އުމުރަށް ތިޔަ ލޯބީގައި
ހަޔާތުގެ ބައިވެރިޔަކު ހޯދުމަށް އަހަރެން ކުރަމުން އައި ދަތުރު ނިމުމަކަށް އައީ ރިފާލް އާއި ދިމާވި ހިސާބުންނެވެ. ހަޔާތުގެ ހުންގާނު ރިފާލްގެ އަތަށް އަހަރެން ދިނީ ވިސްނުންތެރި ކަމާއިއެކީ މަޑުމަޑުންނެވެ. އެގަދަ ކަނޑުގައި ދަތުރުކުރުމަށް ރިފާލް އަކީ އެންމެ އެކަށީގެންވާ މީހާކަމުގައި އަހަރެންގެ ޒަމީރު އެއްބަސްވުމުންނެވެ.
ރިފާލް އާއި ކައިވެނިކުރެވުނު ދުވަހަކީ އަހަރެންގެ ހިތުން ދުވަހަކު ވެސް ފިލައިގެންދާނެ ދުވަހެއް ނޫނެވެ. އެދުވަހުގެ އުފާވެރިކަން މިގަލަމުން ބަޔާންކުރެވޭ ވަރަށްވުރެ ބޮޑެވެ. އަހަރެންގެ އަތުގައި ހިފައިލައިގެން ރިފާލް ކުރި ވައުދާއި ހުވާތައް މިހިތުން ދުވަހަކު ވެސް ފިލައިގެން ނުދާނެއެވެ.
ކައިވެނީގެ ރޭގައި ރިފާލްގެ ފަރާތުން ލިބުނު ލޯތްބާއި އަރާމަށްފަހު އަހަރެންގެ ދިރިހުރުމުގެ އުއްމީދުތައް އާވެގެން ދިޔައެވެ. އެފޮނިފޮނި އުފާ ތާއަބަދަށް ލިބޭނެނަމައޭ ހިތަށް އެރި އަދަދު ވެސް ބަޔާންކުރަން ދައްޗެވެ.
ކައިވެންޏަށް އަހަރު ފުރުނުދުވަހު އަހަރެންނަށް ލިބުނު އުފާވެރި ހަބަރުން ހިއްސުތައް މަސައްކަތްކުރުން ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ހުއްޓާލިކަހަލަ އިހުސާސެއް ކުރެވިގެން ދިޔައެވެ. މިދުނިޔެއަށް އަހަންނާއި ދިމާއަށް މަންމާ އޭ ކިޔާ ގޮވާލާނެ ދަރިއަކު އުފަންވުމަކީ އަހަރެންގެ އެންމެ ބޮޑު އެއް އުއްމީދެވެ. މާﷲގެ އިރާދަފުޅާއިއެކު އެއުއްމީދު ހާސިލްވާތީ، އަހަރެން ހުރީ ނުހަނު އުފަލުންނެވެ.
ބައްޕައަކަށް ވާން އުޅޭކަމުގެ ޚަބަރު ލިބުނީއްސުރެ ރިފާލްގެ ފަރާތުން ފެންނަމުންދިޔަ އުފާވެރިކަން ފެނި އަހަރެންގެ ހިތަށް ވަރަށް ބޮޑު ތަސައްލީއެއް ލިބިގެން ދިޔައެވެ. އަމިއްލައަށް އުފުލަންޖެހޭނެ ވޭނަށްވުރެ ބޮޑަށް ފިރިމީހާ އުފަލުގައި އަހަންނަށް ބައިވެރިވެވުނެވެ. ފިރިމީހާ ތާއަބަދު އުފަލުގައި ލެއްވުން އެދި ދުޢާކުރެވުނެވެ.
ފިރިމީހާ އާއި އާއިލާގެ ފަރާތުން ލިބެމުންދިޔަ ލޯތްބާއި އެކު އަޅަމުން އައި ވޭނަށް އަހަރެން ކެތްކުރަމުން އައީ ހަށިގަނޑުގައި ނެތް ހިތްވަރު ނެރެގެންނެވެ. ގިނައިރު އެނދުގައި އޮށޯއޮވެލައިގެން އޮތަސް ފިރިމީހާގެ ކަންބޮޑުވުން ފެނި ތެދުވެ އުޅެން ފެށީމެވެ. ތަނަކަށް ތަދުވާ ވާހަކަ ބުނުމުންވެސް ރިފާލް ހާސްވެ ދެރަވެފައި ހުންނަތަން ފެންނާތީ އަހަރެންހިތްވަރުކުރަންފެށީމެވެ. ނަމަވެސް މީހުންގެ ކުރިމަތީގައެވެ. އެކަނިވުމުން މުޅި މީހާ ބިރުވެރިކަމުން ވަށާލައެވެ.
އަހަރެންގެ ގައިން ހަކަތަ ހުސްވަމުން ގޮސް ބަނޑަށް ނުވަމަސް ވީއިރު ހަށިގަނޑު ހިކި އަނަރޫފަވެގެން ދިޔަ މަންޒަރު ބެލުމަށް ފިރިމީހާއަށާއި އާއިލާއަށް ވީ ކެތްކުރުން އުނދަގޫކަމަށެވެ. ހަށިގަނޑުން ލޭމަދުވެ ހަފްތާއަކު ދެފަހަރު ކަހަލަ ގޮތަކަށް ލޭ އަޅަން ޖެހުނެވެ.
އަހަރެން އަބަދުވެސް ބުނަމުން އައީ އެއީ ބަނޑުބޮޑުވުމުން ވާކަމެއްގެ ގޮތުގައެވެ. ހަގީގަތް އެނގުމުން އަހަރެންގެ ލޯބިވާ ފިރިމީހާއަށް ވާނެގޮތް އިޚްސާސް ކުރެވޭތީ ކެތްކުރީމެވެ. ރިފާލްގެ ލޮލުން ކަރުނަ އޮހޮރޭ މަންޒަރު ބެލުމަކީ އަހަރެންނަށް ކުޅަދާނަ ވެގެންވާނޭ ކަމެއްނޫނެވެ. އެކަނި ހުރެ ރިފާލް ރޯތަން ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތް އެކީހެން ފޮތިފޮތިވެގެން ދެއެވެ.
