# # # # 8 އަހަރު ކުރި “އެދެމޭ ކަލާޔާ ގާތުގާ ވުމަށް.. ފެންނާތި ޔާރާގެ މޫނު.. ތެދެކޭ ތިއީއޭ ހުވަފެނުގެ ރާނީ.. ފެނުނީތި ޖާގޫވި މޫނު” ހެޑްސެޓް ޖަހައިގެން ހުރި ހީޒަލް އިށީނދެލައިގެން ހުރީ ސަލްޓަން ޕާކުގައެވެ. ސީ.އެޗް.އެސް.އީ ޔުނިފޯރމުގައި ހުރިއިރު ހީޒަލްގެ އިސްތަށިގަނޑުވަނީ ތިންފަށަށް ގަތާލެފިއެވެ. ގަތާލާފައި އޮތްއިރުވެސް އުނަގަނޑުން ތިރިއަށް ހުއްޓެވެ. އަތުގައި އޮތް ފޯނުން ދެތިން ފަހަރު ގަޑި ބަލާލަމުން ރާގާއި އެއްވަރަށް ހީޒަލްވެސް ދިޔައީ އެލަވަ ކިޔަމުންނެވެ. ކުޑައިރުއްސުރެ […]
އޭނާ މޫނު ދޮވެލަމުން މީހާ ހަމަޖެހެން މަސައްކަތް ކުރިއަސް ހަށިގަނޑުގައި މަޑު ތުރުތުރެއް ވިކަން ފާހަގަވިއެވެ. މޫނު ދޮވެލާ އަދިވެސް އެއްފަހަރު އޭނާ ލޯގަނޑޫން އަމިއްލަ ސޫރައަށް ބަލާލިއެވެ. އަދި ފާހާނާ ދޮރު ހުޅުވާލާފައި ނުކުތެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ އެ ދިމާލަށް ބަލަހައްޓައިގެން ހުރި މީހާއެވެ. ހުރިތަނަށް މީހާ ގަނޑުވުމާއެކު އިސްޖަހާލެވުނެވެ. އަނެއްކޮޅުން ދެންމެ އިވުނު އަޑު ތަކުން ދާނިޝް ގެ ހިތާ ސިކުނޑި ހިސާރުކޮށްފައިވާއިރު ހަމަ ހަގީގަތުގައިވެސް ރާސިލް އެކަމާ ދެރަވާކަމުގައި އޭނާ […]
ޖެހެމުންދިޔަ ބާރު ވަޔާއިއެކު އުޑުމަތި ބަނަކޮށްލީ އަންނަން އުޅޭ ތޫފާނަކުން ސަލާމަތްވެ ތިބުމަށް އިންޒާރެއް ދޭ ފަދައިންނެވެ. އަތިރިމަތީގައި ތިބި މީހުން އެމީހެއްގެ މަންޒިލަށް ވާސިލްވުމަށް ދަތުރުފެށީ ލިބުނު ފުރުސަތުގެ ބޭނުން ހިފުމުގެ ގޮތުންނެވެ. ކޮންމެ މީހެއްގެ އަތްމަތި އަވަސްކޮށްލާފައިވަނީ ވިއްސާރަ ވެހެން ފެށުމުގެ ކުރިން އެއްޗެހިތަށް ނަގާ ހިޔާކުރުމަށެވެ. ވިދާލި ވިދުވަރާއިއެކު ޖަހާލި ގުގުރިން ތޫފާނުގެ ފަހުގެ އިންޒާރު ދިނުމަށްފަހު ބޮޑުތިކީގެ ވާރޭ ފުރާޅުތަކުގައި ބީއްސާލާފައި މިޔުޒިކެއް ކުޅެލިއެވެ. ދުވަމުންކަހަލަ ގޮތަކަށް އައި ރަޔާންއަށް ގެއަށް […]
