Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބި ނުވިޔަސް ފިރުމާލަދީ…..31

Ushaali Level 810 Stories100 Comments100 Stories500 Comments
May 3, 2018 9 Mins Read
63 Comments

“އަހަރެން ރިމީ އަށް ދިން އަނިޔާތަކަށް ބަލާފައި މީ އަދި އެއްވެސް އެއްޗެއްނޫން. ހެހެހެ…. އަމިއްލަ ފުރާނަދޭން ވެސް ތައްޔާރު. އަހަރެން މިވަގުތު ދިޔަސް އަދި އަންނާނަން. ތިލޯބި ލިބެންދެން ހިތްވަރު ކުރާނަން…ފަހަތަށް އެންމެ ފިޔަވަޅެއް ވެސް ނާޅާނަން” ރިމީޝާ ނުބަލާ ހުރި ވަގުތު އައްޔަދު ކުރިއަށް ޖެހިލާ ރިމީޝާގެ އަތްތިލަ ނަގާ ބޮސްދިނެވެ. އެމަންޒަރު އެވަގުތު ހުޅުވާލާފައި ހުުރި  ދޮރުމައްޗަށް އެރި ޝިނާނަށް ރަނގަޅަށް ފެނުނެވެ.

 

 

“ޝިން!!!” ރިމީޝާގެ ދެތުންފަތް ދޭތެރެއިން ވައި އަޑުން ނިކުތެވެ. އައްޔަދުު އެދިމާ ބަލާލިއެވެ. އިސްޖަހާލައިގެން ހުރި ޝިނާން އާއި އައްޔަދު އަރާ ހަމަވުމުން ޝިނާން އިސްއުފުލާ އައްޔަދަށް ބަލާލިއެވެ. އެވަގުތު ރިމީޝާ ފޮނުވާލި ހަމަލާގެ ސަބަބުން ރަތްއަރާފައި ހުރި އައްޔަދުގެ ތުންފަތް ފެނުމުން ޝިނާނަށް ނެގުނީ މުޅިން އެހެން މާނައެކެވެ. ހިތުގައި ހީވީ އަނިޔާވެރި އަތަކުން ހިފާ ފިތާލިހެންނެވެ. ދެން ބަލާލީ ދުރުގައި ހުރި ރިމީޝާއަށެވެ.

“ސޮރީ ބްރޯ…” ޝިނާންގެ ކޮނޑުގައި ޖަހާލަމުން އައްޔަދު އެބައިން ނިކުމެގެން ދިޔައީ އަދި އެއްފަހަރު ރިމީޝާ އަށް ބަލާލާފައެވެ.

“ބަޑީ!! އުއްމީދުކުރަން ދެން މިބައިން ނުފެންނާނެ ކަމަށް” ހިތްހަމަނުޖެހިފައި ހުއްޓަސް ޝިނާން ވާހަކަދެއްކީ މަޑުންނެވެ. އެއްވެސް ރުޅިވެރިކަމެއް ނެތިއެވެ. އައްޔަދު ބަދަލުގައި އެއްޗެއް ނުބުނެ ދެކޮނޑު އަރުވާލަމުން ކުރިއަށް ހިނގައިގަތެވެ.

ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު ވެސް ޝިނާނާއި ރިމީޝާ ހުރީ ހަމަ ކުރިން ވެސް ހުރި ތަނުގައެވެ. އެކަކުވެސް އަނގައަކުން ނުބުނެއެވެ. އެތެރެއަށް ނުވަދެ ޝިނާން ހިނގައިގަތުމުން ރިމީޝާ ޝިނާނަށް ގޮވާލިއެވެ. ނަމަވެސް ޝިނާން އިވޭކަމަށް ނަހަދާ ކޮނޑުގައި އަޅުވާފައި އޮތް ބެކްޕެކާއެކު ދިޔައީއެވެ. ރިމީޝާ ހިތުގައި ޖެހުނެވެ. އެހާ އަވަހަށް އިތުބާރު ގެއްލުވާލީ ހެއްޔެވެ؟ ނުވަ އަހަރުދުވަހު ވީ ލޯތްބަކީ މިއީ ހެއްޔެވެ؟ ސިކުންތެއްގެ ތެރޭގައި ފެނުނު ހަގީގަތެއްނެތް ފިލްމެއްގެ މަންޒަރު ހަމަ އެހާ އަވަހަށް ގަބޫލުކުރީ ހެއްޔެވެ؟ ޝިނާން ފަހަތުން ދާން އުޅެފައި ވެސް ރިމީޝާ އެނބުރި ދިޔައީ މިޝްކު ކައިރިއަށެވެ. އައްޔަދު މޮޔަގޮވި އަޑާއި މަންޒަރުތައް ވަނީ މިޝްކު އަށް ވެސް ފެނިފައެވެ. އެ ކުޑަ ހިތަށް އަރާނީ ކީކޭ ކަމެއް ވެސް ނޭނގެއެވެ. ކޮޓަރިއަށް ވަދެގެން ދިޔައިރު މިޝްކު ހަމައަކަށް އަޅުވަން ދައްކާނެ ވާހަކަތައް ރިމީޝާގެ ހިތުގައި ރާވާލިއެވެ.

**********************************

މިޝްކު ރަނގަޅަށް ނިދާ ހަރުވުމުން ރިމީޝާ ކޮޓަރިން ނިކުމެ ސިޓިންގްރޫމުގައި ހުރި ބޮޑު ގަޑިއަށް ބަލާލިއެވެ. އެގާރަ ގަޑި ބައިވަނީއެވެ. އަދިވެސް ޝިނާންގެ ހަބަރެއް ނުވޭއެވެ. އަލުން ކޮޓަރިއަށް ވަދެ ދެން އައިރު އަތުގައި ފޯނު އޮތެވެ. މެސެޖެއްހާ ވަރު ވެސް ކޮށްފައެއް ނެތެވެ. ރިމީޝާ ހިތުގައި ޖެހުނެވެ. ދެ ފިކުރެއްގައި ހުރެ ޝިނާންގެ ނަންބަރަށް ޑަޔަލް ކޮށްލިއެވެ. ފޯނު ތިރިކޮށްލީ އެކޮޅުން ދިން ޖަވާބަކުންނެވެ. ފޯނު ނިވާލާފަކަމަށް ބުނުމުން އިތުރަށް މާޔޫސްވިއެވެ. ކޮޓަރިއަށް ވަދެ ފޯނު ސައިޑްކަބަޑް މަތީގައި ބާއްވާފައި ވަނީ ފާހާނާއަށެވެ. ގައި ދޮވެލައިގެން ނިކުތީ ކައިވެނީގެ ފުރަތަމަރޭ ޝިނާން ހަދިޔާކުރި ނައިޓީގައެވެ. ގައިގާ ލޯޝަން ހޭކުމަށްފަހު ރިމީޝާ ނިދަން ތައްޔާރުވެ އެނދަށް އެރިއިރު ވެސް އިރުކޮޅަކާއި ފޯނަށް ބަލާލައެވެ. ޝިނާންގެ ހަބަރެއް ވޭތޯއެވެ.