އޮފީހުން ޗުއްޓީ ނަގައިގެން ރިފާލް އަހަރެންގެ ކައިރީގައި ވަގުތު ހޭދަކުރަން ފެށުމުން އަހަރެންގެ ހިތަށް ހަމަޖެހުން ގެނުވިއެވެ. ލޯބިވާ ފިރިމީހާ ކުރިމަތީގައި ފެންނަން ހުރުމުން އުފާނުވާނީ ވަކި ކާކު ހެއްޔެވެ؟
މަންމަ އަހަރެންގެ ގާތަށް ބަދަލުވީ މައި ލަގޮނޑިއަށް ކެތް ނުކުރެވުމުންނެވެ. އެމައިމީހާގެ ހިތުގައި އަޅަމުންދާނޭ ވޭން އަހަރެންނަށް ވެސް އިޚްސާސްކުރެވެއެވެ. އަހަރެން ވެސް މިއުޅެނީ މަންމައަކަށް ވާކަށް ނޫން ހެއްޔެވެ؟ ނަމަވެސް ތަގްދީރުގައި ވާން އޮތް ގޮތެއް އަހަންނަށް އެނގޭނީ ކިހިނަކުން ހެއްޔެވެ؟
މަންމަ އަހަރެންނާއިއެކު ވަގުތު ހޭދަކުރަން ފެށުމުން އަހަރެން ހިތްވަރުކޮށް ތެދުވުމަށް މަސައްކަތްކުރަމުން ދިޔައީމެވެ. ނަމަވެސް އަހަރެންގެ ހަށިގަނޑުގައި އެހާ ހިތްވަރެއް ނެތެވެ. މަންމަ އަހަރެންގެ ކައިރީ މާފަށް އެދި ރޮއެ އާދޭސްކުރަމުން ދިޔުމުން އަހަރެން ހިތުގައި ހާދަ ވޭނެއް އަޅައެވެ. މަންމަ އާއި ދޭތެރޭ އަހަރެންގެ ހިތުގައި އެއްވެސް ބުރަކަމެއް ނުވެއެވެ. މިއީ ތަގްދީރުގެ ނިޔާއެވެ. ހުދު އަހަރެންވެސް މިއުޅެނީ މިދުނިޔެއަށް ދަރިއަކު އުފަންކުރާށެވެ.
އަހަރެންނަށް ލޯ ހުޅުވާލަން ވެސް ދަތިވެގެން ދިޔުމާއިއެކު އަހަރެންގެ ހިތާއި ދެކޮޅަށް ރިފާލް އަހަރެން ގޮވައިގެން ޑޮކްޓަރަށް ދެއްކުމަށް ދިޔަ ދުވަހަކީ އަހަރެން ކުރަމުން އައި ހިތްވަރު އެލިގެން ދިޔަ ދުވަހެވެ. ރިފާލްއަށް ހުރިހާ ކަމެއް އެނގެން ދެން މާގިނަ ވަގުތެއް ނެތްކަން އެނގި އިސްޖަހާލެވުނީ ކުއްވެރިއެއް ފަދައިންނެވެ. ހަގީގަތަކީ ވެސް އެއެވެ. އަހަރެންނަކީ ކުއްވެރިއެކެވެ. ރިފާލްގެ ކުރިމަތީގައި ހުރުމުގެ ހައްގު ވެސް އަހަރެންގެ ނެތެވެ.
ބަލިވެ އިނީއްސުރެ އަހަރެން ދައްކަމުން އައީ އަހަރެންގެ އެކުވެރި ނިއުމާ އަށެވެ. ނިއުމާއަކީ އަންހެނުންގެ ޚާއްސަ ޑޮކްޓަރަކަށްވެފައި މަސައްކަތްކުރަނީ ކުލިނިކެއްގައެވެ. އަހަރެންގެ އެދުމުގެ މަތިން އަހަރެންގެ ހާލަތު ނިއުމާ އައީ ރިފާލް އަށް ސިއްރުކުރަމުންނެވެ. ނަމަވެސް ރިފާލްގެ ގާތު ހުރިހާ ވާހަކައެއް ކިޔައިދިނުމަށް އެދި ނިޢުމާ އަހަރެންގެ ގާތު އެތަށް އާދޭހެއް ކުރިއެވެ. ނަމަވެސް އަހަރެން އެކަމަށް އިންކާރުކުރަމުން އައީ ރިފާލްގެ އެދުން ފުރިހަމަކޮށް ދިނުމަށެވެ. ކައިވެނި ކުރެވުނީއްސުރެ ދަރިއަކު ބޭނުންވާ ކަމުގައި ރިފާލް ބުނަމުން އައީތީ ރިފާލްގެ އުއްމީދު އަހަރެން ހާސިލްކޮށްދިނުމަށް އަތުކުރި އޮޅާލީ ހަގީގަތް އެނގިއްޖެނަމަ އެއުއްމީދު ހާސިލްކުރުމަށް ރިފާލް ދެކޮޅު ހަދާނެކަން އަހަރެންނަށް އެނގޭތީއެވެ.
“އިބާ އަކީ ލޭ އަޅާ ކުއްޖެއް” ޑޮކްޓަރުގެ ޖުމްލައާއިއެކު ރިފާލްގެ މޫނުމައްޗަށް ވެރިވި ކުލަތައް ބަލަން އަހަންނަށް އިނދެވުނީ ކުއްވެރިއަކު ފަދައިންނެވެ. ރިފާލްގެ ހިތުގައި އަހަރެންނާއިމެދު އެތައް ޝަކުވާ އެއް ވާނެކަން އަހަރެންނަށް އެނގޭތީއެވެ.
އަހަރެންގެ އެތައް ޓެސްޓްތަކެއް ހެދުމަށްފަހު އޭގެ ނަތީޖާއަށް ބެލުމަށްފަހު ދަރިއަކު ހޯދުމުން އަހަންނަށް ކުރިމަތިވެދާނެ ނުރައްކާތަކާއި، މިހާރު އަހަރެން ހުރި ހާލަތުން ފުރާނަ ސަލާމަތްވާނޭ ކަމުގެ އުއްމީދެއް ނެތްކަމަށް ޑޮކްޓަރު ބުނުމުން ރިފާލްގެ ލޮލުން އޮހެމުން ދިޔަކަރުނަތައްފެނި އަހަރެންގެ ހެޔަށް ގޮތެއްވެގެން ދިޔައެވެ.
ވޭން އިހްސާސްކުރާނެ ހަކަތަ މިހަށިގަނޑުގައި ނެތް ނަމަވެސް ފިރިމީހާގެ ގާތަށް ދިއުމަށް ކޮޅަށް ތެދުވީމެވެ. އޭރު ބޮލުގައި ދެއަތުން ހިފަހައްޓައިގެން ރިފާލް ދެކޮޅަށް ހިނގަނީއެވެ. އެހިތުގައި އަޅަމުންދާނޭ ވޭން އަހަރެންނަށް އިހްސާސްކުރެވެއެވެ. ނަމަވެސް ރިފާލް ދުވަހަކު ވެސް ހިތުން ފިލައިގެން ނުދާނޭ ހަދިޔާއެއް ދިނުމަށްފަހު ނޫނީ މާތް ﷲގެ އިރާދަފުޅުން އަހަރެން ހަޔާތުގެ ފަހު ނޭވާ ނުލާނަމެވެ. އަހަރެން ދިރި މިހުރި މަގްސަދަކީ ވެސް އެއެވެ.
