Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންލޯބި

ބޭނުންވަނީ ޔާރާ… 10

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
April 30, 2018 5 Mins Read
15 Comments

ހަވީރުގެ ފިނިފިނި ވައިރޯޅިއާއި އެކު ހެލިލާ ގަސްތަކުގެ ފަތްތަށް ހިތްގައިމު ނާނާއެއްކިޔާލާފަދައެވެ. މިއަދަކީ އޮފްދުވަހަކަށް ވުމުން އާޔާއިނީ އައިރާ އާއި އައިކާ ކުޅޭތަން ބަލަން އަތިރިމަތީގައެވެ. އެތަނަަށް އެމީހުން ގޮވައިގެންދިއުންވެސް އެއީ ވަޒީފާއެއްފަދައިން އޭނާކުރަންޖެހޭ ކަމެކެވެ. މަންމަބުނާތީ ކިތަންމެ ހިތްހަމަނުޖެހުނަސް ކޮންމެ އޮފްދުވަހެއްގައި އާޔާ ކޮއްކޮމެންގޮވައިގެން އެގޮތަށްދެއެވެ. ހިޔާލީ ދުނިޔެއަކަށް ގެއްލިފައި އިން އާޔާ އަށް ބަޔަކު ވާހަކަ ދައްކާހެން ހީވެގެން ބަލާލިއިރު އެއްކަލަ ޒުވާނާ އާއި ޖައިލަމްގެ ދޮންބެ އެދިމާ އަތިރީ ހަޓުގައި ތިބިއިރު ޖައިލަމްވެސް އެދިމާ ބޭރުގައި ދޮށިއުކަން އުޅެއެވެ. އެޒުވާނާ ފެނުމާއެކު އާޔާގެ ހިތް މިފަހަރުވެސް އާދަޔާހިލާފަށް ވިންދުޖެހުން ބާރުބެލިއެވެ. އަދި އާޔާ އެދިމާއަށް ނަޒަރު ހުއްޓާލައިގެން އިނދާ އެޒުވާނާވެސް ސިއްރު ސިއްރުން އާޔާމެންނާއި ދިމާއަށް ބަލާލިއެވެ. ގަތްލަދާއެކު އާޔާގެ މޫނު ރަތްވެގެންދިއުމުން އަވަހަށް އިސްޖަހާލީ އެމަންޒަރު އިތުރުމީހަކަށް ފެނޖނަ ނުދޭށެވެ.