“ޕްލީޒް ޝިން. ތި ދިޔަ ތަނަކުން ދެން އުޅޭ އަންނަން.  ހުރިހާ ވާހަކައެއް ކިޔާދޭނަން…” އަމިއްލަ ނަފްސަށް އިވޭ ވަރަށް ރިމީޝާ ވާހަކަދައްކާލިއެވެ. ބޯރަޖާ ގަނޑުގެ ދަށުގައި ހަށިގަނޑު ދަމާލިއިރު މަޑުމަޑުން ދެލޮލަށް ނިދި ސަވާރު ވަމުން ދިޔައެވެ. ސިކުނޑި ވަރުބަލިވެ ނިންޖަށް އެދެމުން ދިޔަސް ރިމީޝާގެ ލޯ އެކަން ގަބޫލެއްނުކުރިއެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ހިތް ވަނީ ޝިނާން ދުށުމަށް އެދިފައެވެ. ޝިނާނަށް ހީކުރެވިފައިވާ ކުށްހީ ފިލުވާލުމަށް ނިހާޔަތަށް ބޭނުންވެފައެވެ. އެހެން އޮވެ އިރުކޮޅަކާއި އައްޔަދަށް ވެސް ހިތުން އެއްޗެހި ގޮވައެވެ. “އައްޔަދު ހީކުރަނީ އޭނާ އަކީ އޭނާ ހަދާނެ ގޮތެއް ހަދަން ގެންގުޅޭ ރޮބަޓެއް ކަމަށް ހެއްޔެވެ؟ ހިތަށް އެރީމަ އަނިޔާކޮށްފަ ހިތް ބަދަލުވެއްޖޭ ބުނެ ފިރުމާލުން އެއީ އިންސާފެއް ހެއްޔެވެ؟ އެއްވެސް ހާލެއްގައި އައްޔަދުގެ ޕަޕެޓަކަށް ވެގެން ހުންނަން ދެން ހަމަހިލާ ވެސް ނުދާނަމެވެ. އޭނާގެ ހަޔާތުގެ ބައިވެރިޔާ ކަލާނގެ މިހާރު މިވަނީ އޭނަ އަށް ދެއްވާފައެވެ. އައްޔަދު އެފެންވަރަށް ވެއްޓޭނަމަ ޝިނާނަށް ކުރިއަށް އޮތް ތަނުގައި މިކަހަލަ ކިތަންމެ މަންޒަރެއް އަދި ފެންނާނެއެވެ. ފިޔަވަޅެއް ނާޅާ ހުރުން އެއްގޮތަކަށް ވެސް ރަނގަޅެއް ނޫނެވެ. ނޫންނަމަ ދިރުއުޅުމުން އަތް ދޮވެލަން ޖެހޭ ދުވަސް އޮންނާނީ ބޯމަތި ވެފައެވެ”  ދެލޮލުންގެ އަރިމަތިން ވެއްޓެން ތައްޔާރުވި ކަރުނަތިކި ދެއަތުން ފޮހެލަމުން ރިމީޝާ އަނެެއްކާ ވެސް ބަލާލީ ކައިރީގައި އޮތް ފޯނަށެވެ. ޝިނާނާއި މެދު ފިކުރުކުރަން އޮތް އިރު މަޑުމަޑުން ދެލޮލުގެ އެސްފިޔަތަކަށް ބަރު ވަމުންދާ ކަން ވެސް އިހުސާސް ކުރެވެމުން ދިޔައެވެ.

އެންމެ ގަދަކޮށްލާފައި ހުރި އޭސީގެ ފިނިން ނިދީގައި އޮވެ ތުރުތުރު އަޅަމުން ދިޔަ ރިމީޝާގެ ހަށިގަނޑަށް ހޫނުކަމެއް އިހުސާސްވާހެން ހީވާން ފެށިއެވެ. އިހުސާސް ކުރަމުން ދިޔަ ގަދަ ނިދީގެ ސަބަބުން ދެލޯ ހުޅުވަންވީ އުނދަގު ކަމަކަށެވެ. ނަމަވެސް ހަށިގަނޑަށް އިހުސާސްވަމުން ދިޔަ އަރާމަކުން އޭނާ އަށް ދެލޯ ހުޅުވާ ބަލާލިއެވެ. ކޮޓަރިއަށް ވެރިވެފައިވާ ފަނޑު އަލިކަމުގެ ތެރެއިން ކައިރީގައި އޭނާ އަށް ބަލަން އޮތް ޝިނާންގެ މޫނު އޭނާ އަށް ފެނުނީ އައްޔަދުގެ ސިފައިގައެވެ.

“ކަލޭތަ؟ ވީވަރު ކުޑައީތަ؟” ނުރުހުމުގެ ރާގަކަށް ރިމީޝާ ބުނެލިއެވެ. އަދި ފުންމައިގެން ތެދުވެ ކުއިލްޓުން މުޅި ހަށިގަނޑު ފޮރުވާލިއެވެ. އަނދިރީގެ ތެރެއިން ފާޅުވާން ހުރި ޝިނާންގެ މޫނަށް ބަލަން ހުރީ ބިރުގަނެފައެވެ.

“ސޮރީ. ދާންވީތަ؟ ނޫނީ…..” ޝިނާން ވައިއަޑުން ރިމީޝާގެ ކަންފަތް ދަށުގައި ބުނެލިއެވެ. ރިމީޝާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އައްޔަދު ކަމަށް ހީކުރެވުނަސް އިވިގެން އެދިޔައީ ޝިނާންގެ އަޑެވެ. ހިތަށް ހަމަޖެހުން ލިބުނު ވަގުތު ހެވެން އުޅުނެވެ.

“ސޮރީ……ހީކުރީ…….”

“އައްޔަދު ކަމަށް ދޯ…..އެވަރު ކަމެއްނޫން. ސަތޭކަ އެއް ޕަސެންޓް އިރުބާރުކުރަން. އެތަނުން ދިޔައީ އައްޔަދު ދެކެ ރުޅިއައި ވަރުން. އަތުން ފައިން ގޯހެއް ހެދިދާނެތީ. ފޯނު ނިއްވާލީކީ ނޫން. ގެއަށް ވަން އިރުވެސް ބެޓްރި ފްލެޓްވެފަ އޮތީ. އަހަރެންގެ ފުރާނަ ފަދަ ލޯބިވާ ވައިފީ ދެކެ އަހަރެންނަށް ކިހިނެއް ރުޅި އާދެވޭނީ…..ބުނެބަލަ؟” ޝިނާން ލޯތްބާއެކު ރިމީޝާގެ ނިތުގައި ބޮސްދެމުން ބުނެލިއެވެ.

“ޝުކުރިއްޔާ އަހަރެންދެކެ ތިހާ ބޮޑަށް ލޯބިވާތީ އަދި އިތުބާރުކުރާތީ…” ޝިނާންގެ މޭދަށުގައި މޫނު ފޮރުވާލަމުން ރިމީޝާ ބުނެލިއެވެ.

“އެކަމަކު ދެކުދިން ވެގެން އެބަޖެހޭ އައްޔަދަށް ފިލާވަޅެއް ނަގައިދޭން. އަހަރެން ނޫން އިތުރު އެއްވެސް ފިރިހެނެއް ނޫން ގޮތަކަށް ރިމީއަށް ބަލާލަން ވެސް އަހަރެން ބޭނުމެއްނޫން. ވައިރޯޅިވެސް ރިމީގެ ހަށިގަނޑުގައި ބީހެން ޖެހޭނީ އަހަރެންގެ ހުއްދަ ލިބިގެން. މިއަދު އައްޔަދު އެކުރި ކަންތަކަށް އަހަރެން ދުވަހަކުވެސް އޭނަ އަށް މާފެއް ނުކުރާނަން….. އަހަރެން ރިމީ ޝެއަރ ކުރަން ބޭނުމެއްނޫން. އައްޔަދު ހީކުރަނީ ކީކޭ ކަމަށްތަ؟” ރިމީޝާ ގަޔާ ބޮނޑިކޮށްލައިގެން އިނދެ ޝިނާން ވާހަކަދައްކަމުން ދިޔައެވެ.

“އަޔާގެ އުނދަގު އަނެއްކާ ވެސް ބޮޑުވެއްޖެ. މާދަމާ މިކަން އަހަރެން ހަމައަކަށް އަޅުވާނަން. ޝިން ހާސްނުވޭ. މާދަމާ ޒާއްތަ އާއި ހަމައަށް މިކަން ގެންދާނަން” ރިމީޝާ ޝިނާނަށް ބަލާލަމުން ބުނެލިއެވެ. ޝިނާން ރިމީޝާގެ ބޮލުގައި ބޮސްދިނެވެ.