ގައިގައި ހުރި ހުރިހާ ހަކަތައެއް ބޭނުންކޮށްގެން ރިފާލްގެ ކައިރިއަށް އަހަރެން ދިޔުމަށް ޑޮކްޓަރު އެހީތެރިވެދިނެވެ. ރިފާލްގެ ކޮނޑުގައި އަހަރެން އަތް ޖައްސާލުމާއި އެކީހެން ބާރަށް ރޮއިގަންނަމުން ރިފާލް އަހަރެންގެ ގައިގައި ބާރަށް ބައްދާލިއެވެ. މޫނުގެ އެތަންމިތަނުގައި ބޮސްދެމުން އެކަން ސިއްރުކުރީ ކީއްވެތޯ ރިފާލް ސުވާލު ކުރަމުންދިޔައެވެ. ނަމަވެސް އެސުވާލުތަކުގެ ޖަވާބު އަހަރެން ދޭނީ ކިހިނަކުން ހެއްޔެވެ؟ އަހަރެންގެ ހަށިގަނޑުން މަޑުމަޑުން ވަރު ދޫވަމުންގޮސް ރިފާލްގެ އަތުގެ ތެރެއަށް ދެމުނު ކަމުގެ އިހްސާސް ކުރެވުނެވެ.
އަހަރެންނަށް ހޭވެރިކަން ވީއިރު އަހަރެންގެ ގަޔަށް އެކި މެޝިންތައް ގުޅާފައި ހުއްޓެވެ. މެޝިންތަކުގެ އަޑާއިއެކު އަހަންނަށް ބޭ އިޚްތިޔާރުގައި ލޯ މަރާލެވުނެވެ. ހަޔާތުގެ ފަހުވަގުތުކޮޅު އަންނަން މާގިނަ ވަގުތެއް ނެތޭ އަހަރެންގެ ހިތަށް އެރިއެވެ. ހަށިގަނޑުގައި ދިރުމެއް ހުރީ އެމެޝެންތަކުގެ އެހީގައެވެ. އަހަރެންގެ މިލައިގެން ގޮސްފައިވާ މޫނު އުޖާލާވީ އޮޕަރޭޝަނަށް ވެއްދުމުގެ ކުރިން އާއިލާއާއި ބައްދަލުކޮށްލެވޭނެ ގޮތް ހަދައިދޭނެ ކަމުގައި ޑޮކްޓަރު ބުނުމުންނެވެ.
މަންމަގެމިލައިގެން ގޮސްފައިވާ މޫނު ފެނުމާއިއެކު އަހަރެންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. މަންމަ އައިސް އަހަރެންގެ ބޮލުގައި ފިރުމާލުމަށްފަހު ބުރުގަލުގެ ކަނުން ކަރުނަތައް ފޮހެމުން ނުކުތުމާއިއެކު ބައްޕަ ވަނެވެ. ބައްޕަ އައިސް އަހަރެންގެ ނިތުގައި ބޮސްދިނުމުން އިސާހިތަކު އަހަރެންގެ ލޮލުން ކަރުނަތައް ފާއްދާލިއެވެ. ހިތްވަރުކުރަން އުޅުނު ނަމަވެސް އެކަމެއްނުވިއެވެ.
ރިފާލް ވަނުމާއިއެކީ އަހަރެންގެ ހަރަކާތް ހުއްޓުނެވެ. މުޅިމީހާއަށް އައިސްފައިވާ ބަދަލުފެނި އަހަރެންގެ ހިތުގައި ޖެހުނެވެ. ރޮއިރޮއި ދެލޯ ދުޅަވެފައިވާއިރު މޫނުމަތި އެކީހެން މިލާ މޯޅިވެފައެވެ.
“އިބާ….ހައުކޭން އައި ލިވް ވިތައުޓްޔޫ….ޕްލީޒް….ވައި ދިސް…ވައި” ރިފާލްގެ ޖުމްލަތަކުން އަހަރެންގެ ހިތް ތޮރުފަމުން ދިޔައެވެ. ނަމަވެސް މިއަދު ކުރެވޭނެ ކަމެއްނެތެވެ. ރިފާލްގެ އަތުގައި ހިފާލަމުން ފަހުފަހަރަށް ލޯބިވާ ވާހަކަ ބުނެލީމެވެ. އެއާއިއެކު ރިފާލް އަހަރެންގެ ހަށިގަނޑުގައި އޮޅުލައިގަތުމަށްފަހު ރޯންފެށިއެވެ. ހަރަކާތެއް ގެންނަން ނޭގިފައި އަހަރެން އޮއްވާ ނަރުސްކުދިން އައިސް ގަދަކަމުން ކަހަލަގޮތަކަށް ރިފާލް ގެންދިޔަ މަންޒަރު ބަލަން އަހަރެންނަށް ކެތެއްނުވިއެވެ. ހޯސްލާފައި ލޮލުން ކަރުނަ އޮހެމުން ދިޔައެވެ.
އޮޕަރޭޝަނަށް ވެއްދުމުގެ ކުރިން ހިތްވަރު ކޮށްލުމަށްފަހު ހަޔާތުގެ ފަހު ސަފުހާ ހިއްސާކޮށްލުމަށް ގަސްތު މިކުރަނީ އެކުވެރިޔާ ނިއުމާގެ އެހީތެރިކަމާއި އެކުގައެވެ.
ލޯބިވާ މަންމާއެވެ. އަހަރެންނަށް މަޢާފުކޮށްދޭށެވެ. މިދުނިޔެއިން އަހަރެން އެންމެ ލޯބިވާ އިންސާނަކީ ތިއެވެ. އަހަރެން މީ ލޭ އަޅާ ކުއްޖެއްކަން މަންމަ އަހަންނަށް ސިއްރުކުރީ އަހަރެންދެކެ ލޯބިވާތީކަން އަހަރެން ގަބޫލުކުރަމެވެ. އަހަރެންގެ ތެލަސީމިއާ ކާޑު އެދުވަހު މަންމަ ބަދަލު ނުކުރިނަމަ މިއުފާވެރިކަމާއި ފޮނިމީރުކަން އަހަރެންނަށް އިޚްސާސް ކުރެވޭނެ ހެއްޔެވެ؟ ދުނިޔެމަތިން އެންމެ ބޭނުންވި އުފަލާއި އަރާމާއި އަހަންނަށް މިހާސިލްވީ ތިމަންމަގެ ސަބަބުން ނޫން ހެއްޔެވެ؟ މަންމާއެވެ. ދެރަނުވާށެވެ. އަހަރެން މިދުނިޔެއިން ދިޔަޔަސް މިދަނީ ނުހަނު އުފަލުންނެވެ. މަންމާއެވެ. އަހަރެންމީ ތެލަސީމިއާ ކުއްޖެކޭ މަންމަ ބުނި ދުވަހު އަހަރެންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ދުނިޔޭގައި ހުރުމުގެ އުއްމީދު ގެއްލިގެން ދިޔައެވެ. ނަމަވެސް އެނގޭ ހެއްޔެވެ؟ މިއަދު އެކަމާއި އަހަރެން އުފާކުރަމެވެ. ސަބަބަކީ ކޮބައިތޯ މަންމަ އެނގެން ބޭނުންވާނޭކަން އަހަރެންނަށް އެނގެއެވެ. ރިފާލް އާއި ކައިވެނި ކުރުމުގެ ކުރިން އެހަޤީގަތް އެނގުނުނަމަ އަހަރެންނަށް މިހުރިހާ އުފާ ލިބުނީސް ހެއްޔެވެ؟ މަންމާއެވެ. އަހަރެންނަށް ހެޔޮ މަގު ލިބިއްޖެއެވެ. އަޅުކަމާއި ދުރުނުވެ ފިރިމީހާއަށް ވަފާތެރިކަމާއިއެކު ހަޔާތުގެ ފަހު ދުވަސްތައް ގުނާލަން ލިބިއްޖެއެވެ. މަންމަ އާއި ބައްޕަ ދެކެ ވަރަށް ބޮޑަށް ލޯބިވަމެވެ. ވަރަށް ހަނދާންވެއެވެ. ފަހުނޭވާ ދޫކޮށްލަން ބޭނުންވަނީ ތިއަތުގެ ތެރޭގައެވެ. ނަމަވެސް އެނަސީބު ލިބުމެއްނެތެވެ. މަންމާއެވެ. ކެތްތެރި ވައްޗެވެ.