އިސްޖަހާލައިގެން އިން އާޔާ އެތައްއިރެއްފަހުން އިސްއުފުލާލީ އައިކާ އައިސް ފެންފޮދެއްބޯން ހިނގާށޭކިޔާ އަތުގައިހިފާ ދަމަންފެށުމުންނެވެ. އާޔާ އައިކާގޮވައިގެން ދިއުމުން ކުރިން އައިރާ ކައިރީގައި ބުނެލުމަށް އެނބުރިލުމާއެކު ފެނުނު މަންޒަރުން ހިތަށް ތޫނުތަދެއްއަރައިގެން ދިޔައެވެ. އައިރާހުރީ ކަޅިޖަހާނުލާ އާޔާގެ ހިތުގެވެރިޔާއަށް ބަލާ ހިނިތުންވެގެންނެވެ. އެހެންމީހަކަށް ފާހަގަ ނުވިނަމަވެސް އާޔާއަށް އައިރާގެ އެބެލުމުގައި ހުރި ހާއްސަކަން ފާހަގަވުމާއެކު ދެލޮލަށް ކަރުނަ ޖަމާވީ އެއްވެސް އިހްތިޔާރަކާއި ނުލައެވެ. ބަޔާންކުރަންދަތި އިހްސާސެއް އެވަގުތު އާޔާ އަށްކުރެވުނެވެ. “އެންމެ ކުޑަދުވަހުން ފަށައިގެން މަންމަމެންގެ ލޯބިން މަހްރޫމްވީ.. އެލޯތްބައްޓަކައި މިހާރުވެސް މިމަސައްކަތްކުރަނީ.. އެކަމަކު ކޮއްކޮމެންނަށް މަންމަގެލޯބި ހުއްޓުމެއްނެތިދަނީ ލިބެމުން.. ދެން .. ދެން އަހަރެންގެ ހިތާއި ހަމަޔަށް ވާސިލްވި ހަމައެކަނި ސޫރަ.. އެވެސް ކޮއްކޮއަށްޓަކައި ދޫކޮއްލަންވީތަ.. ނޫން.. ނޫން.. ” އައިކާއަައި އެކުގައި ދިޔައިރު އާޔާގެ އަމިއްލަ ނަފްސާދިޔައީ މިކަހަލަ ކިތަންމެ ބަހުސެއްކުރަމުންނެވެ. އެދުވަހަށްފަހު އާޔާ އައިރާ އާއި ތަންކޮޅެއް ދުރުވެލީ ހިތުގައިވި ހުރިހާ ޝަކުވާއެއް ބޭރުކޮއްލެވިދާނެތީ ބިރުންނެވެ. ކިތަންމެ ތަފާތުކޮއް ގެންގުޅުން ނަމަވެސް އައިރާ އާއި އައިކާވެސް ދޮންތަދެކެ ލޯބިވެއެވެ. އަދި މަންމައަށް ސިއްރުން ލިބޭ މީރުއެއްޗެހިވެސް އާޔާއަށް ދީހަދާނެއެވެ. ވީއިރު އެއިން ކުއްޖަކާއި ދިމާއަށް ބާރަށް އުފްވެސް އާޔާނުބުނަނީ އެހިތުގައިވެސް އެކުދިންނަށް ވާ ލޯތްބަކުންނެވެ. ނަމަވެސް އެޒުވާނާއެއީ އާޔާގެ ހިތުގެ ހަމަޖެހުން ކަަަމުގައިވާއިރު އެކަމަށް ދުލެއްދޭން އާޔާގެ ޒަަމީރުވެސް ދެކޮޅުހަދައެވެ.

ނިމިގެންދިޔަ ހަފްތާއެއްހާ ދުވަހާއެކު މަސްވެސް މިނިގެންދިޔައީ ޗުއްޓީއަށް އައި މީހުންވެސް އެމީހެއްގެ މަންޒިލަށް ދިއުމަށް ދަތުރުހަދަމުންނެވެ. ވާނީވެސްއެހެންތާއެވެ. ޗުއްޓީގެ ގޮތުގައި ލިބުނު ހަފްތާއާއި އެކު ސަރުކާރުބަނދުވުމުގެ ސަބަބުން ލިބުނުް ދިހަދުވަހުން ބާކީ އޮތީދެން ތިންދުވަސްވީޔާއެވެ.

“ހޭ ބްރޯ ހަމަ ދެން މާދަމާ ފުރަނީތަ.. ދެން ހަމަ މަޑުމޮއްލެވެން ނެތްތަ.. ” ބޭރުން އައިސް ގެއަށް ވަތް ޖައިލަމް ވާހަކަދެއްކީ ސިޓިންގް ރޫމް ސޯފާގައި ޖުނައިދުއާއި އާއި އެކުގައިއިން ލަޔަކްއާއެވެ. ” ހޫމްދެން މަށަކީ އަންހެންކުއްޖެއްވެސް ނޫނެއްނު.. މަދާތީ ޖައިލަމްގެ ހިތް ހަލާކުވާން.. ” ލަޔަކް އެހެން ބުނުމާއެކު ޖުނައިދުހޭން ފެށުމާއެކު ޖައިލަމްވެސް ދެރަނުވާން ހޭންފެށިނަމަވެސް އޭނާގެ މޫނުމަތީގައިވާ ނުތަނަވަސްކަން ލަޔަކް އަކަށްނުއޮޅެއެވެ.