“ހެހެހެ… ވައިފީ!!! ލެޓްސް ކޮންޓިނިޔު…..” ރިމީޝާގެ ހަށިގަނޑު އިތުރަށް ގަޔާ ބޮނޑިކޮށްލަމުން ޝިނާން ބުނެލިއެވެ.

 

************************************

ހުޅުލެ ފެރީޓާމިނަލްގައި ފޮށްޓެއް ހިފައިގެން މަޑުކޮށްލައިގެން އަންހެންކުއްޖަކު ހުއްޓެވެ. ޕާކިސްތާން ހެދުމުގައި ހުރި އަންހެންކުއްޖާ ހުރީ މަޑު ފިޔާތޮށި ކުލައެއްގެ ހެދުމެއްގައެވެ. ކަރުގައި ހަމަ އެކުލައިގެ ލޭސްފޮތީގެ ދޯޕައްޓައެއް އަޅާފައިވާއިރު ފައިދަށުގައި ހުރީ ރިހިކުލައިގެ ތިރި ބޫޓެކެވެ. ކޮނޑާއި ހަމައަށް އޮތް އާދައިގެ ވަރަކަށް ފަން އިސްތަށިގަނޑު އޮތީ މެދުން މަގުފަޅާ ފަހަތަށް ދޫކޮށްލާފައެވެ. މަޑު ފިޔާތޮށި ކުލައިގެ ލިޕްސްޓިކަކުން ފަޅުފިލުވާފައިވާ ތުންފަތްމައްޗަށް ވަނީ ލުއި ހިނިތުންވުމެއް ވެރިވެފައެވެ. ދެފަހަރަކު އަތް ހޫރާލުމުން ކައިރިކޮށްލި ހުސް ޓެކްސީ އަށް އެކުއްޖާ ޑްރައިވަރުގެ އެހީތެރިކަމާއެކު ޓެކްސީގެ ޑިކީ އަށް ފޮށި އެރުމަށްފަހު ފަހަތުގައި ޖައްސާލިއެވެ. އަތުގައި އޮތް ފޯނު ނަގާ ޑިސްޕްލޭ ބަލާލީ އޭގައި ފެންނަން ހުރި ތަސްވީރަށް ތުންފަތުން އިޝާރާތްކޮށް ބޮސްދެމުންނެވެ.

ފުޓްބޯޅަ މެޗެއް ބަލަން ސޯފާގައި އޮތް އައްޔަދު ސިހުނީ ސިޓިންގްރޫމު ބެލް އަޅާ އަޑަށެވެ. ތެދުވެގެން ދޮރު ހުޅުވަންދާން މަސައްކަތަށް އައްޔަދު ބަދިގެ އާއި ދިމާލަށް ނަޒަރު ސީދާކޮށްލީ ޒާއިރާ ނުވަތަ ޝަނުމް ފެންނަން ހުރިތޯއެވެ. ތިރީ ޓައިލްސްތައްމަތީގައި ކުޅެން އިން އައިކު އަށް ހިނިތުންވުމެއް ދެމުން އައްޔަދު ތެދުވެގެން ދޮރާއި ދިމާލަށް ދިޔައެވެ. ދޮރުހުޅުވާލިއިރު މޫނު މައްޗަށް މަލުގެ ގުލްދަސްތާއެއް ހުރަސްކޮށްލައިގެން ހުރި ކުއްޖާ ފެނުމުން އައްޔަދުގެ ދެބުމަށް ގޮށްޖެހިގެން ދިޔައެވެ.

“ކާކު؟” އައްޔަދު ސުވާލުކޮށްލިއެވެ.

“ސަޕްރައިޒް ބޭބީ” ކުއްލިއަކަށް މާބޮނޑީގައި ފަހަތުގައި ނިވާވެގެން ހުރި ޖަނާން ބޯއަރިކޮށްލާފައި ބުނެލިއެވެ. ހިނދުކޮޅަކަށް އައްޔަދު ހުއްޓުން އެރިއެވެ. ޖަނާންގެ ފައިން ފެށިގެން ބޮލާއި ހަމައަށް ބަލާލިއެވެ. ގަބޫލުކުރަން ދަތިވެގެން ދެލޯ ދެފަހަރަށް ބާރަށް މަރާލާފައި ވެސް ހުޅުވާލިއެވެ. އެއް އަތުން އަނެއް އަތުގައި ވިކާލެވުނީވެސް އެއީ ހުވަފެނެއް ނޫންކަން ޔަގީން ކުރުމަށެވެ.

“ޖަނާން” އައްޔަދުގެ ދުލުން އެނަން ބޭރުވިއިރު ޖަނާން ހުރީ ބާރަށް އައްްޔަދުގެ ހަށިގަނޑުގައި ބައްދައިގެންނެވެ. މަދު ސިކުންތުކޮޅަކަށް ވެސް އައްޔަދު އަތް ހަރަކާތް ނުކުރިއެވެ. ކުރިމަތިން ފެނުނު މަންޒަރު ގަބޫލުކުރަން ބޭނުންނުވެފައި ހުރެވުނީއެވެ. ޝަނުމް އާއި ޒާއިރާ އަށް ބޭރަށް ނިކުމެވުނީ އައްޔަދު އެގޮތުގައި ހުއްޓައެވެ.

“ކާކު ދޮންބޭ!” ޝަނުމް ކުރިއަށް ޖެހިލާފައި ބުނެލިއެވެ. އެވަގުތު އައްޔަދުގެ ގައިން ދޫކޮށްލުމަށްފަހު ބޯއަރިކޮށްލާ ޖަނާން ޝަނުމް އަށް ބަލާލިއެވެ. ޖަނާންގެ މޫނު ފެނުމާއެކު ޒާއިރާ އަށް ވެސް އަދި ޝަނުމް އަށް ހައިރާންކަމެއް ލިބި ހިތުގައި ފޫހިކަމެއް އުފެދުނެވެ. އެކަމުގެ ސަބަބުން ވަގުތުން ދެމީހުންގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.

“ކަލޭތަ؟” ހިތްހަމަނުޖެހިފައި ޝަނުމް ބުނެލިއެވެ. އައްޔަދު ޝަނުމް އަށް ބަލާލީ ޝަނުމްގެ ވާހަކައިގެ ރާގު ހުރި ގޮތުންނެވެ. ޖަނާންއަށް ދެލޯ އަޅައިގެން ހުރި ޝަނުމް ފެނުމުން މިފަހަރު އައްޔަދުގެ ރޫހަށް އެއްވެސް އަސަރެއް ނުކުރިއެވެ.

“ޝައްނު!! ޒާއްތާ!! އާނ އަހަރެން. މިއައީ އަޔާ ކައިރިއަށާއި އަހަރެންގެ ދަރިފުޅު ކައިރިއަށް. ދެން ދުވަހަކުވެސް ނުދާނަން” ހީލާފައި ޖަނާން ބުނެލިއެވެ.