އުޝާގެ މަންމަ ފަރާތުން ލިބުނު ޖަވާބަކުން ނީނާއަށް ހީވީ ދުނިޔެވެސް އެނބުރިގަތް ހެނެވެ. އެންމެ ފަހުން ރޮއެ ރޮއެ ވަރުބަލިވެގެން ނީނާއަށް ނިދުނެވެ. ޝާފީ ސިޓިންގްރޫމުގައި އިނީ ޝާނާ އާދޭތޯ ބެލުމަށެވެ. މިހާރު ފުލުހުންނަށް ވެސް މައްސަލަ ހުށަހަޅައިފީމެވެ. ޝައިމަން ޑިއުޓީއަށް އައި އިރު މުޅި އޮފީސްތެރޭ ދައްކަމުން ދިޔައީ މަޝްހޫރު ޝާފީއާއި ނީނާގެ ދަރިފުޅު ޝާނާ ގެއްލިގެން އުޅޭ ވާހަކައެވެ. 24 ގަޑި އިރު ނުވަނީސް މައްސަލަ ނުބަލާނެކަން އެނގޭތީ ޝައިމަންއާއި އޭނާގެ އެކުވެރި 4 […]
އަހަރެން ގްރޭޑް ދިހަޔަކަށްދިޔަ އަހަރު އަހަރެން މާލެ ބަދަލުކުރީ ރަށު ސްކޫލުގައި ކިޔަވާދޭގޮތާމެދު މަންމަމެން ހިންހަމަ ނުޖެހޭތީއެެވެ. ފަހުއަހަރަށްވުމާއެކު އަހަރެންވެސް ބޭނުންވީ ފެންވަރު ރަނގަޅު ސްކޫލެއްގައި ކިޔަވާ ރަނގަޅު ނަތީޖާއަކާއެކު ސްކޫލު ދައުރު ނިންމާލާށެވެ. މަންމަގެ ގާތް އެކުވެރިއެއްކަމަށްވާ ސިލްމާ ދައްތަ މާލޭގައި އުޅުމުން މިކަން ހަމަޖައްސާކަށް މާކަ އުނދަގުލެއް ނުވިއެވެ. ******************************* މާލޭގެ ބަނދަރަށް ލެފުމާއިއެކު އަހަރެން ކުޑަކޮށް ނުތަނަވަސް ވާާގޮތްވިއެވެ. އެހެން ފަހަރުތަކަށްވުރެ މިފަހަަރު މާލެ އާދެވުމުން ކުރެވެމުންދިޔަ އިޙްސާާސް ވަރަށް ތަފާތެވެ. ކުރިޔަށް […]
ދަތުރު ދާން ހަމަޖެހުނީ ހައެއް ޖަހާއިރުކަމުން ހައެއް ޖެހުމުގެ ކުރިން ހުރިހާ ބައިވެރިންވެސް ޖެޓީއަށް ޖަމާވަމުން ދިޔައެވެ. ދަތުރުގެ ބައިވެރިންގެ ކައިރިއަށް އައިސް ހުއްޓުނު ޔޫހާންގެ ނަޒަރު އެންމެ ފުރަތަމަވެސް ދަތުރުކޮށްލީ ފަސްވަރަކަށް އަންހެންކުދިންނާއި ހީހީފައި ވާހަކަ ދައްކަމުންދިޔަ އައިލީންއަށެވެ. މޫނު މައްޗަށް ވެއްޓުނު ކުރު އިސްތަށިކޮޅުތައް އަތުގެ އިނގިލި ތަކުން އެއްފަރާތް ކޮށްލަމުން ވަށައިގެން ނަޒަރު ހިންގާލި އައިލީންއަށް ޔޫހާންގެ އެ ތޫނު ނަޒަރު އޭނައަށް ސީދާވެފައި ހުރިކަން އެނގި އައިލީންގެ ހަރަކާތްތަކަށް މަޑުޖެހުމެއް އައެވެ. […]