********

ރޭގަނޑުގެ ވަގުތެވެ. އައިރާ ތައްޔާރުވަމުން ދިޔައީ ޖައިލަމްއާއި ބައްދަލްކޮއް ހިތުގައިކުރެހިފައިވާ ޒުވާނާއާއި ސޫރައާއި ބެހޭ މައުލޫމާތު ހޯދަންދިއުމަށް ތައްޔާރުވަމުންނެވެ. އެވަގުތު ޑިއުޓީގައި ހުރެފައި ބޮލުގައި ރިއްސާތީ ގެއަށްއައި އާޔާއަށް މިމަންޒަރުފެނުމުން ހިތުގައި ރިއްސާލިނަމަވެސް އަނގަޔަކުން ނުބުނެއެވެ. ބޭސްކަރޑުން ބޭސްގުޅައެއް ނައްޓާލުމާއެކު އަނގަޔަށްލާ ފެނާއެކު ދިރުވާލާފައި އަވަހަށް އެނދުގައި އޮށޯވެލީ ބޮލަށްވަމުންދިޔަ ތަދަށްވުރެ ހިތަށްކުރި އަސަރެއްގެ ބޮޑުކަމުން ކޮޅަށްނުހުރެވިގެންނެވެ. “ދޮނޭ.. ކިހިއްވީ.. މާބޮޑަށް ބަލީތަ.. ” ރީތިވާންހުރި އައިރާއަށް ލޯގަނޑުން އާޔާ ބޭސްކައިގެން އޮށޯވެލިތަން ފެނުމާއެކު އާޔާ ކައިރިއަށްއައިސް އަވަހަށް އަހާލިއެވެ. ނަމަވެސް އާޔާގެ ފަރާތުން ޖަވާބެއްނުލިބުނެވެ.

“ދޮންތަމިހާރު އިރާ ހާދަ ދުރުކޮއްލައިފިހެން ހީވޭ.. ކީއްވެތަ ދޮންތާ.. އަޅެ އިރާއަށް ގޯސްކޮއްކަމެއް ކުރެވުނީތަ.. ބުނެބަލަ ދޮންތަބުނެފީޔާ އިރާ ދޮންތައަށްޓަކައި ކޮންމެ ކަމެއްވެސް ކޮއްދޭނަމޭ.. ” ދެރަވެފައި އާޔާގެ ބޮލުގައި ފިރުމަމުން އައިރާ އެހެން ބުނުމާއެކު “ދޮންތައަށްޓަކައި ތިކުރަންއުޅޭ ކަންކަން ހުއްޓާލާ..” ށޭ ބުނަން އާޔާ ހިތަށް އެރިނަމަވެސް ހިޔާރުކުރީ ހިމޭން ކަމެވެ. ނަމަވެސް އައިރާ ދެރަވެފައި ހުރުމުން “ދޮންތަ ރުޅިއެއްނޫނޭ” ބުނެލީ އައިރާ ހިތްހަމަ ޖައްސާލަދިނުމަށެވެ. “ހޫމް.. ތީ ހަމަ ބެސްޓް ދޮންތި.. ދެން ބުނެބަލަ އިރާ ރީތިތަ.. ” އައިރާ ވީއުފަލާއެކު އާޔާ ގައިގަ ކުޑަކޮއް ބައްދާލާފައި ރީތިތޯ އަހާލުމުން އާޔާވެސް ބޯޖަހާލިއެވެ. “އިނގޭތަ ދޮނޭ.. މިއީ ވަރަށް އުފާވެރިރެއެއް މިދަނީޖައިލަމް މެންގެއަށް.. ވިޝްމީ އަ ލަކް އިނގޭ..” ނިކުންނަމުން އައިރާ ބުނެލި ޖުމްލަޔާއެކު އާޔާއަށް ދެލޯމަރާ ބާރުކޮއްލެވުނެވެ. “އެންމެފަހުން .. އެންމެފަހު އައިރާ ކޮއްކޮ އެކަން ކާމިޔާބުކުރީ.. އަހަރެންމީ ކިހާ ބަދުނަސީބު މީހެއް.. ނޫން.. ނޫން.. ” ހިތައްވަތް ވަސްވާސްތަކާއެކު އާޔާގެ ބޮލުގެތަދު ދިޔައީ ހިނދެއް ހިނދެކަށް އިތުރުވަމުންނެވެ.

