އާދޭސް ކުރާ ހިތްވޭ ރޮމުން (24)
އިފްޝާގެ ކޭސް އާ ބެހޭ މައުލޫމާތުން މުޅި ނިޔުސް ފީޑް ފަޅުފިލުވަމުން ދިޔައީ އެއީ މަޝްހޫރު ވައިލެޓް ކޮންޕެނީ އާއި ވިޔަފާރިވެރިޔާ ޒާހިދު ގެ ދަރި ދާނިޝް އާ ގުޅޭ ކޭސްއަކަށް ވެސް ވީމައެވެ. އިފްޝާގެ އިއުތިރާފަށްފަހު ދާނިޝް ޖަލަށް ލެވުނުތާ ދެދުވަސްތެރޭ ދޫކޮށްލެވުމާއެކު ރާސިލް ގެ ރުޅި އިތުރަށް ގަދަވެ ބަދަލް ހިފުނު ގޮތަކަށް ބަދަލް ހިފުމުގެ ރޫހް އާލާވިއެވެ. ގިނަ މީހުން އިނގިލި ދިއްކުރަމުން ދިޔައީ އިފްޝާއަށެވެ. ހަބަރުފަތުރާ ގިނަ މީހުން ވާހަކަ ދައްކަމުން ދިޔައީ އިފްޝާ އާ ދެކޮޅަށެވެ. މަގުމަތިން އިފްޝާ އެ ހާދިސާއަށްފަހު ވެސް އެމީހުންނަށް ފެންނާނީ އެދުވަހުއެވެ. މީހުން އިފްޝާ އާއި ދިމާލަށް ހަގީގަތް ނޭނގި ބުނަމުން ދިޔަ ބަދު ބަސްތަކުގެ ސަބަބުން ރާސިލް އަށް ހަދާނެ ގޮތް ހުސްވާ ހިސާބަށް ދިޔައެވެ.
އެއީ ވަރަށް ވިއްސާރަ ދުވަހެކެވެ. ރާސިލް އާއި ސަލީމާ ތިބީ ސިޓިން ރޫމްގައެވެ. ދެމީހުން މަޝްވަރާ ކުރަމުން ދިޔައީ އިފްޝާގެ ހާލަތާ މެދުގައެވެ. ކައުންސިލަރެއްގެ އެހީތެރިކަން ހޯދަން ރާސިލް މަސީރާއަށް މަޝްވަރާ ދިނެވެ. އެކަމަކު އެކަމަށް ކުރާނޭ ހަރަދު ނެތުމާއެކު ސަލީމާ އަށް ކަރުއެލުވާލެވުނެވެ. އޭނާ ރާސިލް އަށް ބަލާލަމުން ވާހަކަ ދެއްކިއެވެ. “ދަރިފުޅާ… މަންމަގެ ބޭސް ފަރުވާއަށް ހޯދަން އުޅުނު ޑޮލަރު ކޮޅު ލިބޭ ގޮތް ވެއްޖެތަ؟” ސަލީމާ ލޮލުން އަންނަމުން ދިޔަ ކަރުނަތަށް ފޮހެލިއެވެ. “ނޫން މަންމާ… ނުލިބުނު. ޑޮލަރު ދޭން އެއްބަސް ވި މީހާ އެންމެފަހުން ބުނީ ނެތޭ ޑޮލަރު ކޮޅު ދެވޭކަށް… ދޮންތަގެ މުސާރަވެސް އެކައުންޓުން އެއްކޮށް ހުސސްވެފަ ހުރީ… އޭނާ އަތަށް އެންމެ ފުރަތަމަ ޑޮލަރަށް ހަދަން ދިން ޕޭމެންޓްވެސް އަނބުރާ ނުލިބުނު…” ރާސިލް ގެ އަޑުގައިވެސް ވަނީ ހިތާމަވެރިކަމެވެ.
“މަންމާ… އަހަރެން ބޭނުން މަންމަ ގެ ބައްޔަށް ބޭސް ކުރަންވެސް… ދޮންތަ ރަނގަޅު ކުރަންވެސް… އެކަމަކު” ރާސިލް ވާހަކަ ހުއްޓާލިއެވެ.
“ދަރިފުޅާ… މަންމަ އަށް އެނގޭ… އެކަމަކުވެސް އެ ލާރިކޮޅު ހުރިނަމަވެސް މި ވަގުތަށް ދޮންތައަށް ބޭސް ކުރެވޭނެއެއްނު… އެންމެން އިނގިލި ދިއްކުރަނީ އަހަރެންގެ ދަރިފުޅާ ދިމާލަށް… ހަމަ ހަގީގަތުގަވެސް މަންމަ އަށް ކެތް ނުކުރެވޭ ހިސާބަށް ކަންތަށް ތައް ގޮސްފި. މަންމަ އަށް އިފޫ އެ ހާލުގަ އުޅޭތަން ބަލަން ކެތެއް ނުކުރެވޭނެ” ސަލީމާ ރޯން ފެށިއެވެ. ރާސިލް ވެސް ލޮލުން ކަރުނަ އަންނަމުން ދިޔަ ހާޅު ސަލީމާ ކައިރީގައި އިނީ އޭނާއަށް ވެސް ކުރެޥޭނޭ އިތުރުކަމެއް ނެތީމައެވެ. ހިތާމަވެރިކަމުގެ އިންތިހާއެވެ. ގަސްބޯ ޖަންގައްޔެއްގެ ދެމެދު ތާށިވެފަ ހުރިކަމުގެ އިހްސާސް ރާސިލް އަށް ކުރެވުނެވެ. “އައި އެމް ގޮނަ ޓޭކް ރިވެންޖް” ރާސިލް އަމިއްލަ ނަފްސަށް ވިސްނައިދެމުން ދިޔައެވެ. އޭނާ ހިތާ ހިތާ އެތަކެއް ކަމެއް ރާވަމުން ދިޔައިރުވެސް އެއިން އެއްވެސް ކަމެއްގެ ހިލަމެއް ސަލީމާ އަކަށް ނުވެއެވެ.
