Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޖާދޫވި މޫނު (1)

unknown Level 1
April 30, 2018 9 Mins Read
12 Comments

 

ހީޒަލް

#   #   #   #

2 އަހަރު ކުރި

“ދަރިފުޅާ” އެނދުގައި އޮށޯވެގެން އޮތް ހީޒަލްގެ އަތުގައި ހިފާލަމުން ސީމާ ދަމާލައިފިއެވެ. ހީޒަލް އަދިވެސް އޮތީ ދެފައި

ކުރުކޮއްލައިގެން ރާއިފްގެ މޭގައި ބޯއަޅާލައިގެންނެވެ. ހުދު ވެފައިވާ ރާއިފްގެ މޫނަށް ބަލާލުމުން ހީވަނީ އެންމެ ލޭކޮޅެއްވެސް ހަށިގަނޑުގައި ނެތް ހެންނެވެ. ދުރުގައި މަޑު ކޮއްލައިގެން ހުރި ދެ ޑޮކްޓަރުން ކުރެ އެކަކު އައިސް ރާއިފް ގަޔަށް ގުޅާފައިވާ އައިވީ ނައްޓާލަމުން ހީޒަލްގެ މޫނަށް ބަލާލައިފިއެވެ.

“ހީޒަލް..”

“ނޫން ރާއީ އެކަނި ކޮއްފަ ދާކަށް ނުކެރޭނެ..” ހީޒަލް ރާއިފް ގެ މޫނުގައި ފިރުފާލަމުން ބުނެލައިއެވެ.

“މިހާރުއެއީ ރާއީ އެއް ނޫނޭ ހީޒަލް.. ރާއި މަރުވިތާ 30 މިނެޓް ވެއްޖެ އެއްނު މިހާރު..” ޑރ. މަރުވެފައިވާ ރާއިފްގެ ހަށިގަނޑަށް އިޝާރާތް ކޮއްލަމުން ބުނެލިއެވެ. ޑރ.ޔަޒަން އަދިވެސް ހުރީ ހީޒަލްގެ ހަރަކާތް ތަކަށް ބަލާށެވެ.

ހީޒަލް އިސްއުފުލާލަމުން އެއްފަހަރު ރާއިފްގެ ހަށިގަނޑަށް އަނެއްފަހަރު ޔަޒަންގެ މޫނަށް ބަލާލިއެވެ. އެމޫނުން ފެންނަނީ ދިރުމެއްނެތް ކަމުގެ އިހުސާސެވެ. އެނދުން ތެދުވެ ކަރުގައި އަޅާފައިވާ ފައް ނަގަމުން އެގެނެސް ރާއިފްގެ އަތުގެ ތެރެއަށް ލަމުން އެއަތުގައި ހީޒަލް ހިފާލައިފިއެވެ. ސީމާ އެމަންޒަރު ފެނުމުން ބަލާލީ ދުރުގައި ރޮވިފައި ހުރި ރާއިފްގެ މަންމަގެ މޫނަށެވެ. ރަޒިއްޔާވެސް އެވަގުތު ލޯފުހެލަމުން އެނބުރިލީ އަނެއް ފަރާތަށެވެ.

“ރާއީ..” ހީޒަލް އަރު ބެދުމުން މަޑުމަޑުން އިސްޖަހާލައިފިއެވެ.

“ޕްލީޒް ނުދޭބަ… ޕްލީޒް… އެއްފަހަރު.. އަދި އެއްފަހަރު ތިއަޑު އަހާލަން ބޭނުން… އަދި އެއްފަހަރު ތިލޯ ހުޅުވާލަން ބޭނުން.. އަބަދުވެސް ރާއީ އާއެކު އުޅެން ބޭނުން..” ހީޒަލް ގުދުވެ ރާއިފްގެ ނިއްކުރީގައި ތުންފަތް ޖައްސާލަމުން ބުނެލައިފިއެވެ. ހުދު ހީޒަލްއަށްވެސް އެވަގުތު ރާއިފްގެ ހަށިގަނޑު ފިނިވެ ހަރު އަރާފައިވާ މިންވަރު އިހްސާސްވިއެވެ. ނަމަވެސް އޭނާ އެއަތުން ދޫކޮއްނުލައެވެ

“ހީޒް..” ޑޮކްޓަރ ޔަޒަން އެއްޗެކޭ ބުނުމުގެ ކުރިން މިފަހަރު މަނާ ކޮއްލީ ރަޒިއްޔާއެވެ. ހީވަނީ ހީޒަލް ކުރަން އުޅޭ ކަމެއް އެނގިގެން ބުނި ހެންނެވެ.

ހާމިދު ދުރުގައި ބަލަހައްޓައިގެން ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. ހީޒަލް ގެފޯނު އަތަށް ލައިގެން އިން ހާމިދު އޭގެއަށް ބަލާލީ މެސެޖެއް އައުމުންނެވެ. ދެލޯ ބޮޑު ކޮއްލުމަށްފަހު އަވަހަށް އެމެސެޖު ޑިލީޓް ކޮއްލައިފިއެވެ. މީތި ފެނުނިއްޔާ ދަރިފުޅުގެ ހާލަތު އިތުރަށް ގޯސްވެދާނެއެވެ. މޫނުން ދާތިކިތައް ފާޅުވާން ފެށުމުން ހާމިދު އަވަހަށް ފުހެލައިފިއެވެ. އަދި ފޯނު ނިއްވާލުމަށްފަހު ހީޒަލްގެ ދަބަހުގެ ތެރެއަށް ލަމުން ނޭފަތްމަތީގައި ހުރި ދާތައްވެސް ފުހެލައިފިއެވެ.

“މިހާރު ދޫކޮއްލިއްޔާ ދެން ދުވަހަކުވެސް މިއަތުގަ ނުހިފޭނެ.. އެކަމް… ރާއީގެ އަޑު އަދި އެއްފަހަރު އަހާލަން ބޭނުން.. ދޫކޮއްލިއްޔާ ދެން ނުފެންނާނެ..” ކުޑަކުއްޖެއްހެން ދެފައި ޖަހާލަމުން ހީޒަލް ރޮމުން މައްޗަށް ބަލާލައިފިއެވެ. އޭރު ކަރުނަތައް ހޯސްލާފައި އޭނާގެ ކޯތާފަތްމަތިން ފައިބައެވެ. މަޑުމަޑުން އެއަތުން ދޫކޮއްލަމުން ހީޒަލް އިސްއުފުލާލިއެވެ. ވަގުތުން ޔަޒަން ރާއިފްގެ ހަށިގަނޑު އެތަނުން ނެރެން ބުނެލައިފިއެވެ.

