“ޝަރަފް ޕްލީޒް އަހަންނަށް މަޢާފު ކޮށްދެއްޗޭ! އެނގޭ އަހަންނަށް ވަރަށް ގޯސްކޮށްކަން ޝަރަފްއާ ދޭތެރޭ ކަންތައް ކުރެވިފަ ހުރީ. ޙަޤީޤަތުގަ އަހަންނަށް މަޢާފެއް ޙައްޤެއްނޫން. އަހަންނަށް ކުރެވުނު ޝައްކުތަކެއްގެ ސަބަބުން ޝަރަފް މުޅި ޢުމުރަށް އަހަންނާ ދުރުގަ ހުންނަން ބޭނުންވިޔަސް އަހަރެން އެކަމާ ޤަބޫލުވާނަން. ޙަޤީޤަތުގަ ވެސް އަހަންނާ ހެދި ކުދި ވޭންތަކެއް ނޫން ޝަރަފް ތަޙައްމަލް ކުރަން ޖެހުނީ. އެކަމަކު އަހަރެން އަބަދުވެސް ޝަރަފް ދެކެ ލޯބިވާކަން ޝަރަފް ހަނދާން ބަހައްޓައްޗޭ. އަހަރެންވެސް އަދި…..ދަރިފުޅުވެސް ވަރަށް […]
އުނދަގޫ ގޮތަކަށް ކުކުރިލަމުން ޒީވާ ތެދުވީ ބޮލަށް ގޮތެއް ވާހެން ހީވުމުންނެވެ. އެއާއިއެކު އޯކާދެމެންފެށުމުން ފާހާނާ އާއި ހަމައަށް ފޯރީ ކިރިޔަ ކިރިޔާއެވެ. މެންދުރު ކޭއެތިކޮޅު އެކީހެން ހޮޑަށް ލެވިއްޖެއެވެ. މިހާރަކަށް އައިސް އަބަދު ބޮލަށް އެނބުރުން އެރުމާއި މޭނުބައިކުރުމާއި ހޮޑުލެވުން އިތުރުވެފައިވާކަން އޭނައަށް އެނގެއެވެ. ޒީވާގެ ހިތަށް އައި އެއްޗަކުން ބަނޑުގައި އަތްޖައްސާލެވި ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ. ******* ލިވާންގެ އޮޕަރޭޝަން ކާމިޔާބުވި ނަމަވެސް އެހަށިގަނޑުގައި ދިރުމެއްނެތެވެ. ޒީވާގެ ކުއްލި ވަކިވުމާއިއެކު އެހިތަށް ބަޔާން […]
އިވުނު ވާހަކަ ތަކުގެ ސަބަބުން ހައިރާންވެ ބަސްހުއްޓިފައި މަލާކަށް އިނދެވުނީއެވެ. “މައިން ބަފައިން ވަކިވުމުން ދަރިންނަން ކުރާނެ އަސަރު އަހަންނަން ވަރަށް ރަނގަޅަށް އިނގޭ… އެކަހަލަ ކަމަކަށް މަގުފަހިވެދާނެ ކަމެއްވެސް އަހަރެން ހަމަހޭގަ ހުރެގެން ނުކުރާނަން…” މަލާކް އިއްވާލިއެވެ. “ތިބުނި އެއްޗެއް އަހަންނަކަށް ނުވިސްނުނު” މައުވަންއަށް އިނގޭކަމަކަށް ނުވިއެވެ. “ނޭނގެންޏާ އަޅާނުލާ….އަހަންނަން ރަނގަޅީ ދެން މައުވަން މިތަނުން ދިޔައްޔާ…އަދި ދެވަނަ ފަހަރަށް މިގެއަށް ނާންނާނެ ކަމަށް އުއްމީދުކުރަން…” މަލާކްގެ ޖުމްލަޔާއެކު މައުވަން ނިކުންނަން ހިނގައިގަތީ ދެޖީބަށް […]
ލިވާންގެ ސިކުނޑިއަށް ލިބުނު ޒަހަމުގެ ސަބަބުން ސިކުނޑީގެ ވަރަށްބޮޑު އޮޕަރޭޝަނެއް ކުރަންޖެހުނެވެ. ނަމަވެސް އެ އޮޕަރޭޝަނަކީ ފިފްޓީ ފިފްޓީ ޗާންސްގެ އޮޕަރޭޝަނެއް ކަމުގައި ޑޮކްޓަރު ބުނުމާއިއެކީ ސީރީން އަނބުރައިގަނެގެން ވެއްޓިއްޖެއެވެ. ނަމަވެސް އޭގެ ކުރިން ވިކްޔަން އައިސް ސީރީންގެ ގައިގައި ހިފަހައްޓާލިއެވެ. ******* ގަދަ ހަދަމުންދިޔަ ޒީވާ ހުއްޓުމަކަށް އައީ އޭނަގެ އަނގައާއި ނޭފަތާއި އެއްކޮށް ވާހެން ފޮތިގަނޑަކުން ނިވާކޮށްލުމާއިއެކީއެވެ. ޒީވާގެ ޚަބަރު ހުސްވެ ހުރިތަނަށް ދެމުމުގެ ކުރިން ކައިރީގައި އިން މީހާ ތެދުވެ ފަހަތު ޝީޓުގައި […]