“ކާކު ކަލެއަށް މިގެ ދެއްކީ. ކާކު ކަލޭ ކައިރީގައި ބުނީ މިގެ ކަލެއަށް ބޭނުންވެފައޭ ހުރީ. ކާކު ކަލޭ ކައިރީގައި ބުނީ މިގޭގައި ކަލޭގެ ދަރިއަކު އެބަހުއްޓޭ” ޒާއިރާ ހިތްހަމަނުޖެހިފައި އެއްފައްޗަކަށް ކިޔާލިއެވެ. ވަގުތުން ޖަނާންގެ މޫނުމަތި ރޯޝަން ކުރަމުން އައި ހިނިތުންވުން ފިލައިގެން ދިޔައެވެ. ބަލާލީ އައްޔަދަށެވެ. އޭނާގެ ދިފާއުގައި އައްޔަދު އެއްޗެއް ނުބުނުމުންނެވެ. އައްޔަދު އެހެން ދިމާލަކަށް ބަލާލިއެވެ. އެވަގުތު ޝަނުމްގެ ފައިގާ އައިސް ބައްދާލި އައިކު ފެނި ޖަނާންގެ ދެލޯ ފުރިގެން އައެވެ. ދަރިފުޅުގެ މުހިއްމުކަން އަދި ކިރިޔާ އޭނާ އަށް އިހުސާސްވީއެވެ. އައިކު އާއި ދިމާލަށް ފިޔަވަޅެއް އަޅާލިއިރު އެހިތުގައި އުފެދިފައިވާ މައިވަންތަކަމުގެ ލޯބި އުތުރި އަރަމުން ދިޔައެވެ. އަނގައަށް އިނގިއްޔެއް ލައިގެން އައިކު ބީރައްޓެހި ގޮތަކަށް ޖަނާނަށް ބަލަން ހުއްޓެވެ.

“ހަބަރުދާރު. މީ ކަލެއާއި ވާ ދަރިއެއް ނޫން” ޖަނާން އައިކުގެ އަތުގައި ހިފުމުގެ ކުރިން ޝަނުމް އައިކު އުރާލިއެވެ. އައިކު ކަންބޮޑުވެފައި ވާނުވާ ނޭނގި ތުންފަތް ފިއްތާލިއެވެ. ޝަނުމްގެ އަޑު ބާރުވުމުން ކުޑަކުޑަ އައިކު އަށް ހީކުރެވުނީ ޝަނުމް އެއްޗެއް ބުނީ އޭނަ އަށް ކަމަށެވެ.

“ހެޔޮނުވާނެ. އަހަރެން މިހުރީ ބަދަލުވެފައި. ހަމައެކަނި އަޔާ އާއި އަަހަރެންގެ ދަރިފުޅަށްޓަކައި. އަހަރެން ތިގޮތަށް ދުރުކޮށްނުލާ. އަހަރެންނަށް ހެވާއި ނުބައި ވިސްނިއްޖެ. އަހަރެން އައިކު އުރާލަންދީ. ޕްލީޒް” ޖަނާން ދެއަތް ޖޯޑުކޮށްލަމުން ޝަނުމް ކުރިމަތީގައި ހުރެ ބުނެލިއެވެ.

“ޝައްނު! ޖަނާން އަތަށް އައިކު ދީ. އެކަމަކު އައިކު ބޭނުމިއްޔާ” ފަހަތަށް ބަލާވެސްނުލާ ހުރެ އައްޔަދު ލައިގެން ހުރި ސޯޓުގެ ޖީބަށް ދެއަތް ޖަހާލަމުން ބުނެލިއެވެ. ޝަނުމް ގަބޫލުނުކުރެވިފައި އައްޔަދަށް ބަލާލިއެވެ. ދެން ޝަނުމް ބަލާލީ ޖަނާނަށެވެ. އޭރު ޖަނާން އެއް އަތުން ދެލޯ ކައިރި ފޮހެލަމުން ކުރިއަށް އަތް ދިއްކޮށްލީ އެއަތުގެ ތެރެއަށް އައިކު ލައިދިނުމަށް އެދިއެވެ. ޝަނުމް އައިކު ގަޔާ ދުރުކޮށްލަމުން ޖަނާން އަތަށް ދިއްކޮށްލިއެވެ. އެވަގުތު ތަނުގައި ހީވީ ބޮމެއް ގޮވި ހެންނެވެ. ޖަނާން ހިފުމުގެ ކުރިން އައިކު ޝަނުމްގެ އަތުން ލޫދިގެން ގޮސް ތިރިއަށް ފޭބިއެވެ. އައިކުގެ ރުއިމުގެ އަޑާއެކު އެބަޔަށް ލިފްޓު ހުއްޓުނު އަޑު ވެސް އިވިގެން ދިޔައެވެ. އެންމެންގެ ނަޒަރު ލިފްޓާއި ދިމާލަށް ހުއްޓުނު ވަގުތު އެއީ ލިފްޓުން މިޝްކު އަތުގައި ހިފާލައިގެން ރިމީޝާ ނިކުތް ވަގުތެވެ. އައިކު ގޮސް ބައްދައިަތީ ރިމީޝާގެ ފައިގައެވެ. އެތަނުން ޖަނާން ތަފާތު ގޮތަކަށް ފެނުމުން ރިމީޝާ ހުއްޓުމެއް ލިބިފައި ވަނިކޮށް ހަމަބިމަށް ގެނައީ އައިކުގެ ޅަ އަޑުންނެވެ.

“މަންމީ!” ރިމީޝާ އަތުގެ ތެރޭގައި އޮތް މިޝްކު އަތް ނައްޓުވާލުމަށްފަހު ރިމީޝާ އައިކު ނަގާ އުރާލިއެވެ. މޫނުގައި ބޮސްދެމުން ދެލޯ ފޮހެދިނެވެ. އައިކު ގިސްލަމުން ރިމީޝާގެ ކަރުގައި ބައްދާލިއެވެ. އެމަންޒަރު ބަލަން ތިބި އެންމެންގެ ދެލޯ ވަނީ ކަރުނުން ތެންލާފާއެވެ. ހިނިތުންވުމެއް އެންމެންގެ ތުންފަތްމައްޗަށް ވެރިވެފައި ވާއިރު އިސްޖަހައިގެން ހުރީ އެކަނި ޖަނާނެވެ.

“ނިދުނީ ކަންނޭނގެ. ދޭ ބާއްވާލަން. އަން. މި ހިފައިގެންދޭ. މީ މިޝްކޮ އައިކު އަށް ގެނެސްދިން ކުޅޭއެއްޗެއް. މިއައީ ވެސް މިޝްކު މި ހިފައިގެން އަންނަން ބޭނުންވީމަ” އިރުކޮޅެއްގެ ހީމޭންކަމަށްފަހު ޝަނުމް ކައިރިއަށް ގޮސް އައިކު ޝަނުމް އަތަށް ދެމުން ރިމީޝާ ބުނެލިއެވެ. އަދި މިޝްކު އަތުގައި ކޮތަޅަކަށް ލާފައި އޮތް ބޮޑު ކުޅޭކުޅޭ ބަޑިއެއް ޝަނުމް އަތަށް ދިނެވެ. ނިދިފައި އޮތް އައިކު އާއި ކޮތަޅު ހިފައިގެން ޝަނުމް އެތެރެއަށް ވަނުމުން ރިމީޝާ ބަލާލީ ދުރުގައި އިސްޖަހާލައިގެން ހުރި ޖަނާނަށެވެ. އައްޔަދު ރިމީޝާ އަށް ބަލަންހުރީ ފެންކަޅިވެފައިވި ދެލޮލަކުންނެވެ.

“ޖަނާން!!! ކިހިނެއްތަ ހާލު؟  ހާދަ ތަފާތޭ މިހާރު” ރައްޓެހިގޮތަކަށް ރިމީޝާ އަހާލިއެވެ. ޖަނާން ރިމީޝާ އަށް ބަލާލީ ރުޅިވެރި ދެލޮލަކުންނެވެ.