އެނދު ދަމަމުން ދޮރާއި ހަމައަށް ގެންދިޔަ ތަނާހެން އަނެއްކާވެސް ހީޒަލް އެދިމާލަށް ބަލާލައިފިއެވެ. ހީވަނީ އެންމެ ފަހު ފަހަރު އެމޫނަށް ބަލާލި ހެންނެވެ. އަދިވެސް ހަމަ އެހާމެ ފުރިހަމައެވެ. އެހާވެސް ރީއްޗެވެ. މަރުވެފައޭވެސް މީހަކު ނުބުނާނެއެވެ. ހީވަނީ އަރާމު ނިންޖަކުން ނިދާލާފައި ވާހެންނެވެ. ތަފާތަކީ ހަމައެކަނި އެމޫނު ހުދުވެފައިވާ މިންވަރެވެ.

“ރާއީ..” ކުރިއަށް އެޅި ފިޔަވަޅާއެކު ހީޒަލްގެ މޫނު މައްޗަށް އަނދިރި ވެއްޖެއެވެ. ފުސްވަމުން ދިޔަ ލޯކުރިމަތިން އެންމެ ފަހުންވެސް އޭނާއަށް ފެނުނީ އޭނާގެ ފުރާނައެވެ. އޭނާގެ ރާއީގެ ދިރުމެއްނެތް މަސްގަނޑެވެ.

#    #    #    #

 

ރައްޔާން

އަރައިގެން އައި އިރާއެކު މާލޭގެ މަގުތައް މަތިން މީހުން ފެންނަން ފަށައިފިއެވެ. ނަމަވެސް އެކި މީހުންގެ ތެރެއިން ހަމަ ގައިމުވެސް އާ މޫނެއް އެބަވެއެވެ. ކުރިމަތިން ހުރަސް ކުރަމުން ދިޔަ ޓެކްސީތަކަށް އިޝާރާތް ކޮއްގެން އޭނާ ހުރީ ސްވެޓް ޕޭންޓްސްއަކާއި ކަޅު ޓީޝާޓެއް ލައިގެންނެވެ. ފަހަތުން އިސްތަށިގަނޑު އެއްކޮށް ތުނިކޮއްލާފައި ހުރިއިރު ބޮޑަށް ވައްތަރީz ސިފައިގެންގެ މީހަކާއެވެ. ޓެކްސީއެއް ނުހުއްޓާނެކަން ޔަޤީން ވުމުން އޭނާ ތަންކޮޅެއް ބޮޑަށް މަގަށް ނިކުމެލާފައި އަތް އުފުލާލައިފިއެވެ. ހުދުކުލައިގެ ޓެކްސީ އައިސް ހުއްޓުމުން އަވަހަށް ފޮށިތައް ލުމަށްފަހު އޭނާވެސް އެއަށް އަރައިފިއެވެ. މަގުތަށް މަތި މިހާރު ބަދަލުވެފައިވާ ވަރު ފެނުމުން އޭނާ ނިއްއަރުވާލަމުން އަތުގައި އޮތް ފޯނަށް ނަޒަރު ހިންގާލައިފިއެވެ. ހީވަނީ މީހަކު ގުޅުމުން ހިންހަމަ ނުޖެހުނު ހެންނެވެ. ވަގުތުން ފޯނު ކަނޑާލައިފިއެވެ. ނަމަވެސް އަނެއްކާވެސް އެނަންބަރުން ގުޅާލައިފިއެވެ.

“ރައްޔު…” އެކޮޅުން ވާހަކަ ދެއްކީ މެދު އުމުރުގެ އަންހެނެކެވެ. ރައްޔާން އަނެއްކާވެސް ފޯނު ކަނޑާލިއެވެ.

ރައްޔާން މޫނަށް ހަދައިލި ގޮތުން ހީވަނީ އޭނާ އެއްވެސް ވަރަކަށް ބޭނުންނުވާ މީހަކު ގުޅިހެންނެވެ. ފޯނު ސައިލެންޓަށް ލުމަށްފަހު ރައްޔާން އަނެއްކާވެސް ބަލާލީ ބޭރަށެވެ. މީއޭނާ ދުއް މާލެ އެއްނޫނެވެ. ރައްޔާން މާލެއިން ދިޔައިރު ފެހިކަން މާލޭގައި ވެއެވެ. ނަމަވެސް މިހާރު ގަހެއްވެސް ފެންނާކަށް ނެތެވެ. ލޯމަރާލަމުން ކާރު ސީޓުގައި ލައްވެލީ ވަރުބަލި ވެފައި ހުރިވަރުންނެވެ. ރައްޔާން ލޯހުޅުވާލީވެސް ގެއާއި ހަމައަށް ދެވުމުންނެވެ. އޭރު ބައްޕައާއި މާމަ އަދި މަންމަވެސް ހުއްޓެވެ. އޭނާ ފެނުމުން އެންމެ އުފަލުންވެސް ހުރީ މަންމައެވެ.

“ރައްޔާން….” ދެއަތް ފުޅާކޮއްލަމުން ރިޔާޒް ދަރިފުޅުގެ ކޮނޑުގައި ހިފާލިއެވެ. ރައްޔާން ރައްދުގައި ހީލަމުން ބައްޕަގެ ގައި ބައްދާލަމުން ކޮނަޑުގައި މަޑުމަޑުން ފިރުމާލިއެވެ.

“މަންމާ..” ސިޔާޒާ ކައިރިއަށް ދަމުން ރައްޔާން ކުރިއަށް ވުރެވެސް ބޮޑަށް ހީލިއެވެ. އެއީ އޭނާ ކުޑަ ދުވަހުންސުރެ ބަލާބޮޑުކުރި މީހާއެވެ. އެއީ އޭނާގެ ބައްޕައާއި އެއްބަނޑު އެއްބަފާ ދައްތައެވެ. މައެއްގެ ފަރާތުން ލިބެންވީ ހުރިހާ ލޯތްބެއް އޭނާއަށް ލިބުނީ ސިޔާޒާގެ ފަރާތުންނެވެ. ގޭޓުން ނިކުމެގެން އައި ދެއަންހެން ކުދިން ފެނުމުން ރައްޔާން ކުރިއަށްވުރެ ބޮޑަށް ހީލައިފިއެވެ.

