދަގަނޑުތައް ފެނިފައި އޭނަގެ މެއަށް ނުބައި ގޮތެއްވިއެވެ. އޭނަ މައްޗަށް ބަލާލީ އޭނައަށް ހުރެވުނީ […]
ހަޔާތުގެ ބައިވެރިޔަކު ހޯދުމަށް އަހަރެން ކުރަމުން އައި ދަތުރު ނިމުމަކަށް އައީ ރިފާލް އާއި ދިމާވި ހިސާބުންނެވެ. ހަޔާތުގެ ހުންގާނު ރިފާލްގެ އަތަށް އަހަރެން ދިނީ ވިސްނުންތެރި ކަމާއިއެކީ މަޑުމަޑުންނެވެ. އެގަދަ ކަނޑުގައި ދަތުރުކުރުމަށް ރިފާލް އަކީ އެންމެ އެކަށީގެންވާ މީހާކަމުގައި އަހަރެންގެ ޒަމީރު އެއްބަސްވުމުންނެވެ. ރިފާލް އާއި ކައިވެނިކުރެވުނު ދުވަހަކީ އަހަރެންގެ ހިތުން ދުވަހަކު ވެސް ފިލައިގެންދާނެ ދުވަހެއް ނޫނެވެ. އެދުވަހުގެ އުފާވެރިކަން މިގަލަމުން ބަޔާންކުރެވޭ ވަރަށްވުރެ ބޮޑެވެ. އަހަރެންގެ އަތުގައި ހިފައިލައިގެން ރިފާލް ކުރި […]
“ދޮންތާ… ހަމަޖެހޭ” ރާސިލް އަށް އެހެން ބުނެވުނީ އިފްޝާ އަށް ގޮތެއް ވަނީކަމަށް ހީކުރެވިފައެވެ. ވީވެސް އެހެންނެވެ. އިފްޝާގެ މެއާ ދިމާލުން އެއްފަރާތަށް އެރި ތަދާއެކު އޭނާ އަށް ވޭނީ އާހް އެއް ދޫކޮށްލެވުނެވެ. “ރާސިލް ޕްލީޒް…ދާން ގެނެސްދީ” އިފްޝާ ބުނެލިއެވެ. އަދި ކުއްލިއަކަށް ރާސިލް އަތުން ވީއްލިގަނަގެން ދުއްވައިގަތެވެ. ދޮރޯއްޓާ ހިސާބުން އިފްޝާ ވެއްޓުނީއެވެ. އޭރު އެ ހިސާބަށް ސަލީމާ އާއި ރާސިލް ވެސް އަރާ ހަމަވަނީއެވެ. “ދޮންތާ” ރާސިލް ހަޅޭއްލަވައި ގަނެފައި ގޮސް އިފްޝާ […]
“ކޮންކަމެއްތަ.. އައިރާއަށް ކިހިނެއްތަވީ.. ބަލަ ޖައިލަމްއާއިއެކު ހަތަރުދަމުއުޅުނަސް ދޮންތަ ބުނަންތަ އެއްވެސް އެއްޗެއް.. ވީއިރު އައިރާވެސް ހުރިހާ ކަމަކާއި ނުބެހިހުރޭ.. އެހެން ނޫނަސް އައިރާ އާ ނުޖެހޭނެ ދޮންތަކުރާ ހުރިހާ ކަމަކާ ބަސްބުނަން.. އެހެންނަމަ އައިރާއަށް އަހަރެން ދޯ ދޮންތަ ކިޔާނީ..” ހިތުގައި އަޅަމުންދިޔަ ވޭނާއެކު އައިރާފެނުމުން އާޔާ އައީ އަމަށަކުރުޅިއެއް ނޫނެވެ. އާޔާ ހިކޮއްގެންހުރީ ރޭ އެހާދަންވަންދެން އައިރާ އުޅުނީ އެޒުވާނާ އާއެކީގައި ކަމަށެވެ. ވުމާއެކު އާޔާވެސް ބޭނުންވީ އޭނައަށްވެސް ވާނެކަން ދައްކާލާށެވެ. ނަމަވެސް އެހެންކަންތައްކުރުމުން […]
ޔާއިންގެ ނަޒަރުން މިޝްކާ ގޮވައިގެން އަހަރެން ގެއަށް ދިޔައީމެވެ. ކާރުތރޭގައި ތިބިއިރު ދެ މީހުންކުރެ އެކަކުވެސް އަނގައަކުން ނުބުނެއެވެ. އަހަރެން އަވަހަށް ގެއަށް ދެވޭތޯ ބެލީ ނައިރާގެ ހާލެއް ނޭންގޭތީއެވެ. ބައިގައިއެއްހާއިރު ދުއްވުމަށްފަހު ގެއާ ހަމައަށް ދެވުނެވެ. މިޝްކާ އަތު ލަފިކޮށްގެން އަހަރެން ދިޔައީ ރިހާމްމެންގެ ބަޔަށެވެ. އޭރު މަލަކާ ދެ ކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. މަންމަގެ ކޮނޑުގައި ބޯއަޅައިގެން އޮތް ނައިރާއަށް އޭރު ގިސްލެވެމުން ދިޔައެވެ. ރައިދައްތަ ނައިރާގެ ބޮލުގައި ފިރުމަމުން ދިޔައެވެ. ވަކިން […]