ޖައިލަމްމެންގެއަށް އައިރާއަށް ދެވުނީ ނުވަގަޑިބައިވާން ވެފައި ވަނިކޮށެވެ. އެގެއަށްދިޔަމަގުމަތީ އެކީގައި ކިޔަވަން އުޅުނު ކުއްޖަކާއި ދިމާވުމުން އަނގަތަޅާލަން އިނދެފަވެ. “އައްސަލާމް އަލައިކުމް..” ވަނުމުގެ ކުރިން އައިރާ ފުންނޭވައެއްލުމާއެކު ސަލާމްގޮވާލީ ޖެހިލުންވެ ހުރެއެވެ. ޖައިލަމްގެ ބައްޕަ ގާސިމްދެކެ އައިރާ ޖެހިލުންވަނީ އަމަށަކު ވަރަކަށް ނޫނެވެ. އެއީ އޭނާގެ ދޮންތައާއިމެދު ނުރުހުން ފާޅުކޮށް ޖައިލަމްއާއި ދިމާއަށް އެއްޗެހިކީ ދުވަހަށްފަހުގައެވެ. އޭގެފަހުން ސްކޫލުން ކަނޑާލާ ޖައިލަމް މާލެފޮނުވާލީވެސް އާޔާއާއި ދުރުކުރަންކަން އައިރާއަށްވަނީ ޖައިލަމްގެ ފަރާތުން އެނގިފައެވެ. “ވައަލައިކުމުއް ސަލާމް.. ކޮންކުއްޖެއްތަ.. ” ސަލާމް ބަލައިގަންނަމުން ބޯދިއްކޮއްލި ނައީމާއަށް އައިރާ ފެނުމާއެކު ހިނިތުންވެލާފައި އެތެރެއަށް އައުމަށް ދައުވަތުދިނެވެ. “ޖައިލަމް..” އައިރާއަށް ޖެހިލުންވެ ހުރެ ބުނެވުނެވެ. “ޖައިލަމް ހޯދަންދޯ.. މަޑުކޮއްލާއިނގޭ.. މިގޮވާލަނީ..” ސިޓިންގްރޫމް ސޯފާއަށް އިޝާރާތްކޮއްލަމުން ނައީމާ އެތެރެއަށް ވަތްތާ ކުޑަހިނދުކޮޅެއްގެ ތެރޭގައި ފުޅާހިނިތުން ވުމަކާއެކު ޖައިލަމް އެތެރޭން ނިކުމެގެން އައެވެ.

“ހޭތް.. ބިއުޓިފުލް ރެޑްރައިޑިން ހޫޑް.. ” ޖައިލަމް އައިގޮތަށް އެހެން ބުނެލުމާއެކު އައިރާލަދުން އިސްޖަހާލިއެވެ. “ސީރިއަސްކޮށޭ.. ތި ރެޑްވަރަށް އިރާ އާ ގުޅޭ.. ހިނގާބަލަ ދާން.. ” އައިރާ އިސްއުފުލާލާ ކުރަންއުޅުނު ސުވާލު އެތެރެއަށް ހިނދާލުމާއެކު ޖައިލަމްދައްކާލި ތަޅުދަނޑިއަށް ބަލާލާފައި ހިނިތުންވުމެއްދެމުން ތެދުވީ ޖައިލަމް އާއިއެކު ބޭރަށްގޮސް އެވާހަކަތަށް ދައްކަން އައިރާވެސް ބޭނުންވެފައި ހުރުމުންނެވެ.