“މަންމައަށް ގޮވަނީ ކީއްކުރަން؟؟ އެންމެ ފަހަރަކުވެސް މަންމައަށް ގުޅާނުލާ މިމަހު…” ސިޔާޒާ ހުރީ ރައްޔާންދެކެ ހިތްހަމަ ނުޖެހިފައެވެ.

“ދޮންބޭ…” އީނާޝްއާއި އީލާފް އައިސް ރައްޔާންގެ ގައި ބައްދާލުމުން ސިޔާޒާވެސް އުފަލުން ފުރިއްޖެއެވެ. މިހަރު އޭނާގެ އާއިލާ ހަމަވީއެވެ.

“މައި ޓްވިންސް…” ރައްޔާންވެސް ދެބެންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

ލިފްޓްގެ ދޮރު ހުޅުވުމާއެކު ފޮށި ދަމަމުން އައިސް ރައްޔާންމެން ލިފްޓަށް އަރައިފިއެވެ. ވެފައި ހުރި ވރުބަލިން އެންމެ ފުރަތަމަވެސް ރައްޔާންވަނީ ފާހާނާއަށެވެ. ގެވެސް 10 ބުރިއަށް ހަދާފައި ހުރުމުން އޭނާއަށް ލިބުނީ އެންމެ މަތީގައި ހުރި އެޕާޓްމެންޓެވެ. ފާހާނައިން ނިކުމެ ރައްޔާން ސޯޓެއް ލައިގެން ނިކުމެލީ ޓެރެހަށެވެ. ވަށައިގެނ ނަޒަރު ހިންގާލަމުން އޭނާ ފުންނޭވާއެއް ދޫކޮއްލިއެވެ. ޖެހިގެން ހުރި ގޭގެ ބެލްކަނިން ނިކުމެ ހުރި އަންހެން ކުއްޖަކު އޭރު ރައްޔާނަށް ބަލަން ހުރި ގޮތުން ހީވަނީ ދެންމެ ދެންމެ އައިސް އޭނާ ކާލަފާނެ ހެންނެވެ. އެބެލުމުގައިވީ ދަހިވެތި ކަމެވެ. އެމަންޒަރު ފެނުނު ރައްޔާން ދެބުމަ މައްޗަށް އަރުވާލަމުން ހިނގައިގަތީ އެތެރެއަށެވެ. މިހާރުގެ އަންހެން ވެރިންގެ ވާހަކަ ދެއްކުމެއް ނެތެވެ. ބޮލަށް ޓީޝާޓު މަހާލަމުން އަނެއްކާވެސް އޭނާ ނިކުތީ ބޭރަށެވެ. މިހާރު އެއަންހެން ކުއްޖާ ފެންނާކަށް ނެތެވެ. ފާރު ކައިރިއަށް ގުދުވަމުން ރައްޔާން ޓެރެހުގެ ފާރުގައި ހިފަހައްޓާލިއެވެ. އަދި ތިރިއަށް ބަލާލީ ކާރުތަކުގެ ބަރުގޮނުގެ އަޑު ދަގަވުމުންނެވެ. މަގު ތޮއްޖެހިފައިވުމުން އެކަކު އަނެކަކަށްވުރެ ބާރަށް ބަރުގޮން އަޅަމުން ދިޔައެވެ.

“ރައްޔު..” ފަހަތުން އީލާފްގެ އަޑު އިވުމުން ރައްޔާން އަނގައަށް ގޮތެއް ހަދާލަމުން ބަލާލިފިއެވެ.

“ރައްޔު އޭ…” ރައްޔާން ކައިރިއަށް އައި އީލާފްގެ ނޭފަތުގައި ހިފާލަމުން ބުނެލިއެވެ.

“ކީއްތަވީ؟؟ ” މަޖާ ކޮއްލަމުން އީލާފްވެސް ބުނެލިއެވެ.

“ހެހެހެހ.. މަންމަ ބުނެގެން ދޯ ތިއައީ..” ރައްޔާން އެހެން ބުނުމުން އީލާފް ތިރިއަށް ދާން ހިނގައި ގަނެފިއެވެ.

ތިރިއަށް ބަލަހައްޓައިގެން އޮތް ރައްޔާންގެ ލޮލުގައި އަޅައިގަތީ ކުރިމަތިމް ފެންނަން ހުރި ގޭގެ ބެލްކަންޏެވެ. ދުހަވަރަކަށް ފޫޓު ބޮޑުކޮށް ހަދާފައިވާ ހުރި އެތަން ކިތަންމެ ހާވެސް ރީއްޗެވެ. ހަތްބުރިއަށް ނަގާފައިހުރި އެގެ ބަލާބެލުމަށް އެންމެ ދިރުން ހުރީ ހަތްވަނަ ބުރީގައެވެ. އެކި ކަހަލަގެ ގަސްތަކުން ފުރިފައިވާ އެބައި އެންމެ ފާހަގަ ކޮއްލެވެނީ ބިއްލޫރި ބޯއުލް އަކަށްލާފައިވާ ދެމަހެވެ. އެކަތި ފެހި ކުލައިން އިންއިރު އަނެކަތި އިނީ މުށި ކުލައިގައެވެ. އެތައް އިރަކު އޭގެއަށް ބަލަހައްޓައިގެން އޭނާއަށް އިނދެވުނީ ކީއްވެ ކަމެއް ނޭނގުނެވެ. ހީވަނީ އޭގައި އިން މުށިކުލައިގެ މަހަކީ އޭނާގެ އެއްޗެއް ހެންނެވެ. ފަހަރުގައި މުށިކުލައަކީ އޭނާއަށް އެންމެ ރީތި ކުލަވުމުން ކަމަށްވެސް ވެދާނެއެވެ.

“އޯހް…” ކުއްލިއަށް އެގޭގެ ބެލްކަނީގައި ދިއްލާފައި ހުރި ލައިޓް ނިވުމުން ރައްޔާނަށް ބުނެލެވުނެވެ.