ދެމީހުން މަޝްވަރާގައި ތިއްބާ ރާސިލް ސިހުނީ އިފްޝާގެ ހަޅޭކުގެ އަޑާއެކުގައެވެ. އޭނާ އާއި ސަލީމާ އެކަކު އަނެކަކަށް ބަލާލުމަށްފަހު އަވަސް އަވަހަށް އިފްޝާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތް އިރު ދެ ހިތްވެސް ބާރަށް ދަނީ ތެޅެމުންނެވެ. ނިދީގައި އޮވެ އިފްޝާ ހަޅޭއްލަވަމުން ދިޔަތަން ފެނި ސަލީމާ އާއި ރާސިލް އަށް އެނދާ ދިމާލަށް ޖެހެވުނެވެ. “ދޮންތާ”
“އިފްޝާ” ސަލީމާ އަށާއި ރާސިލް އަށާއި ދެމީހުންނަށް އެއްފަހަރާ އިފްޝާ އަށް ގޮވާލެވުނެވެ. ރާސިލް ވެސް ސަލީމާ އަށް ބަލާލުމަށްފަހު އަވަސް އަވަހަށް އިފްޝާ ގާތަށް ޖެހިލިއެވެ. އަދި ނިދާފައި އޮވެ ތިހެން ނަހަދާށޭ ގޮވާ ހަޅޭއްލަވަމުން ދިޔަ އިފްޝާ ހޭލެއްވޭތޯ މަސައްކަތް ކުރަން ފެށިއެވެ. “ދޮންތާ… ދޮންތާ… ހޭލަބަލަ… ހަމަޖެހިބަލަ… ދޮންތާ” ކެނޑިނޭޅި ރާސިލް އިފްޝާ ގެ އަތުގައި ހިފާ މަޑުމަޑުން ތަޅުވާލަމުން ގޮވި ކަމުގައި ވި ނަމަވެސް އިފްޝާ އަށް ހޭނުލެވެއެވެ. “ދޮންތާ” ރާސިލް އިފްޝާ ބާރަށް ތަޅުވާލުމާއެކު އިފްޝާ ބާރަށް ހަޅޭއްލަވައިގަނެފައި ތެދުވިއެވެ. އަދި މޭގައި އަތް އަޅާލަމުން ނޭވާނުލެވިގެން އުޅެން ފެށިއެވެ. ރާސިލް ސަލީމާ އަށް ބަލާލިއެވެ.
ސަލީމާ އަށް ގޮވާލުމާއެކުވެސް ހޭވެރިކަން ނުވުމުން ރާސިލް އިފްޝާ އަށް ސަމާލުކަން ދިނެވެ. “ވާރޭ ރާސިލް ވާރޭ…” އިފްޝާ އަށް ބުނެވުނެވެ. އެއަޑުގައި މަޑޫ ތުރުތުރެއްހުއްޓެވެ. “ދޮންތާ ވާރޭ ވެހޭތީތަ ބިރުގަންނަނީ” އެނދުގެ އެއްފަރާތުގައި އިށީނދެ އިނދެ ރާސިލް އިފްޝާގެ އަތުގައި ހިފާ ބާރުކޮށްލިއެވެ. “އެމީހުން އަންނާނޭ ރާސިލް…. ގެންދާނެ… އަނެއްކާވެސް އަހަ…… ނޫން… ބޭނުމެއްނޫން… ގުގުރަނީ ރާސިލް ވިދާ ގުގުރަނީ އޭ… ބިރުގަނެޔޭ އެބަ… އެމީހުން އަތުވެދާނެ” އިފްޝާ ބުނެލިއެވެ. އޭރުވެސް ކެނޑި ނޭޅި ވާރޭވެހޭ އަޑާ އެކުވެގެން ގުގުރާ އަޑު އަންނަމުން ދިޔައެވެ.
“ދޮންތާ… އެމީހުންނަކަށް ނާދޭވޭނޭ… ރާސިލް ހުއްޓަ އެމީހުންނަށް ދޮންތަ އަކަށް އެއްވެސް ކަމެއްނުކުރެވޭނެ” ރާސިލް އިފްޝާ އަށް ވިސްނަދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
“އެމީހުން އަންނާނޭ ރާސިލް… ދޮންތަ ގެންދާނެ… ވަރަށް ނުބައި ބަޔެކޭ އެއީ… ބޭނުމެއްނޫން ދާކަށް.. ދާނިޝް ދާނިޝް ދާނިޝް” އިފްޝާ އަށް އިތުރަށް އެއްޗެއް ބުނެވޭ ގޮތެއް ނުވިއެވެ. ގިސްލުން ބޮޑުވެ އަޅަމުން ދިޔަ ތުރުތުރު ގެ އަސަރުވެސް ބޮޑުވީއެވެ.
“އެއްވެސް މީހަކަށް ދޮންތައެއް ނުގެންދެވޭނެ… އެއްވެސް މީހެއް ނެތޭ ދޮންތާ އެއްވެސް މީހެއް ނެތް” ރާސިލް އިފްޝާ ގެ މޫނުގައި ހިފައްޓަމުން ވާހަކަދެއްކިއެވެ. އެއާއެކު އިފްޝާ ދެފަރާތަށް ބޯ ހޫރާލިއެވެ.
“ދާނިޝް އަކަށް ވެސް އެއްވެސް މީހަކަށް ވެސް ދޮންތަ އާ ހިސާބަކަށް ނުފޯރޭނެޔޭ ދެނެތް… ޓްރަސްޓް މީ…” ރާސިލް ބުނެލިއެވެ. ރާސިލް ސަލީމާ އަށް ބަލާލިއެވެ.