“ހަޔާ ދަރިފުޅާ! އުނދުންމަތީ ހުރި އެއްޗެހި ބާލައިފިން އިނގޭ ބޮޑު ދައިތަ މިދަނީ ނިދަން، އެކޮއިވެސް އުޅޭ ނިދަން” ކުއްލިޔާ ގޭތެރޭގައި ހުރެ ހަޔާއަށް އަޑުއިވޭ ވަރަށް ގޮވާލާފައި ބުންޏެވެ. ސިއްސައިގެން ގޮސް ހަޔާ ވިޝާލް ގެ އަތުތެރެއިން ދެމިގަތެވެ. “އާން، ބޮޑުދައިތަ ދޭ ނިދަން، އަހަރެން ނިދާނި ތަންކޮޅެއް ފަހުން” ހަޔާ ހުރީ ކުއްލިޔާ ނޭނގިނަމަވެސް އެތަނަށް އަތުވެދާނެތީއެވެ. ބޮޑުދައިތަގެ ހަބަރެއް ނުވުމުން ނިދަން ދިޔައީކަން ޔަގީން ވިއެވެ. “ވިޝާލް” ހަޔާ ކޮންމެވެސް އެއްޗެއް ބުނަން […]
ފިރިހިނަކަށްވިއަސް މިއަދު އަހަންނަކަށް ކެތެއް ނުކުރެވޭނެއެވެ. *********************** “ޔާން އައެމް ސޮރީ” އަހަރެން އިން ގޮނޑީގައި އިށީންނަމުން ރިހާމް ބުންޏެވެ. ކުރާނެހާ ކަމެއް ކޮށްފަ ކޮންމެހެން މާފަށް އެދެންޖެހޭހެއްޔެވެ. އަހަރެން އަނގައިން ވެސް ނުބުނެ އެއިން ގޮތަށް އިނީމެވެ. “ޔާން ހިނގާ ގެއަށް ދާން އަހަރެން ވަރަށް ދެރަވޭ އެބަ ޔާން ރޯތީވެ.” އަހަރެންގެ އަތުގައި ހިފައި ގޮނޑިން ނަގަމުން ރިހާމް ބުނިއެވެ. “ރިމް ޕްލީޒް ލީވް މީ އެ ލޯން” ލޮލުގައިވީ ކަރުނަތައް ފުހެމުން ރުޅިވެރި […]
މިއަދު މިޝްކާގެ މޫނު ހާމައަށް ފެންނަން ހުއްޓެވެ. މީ ކިހިނެއް މޫނުއަޅާ ކުއްޖެއްބާއޭ އަހަރެންގެ ހިތަށް އެރިއެވެ. ***************** އަހަރެން ފެނުމުން މިޝްކާ ރަތްވިކަން އަހަންނަށް އެނގުނެވެ. އަހަންނާ ދިމާއަށް ފާޑަކަށް ބަލާލުމަށްފަހު ދޮރުން އެތެރެއަށް މިޝްކާ ދެމިގަތެވެ. “ނައިރާ އަޅޭ އަދިވެސް ތައްޔާރު ނުވަންތަ!” ބަދިގެއާ ދިމާއަށް ދަމުން މިޝްކާ ކުސްތަޅާލިއެވެ. “އޫޕްސް ސޮރީ މަ ހަނދާނެއްވެސް ނެތް މަ ރީތި ވެގެން ދަންނާމުން ވަރަށް ލަސް ވާނެ ރީތި ވާންވީތަ؟” ނައިރާ ބުނި އަޑު […]
މީރާ ސޯފާގައި އިނުމުން މާއިޝް މީރާ އާ ގާތަށް ޖެހިލިއެވެ. މީރާގެ ހިތް އިހުނަށްވުރެ ބާރަށް ތެޅިލިއެވެ. މާއިޝް ދައްކަން އުޅޭ ވާހަކަ އަޑުއެހުމައް ކެއްމަދުވާން ފެށިއެވެ. މާއިޝް މީރާގެ އަތުގައި ހިފާލިއެވެ. ” މީރާ! އިނގޭ މީރާގެ ހިތުގައި ވަރަށް ގިނަ ސުވާލު ތަކެއް އުފެދިފަ ވާނެކަން. އަދި އަހަރެން ބޭނުން އޮޅުންފިލުވައިދޭން.” މާއިޝް ހަށިފުރާ ނޭވާއެއް ދޫކޮއްލިއެވެ. މީރާ އިނީ ބަހެއްވެސް ނުބުނެ އަޑު އަހާށެވެ. ” ފުރަތަމަ ނަޒަރުން ލޯބި ވެވެއޭ ކިޔާތީ […]
“އައިރާ.. ..އޯ ގޯޑް” ޒީވާއަށް ވައިއަޑުން ބުނެލެވުނީ އައިރާ އާއިމެދު ކުރެވުނު ޝައްކުންނެވެ. އައިރާގެ މިޒާޖަށް އައިސްފައިވާ ބަދަލާއި ލިވާން އާއި ގުޅުމެއް އޮތްކަން އެނގި އެހިތުގައި ޝައްކުގެ އޮއިވަރެއް ހިނގާލިއެވެ. އޭނަގެ ފޯނު ނަންބަރު އެނގޭ މީހުންގެ ތެރޭގައިވެސް އައިރާ ހިމެނޭތީއެވެ. ******* ޒީވާގެ އަތުގައި ހިފާލައިގެން ލިވާން ގޮސް ކާރަށް އެރި މަންޒަރު ބަލަން ހުރި މީހާ ހުރީ ރުޅި އައިސް ރަތްވެފައެވެ. ނަފްރަތުގެ އަލިފާނުން ޒީވާ ފިއްސާލެވޭނެނަމަ އެކަން އެމީހަކު ކުރިތާ ކިތަންމެ […]