“އަހާ…. ހަހަ… މަމީ ކަލޭގެ ކުރީގެ އަންހެނުން ޒީޝާ ގެ ފިރިމީހާ… ކަލޭގެ ދުޝްމަނެއް… ކަލޭ ކުރި ކުށްތަށް ދުނިޔެއަށް ބޭޒާރުކުރަން ފެން ބޮވައިގަނެފައިވާ މީހެއް… ކަލޭ އަށް އަހަރެން ނޭނގިދާނެ… އެކަމަކު އަހަރެންނަށް ކަލޭ އެނގޭ… ކަލޭގެ ތި އަތުގަ އިން ލަފު… ތިއީ އަހަރެން ކަލޭ ހޯދަން އަންނަން ޖެހުނު އެންމެ ބޮޑު ސަބަބު… އަދި މިވަރުން ނޭނގުނިއްޔާ… އަދިވެސް ކިޔާލަދީފާނަން… އިފްޝާ ރޭޕް ކުރުމުން ކަލޭގެ ކިބައިން ބަދަލް ހިފަން އުޅޭ މީހެއް” […]
“އަބަދުވެސް. ކުރިން ޖަނާންގެ ރީތިކަން އަހަރެންގެ ބޮލަށް ސަވާރުވެފައި ހުރުމުން އެކަން އިހުސާސްނުވީ. އެކަމަކު ޖަނާން އަހަރެންނާއި އިންނަން އޮތް ރޭގައި ފިލައިގެން އެހެން ފިރިހެނެއްގެ ފަހަތުން ދިޔުމުން އެކަން އަހަރެން ހަނދާންވީ. މިހާރު އަހަރެންގެ ވިސްނުމާއި ގުޅިފައިވަނީ ހަމައެކަނި ރިމީޝާ” އައްޔަދު ޖެހިލުމެއްނެތި ބުނެލިއެވެ. “އެކަމަކު ރިމީ މިހާރު އެއީ މީހެއްގެ އަންބެއް. ކިހިނެއް އައްޔަދު އޭނާ ހޯދާނީ. އަންހެނަކަށް ދެފިރިހެނުން ހުއްދައެއް ނޫން” ޖަނާން ދެލޯ ފޮހެލަމުން ބުނެލިއެވެ. “އެހެންވީމަ ރިމީ އަދި ހުރިހާ […]
ވިއްސާރަ ދުވަހެކެވެ. އެއްއަތުން ކުޑައެއް ނަގައިގެން އަނެއް އަތުން ފޯނާ ކުޅެމުން އޭ.ޑީ.ކޭ ހޮސްޕިޓަލު ތެރެއިން ނިކުތް ނައުރީންއަކަށް އޭނާ ކުރިމަތިން އައި ޒާއިންއެއް ނުފެނުނެވެ. ޒާއިންގެ ނަޒަރުވެސް ހުރީ އޭނާގެ ފޯނަށް ހުއްޓިފައި ކަމުން އޭނާއަށް ނައުރީން ފެނުންވީ ނާދިރުކަމަކަށެވެ. ކުޑައެއްގެ ހިޔާ ނުވަތަ ކޯޓެއްގެ އެހީތަރިކަން ލިބިފައި ނެތުމުގެ ސަބަބުން އޭނާ ދިޔައީ ބޮޑު ތިކިވާރޭގެ މުތީތަކެއް ފަދަ ތިކިތަކުން ތެމި ފޯވަމުންނެވެ. ލައިގެން ހުރި ނޫކުލައިގެ ޓީޝާރޓު ވަނީ ގައިގައި ތަތްލަވާފައެވެ. ކަނދުރާއާ […]