ސަލީމާ ޖެހި ބުދެއްހެން ގަނޑުވެފައި ހުރި އިރު އޭނާގެ ނޭވާއަށް އުނދަގޫ ވާހެން ހީވިއެވެ. އެހެންނަމަވެސް އޭނާ އެކަންތަށް މާ ބޮޑަށް ނުދައްކާ ވޭތޯ މަސައްކަތް ކުރަމުން ދިޔައީ މިވަގުތު އެ ދެމީހުންނަށް ވެސް ކިރިއާ އެހީތެރިކަމެއް ވެވޭނީވެސް ހުދު ރާސިލް އަށް އެކަނިކަން ވިސްނުނީމައެވެ.
ރާސިލް އެއްފަހަރު ސަލީމާ އަށް ގޮވާލުމާއެކުވެސް އޭނާ އަށް ހުރެވުނީއެވެ. ތަންކޮޅެއް ބާރަށް ރާސިލް ގޮވާލުމާއެކު ހަމަހޭވެރިކަންވި މީހަކުފަދައިން އޭނާ ކީކޭ ހޭ އަހާލިއެވެ.
“މަންމާ ފެން… ބޭސް ވެސް އަވަސް” ރާސިލް ބުނެލުމާއެކު ސަލީމާ އަވަސްވެގަތީ އިފްޝާ އަށް ފެނާ ބޭސް ގެނެސްދޭށެއެވެ.
އިފްޝާ ހަމައަކަށް އެޅިލުމާއެކު ސަލީމާ އިފްޝާ ކައިރީ މަޑުކުރިއެވެ. ރާސިލް ކޮޓަރިން ނުކުމެ ނުކުމެ ހުއްޓާ އޭނާ އަށް ފޯނެއް އައެވެ. އެއާއެކު ކޮތަރިތެރެއަށް ބަލާލަމުން އޭނާ އެއްފަރާތަށް ޖެހިލީ ފޯނަށް ޖަވާބުދާރީވުމަށެވެ.
ގުޅަނީ އޮފީހުންނެވެ. އެއީ އޭނާ އަލަށް ވަޒީފާއަށް ނުކުތް އޮފީހެވެ. އަދި މާގިނަ ދުވަހެއްވެސް ނުވެއެވެ.
“އައްސަލާމް ޢަލައިކުމް… ރާސިލް ތޯ” ފޯން ނެގުމާއެކު އެކޮޅުން ސުވާލުކޮށްލިއެވެ.
“އާދެ… ރާސިލް އަޅުގަނޑު ނަންގަތީމެއްނޫންތޯ މިއަދު ނުދެވޭނެޔޭ އެއްވެސް ކަމަކު އޮފީހަށް….” ރާސިލް ބުނެލިއެވެ.
“ތިވާހަކަ ބުނާކަށްނޫން މިކޮޅުން މި ގުޅާލީ… ތިބޭފުޅާ ވަޒީފާއިން ވަކި ކުރި ވާހަކަ ނަންގަންނަން… ވަޒީފާއިން ވަކިކުރި ލިޔުން ބަލާ މާދަން އަންނާނީ ދިހަ ގަޑި ބަޔާ އެގާރަޔާ ދޭތެރޭ” އެކޮޅުން އިވުނު ވާހަކަ އާހެދި ރާސިލް ގެ ހަތަރު އުދަރެއް ފެނުޖެހުނެވެ.
ބޮލުގެ އިސްތަށިގަނޑުގެތެރެއަށް އަތުގެ އިނގިލިތަށް މަހާލަމުން ދަތްކުނޑި ވިކާލެވުނެވެ. ހަދޭނެގޮތް ހުސްވެ މުޅި ދުނިޔެ އެނބުރިގަތްހެން ހީވިއެވެ. ލޮލުން ކަރުނަ ފާއްދާލީ މަންމަ އާއި ދޮންތަގެ ހަރަދުތަކުގެ އިތުރުން ގޭގެ ހަރަދުތަކާ ބަނޑުހައި ހޫނުކަން ފިލުވޭނީ ކިހިނެތްހޭ ހިތަށް އަރާ ހާލުގައެވެ. މާދަމާ އޮފިހަށް ގޮސް އޭނާ މަސައްކަތް ކުރި ދުވަހު ގެ މުސާރަ ލިބޭގޮތް ހަދާދޭތޯ އާދޭސް ކުރާނީއެވެ. އޭނާ ނިންމައިގެން ހުރީ މާދަން ގޮސް ވަޒީފާގައި ބަހައްޓައިދޭތޯ އާދެސް ކުރާށެވެ.
މަންމަގެ ބަލީގެ މަތިން ހަނދާންވެ އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް އޮތް އިތުބާރާ ޔަގީންކަން ގެއްލުނެވެ. ކެންސަރާ ހނަގުރާމަ ކުރަމުންދާ ސަލީމާގެ އަދި އޭނާގެ ވެސް އުންމީދަކީ އިފްޝާއެވެ. މިއަދު އިފްޝާ އަށް ދިމާވެފައިވާ ހާލުން ސަލީމާ އަށް ބޭސް ކުރެވޭނޭ މަގު ވަނީ ހުއްޓިފައެވެ. ރާސިލް ގެ ދުނޔެ ބަނަވެ އެކަނިވީކަހަލަ އިހްސާސް ކުރެވުމާއެކު ހުރިތަނަށް ތިރިވެވުނީ އޭނާ އަށް ހަދާނެ ގޮތް ހުސްވުމުންނެވެ.
އެހެން އިންދާ މަންމަ ދޮންތަގެ ކޮޓަރިން ކެއްސަމުން ނުކުތްތަން ފެނި އޭނާ އަށް ދެލޯ ބޮޑުކޮއްލެވުނެވެ. މަންމަ ގެ ކެއްސުން މަޑު ވުމާއެކު އެނާގެ މިސްރާބުހުރީ ގެއިން ބޭރަށް ދިޔުމަށެވެ.
