Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޔާއިން 12

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
April 30, 2018 4 Mins Read
21 Comments

އެވަގުތު އެންމެން ކާމޭޒު ދޮށުގައި ތިބިކަންވެސް އަހަރެން ހަނދާންނެތުނެވެ.

**********************

އަހަރެން ދިޔަގޮތަށް ގެއިންވެސް ނުކުމެގެން ދިޔައީމެވެ. ދެވެނީ ކޮންތަނެއްކަން ނޭންގޭހާލު މަގުމަތީގަ ދުވަމުންގެންދިޔައީމެވެ. ބައެއްމީހުންގެ ނަޒަރު އަހަންނަށް ހުއްޓެމުން ގެންދިޔައެވެ. ވަރުބަލިވެގެން ގޮސް އަހަންނަށް ދުވުން ހުއްޓާލަން ޖެހުނެވެ. އަހަންނަށް ހުރެވުނީ ކޮންތަނެއްގަކަން ޚުދު އަހަންނަކަށް ވެސް ނޭންގުނެވެ. ގޭގައި ވެދިޔަކަންތައް ހަނދާންވުމާއެކު ހުރިތަނަށް އަހަންނަށް ތިރިވެވުނެވެ. ހިތަށް ކެތް ނުކުރެވިގެން ބާރަށް ރޮއެ ގަނެވުނެވެ. އެ ވަގުތު މަގުމަތީގައި މީހުން ނެތުން އެއީ އަހަރެންގެ ނަސީބެވެ. ފަނަރަވަރަކަށް މިނިޓް ވަންދެން އަހރެން ރޯން އިނީމެވެ. މަންމަމެން ނިޔާވި ދުވަހު ވެސް މިހާވަރަކަށް ނުރޮވެއެވެ. ޔާއިން މިއަދު އަހަރެންގެ ހިތް ކުދިކުދިކޮށްފިއެވެ. ދުވަހަކުވެސް ތަތްނުކުރެވޭނެހާ ކުދި ކުދިކުދިކޮށްފިއެވެ. ރޭގަ އަހަރެންގާތު ވީ ވައުދު އުވާލާފިއެވެ. އަހަރެންދެކެ ލޯބިވާކަމަށް ބުނެ އަހަރެންގެ އިހްސާސްތަކާ ކުޅެލާފިއެވެ. ކައިސާއާ އިންނަށް އުޅެމުން އެހުރިހާ އެކްޓެއް އެ ޖެއްސީ ކީއްކުރަން ހެއްޔެވެ. ޔާއިން އަހަރެންގެ ކިބައިން އެހިފީ ކޮންކަމެއްގެ ބަދަލުހެއްޔެވެ؟ ލޯބިވާ ވާހަކަ ނުބުނި ނަމަ ގައިމު އަހަންނަށް މި ވަރެއް ނުވީސްކަން ޔަގީނެވެ. ޔާއިން އަހަރެންދެކެ ލޯބިވާވާހަކަ ބުނީ ހަމައެކަނި އަހަރެންގާތު އެކަންނެއްނޫނެވެ. ދޮންބެދައްތައާ ޖިޔާންގާތު ވެސް އެވާހަކަ ބުންނެވެ. އެކަމަކު ކީއްވެހެއްޔެވެ؟ ޔާއިން އަހަންނަށް މިހެން ހެދީ އަހަރެންގެ ކޮން ކުށެއް އޮވެގެން ހެއްޔެވެ.؟ އަހަރެންގެ ކުށަކީ ޔާއިންދެކެ ލޯބިވުން ހެއްޔެވެ؟ ކިތަންމެ ވަރަކަށް ރުޔަސް ޖަވާބެއް ނުލިބޭނެއެވެ. އެކަމުވެސް ރުއިން ނޫން ކަމެއް މިއަދަކު އަހަންނަކަށް ނުކުރެވޭނެއެވެ. ރޮއެރޮއެ ވަރުބަލިވުމުން އަހަރެން އިންތަނުން ތެދުވީމެވެ. އޭރުވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ތެދުވެ މޫނު ރީތިކޮށްލުމަށްފަހު އަހަރެން ހިނގަންފެށީމެވެ.