ރަށުތެރޭގައި ބުރުޖަހާލުމަށްފަހު ޖައިލަމް ސައިކަލްގައި އައިސް މަޑުކޮއްލީ ފުއައްމުލަކުސިޓީގެ މަސްހޫރު ރެސްޓައުރެންޓެއްކަމުގައިވާ “އަފުންގެ ކޮއްތު..” ކައިރިއަށެވެ. އެތެރެއަށް ވަދެގެން ދިޔައިރު އެއްޗެކޭނުކިޔައި ތިބިނަމަވެސް ހުސްމޭޒެއްގެ ކައިރީގައި ޖައްސާލާ އޯޑަރުދިނުމާއެކު ދެމީހުންގެ އިތުރު އަނގައެއް ފެޅިކަގަލައެވެ. “ބަލަ ތިހާ ފަރިހެދިގެން ތިއައީ އެސޮރަށް ފަރިދެއްކެންދޯ.. އަސްލު އިރާ ވަރަށް ލައިކްވާކަން އެނގޭ.. އެހެން ނޫންނަމަ.. ” ޖައިލަމް އައިރާ އާއި ދުމާކޮއްލަމުން ކުރިންދުވަހަކު އަތިރިމަތީން ފެނުނު މަންޒަރެއްގެ ވާހަކަ ބުނުމާއެކު އައިރާ ލަދުން އިސްޖަހާލެވުނުއިރު ޖައިލަމް ގަދަޔަށް ހެނީއެވެ. “ދެން ޖައިލަމޫ.. ވަރަށް ފޫހިވޭ.. ހެވޭ މަލާމަތް ނުކުރިޔަސް މާކަނައެއްހެން ކަރުނަގައިގެންއިނދެ ބަލާހާ އޭނަ ރީއްޗޭ… އެހެންވީމަ ބެލޭނު.. ގައިމުވެސް ޖައި އަށްވުރެ ރީތި.. ” ޖައިލަމްގެ ގަައިގަ ވިކާލަމުން އައިރާ އެހެން ބުނުމުން ޖައިލަމް ދެރަވާކަމަށް ހަދާ ވައްތަރެއްޖައްސާލިއެވެ.

“އިރާ އަސްލު ޖައި ކައިރިއަށް ތިއައީ ހެލްޕެއް ބޭނުންވެގެންދޯ.. އެކަމަކު އިރާ މާލަސްވީ ” ޖައިލަމްއަށް އެހާ ހިސާބަށް ބުނެވުނުތަނާހެން “އެކީއްވެހޭ” އައިރާ އަހާލިއެވެ. “ލަޔަކް އަށް ލިބުން ސްކޯލަޝިޕްގަ އަވަހަށް ފުރަންޖެހޭ… އެހެންވެ އޭނަ މާދަމާ ހަތެއްގެ ފްލައިޓުން ފުރާނެ.. މިހާރުވެސް ވީ ބޭރަށްނިކުމެ ދެން ގެއަށް އައިސްދާނެ ފަތިސްވާފަހުންވެސް… ގިނަރޭރޭ މިސްކިތުގަ ކިޔަވާންވެސް އިނދޭ.. އެހެންވީމަ ދިމާވާނެއެކޭ ބުނަން ނޭންގެ މިފަހަރުދެން.. މިބުނީ މިކަހަލަ ވާހަކައެއް ދައްކާލަން.. ” ޖައިލަމް އެހެންބުނުމާއެކު އައިރާއަށް ތިރީތުންފަތުގައި ދާއިގަނެވުނެވެ.
******