“ރާސިލް ކޮންތާކަށް… ގުގުރާ ވިދާ މިއޮށްފަދަ ވިއްސާރަރޭ ކޮންތާކަށް ތިދަނީ” ސަލީމާ ރާސިލް އަށް ގޮވާލީ އޭނާ ދޮރާއްތާ ދިމާލަށް ދިޔައީތީއެވެ. އެހެންނަމަވެސް އެ އަޑު އެހުމެއްނެތި އޭނާ ދޮރާށި ހުޅުވާލާފައި ނުކުމެގެން ދިޔައީއެވެ.
ވިއްސާރަކަމުން މަގުމަތީގައި ދުއްވާއެއްޗެހިވެސް ފުދޭވަރަކަށް މަދެވެ. ހީވަކަހަލައެވެ. އެންމެންވެސް ގޭތެރޭގައި މި ތޫފާނުން ހިމާޔަތް ހޯދައިގެން ގޭގައި ތިބީއެވެ. ގަދަ ވަޔާއެކު ބޯކޮށް ވެހެމުން ދިޔަ ވާރޭގެތެރޭގައި ހިނގަމުން ދިޔަ ރާސިލް ގެ ވިސްނުން ދަތުރު ކުރަމުން ދިޔަ މިސްރާބުވެސް ވަޒަން ކޮށްލާކަށް ނޭނގެއެވެ. އޭނާ ގެ ލޮލުން އަންނަމުން ދޔަ ކަރުނަތަށް ވާރޭ އާއެކުވެ ފަރުދާވެގެން ދިޔަ ކަމުގައި ވިނަމަވެސް ކަރުނަތަށް ހުއްޓުމެއްނެތި އޮހެމުން ދިޔައެވެ.
ވަކިހިސާބަކުން އޭނާ ހުއްޓުނީ އެވަގުތު ދުއްވާފައި ދިޔަ އަންހެން ކުއްޖެއްގެ ގައިގައި ވަރަށް ބާރަށް ޖެހުމުންނެވެ. އެވަގުތު އެ ކުއްޖާގެ އަތުގައި އޮތް ކޮންމެވެސް އެއް އޭނާގެ ގަމީހުގައި އެޅުނެވެ. އެވަގުތު އޭނާ އަށް ހުރެވުނީ މޫދުވެސް ފެންނަ ހިސާބުގައިކަމުން އެދިމާލަށް ބަލާލާފައި ގަމީހުގައި އެލޫނުއެތިކޮޅަށް ނަޒަރު ހުއްޓާލާމުން އެ އަންހެން ކުއްޖާ އަށް ގޮވާލިއެވެ. އެހެންނަމަވެސް ބާރަށް ދުވަމުން ދިޔަ އެ އަންހެން ކުއްޖާ އަށް އަޑެއް ނޫވުނެވެ. ދެން އޭނާގެ މިސްރާބުހުރީ ބަދަރުމައްޗަށެވެ. ގޮސް އެތަނަށް އަރާ ވަށައިގެންވީ މާހައުލަށް ނަޒަރު ހުއްޓާލިއެވެ. ގަމީހުގައި އެޅުނު އެތިކޮޅަށް ބަލާލަމުން އޭނާ އެ އެތިކޮޅު އަތުގެ މުށަށް ލާ ފޮރުވާލީ އެއީ ރަން ކެވެކި ކޮޅަކަށް ވީމައެވެ. އޭގައި ވިދާ އެސްތަކެއްވެސް ޖަހާފައިވެއެވެ. އެއްވެސް ހުރަހެއްނެތި އަންނަމުން ދިޔަ ރާޅުތަށް އޭނާގެ ހަށިގަނޑުގައި ބީހެމުން ދިޔައެވެ. މާހައުލު ކިތަންމެ ފިންޏަސް އެއިން އެއްވެސް ކަމެއް އޭނާ އަށް ރޭކާނުލައެވެ. އެއަށްވުރެ ބޮޑަށް އެ ހިތުގައި ލެވިފައިވާ ޒަހަމްތަށް ވަރުގަދައީއެވެ. ވަށައިގެންވީ މާހައުލަށް ނަޒަރު ހިންގާލާ އަދި އެއްފަހަރު ރާސިލް ބަލާލިކަމުގައި ވިނަމަވެސް ހިނގާފައި އުޅޭ އެންމެ މހެއްގެ ހިލަމެއްވެސް ނުވެއެވެ.
އޭނާ ހެއްދެވި ފަރާތަށް އޭނާ އަށް ކެތްރެރިކަމާ ސާބިތުކަން ދެއްވުމަށް އެދި ހިތާހިތުން ދުއާކުރިއެވެ.
އެތާ އެތަށް އިރަކު ހުރެފައި އޭނާ ގެ މިސްރާބު އެއްގަމާ ދިމާލަށް އަނބުރާލިއެވެ. ހިގަމުން ގޮސް އޭނާގެ ނަޒަރު ހުއްޓުނީ ހަތަރު ބުރިއަށް ނަގާފައިވާ ބޮޑު ގެއެއްގެ ކުރިމަށްޗަށެވެ. ހުޅުމާލޭ ފެރީ ޓާރމިނަލް ކައިރިން ހިނގާފައި އޭނާ އައިސް އެހުރީ ހެންވޭރުކޮޅުގައެވެ.
އޭރުވެސް ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. އޭނާ އެގޭގެ ގޭޓާ ދިމާލަށް މިސްރާބުޖެހިއެވެ. ވާރޭ ވެހޭތީ ކަންނޭގެއެވެ. އެތާ އާއްމުކޮށް ހުންނަ ވޮޗަރު މީހާއެއްވެސް ނެތެވެ. އޭނާ ގޭޓާ ދިމާލަށް ގޮސް ފައިން ޖެހިއެވެ. އެއާއެކު ގޭޓު ކުޑަކޮށް ހުޅުވިގެން ދިޔައެވެ.