ލޯބިވާ ފިރިމީހާއެވެ. މަންމަ އާއި ބައްޕައަށްފަހު މިދުނިޔެ މަތިން އަހަރެން އެންމެ ލޯބިވާ ފަރާތަކީ ތިއެވެ. އަހަރެންނަށް މަޢާފު ކޮށްދޭނެކަމަށް އުއްމީދު ކުރަމެވެ. ތިހިތަށް ކުރާނެ އަސަރު އަހަރެންނަށް އިހްސާސް ކުރެވެއެވެ. ނަމަވެސް އަހަރެންގެ ފުރާނައަށް ނުރައްކާވާނެކަން އެނގިހުރެ އަހަރެން ދަރިއަކު ހޯދުމަށް މަސައްކަތްކުރީ އަހަރެން ވަކިވެދިޔުމުގެ ކުރިން ލޯބީގެ ނިޝާނެއް މިދުނިޔެއަށް އުފަންކުރުމުގެ ބޭނުމުގައެވެ. ލޯބިވާއެވެ. އަހަރެންނަށް ވަފާތެރިވެވުނު ކަމުގައި އުއްމީދުކުރަމެވެ. މުޅި އުމުރުގައި ވެސް އަހަރެން ސިއްރު މިކުރީ ހަމަ އެންމެ ކަމެކެވެ. އެވެސް ލޯބިވާ އަށްޓަކައެވެ. ލޯބިވާއެވެ. ދިރިއުޅުމުގެ އުއްމީދު ކަނޑާ ނުލާށެވެ. އަހަރެމެންގެ މިދަރިފުޅަށްޓަކައި ހިތްވަރު ކޮށްދޭށެވެ. އަހަރެން ނެތި ދިޔަޔަސް އަހަރެމެންގެ ލޯބީގެ ނިޝާނެއް މިދުނިޔެއަށް އެބަ އުފަންވޭ ނޫން ހެއްޔެވެ؟ އަހަރެންގެ އުއްމީދު ގެއްލިފައި ވަނިކޮށް އެއުއްމީދު ފުރިހަމަ ވީއެވެ. ދިރިހުރުމުގެ މަޤްސަދަކީ ތިއެވެ. ވަކިވެ މިދަނީވެސް ލޯބިވާއަށް ޓަކައެވެ. އަހަރެންގެ އުމުރުގައި މިދުނިޔެމަތީގައި ހޭދަކޮށްލަން ލިބުނު ކުޑަދުވަސްކޮޅުގައި ލޯބިވާގެ ފަރާތުން ލިބުނު އޯގާތެރިކަމާއި އަޅާލުމަކީ އަހަރެންގެ ހަށީގައި ފުރާނަ ހުރިހާ ހިނދަކު ހަނދާނުން ފޮހެލެވޭނެ ކަންކަމެއް ނޫނެވެ.
އަހަރެންނާއި ނުލައި އުޅެން ދަތިވާނެކަން ވެސް އެނގެއެވެ. އެހެން ނަމަވެސް އުއްމީދު ކަނޑާނުލާށެވެ. މާގިނަ ވަގުތެއް އަހަރެންނަކަށް ދެން ނެތެވެ. ލޯބިވާއެވެ. ހިތްވަރު ކުރައްޗެވެ. އަހަރެންގެ ވަކިވެ ދިޔުމަށްފަހު އެންމެ ކަރުނަ ތިއްކެއްވެސް ވައްޓާ ނުލައްޗެވެ. އަހަރެމެންގެ ލޯބިވާ ދަރިފުޅު ދެކެލުމުގެ ނަސީބު ލިބޭނެކަމެއް ނޭނގެއެވެ. އެހެނަސް އެދަރިފުޅު ބައްޕައާއި ވައްތަރުވާނެހެން ވަރަށް ހީވެއެވެ. ފިރެހެން ކުއްޖު ލިބިއްޖެއްޔާ ރިވާން ކިޔައްޗެވެ. އެއީ އިބާއަށް ވަރަށް ރީތި ނަމެކެވެ. އަންހެން ކުއްޖަކު ލިބިއްޖެއްޔާ ރިފާލް ބޭނުން ނަމެއް ކިޔާށެވެ. އެދަރިފުޅު ކައިރީ އަބަދުވެސް މަންމަ ވަރަށް ލޯބިވާ ވާހަކަ ބުނެދެއްޗެވެ. ވަރަށް ލޯބިވަމެވެ. އަހަރެންނަށް މާފުކޮށްދީ ހެޔޮދުޢާ ކޮށްދެއްޗެވެ. އަޅުކަމާއި ދުރުނުވައްޗެވެ.
*******
ޑައިރީ ކިޔާ ނިމުމާއިއެކު ރިފާލްގެ ލޮލުން ހޯސްލާފައި ކަރުނަ އޮހެން ފެށުނެވެ. އިބާއަށް އޭނަގެ ހިތްހަމަ ސާފެވެ. ހަގީގަތުގައި މާފަށް އެދެންޖެހޭނީ ވެސް އޭނައެވެ. އެހެނަސް ހިތުގެ އަޑިން އިބާއަށް އޭނަ މަޢާފު ކުރިއެވެ.
އިބާ ކިތަންމެ ބޭނުންވި ނަމަވެސް އޭނަ ނުރޮއެ ކެތްކުރާނީ ކިހިނަކުން ހެއްޔެވެ. ފޮތް ލައްޕާލުމަށްފަހު އަލަމާރިއަށް ލައިފައި އައިސް ތުއްތު ތުއްތު ރިވާންގެ ކޮލުގައި ބޮސްދިނެވެ. ތުއްތު ތުއްތު ދަރިފުޅު އިބާ އާއި ނުހަނު ވައްތަރެވެ. ނަމަވެސް އެދަރިފުޅަށް އެދަރިފުޅުގެ މަންމަ ނެތްކަން އެނގޭ ދުވަހަކުން ވާނީ ކިހިނެއްބާއޭ ރިފާލްގެ ހިތަށް އެރިއެވެ.
އޮޕަރޭޝަނަށްފަހު ދަރިފުޅު ސަލާމަތްކުރެވުނު ނަމަވެސް އިބާގެ ވަކިވެދިޔުން ވީ އާއިލާއަށާއި ރިފާލްއަށް ކެތްކުރަން އުނދަގޫވި ކަމަކަށެވެ. އިތުރު ހަޔާތެއް ފެށުމެއްނެތި އިބާގެ ހަނދާނުގައި ހަޔާތުގެ ބާކީ އޮތްބައި ހޭދަކުރުމަށް ރިފާލް ނިންމީ އިބާދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ.