” އޭތް ދޮންތާ ބަލަ އޭ ދޮންތާ.. ބަލާލަބަލަ.. މިހުރީ އަހަރެންގެ ލޯބިވެރިޔާ.. ހަހަ މާދަމާ ރަންކިޔަން.. ކަމުދޭތަ.. ” މަލާމާތުގެ ރާގެއްގައި އައިރާ އެހެންބުނެލުމާއެކު “ހަހަހަ.. ދެންއިރާ.. އަޅާނުލާ އޭނައަކަށް ނޭންގޭނެ ކިޔާނެއެއްޗެއްވެސް މިހާރުވެސް އެއިނީނު ބުޅާމަސްގަނޑަށް ބަލާހެން ބަލަހައްޓައިގެން.. ހިނގާދާން މިތަނުން.. ” ކައިރީގައިހުރި ޒުވާނާ ބުނެލިއެވެ. އަދި ދަމުން.. “ކިތަންމެ ވަރަކަށް ބެލިޔަސްނުލިބޭނެ.. އިރާކަހަލަ ފަރިވެފޮޅިފައި އިންމަލަކަށް ފުރަގަސްދީ ތިކަހަލަ މޯޅިވެފައިހުންނަ މާމާލަށް ޖައްސާނެ ބަޅިނދެއްވެސް ނުވާނޭ.. “ބުނެފައި އެޒުވާނާ އައިރާގެ އަތުގައި ހިފާ އެތަނުން ދުރައްދިޔައެވެ. “ނޫން ނޫން.. އެހެނެއް ނުވާނެ.. ނޫން.. ” ގިސްލެވޭ ހާލު ހަޅޭލަވާގަންނަމުން ތެދުވި އާޔާއަށް ހަމަބިމަށް އާދެވުނީ އެވަގުތު ކޮޓަރީ ދޮރުހުޅުވާފައި ވަތް ސީމާ ހަޅޭލަވާ ގަތުމުންނެވެ. ” ކޮންމޮޔައެއްވެގެންތަ ތިހަޅޭފަޅޭއްލަވަނީ.. މިހާރު އާޔާ ހޯދަން ފިހާރަދޮށަށްވެސް ގޮސްފައިމިއައީ.. ގޭދޮށު ހުރިހާ ގެއެއްވެސް ބަލައިފިން.. ޖެހޭތަ ހަމަ ކިރިޔާ ބޮލުގަރިހިލާއިރަށް އައިސް ގޭގައޮންނަން.. ބަލަ ބުރަކޮށް މަސައްކަތް ކުރީމައޭ ރަނގަޅު މުސާރައެއް ލިބޭނީވެސް.. އަދިކިރިޔާ މަށަށްމިއެނގުނީ މަހުން މަހަށްގެންނަ މުސާރައިން އުނިވަނީ ކީއްވެކަން.. ތެދުވޭ ހަމަ މިހާރު .. މިދިޔަމަހުގެ މުސާރަ ނުދީ ފޮރުވައިގެން ތިއުޅެނީ ކޯއްޗެއް ހޯދަން ކަމަށްތަ.. ” ކުޅަނދުރެއްހެން މޫނުހަދައިގެން ހުރެ ސީމާ ހަޅޭއްލަވައިގަތުމުން ގަތް ބިރާއެކު އާޔާއަށް ކޮޅަށް ތެދުވެވުނީ އެއްވެސް އިހްތިޔާރަކާއި ނުލައެވެ.

ނަމަވެސް ކޮޅަށްތެދުވުމާއެކު މީހާ ހަމައަކަށް އެޅިލާފައި ވާހަކަ ދެއްކިއެވެ. “މަންމާ.. އެނުދޭކަށް ނޫނޭ.. އަދި އެކަމާނޫޅެވިގެން އާޔާ މިއުޅެނީ.. އެކަމަކު މަންމާ ކީއްވެތަ އަހަރެމެން ތިންކުދިންގެ މެދުގަ އެހާތަފާތުބޮޑީ.. އާޔާ ކިޔެވީވެސް މަސައްކަތްކުރަމުން.. އެކަމަކު ކޮއްކޮމެން އެހެންތަ އެއުޅެނީ.. ހައްދަަވައިގެން އަތުންފައިން މަސައްކަތެއްނުކުރޭ.. ހެޔޮނުވާނެ މަންމާ ތިހެންތިހަދާ ސަބަބު ބުނެބަލަ.. ” ސީމާކައިރިއަށް ޖެހިލާ އާޔާ ދެއްކިވާހަކައިގެ ޖަވާބު އެންމެފުރަތަމަވެސް ލިބުނީ ސީމާގެ އަތުގެ ހޫނުހަމަލާއަކުން ނެވެ. ކޯމަތީގައި ޖެހިތަނުގައި އަތްއަޅާލައިގެން އާޔާއޭނާގެ މަންމައަށް ބަލާލީ ހިތްދަތިކަމާއެކުގައެވެ.