“ރައްޔާން…” ތިރިން ސިޔާޒާގެ އަޑުވެސް އިވެންފެށި އެވަގުތުގައެވެ. ތިރިއަށް ފައިބަން އޭނާ އަވަހަށް ފިޔަވަޅަށް ބާރެއްލިއެވެ.

ހެނދުނު އިރުއެރުމާއެކު ރައްޔާން ބެލްކަންޏަށް ނިކުމެލިއެވެ. މޯޅިއަކަށް ދެމިލަމުން އެރީތި ހަށިގަނޑު ފުޅާކޮއްލިއެވެ. ރައްޔާން ސިފައިންގޭގައި އުޅޭތީ އަބަދުވެސް ކަސްރަތުކޮށް ހަނޑިގަނޑު ރީތިކޮށް ބަހައްޓާ ޒުވާނެކެވެ. އިންޑިއާގައި ކިޔަވަން ހުރިއިރުގައިވެސް ރައްޔާން ބަރާބަރަށް ޕީޓީ ކޮށްއެޅެއެވެ. ފާރުގައި ބަނޑު އަޅާލަމުން ރައްޔާން ތިރިއަށް ބަލާލިއެވެ.

ތިރިއަށް އެއްލި ކަޅިއާއެކު ރައްޔާންގެ ލޮލުގައި އަޅައިގައި ކުރިން ދުވަހު އޭނާއަށް ފެނުނު މަސްތަކެވެ. އެއަށްވުރެ ބޮޑަށް ރައްޔާންގެ ލޮލުގައި އަޅައިގަތީ އޭގެ ކައިރީގައި ހުއްޓިގެން ހުރި އަންހެން ކުއްޖާއެވެ. ބޮއުލްއަށް ކާން އެޅުމަށްފަހު އެކުއްޖާ އައިސް އެތަނުގައި ހުރި ގޮނޑިއެއްގައި އިށީނދެއްޖެއެވެ. ރައްޔާން ބޯއަރި ކޮއްލަމުން ބޮޑަށް އެކުއްޖާއަށް ބަލާލިއެވެ. ދިގުދިގު ބުޅި އިސްތަށިގަނޑު އުނަގނޑުން ތިރިއަށް ދޫކޮއްލާފައި ވާގޮތުން ހީވަނީ އިސްފިރޭނު ތަކެއް ހެންނެވެ. މާމުއި ކުލައިގެ އެހަންގަނޑުގައިވަނީ އޮމާންކަމެވެ. އެހާ ދުރުންވެސް އެކަން ރައްޔާނަށް ފާހަގަވިއެވެ. މޫނު ސާފު ވާގޮތް ނުވި ނަމަވެސް ރައްޔާން ފެނޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ދޮންވުމަކީ ހަމައެކަނި ރީތިކަމެއް ނޫނެވެ. ހަންގަނޑު ކޮންމެ ކުލައެއްގައި ހުއްޓަސް ކޮންމެ މީހަކީވެސް އެމީހެއްގެ ޒާތުގައި ރީތި މީހެކެވެ. މިއަދު އެކަން ރައްޔާނަށް އެނގިއްޖެއެވެ.

“އެހެމްމް…” ކައިރިއަށް ހުއްޓުނު އީނާޝް އެހެން ހަދާލުމުން ރައްޔާން ދިޔައީ ސިއްސައިގެންނެވެ.

“ކާކުއަށް ތި ބަލަނީ؟” އީނާޝް ގުދުވެ ރައްޔާން ބަލަން އޮތް ދިމާލަށް ބަލާލިއެވެ. އެއާއެކު އޭނާގެ މޫނު ކުލަވަރު ބަދަލު ވެއްޖެއެވެ.

“ކިހިނެއްވީ؟ ޔު ނޯ ހަރ؟” ރައްޔާން ސުވާލު ކޮއްލީ އީނާޝަށް ވި ގޮތް ފެނިފައެވެ.

“ޔެޕް.. އެއީ ހީޒް…”

“ނާޝްގެ ފްރެންޑެއްތަ؟” ރައްޔާން ބޭނުމީ އިތުރަށް އަހައި އޮޅުން ފިލުވާށެވެ.

“ކުރިން.. އެކަމް މިހާރު އެއްނޫ… ހީޒް އޯކޭ އެއް ނުން މިހާރު.. ކުޑަކޮށް…” އީނާޝްވެސް ބަލަހައްޓައިގެން ހުރީ ހީޒަލްގެ މޫނަށެވެ. ކުރީގެ ހީހީފައި އުޅުން ހީޒަލް ފެނުނު ކަހަލައެވެ.

“ކިހިނެއްތަ ވީ؟” ރައްޔާން އެހެން އަހާލުމުން ނާޝް ރައްޔާނަށް ބަލާލިއެވެ. ކިޔައި ދޭންވީ ބާވައޭ ހިތަށް އެރިއެވެ.

އެހެން ފަހަރަކުން.. މަންމަ އެބަ ހޯދާ ދޮންބެ ސައިބޯން..” އީނާޝް އެހެން ބުނަމުން ތިރިއަށް ދާން ހިނގައި ގަނެއްޖެއެވެ. އޭރުވެސް ރައްޔާން ހުރީ ހީޒަލަށް ބަލަހައްޓައިގެންނެވެ.

ތިރިއަށް ފައިބައިގެން ދިޔަ ރައްޔާން ހުރީ ސިފައިންގެ ޔުނިފޯމުގައެވެ. ގަޔަށް ހިފިފައި އެ ހުރުމުން އޭނާގެ ފިރިހެން ވަންތަކަން ދެގުނައެވެ. ބައްޕަ ކައިރީގައި ދަނީއޭ ބުނަމުން ރައްޔާން ތިރިއަށް ގޮސް ސައިކަލަށް އަރައި ނައްޓާލިއެވެ. އޮފީހުން އައިސް ރައްޔާން މަޑުކޮއްލައިގެން ހުރީ ކޮޓަރީގައެވެ. އޭނާ ހޯދަމުން ކުރީގައި ގެންގުޅުނު ދެތިން ފޮތެކެވެ. އެއާއެކު ފޯނަށް މެސެޖެއް އަތު ވެއްޖެއެވެ.

“އޭނައަށް ނުބަލާ..”