އައި ރުޅީގައި ގޭޓް ބޮޑަށް ހުޅުވާލަމުން އެ ގެއަށް ނަޒަރު ހުއްޓައިލައިގެން ރާސިލް އަށް ހުރެވުނެވެ. އަމިއްލަ ނަފްސާ ޝަކުވާ ކުރާ ހާލު އޭނާ އެތެރެއަށް ވަދެގެން ދިޔައެވެ. އޭރުވެސް ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. ގޭގެ މައިދޮރާ ހިސާބުން ދުވެފައި އައި ސެކިއުރިޓީ ގާޑަކު އޭނާގެ އަތުގައި ހިފެއްޓިއެވެ. އޭނާ ހުރީ ވާރޭ ކޯޓް ލައިގެންނެވެ. ރާސިލް އެމީހާއަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. “ކީކުރަނީ؟” ހަރުކަށި ރާގަކަށް ރާސިލް ގާތު އެމީހާ އެއްސެވެ.
“އަހަރެން ބޭނުން މިގޭ ބޮޑު މީހަޔާ ބައްދަލުކޮއްލަން…” ރާސިލް ބުނެލިއެވެ. އޭރު އެއަޑު ތަފާތުވެފައިވަނީ ގިނައިރު ރުއިމުގެ ސަބަބުން ކަންނޭގެއެވެ. ނޫނީ ވާރޭގައި އެހާގިނައިރު އުޅުނީމަ ރޯގާގެ އަސަރު ކުރީއެވެ. “އެތެރެއަކަށް ނުވަދެވޭނެ” އެމީހާ ދެންވެސް ހަރުކަށި ކަމާއެކު ބުނެލިއެވެ. ގޭގެ މައިދޮރު އޭރު ހުރީ ހުޅުވާފައެވެ. އެހެންކަމުން އެތެރެ ރާސިލް އަށް ފެނުނެވެ. އެހެންނަމަވެސް އެކަކުވެސް އޭނާގެ ލޮލުގައި އަޅައެއްނުގަނެއެވެ.
“ބުނެފީމެއްނު އަހަރެން އޭނާ އާއި ބައްދަލުކޮށްލަން ބޭނުމޭ” ރާސިލް އެމީހާގެ އަތް ފޮޅުވާލަމުން ބުނެލިއެވެ.
އަދި ދުވެފައި ގޮސް އެތެރެއަށް ވަނެވެ. ފަހަތުން އެ މީހާ އައިސް ރާސިލް ކޮއްޕާލުމާއެކު ވެއްޓުނެވެ. “ރީއްޗަށް ބުނިމަ ނުދިޔައިމަ މިހެން ވާނީ” އެމީހާ ރާސިލް ގެ އަތް ފަހަތަށް ލަމުން ބުނެލިއެވެ. އަދި ނެގިއެވެ. ރާސިލް އެ މީހާގެ އަތް ފޮޅުވާލަމުން ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ.
“ކާކު ސަމީ” އިވުނު ބަރު ފިރިހެންވަންތަ އަޑާއެކު ރާސިލް އަށް ކުރިމަތި ބަލާލެވުނެވެ.
“ބޮސް… އަޅުގަނޑު…” ރާސިލް އަތުން މޭގައި ޖަހާލަމުން ވާހަކަ ދެއްކިއެވެ.
“ގޭން ނުކުމޭ” އެވަގުތު ގާޑަކަށް ހުރި މީހާ ރާސިލް ގެ އަތުގައި ހިފާލަމުން ވާހަކަ ދެއްކިއެވެ.
“ބަހައްޓާ… އަހަރެންނާ އެކު އާދޭ” ޖާވިދު އެހެން ބުނެ ގާޑުމީހާ ދިޔުމަށް އިޝާރާތް ކޮއްލިއެވެ. އެމީހާ ރާސިލް އަށް ބަލާލަމުން ބުނެލިއެވެ.
ޖާވިދު އާ އެކީ ދިޔައިރު ވެސް ގައިން އެގޭގެ އެތެރެއަށް ފެންތަށް ފައިބަމުން ދިޔައެވެ. ޖާވިދު މަޑުކޮއްލީ ސިޓިން ރޫމަށް އައިސްފައެވެ. ގޭތެރެއަށް ވަދެ ސިޓިން ރޫމަށް ނުކުމެވެނީ ކުޑަ ގޯޅިއެއް ކަހަލަ ތަނަކުން ގޮހެވެ.
“ތި ކިޔާ އެއްޗެއް ކިޔާބަލަ” ޖާވިދު އެއްވެސް އަސަރެއްނުވާ ފަދަ ގޮތަކަށް ބުނެލިއެވެ.
“އަޅުގަނޑުގެ ވަޒީފާ… އަޅުގަނޑު ވަޒީފާއިން ވަކި ނުކޮއްދެއްވާ… އަޅުގަނޑު ހަދާނެ ގޮތް ހުސްވެއްޖެ…” ރާސިލް ބުނެލިއެވެ. އެ އަޑުވަނީ ކުރެހިފައެވެ. އެހެންނަމަވެސް ޖާވިދުގެ ހިތަށް އެއްވެސް އަސަރެއްނުކުރިއެވެ.
“ކަލޭގެ ދައްތަގެ ފެންވަރު އަހަރެންނަށް އިނގެޔޭ… ތި ކަހަލަ މީހަކު އަހަރެން ބޭނުމެއްނޫން އަހަރެންގެ އޮފީހެއްގަ މަސައްކަތް ކުރާކަށް…” ޖާވިދު މަލާމާތް ކުރާ ގޮތަކަށް ބުނެލިއެވެ.
“އަޅުގަނޑު….”
“ކަލޭ ގެ ދައްތަ އަކީ ނުބައި ތުހުމަތު މީހުންގެ ބޮލުގަ އަޅުވާ މީހެއް… އެ ވައްތަރު ކަންނޭގެ ކަލޭގެ ވެސް ހުންނާނީ” ޖާވިދު އެއްމިޔަކުން ހީލަމުން ބުނެލިއެވެ.