ދުވަހަކީ އަވިގަދަ ދުވަހެކެވެ. ވައިވަނީ ހިނދިފައެެވެ. ގަހެއްގައި ފަތެއްވެސް ހިރިނުލައެވެ. ދުނިޔެ އަކީ އެކައްޗަކަށް މަރުވެފައިވާ ކަހަލައެވެ. އަހަރެން އޮތީ ގޭގެ ސިޓިންގްރޫމް ސޯފާގައި އޮށޯވެލައިގެންނެވެ. ޚީޔާލަށް އަންނަނީ ޙަޔާތުގެ ސަފްޙާތަކުގައި ކުޑަވަގުތުކޮޅެއްގެ ހުޅުހިފި ތެރޭގައި ހަނދާންތަކެވެ. އަހަންނަކީ ޝާޙީ ޢާއިލާއަކަށް ނިސްބަތްވާ އުމުރުން އެންމެ ވިހި އަހަރުގެ ފިރިހެން ކުއްޖެކެވެ. އެންމެ ކުޑައިރުއްސުރެވެސް ޢަޒުމަކަށްވީ މަތީ ފެންވަރުގެ ވަކީލަކަށްވާށެވެ. ލަކުނެއް ފަދައިން ފާހަގަ ކޮށްލެވޭފަދަ އަގުހުރި ޚިދުމަތެއް ޤައުމަށް ކޮށްދިނުމެވެ. އާދެ އަހަންނަކީ ޒައިދުއެވެ. ޢާއްމު […]
ނަމަވެސް އޭނާ ޝާނާ ދެކެ ވާލޯބި އެތުއްތު ދަރިފުޅު ދެކެވެސްވާނެއެވެ. އެދަރިފުޅު ވައްތަރީވެސް ޝާނާއާއެވެ. އެފަދަ ބުޅިބުޅި އިސްތަށިގަނޑެކެވެ. ވަށްވަށް މޫނެކެވެ. ހީލުމުން ޝާނާގެ ކޮލަށްއެޅޭ ފަދަ އަޑިކޮޅެއް އެތުއްތު ތުއްތު ދަރިފުޅަށް ލިބިފައިވެއެވެ. ޝައިމަން ހުރި ތަނުން ހިނގައިގަތީ ޝާނާމެންނަށް ފެނިދާނެތީ އެކަމުގެ ބިރަށްޓަކައެވެ. އެއްވެސް މަންޒިލެއް ނެތި އޮޔާ ބެހިގެންދާ ބޮއްކުރައެއް ފަދައިން ދާނެ ވަކިތަނެއް ނެތި ޝައިމަން ވެސް މަގުމަތީ ހިނގަމުން ދިޔައެވެ. ޝާނާ އާއިމެދު ވިސްނެނީއެވެ. ދޭތެރެއަކުން ހިތަށް އަރާ އެއްޗަކުން […]
އަަހަރެން ފުން ނޭވާއެއް ބޭރުކޮށްލީ އަދުހަމްމެންނާާ ވާާހަކަ ދައްކާލެވުމުން މާާޔޫސްކަން ފިލާގޮސް ހިތަަށް ހަމަޖެހުން ލިބުމުންނެވެ. ******************************* މިއަދަކީ ސްކޫލަށް ދާންޖެހޭ ދުވަހެވެ. ވަގުތު ކުޑަތަންވީވަރަކަށް އަހަރެން ޖެހިލުންވާާންފެށިއެވެ. ހިތްނުތަނަވަސްވާންފެށީ ކީއްވެކަމެއް ޙުދު އަހަރެންނަކަށްވެސް ނޭންގެއެވެ. ކޮންމެއަކަސް ގަޑިޖެހުމުގެކުރިން ހިތްވަރުކޮށްލާފައި އަދުހަމްއާއިއެކު ސްކޫލަށްދިއުމަށްޓަކާ ގެއިންނުކުތީމެވެ. ގެއިން ނުކުތުމާއެކު ރަށުގެ ހަނދާންތައް އާވާންފެށިއެވެ. ސްކޫލަށްދާ މަގުމަތީގައި ރައްޓެހިންނާއިއެކު މަޖާކޮށް ސަމާސާކޮށްއުޅުނު ހަނދާންވުމާާާއިކު ދެރަވީ އެމީހުން ދޫކޮށް އަންނަންޖެހުުމުންނެވެ. އެކިހިޔާލުތަކަށް ގެއްލިހުރެ ހިނގަމުންދަނިކޮށް މީހަކު ގައިގާޖެހި އެމީހަކު އަރިއަޅާލިއެވެ. ހުށިޔާރުކަމާއިއެކު […]