ބުމަ ކައިރި ކޮއްލަމުން ރައްޔާން އެމެސެޖް ޑިލީޓް ކޮއްލީ ނުދަންނަ ނަންބަރަކަށް ވުމުންނެވެ. ފޮތް ތަކުގެ ތެރެއިން ވެއްޓުނު ފަށަށް ރައްޔާން ބަލާލީ ހިނިތުން ވަމުންނެވެ. އަނެއްކާވެސް ފޯނު ދިއްލުނު ތަން ފެނުމުން ރައްޔާންގެ ރުޅި ގަދަ ވެއްޖެއެވެ.

“ގޭގެ މަތިންނާ ތަންތަނުން މީހުނަށް ބަލާކަށް ނުޖެހޭނެ ކަލޭ..”

އެ މެސެޖް ފެނުމުން ރައްޔާން ހިތުގެ ވިންދު އަވަސް ވެއްޖެއެވެ. މީ ކާކު ހެއްޔެވެ. އޭނާ މީހަކަށް ބަލާކަމެއް އެނގެނީ ކިހިނެއް ހެއްޔެވެ؟ ފުނި ޖެހިފައިވާ ހިޔާލު ތަކާއެކު އެ ނަންބަރަށް ރައްޔާން ގުޅާލައިފިއެވެ. ދެފަހަރަކު ރިންގް ވާއިރަށް އެކޮޅުން ފޯނު ނަގައިފިއެވެ. ދެފަހަރަކު ރައްޔާން ހަލޯ އޭ ބުނުމުންވެސް އެއްޗެކޭ ނުބުނެއެވެ. ހަމައެކަނި އިވެނީ ފުންފުންކޮށް ނޭވާލާ އަޑެވެ. ފޯނު ކަންފަތާއި ދުރުކޮއްލުމާއެކު އެކޮޅުން އިވުނު އަޑަކުން ރައްޔާން އަނެއްކާވެސް  ފޯނު ކަންފަތުގައި ޖަހާލައިފިއެވެ.

“ފަރި ހިނގުމެއްގައި މިތުރާ ދާއިރު، ފަރި މިތުރާ އުފަލުން ދާއިރު

މަރިޔާދު ހިނގުން ހިތް ކަތިލާވަރު، ހައިރާން ވޭ”

ރައްޔާން ސިކުނޑިއަށް ބާރު ލަމުން ދިޔައީ އެލަވަ އަޑު އިވުނު ތަނެއް ހަނދާން ކުރާށެވެ. އެކޮޅުން ފޯނު ކަނޑައިލި އިރުވެސް ރައްޔާން ހަނދާން ވާ ގޮތެއް ނުވިއެވެ. ފޯނު އެނދުމައްޗަށް އެއްލާލުމަށްފަހު ރައްޔާން އަނެއްކާވެސް އެނބުރުނީ އޭނާ ކުރަން ހުރި މަސައްކަތަށެވެ. މީހަކު ކުރާ ސަމާސާއަކަށްވެސް ވެދާއެވެ. އެހެން ނޫންނަމަ ނުވެސް ދަންނަ މީހަކަށް ގުޅައިގެން ލަވައެއް ޖެހުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟

 

ހީޒަލް

ހެނދުނު ހެނދުނާ ހެން ހީޒަލް ތެދުވެގެން ބެލްކަންޏަށް ނިކުމެއްޖެއެވެ. ގަސްތަކަށް ފެންދީފައި ދެން އެނބުރުނީ އޭނާ ގެންގުޅޭ މަސްތަކާއި ދިމާއަށެވެ. ބޮއުލްގައި އިން މުށި ކުލައިގެ މަސް ތަންކޮޅެއް ބަލިހެން ހީވުމުން އޭނާ އޭގައި ފެން ބަދަލު ކޮއްލިއެވެ. ހީޒަލް ދެން އެތެރެއަށް ވަނީ މަންމަ ގޮވާ އަޑު އިވުމުންނެވެ. ތައްޔާރުވެގެން އަވަހަށް ތިރިއަށް ފޭބިއެވެ. ސައިބޯނެ ވަގުތު ނެތުމުން ތަށިން ކައްކާފައި އޮތް ބިހެން ހިފައިގެން އަވަހަށް ބޭރަށް ހިނގައި ގަނެއްޖެއެވެ.

މަގު މައްޗަށް ނިކުމެ ވުނުއިރުގައި ހީޒަލް ބިސް އެއްކޮށް ކައި ނިންމައިލިއެވެ. އަވަހަށް ދަބަހުން ފޯނު ނަގައި ގަޑިން ވީވަރު ބަލާލިއެވެ. 10 މިނެޓް އިނުމުން އަވަސް ފިޔަވަޅު ތަކެއް ނަގަމުން ހީޒަލް ކުރިއަށް ދާންފެށިއެވެ. އޮފީހަށް ދާން ޖެހެނީ ބަންޑާރަ ކޮށި ކައިރިން ކަމަށް ވުމުން ހީޒަލް އަބަދުވެސް ދަނީ އިސްޖަހާލައިގެންނެވެ. ކުރީގެ ހަނދާން ތަކުގެ ތެރެއަށް ގެނބޭކަށް އޭނާ ބޭނުމެއް ނުވެއެވެ. ނަމަވެސް މަގު ހުރަސް ކުރަން އަޅާލި ފިޔަވަޅާއިއެކު ހީޒަލްއަށް ހުއްޓުމެއް އަތުވެއްޖެއެވެ. މަޑު ހިނގުމެއްގައި ގޮސް ބަންޑާރަ ކޮއްޓަށް ވަތް މީހާއަށް ބަލަން ހީޒަލް ހުރީ ދެލޯ ބޮޑު ކޮއްލައިގެންނެވެ. ފުރަގަހުން ނަމަވެސް އޭނާއަށް އެހިނގުމެއް ނުއެއް އޮޅޭނެއެވެ. އެއީ އޭނާގެ ރާއިފް އެވެ. ހީޒަލް އެއްވެސް އިހުތިޔާރަކާއި ނުލައި އެދިމާއަށް ހިނގައި ގަނެވިއްޖެއެވެ. އަރުތެރެ ބެދެމުނުމް ހީޒަލް ހިންދިރުވާލީ ކަރުތެރެއަށް ވަމުން ދިޔަ ތަދު ކުޑަ ވާނެ ކަމަށް ހީކޮށެވެ.

