ޔާއިންގެ ނަޒަރުން
މިޝްކާ ގޮވައިގެން އަހަރެން ގެއަށް ދިޔައީމެވެ. ކާރުތރޭގައި ތިބިއިރު ދެ މީހުންކުރެ އެކަކުވެސް އަނގައަކުން ނުބުނެއެވެ. އަހަރެން އަވަހަށް ގެއަށް ދެވޭތޯ ބެލީ ނައިރާގެ ހާލެއް ނޭންގޭތީއެވެ. ބައިގައިއެއްހާއިރު ދުއްވުމަށްފަހު ގެއާ ހަމައަށް ދެވުނެވެ. މިޝްކާ އަތު ލަފިކޮށްގެން އަހަރެން ދިޔައީ ރިހާމްމެންގެ ބަޔަށެވެ. އޭރު މަލަކާ ދެ ކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. މަންމަގެ ކޮނޑުގައި ބޯއަޅައިގެން އޮތް ނައިރާއަށް އޭރު ގިސްލެވެމުން ދިޔައެވެ. ރައިދައްތަ ނައިރާގެ ބޮލުގައި ފިރުމަމުން ދިޔައެވެ. ވަކިން އިން ސޯފާގައި ޖިޔާން އިސްތަށިގަނޑަށް އަތް މަހާލައިގެން އިނެވެ. ރިހާމްވެސް އިސްޖަހައިލަިގެން އިނެވެ. އަހަރެމެން ގެއަށް ވަންތަން އެންމެ ފުރަތަމް ފެނުނީ މަލަކާއަށެވެ. އަހަރެމެން ފެނުމާއެކު މަލާކާގެ ހިނގުން ހުއްޓުނެވެ. އޭރު މަލަކާގެ ލޮލުގައި ތާޒާ ކަރުނަ ބަބުޅަމުން ދިޔައެވެ. “މިޝްކޮ” މަލަކާ ވައި އަޑުން މިޝްކާއަށް ގޮވާލިއެވެ. އެންމެންގެ ނަޒަރު އަހަރުމެންނަށް ހުއްޓުނެވެ. މިޝްކާ އަހަންނާ ދިމާއަށް ބަލާލުމުން އޭނާގެ ގައިން އަހަރެން ދޫކޮށްލިމެވެ. ކޮރުޖަހަމުން ކަހަލަ ގޮތަކަށް ގޮސް މަލަކާގައި އޮޅުލައިގަތެވެ. ދެން ފެނުނީ މިޝްކާގެ ވަޑިފަޅައިގެން ގޮސް ރޯންފެށިތަނެވެ. އޭރު މަލަކާގެ ލޮލުންވެސް ކަރުނަ ފައިބަމުން ދާކަން އެނގުނެވެ. މަލަކާ އަޅާފައި ހުރި މޫނު ފޮތިކޮޅު ތެމެމުން ދިޔައެވެ. ނައިރާ އޭރު މަންމަގެ ކޮނޑުން ބޯނަގައިގެން މިޝްކާއާ ދިމާއަށް ބަލަހަށްޓާގެން ހުއޓެވެ. އޭރުވެސް މަޑުމަޑުން ގިސްލެވެމުން ދިޔައެވެ. އަހަރެން މަޑުމަޑުން ނައިރާގާތަށް ދިޔައީމެވެ. ނައިރާގާތަށް ގޮސް ކަކޫޖަހައިފައި ބިންމަތީގައި އިށީނީމެވެ. އޭރުވެސް ނައިރާގެ ނަޒަރު ހުއްޓިފައިވަނީ މިޝްކާއަށެވެ. އަހަރެން ނައިރާގެ އަތްނަގައި އަހަރެންގެ އަތު ތެރެއަށް ލީމެވެ. ސިހިފައި ކަހަލަ ގޮތަކަށް ނައިރާ އަހަންނާ ދިމާއަށް ބަލާލިއެވެ. ވާރޭވެހޭހެން ނައިރާގެ ލޮލުން ކަރުނަ އޮހެމުން ދިޔައެވެ. އަހަރެންގެ އަނެއް އަތުން ނައިރާގެ ކަރުނަތައް ފުހެދިނީމެވެ. “ދޮންބެ” ގިސްލެވޭހާލުވެސް ނައިރާ އަހަންނަށް ގޮވާލިއެވެ.