ވަކި ހިސާބަކަށް ހިނގުނު ތަނުން މީހުން ފެންނަން ފެށިއެވެ. އަހަންނަށް އޭރު ހުރެވުނީ އެންމެފަހުން ހިއްކާފަ ހުރި ހިސާބުގައެވެ. މީހުން ނެތީ އެހެންވެއެވެ. މަޑުހިނގުމެއްގައި ގޮސް އަހަރެން ގެއަށް ވަނީމެވެ. ނައިރާ ޖިޔާންގެ އިތުރުން ދޮންތައާ ދޮންތަބޭ ވެސް ތިއްބެވެ. އަހަރެންގޮސް ވަނުމާއެކު ނައިރާ އައިސް އަހަރެންގައިގަ ބައްދާލިއެވެ. “އައި އޭމް ސޯ ސޮރީ މިޝޫ!  މިޝޫއެއީ ދޮންބެއެއްނޫން އަހަރެންގެ ދޮންބެ އެހާ ގޯހެއް ނުވާނެ! އިނގޭތަ މިޝޫ އެގޮތަށް ދިޔައިމަ މަންމަވެސް ވަރަށް ދެރަވެފަ ހުރީ! އެހެންވެ މަންމަދޮންބެގާތު ބުނީ މިޝޫއަށް އެހެންނުހަދާށޯ ކައިސާއަށް ވުރެ މިޝޫމާ ރަނގަޅުވާނެޔޯ! އެހެންބުނީމަ ދޮންބެ ކުރިކަންތައް އެނގޭތަ؟ މޭޒު މަތި ހުރިއްޔާ ހުރި ކާއެއްޗެއް އަތުން ޖަހާ ބުރުއްސާލީ. އަދި މަންމައާ ދިމާއަށް ހަޅޭއްލަވާގަތީ އެންމެން ކުރިމަތީގަ! މިޝޫ އަހަރެންގެ ދޮންބެ އެހާ ގޯހެއްނުވާނެ! އެއީއަހަރެންގެ ދޮންބެއެއް ނޫން އެއީ ދޮންބެގެ ސިފާގަ ހުރި އެއްކަލަ ޖިންނި” ނައިރާއަށް ރޮވެން ފެށުނެވެ. އަހަރެންގެ ހަނދާނަށް އައީ މީގެ އަށް އަހަރު ކުރިން ނައިރާ އެގޮތަށް ރުއިދުވަސްމަތިންނެވެ. ޔާއިން އަނެއްކާވެސް ގޯސްމަގު ޚިޔާރުކުރީހެއްޔެވެ؟ އަހަރެންގެ ލޮލަށް ޖަމާވި ކަރުނަތައް ހިންދާލުމަށްފަހު ނައިރާ ހަމައަކަށް އެޅުވޭތޯ އުޅުނީމެވެ. ނަމަވެސް ބުނެލާނެ އެންމެ ބަހެއް ވެސް އަހަރެންގެ ދުލުކުރިއަކަށް ނައެވެ. “ނައި ދެން ހުއްޓާލާ” އެތަށް އިރެއްވީފަހުން އަހަންނަށް ބުނެވުނުހާވެސް ބަހަކީއެއީއެވެ.” މިޝޫ ކިހިނެއް ތިހާ ހިތްވަރުގަދައީ. އަހަރެން ނަމަ ހާރޓްއެޓޭކެއްޖެހިގެން މަރުކަންނޭންގެ ވާނީ!” ނައިރާ ބުނިއެވެ. “އެކަމު ޔާއިންވެސް ދޯ މަށަށް އަދިވެސް ގަބޫލެއް ނުކުރެވޭ! އެހާވަރަށް މިޝްކާދެކެ ލޯބިވެއޭ ކިޔާފަ..” ދޮންތަބޭ ވިސްނުމަކަށް ގެއްލިފައި އިނދެ ބުނެލިއެވެ. “އެކުއްޖާ ހުރި ގޮތްދޯ ލާފަހުރިހެދުމުން ލަދުން ބަލާލާކަށްވެސް ނުކެރުނު. ކީކޭ ދެންބުނާނީ” ދޮންތަވެސް ބުނެލިއެވެ. ނައިރާ ރޯނެވަރަކަށް ރުއިނިމުމުން އަހަރެން ކޮޓަރިއަށް ދިޔައީމެވެ. ކޮޓަރިއަށް