“ނޫން… ތިހެން ނަހަދާ” ރާސިލް އަށް ބުނެވުނެވެ. އޭނާ ގެ ލޮލުން ކައުނަފައިބަމުން ދިޔައެވެ. ބޮޑު ފިރިހެނަކު ބަލިކަށިވެގެން ކަރުނަ އަންނަމުން ދާތަން ފެނި ކޮންމެ މީހެއްގެ ހިތަށް ވެސް އަސަރު ކުރާނެއެވެ. ރާސިލް ގެ އެ ކަރުނަތަށް އޭނާ ހިތްދަތި ވެ ފައިވާ މިންވަރު ދައްކަމުން ދިޔައިރު އެއިން އެއްވެސް ކަމަކުން ޖާވިދު ގެ ހިތަށް އަސަރެއްނުކުރިއެވެ. ބަދަލް ގައި އޭނާ ހުރީ އޭނާގެ ގޮތުގައެވެ.
“ކަލޭ އަކަށް ވެސް ކަލޭގެ އާއިލާ އަށް ވެސް މަގޭ އެއްވެސް އެހިތެރިކަމެއް ނުލިބޭނެ” ޖާވިދު ބުނެލިއެވެ. އަދި ކޮންމެވެސް މީހަކަށް ގުޅާލިއެވެ. އިރުކޮޅެއްނުވެ ސެކިއުރިޓީ އައިސް އޭނާ ގެންދަން އުޅުނެވެ. “ސާރ… ތިހެން ނަހަދާ އާދޭސް ކުރަން ތިހެން ނަހަދާ… ” ރާސިލް ކިޔަމުން ދިޔައެވެ. އެހެންނަމަވެސް އެ ދިމާބެލުމެއްނެތި ޖާވިދު އެނބުރިފައި އަތުން އިޝާރާތް ކޮއްލީ އަވަހަށް ރާސިލް އެތަނުން ގެންދާށޭ ބުނާކަހަލަ ގޮތަކަށެވެ.
“ތިހެން ނަހަދާ އާދޭސްކުރަން… އަހަރެންގެ މަންމަ މަރުވެދާނެ… ދޮންތަ މަރުވެދާނެ… އަހަރެން މޮޔަވެދާނެ” އެންމެ ފަހުން ގެން ދިޔައިރުވެސް ރާސިލް އަށް ކިޔެމުން ދިޔައެވެ.
ގޭގެ ގޭޓޫން ރާސިލް ނެރެ ހޫރާލުމާއެކު އޭނާ ގޮސް ވެއްޓުނީ މަގުމައްޗަށެވެ. އެއްފަހަރު އެ ގެއަށް އަނެއްފަހަރު ކުރިމައްޗަށް ބަލަލާމުން އޭނާ ތެދުވިއެވެ. އަދި ކުރިއަށް ހިނގަންފެށިއެވެ. އެކި ހިޔާލް ތަކުން އޭނާގެ ސިކުނޑި ފަޅައިގެން ދާނެ އުޅޭހެން ހީވިއެވެ. ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން އޭނާ ފުންނޭވާތަކެއްލިޔެވެ. އައިސްފައިވާ ރުޅީގެ މައްޗަށް އެހެން ޖަޒުބާތެއް ވެރިވެގެން ދިޔައެވެ. ހިތްދަތިވެ މީހާ ކުދި ކުދިވެދާނެހެން ހީވިއެވެ. ހަދާނެ ގޮތް ހުސްވެ މަގު އޮޅިފައިވާ މުސާފިރެކޭ ރާސިލް އެކޭ ތަފާތެއްނެތެވެ.
އޭނާއަށް އެހީތެރިވާނޭ އެއްވެސް މީހަކު ނެތީހެއްޔެވެ.؟. މަދަދަށް އެދި ގޮވާލާނީ ކާކަށް ކަން ނޭނގެއެވެ. ދާނީ ކޮންތާކަށް ކަމެއް ނޭނގެއެވެ. މި އިމްތިހާނުން އޭނާ ފާސްވާނޭހެއްޔެވެ؟. ކެތް ކުރަން ދަތިވަނީއެވެ. ހިތްދަތިވަނީއެވެ. ކަރުނަވެސް އަންނަނީއެވެ. އެ ކޮންޓްރޯލް ކުރެވޭނޭ ހިތްވަރެއް އޭނާގެ ނެތެވެ. އެއަށްވުރެ އޭނާ ވަނީ ބަލިކަށިވެފައެވެ. ދެފައި ކޮޅުން ވާގި ދުވާހެން ހީވިއެވެ. ވިއްސާރައިގައި ހިނގަމުން އޭނާ އަށް އާދެވުނީ ފަތާ ޓްރެކް ސަރަހައްދަށެވެ. އެތަނުގެ ތޮށިގަނޑުމައްޗަށް އަރާ ބާރަށް ހަޅޭއްލަވައިގަތީ ހަށިގަނޑުގައި ވާ އުދާސްކަން ފިލުވާލުމަށެވެ.
އެހެންނަމަވެސް އެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ދޮންތަ އާއި މަންމަ ސަލާމަތް ކުރާނޭ ހިތްވަރު އޭނާގެ ނެތީހެއްޔެވެ؟. ނޫނީ އޭނާ ބަލިކަށީހެއްޔެވެ؟. އެންމެން އޭނާ އާ ދޭތެރޭ މިހެން މިކަންތަށް ކުރަނީ ކީއްވެހެއްޔެވެ؟. މަންމަގެ އޮތީ ކޮން ކުށެއްހެއްޔެވެ؟. ދޮންތަގެ ކުށަކީ ކޮބާހެއްޔެވެ؟. ޚުދު އޭނާގެ ކުށަކީ ކޮބާހެއްޔެވެ؟. ހައްތަހާވެސ ސުވާލެވެ. ޖަވާބު ލިބުމެއް ނެތް އަރަތް ތަކެކެވެ.