“އަޅޭ އެންމެންނަށް ހިތާމައިގެ ސާލެއް އައިސްގެންތަ މިއުޅެނީ؟ ހާދަ ވަރަކަށޭ ތި ރޮނީ؟ ޔާން ކޮބާތަ ތަޅުދަނޑި އަހަރެން ގެއަށް ނުވަދެވިގެން މިއުޅެނީ!” ފަހަތުން އިވުނު ކައިސާގެ އަޑާއެކު އަހަރެންގެ އަތް މުށްކެވިގެން ދިޔައެވެ. ފެލޯ މަރާލުމަށްފަހު އަހަރެން ހަމަޖެހިލީމެވެ. އަދި މަޑުމަޑުން ނައިރާގެ އަތް ބޭވުމަށްފަހު ފުޅާހިނިތުންވުމެށްގައި ކައިސާއާ ދިމާއަށް އެނބުރުނީމެވެ. ޖިންސުގެ ދެ ޖީބަށް އަތް ޖަހައިގެން ހުރެ ލަސްފިޔަވަޅުތަކެއްގައި ކައިސާއާ ދިމާއަށް ހިނގައިގަތީމެވެ. ކައިސާއާ އަރާހަމަކޮށްފަ ޖީބުން އަތްނަގާ އަހަރެންގެ ބާރުގަދަ އަތުގެ ހަމަލާއެށް ކައިސާގެ މޫނަށް ދިނީމެވެ. “ވަޓް ދަ ހެލް!” ކޯތާފަތުގައި ފިރުމަމުން ކައިސާ ބުންނެވެ. “ދެން މިގެއަށް އަންނާނެ ކަމެއް ނެތް! މިހާރު ތިހިރީ ވަރިކޮށްފަ އެހެންވީމަ މިގެއިން ނެރުމުގެ ކުރިން ރީތި ގޮތުގައި ނުކުމެގެންދޭ! ތި މޫނު ވެސް އަހަންނަށް ދައްކާގެން ނުވާނެ!” “ޔާއިން އަހަރުމެންގެ….” އެވަރަށް ބުނެފައި ކައިސާ ގޭތެރޭ ތިބި އެންމެނަށް ނަޒަރުން ހިންގާލިއެވެ. ކައިސާ ބުނަން އުޅުނީ ކީކޭކަން އަހަންނަށް އެނގުނު ހިނދު އެއްމިޔަކަނުން ހީލީމެވެ. “ހުއް ޑީލް ދޯ! މިހާރު އެ ޑިލްގެ އެއްވެސް ބޭނުމެއް ނެތް ކަލޭގެ ލޯބިވާ ބޭބެވީ ފުލުހުންގެ ބެލުމުގެ ދަށުގަ. ޑޮކްޓަރ ކައިސާ މިހާރު ތިބޭފުޅާވެސް ޖަލަށް ދާންޖެހޭ ވަގުތު އައިސް ޖެހުނީ” ފަހަތުގައި ތިބި ދެ އަނަހެން ފުލުހުންނަށް އިޝާރަތް ކުރަމުން އަަހަރެން ބުނީމެވެ. އެ މީހުން ފެނުމާއެކު ކައިސާގެ ދެ ބުމަ ގޮށްޖެހުނެވެ. ރުޅިވެރިކަމާއި އެކު އަހަންނަަށް ބަލާލިގޮތުން އަހަރެން އަނދާއަޅިއަށް ހަދާފާނެހެން ހީވިއެވެ. “އޯއޯ ވަރަށް ބިރު ގަނެއްޖެ ހަމަ ބިރުން ގޮސް ހޭނެތޭވަދު ވެއްޖެ!” ކައިސާ އިތުރަށް ރުޅި