ތިޔަ އިންތިޒާރުގައި 8
ފަތިސް ނަމާދު ކޮއްލައިގެން މީރާ އުޅުނީ ކޮފީއެއް ބޯލުމަށެވެ. ހުކުރު ދުވަސް ދުވަހު ތަންކޮޅެއް ލަހުން ތެދުވާ މީރާއަށް ނޯވެވުނީ ބޮލުގައި ވީ ރިހުމުންނެވެ. ކޮންމެ ގޮތެއް ވިޔަސް މިއަދު ގޮތެއް ނިންމަން ޖެހޭނެޔޭ ހިތައް އަރަމުން ދިޔައިރު މާއިޝްއަށް ވެދާނެ ގޮތަކާއި ދޭތެރޭވެސް ވިސްނެނީ އިންތިހާއަށެވެ.
ކޮފީތަށި ހިފައިގެން ސޯފައިގާ އިން މީރާ ސިހުނީ މަރީނާ ގޮވާލުމުންނެވެ. އަވަސް އަވަހަށް ފޯނުން ގަޑި ބަލާލިއިރު ހަތެއް ޖަހަން ހުރީ ވަރަށް ކައިރި ވެފައެވެ. މީރާ އެތަނުގައި ވިސްނުމަކަށް ގެއްލިފައި އިނުމުން ގަޑި ހިނގާދިޔަ ގޮތްވެސް ނޭނގުނީއެވެ.
” ކީކޭ މަންމާ!” މަރީނާގެ ގާތައް ހުއްޓިލަމުން މީރާ ބުނެލިއެވެ. ” މަންމަ މިބުނީ ކޯއްޗެއްހޭ ހަދާނީ. ހުކުރު ދުވަސް ވީމަ.” މަރީނާ މީރާ ގާތު އަހާލިއެވެ. ” މިއަދު ހިނގާބަ ފަރާޓާ އެން ބޭކަޑް ބީންސް ހަދަން ދޯ.” މޫނުގައިވި ނުތަނަވަސްކަން ފޮރުވާލަމުން މީރާ ހީލިއެވެ. މަރީނާ ބޯ ޖަހާލުމުން މީރާ ސައި ހެދުމައް ތައްޔަރުވާން ފެށިއެވެ.
މީރާ ސައި ހަދާ ނިމުމުން ސޯފާގައި ޖައްސާލީ ވަރުބަލި ފިލުވާލުމަށެވެ. ޓީވީ އަޅުވައިލީ ވިސްނުމާ ދުރުވެލުމަށެވެ. ނުވައެއް ޖެހުމުން ތެދުވެ ސައި ގިރަން ފެށީ ސަނާ އައިސް މޭޒު ދޮށުގައި ޖައްސާލުމުންނެވެ. އިރުކޮޅަކުން އެންމެން އައިސް ސައިބޯން އެރުމުން އެންމެނަށް ސައި އަޅައިދިނުމައްފަހު މީރާވެސް ގޮނޑިއެއް ދުރުކޮއްލަމުން އިށީނނެވެ.
” ހްމްމްމްމް. ޔަމީ. ދޮންތަ މެރީކުރީމަ ދެން މިކަހަލަ މީރު އެއްޗެއްވެސް ނުލިބޭނެ ކާކަށް. ނާއްކޮއަށް ހަމަ އެންމެ މީރީ ދޮންތަ ހަދާ އެއްޗެހި. އެހެންވީމާ މިޖެހުނީ ދޮންތަ މެރީ ކުރީމަ ދޮންތަބެގެ ގެއަށްދާކަށްނު. ހެހެ..” ހެމުން ސަނާ ދެއްކި ވާހަކައިން އެންމެނަށް ހެވުނެވެ.