“ކިތައްފަހަރުތަ އާޔާ ކައިރީގަބުނާނީ ތިވާހަކަ ނާހާށޭ.. ބަލަ އާޔާވެސް ބަލާބޮޑުކޮއްފަތިހުރީ ހާދަހާބުރަކޮށް އުޅެގެންނޭ.. ހާދަހާ ދަލެއްއޮހޮރުވައިގެންނޭ.. ވީއިރު މިއަދު އާޔާ އަށް ޝަކުވާކުރެވޭކަށް ނޯންނާނެ.. މައިންބަފައިން ބުނާގޮތް ހަދައިގެން އުޅުނީމަ ނިމުނީނު.. އެހެން ނޫނަސް އައިކާއަށް ކޮންމެހެން ގަންނަންޖެހޭ އެއްޗެއް ގަންނާށޭ އާޔާކައިރީ މުސާރައިގެ ވާހަކަ މިކިޔަނީ.. ދޭ ގޮސްހިފައިގެން އާދޭ.. ” އަމުރުވެރިކަމާއެކު ސީމާ އެެެހެން ބުނުމުން އާޔާ އިސްޖަހާލުމާއެކު ގޮސް އަލަމާރިހުޅުވާލާފައި ބަހައްޓާފައިހުރި މުސާރައެއްކޮއްނަގާ އޭނާގެ މަންމައަތަށް ދިނެވެ. ރުފިޔާއަތަށް އެރުމާއެކު ކުސްތަޅަތަޅާއިން ސިމާ ވަގުތުން ނިކުމެގެންދިޔައެވެ.

އެކަނިވުމާއެކު އާޔާއަށް އަނެއްކާވެސް ފެނުނުހުވަފެނާއިމެދު ވިސްނާލެވުނެވެ. އަދި އައިރާގެ އެނދަށްބަލާލިއިރު ފެންނަން ނެތުމާއެކު ހިތަށްތަދުވީ ފެނުނު ހުވަފެނަކީ ހަގީގަތެއްކަން ސިކުނޑި ވިސްނާދިނުމުންނެވެ. ވީދެރަޔާއިއެކު ރޮވޭހާލުގޮސް ގަޑިބަލާލިއިރު އެގާރަގަޑި ސާޅީސްފަހެއް ވެއްޖެއެވެ. ވީއިރު މިހާރު އައިރާ އެޒުވާނާގެ އަތުތެރޭގައި ހިނިތުންވެލާފައި އޮންނާނެކަން ހިތަށްއެރުމާއެކު އާޔާއަށް އަޑުލާރޮވެންފެށުނެވެ. އެތަށްއިރަކު އެހެންއޮވެ ރޮމުން ނިދުނީ ކިހާއިރަކު ކަމެއް ހުދު އާޔާއަކަށްވެސް ނޭންގެއެވެ.

*****

އިރުފެނުންތޮޅިލީ އާޔާ ބަދިގޭގައި މަސައްކަތުގައި ހުއްޓާއެވެ. އޭރު ކުނިކަހަންޖެހޭ ގޭގެއާއި ސިޓީކައުންސިލްދޮށްވެސް ކުނިކަހާ ގޭދޮއްވެސްވަނީ ރީތިކޮއްލާފައެވެ. އެހެންދުވަސްދުވަހާއި ހިލާފަށް އާޔާގެ މަައްކަތް އަވަސްވެފައިވާއިރު ސިއްރުވެރިގޮތެއްވެސް ހުއްޓެވެ. އެހެންނޫނީ މަގުމަތީން ފެންނަ މީހުނާވާހަކަ ދައްކާލާ ހީލާހަދާ އާޔާ މިއަދު އުޅުނީ އިސްޖަހާލައިގެންނެވެ. އައިރާ ބަދިގެއަށް އައިސް ވަންއިރު އޭނާގެ ދޮންތަ ފެންނާން ނެތުމުން ބޭރަށްނިކުތްއިރު މަގުކޮޅުން އާޔާ އަންނަތަން ފެނުނެވެ. ނަމަވެސް އައިރާ ހައިރާންވީ އާޔާ ގާތުގައިހުރި ފިރިހެނާފެނިފައެވެ. އެއީ ޖައިލަމްގެ ބޭބެ ޖުނައިދުނޫން ދެވަނަ ދެމީހެއްނޫނެވެ. މީހުނަށް ކިތަންމެ ހެޔޮކޮށް އުޅުނަސް ޖައިލަމްއާއި ޖުނައިދަކީ އުޑާ ބިމާހާ ތަފާތު ދެކުދިންކަން މުޅިރަށު އެންމެންނަށްވެސް އިނގޭނެއެވެ. ޖުނައިދު މަސްތުވާތަކެތީގެ މައްސަލައިގައި މިހާރު ދެފަހަރަށް ގޮޅިއަށްވެސް ވަނީ ލާފައެވެ. ވީއިރު އެކަހަލަ މީހަކާއެކު ދޮންތަ ފެނުމުން އައިރާގެ ދެބުމަގޮއްޖެހުނެވެ.