އަރުވާލުމަށްޓަކައި އަހަރެން ބުނީމެވެ. ކަންތައްވީ ވެސް އަހަރެން ހީކުރި ގޮތަށެވެ. އައި ރުޅީގައި އަހަންނާ ދިމާއަށް އައެވެ. ހުޝިޔާރު ކަމާއެކު ދެ ފުލުހުންވެގެން އޭނާ އަތުގަ ބިޑި އަޅުވައިގެން ގެންދިޔައެވެ. ލިބުނު ކާމިޔާބީގައި އަހަންނަށް ހިނިތުންވެވުނެވެ.އަހަންނަށް ސިހުންގެނުވީ މީހަކު އައސް ބާރުބާރަށް އަހަރެންގައިގަ އޮޅުލައިގަތުމުންނެވެ. ހޫނު ކަރުނައިން އަހަރެންގެ މޭމަތި ތެމެމުން ދިޔައެވެ. “ދޮންބެ އައި އޭމް ސޯ ސޮރީ! މިވީ ދެ މަސްދުވަހު އަހަރެން ދޮންބެއާ ރީއްޗަކަށް ވާހަކައެއްވެސް ނުދައްކަން އަބަދު ދޮންބެ ދެރަވާކަހަލަ އެއްޗިހިކީ. އެކިމު ދޮންބެ ތިހުރިހާ ކަމެއް ކުރީ އަހަރުމެންނަށްޓަކާކަން ކުރިން ނުބުނީ. ޖިޔާންގާތު ބުނެފަ ނައިގާތުގަ ނުބުނޭ އެއީ ކީއްވެ؟” ނައިރާގެ ސުވާލުތައް އަހަންނާ ކުރިމަތިވިއެވެ. އަހަރެން ވަރަށް ލޯބިން ނައިރާގެ ބޮލުގައި ފިރުމާލީމެވެ. އަދި ގޮސް ސޯފާގައި ނައިރާ ބައިންދާފަ ނައިރާއާ ޖެހިގެން އިށީނީމެވެ.ނައރާކުރި ސުވާލުތަކަށްދޭނެ ޖަވާބެއް އަހަންނަކަށް ނޭންގުނެވެ. އެހެންވެ އަހަންނަށް ހިމޭނުން އިންނަންޖެހުނެވެ. “ނައި މިގަޑީ ދޮންބެއާ ސުވާލު ނުކޮށް ވީޝުޑް ތޭންކްހިމް. އެދުވަހު ޔާނު އެހެން ކަންތައް ނުކުރިނަމަ އަދިވެސް އެ ނުލަފާ މިހުން އަތލައެއް ނުގަނެވޭނެ. އޭގެ ބަދަލުގަ އަހަރެމެންނަށް ގެއްލުންވީސްކަން ޔަގީން ވީއާ ޕްރައުޑް އޮފް ޔޫ ޔާން! އަހަރެން ވަރަށް ފަޚުރުވެރިވޭ ތިކަހަލަ ކޮއްކޮއެއް މަށަށް ލިބުނީމަ!” ރިހާމް ފަޚުރުވެރިކަމާއެކީ އެހެން ބުނުމުން އަހަރެން ވަރަށް އުފާވިއެވެ. “ޔާން އަސްލުވީ ކިހިނެއްތަ؟” އަހަން ނާހަން ކަހަލަ ގޮތަކަށް މަލަކާ އަހާލިއެވެ. އަހަރެންގެ ހަނދާނަށް އައީ ކައިވެނީގެ ވާހަކަ މަންމަގާތު ދައްކަން ރަސްފަންނުގައި އިންދުވަސް މަތިންނެވެ.