” އެހެން ބުނީމަ މިހަނދާންވީ. ކޮބާ ދަރިފުޅު އަދި ޖަވާބެއް ނުދެމެއްނު. ދަރިފުޅު ނޫނެކޭ ބުނިކަމުގައި ވިޔަސް ބައްޕައަށް އެއްވެސް މައްސަލައެއް ނޫން. ދަރިފުޅުގެ ދިރިއުޅުން ވީމަ ދަރިފުޅުގެ ހުއްދަ ހޯދަން ޖެހޭނެއެއްނު. އެހެންވެ އެހީވެސް.” ސަލީމް މީރާ ގާތު އަހާލީ ޖަވާބަކަށް އެދެމުންނެވެ. ” ބައްޕާ! އަޅުގަނޑު ޤަބޫލު. ބައްޕަ ބޭނުން ވެލައްވާ ދުވަހަކަށް އަޅުގަނޑު ހަމަ ރެޑީ.” މާއިޝްއަށް ބަލާލަމުން މީރާ ޖަވާބު ދިނީ އޭނާގެ ހިތުގައި އަތް އަޅާލަމުންނެވެ.
” ބައްޕައަށް އޭރުވެސް ހީވި ދަރިފުޅު ޤަބޫލު ވާނެޔޭ. އެކަމް ދަރިފުޅުގެ ބަހެއްނެތި ބައްޕަ ޝިމަންއަށް ޖަވާބެއްދޭން ބޭނުންނުވީ.” ސަލީމް އުފާވެފައި އިންވަރު އެ މޫނުމަތިން ހާމަވެއެވެ. މީރާ ހިތްހަމަ ޖައްސާލީ އެމަންޒަރު ފެނިފައެވެ. މީރާ ދުވަހަކުވެސް އެމީހުންގެ ހިތުގަ ޖައްސާކަށް ބޭނުމެއް ނުވެއެވެ.
” ދަރިފުޅު ގާތަށް އަންނާނަމޭ ބުނި އާނ ބަސް ބުނެފިއްޔާ ދަރިފުޅާ ބައްދަލު ކޮއްލަން. އެހެންވީމަ ދަރިފުޅު ހިތްހަމަ ޖެހޭ ދުވަހެއް ބައްޕަ ގާތު ބުނޭ.. އޭރުން ބައްޕަ ޝިމަން ގާތު ބުނާނަން……….. ދަރިފުޅާ ބައްޕަ ވާހަކައެއް އަހާލަންތަ؟” ސަލީމް މީރާ ގާތު އަހާލިއެވެ. ” ކޮންވާހަކައެއް؟” މީރާގެ ހިތް ތެޅިލިއެވެ. އަނެއްކާ ބައްޕައަށް ޝައްކުވީބާއެވެ. މާއިޝްއަށް ބަލާލަމުން ބޮލުން އިޝާރަތް ކޮއްލީ އެއްވެސް އެއްޗެއް ބުނިންތޯއެވެ. މާއިޝް ބޯ ހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.
” ދަރިފުޅަށް އެނގޭނެ ދަރިފުޅުމެންނަށް ދެރައެއްވާ ގޮތަކަށް ބައްޕަ އެއްވެސް ކަމެއް ނުކުރާނެކަން. އެހެންވީމަ ދަރިފުޅު ބައްޕަ ބުނާ ކޮންމެ ގޮތެއް ހަދާނަންތަ؟ ސަލީމް ބޭނުންވީ މީރާ ސަލީމްމެން ދެމަފިރިންނަށް އިތުބާރު ކުރާވަރެއް ބަލާލުމަށެވެ. ” ބައްޕަ ތިބުނީ ކޮންކަހަލަ ވާހަކައެއް. އަޅުގަނޑަށް ޤެރެންޓީ ބައްޕަމެން އަޅުގަނޑުމެންނަށް ދެރަވާކަހަލަ އެއްވެސް ކަމެއް ނުކުރާނެކަން. އެހެން ވީމައެއްނު ނުވެސް ދަންނަ މީހަކާ ގުޅުމައް މި އެއްބަސްވީ. އަޅުގަނޑަށް އިނގޭ އަޅުގަނޑަށްވެސް ބައްޕަ ހޯދި ކަހަލަ މީހަކު ނުހޯދޭނެކަން. އަޅުގަނޑު ބައްޕައަށް އިތުބާރު ކުރަމޭ.” މީރާ ޔަޤީންކަން ދިނެވެ. ސަލީމް އިނީ އުފަލުންނެވެ. މީރާއަކީ ހާދަ މާތް ކުއްޖެކޭ ހިތައްއެރިއެވެ.