ވަދެވުމާއެކު އަނެއްކާވެސް އަހަންނަށް ރޮވެންފެށުނެވެ. އަހަރެން ހުރީ ތަޅު ނުލާކަމުން ދޮންތަ އެތެރެއަށް ވަނެވެ. އޭރުވެސް އަހަރެން އިނީ ރޯށެވެ. ދޮންތަވަނުމުންވެސް އަހަރެން ރުއިން ހުއްޓާކަށް ނޫޅެމެވެ”މިޝްކޯ. ދޮންތައަށް އިނގޭ މިޝްކޮ ތިހުރީ ވަރަށް ދެެެެެެެެެެެެެރަވެފަކަން. އެކަަަަަމަކުމަަަ އެެކަހަލަ މީހަކަށްޓަކައި މިިިޝްކޮޮޮގެެ ކަަަަަަރުުނަހުސް ކުރަނީ ކިިިީީީއްްކުރަަަަން. ކޮންމެކަމެއްވެސް ވަނީ ރަަނގަޅަކަށޭ މިޝްކޮ ބުނީމެއްނު ދޮންތަގާތުގަ. އެހެންވީމަ މިކަމުގަަވެސް ކޮޮޮންްމެވެެެސް ހެެވެއްވާނެ. ވެދާނެއްނު ޔާއިންއަށްވުރެ ރަނގަޅުކުއްޖެއް މިޝްކޮގެ ހަޔާތަައް އަންނަނީކަމަށްވެސް އެހެންވީމަ ނުރޮއެ ހުއްޓާލާ. މިހާރު އެއޮއް ބަންގިގޮވީ ދެންދޭ ނަމާދުކޮށްލައިގެން ކާންއަންނަން މެންދުރުނުވެސް ކައެއްނު ދިޔައީ.” ދޮންތަ އަހަންނަށް ނަސޭހަތްލާދިނުމަށްފަހު ދިޔައެވެ. އަހަންނަށް ދޮންތަ ވާހަކައާ މެދު ވިސްނުނެވެ. ދޮންތައެބުނީ ތެދު ވާހަކައެކެވެ. ޔާއިނަށް ވުރެއް ރަނގަޅު ކުއްޖެއް އަހަރެންގެ ހަޔާތަށް އަންނަނީކަންނޭންގެއެވެ. އަހަރެން އަވަހަށް ތެދުވެ އަސުރުނަމާދުކޮށްގެން  ކާންދިޔައީމެވެ. ނުސްދައްތަ ކައްކާފަހުރި އެެއްޗިހި ހުރީ ފޮނުވާފައެވެ. އަހަރެން ކާގެއަށް ވަންއިރު ރިކާވެސް ކާން އަށީންދެއިނެވެ. “ދޮންތި ކީއްވެ މިއަދު ނުކައި ދިޔައީ؟ ދޮންތި ބޫނީމެއްނު ޔާންދޮންބެ ވަރަށް ރަނގަޅުވާނޭ! އެކަމު އިނގޭތަ ޔާންދޮންބެ ވަރަށް އައްޗި! ނުސްމާމައާ ދިމާއަށް ހަޅޭއްލަވާފަ ކާއެއްޗެހިވެސް އުކާލީ! ދޮންތި ބުނީމެއްނު އެކަހަލަކަންތައް ކުރާނީ އައްޗިކުދިންނޭ!އަދި ދޮންބެގެ ފްރެންޑް ވެސް ވަރަށް އައްޗި! ދޮންބެ އައްޗިކަންތައް ކުރީމަވެސް ހުރީ ހޭންވެގެން!” ރިކާ އަނގަޔަށް ވައްތަރު ޖައްސަމުން ކިޔާދިންގޮތުން އަހަންނަށް ކުޑަކޮށްހެވުނެވެ. “ރިކާ ދޮންބެއާ ދިމާއަށް ނުކިޔާނެ އައްޗިއޭ އެ ގަޑީގަ ދޮންބެއަށް އެހެން އުޅެވުނީ އަބިލީސް ބޮލަށް ސަވާރުވެފަ ހުރުމުން!” އަހަރެން ރިކާއަށް ވިސްނާދޭ ފަދަގޮތަކަށް ބުނީމެވެ. އަހަރެން އެދުވަހުގެ ބާކީބައި ހޭދަކުރީ ރިކާއާ އެއްކޮށެވެ. ރިކާއާ އެއްކޮށް އުޅެލުމުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.

