“އަހަރެންގެ އާއިލާ އާ ބެހޭ އެއްވެސް އެއްޗެއް ދާން އަކަށް ނޭނގެއެއްނު…” އިޒިކް ބުނެލިއެވެ. “ވަޓް ހެޕެންޑް އިޒިކް؟” ދާނިޝް އަހާލިއެވެ. އިޒިކް ދުވަހަކުވެސް ނުދައްކާ ވައްތަރަކަށް ވާހަކަ ދައްކާތީ ދާނިޝް އަށް ވެސް ވަނީ ހައިރާންކަމެއް ވެރިވެފައެވެ. އެއާއެކު އިޒިކް ފުންނޭވާއެއް ލަމުން ދާނިޝް އަށް ބަލާލިއެވެ. “އަހަރެން ދުވަހަކުވެސް ދެކެން ބޭނުންނުވާ މީހެއް ފެނުނީ… އަހަރެން ދުވަހަކުވެސް އެމީހެއްގެ ކުރިމަށްޗަށް އަރަން ބޭނުންނުވާ މީހެއްގެ ކުރިމަށްޗަށް އެރުނީ… ހެހެ. އަހަރެމެން ކޮށްދިން ކަންތަކުގެ އަގު […]
“ޒާއްތާ އަހަރެން ދެން ކިހިނެއް ހަދާނީ…. ހާދަ ލޯތްބެއްވެޔޭ ރިމީ ދެކެ. މީހުން ބުނޭއެއްނު އެއްޗެއްގެ މުހިއްމުކަން އެނގޭނީ އަތުން އެއެއްޗެއް ބީވެގެން ދިޔައިމައޭ… އެއީ ތެދެއްކަން މިހާރު އިހުސާސްވޭ އެބަ” އައްޔަދު ބުނެލިއެވެ. އަޑުގައި ވަނީ ހިތާމައެވެ. “ޒާއްތަ ވަރަށް ދެރަވޭ އަޔާ ތިކަހަލަ ވާހަކަ ދައްކާތީ…މާތްﷲ ގެ މިންވަރުފުޅަށް ރުހެންވާނެ. ކޮންމެކަމެއްވެސް ވާނީ ރަނގަޅަކަށް. އެކަމެއްގެ ފަހަތުގައި ރަނގަޅު ސަބަބެއް އޮވެގެން. އަހަރެމެންނަށް އެސަބަބެއް ނޭނގުނަސް އެކަލާނގެ ދެނެވޮޑިގެންވާނެ. އެކަމުގައި ވެސް […]
އުޑު މަތި ސާފު ރީތި ދުވަހެކެވެ. ޖެހިލާ މަޑު ވައި ރޯޅިން ހިތްތަކަށް ހަމަޖެހުން ގެނުވައެވެ. ހަވީރުގެ ހިތްގައިމު ވަގުތު ކަމުން އަތިރިމަތީގައި ފުދޭވަރަކަށް މީހުން ހަރަކާތްތެރިވަމުން ދެއެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންނެވެ. ޒުވާން އުމުރު ފުރައިގެ ކުދިންވެސް ވަކި މަދެއް ނޫނެވެ. ކަނޑުގެ ލޮނުގަނޑު ކަފަމުން އައިސް ފާލާމާ ކައިރި ކުރި ލާންޗަށް ގިނަ ބައެއްގެ […]
“ތެންކް ޔޫ” ތުއިވެލާފައި ނިއަލް އަށް ހިނިތުންވުމެއް ރައްދުކުރަމުން ތޭރިޔާ ބުންޏެވެ. ނިއަލް ގެ ނަޒަރު އޭރުވެސް ހުރީ ހަޔާ އަށެވެ. ހަޔާ ލަދުން ގޮސް މަރުނުވީ ކިރިޔާއެވެ. “އޭއް ހިނގާބަލަ ދެން ކާ އެއްޗެއް ކެވޭތޯ. މަވަރަށް ބަނޑުހައި” ނިއަލް ގެ ކޮނޑުގައި އަތް އަޅުވާލަމުން ހިސާން ބުންޏެވެ. ހިސާން އަކީ ނިއަލްގެ ބެސްޓްފުރެންޑެވެ. ނިއަލް ބޯޖަހާލީ އާންއެކޭ ބުނުމުގެ ގޮތުންނެވެ. ” މީ ތޭރިޔާ މުސްކުޅިވީމަ ބާއްވާ ޕާޓީ އެކޭ . ދޯ ތޭރިޔާ؟ […]
“ޔޫހާ….ދޭ ބަ ފެންވަރައި ލައިގެން އަންނަން “ވިޝާލް ދިޔުމުން މާޔާ އައިސް ޔޫހާ ކައިރީގައި އިށީނެވެ. “އެ ކީއްކުރަންތަ….ހިނގާ ބަ ނިދާލަން އައި އޭމް ފީލިން ސޯ ސްލީޕީ…..”ޔޫހާ ފާހާނަ ޔަށް ވަންނަން ދެކޮޅު ހަދަމުން އައިސް އެނދު މައްޗަށް އަރައި އޮށޯތެވެ. “ޔޫހާ….ދެންންން…….ޕްލީޒް….”އެހެން ބުނެލުމަށް ފަހު މާޔާ ގޮސް ޔޫހާގެ ކޮޓަރި ތެރެއިން ލާފައި ގޮސް ބެލްކަންޏަށް ނުކުމެވެން ހުރި ދޮރު ހުޅުވާލާފައި ބެލްކަންޏަށް ނުކުތެވެ.އެ ވަގުތު މާޔާގެ ލޮލުގައި އަޅައިގަތީ އުޑު މަތި ކަޅު […]