އެންމެފަހުންް މާއިޝްއަށް އެތަނުގައި އިންނަން އުނދަގޫވުމުން ކޮޓަރިއަށް ދިޔައެވެ. އޭނާ މި ދުނިޔޭން އެންމެ ބޭނުންވި އެތި އަތުން ބީވާ އިރު ކެތްވާނީ ކިހިނަކުން ހެއްޔެވެ؟ މީރާއާ ނުލާ އުޅޭނީ ކިހިނަކުންހޭ ހިތައް އެރުމުން މޭމަތީ އަތް އަޅާލެވުނީ ބޭއިޙްތިޔާރުގައެވެ.
ސައިބޮއެގެން ސަނާ އޭނާގެ ރަޙުމަތްތެރިއެއްގެ ގެއަށް ދިޔައެވެ. މަރީނާ އާއި ސަލީމް ވެސް ބޭރަށް ދިޔުމުން މީރާއާއި މާއިޝް އެކަނި ވިއެވެ. ދިހަގަޑި ބައިވެފާ ހުރުމުން މެންދުރަށް ޕާސްތާ ހެދުމައް އެއްޗެހި ތައްޔާރު ކުރަން ފެށިއެވެ. ނޮޅި ފިޔާ ދޮވެލަން ޒިންކު ދޮށުގައި ހުއްޓާ ފަހަތުން މާއިޝް އައިސް ބައްދާލިއެވެ. މާއިޝްގެ ގައިން ދުވިސެންޓުން މާއިޝް ފާހަގަ ކުރެވުނީއެވެ.
” ޖާން. ހަމަ ވަކިވަނީތަ. ދެން ހަމަ އަހަރުމެންނަށް މިނޫން ގޮތެއް ނެތްތަ. މަ ކިހިނެއް އުޅޭނީ.” މާއިޝް މޫނުމަތިން އުދާސްކަން ފެންނަން ހުއްޓެވެ. ” މާޝްއަށް ހީވޭތަ މަށަށް ކެއްވާނެހެން. މަވެސް ހިތުގަ އަތް އަޅާލައިގެން މި ހުންނަނީ. ބައްޕަމެން ނޫން މީހަކު ބުނިނަމަ ޤަބޫލު ނުވީމުސް. ބަޓް. ދެން ދެރަ ނުވޭ. ހުރިހާކަމެއްވެސް ވާނީ އެންމެ ރަނގަޅަށް.” މީރާ އެނބުރި މާއިޝްގެ ގައިގާ ބައްދާލަމުން މާއިޝްގެ ހިތް ހަމަޖައްސާލަދޭން މަސައްކަތް ކުރިއެވެ.
” ދެން ޝިމަންއާ ބައްދަލު ކުރަނީ ކޮން އިރަކުންތަ؟” މަރީނާ ވާހަކަ ދެއްކީ ފިޔާ ހަނާކުރަން ހުރި މީރާ އާއެވެ. ” މަންމާ! އަޅުގަނޑު ބޭނުމެއްނޫން ބައްދަލު ކުރާކަށް. މެރީ ކުރަން ޑޭޓް ހަމަޖައްސާފަ ބައްޕަ ގާތު ބުނޭ ބުނެލާށޭ އޭނަ ގާތު.” މީރާ ކުރު ގޮތަކަށް އޭނަ ބޭނުންވާގޮތް ބުނެލިއެވެ. މަރީނާ ބޯޖަހާލިއެވެ.
ދުވަސްތައް އޭގެ ޒާތުގައި ދަމުން ގޮސް ދެހަފްތާ ފާއިތުވީ ނުވެސް އެނގި ހުރެއެވެ. މާއިޝްގެ މިޒާޖު ބަދަލުވެ މީހުންނާ ވާހަކަ ދެކެވުން މަދުވާން ފެށުމުން މަރީނާ އެކަމާ ސުވާލު ކުރި ދުވަހެކެވެ. ” މަންމާ! އަޅުގަނޑު ބޭނުން މެލޭއަށް ދާން. ކުޑަ ދުވަސް ކޮޅަކަށް. ފްރެންޑަކާއެކު ދަނީ.” މާއިޝް އެހެން ބުނުމުން މަރީނާ ދެކޮޅު ހަދާލިއެވެ. އެހެނަސް މާއިޝް ކިޔާވަރުން އެއްބަސްވާން ޖެހުނީއެވެ.