ފިޔާމް އެރޭ މެލޭއަށް ފުރައިގެން އައިގޮތަށް އުޅެމުން އައީ މައިންބަފައިންގެ ގާތުގައެވެ. ކުރެވުނު ކުށް މަތިން ކުޑަކޮށްވެސް އޭނާ ހަނދާން ނެތްކަހަލައެވެ. ހަމަޖެހޭ އުފާވެރި ދިރިއުޅުމެއްގައެވެ. މީ ކޮންފަދަ އިންސާނެއްބާއެވެ. މީނާގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ޝާނާތޯއެވެ؟ ޝާނާގެ މައިންބަފައިން ތިބެނީ ޝާނާގެ ބަލިޙާލަތާއިމެދު ވަރަށްވެސް ބޮޑަށް ކަންބޮޑުވެފައެވެ. ކާ އެއްޗެއް ކެވެނީކީ ނޫނެވެ. ކައި އިރަށް ހޮޑު ލެވެއެވެ. ޑަކްޓަރަށް ދައްކަން ބުނުމުންވެސް ޝާނާ ދާކަށް އެއްބަހެއް ނުވިއެވެ. މިހާރު އުޅޭ ބައްޔެކޭ ކިޔައިގެން ފަރުޖައްސަނީ […]
އަހަރެންނަށް އެއްކަމެއް ޔަޤީންވިއެވެ. ފުރަތަމަ ނަޒަރުންވެސް އަހަރެންގެ ހިތުގައި އިބާއަށްޓަކައި ޙާއްސަ މަޤާމެއްދެވިއްޖެކަމެވެ. ******************************* ދުވަހަކަށްފަހު ދުވަހެއް މާޒީއާއި އެކުވަމުންދެއެވެ. އަހަރެންވެސް ހިތްވަރާއިއެކު މަސައްކަތްކުރަމުންދިޔައީ އޯލެވެލް އިމްތިޙާނުން ރަނގަޅު ނަތީޖާއެއް ހޯދާ މަންމަމެންގެ ހުވަފެންތައް ހަޤީގަތަކަށް ހަދާދިނުމަށެވެ. ނަމަވެސް ކޮންމެ ދުވަހަކު ފިލާވަޅުހަދާ ނިންމާާލުމަށްފަހު އިބާގެ ހަރަކާތްތަކަށް ބަލަން އިނުމަކީ އަހަރެންގެ ދުވަހުގެ ތާވަލުގައި ހިމެނިފައިވާ ކަމެއްފަދައެވެ. އިބާ ސްކޫލަށް ނާންނަ ދުވަހެއްނަމަ އަހަރެންގެ މިލާ މޯޅިވެފައިވާާ މޫނުފެނި އަދުހަމް އަހަރެންނަށް މަލާމާތްކުރާނެއެވެ. ކޮންމެ ދުވަހަކު އިބާ […]
“އެއީ ޝިނާނާއި ޝިނާންގެ އެކްސްވައިފް ނޯޔާގެ ދަރިއެއް. އެކަމު ވިހޭއްސުރެ ފެށިގެން މިޝްކުގެ ހުރިހާ ކަމެއް ބެލެހެއްޓީ އަހަރެން. މިޝްކު މިދުނިޔެއަށް އައިރު އަހަރެންވެސް އިނީ އަހަރެންގެ ފުރަތަމަ ދަރިފުޅު ވަކިވުމުގެ ހިތާމައިގަ. އެބައި އަހަރެންނަށް ފުރިހަމަކޮށްދިނީ މިޝްކު. މިޝްކު އާއި ނުލާ މިދުނިޔެއަށް އެންމެ ނޭވައެއް ވެސް މަށަށް ނުލެވޭނެ. އަހަރެންގެ މުޅި ދުނިޔެ މުޅި ވުޖޫދު އަހަރެންގެ ދެލޮލުގެ ދެނޫރު އެއީ” ރިމީޝާ ވާހަކަދައްކަމުން ދިޔައެވެ. “ރިމީގެ ފުރަތަމަ ދަރިއޭ… ރިމީ ކުރިން […]