ވަކި ހިސާބަކުން ދުރުން އައި މީހެއްގެ ގައި އޭނާ ޖެހިއްޖެއެވެ. ހިތާއި ދެކޮޅަށް ނަމަވެސް ހީޒަލަށް މަޖުބޫރުވީ އެދިމާލަށް ބަލާލާށެވެ. ކުރިމަތީގައި ހުރި މީހާ މޫނަށް ބަލާލާފައި އަނެއްކަވެސް ހީޒަލް ގޭޓާއި ދިމާލަށް ބަލާލިއެވެ. ނަމަވެސް މިހާރު ރާއިފް ފެންނާކަށް ނެތެވެ. މީ އޭނާއަށް ހީވި ގޮތެއް ހެއްޔެވެ؟ ލޮލަށް ގިނަވަމުން ދިޔަ ކަރުނަތަކާއި އެކުގައިވެސް އަނެއްކާވެސް އެދިމާލަށް ބަލާލިއެވެ. ނަމަވެސް ނަމަވެސް ގޭޓު ކައިރީގައި ސެކިއުރިޓީއަށް ހުރި ކުއްޖާ ފިޔަވައި އެހެން މީހަކު ފެންނާކަށް ނެތެވެ.

“ހީޒް…” އޮފީހަށް ވަދެގެންއައި ހީޒަލް ފެނުމުން ދުރުން ޔުމްނާ ގޮވާލިއެވެ.

“ހޫމް” ގެއްލިފައި ހުރެގެން ހީޒަލްއަށް ބުނެވުނީ އެވަރަށެވެ. ތިރިއަށް އެލުވައިލި ދެއަތާއެކު އޭނާ ފުންކޮށް ނޭވާއެއް ދޫކޮއްލިއެވެ.

“އެއްވެސް ކަމެއް ނުވޭ…” ހިނިތުން ވުމެއް ވެރިކޮއްލަމުން ހީޒަލް ދުރަށް ބަލާލިއެވެ. އޮފީހުގައި މަސައްކަތުގައި ކިތަންމެ ވަރަކަށް އުޅުން ނަމަވެސް ހީޒަލްގެ ވިސްނުން ހުރީ އެހެން ދިމާއަކަށެވެ.

އޮފީސް ނިންމާފައި ގެއަށް ދިޔަ މަގުމަތީގައި އޭނާ ދިޔައީ ތަންކޮޅެއް ބާރަށް ހިނގާފައެވެ. ތިރިއަށް ބަލަމުން ދިޔަ ހީޒަލް ހީވަނީ އެއްފަހަރުވެސް މަގަށް ނުބަލަން ހުރިހެންނެވެ. ގޭގެ ދޮރާއި ހަމައަށް ދެވުނު އިރުގައިވެސް އޭނާ ހުރި އިސްޖަހާލައިގެންނެވެ. ހުޅުވިގެން ދިޔަ ދޮރު ފެނުމުން ހީޒަލް ދޮރަށް ބަލާލިއެވެ. ކުރިމަތިން ބައްޕަ ފެނުމުން އެއްފަރާތަކަށް ޖެހިލާފައި ބައްޕަ ނިކުންނަން ތަން ދައްކާލަމުން އެތެރެއަށް ދެމި ގަނެއްޖެއެވެ. ހީޒަލް ދިޔަ ގޮތަށް ވެއްޓިގަތީ އެނދަށެވެ. އެހެން ދުވަސް ދުވަހާއި ހިލާފަށް މިއަދު އޭނާ އެއްޗެހިވެސް ބަދަލު ކުރާކަށް ބޭނުމެއް ނުވިއެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތަކާއެކުވެސް ހީޒަލް މަސައްކަތް ހުރީ ހިނިތުން ވެވޭތޯއެވެ. ނަމަވެސް އޭނާ މިހާރު ހިނިތުންވާންވެސް ހަނދާނެއް ނެތެވެ. ކަނާތް ފަރާތަށް ފުރޮޅުނު ގޮތަށް ހީޒަލް ލޯ މަރާލިއެވެ.

“ބޭބީ..” ކައިރިން އިވިގެން ދިޔަ ރާއިފްގެ އަޑުން ހީޒަލް ލޯ ހުޅުވާލިއެވެ. އޭރު ރާއިފް އެނދުގައި އޭނައަށް ބަލަހައްޓައިގެން އޮތީ އެއް އަތް ބޯދަށް ލައިގެންނެވެ. ހިފަހައްޓަމުން ދިޔަ ކަރުނަތައް ލޮލުގެ ކަނުން ލާފައި ފައިބައި ގަތުމުން ހީޒަލް އަތުގެ ނުފުށުން ފުހެލަމުން އަނެއްކާވެސް ލޯމަރާލިއެވެ.

“ޔޫ ލައިޑް…” ގިސްލެވެމުން ދިޔަ ހީޒަލަށް ބުނެވުނީ އެވަރަށެވެ. ކަރުތެރެއަށް ތަދުވަން ފެށުމުން އޭނާ މަޑުމަޑުން ކަރުގައި ފިރުމާލިއެވެ. ނަމަވެސް ލުޔެއް ނުލިބުނެވެ. އޭގެ ބަދަލުގައި ލޮލުން ފައިބައިގަތް ކަރުނަވީ އިތުރެވެ.

“މި ހުރީއޭ..” ރާއިފް އަތް ނަގައި މަޑު މަޑުން ހީޒަލްގެ ކޮލުގައި ހިފާލަމުން އަނެއްކާވެސް ހިނިތުން ވެލިއެވެ.

ސީމާ މައްޗަށް އައީ މިއަދު ހީޒަލް ލަސްވުމުންނެވެ. ކޮޓަރީގެ ޓަކި ޖަހާލަމުން ނުހުޅުވުމުން ސީމާ ދޮރުގައި ހިފާ ކުޑަކޮށް ހުޅުވާލިއެވެ. ހީޒަލް ކުރުޖެހި ލައިގެން ނިދަން އޮތުމުން ސީމާ ކައިރިއަށް ޖެހިލިއެވެ. ނިދީގައި ހީޒަލް އޮތީ ކޮންމެވެސް އެއްޗެއް ހިފަހައްޓައިގެންނެވެ. ނިދީގައި ގިސްލެވެމުންދިޔަ ކުއްޖާއަށް ބަލާލަމުން ސީމާ ހީޒަލްގެ އަތުގައި އޮތް ފޮޓޯ ލޯގަނޑު ބަލާލިއެވެ. އެއީ ހީޒަލްއާއި ރާއިފްގެ އެންމެ ފަހުގެ ފޮޓޯއެވެ. މީގެ ދެއަހަރު ކުރިއޭވެސް ނުބުނާއެވެ. އޭގެއަށް ބަލަން އިނުމަށްފަހު ސީމާ އެ ކަނާތް ފަރާތުގައި ހުރި ސައިޑް ޓޭބަލް މަތީގައި ބަހައްޓަމުން ހީޒަލްގެ ބޮލުގައި ފިރުމާލިއެވެ.