އަނެއްދުވަހުގެ މެންދުރު ކެއުމުގެ ތެރެއިން މަރީނާ އެވާހަކަ ބުނެލުމުން އެންމެ ދެރަވީ މީރާއެވެ. މާއިޝް އެދަނީ މީރާގެ ސަބަބުންނޭ އޭނާގެ ހިތައް އެރިއެވެ. އެހެނަސް މީރާ ކުރާނީ ވަކި ކީއްހެއްޔެވެ؟ ” ދޮންބެ ބުނީމެއްނު ދެން ނާއްކޮމެން ބަހައްޓާފަ ނުދާނަމޭ. ދެން ކީއްވެ ތިދަނީ.” ސަނާ އިނީ ނުހަނު ދެރަވެފައެވެ. ” ދޮންބެ އަންނާނަމޭ. މިދަނީ ފްރެންޑެއް ބުނެގެން އޭނައާއެކު. ކަމެއް ދިމާވެގެން. އޭނަ އާއެކު އަންނާނަމޭ.” މާއިޝް އާއި ޖެހިގެން އިން ގޮނޑީގައި އިން ސަނާގެ ބޮލުގައި ފިރުމާލަމުން މާއިޝް އޮޅުންފިލުވައި ދިނެވެ. ސަނާ ތުން އޫކޮއްލަމުންވެސް ހީލިއެވެ.
މާއިޝް މުންދުރު ކާލައިގެން ބޭރަށް ނުކުމެލީ އެ ހިތައް ފިނިކަމެއް ލިބޭތޯއެވެ. އެހެނަސް އެހިތައް އެއްވެސް ފިނިކަމެއް ނުލިބުނެވެ. ކަންފަތް ދޮށުގައި އަދިވެސް މިއަދު ހެނދުނު ދެއްކިވާހަކަތައް ގުގުމަނީއެވެ. ކަންފަތުގައި އަތްއަޅާލަމުން ލޯމަރާލީ އެކަންތައް ހަނދާންކުރަން ބޭނުން ނުވުމުންނެވެ.
މާއިޝް ދިޔަ ދިމާއަށް ބަލާލުމަށްފަހު މީރާ އަވަސްވެގަތީ މޭޒުމަތި ސާފު ކޮއްލުމަށެވެ. މީރާގެ ހިތްވެސް ވަނީ އިންތިހާ ދަރަޖައިގެ ފުން ހިތާމައިގެ ތެރޭގައެވެ. އެހެނަސް އެކަން ސިއްރު ކުރަމުން ބަދިގެ ނިންމާލުމަށްފަހު، ކޮޓަރިއަށް ދިޔައީ އަރާމު ކޮއްލުމުގެ ބޭނުމުގައެވެ.
ހަވީރުގެ ހިތްގައިމު ވަޤުތެވެ. މި ހިތްގައިމު ވަޤުތު މާލެތެރެ ވަނީ ނުހަނު ހަލަބޮލިކޮންނެވެ. މީރާ މަޑު ހިނގުމެއްގައި ހިނގަމުންގޮސް ހުއްޓިލީ އަފާ މެންގޭ ކުރިމަތީގައެވެ. އަފާއަކީ މީރާ އާއެކު އެއްކުލާހުގައި އުޅުނު އިރު މީރާގެ ރަޙުމަތްޔެރިއެކެވެ.
” އަސްލުތަ! ކޮންގްރާ! ނުވެސް އިނގެ މީރާގެ ބިޓެއް ހުންނަ ކަމެއްވެސް. އެހެންނުވާނީ. މީރާވެސް ތި ދައްކާލަނީ އަހަރަކު އެއްފަހަރު.” ހީލަމުން އަފާ ބުނެލިއެވެ. މީރާ ކަން ހިނގިގޮތް ސިއްރު ކޮއްލަމުން ހީލިއެވެ. އެތައްދުވަހަކަށްފަހު، ބައްދަލު ވުމުން ދެ އެކުވެރިން ވަރަށް ވާހަކަ ދެއްކިއެވެ. އެހެނަށް މާއިޝްގެ ވާހަކަ ފިޔަވައެވެ.