*******
އިބާގެ ޑައިރީ ކިޔުމަށްފަހު އެފަދަ ކިޔަމަންތެރި ދަރިއަކު ދެއްވި ކަމަށްޓަކައި ހަދީޖާއަށް ސުކުރު ކުރެވުނެވެ . މިދުނިޔޭގައި ހުރި އޭނަގެ ހަމައެކަނި ދަރިފުޅަށް އެހެންވީ އޭނަގެ ސަބަބުންކަމަށް މުޅިއުމުރު ދުވަހު ވެސް އޭނަގެ ހިތުގައި އޮންނާނެއެވެ. އެކަމަށްޓަކައި އަމިއްލަ ނަފްސަށް މާފުވެސް ނުކުރެވޭނެއެވެ. ނަމަވެސް އޭނަގެ ދަރިފުޅުގެ ހިތްމަޑުކަމާއި އޯގާތެރިކަން ފެނި އެހިތް އެކީ ބަދަލުވެގެން ހިނގައްޖެއެވެ. ދަރިފުޅަށް ހެޔޮދުޢާ ކޮށްދީ ދުޢާކުރެވުނު އަދަދުވެސް ނޭނގެއެވެ.
*******
ދަރިފުޅު ރޯލި އަޑާއިއެކު ރިފާލް އައިސް އެތުއްތު ދަރިފުޅު ނަގާ އުރާލަމުން ލޯބިކޮށްލިއެވެ. އިބާ ދޫކޮށް އެދިޔައީ ހާދަ ބޮޑު އަމާނާތެކެވެ. އެއަމާނާތަށް އޭނަ ރައްކާތެރި ވާނެއެވެ. ދުނިޔޭގައި ހުރިހާ ހިނދަކު ދަރިފުޅަށް ފުރިހަމަ ރައްކާތެރިކަމާއި ހިމާޔަތް އޭނަ ދޭނެއެވެ. ދަރިފުޅުމެޔާލައި ބޮނޑިކޮށްލަމުން ބަންޑުން ޖަހާލާފައި އޮތް އިބާގެ ތަސްވީރަށް ރިފާލް ބަލާލިއެވެ. އެތަސްވީރަކީ ކައިވެނީގެ ރެއަށް އޭނަ ހެއްދި ފޮޓޯއެކެވެ. ނަމަވެސް ކޮޓަރީގައި ފޮޓޯ ބެހެއްޓުމަކީ ދީނީގޮތުން ރަގަޅުކަމެއް ނޫންކަމަށް ބުނެ އެފޮޓޯ އޭނަނެގީ އިބާގެ އެދުމުގެ މަތިންނެވެ.
އެފޮޓޯއިން އިބާގެ މޫނާއި ދިމާލުގައި ރިފާލް އަތްކާއްތާލީ އުމުރަށް ތިޔަ ލޯބީގައި ހުރީމޭ ބުނާ ފަދައިންނެވެ. ދެލޯ ހުޅުވާލައިގެން އޮތް ތުއްތު ދަރިފުޅު މޫނާއި މޫނު ކައިރިކޮށްލަމުން އެދަރިފުޅުދެކެ މަންމަ ވަރަށް ބޮޑަށް ލޯބިވާކަމަށް ރިފާލް ބުނެދިނީ ހިނިތުންވަމުންނެވެ. މިއަދަށްފަހު ކަރުނަ އަޅައި ނުރުއިމަށް އޭނަ ނިންމިއެވެ. ތުއްތު ދަރިފުޅު ގެނެސް މެޔާލައި ބޮނޑިކޮށްލަމުން ރިފާލް ދެލޯ މަރާލީ އިބާގެ ރީތި ތަސްވީރު ހިތުގައި ކުރަހާލަމުންނެވެ. (ނިމުނީ)
127 Comments!
Comments are closed.





Assalaamalaikum. Koba huriha kudhin kihineh? V bxy koh ulhemunves hama thikudhin mathin handhaan vaa varun liyeli short story eh mee. Unmeedhukuran huriha kudhinnah ves kamudhaane kamah. Dhigu vaahaka eh liyumuge masakkaiyves eysh eba kuran vaguthu vaa varun. Good nyt all. Lysm. And miss u all ????????
Oh eysh…Jazlee hama gud..Lym nd miss u..
Curiously, waitin fr the nxt prt??
Masha allah, your idea is too bright
Eysh ge vaahaka thakah 100 dhey varu vey…
Nd eysh ge haalu kihineh?
Eysh ge ehn vaahaka akah wait kuran…
*plx do reply fr my cmmnt…
Jazlee dhoonee dear so happy to kno u r doing grt. Awn so happy to kno that dear. Eysh ge haalu hama v ragahu Alhamdhulillaahi. Thank u so much dear. Vvv ufaavehje story kamudhiyaeema. Insha Allaah soon new story eh genesdheynan. V ufaavehje dhuvaskolhakah fahu bahdhaluveema. Lysm nd miss u too dear. ?????????????????
Awwwwn MSA story vvv reethhi. Vvvv touching
Thank u so much Anonymous dear. Vvv ufaavehje story kamudhiyaeema. ??????????? ? first dho mifaharu?
This story is just…wowww. Kiyaa nimun iru hama rangalhah ves rovifa inee…??
Thank u so much dear. Vv ufaavehje dear ah story kamudhiyaeema. Hehe maa bodah nurohchey ??????????
Speechlex.. v salhi.. mulhin rovvaalaifi???..hehe.. saabahey sis?
Lotus sis dhuvaskolhakah fahu dhimaaveema v ufavehje. Thank u so much dear. Maa bodah nurohchey hehe. V ufaavehje story kamudhiyaeema ????????????
Alhey eysh loabikolhu haadha reethi vahaka ekey ❤❤❤❤
Any dear dhoonee dhuvaskolhakah fahu dhimaaveema v ufaavehje. Thank u so much dear. Vv ufaavehje story kamudhiyaeema ??????????????
Masha Allah …this is awesome story❤❤❤?????
Shiman dhoonee so happy dhuvaskolhakah fahu dhimaaveema. Thank u so much dear. Vvv ufaavehje story kamudhiyaeema ???????????????
Thelaseemia kudhin baby’s hoadhu mee nuvaanay kameh tha??
My dear Naa. Thalaseemia kudhin ves baby hoadhaafa ebahuri. Ekam eysh dhanna kuhjjakah dhimaavi haadhisaa akah binaakohffa liyefa meenee. ?????
Aysh… vv reethi mi story ves… next story ge inthizaaruga hama???
Thank u so much Hajja dhoonee. V ufaavehje anehkkaaves dhimaaveema. Story kamudhiyaeema vvv ufaavehje ???????????????