“ކަލޭ އަދިވެސް ހިތްނުފުރެނީތަ؟ ބުނަން. އަބަދުވެސް ބުނަމެއްނު އަހަރެންގެ އާއިލާ އަށް ވަންނަން ނޫޅޭށޭ” ރިމީޝާ އަށް އިނގިލި ދިއްކޮށްލަމުން ރުޅިވެރިކަމާއެކު ޖަނާން ބުނެލިއެވެ. ރިމީޝާ ނޫންކަމަށް ހަދާފައި ބަލާލީ ކައިރީގައި ހުރި މިޝްކު އަށެވެ. ހީލާފައި މިޝްކު އާއި އެއްހަމައަށް ތިރިވެލާފައި ރިމީޝާ މިޝްކުގެ މޫނުގައި ފިރުމާލިއެވެ.

“ދަރިފުޅު ބުނީމެއްނު ފެންބޮވައޭ. ދޭ ޝައްނުދައްތަ ކައިރީގައި ބުނަން ފެންފޮދެއް ދޭށޭ” ރިމީޝާ ބުނި ބަސް ގަބޫލުކޮށް މިޝްކު އެތެރެއަށް ވަދެގެން ދިޔައެވެ.

“ކޮންމެހެން މާ މާތް މީހަކަށް ވާން އުޅޭނެކަމެއް ނެތް. އަޔާ!!! ޕްލީޒް ހިނގާ މިތަނުން އަހަރުމެން ދާން އައިކު ގޮވައިގެން. އަޔާ ބުނީމެއްނު އަހަރެން ދެކެ ވަރަށް ލޯބިވެޔޭ” ދުރު ބަލަހައްޓައިގެން ހުރި އައްޔަދުގެ އަތުގައި ހިފާ ތަޅުވާލަމުން ޖަނާން ބުނެލިއެވެ.

“އަހަރެންނަށް ޖަނާންގެ ތި އެދުން ފުރިހަމަކޮށްދެވޭކަށް ނެތް. ޖަނާން އައި ތަނަކަށްދޭ. އަހަރެންގެ ދިރިއުޅުން މިހާރު ޖަނާނަކަށް ބޭނުމެއްނުވޭ” މަޑުމައިތިރިކަމާއެކު އައްޔަދުގެ ޖަވާބު އިއްވާލުމަށްފަހު އެތެރެއަށް ވަދެގެން ދިޔައެވެ. ޒާއިރާ ވެސް ތުން އަނބުރާލާފައި ވަދެ ދޮރު ލެއްޕިއެވެ. ޖަނާން މުޅިން ގޮތް ހުސްވިއެވެ. ދުނިޔެއަށް ލޯ ހުޅުވި ވިސްނެން ފެށިއްސުރެ ފަށައިގެން ނުބައި ފާހިޝް އަމަލުތަކުގެ ތެރޭގައި މުޅި ނަފްސު ބަނދެވިފައި ވަނިކޮށް އޭނާ ދުނިޔެއަށް ލޯ ހުޅުވިފައި ހުރީ ކުރިމަތިވި މަރުގެ އެތިފަހަރެއްގެ ސަބަބުންނެވެ. މީގެ ދެ މަހެއްހާ ދުވަސް ކުރިން ބޭރުގެ ފަން ކްލަބެއްގައި ނުދަންނަ ފިރިހެނަކާއެކު ޒިނޭ ކުރަމުން ދަނިކޮށް އޭނާ އަށް ދިމާވީ ގަބޫލުކުރަން ވަރަށް ބޮޑަށް ދަތިވި ހާދިސާއެކެވެ. ހޭނެތުނު ގޮތަށް ބަރަހަނާ ހާލުގައި އޭނާ ދޫކޮށްލާފައި އެމީހާ ފިލައިގެން ދިޔައީއެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ވެސް ފިރިހެނުން ތަކެކެވެ. އެވެސް އެމީހުން ބޭނުން އުފާތައް ހޯދުމަށް ފަހުގައެވެ. ލިބުނު އަނިޔާތަކަށް ފަހު އެތައް ދުވަހަކު ކޯމާއެއްގައި އޮވެފައި އޭނާ ދެލޯ ހުޅުވާލީ މުޅިން އެހެން ދުނިޔެއަކަށެވެ. މައިންބަފައިންނާއި ދެކޮޅުވެ އޭނާ ދިވެހިރާއްޖެ އަށް އެއައީ ލޯބިވާ މީހުންގެ ހިތުން ޖާގައެއް ހޯދުމަށެވެ. ހުންނާނެ ތަނެއް ހުރެގެނެއް ނޫނެވެ. އައްޔަދު ކައިރިއަށް އައީ އެ އަތުގެ ހިމާޔަތް ލިބި އިތުރަށް އިސްލާމްދީނަށް ދެލޯ ހުޅުވާދޭނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް މިވީ އޭނާ އުއްމީދު ކުރި ގޮތެއް ނޫނެވެ. އައްޔަދު އޭނާ ބާކީ ކުރީއެވެ. އެކަން އެގޮތަށް ވާނެކަން ކުރިން ވިސްނުނުނަމަ އޭނާ ނުދަންނަ ބަޔަކު އުޅޭ ތަނަކަށް އަމިއްލަ މައިންބަފައިން ދޫކޮށްފައި ނައީހެވެ. ހަށިގަނޑުގެ ވާގި ދޫވެ ތިރީގައި އިށީނދެވުނު ވަގުތު އޯގާތެރިކަމުގެ އަތެއް ދިއްކޮށްލީ އެމީހެއްގެ ދިރިއުޅުން އޭނާގެ ދެއަތުން ހަލާކުކޮށްލި އިންސާނާއެވެ. ލަދުން އިސް އުފުލާލަން ވެސް ޖަނާނަށް ނުކެރުނެވެ.

*****************************

ސިޓިންގްރޫމް ސޯފާގައި ޖެހިޖެހިގެން ޝިނާނާއި ރިމީޝާ އިން އިރު ކުރިމަތީގައި ވަކިން ހުރި ގޮނޑީގައި ރޯލަރޯލާ ޖަނާން އިނެވެ.  މިޝްކު އައިސް ބިއްލޫރިތައްޓެއްގައި ފިނި ފެންތައްޓެއް ޖަނާނަށް ދިއްކޮށްލިއެވެ.

“މަންމީ!! ބައްޕީ!! ޖަންނަދައްތަ މިޝްކޮ ކައިރީގައި ނިދާނީ ދޯ” މިޝްކު މައުސޫމު ކަމާއެކު ބުނެލިއެވެ. މިޝްކު އަށް ބަލާލާފައި ހީލަމުން ރިމީޝާ ބޯޖަހާލިއެވެ.

“މިޝްކޮ ދަންތަ ޖަންނަދައްތަ ކޮޓަރީގައި ބާއްވަން” ވަގުތަކީ އިރުއޮށްސުނު ވަގުތަށް ވިޔަސް ޖަނާން އެވަރަށް ރޯމަންޒަރު ފެނުމުން މިޝްކުގެ ހިތުގައި ވެސް ވަނީ ރިހުން އުފެދިފައެވެ. ރިމީޝާ ބޯޖަހާލުމުން މިޝްކު ޖަނާންގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.

“ޖަނާން އާއި އައްޔަދު ގުޅުވަން ތިކުޅޭ ކުޅިވަރުގައި އަނެއްކާ އަހަރެންގެ ރިމީ އަހަރެންނަށް ނުގެއްލޭނެބާ” ޝިނާން ބުނެލިއެވެ. ރިމީޝާ ޝިނާނާއި ހަތަރުކަޅި ހަމަކޮށްލިއެވެ.

“އަހަރެން ގެއްލޭނީ ޝިން އަހަރެން ގެއްލުވާލިއްޔާ” ޝިނާންގެ ލޮލަށް ބަލަން އިނދެ ރިމީޝާ ބުނެލިއެވެ.

“ދެން ކިހިނެކޯ ވިސްނާފަ އޮތީ” ޝިނާން އޮޅުންފިލުވަން ބޭނުންވިއެވެ.