އިރުއޮއްސުމުގެ ކުލަތައް ދުނިޔެމަތިން ދައްކަންފެށުމުން މީރާ ވެސް އެގެއިން ނުކުތީ އަނދިރި ވުމުގެ ކުރިން ގެއާ ހަމައަށް ފޯރާތޯއެވެ. ގެއާ ހިސާބަށް އާދެވުނުއިރު މީރާ ހުރީ ކުޑަކޮން ވަރުބަލި ވެފައެވެ. ގެއަށްވަދެ ފުރަތަމަވެސް ބޭނުންވީ ޖައްސާލުމައް ކޮޓަރިއަށް ދާށެވެ.
ލިފްޓުގެ ދޮރު ހުޅުވުނުއިރު ލިފްޓުގައި މާއިޝް ހުއްޓެވެ. މީރާ ފެނުމުން މާއިޝް ނުކުންނަ ޙިޔާލެއް ނުކުރިއެވެ. މީރާ ބަހެއްވެސް ނުބުނެ ލިފްޓަށް އެރިއެވެ. އެކަކުވެސް އަނގަޔަކުން ނުބުނެއެވެ. މާއިޝްގެ މިލާފައިވާ މޫނު ފެނި މީރާގެ ހިތުގައި ރިއްސާލިއެވެ. މާއިޝް އެއްޗެއް ބުނަން ހުޅުވާލި އަނގަ ލައްޕާލީ ކުއްލިއަކަށް މާއިޝްގެ ގައިގާ މީރާ ބައްދާލުމުންނެވެ…
16 Comments!
Comments are closed.


?❤
Tnkyou sam❤ ? sam is first… Congra dear..☺☺☺☺❤❤?? hope u luv it..?????
Me 1st dhw hehe.. v rythi
Aphro grl sec dhw☺☺☺☺❤❤❤.. 1 min ge thafaathu dhw dear.??????❤❤ btw thnkx kiyaalafa comment kollyma..??????❤❤????
Magey cmmnt kuri iru ehen cmmnt eh fennaakah neiy.. ekam ves hithah eri mihen kanneyngeye vaany.. ehen hithah araafa v hevunu? first nulibunas ok vaahaka kiyalan libenikoh.. ??
Hey Nu Xu ?????… I was waiting for the story ?????… Mi part vx v v v reethi ❤️❤️❤️❤️❤️… Dhn kihineh baa vaanee??? Meeraa hama marry kuranytha??? Sooo sad ?????… Last part ge comment reply kiyaalaafa I felt sooo happy ?????… Aslu vx v v v ufaavi ?????… Keep up the good work ?????… Lots of love Nu Xu ❤️❤️❤️❤️ ????… Curiously waiting for the next part ?????????
Hello guys☺☺☺☺ firstly I’m so sry guys… V dhigu inthizaareh kuran jehunu kamahtakaa..????
So here is 8th part.. Hope u guys liked it…☺☺???? Nxt part vx lasvedhaane…?? Bcox NuXu miulheny v balivegen doc ah dhakkan mal’e ais…? Free tym eh lubunyma liyelaafa up kohladheveythw try kuraanan..????❤❤❤?? thidhey support ah v bodah tnkyou????❤❤❤❤❤❤ I hope u all understand…??❤❤?? Miss u all…????❤❤? Luv u so much…????????????❤❤❤❤
Alhey nuxu enme intresting vi hisaabun thi ninmaaly vhya bt story hama v salhi n get well soon dear… Adhi thiyah vurevx dhigokohladheacgey next…
alhe hih halaaku koffaa thi nimmaali vvvv cute story eh i want them to be together vvvvvvvv sad……….. life dhw hama vaa goih
get well soon dear
Alhey sooooooooo sad fr these 2 people.. waitin fr the nxt prt
vv reethi mi part ves??
Get well soon dear ? waitting for the next part ??????
Adhives bali rangalhu nuveytha…. adhi ves male’ gatha … kondhuvahakun vaahaka up vaaney. Waiting…. get well soon
get well soon dear
vvvv reethi vaahaka
so kn iraku vaahaka up kh ladheveyneeee
Dhen mi vaahaka up nukuraa gothah tha? Noonee adhi ves Bali rangalhu nuvaneetha? Vee goh kuda minun buneli nama ?????
4 months veeiru ves vaahaka up nuhurey?