“ދަރިފުޅާ… ހީޒު” ސީމާ ކަރުކެހިލަމުން ތަންކޮޅެއް ބާރަށް ގޮވާލިއެވެ.

“މަންމާ…” ލޯ ހުޅުވާލި ހީޒަލް އެހެން ބުނަމުން އަވަހަށް ތެދުވެ ގަޑިއަށް ބަލާލައިފިއެވެ.

ވަށައިގެން އެކި ދިމަދިމާލަށް ބަލާލި ހީޒަލް ހީވީ އެއްޗެއް ހޯދަން އުޅުނު ހެންނެވެ. ހިނދުކޮޅަކަށް ނަމަވެސް ކައިރީގައި ހުރި މަންމަ މަތިން ހަނދާން ނެތުނެވެ.

“ދަރިފުޅާ..” ސީމާ ސިފަވަމުން ދިޔައީ މީގެ ދެއަހަރު ކުރީގެ ހީޒަލްއެވެ. އެއާއެކު އޭނާގެ ހިތުގައި ބިރުވެރިކަން އުތުރި އަރައިގަނެއްޖެއެވެ. ތަންކޮޅެއް ބާރަށް ހީޒަލްގެ އަތަށް ހިފައި ދަމާލުމުން އޭނާ ސީމާއާއި ވީ ފަރާތަށް އެނބުރެމުން ހިނިތުން ވެލިއެވެ.

“މަންމާ… މިދަނީ އެނގޭ..” ހީޒަލް ކޮނޑުގައި އަޅުވާފައި އޮތް ތުވާލި ހިފައިގެން ވަނީ ފާހާނާއަށެވެ. އެވަގުތު ފޯނަށް ނުދަންނަ ނަނަބްރަކުން ގުޅާލުމުން ހީޒަލް ބަލާލައިފިއެވެ. އޭނާގެ ފޯނަށް ނުދަންނަ ނަންބަރަކުން ނުގުޅާތާ ދެއަހަރު ވެއްޖެއެވެ. އެވަރު ކަމަކަށް ނަހަދައި ފޯނު ބޭއްވުމަށްފަހު ހީޒަލް ފާހާނާއަށް ވަދެއްޖެއެވެ.

# # # # #

ހީޒަލަށް ހޭލެވުނު އިރުގައި ކައިރީގައި މަންމައާއި ބައްޕަގެ އިތުރުން ރަޒިއްޔާވެސް ހުއްޓެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަން ހުރީ މޮޅިވެރިކަމެވެ. ކޮންމެ މީހަކުވެސް ހީޒަލްއަށް ބަލާލީ މާފަށް އެދޭ ފަދަ ގޮތަކަށެވެ. އެއާއެކު އޭނާ ތެދުވެ ގަޑިއަށް ބަލާލައިފިއެވެ. އޭނާ ހޮސްޕިޓަލުގައި ހުރީ ހެނދުނުގައެވެ. މިހާރު މިއޮތްގެން ހައެއް ޖަހަނީއެވެ.

“ކޮބާ ރާއީ؟” އެންމެ ފުރަތަމަވެސް ހީޒަލް ބުނެލީ އެހެންނެވެ.

“ދަރިފުޅާ.. ކޮންމެ މީހަކު..”

“ކޮބާހޭ ރާއި..” ހާމިދުއަށް ރަނގަޅަށް އެހެން ނުބުނެވިގެން އުޅެނިކޮށް ހީޒަލް ހަޅޭއްލަވައިގެނެއްޖެއެވެ. އެންމެންވެސް ދިޔައީ ސިއްސައިގެންނެވެ. ހީޒަލްއަކީ މީގެ ކުރިން އޭނާގެ ބައްޕައާއި އިސްއުފުލާ ވާހަކަވެސް ދެއްކި ކުއްޖެއް ނޫނެވެ.

“ރާއި އަސުރު ފަހު ވަޅުލައިފި..” ރަޒިއްޔާ ކަރުނުން ފުރިފައިވާ ލޮލުން ބަލާލަމުން ބުނެލިއެވެ.

“ނޫން.. ރާއި ބުނި އަބަދުވެސް އަހަރެން ކައިރީގައޭ ހުންނާނީ..” ހީޒަލް ދެލޯ ބޮޑުކޮއްލަމުން އެންމެނަށް ބަލާލިއެވެ. ހާމިދު ހީޒަލްގެ މޫނަށް ބަލާލީ ބީރައްޓެއްސެއް ފަދައިންނެވެ. މިހާރު އޭނައަށް ފެންނަމުން ދިޔައީ އޭނާގެ ހީޒަލްއެއްނޫނެވެ.

“މިހިރީނު ..” ހީޒަލް އޭނާގެ އެނދުކައިރީގައި ހުރި ފޮޓޯ ދައްކާލަމުން ބުނެލިއެވެ. އިސްތަށިގަނޑުއެތެއަށް އަތް މަހާލަމުން ހީޒަލް މޫނާއެކު އަތް ހިންގާލިއެވެ. އަދި މެއާއި ދިލާލުން ގެނެސް ލައިގެން ހުރި ޓީޝާޓް ބޮޑިކޮއްލަމުން ގިސްލަގިސްލާފައި ރޯންފަށައިފިއެވެ.

“ބައްޕާ… ރާއި ކައިރިއަށް ހިނގާބަލަ.. އެތަނުން ރާއީ ނެގީމަ އޯކޭވާނެ.. ރާއި ބުނި ދުވަހަކުވެސް ނުދާނަމޭ..” ހީޒަލް އައިސް އޭނާގެ ބައްޕަގެ ފައިކައިރީގައި އިނށީގެ ކަކުލުގައި ހިފާލަމުން ބުނެލިއެވެ.