އެތަނުގައި އޭނާ ބައިގަޑި އިރު ހޭދަކުރިއެވެ. ވާރޭ ތެރޭގައި ގިނައިރު ވުމުން މަޑު ހީކެރުވުމެއް އެ ހަށިގަނޑުގައި ހުއްޓެވެ. އެހެންނަމަވެސް އެކަމަށް ސަމާލްކަން ދެވޭ ވަރަށް ވުރެ އޭނާގެ ހަށިގަނޑުގައި އަޅާ ވޭން ބޮޑެވެ. އެ ހިތްހަލާކުވެފައިވަނީ މާބޮޑަށެވެ.
ރާސިލް ނައިސްގެން ކަންބޮޑުވެގެން ގޭގެ ސިޓިން ރޫމްގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ސަލީމާ ސިހުނީ ގޭޣެ ދޮރު ހުޅޫވާލާފައި ވަތް ރާސިލް ފެނުމުންނެވެ. އޭނާ އެ ދިމާލަށް ދުއްވައިގަތެވެ. ރާސިލް އަށް ވެސް ސަލީމާ ފެނުމާއެކު ބާރށް އެދިމާލަށް ގޮސް ސަލީމާ ގައިގައި ބައްދައިގަނެވުނެވެ. “މަންމާ… މަންމާ މަންމާ…. އަހަރެންގެ ވަޒީފާ ގެއްލިއްޖެ… މިކަން މިގޮތަށް ދިމާވީމަ… ކޮބާތަ އަޅުގަނޑުގެ ކުށަކީ… މަންމާ ބުނެބަލަ… ކިހިނެތް ދެން ހަދާނީ… އަތުގަ ނެތް އެންމެ ފައިސާ ފޮއްޗެއްވެސް…” ރާސިލް އަށް ބުނެވުނެވެ.
“ދަރިފުޅާ އެއްވެސް ވަރަކަށް އުންމީދު ކަނޑާ ލާކަށް ނުވާނެ… ﷲ އީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެ… އެކަލާނގެ ހުރިހާކަމެއް ވެސް މޮޅަށް ދެނެވޮޑިގަންނަވާނެ… އިންސާފު ކޮންމެވެސް ދުވަހަކުން ލިބޭނެ… އިންޝާ ﷲ” ސަލީމާ ބުނެލިއެވެ.
އޭރު އޭނާވެސް ދިޔައީ ރޮމުންނެވެ. އިތުރަށް ކެތް ކުރާނޭ ހިތްވަރު އެ މައިމީހާގެ ނެތީ ކަންނޭގެއެވެ. ރާސިލް ވާހަކަ ދެއްކިއެވެ.
“މަންމާ… ދެން ކިހނެތް ހަދާނީ” އޭރުވެސް ރާސިލް އޮތީ ސަލީމާގެ ކޮނޑުގައި ބޯ އަޅައިލައިގެންނެވެ. ރޮނީއެވެ. މަންމަގެ ކުރިމަތީގައި ދަރިއަކު ރޮމުން ދާއިރު އެ މައިމީހާގެ ހިތަށް ވެސް އަސަރުކުރާނެއެވެ.
“އަޅުގަނޑަށް އެއްވެސް ކަމެއް ނުކޮށްދެވުނު… ކިހާ ގޯސް ދޯ މަންމާ…” ރާސިލް އަށް ބުނެވުނެވެ.
“ތިހެން ނުބުނޭ ދަރިފުޅާ” ސަލީމާ އަށް ބުނެވުނެވެ.
“މަންމާ” ރާސިލް އާށް އިތުރަށް މަންމަ އަށް ގޮވާލުން ފިޔަވާ އެހެން އެއްޗެއް ނުބުނެވުނެވެ.
ވިއްސާރަ ވީތީ އެރޭ ސަލީމާ ނިދަން ދިޔައީވެސް އިފްޝާ ގާތަށެވެ. އިފްޝާ އެކަނި ކޮއްލަން އޭނާގެ ހިތް އެއްބެސް ނުވީއެވެ.
ރާސިލް ވެސް ކޮޓާރިއަށް ވަދެ ފެންވަރާ ހަދައިގެން ތެތް އެއްޗެހި ބަދަލް ކޮއްލިއެވެ. މީހާގެ ހަޑިގަނޑަށް ވެރިވެފައިވާ ވަރުބަލިކަން އިހްސާސްވީ ދެނެވެ. އޭނާ އެނަދުމަށްޗަށް ވެއްޓިގަތެވެ. އާދައިގެ ކޮޓަރިގަނޑެކެވެ. ކުއްލިއަކަށް ކަމެއް ހަނދާންވާފަދައަކުން އެނބުރި ފާހާނާއަށް ވަދެފައިއޭނާ ދެންމެ ބޭލި ޖީންސް ގެ ޖީބަށް އަތް ކޮއްޕާލިއެވެ. އެއާއެކު އޭގެތެރެއިން އޭނާގެ އަތުގައި އެއްޗެއް އަޅައިގަތެވެ. ރާސިލްމމަޑުމަޑުން އެ ނެގިއެވެ. އެއީ އެ ކެވެލިކޮޅެވެ.
ޖީންސް ކުރިން އޮތް ތަނުގައި ބާއްވަމުން އޭނާ އެނބުރި އައިސް އެނދުމައްޗަށް ވެއްޓިގަތެވެ. އަދި ހަމަޖެހިލަމުން އެ ކެވެލި ކޮޅަށް ބަލާލިއެވެ.