Alhey story kiyaalaafa hama neynge bunaane ehcheh ves.. haadhahaaey furihamaeee.. haadha loabi story ekey.. hama kiyamun dhiyairu lolah fenna fadha.. sifakurun vvvv furihama.. maasha allah haadha molhey my dear. Kurin story ah vureves ibaaraaiy kurun furihama. Maana akee vvvv bodah kurierun libijjey.. so dhen thi liyaa story ah inthizaaru kureveny maa bodah.. hama serious koh mi vaahaka vvvvv reethi. Kiyaalaafa record kollaahiyvey varah.. thihaa sweet friend eh libuneema haadha ufaaveyey.. love u my dear.
Sheen dhoonee dear v ufaavehje dhuvadkolhakah fahu bahdhsluveema. Thank u so much dear. Alhey haadha happy vehjey kuree story ah vure improve v kan enguneema. Hehe. Record kuran v dho dear ah dheyn.
Owhhnnn im so happy too thikahala loabi loabi frnd eh libuneema. Cmnt kiyaalaafa bodu bodukoh hevilaafa meenee. Hrhe. Thank u so much dear. Love u too dear ????????????????
Waaaau hama rovihje vvvvvvv reethi???
Thank u so much Faisal dear. Vvvv ufaavehje story kamudhiyaeema. Owhnn nurohchey anehka. Hehe. ????????????????
v v v reeethi mie vaaahaka ??????????
Shaan dear v ufaavehje story kamudhiyaeema. Thank u so much shaan dear. V ufaavehje anehka v bahdhalu v ma. ????????????????
varah varah reethi.. Niha ah mi story kiyaalaafa hama rovijje.. masha allah eysh varah molhu hama.. it’s sooooooo beautiful ?????☺☺❤️
Niha dhoonee dear thank u so much. V ufaavehje story kamudhiyaeema. Awnn dear nurohchey. Hehe. ??????????????
Finally!! My eysh is back.. im soo glad to c u.. aslu unmeedhu kuri v vureves avahah new story eh up kohlan thi feshy… vvvvv ufaavejje… n im sure mi story vvv reethivaanekan… n kurin story ah vure dhiguvaane kamah unmeedhukuran… best of luck dear.. ?????????..
Mi kuru vaahaka ekey
Blackaholic dear im back with a short story ?? dhigu vaahaka ehves eba liyan. Ekam thikudhin mathin miss vaa varun reyga liyelaafa upkohli story eh mee. Mihaaru eysh liyamun midhanee thankolheh dhigu story eh. Ekam story nimendhen balaanan short stories genesdheveytho. Thank u so much dear for the support. Vvvv ufaavehjje. Miss u all ???????????????????
Pinkish pinker yes dear its a short story ????????
eysh ???????… miss u sooooo much ❤❤❤❤❤❤❤❤❤❤…. mi storyvx v v v v reethi v v emotional ?????????… good job eysh ???????…. waiting for your new story ????❤❤❤????
Pinky shifoooo dhooonee dhuvaskolheh fahun dear aa dhimaaveema v happy vehje. I miss the colorful cmnts. And Miss u tooo dear. Thikudhin mathi miss vaa varun dhuruga nuhurevigen upkohlli story eh mee. ??
Thank u so much dear. Vvv ufaavehjje. Keep waiting. New story eh Insha Allaah soon genesdheveytho balaanan ????????????????
Varah salhi vaahka eh ….. one of the best story..??
Zeena dear am soooooo happy dear ge cmnt kiyaalaafa. Vvv bodah ufaavehjje. ????????? thank u so much dear ??????????????????
Ohh… mee kuruvaahaka eh dhww?.. nuves kiyaala comment kohlyy… Masha Allah.. vv reethi mi story… hope to c a new story from u v soon??
Blackaholic dear hehe. Ehenves vedhaane maa bodah unmmeedhu kurevuneema dho. ??? vvv ufaavey thihaa bodah wait kuraathee eysh ge story ah. Insha Allaah soon new story eh genesdheynan. Thank u so much dear for the support and vvvvv ufaavehje dear ge cmnts thah kiyaalaafa. ?????????????????
Masha Allah story vv reethi?❤hagygy story ehtha v heevey?
Thank u so much Xaaaan dear. Dhuvaskolheh fahun dhimaaveema v happy vehje. V ufaavehje story kamudhiyaeema. Hageegathegge mahchah binaakoh liyefa in hiyaalee vaahaka eh mee. ?????????????????
Wow! Rovehje mi vaahaka kiyaafa?
Beautiful beautiful beautiful????
Nothing to say???
Thank u so much Riyaa dhoonee. V ufaavehje dhuvaskolhakah fahu bahfhslu v ma. Liyunu gady eysh ah ves rovunu hama. Egady heevee manzaruthah lolah fenunu hen. Vvvv ufaavehje story thihaa bodukoh kamudhiyaeema ???????????????????????
Varah loabi hama ahaame reethi vaahakaeh
Mariyam dear thank u sooo much. Vvvv ufaavehje story kamudhiyaeema. ???????????????????
Koba unique ?? Eysh e aii ey??dhn avahah bunebala loabi vaa vaahaka..???
BTW story is just awesome ingey eysh..
Pis pis dear thank u so much. Story kamudhiyaeema vvv ufaavehje. Eysh mi aee hama thikudhin mathin handhaan vaathee. ?????????????????????
Maa shaa allah.. vrh reethi story.. short story eh namaves eysh ge faraathun kiyaalan libunyma vrh ufalun mihury.. thank you eysh… story kiyaifa vrh asaru kohfi.. vrh vrh asarugadha.. hama vrh reethi.. anehkaaves ehn vaahakaeh avas mustaqbalegga kiyaalan libeyne kamah ummeedhu kuran..
Aesh dhoonee dear haadha happy vehje dhuvaskolhakah fahu dhimaaveema. Vvv ufaavehje cmnt kiyaalaafa. Insha Allaah dhigu story liyevendhen short stories thah upkuramun dhaanan. Thank u so much dear fr the support. ????????????????
Maasha allah the story is amazing. Eysh dhooni haadha reeti eyy mih storyy. Ehen vaahaaka eh avahaa up kohlah dheyy thih
Ehlee dhooni dear thank u so much. Vvvv ufaavehje story kamudhiyaeema. Insha Allaah soon new story eh genesdheynan. ???????????????????
Hey eysh..??????? what a surprise..??????? Haadha happy vejje ey kulli akah eysh ge story eh fenuneema ????♥♥♥♥ Btw… How’s you dear. !???????????
❤❤❤ماشاء الله❤❤❤
Varah loabi mi vaahaka ves. ???❤❤❤?? Varah kiyaa hithun kiyaalevunu story eh..???❤❤❤❤ Aneh story ge last episode ge comments ah reply eh nu kollaathee heekuree dhn eysh gelluny kamah.????????? keep going girl..??????? All the best..???????? Lysm..????????❤
Owhnn my sweet Maahy. Back with loabi loabi cmnt. So colorful. Haadha happy vey dear ge cmnt thah colorful vefa cute v ma. Eysh hama thikudhin mathin miss vaa varun reyga liyunu story eh mee.
Alhamdulillah eysh hama ok. Vvv ufaavehje mi story ves kamudhiyaeema.
Adhi miulheny rply nukurevigen. Last part v ma konme kuhjakah ves v swyt rply eh dheyn vegen aslu lasvanee ingey. Iraadhakureviyya eysh nugelleyne bodukameh dhimaa nuvanyaamu.