ނުވައެއް ޖަހަންވާއިރަށް ރިކާ ނިދާފިއެވެ. ރިކާ ނިދުމުން އަހަރެން އަބަދުވެސް ރޭގަނޑުގެ ގިނަ ވަގުތުތައް ހޭދަކުރާތަންކަމަށްވާ ޓެރަހަށް އެރީމެވެ. ޓެރަހަށް އެރުމާއިއެކު ޔާއިންގެ ހަނދާންތައް އާވާންފެށިއެވެ. ނަމަވެސް އަހަރެން ހިތްވަރުކޮށްފައި ބެލީ އެހަނދާންތަކުން ދުރުވާށެވެ. ރޭގައި ޔާއިންއާ އެކު ހޭދަވީ ވަގުތު ސިފަވުމުން ލޮލަށް ކަރުނަ ޖަމާވިއެވެ. އެހެނަސް ދޮންތަގެ ވާހަކަތައް މަތިން ހަނދާންވުމުން ކަރުނަތައް ހިންދާލީމެވެ. އަދި ޔާއިން މަތިން ހަނދާންކޮށްފަ ނުރޮމަށް އަޒޔމު ކަނޑައެޅީމެވެ. އަހަރެން ޚިޔާލުތަކުން ނިކުމެވުނީ މީހަކު ކަރުކެހެލި އަޑަށެވެ. ކަރުކެހުނު މީހަކީ ޔާއިންއެވެ. ޔާއިން ފެނުމުން އަހަރެން އަޅާނުލާ އަނެއްފަރާތަށް އެނބުރުނީމެވެ. “މިޝޫ އައި މީން މިޝްކާ އަހަރެން މިއައީ މިޝްކާއަށް އަހަރެންގެ ވެޑިން ކާރޑުދޭންވެގެން. އަހަންނަށް އެނގޭ މިޝޫ މިބުނީ މިޝްކާ މިތާ ހުންނާނެކަން. މާދަން ހަވީރު އަހަރެން ކައިވެނި ކުރަން މިއުޅެނީ މާދަންރޭގަ ޕާރޓީ އޮންނާނެ މިޝްކާ އަންނާނެކަމަށް އަހަރެން އުއްމީދުކުރަން އަދި އަހަންނަށް މާފުކޮށްދޭނެ ކަމަށްވެސް ހީކުރަން” އަހަރެންގެ އަތަށް ކާޑުދީފައި ޔާއިން ދިޔައީއެވެ. ޓަރކުއިޝް ކުލައިގެ ކާރޑުގައި ވަރަށް ރީތިކޮށް ޔާން ވެޑްސް ކައި ޖަހާފަ ހުއްޓެވެ. ކައިގެ ބަދަލުގައި މިޝޫ އޮތްނަމަ ކިހާ އުފާވެރިހެއްޔެވެ.