“ބައްޕާ ޕްލީޒް.. ބައްޕަ ބުނީމެއްނު ހީޒަލް ބުނި ކޮންމެ އެއްޗެއްވެސް ދޭނަމޭ.. އަޅުގަނޑު ބޭނުމީ ރާއި.. ޕްލީޒް އަޅުގަނޑަށް ރާއި ދީ..” ހީޒަލް ހާމިދުގެ ކަކުލުގައި ބޯ ޖައްސާލައިގެން އިނދެ އާދޭސް ކުރަމުން ދިޔައީ އެންމެ ކަމަކަށެވެ. ހާމިދު ދުނިޔެ އުމުރު މަސައްކަތް ކުރީ އޭނާގެ ދެދަރިންނަށްޓަކައެވެ. މީ ހީޒަލް ކަމަކަށް އެނދުނު ފުރަތަމަ ފަހަރެވެ. ނަމަވެސް ހުރިހަމަ ހަމައެކަނި އަންހެން ދަރިފުޅަށްޓަކައި އޭނާއަށް އެއްވެސް ކަމެއް ކޮއްނުދެވުނެވެ.

“ހީޒަލް.. ހީޒަލްވެސް ތީ މިހާރު ކުޑަކުއްޖެއް ނޫނެއްނު….” ހާމިދުއަށް ރަނގަޅަށް އެހެން ނުބުނެވިގެން އުޅެނިކޮށް ހީޒަލް ދުއްވައިގަތީ ބެއްކަންޏާއި ދިމާލަށެވެ. ފާރުކައިރިއަށް ދަމުން އޭނާ އަރައި އިށީނީ ފާރުމަތީއެވެ. ހާމިދުއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. ކުއްލިއަކަށްގޮސް ހީޒަލްގެ އަތުގައި ހިފާ ތިރިކޮއްލައިފިއެވެ. ހުރިހަމަ އެކަނި އަންހެންދަރި ލޯ ކުރިމަތީގައި މޮޔަވާތަން ދެކޭކަށް އެއްވެސް ބަފަޔަކަށް ނުހުރެވޭނެއެވެ.

“ނޫ..ނޫން.. ނޫން..” ފައިޖެހުމާއެކު ހީޒަލް ހަޅެއްލަވަމުން ދިޔައީ އަނެއްކާވެސް އެތަނަށް އަރާށެވެ. ބައްޕަގެ އަތުން ވީއްލި ގަނެގެން މަރުވާށެވެ.

“ހީޒަލް…” ހާމިދުގެ އަތަށް ލެވޭހައި ބާރެލްލަމުން ހީޒަލްގެ މޫނުގައި ޖަހާލިއެވެ. އެއާއެކު އޭނާ މައިތިރިވެއްޖެއެވެ. އަޑެއް ނުނިކުތް ނަމަވެސް ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ.

#  #  #  #  #  #

ފެންވަރާލައިގެން ނިކުތް ހީޒަލް ބެލްކަނީގައި ހުރި ޖޯލީގައި އިށީންނަމުން ގަސްތަކުގައި އަތް ޖައްސާލައިފިއެވެ. ނޭފަތަށް ފާޑެއްގެ ގޮތެއް ހަދާލަމުން ހީޒަލް ޖޯލީގައި ބުރަކަށި ޖައްސާލަމުން މަތި ބަލާލައިފިއެވެ. އެއާއެކު ޖެހިގެން ހުރި ގޭގެ މަތިން މީހަކު ކުއްލިއަކަށް އަނެއް ފަރާތަށް ދިޔަތަން ހީޒަލަށް ފެނުނެވެ. މެއަށް ފިނިވާ ގޮތް ވުމުން ހީޒަލް އެތަނުން ތެދުވެގެން ކޮޓަރިއަށް ވަދެއްޖެއެވެ. ނަމަވެސް އަނެއްކާވެސް އައިސް ޖޯލީގައި އިށީންނަމުން ލޯމަރާލިއެވެ. ބިރާއި ކުރިމަތި ލައިގެންނެވެ.

Share Article

Follow Me Written By

unknown

Level 1

Other Articles

Previous

އާދޭސް ކުރާ ހިތްވޭ ރޮމުން (24)

Next

ބޭނުންވަނީ ޔާރާ… 10

Next
April 30, 2018

ބޭނުންވަނީ ޔާރާ… 10

Previews
April 29, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން (24)

12 Comments!

  1. hahah says:
    April 30, 2018 at 1:29 pm

    nice starting…. all the best 🙂 hope this story will be really beautiful <3

  2. siy says:
    April 30, 2018 at 1:46 pm

    daily koh up kohdheyne kamah unmeedhu kuran feshun vvv reethi

  3. Naju says:
    April 30, 2018 at 1:50 pm

    Mi storyge feshun hama v rangalhu n next part thahvx salhi vaane kamah unmeedhu kuran

  4. shai says:
    April 30, 2018 at 2:25 pm

    Vaahakaige name change kohfa tha meenee.. Kurin ebain ehen namehga liyefa ves..ehfaharu adhi ehfaharu namuga

  5. Nunama says:
    April 30, 2018 at 2:46 pm

    Seems interesting

  6. mishy says:
    April 30, 2018 at 2:49 pm

    Woww… vrh vrh reethi…. dailii kh up khdhehhcheyy… plxx…. whn nxt prt??? Curiously waitinnn… ♥♥

  7. Hajja says:
    April 30, 2018 at 3:03 pm

    V nice.. keep it up

  8. FAISAL says:
    April 30, 2018 at 4:55 pm

    Vvvv reethi varah shaugu verikamaa ekee mikiyaali. …thigothuga niyeninmaalaathi ??☺☺???????

  9. Xxxx says:
    April 30, 2018 at 9:26 pm

    Wooow. V. Reethi vaane hen heevey

  10. Blackaholic says:
    May 1, 2018 at 1:39 pm

    Masha Allah.. vv teethi.. this seems really interesting n mysterious.. plus sifainge boy eh ulheythee adhi maa reethi… gud luck with the story??

  11. Ziva says:
    May 2, 2018 at 12:49 pm

    Nice ?

  12. Roo says:
    May 3, 2018 at 7:00 pm

    Omg vv reeeeeethi

Comments are closed.



All Right Reserved!