*******************
އަހަރެން ރަސްފަންނުގެ ޖޯލީގައި ވިސްނަން އޮވެއޮވެފައި އެންމެ ފަހުން އަހަންނަށް ވިސްނުނު އެންމެ ރަނގަޅުގޮތަކީ މިއަދު މަންމަގާތު ބުނެގެން އެންމެން ކެއުމަކަށް ގެނެސް އެވާހަކަ ދެއްކުމެވެ. ވަގުތުން މަންމައަށް ގުޅާފައި އެވާހަކަ ބުނީމެވެ. މަންމަގެ ކޯލް ނިމުމާއެކު އަވަސްވެގަތީ މިޝްކާއަށް ގުޅުމަށެވެ. ފޯނު ނަގައި ޑައޖލްކޮށްލަން އުޅެނިކޮށް ކޮންމެވެސް މީހަކު އަހަރެންގެ އަތުން ފޯނު ޖަހައިގަތެވެ. އަހަރެން ރުޅިވެރިކަމާއެކު އެމީހާއާ ދިމާއަށް ބަލާލިމެވެ. ފެނުނުމީހާގެ ސަބަބުން އަހަރެންގެ ދެބުމަ ގޮށްޖެހުނެވެ. “ސައްޓު؟” “ޔާންޓެ ހާދަ ރުޅިއައިސަ؟ ހެއްސައް ދުވަސްކޮށްފަ ފެނުނީމަވެސް މޫނު ހަދަންތަ އިނގެނީ ހިނގާބަ މަށާ އެއްކޮށް ފެގެއް ދަމާލަން!” ސައްޓު ހިނގައގަތުމުންވެސް އަހަރެން އެހުރި ގޮތަށް ހުރީމެވެ. އެހެންވެ ސައްޓު އަނެއްކާވެސް އަހަރެން ގާތަށް އައެވެ. “އޯ އަހަރެން ހަނދާންނެތުނީ ކައޭ ފެގު ނުދަމާކަން. ފެގެއްބޯން ނުދިއަސް ބޮސްއާ ވާހަކަ ދެއްކޭނެއްނު ދޯ! އަން މިއޮތީ ބޮސްގުޅާފަ ބޮސް ވަރަށް މިސްވޭ ކައޭމަތިން!” ސައްޓު އަހަރެން އަތަށް ފޯނުލައިދިނެވެ. އަހަރެން ފޯނު ކަންފަތުގައި ޖެހުމާއެކު އިވުނީ ބޮސްގެ ހުނުމުގެ އަޑެވެ. “ޔާންޓެ ވަރަށް އަވަހަށް ސައްޓުއާ އެއްކޮށް މިކޮޅަށް ޖައްސާލަބަ.” ހަމައެކަނި އެހެން ބުނުމަށް ފަހު އަަހަރެން ވާހަކަ ދައްކާނެ ފުރުސަތެއްނުދީ ފޯނުކަނޑާލިއެވެ. “ހިނގާ އަވަހަށް ދާން ކައޭ އަށް އެނގެއެށްނު ބޮސް ބުނާގޮތް ނުހަދާފިއްޔާވާނެ ގޮތް” ސައްޓު ހިނގައިގަތުމު.ް އަހަރެންވެސް އޭނަގެ ފަހަތުން ހިނގައިގަތީމެވެ. ބަސްއަހާ ކުޑަކުއްޖެއް ފަދައިން ސައްޓުގެ ސައިކަލު ފަހަތަށް އެރީމެވެ.