“ދޮންތާ.. ތިޔޯ.. “އާޔާމެން އައިސް ގޭދޮށުގައި މަޑުކޮއްލުމުން އައިރާ އަހާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

ޖާދޫވި މޫނު (1)

Next

ޔާއިން 12

Next
April 30, 2018

ޔާއިން 12

Previews
April 30, 2018

ޖާދޫވި މޫނު (1)

15 Comments!

  1. Unique says:
    April 30, 2018 at 3:25 pm

    Oh yeyyy

  2. Inoo says:
    April 30, 2018 at 3:27 pm

    Wow varah reethi mi part vx…waiting 4 the next part♡♡

    1. Hawwi says:
      April 30, 2018 at 10:26 pm

      Shukuran dear! Inoo ??

  3. Jazlee says:
    April 30, 2018 at 3:27 pm

    Yeyyy mee first ???

    1. Hawwi says:
      April 30, 2018 at 10:27 pm

      Ohh ebunaahen jazlee dhw first ?? hehe. Btw thank you dear ??

  4. Hawwi says:
    April 30, 2018 at 3:35 pm

    Salaam .. guys v dheravey ehaalahun up kohlevuneema .. v ginagonjehunthakaa ekugavess miadhu beynunvee avahah up kohlan .. dheravey mihen bunanvess kuruvaane mipart .. ? ekamaku insha allah next part dhigukoh genessdheynan Adhi hurihaa kiuntheringe BODU suvaalu aayaa ah v goi dhen oibain ingigendhaane in sha allah .. unmeedhukuran mi partvess kamudhaane kamah .. jazaka allah khaira..

  5. Stry kiyaa man says:
    April 30, 2018 at 4:18 pm

    First dhw

    1. Hawwi says:
      April 30, 2018 at 4:31 pm

      Yes dear man ur first

  6. Amss says:
    April 30, 2018 at 4:31 pm

    Dhen oih part up kuraany kon dhuvahaku?

    1. Hawwi says:
      April 30, 2018 at 7:10 pm

      In sha allah maadhamaa ?

  7. mishy says:
    April 30, 2018 at 4:47 pm

    Alheyy layaaa… plxx nxt prt avahah up khladhiib…. ehr las v ma kada… btw strii ham amazingg… luv yuh…♥♥♥♥♥

    1. Hawwi says:
      April 30, 2018 at 7:05 pm

      Mishy dhoonya thank you ? asslu v complicated dhuvasskolheh anehkka vaahaka liye save nukurevun 3 burah liyegenvesss ehenve lassmivee .. in sha allah dhen nuvaane laheh maadhamaa up kohladheynan.. in sha Allah ??

  8. Stry kiyaa man says:
    April 30, 2018 at 6:27 pm

    Masha allah stry vvv furihama vv salhi igey.
    Keep it up dear.waiting 4 nw part. -salaam-??

    1. Hawwi says:
      April 30, 2018 at 7:12 pm

      Oh my dear man ? thank you so much . Ur the best my dear friends

  9. Hajja says:
    April 30, 2018 at 9:55 pm

    Mi story mikiyaalee alah.. V reethi vaanehenn heevey.. keep it up dear

Comments are closed.

Next Episodeބޭނުންވަނީ ޔާރާ… 11←


All Right Reserved!