“ކޮންމެ އިންސާނަކަށް ވެސް ކުށެއް ކުރެވިދާނެ. ބައެއް ރަސޫލު ބޭކަލުންނަށް ވެސް ވަނީ ކުށް ކުރެވިފައި. މަޢާފް ކުރާ މީހާ އަށް ވުރެ މަޢާފަށް އެދޭ މީހާ މާތްކަން ބޮޑު. ކިތަންމެ ވަރަކަށް ފާފަ ކުރެވިފައި މީހަކަށް ހުއްޓަސް ތަޢުބާ ވުމުން ﷲ ގެ ހަޟްރަތުގައި އެމީހަކީ ކުށެއް ނުކުރާ މީހަކާއި އެއްފަދަ. ޖަނާން ގަބޫލުކުރޭ ކުރީގައި އޭނާ އުޅުނު ވިޔާނުދާ ދިރިއުޅުން. އެހުރިހާ ކަމެއް ދޫކޮށް މިހާރު އޭނާ އެވަނީ ﷲ ގެ މަގަށް ރުޖޫޢަ ވެފަ. ވީއިރު ޖަނާނަށް ޝަޒާ ދޭން އައްޔަދު އެއީ ކާކު؟” ރިމީޝާ ސީރިޔަސް ކަމާއެކު ބުނެލިއެވެ.

“އެހެން. ދެން ކީއްވެޔޯ ރިމީ އަޔާ އަށް މަޢާފް ނުދީ އެހަޔާތަށް ނުދިޔައީ” ޝިނާން އަހާލިއެވެ. ރިމީޝާ ޝިނާނަށް ބަލާލީ ދެލޯ ވަށްކޮށްލަމުންނެވެ.

“އަހަރެން އައްޔަދަށް މަޢާފް ދިނިން. އިތުރު ފުރުސަތެއް ދޭން ބޭނުންނުވީ. އެގޮތް އަހަރެން ބޭނުންނުވާތީ” ރިމީޝާ ބުނެލިއެވެ.

“ރިމީ މިހާރު ލޯބިނުވަނީތަ އަޔާ ދެކެ” ޝިނާން ލަސްލަހުން އަހާލިއެވެ. ރިމީޝާ ހިމޭންވިއެވެ. ދުލުގައި ތަޅެއް ލެވުނު ކަހަލައެވެ. ވަގުތުން މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ރިމީޝާގެ އެހުރިހާ ހަރަކާތެއް ޝިނާނަށް ފެނުނެވެ. އެސުވާލު ކޮންމެ މީހަކު ކުރިޔަސް ވަގުތުން ރިމީޝާގެ ދުލުގައި ތަޅެއްލެވެނީ ކީއްވެ ހެއްޔެވެ؟

“ހެހެހެ… ސޮރީ މައި ކުއީން….” ރިމީޝާގެ ކޮނޑުގައި ހިފާ ގަޔާ ކައިރިކޮށްލަމުން ޝިނާން ބުނެލިއެވެ. ރިމީޝާ ވެސް އަސަރެއްނެތް ގޮތަކަށް ހީލިއެވެ.

“އަހަރެން ޝިންގެ ތިސުވާލުގެ ޖަވާބުދޭނަން. އެކަމު މިއަދުއެއް ނޫން. އޯކޭތަ؟” ރިމީޝާ ބުނެލިއެވެ.

“ހެހެހެ… އެކަމާއި ނުވިސްނާ… ބިރުގަންނަނީ އަހަރެންގެ ރިމީ ގެއްލިދާނެތީ…” ޝިނާން ބުނެލިއެވެ. ރިމީޝާ ޝިނާނާއި ދުރުވެލާ ބޯއަރިކޮށްލާފައި ދެބުމަ ގޮށް ޖަހާލަމުން ޝިނާނަށް ބަލާލިއެވެ. ތުން އަނބުރާލަމުން އަނެއް ފަރާތަށް އެނބުރުނީ ޝިނާން ކުރިމަތީގައި ތުއިވެލުމަށެވެ. ރިމީޝާގެ އެ ހަރަކާތުން ޝިނާން ކައިރިއަށް ހިނިއައެވެ. ރިމީޝާ ލަދުގަންނަންދެން އެމޫނަށް ބަލަހައްޓައިގެން އިނެވެ. އެންމެފަހުން ހުއްޓާލީ ރިމީޝާ މަލެއްހެން ޝިނާންގެ މޭގައި ބޮނޑިވެލުމުންނެވެ. މިފަހަރު ހެވުނީ ދެމީހުންނަށް އެއްކޮށެވެ.

******************************

ހެނދުނުގެ ނާސްތާއަށް މޭޒު ކައިރީގައި ޝިނާން އާއި ރިމީޝާ އިނެވެ. ވަކިން ހުރި ގޮނޑިއެއްގައި ޝިނާންގެ ދަބަސް ބަހައްޓާފައި ހުއްޓެވެ. ސިޓިންގްރޫމުގައި ހުޅުވާފައި ހުރި ޓީވީން ހެނދުނުގެ ކޮންމެސް ޕްރޮގްރާމެއް ދައްކަމުން ދިޔައެވެ. ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވާތީ މިޝްކު އެހާ އަވަހަށް ހޭއްލެވުމުގެ ވިސްނުމެއްނެތެވެ. ނަމަވެސް ކޮޓަރީގެ ދޮރު ހުޅުވާލި އަޑާއެކު އެދިމާލަށް ބަލާލީ ޝިނާނާއި ރިމީޝާ އެކީގައެވެ. ފެނުނީ ޖަނާން އަތުގައި ހިފައިގެން ހެވިފައި ހުރެ މިޝްކު އަންނަތަނެވެ. ބަލާބެލުމަށް ޖަނާން ވެސް ކުރިއަށް ވުރެ ހަމަޖެހިފައި ހުރި ކަމަށް ދައްކައެވެ.

“ގުޑްމޯނިން ޕްރިންސަސް… މޯރނިންގ ޖަނާން” ރިމީޝާ ހީލަމުން ބުނެލިއެވެ.

“ރޭގައި ރަނގަޅަށް ނިދުނުތަ؟ މިޝްކޮ ވަރަށް އަނގަތެޅިދޯ” މޭޒުކައިރީގައި އިށިން ޖަނާނަށް ތައްޓެއް ކައިރިކޮށްދެމުން ރިމީޝާ އަހާލިއެވެ.

“ނިދުނު. މިކަހަލަ ލޯބި ކުއްޖެއް އޮތްތަނެއްގައި ކާކަށް ނުނިދޭނީ… މިޝްކޮ އަކީ ވަރަށް އަޚްލާގް ރަނގަޅު ކުއްޖެއް” ކައިރީގައި ނަޓްސް ކާން އިން މިޝްކުގެ ބޮލުގައި ފިރުމާލަމުން ޖަނާން ބުނެލިއެވެ. ރިމީޝާ ހީލިއެވެ. ބަހެއް ނުބުންޏަސް ހިމޭންކަމާއެކު ސައިބޯން އިން ޝިނާން ވެސް ދޭތެރަކުން ހީލައެވެ.

“މަންމީ!! މިޝްކޮ ދަންތަ ނަޓްސް ތަށި ހިފައިގެން ޓީވީ ކައިރިއަށް” މިޝްކު އެދުނެވެ. ރިމީޝާ ލޯތްބާއެކު ބޯ ޖަހާލިއެވެ.

“އެކަމު ދަރިފުޅު ތި ހުސްކޮށްފައި މައިލޯތަށި ބޯން އަންނައްޗެ” މިޝްކު އަށް އަޑު އިވޭވަރަށް ތަންކޮޅެއް ބާރަށް ރިމީޝާ ބުނެލިއެވެ.