Time vaa varakun rply thah liyelan eba.
Lysm dear ????????❤❤❤❤❤???
Yayyyy my eysh is back…..??
Eysh this story is so touching and vvvvvv reethi…
Heekuri varah curves avahah eysh ge new story eh up veema vvvvvv vvvvv happy vejje….
Heekurany eysh ge new story ves varah avahah kiyaalan libeyne kamah…..
Eysh you are the best writer….
Dhonthxxx ge varah gina frndx ves ulhey eysh ge story reethivegen and maa avahah nimuneema thiby varah dheravefaaa…
Eysh plx let me know when u are gonna up ur next story…
Waiting……
All the best eysh…
Eysh thank u so much new story eh up kohdhineema
Finally sweet sweet Dhonthxxx aa ves dhimaa vehje. So happy dear. Yes dear. Hama thikudhin mathin miss vaathee mi aee. Hehe. Insha Allaah v avahah new story eh genesdheveytho balaanan. Awwnn v vvv happy vehje best writer ry buneema. Thank u so much dear.
Alhey asluvestha.. haadha happy vehjey dhonthxxx ge frnds ah vs eysh ge story resmethi v ma. Ekudhinnah ves eysh ge shukuru. Owhh. Dhen story eh insha Allaah thankolheh dhigukohleveytho balaanan. Dear eysh ah ehen seedha date eh bunan neynge. Ekam try kuraanan avaskureveytho. Ekam short story eh v avahah genesdheynan insha Allaah. Lysm dear ??????????????
Wow wow wow wow wow eysh haadha furihama asarugadha story ekey mee… Eysh haadha molhey… Hama rovihje rangalhahves mi story kiyaalaafa… V ves rythi… How r u dear???
Shann dhoonee dear vvv ufaavehje dhuvaskolhakah fahu anehka ves dhimaveema. Thank u so much dear. Soo happy. Awn nurohchey dear.
Alhamdhulillaahi eysh hama good. Hope u r doing ok too. Vvv ufaavehje story kamudhiyaeema ??????????????
So touching?
Owwwnnn… thank u so much Eleven dear. V ufaavehje anehka ves dhimaaveema ??????? so happy ❤❤❤??
Alhey????
????? thank u so much Jenna dear. Vvv ufaavehje story kiyaaleema ?????????????❤❤
Haadha reechey mivaahaka vvv furihama…
Chumpu dear thank u so much. Vvvvvv bodah ufaavehje storu kamudhiyaeema. ??????????????❤?❤
Masha Allah eysh Haadha molhey vaahaka liyan??
Varah varah varah reethi?
❤❤❤❤❤❤❤❤❤❤❤❤❤❤❤
Eysh ah haadha reethi name ekey SANA akee. Maasha Allaah. Sana dear thank u so much. Vvvvvv bodah ufaavehje story kamudhiyaeema. ??????????????❤?❤
The best writer in this esfiya site for me ????
And this story is very very beautiful and so touching ???
You mad me cry ???
Hrihaa story akah comment
Nukuriyas eysh story thah
Kiyan ????????
Keep going eysh ????
Awnnnnn u r so sweeeet. Mau dear thank u so much. Vvvvvv bodah ufaavehje best writer ey buneema. V bodah smile velaigen meenee ? story kamudhiyaeema ves v ufaavejje. Awnnn dnt cry ? really v happy dear. V ufaavehje stories thah kiyaalaa kan enguneema. Thank u so much dear. ??????????????❤?❤
Eysh ge story thah kiyan varah kiyaa hithun???
Kuru vaahaka eh viyas varah varah salhi????
Varah touching????
Mi vaahaka kiyaafa comment nukoh nuhurevunu??????
Varah habeys??
Ummedhu kuran varah avahah eysh ge story eh kiyaalan lebeyne kamah?
Lisa dear eysh haadha happy vehje thihaa interest aa kee eysh ge stories thah kiyaalaa kan enguneema. Vvvv bodah ufaavehjje. Thank u so much dear. Awwwnnnn so happy mi story kamudhiyaeema. Nd cmnt kohlleema v bodah ufaavehje. Mihaaru eysh ah engeyne lisa dear vs eysh ge story thah kiyaalaane kan. V bodah smile velaigen eysh meenee. Insha Allaah soon new stry akaa eku annaanan. ????????????????????????❤?❤?
Alhe vrh sad e vee goiy….varah reethi genesdheefa oiy goiy..keep it up dear?❤?
Faiha dear thank u so much dear. Vvvvv bodah ufaavehje story kamudhiyaeema. Ending sad dho mi story ge. Happy ending akah fahu sad ending eh mifaharu. Hehe. Vvv ufaavehje cmnt kiyaalaafa ?????????????❤?❤??❤❤❤
Masha Allah varah reethi mi story?????
I miss you so much eysh?
So happy mikahala reethi story eh eysh up kohdhineema??
And miss you miss you a lot ??
Ilyaa dhoonee dear thank u so much. Vvv ufaavehje story kamudhiyaeema. Awnnn miss u too dear.
V happy vehje eysh ves eysh ge story thakah thihaa bodah wait kuraathee. Thank u so much dear.
?????????????❤❤❤❤❤❤
Oh sorry for being late igey varah reethi mi stry comment maa lahun kurevuneema varah dheravefa mihuree??? but waiting for your upcoming stroy lysm❤??????????
Ree dhoonee dear dhuvaskolhakah fahu bahdhalu v ma vvvv ufaavehje. Its ok dear. Bxy ves vaane ehnu. I understand. Dont b sad. Thi aee ehnu. So im v happy. Thank u so much dear. V happy story kamudhiyaeema. Yes dear keep waiting.. ly ??????????????❤❤❤❤?❤❤❤
Eyshoo alhey u r the bst hama aslah ves haadha reehchey v touchin eysh hma fakkr nge ??
Awwnnn Roo dear eysh v vvv ufaavehje. Thank u so much. Hehe Eyshoo v nice ingey thi name ves. Story kamudhiyaeema ves v hapy vehje. Aslo v sweet ingey cmnt. ??????????❤❤❤❤❤❤?❤❤
unique miss vegen miulheny…… eysh ah eyna kuraa cute reply thah balan keih nuvey
How dare you use my name????
hama eh nujehey. thaleseamia ai behey evx echeh engigen liyefa oi vaahaka eh nun mieh…
My eysh is back ????
Varah surprise ves vehje eysh ge story eh fenuneema ??
Varah varah touching??
Mi story kiyaa Nimun iru inee hama rangalhah ves rovifa so so touching
And e boy ves Haadha rangalhey???
Ummedhu kuran mi kahala suprise eh varah avahah libeyne kamah ???
Yeeyyyys. Hehe. Thank u so much layaal dear. Vvvvvv bodah ufaavehje story kamudhiyaeema. V ufaavehje dhuvaskolhakah fahu bahdhalu v ma. Insha Allaah soon balaanan anehkaves suprise eh dheveytho mihen ulhelaafa. ??????????❤❤❤❤❤❤❤❤??❤❤❤❤❤
Woooww. V. Nice n touching dear.