އަހަރެން ތިރިއަށް ދިޔައިރު ނައިރާގެ އަޑުއިވެއެވެ. ކޮންމެވެސް ކަމަކާ ނުރުހިފާ ވާހަކަދައްކާ އަޑުއިވުނެވެ. “އެކަމު ނައި ދޮންބެ ކޮންމެ ގޮތަކަށް ކަންތައްކުރިއަސް އެއީ ދޮންބެއެއްނު. ނައިރާ ނުވާނު އެހެންވާހަކަ ދައްކާގެންނެއް. އެހެން ވާހަކަދެއްކީމަ ދޮންބެ އިތުރަށް ރުޅިއައިސް ހަޅޭއްލަވާނީ! މިހާރު އެންމެ ރަނގަޅު ގޮތަކީ އެކައްޗެއްވެސް ނުބުނިއްޔާ! އަދި އެންމެންވެސް ވާނެ ޔާނުގެ ޕާޓިއަށް ދާން. ޕްލީޒް” އަހަރެން ގޭތެރެއަށް ވަންއިރު ޖިޔާން އުޅުނީ ނައިރާއަށް ވިސްނަދެވޭތޯއެވެ. “ޖިންނި ސީރިއަސްލީ ކަލޭވެސް ޔާއިންހެން ޖިންނިއަކަށްވީތަ؟” ރިހާމް ވާހަކަ ދެއްކި ގޮތުން އޭނަވެސް ހުރީ ރުޅިއައިސްފަކަން އެނގުނެވެ. “ވެލް ޖިންނި އެބުނީ ރަނގަޅު ވާހަކައެއް އެންމެންވެސް ވާނެ ވަލީމާއަށް ދާން. އެހެންނޫނީ ޔާން ދެރަވާނެދޯ” “ސޯ ވަޓް؟ އޭނަވެސް އެހުރީ މިޝްކާ ދެރަކޮށްފަދޯ! އޭނަ ދެރަވިޔަސް އުފާވިއަސް މަށަށް ކީއްތަ؟ މަށެއް ނުދާނަން” ނައިރާ ދެންވެސް ނުރުހިފައި ވާހަކަ ދެއްކިއެވެ. “ނައިރާ ޔޫ ހޭވް ޓު ގޯ! ރިމްވެސް މަލާވެސް!” ޖިޔާން ހަރުކަށިކަމާއެކު ބުނެލިއެވެ. “އެކަކު ނުދިއަސް މަ ދާނަން ހަމަ ގައިމުވެސް” އަހަރެން ދާނެކަން އެންމެންނަށް އަންގާލީމެވެ. ޖިޔާންގެ ތުންފަތްމައްޗަށް ހިނިތުންވުންމެއް ވެރިވިއެވެ. “މިޝޫ ދަންނާ މަވެސް ދާނަން” ދޮންތަވެސް އަހަރުމެންނާއެކު ދާނެ ވާހަކަ ބުނެލިއެވެ. ރިހާމަށްވެސް ޖެހުނީ ހަތިޔާރު ބަހަށްޓާށެވެ. ނަމަވެސް ނައިރާ އަދިވެސް ހުރީ ދާގޮތަކަށް ނޫނެވެ. ނައިރާ މައްޗަށް ދިޔައީވެސް އަހަންނާ ޖިޔާންއާ ދިމާއަށް ކުދިކިޔަމުންނެވެ.