“ދިޔައީ ރިމީ… ތިން ދުވަސްފަހުން ދެން އާދެވޭނީ. ރަނގަޅަށް ކައިގެން ހުންނައްޗެ. އެކޮޅަށް ދެވުނީމަ ގުޅާނަން”  ރިމީޝާގެ ކޮލުގައި ފިރުމާލަމުން ލޯތްބާއެކު ޝިނާން ބުނެލިއެވެ. ދަބަސް ކޮނޑުގައި އަޅުވަމުން ނިކުންނަން ދިޔައީ ރިމީޝާގެ ނިތަށް ބޮސްދީފައެވެ. އެމަންޒަރު ފެނުމުން ޖަނާން އިސްޖަހާލިއެވެ. އެފަދަ އުފާވެރި ދިރިއުޅުމަކަށް އެދެވެން ފެށުނެވެ.

“ދެރަނުވޭ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. އައްޔަދު ވެސް ޖަނާންގެ ދަރިފުޅުގެ ލޯބިވެސް ލިބޭނެ. ހިތްވަރު ދެރަނުކުރޭ” މޭޒުމަތީގައި އޮތް ޖަނާންގެ އަތްތިލަ މަތީގައި ރިމީޝާ އަތް ބާއްވާލަމުން ބުނެލިއެވެ.

“ރިމީ!!! އަހަންނަށް މަޢާފްކުރޭ. ރިމީ އާއި ދޭތެރޭ އަހަރެންނަށް ކަންތައްކުރެވުނީ ރަނގަޅަކަށް ނޫން. މިހާރު ލަދުވެސްގަނޭ!!! އަހަރެން ކިތަންމެ ބޭނުންވިޔަސް ވެދިޔަތަނެއް ރަނގަޅެއް ނުކުރެވޭނެ” ރޮވިފައި އިސްޖެހިފައި އިން ޖަނާން ބުނެލިއެވެ.

“އެއީ އެވަރުކަމެއްނޫން. އަހަރެންގެ ހިތުގައި ޖަނާނަށް ވެސް އަދި އައްޔަދަށް ވެސް އެއްވެސް ބުރަކަމެއް ނެތް. އެދުވަހު އައްޔަދު އޭނާގެ ހިތުން އަހަރެން އެއްފަރާތް ނުކުރިނަމަ އަހަރެންނަށް އަހަރެންގެ ޝިން ނުލިބުނީސް. އަހަރެންގެ ނަސީބު އަހަރެންގެ އަތުގައި ހިފީ އައްޔަދު އަހަރެން އޭނާގެ ހަޔާތުން ދުރަށްލުމުން” ހީލަމުން ރިމީޝާ ބުނެލިއެވެ.

“ރިމީ އަދިވެސް ލޯބިވޭތަ އަޔާ ދެކެ. ދޮގުނަހަދައްޗެ” ޖަނާން އަހާލިއެވެ. ކުޑަ ހިނދުކޮޅަކަށް ރިމީޝާ ހިމޭންވިއެވެ.

“ހެހެހެ… އަހަރެންނަކީ މީހެއްގެ އަންބެއް. ހިލޭ ފިރިހެނެއްދެކެ ލޯބިވުމުގެ ހައްގެއް މިހާރު އަހަރެންނަށް ނެތް. ކޮންމެހާލެއްގައި ވެސް އަހަރެން ޝިނާނަށް ވަފާތެރިވާނަން. އަހަރެންގެ މުސްތަގްބަލަކީ އެއީ. އަހަރެންނަށް މިދުނިޔެއިން އެވަރުގެ ފިރިއެއް ނުލިބޭނެ” ރިމީޝާގެ ޖަވާބުން ޖަނާން ހިތްހަމަޖެހުނެވެ.

“މިޝްކު އެއީ….” ޖަނާން އަހާލިއެވެ.

“އެއީ ޝިނާނާއި ޝިނާންގެ އެކްސްވައިފް ނޯޔާގެ ދަރިއެއް. އެކަމު ވިހޭއްސުރެ ފެށިގެން މިޝްކުގެ ހުރިހާ ކަމެއް ބެލެހެއްޓީ އަހަރެން. މިޝްކު މިދުނިޔެއަށް އައިރު އަހަރެންވެސް އިނީ އަހަރެންގެ ފުރަތަމަ ދަރިފުޅު ވަކިވުމުގެ ހިތާމައިގަ. އެބައި އަހަރެންނަށް ފުރިހަމަކޮށްދިނީ މިޝްކު. މިޝްކު އާއި ނުލާ މިދުނިޔެއަށް އެންމެ ނޭވައެއް ވެސް މަށަށް ނުލެވޭނެ. އަހަރެންގެ މުޅި ދުނިޔެ މުޅި ވުޖޫދު އަހަރެންގެ ދެލޮލުގެ ދެނޫރު އެއީ” ރިމީޝާ ވާހަކަދައްކަމުން ދިޔައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ނޫރު (ފަހުބައި -2)

Next

އާދޭސް ކުރާ ހިތްވޭ ރޮމުން (27)

Next
May 3, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން (27)

Previews
May 3, 2018

ނޫރު (ފަހުބައި -2)

63 Comments!

  1. (އަބޯ މާދިހު (ބޯސާ says:
    May 3, 2018 at 10:38 am

    me first

    1. Ushaali says:
      May 3, 2018 at 10:40 am

      congratx dear…

  2. aisha says:
    May 3, 2018 at 10:39 am

    me second.v rythi

    1. Ushaali says:
      May 3, 2018 at 11:06 am

      🙂 thanks aisha

  3. Ushaali says:
    May 3, 2018 at 10:39 am

    🙂 salaam all
    🙂 🙂 varah baajjaveri hendhunakah edhen.
    mi part lasvi kamahttakai maafah edhen. kur9in bunihen login nuvevunyma iyyega mi bai genesnudhevuny….. dhn in part ves maadhama noon aneh dhuvahu balaanan genesdheveytho. ekamu yagyna kameh nudheveyne. kameh 🙂 dhimaavaany bunefa noonenu dhw . ekamu vr try kuraanan. insha allah 🙂 dhn in bain engigen dhaane rimeesha and shinan kurin merry kuran jehunu sababu. inthizaaru kuraane kamah heekuran…… babye…. love you all 🙂

  4. (އަބޯ މާދިހު (ބޯސާ says:
    May 3, 2018 at 10:55 am

    ވަރަށް ރީތި މިބައި ވެސް ދެން އޮތް ބައި އަވަހަށް އަޕް ކުރައްޗޭ

    1. Ushaali says:
      May 3, 2018 at 11:06 am

      🙂 thankyou dear. yes… insha allah

  5. Hajja says:
    May 3, 2018 at 11:01 am

    Haadha salhi ey mi story… waiting for the next part ?????

    1. Ushaali says:
      May 3, 2018 at 11:07 am

      🙂 thankyou hajja

  6. (އަބޯ މާދިހު (ބޯސާ says:
    May 3, 2018 at 11:10 am

    އުޝާލީގެ ނަމްބަރ ލިބިދާނެތަ ޕްލީސް

    1. Ushaali says:
      May 3, 2018 at 1:56 pm

      alhey… kihinehtha number dheynee dear….. ushaali ge page ah dheyba. eyrun vahaka dhekkeyne 🙂

  7. Aishath Shiuna says:
    May 3, 2018 at 11:17 am

    Jumaana Naeem

    1. Jumaana Naeem says:
      May 3, 2018 at 11:18 am

      Mi kiyany ?

