ރައްޔާން ރައްޔާން ރީތި ވެލައިގެން ނިކުތްއިރުގައި ހީޒަލް މެން ފެންނާކަށް ނެތެވެ. ނުވެސް ދަންނަ ކުއްޖަކު އެހެން އެނާގެ އެޕާރޓްމެންޓަށް ގެނައުމުން ހުރީ ވަރަށް ހިތް ހަމަ ނުޖެހިފައެވެ. އީނާޝްގެ ކިތަންމެ ގާތް އެކުވެރިއަކަސް އެއީ އޭނާއަށް ހިލޭ މީހެކެވެ. ރައްޔާން އަނެއްކާވެސް ކޮޓަރިއަށް ވަދެ ކކުރިން ދުވަހު ހޯދަމުން ދިޔަ ފޮތް ނަގައި ތިރީގައި ބާއްވާލިއެވެ. އެކި ގަނޑުތައް އުކަމުން ދިޔައިރު އޭގެ މެދެއްހާ ހިސާބަށް ލައިފައި އޮތް ފަށް ނަގަމުން ރައްޔާންއެއަށް ބަލާލިއެވެ. އެޗް […]
ފޯނުން އިވެމުންދިޔަ ފަތިސް ނަމާދުގެ ބަންގީގެ އަޑައް ނިދާފައި އޮތް އައިލީންއަށް ހޭލެވުނެވެ. އަވަހަށް ތެދުވެ ފާޚާނާއަށް ވަދެ ފެންވަރައިލައިގެން ފަތިސް ނަމާދު ކުރުމަށް އަވަސްވެގަތެވެ. ގޭ ކައިރީގައި ހުރި މިސްކިތުން އިވެމުން ދިޔަ ބަންގީގެ އަޑަށް ޔޫހާން އާއި އެހެން ބައިވެރިންވެސް ތެދުވެ ތާޒާވެލައިގެން މިސްކިތައް ދިއުމަށް ނުކުތެވެ. އެކުދިންނާއި އެކުއެކީހެން ޒާހިރުވެސް އޭނަގެ […]
“ކޮންމެ މީހަކު ދިނަސް ތީތި ކަނޑާބަލަ ކާ އެއްޗެއް ހުރިތޯ ބަލަން.” ޒޯ ސަމާސާ ރާގަކަށް ބުނެލިއެވެ. އެ ވާހަކައަށް އަފާފް ކުޑަކޮށް ހީލަމުން އެ ކޮތަޅުގެ ތެރޭގައި އޮތް ޕާރުސަލް ނަގައި ކަނޑަން ފެށިއެވެ. އޭގެ ބޭރުގައިވި ގަނޑު ނައްޓާލުމަށްފަހު އެ ފޮށި ހުޅުވާލުމާއެކުހެން އަފާފް ހުއްޓުން އަރާ ގޮތްވިއެވެ. ފޮށީގެ ތެރެއިން ފެނުނީ އަންހެނަކާއި ފިރިހެނަކު އެކަކު އަނެކަކަށް ބަލަހައްޓައިގެން ހެވިފައި ތިބި މަންޒަރުގެ ފޮޓޯއެއް ބޭރުގައި ޖަހާފައިވި އަލްބަމެކެވެ. އާދައިގެ މަތިން އަފާފަށް […]
ފުރަތަމަ ފަހަރަށް ދެ ހަށިގަނޑު ގުޅިލާމެހިގެން ދިޔަ ވަގުތު ދެހިތް ވެސް އެކަކު އަނެކަކަށް ބަސްމޮށުންތެރިކަމާއި ނުލާ އެތައް ވައުދުތަކެއް ވަމުން ދިޔައެވެ. އެތައް ދުވަހަކަށްފަހު ހަށިގަނޑަށް ލިބުނު އަރާުމުގައި ބެހިގެން ގޮސްފައިވާ ދެހަށިގަނޑަށް ވެސް ލޮޑުކަމެއް އިހުސާސްވެ ވަރުބަލިވެ އެކަކު އަނެކަކު އަތު ތެރޭގައި ތިބެ ކުރިން ދެލޯ މެރިގެން ދިޔައި ކާކަށް ކަމެއް އެކަކަށް ވެސް ބުނާކަށް ނޭނގެއެވެ. އާދައިގެމަތިން ރިމީޝާ އަށް ދެލޯ ހުޅުވާލެވުނީ ފަތިސްނަމާދު ބަންގިއަށެވެ. ޖެހިގެން އޮތް ޝިނާންގެ […]
އެވަގުތު ދެމީހުންވެސް ސިހުނީ ގޭގެ ދޮރުފަތް ވަރަށް ބާރަށް ހުޅުވުނު އަޑަށެވެ. މީހަކު އައީ ކަމަށް ހީކުރެވުނު ކަމުގައި ވިނަމަވެސް ވަޔާ ހުޅުވުނީއެވެ. ރާސިލް މަންމަ އާއި ވާހަކަ ދައްކާލާފައި ބާރަށް ދަނީ ކަމަށް ބުނެ ދިޔައެވެ. ***** “އައިލީ… އަހަރެންގެ ހަޔާތުގެ ސަފްހާތަކަކީ ވަރަށް ހިތި ހަނދާންތަކެއް އޭގާއި ފޮރުވިފައިވާ ސަފްހާތަކެއް… އެއީ އަހަރެންގެ ވެސް ދިރިއުޅުން ބަދަލް ކޮއްލި ދުވަސްތަކެއް…. މުޅި މި ހަޔާތް އަނދިރި ކަމުން ވަށާލި ދުވަސްކޮޅެއް…. ތިހެން ނޯވޭ ދެން… […]