❤️?
Thank u so much Xxxx dear. Vvvvv ufaavehje anehka ves dhimaaveefa dhuvaskolhakah fahu. V happy story kamudhiyaeema. ????????❤❤❤❤❤???❤❤❤❤❤❤
Varah varah varah reethi v furihama
Thank u so much Isha dear. Vvv vvvv ufaavehje story kamudhiyaeema. ???????????❤❤❤❤❤❤❤❤❤
vv dheravejje story ga veegoih kiyaafa……. vv sad… hope to see u a new story from u sissy
Thank u so much lovely dear. Dnt be sad dear. Insha Allaah new story akaa eku v avahah dhimaavaane kamah unmeedhu kuran ???????????❤❤❤❤❤❤❤❤❤❤❤
Sorry dear me ah miulheny kuda kameh dhimaavegen midhuvaskolhu esfiya site aa v dhuruga bt I missssss u soooo much n nw mailvx libihje ingey dear thank you sooo much ingey dear mail ah rply kuraathy aa n next story eh ehaa avahah genasdhinyma… Eysh dhoonee your the best writer in this esfiya site for me ingey n this story is vvvvvvvvvvvvvvvvv beautiful n so touching eysh dhoonee..
Naju dear vvv ufaavehje dhuvaskolhakah fahu dhimaa v ma. Thank u so much dear. Hope everythng will b ok. Miss u too dear. Awwwn so happy thihen buneema. V bodah ufaavehje. V ufavehje story kamudhiyaeema. ??????????????❤❤❤❤
Yesssss eysh ge story eh kiyaalan libunee mi….vvv reethi and eargly waiting for ur new story..?❤???
Thank u so much Shafa dear. Yessssss dear. Vvvv happy vehje story kamudhiyaeema also story ah thihaa bodah wait kuraathee vakin bodah ufaavey. Insha Allaah soon new story eh genesdheynan. ????????????❤❤❤❤❤❤❤❤❤❤????
Masha Allah????
Varah furihama story eh?
Bunaane ehcheh ves neh ?
Super?
Thank u so much Zeek dear. Vvv ufaavehje story kamudhiyaeema. ????????????????
sissy hi…. sorry ingey me ah vaahaka kiyan milibuny adhikiriyaa im vvvv busy with my exams hope u will forgive me n kury ge gothah me miss vaane kamah………. sissy im so soooo sry someone used my name n commented haadha ladhukuda comment thakekey i just cant believe bt anyways i dont want act so odd i feel so awkward after seen those n sissy sooo happy to see ur new story its so heart touching sissy aa vvv gulhey loabyge vaahakaa heheh just saying
Unique dear thank u so much. V ufaavehje story kamudhiyaeema. Its ok dear. Exam maa muhimmu vaane ehnu dho.
V ufavehje dhuvaskolhakah fahu anehka ves dhimaaveema. Best of luck. ????????????????????
hi sissy…… missed u a lot… happy to see ur new story its just amazing…. im happy u came back busy kamun story kiyan milibuny miadhu i really am happy to see u n next story ah ves i will wait…. im sooo soooo sorry sissy me ge namuga vvvv hadi reply thakeh eba huri koffa i just hate that but idm cox ik u will trust me that i didnt do that i will always support u sis
hey idiotic unique… amillayah eysh Moya vegen ulhe ulhefa ehen myhun bolah kandaane kameh nei ingey.. adhi ebe ulhe ehnu eysh miss vaa kamah hedhigen… and eysh kuryge vaahakaige enme last part ga innaane reply kohfa.. balaalacchchey ingey.. hehhehehhehheh… I knw that u bunikan reoly kuraakah beynumeh nooney.. ekam ves dh plx mi comment ah reply kohlachcheh ingey.. vv talk kohlaa hih ebavey sweet sweet unique kolhu aa..
reply*
oh BROKEN ENGLISH GUY
Yes baby??l
Wow……
Waiting for the next episode…… avaskolachey
Buro mii kuru vaahaka ekey
dhw
Unique… Ummm LM sorry
I’m***
Thank u so much Jammy dear. V ufaavehje story kamudhiyaeema. Its a short story dear. Insha Allaah soon new story eh genesdheynan. ??????????????????
Its ok……. But I was really sad dhw I felt really bad when neygey u told like that cox u don’t knw me n dhw……. Hehehehe no hard feelings..????☺??
ހަމަ ރޮށްވާލާފި …..ހަމަ ރޮށްވާލާފި …..އޭޝް ވަރަށް މޮޅު މީހުންގެ ހިތާ ކުލެން….. އަދި މިވަރުގެ ވާހަކައެއް ލިޔެބާ ސީރީސް ގޮތަށް ހުރިހާ އެކްސްޕްރެޝަން އެއް ހިމެނޭ ގޮތަށް……. ..ތެދަށް ބުނަނީނަމަ މީ އަހަރެންގެ ހިތާ ކުޅެޅި ދެވަނަ ވާހަކ
Hehe. V ufaavejje story kamudhiyaeema.?? Vvvv ufaavehje mi cmnt kiyaalaafa. ????Thank u so much dear. ??New story eh start kohffin. ???❤❤❤❤❤❤❤❤❤
I’m sooo sooooo happy to see ur reply after sooo many days sissy ??☺? n pis pis umm I’m sorry too…. Heheheh we were behaving weird these days Hehehehe but I don’t even knw u
Thank u so much dear. ?❤?❤?❤
U are right unique… So friends ???
of course heheh
BTW who are u??? ??
sorry to ask if it was personal dont mind ingey im like that only
Unique kon rashehtha?
umm y????? first my question plxxx…. im frm huvadhu atoll n u???? isnt it awkward
?? umm y u asked ?????
I’m from fuvahmulah.. hama balaaly mirashu kujjeh tho.. hehehehe…
unique ulheny grade 10 ga tha??
oh ehndhw hahahahah… im in 11 heheh n u 10 dhw heheheh
Yeah!!
majaa majaa enjoy
Thibuny?? Fahu year v ma enjoy kuraashey??
Nop…. Heheh just saying its a public site we shouldn’t talk like this I guess heheh… Its not gud…. But best of luck ingey for ur exams n all
Vrh reethi
Thank u so much ashko ???????? v ufaavehje story kamudhiyaeema ?????????❤❤❤❤❤❤❤❤❤❤❤❤
varah reethi vaahaka eh. asarugadha, sifakurun molhukamun kaaruna hilunu, kehttherikan foniveynakah hadhaidhin vaahaka eh. vaahaka in libbaidhin ibraiythah gina: (1) mainbafainge loabi; (2) an’begge loabi; (3) thedhuveri firiyegge loabi; (4) kulunaai oagaatherikan; (5) bali sirru nukuran; adhi (6) dheenverikan.
Thank u so much dear ???????? haadha bodakah ufaavehjey story kamudhiyaeema Alhamdhulillaahi ???????vvvv ufaavehje point thah highlight kohla dhineema??❤❤really very sweeeet ??????? thanks a lot. Vvvv bodah ufaavehje mi cmnt kiyaalaafa????❤❤❤❤❤❤❤❤❤❤
V v v reethi mivaahaka