    2. Ushaali says:
      May 3, 2018 at 1:56 pm

      thanks dhe kudhin 🙂

  8. KAISHAL says:
    May 3, 2018 at 11:42 am

    omg omg haadha reethi yey ushaali is the best

    1. Ushaali says:
      May 3, 2018 at 1:57 pm

      thankyou so much KAISHAL 🙂

  9. sweet says:
    May 3, 2018 at 11:43 am

    inthizaaru kohkoh ma moyanuvee kiriya hama?
    varah reethi mibaives. anehbai avahah upkohla dhehchey…

    1. Ushaali says:
      May 3, 2018 at 1:57 pm

      🙂 yes dear i will try my best ingey….and thankyou 🙂

  10. lotus says:
    May 3, 2018 at 12:04 pm

    So the girl in the covr pic is janan.. let me guess….. i think rimee wil slowly start to luv shinan n aya n janan gulheynee kanneyge…

    1. Ushaali says:
      May 3, 2018 at 1:59 pm

      🙂 🙂 yes e girl akee janan. ekamu lotus thi kiyaadhin gothah vedhaaneba…. hiyeh 🙂 nuvey dhw… ekamu lets see dhw vaa gotheh

  11. Araash says:
    May 3, 2018 at 12:23 pm

    Nice

    1. Ushaali says:
      May 3, 2018 at 1:55 pm

      thanks Araash 🙂

  12. Ailin says:
    May 3, 2018 at 12:30 pm

    Vrh reethi..n vrh molhu mashaa allah

  13. Inoo says:
    May 3, 2018 at 1:37 pm

    Wow varah reethi mi part vx….waiting for the next part♡♡

  14. mishy says:
    May 3, 2018 at 2:56 pm

    Woww… vrh vrh reethi….. curiouslii waitin 4 the nst prt… ly…♥♥♥♥

  15. Faru says:
    May 3, 2018 at 3:25 pm

    Vvvv reeethi v kiyaahithun mikiyanee. ???

  16. mal says:
    May 3, 2018 at 4:45 pm

    wow, this part is very nice . i love this part . keep it up .

  17. thoo says:
    May 3, 2018 at 5:21 pm

    varah reethi mi part vx keep it up

  18. Anu says:
    May 3, 2018 at 6:30 pm

    Hey ushaali hws?? Even though konme part akah comment nukuriyass hama regular kon kiyaa story eh mee ? I love this story ❤️? hama emme inthizaaru kurevey story mee mihaar.. mihaar upload vaa emme reethi vaahaka ? ushaali ge hama ekeni mi vaahaka eh noon ekm kurin liyefa huri ehn stories vx speechless.. ? Anu konme konme part akah comment nukuriyass Anu ge support hama onnaane ingey ❤️❤️❤️ Btw I love shinan ??? ekm rimee ah libunyma happy ☺️ when next part??? Waiting waiting… Please upload asap ? good luck ?

  19. Aphro grl says:
    May 4, 2018 at 9:11 am

    “Aiku shannuge athun loodhi ganegen gos thiriah feybieve”. Athun vylliganegen dhw dhaany? vaahaka v rythi.. ushaali kon rashehtha?

  20. shaa says:
    May 4, 2018 at 10:14 pm

    Haadha inthixaarekey mioh reethi story ah kihineh 2 dhuvas vandhn inthixaaru kuraany plx avahah next part upload kohladheeba ushaa

  21. KAISHAL says:
    May 5, 2018 at 1:54 pm

    kobaa next part vv kiyaa hithun meeni

  22. Eleven says:
    May 5, 2018 at 5:37 pm

    Kobaa tha next part?

  23. No name says:
    May 5, 2018 at 8:16 pm

    Where is the next part??

  24. Complain says:
    May 6, 2018 at 6:18 am

    Next part haadha lahekey vi vany…thi gothah kan thah kuran yaa kudhin ge nuruhun ushaali ah libey nee….data jahsaalaa konme buraku mi ummeedhu kohge hunnany e part nukume fa kamah hunnaany ekm esfiya ah venegen balan vex jehey…dhn sometimes hithah araa ushaali lazy vee ey vex…..ithurah vaahaka continue kuraane idea eh nethy baa ey vex…. anyways ushaali ah rangalhakah mi bunany ….thi kan ehaa las nukurey…mihaar vex gina kiyun therin hama nujehun faalhu kureyba….so pls up kurey

  25. Maanu says:
    May 6, 2018 at 6:55 am

    Janaan raaje aee konmevess kameh vyma, Aids jehunytha???

  26. lotus says:
    May 6, 2018 at 7:00 am

    Writr ah bodu kameh dhimaa v tha.. up vun las vanee… waitin waitin

  27. zee says:
    May 6, 2018 at 10:06 am

    haadha laheyyy up vaaleh. ushaali

  28. (އަބޯ މާދިހު (ބޯސާ says:
    May 6, 2018 at 11:23 am

    އުޝާލީ ކަމެއްދިމާވީތަ ހާދަ ލަހޭ އަޕްވާލެއް

  29. GOOGLE says:
    May 6, 2018 at 11:25 am

    vahaka varah rythi dhn oiii ba avahah upload kohbaaaaaa…………waiting 🙁

  30. GOOGLE says:
    May 6, 2018 at 11:26 am

    <3

  31. GOOGLE says:
    May 6, 2018 at 11:27 am

    🙁 🙂 😉

  32. GOOGLE says:
    May 6, 2018 at 11:28 am

    (sad)

  33. GOOGLE says:
    May 6, 2018 at 11:29 am

    :-0

  34. ashly says:
    May 6, 2018 at 11:41 am

    kobaa next part

  35. ރިޒް says:
    May 6, 2018 at 2:04 pm

    kobaa next part??????????????????????????????????????????

  36. Kaish says:
    May 6, 2018 at 2:44 pm

    Waiting for next part

  37. Eleven says:
    May 6, 2018 at 3:56 pm

    Dhennnnnnn☹…. kobaatha next part??

  38. ?? says:
    May 6, 2018 at 4:30 pm

    Kobaa next part????

  39. Aishy says:
    May 6, 2018 at 4:32 pm

    Alhey… Ushaali,kobaa next part??I’m waiting still
    Lysm??

  40. Eefa says:
    May 6, 2018 at 5:40 pm

    Ushaa alhe avaha up kohla dheeba.. Mihaaru inthxaaru kh kh halaaku vey ehba.. Usha ah kameh dhima v thrr :/

  41. Oo says:
    May 6, 2018 at 6:31 pm

    Myhun hama mi vaahaka kiyaa hithun ulheythy dw thi las kurany. Mi writers v ginain kuraa kameh..

  42. Naanii says:
    May 6, 2018 at 6:35 pm

    Kobaaa tha ?

  43. Complain says:
    May 6, 2018 at 6:50 pm

    Ushaali ….dhn up kohba….we can’t wait anymore…..avas…

  44. Zoa says:
    May 6, 2018 at 7:57 pm

    Kobaatha next part. Haadha lahuney dho up kureveni. We are still waiting.

  45. *** says:
    May 6, 2018 at 8:13 pm

    Haadha lahey up vaaleh.

  46. Eleven says:
    May 6, 2018 at 8:37 pm

    ☹☹☹next part kobaatha???

  47. Junaa says:
    May 6, 2018 at 8:40 pm

    Junaaves inthizaaru kuraathaa 3 dhuvasv v dheravey konmefaraku foanu balaairu upload nuvaathe????

  48. Yaina says:
    May 6, 2018 at 10:34 pm

    Haaaadha laheyyy…. Alheyy ushaaliiiii avs kohdheebaaaa ??

  49. Hau says:
    May 6, 2018 at 10:40 pm

    Haadha lahey next part genesdhey lhe plx plx plx plx plx genesdhey baaa plx

  50. Shafaq says:
    May 6, 2018 at 11:37 pm

    Ushaali where are you.. avahah up kohdheeba pls

  51. GOOGLE says:
    May 7, 2018 at 12:36 pm

    WRW

  52. mahru says:
    May 7, 2018 at 8:55 pm

    V reethi igey mi story….

Comments are closed.

Next Episodeލޯބި ނުވިޔަސް ފިރުމާލަދީ….32←


All Right Reserved!