ހަށިގަނޑުގެ ވަރުދެރަކަމާއިއެކު ޒީވާއަށް ލޯހުޅުވާލުންވެސްވީ ދަތިކަމަކަށެވެ. ދެތިން ފަހަރަކު އެސްފިޔަ ޖަހާލުމާއިއެކީ ލިވާން ފެނިލިހެން ޒީވާއަށް ހީވިއެވެ. ދެލޯ އުނގުޅާލުމަށްފަހު ލޯހުޅުވާލި ޒީވާ ސިއްސައިގެން ދިޔައީ ކުރިމަތީގައި ހުރި މީހަކު ފެނުމުންނެވެ. ވީ އުފަލެއްގެ ބޮޑުކަމުން ޒީވާއަށް އެމީހެއްގެ ގައިގައި ބާރަށް ބައްދާލެވުނެވެ. “ޔަން” ޒީވާގެ އުއްމީދުގެ ހުޅުކޮޅު ނިވެމުންދަނިކޮށް އެއުއްމީދު އާވެގެން ދިޔައީ ވިކްޔަން ފެނުމުންނެވެ. އިސާހިތަކު އެދެލޯ ކަރުނުން ފުރުނެވެ. ވިކްޔަންގެ ކޮނޑުގައި ބޯ އަޅައިގެން ހިތްފުރެންދެން ރޯލުމަށްފަހު ތެދުވި ޒީވާ ސިހުނީ ވިކްޔަން […]
“ބޭބެކަން ހަނދާންވޭތަ؟” އެ ޒުވާނާގެ އަޑުގައިވަނީ ނުރުހުމެވެ. ނަފްރަތެވެ. އޭނާ އެ ކުއްޖާ ނަގާ ރީއްޗަށް ބެހެއްޓިއެވެ. އަދި ފަހަތަށް އެނބުރުނެވެ. އެ އަންހެން ކުއްޖާ އަށް ނަޒަރު ހުއްޓައިލައިގެން ހުރި އިޒިކް ގެ ހިޔާލްތަކަށް މީގެ އެތަށް އަހަރެއް ކުރީގެ ހަނދާނެއް އައެވެ. ފުންނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން އޭނާ އެ ހިޔާލް ތަކުން ނުކުތެވެ. އަދި ވާހަކަ ދެއްކިއެވެ. “އަހަރެންނަށް ބޭބެ އޭ ކިޔަން ލަދެއް ނުގަނޭތަ؟” އިޒިކް އިއްވާލިއެވެ. އެއާއެކު އެ އަންހެން […]
“އަހަރެންގެ ދަރިފުޅު ކަލޭ ކަހަލަ ނާތަހްޒީބު މުސްކުޅި އެއްވެސް އަގެއްނެތް އަންހެނެއްގެ އަތްދަށުން ސަލާމަތްކުރުމަށްޓަކައި އަހަރެންގެ ހުރި ހަމައެކަނި މާމާ ދަރިފުޅަށް ކޮންމެފަދަ ނިކަމެތި ކަމެއް ދޭން ޖެހުނަސް އެކަމެއް އަހަރެން ކުރާނަން. އެންމެ ފުރަތަމަ އަބަދުވެސް އިސްވާނީ މަގޭ އުފަންދަރި. އެދަރި ނެތިފައި މާމަ ދަރިވެސް ބޭނުމެއްނެތް. މިބުނި އެއްޗެއް އެނގިއްޖެތަ؟ މިޝްކު ހެޔޮހާލުގައި ކައިރީގައި ބަހައްޓަން ބޭނުންވަންޏާ ޝިނާނާއި އިންނަން ދެކޮޅު ހަދާ…. އަދި ބުނަން މިއިން އެއްވެސް ކަމެއް ޝިނާން އަށް އެނގިއްޖެނަމަ […]
ވިސްނި ވަރަކަށް ބޯ ހާސްވުން ނޫންކަމެއް ނުވިއެވެ. ހުންގާނުގައި ދެފަހަރަކު ބޮލުން ޖަހާވެސް ލެވުނެވެ. އެހެނެއްކަމަކު ބޮލުގަ ރިއްސަމުން ދިޔަވަރަށް ލުއި ވި ހެނެތް ހިޔެއް ނުވިއެވެ. އޭނާ ކާރުސްޓާރޓް ކޮއްލިއެވެ. އަދި ދުއްވާލިއެވެ. އެހެންނަމަވެސް އޭނާގެ މިސްރާބުހުރީ ގެއާ ދިމާލަކަށް ނޫނެވެ. ކޮންމެވެސް އެހެން ތާކަށެވެ. އެ ދިޔަ މަގުމަތީގައި އޭނާ އެތާހުރި ފިހާރެއެއްގެ ކައިރިއަށް މަޑުކޮށްލުމަށްފަހު ވަނެވެ. އަންޖުމް ބޭނުންވާފަދަ ބޮކި އަރުވާ ފުޅިއެއް ގަނެގެން އޭނާ ނުކުމެގެން ގޮސް ކާރަށް އަރާ ދާން […]