*******************

ޔާއިންގެ ނަޒަރުން

މިއަދަކީ އަހަރެންގެ ކައިވެނި ކުރެވޭ ދުވަހެވެ. ވާންނީ އުފާކަމެއް ނޫނީދެރަކަމެއް އަހަންނަކަށް ނޭންގެއެވެ. އަހަންނަށް އެނގޭހާވެސް އެއްޗަކީ އާއިލާގެ އެކަކުވެސް މިކައިވެންނަށް ގަބޫލުނޫންކަމެވެ. އެކަމަކުވެސް އަހަންނަށް ހެޔޮއެވެ. އެކަކު ގަބޫލު ނޫނަސް އަހަރެން މިކައިވެނި ކުރާނަމެވެ.

*********************

މިޝްކާގެ ނަޒަރުން :

ޔާއިންގެ ކައިވެނި ހަފްލާ އޮތީ ދަރުބާރުގޭގައެވެ. ހަފްލާއަށްޓަކައި މުޅިތަން ވަނީ ހުދާއި ޓާރކިޝްކުލައިން ޒީނަތްތެރި ކޮށްފައެވެ. އެތެރެއަށް ވަދެގެން ދިޔައިރު އެންމެ ފުރަތަމަވެސް ލޮލުގައި އަޅާގަތީ ޔާއިންއެވެ. ހުދުކުލައިގެ ކޯޓަކާއި ފަޓުލޫންލާފައިހުރި އިރު ޔާއިންއާ ވަރަށް ގުޅެއެވެ. ޔާއިންގެ ރީތި އިސްތަށިގަނޑުވަނީ ތުނިކޮށް ކޮށާލާފައެވެ. ތުނބުޅިވެސް ވަނީ ރީތިވަރަކަށް ތުނިކޮށްފައެވެ. ޔާއިންގެ އަތުތެރޭގައި އޮތް ކައިސާގެ އަތްފެނުމުން އަހަރެންގެ ހިތުގައިޖެހުނެވެ. ކައިސާގެ ރީތިކަންފެނި ހިތުގައި ހަސަދަވެރިކަން އުފެދުނެވެ. ހުދު ކުލައިގެ ބޮޑުވެޑިންޑްރެސްގައި ކައިސާ ފެންނަލެއްވަތަށް ހިތްގައިމެވެ. ކޮނޑާހަމަަށް އޮންނަ އިސްތަށިގަނޑު އޮތީ މިނިވަންކަމާއެކު ވިހުރެން ދޫކޮށްލާފައެވެ. މިރޭ އެ އިސްތަށިގަނޑު އޮތީ އެއްކޮަށް ކަޅުކޮށްފައެވެ. ހަމަޖެހިލަމުން އަހަރެން ޔާއިންމެންތިބި ދިމާއަށް މިސްރާބުޖެހީމެވެ. އަހަރެންގެ ފަހަތުން ދެންތިބި މީހުންވެސް އައެވެ. “ކޮންގްރާ ޔާން އެންޑް ކައި. ވަރަށް ބާއްޖަވެރި ކައިވެންނަކަށް އެދެން.” ކައިސާއާ ސަލާމްކޮށްލަމުން އަހަރެން ބުނީމެވެ. “އަހަރެން ދިން ދައުވަތު ގަބޫލުކޮށް މިތަނަށް އައުމުން މިޝްކާއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ނައިގެނާމަވެސް” ފަހަތުން އައި ނައިރާއަށް އިޝާރަތް ކުރަމުން ޔާއިން ބުނެލިއެވެ. ނައިރާ އަންނަން އެއްބަސްވީ އެންމެ ފަހުވަގުތުގައެވެ. އެއީވެސް ޖިޔާން އާދޭސްކޮށްގެނެވެ.

ކައިސާއާ ސަލާމްކުރުމަށްފަހު އަހަރެން އެތަނުން ނުކުތީމެވެ. އޭރު ލޮލުގައި ކަރުނަތައް ގިނަވަމުން ދިޔައެވެ. ހިތްވަރުވެސް ކުރެވޭނީވަކި ވަރަކަށް ނޫންހެއްޔެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ބޭނުންވަނީ ޔާރާ… 10

Next

ލޯބި ނުވިޔަސް ފިރުމާލަދީ….29

Next
April 30, 2018

ލޯބި ނުވިޔަސް ފިރުމާލަދީ….29

Previews
April 30, 2018

ބޭނުންވަނީ ޔާރާ… 10

21 Comments!

  1. eesh says:
    April 30, 2018 at 5:32 pm

    yayyy……me first kiyaafa comment mi kohlaney

    1. Kiyara says:
      April 30, 2018 at 9:40 pm

      Yayy eesh ure first

  2. shif ? says:
    April 30, 2018 at 5:33 pm

    Yey me first dhww…
    adhi nukiyan ekam engey kiyaa ge vaahaka reethi vaane kan…??????

    1. shif ? says:
      April 30, 2018 at 5:43 pm

      Not first dhwww Btw vaahaka hama habeyx ? ? ? ?