ރައްޔާން ފާރުކައިރީގައި އިށީނދެގެން އިނުމަށްފަހުގައި ރައްޔާން މަޑުމަޑުން އަނެއްކާވެސް ބަލާލައިފިއެވެ. ފުން ނޭވާއެއް ދޫކޮއްލަމުން އޭނާ ހީޒަލްގެ މޫޒަށް ނަޒަރު ހުއްޓާލީ ޚިއްވެ ކަމެއް ނޭނގުނެވެ. ކޮންމެވެސް ތަނަކުން ދެނުކު ކުއްޖެކޭ ހިތް ބުނަނީ ކީއްވެ ހެއްޔެވެ؟ ސިކުނޑިއަށް ބާރުލަމުން ރައްޔާން އަދިވެސް ހުރީ އެ ހިޔާލުގައެވެ. އެހެން އިނދެފައި ރައްޔާން ގޮސް އިށީނީ ދުރުގައި ބަހައްޓާފައި ހުރި ގޮނޑީގައެވެ. ފޯނު ވައިބްރޭޓް ވާން ފެށުމުން އޭނާ ފޯނަށް ނަޒަރު ހިންގާލައިފިއެވެ. ފޯނަށް އަރާފައިވާ ނަން ފެނުމުން […]
ޝަޒުރާ އިނީ ރޭގެ ފޮނިފޮނި ޚިޔާލުތަކަށް ގެއްލިފައެވެ. ދެ އަހަރު ދުވަހު ދެކެމުން އައި ހުވަފެނެއް ހަޤީޤަތަކަށް ވުމުންނެވެ. ވެހުނުހާ ވާރެއަކާއި ދިންހާ އަތްވެއްގައި ދުވާލެއް ރޭގަނޑަކަށް ބެލުމެއްނެތި ހުކުރަކަސް ހޮނިހިރަކަސް ބުރަ މަސައްކަތް ކޮއްގެން އަލަތު ލޯބިވެރިޔާކަމަށްވާ ޝާމްގެ ޙަޔާތަށް ރޭގެ ވަގުތެއްގައި އައީ އުއްމީދުގެ ހުޅުކޮޅެއް، އަމިއްލަ މަސައްކަތުން ދިއްލައިގެންނެވެ. ކުއްލިއަކަށް އޭނާގެ ހަނދާންތަކުން ދުރުކޮށްލީ ޝާމް ފާޚާނާއިން ނުކުތް އަޑަށެވެ. ޝާމް އެންމެ ކުޑައިރުއްސުރެން ބަލަމުން އައީ އޭނާގެ ބައްޕަ އަށްވެފައި ދާދި […]
ދުވަހަކަށްފަހު ދުވަހެއް ފާއަތުވެގެން ހިނގައްޖެއެވެ. އަހަރެންވެސް ދިރިއުޅުމައިގެން އިތުރަށް ކުރިއަށް ދެވޭތޯ މަސައްކަތް ކުރަމެވެ. ނަމަވެސް ކޮންމެދުވަހަކުވެސް ޔާއިންއާ ކައިސާ އެކި އުޅޭތަން ފެނުމުން ހިތަށްތަދުވެއެވެ. އަހަރެންގެލޯ ކުރިމަތީގައި ޔާއިން ކައިސާއާ ލޮބުވެތި ސަމާސާކުރާތަން ބަލާކަށް ކެތެއްނުވެއެވެ. އަހަރެން ރުފިޔާހޯދުމަށް ގޭގެއަށް ގޮސް ޓިއުޝަން ނަގައިދެމެވެ. އަބަދު ގޭގައި އިނދެގެން ޔާއިން މަތިން ހަނދާންކުރުމަށްވުރެ ފައިދާހުރިކަމެއް ކުރަންބޭނުންވާތީއެވެ. ކުދިންނަށް ކިޔަވައިދިނުމަކީ އަހަރެން ވަރަށް ކުރާހިތްވާ ކަމެކެވެ. ކޮންމެދުވަހަކުވެސް މަދުވެގެން ދިހަ ކުދިންނަށް އަހަރެން ކިޔަވައިދެމެވެ. އާދައިގެ މަތިން […]
“ބޭކާރު ވާހަކަނުދައްކާ ތަން ސާފުކުރޭ. އެހެންނޫނީ ޒާއްތަ ނިކުންނަ ގޮތަށް ރޭސްވާނެ” އައްޔަދު ބުނެލިއެވެ. ޝަނުމް މޮޕް ބަލާ ދިޔުމުން އައްޔަދުގެ ނަޒަރު ސީދާކޮށްލީ ޓީވީއަށެވެ. އެވަގުތު ސިޓިންގްރޫމް ދޮރު ހުޅުވާލާފައި ވަން ރިމީޝާ އަށް އައްޔަދު ފެނި ހިނދުކޮޅަކަށް ނަމަވެސް ހިތަށް ގޮތެއްވިއެވެ. އައްޔަދުވެސް އެސްފިޔަ ޖަހާނުލާ ރިމީޝާ އަށް ބަލަން އިނެވެ. އަތުގައި އޮތް ޓީވީ ރިމޯޓް ޓީވީ އަށް އަމާޒުކޮށްފައި ހުއްޓަސް އޭނާގެ ނަޒަރު ވަނީ ރިމީޝާ އާއި ދިމާލަށެވެ. ރިމީޝާގެ ހިމަ […]