އިރު އޭގެ ވާޖިބު އަދާކުރުމަށްޓަކައި ނިދިން ތެދުވެ ނިދާ ކޮޓަރިން ނިކުތް ވަގުތެވެ. އުޑުމަތި އެތައް ކުލަ ތަކަކުން ދިއްލާލިއެވެ. އެ އިރުގެ އަލި ވިލާތަކުގެ ތެރެއިން ފޭދިފައިވާ މަންޒަރަކީ ކޮންމެ މީހެއްވެސް ކޮންމެވެސް ގޮތަކުން ރައްކާކުރަން ބޭނުންވާނެ މަންޒަރެއްކަން ޔަޤީނެވެ. އެހާވެސް ރީއްޗެވެ. ޤުދުރަތީ ބާރުވެރި ފަރާތުގެ ކުޅަދުން ވަންތަ ކަމުގެ ހެއްކެކެވެ. ދުނިޔެމަތިން އިވެމުން ދިޔައީ ކޮވެއްޔާއި އަދި މިނޫންވެސް އެތަކެއް ދޫނި ސޫފާ ސުފީގެ ކުޅަދާނަ މިޔުޒިކީ ރާގުތަކެވެ. ޖެހެމުން ދިޔައީ އަރާމު […]
އެންމެން ކާމޭޒު ދޮށަށް އައިރުވެސް މިޝްކާއެއް ނާދެއެވެ. އަހަރެންގެ ހިތް ނުތަނަވަސްވާން ފެށިއެވެ. މިޝްކާ ކޮބައިތޯ އަހާލާކަށްވެސް އަހަންނަކަށް ނުކެރުނެވެ. މިޝްކާ ނާންނަނީސް އެންމެން ކާންފެށިއެވެ. އަހަރެންކާން ނާޅާހުރުމުން ބޮޑުބޭބެ ކިހިނެއްވީތޯ އެހިއެވެ. ކަމެއް ނުވާކަމަށްބުނެ އަހަރެން ކާށްއަޅަންފެށީމެވެ. މޭޒު މަތީގައި އަތުރާފައިވަނީ ހުސްކާހިތްވާކާހަލަ ތަކެއްޗެވެ. ފްރައިޑްރައިސްއާ ޑެވިލްޑް ފިޝް އެވެ. ރޮށްޓާ ކަނޑުކުކުޅެވެ. އޭގެ އިތުރަށް ރިތިބަތާ މުގުރިހަވެސް ހުއްޓެވެ. އަލުވި ހިކިކޮށްހަދާ ފާޑެއްގެ ސެލެޑުގަނޑެއްވެސް ހުއްޓެވެ. އަހަރެން ތަށްޓަށް ފްރައިޑްރައިސާ ކޮޅަކާއި ޑެވިލްފިޝްކޮޅެއް އެޅީމެވެ. […]
އަހަރެންނަކީ ކޮންމެ ދުވަހަކުވެސް ތުނޑި މައްޗަައް ރައްޓެހިންނާއެކު ގޮސް އުޅޭމީހެކެވެ.އާދައިގެ މަތިން މިއަދު ވެސް އަހަރެން ތުނޑިމައްޗައް ދިޔައީ އިރު އޮއްސޭ މަންޒަރު ބަލައިލުމުގެ ނިޔަތުގައެވެ.ނަމަވެސް ތަފާތަކީ މިއަދު ދިޔައީ އަހަރެން އެކަނި ކަމެވެ.އިރު އޮއްސޭ މަންޒަރު ބަލަން އެއް ގަޑި އަކަށް ތުނޑި އަށް އަންނަތާ ޖެހިޖެހި ގެން މިއީ ތިން ވަނަ ދުވަހެވެ. އަހަރެންވެސް ޖެހިޖެހިގެން މިގޮތައް އަންނާކަށް ނުވާނޭ މީހުން ބުނާތީ އަހަމުވެ.އެކަމަކުވެސް މިއީ ލިބޭ ހިތްހަމަ ޖެހުމެއް ކަމުން ނައިސް ނުހުރެވެނީއެވެ. […]