“މި ވިއްކާލަން މީ ކަންނޭގެ… އޭރުންލާރިކޮޅެއްވެސް ލިބޭނެ” ރާސިލް ހިތަށް އެރިއެވެ. “ނޫން އެއީ ރަނގަޅު ގޮތަކަށް ނުވާނެ” ކޮންމެވެސް ސަބަބަކާ ހުރެ އޭނާގެ ހިތް އެކަމާ އެއްބަހެއް ނުވިއެވެ. އެހެންކަމުން އޭނާ އެ ވިއްކާލުމުގެ ހިޔާލް ދޫކޮއްލާފައި ފުންނޭވާއެއްލިޔެވެ. ފިނިކަމުން ރާސިލް ފަންކާވެސް ނުޖަހައެވެ. އޭރުވެސް ބޯކޮށް ވާރޭ ވެހެމުން ދިޔަ އަޑޫ ކެނޑި ނޭޅި އިވެމުން ދިޔައެވެ. ސީލިންގެއް ނެތުމާއެކު އެ އަޑު ބާރަށް އިވެމުން ދިޔައެވެ. އެނދުމަށްޗަށް އެއްލާލެވިފައިވާ ބައްތި ފޯން އޭނާ ނެގިއެވެ. އެ ހުޅުވޭތޯ ބެލިއެވެ. އެހެންނަމަވެސް ހު ޅުވޭ ގޮތްނުވީ ފެންވަދެ ހަލާކުވެފައި ވީތީއެވެ. ދެން ހަދާނީ ކިހިނެތްކަން ނޭނގޭ ހާލު އަނެއްކާ އަނެއްކަމާ ރާސިލް ބީ ގޮވާ ގޮތްވިއެވެ.
އެރޭ ހަތަރު ދަމު ރާސިލް ހޭދަކުރީ ވިސްނުމުގައެވެ. މަންމަ އާދޭތެރޭގައެވެ. ދޮންތައާ ދޭތެރޭގައެވެ.
އަނެއްދުވަހު ހެނދުނު ތެދުވެގެން ސަލީމާ އިފްޝާ އަށް ދޭންވެގެން ލުއި ކާއެއްޗެއް ތައްޔާރު ކޮށްލިއެވެ. ވިއްސާރަ ހުއްޓާލާފައި އޮތަސް އަދިވެސް ގުގުރަމުން ދިޔައެވެ. އިފްޝާ އަށް ނިދިފައި އޮތްކަމަކީ ނަސީބެކެވެ. ރާސިލް ވެސް ކާމޭޒު ދޮށުގައި ވިސްނުމަކަށް ގެއްލިފައި އިނެވެ. ސަލީމާ އިފްޝާ އަށް ތައްޔާރު ކުރި އެއްޗެހި ހިފައިގެން ގޮސް އެ ދޮރުމަތީ ހުއްޓުމާއެކު ރާސިލް ގޮވާލިއެވެ. “މަންމާ… ދޮންތަ އަށް ވިސްނަދޭން މަސައްކަތް ކުރުމަށްވުރެ އެ ވާހަކަ ނުދެއްކުން ރަނގަޅުވާނީ… އެހަށް ދޮންތަ ގެ ކޮންޑިޝަން ޖެހޭނީ އަޅުގަނޑުމެން އަންޑަސްޓޭންޑްވާން…” ރާސިލް ބުނެލިއެވެ.
އެވަގުތު ދެމީހުންވެސް ސިހުނީ ގޭގެ ދޮރުފަތް ވަރަށް ބާރަށް ހުޅުވުނު އަޑަށެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.








Salaam. Miothy 24. Himi bunefa innaane sunday aki aamukoh up kuraa dhuvahekey. Ehenve hama up mikohki. Bunefa inna dhivahah varah bodu kameh dhimaanuvaanama himi up kohla dheveythia abaduves try kuran. Mi part ehaa shauguveri nuvedhaane ekam raasil ge past akives muhimmu ehchei. Ingey. ekam balaanan mi part ah reply kureveythoa. In Sha Allah.
Jazakallah Khairan. ❤
Hi mi mi vaahaka nimey kah noolheytha v foohi mi vaahaka.. kurin liyun vaahaka haadha ey reethy …
Thank you hi mi dhooni story hama v Salhi ❤️ Waiting for the next part
Wow v reethi? boring eh nooney himi dhooneeh. Luv u…
Wow
Varah asarugadha himi????
V reethi… past ves muhiyymu vaane dho.. dhen anna part ah v inthizaarukuran.. good luck ?
Thankolheh beykaaru vaahaka gina hen heevanee, pls be more direct, your stories are awesome, keep writing, best of luck, you can write better than this, love you ???
wow varah reethi ???????? waiting for next part…
So so nice amazing story love ????
Wowwww?????… Mi partvx v v v reethi ❤❤❤❤ ❤❤❤… pinky ah mi part vx hama v v interesting ??????… so mi partga raasilge past dhw… raasil ge pastvx hama v muhihmu vaane ????… pinky ah heevanee e keveli kolhaky aileege keveli kolheh henn????… eba huri baeh mistakes ingey like dhuvefaa liyanveethanah dhuhvaafa liyevifa n eh thanuga ebain raasil ge mom ge name olhifa.. keep up the good work Hi Mi ??????❤❤❤❤❤??????????????????????… curiously waiting for the next part ??????… lots of love my favourite Hi Mi from Hi Mi ge biggggggggessssst fan Pinky ❤❤❤❤❤❤???????????????????????????
Wooooow masha allah mi partves vvv reethi??????? himi dhooni mivaahaka gendhaagoives xaannah vvv reethi raasilge past genes dhygen dhw mi storyge vaanuvaa ingeyney vv reethi❤❤❤❤❤ adhives bunelaanan himi vareh nethey xaan bunaany???? thnx dear❤ waiting next part?????
its v nice story..??i luv this story
v reethi mi part ves..raasil ves vv hihdathi kamehga ey dhw ulhuni..masha allah vvv reethi
waitinf for the next part. so heart touching
Mi story v v kiyaa hiyy vey… V v reethi.. waiting for the next part
Alhey vvv loabi mi part vx ? ? ?
when next part?
Maa shaa allah! Vrh reethi mi story he mi episode ves… good job and keep it up.. when is next part? Waiting waitingggggg……………………..
V nice sifa kohdhinun..??? waitin fr the nxt prt