    2. Kiyara says:
      April 30, 2018 at 9:42 pm

      Dhen faharakun dhw shif

  3. rrrrraaa says:
    April 30, 2018 at 5:35 pm

    Me first

    1. Kiyara says:
      April 30, 2018 at 9:43 pm

      rrrrraaa mifaharu 3rd dhw.

  4. Anonymous says:
    April 30, 2018 at 5:35 pm

    Alheyyy yaain haadha goahey..mishkaa ah ehen nuhadhabaa ..ekuhja ves ohnani hithekey…mi part ves varah nice ..masha Allah ..mi part nimun iru ves neygun.. Hama habeys ..waiting for the next part.and me first dhww???❤?

  5. Eleven says:
    April 30, 2018 at 5:36 pm

    What is happening??
    Dhen yaain aa mishka nugulheynytha??☹

  6. mishee says:
    April 30, 2018 at 5:40 pm

    when next

  7. friend says:
    April 30, 2018 at 6:04 pm

    so short but very nie
    keehve yaain mishka ah ehen hadhanee
    she also has a heart dho that is not fair

  8. Lam says:
    April 30, 2018 at 6:33 pm

    Varah rythi story eh when nxt part…. Waiting for next part…

  9. GIRL says:
    April 30, 2018 at 6:51 pm

    Yaain keehtha ekurany? I don’t even understand for what he is about! Hama asluves vrh dhera vehje.. mishka hiyy varu kurahchey.. yaain dhen thi ulhun huttaalan v ey.. dhevana faharah thikan repeat nukurey.. heyo nuvaane.. Mishka ah ehn nahadhaba dhw.. aee ves insaanekey.. visnaalabala… dhera ves vey eyna mihaaru visnaane varu hithah araifa… 🙁 kaisa ge molhu plan akashey mi vaany rangalhah viyya.. you know what? I hate that girl!!!!! Argh!!!!!! Kaisa please stop this!!!!

    1. GIRL says:
      April 30, 2018 at 6:55 pm

      Anyways, maa sha allah.. this episode is really nice.. vrh kiyaa laa hithun kiyunu.. heevany story thereyga ulheleveyhen hama… just wow!!!! <3<3<3<3<3

  10. (´∀`)♡ says:
    April 30, 2018 at 7:50 pm

    Alhey.. Yaain haafha goahey djw… ?? alhey mishoo fakeerah ehn nahadhaaa .. Ekujjaaa maruvedhaane… ????

  11. hello says:
    April 30, 2018 at 7:52 pm

    yaain mee konkahala meeheh
    6 years inthizaaru kohfa adhi ehaavaruvi rihaam mishkaa aa iny kamah heekoh
    Mihaaru ehen meehakaa innan?
    I seriously dnt understand men! ??
    Anyways story ??

  12. Juma♡ says:
    April 30, 2018 at 9:25 pm

    Alheyy.. hama aslu vx tha yaainn… unbelievable ingey.. alhe mishuu.. dhontha ebunihen sad nuvey.. konme kameh vx vaany rangalhakah.. insha allah

  13. Inoo says:
    April 30, 2018 at 9:35 pm

    Yaain haadha goahey…moshoo ah ehn nuhadhaba pls….anyways the stry was fab♡♡

  14. Kiyara says:
    April 30, 2018 at 9:38 pm

    Slm hurihaa kudhin. Alhe yaan kydho ekury. Hurihaa kudhinge suvaaluge javaaabu dhen oii partga libeyne ISA mireyge vaguthehga dhen oii part genesdhevetho balaanan. Mi vaahaka ah thiya kiyuntherin dhehvaa tharuhybah varaha bodah shukuran. Jazakumullah khairan. Ly all

  15. Hajja says:
    April 30, 2018 at 9:38 pm

    Alhey haadha kurey.. kiyaahithun indhaa e nimunee?
    Anyways vv reethi.. ekam v dhera vejje mi part kiyaafa..

  16. Liu says:
    April 30, 2018 at 10:02 pm

    Heevanee mipart ga misskaaves mery kurn uleyny hurihaameehun raavaigen kuraakamen dhw

Comments are closed.

Next Episodeޔައިން 13←


All Right Reserved!