ފަނަރަވަރަކަށް މިނެޓްތެރޭގަ އަހަރުމެންނަށް ބޮސްބުނިތަނަށް ދެވުނެވެ. ކުޑަގޯޅިއެއްގެ ތެރެއިންވަދެގެން ގޮސްވަދެވުނީ ކުޑަގުދަނެއްކަހަލަ ތަނަކަށެވެ. އެތަނަށް ވަންއިރު ދުވިނުބައިވަހުން އަހަރެންގެ މޭބޮޑުވިއެވެ. އެ ގުދަން ކަހަލަ ތަނުގެ ބިންމަތީ އިށީންދެލައިގެން ބޮސް ހުއްޓެވެ. ބޮސްގާތު ވަރަށް ޒަމާނީކޮަށް ހެދުން އަޅާފައިހުރި ހުރި ކުއްޖެއްއިނެވެ. އެކުއްޖާ އިނީ އަހަންަށް ފުރަގަސްދީގެންކަމުން އެކުއްޖާގެ މޫނެއް ނުފެނެއެވެ. “ބޮސް މިހުރީ ޔާންޓެ!” ސައްޓު އެހެންބުނުމާއެކު ބޮސް ތެދުވިއެވެ. ބޮސްއާ އެކު އަނަހެންކުއްޖާވެސް ތެދުވިއެވެ. އެކުއްޖާގެ މޫނު ފެނުމުން އަހަރެން ވަރަށް ހައިރާންވިއެވެ. އެހެނިީ އެކުއްޖާ އަކީ ޔޫކޭ ގައި ކިޔަވަން އުޅުނިއިރު އަހަރެން ކުލާހުގައި އުލުނު ކައިސާއެވެ. “ޔާންޓެ ވަރަށް ހައިރާންވެއްޖެ ދޯ ކައި މިތަނުން ފެނުމުން. ކައި އަކީ އަހަރެންގެ ކޮއްކޮ. އަސްލު ޔާންޓެ މިތަނަށް ގެނައި ބޭނުމަކީ ކައޭ ގާތު ކައިއާ އިންނާށޭ ބުނަން އަހަރެން ބޭނުމީ އަހަރެންގެ ކޮއްކޮއާ ޔާންޓެ ދެވަން” ބޮސްއެހެން ބުނުމާއެކު އަހަންނަށް ބުނެވުނީ “ވަޓް ދަ ހެލް ” އެވެ. ” ހެހެހެ. އަހަރެން ޔާންޓެއަށް ދެގޮތެއް ދޭނަން. ކައޭ ކައިސާއާ އިނދެގެން ކައެގެ އާއިލާ ސަލާމަތްކުރާނީތަ ނޫނީ އަހަރެންގެ ހުށަހެޅުން ގަބޫލުނުކޮށް އެންމެން މަރުވާތަން ބަލާނީތަ؟ އެންމެ ފުރަތަމަވެސް މަރާލެވޭނީ މިޝްކާ އިނގޭ. ހަހަހަހަހަހަ” ބޮސް އެހެން ބުނުމާއެކު އަހަރެންގެ ހަތަރު އުދަރެސް ފެނު ޖެހުނެވެ. ބޮސްއަކީ ބުނެފި ކަމެއް ކުރާނެ މީހެއްކަން އަހަންނަށް އެނގުނެވެ. ވަރަށް ވުސްނުމަށްފަހު އަަހަރެންގެ އާއިލާއަށްޓަކައި ކައިސާއާ އިންނަން އެއްބަސްވީއެވެ.
*****************
އަހަރެން އެވާހަކަތައް ކިޔާދިނީމެވެ. “ޔާންއަށް ކިހިނެއް އެނގުނީ އެމީހުން މިޝޫ ގެންދިޔަކަން؟” މލަކާ އަނެއްކާވެސް އަހާލިއެވެ. ” އަހަރެން ބޭދަށް ގޮސްލަން ކަމަށް ނުކުތް އިރު ފެނުނީ މިޝޫ ކާރަށް އަރަނިކޮށް އޭތި ދުއްވަން އިނީ ކޫފީ އެއީވެސް އެގޭންގު މީހެއް އަހަަންނަށް އެނގިއްޖެ މީ ސަހަލު ކަމެއް ނޫންކަން އެހެންވެ އޭގެ ފަހަތުން ދިޔައީ ދިޔަ މަގުމަތީގަ ފުލުހުންނަށްވެސް ގުޅީ. އަހަރެން އެތަނަށް ދަނިކޮށް ޖިން ގުޅާފަ ބުނީ ނައި ކިޑްނެޕް ކުރި ވާހަކަ. އާންމުކޮށް އެމީހުން ކިޑްނެޕް ކުރާމީހުން ގެންދާތަން އަހަންނަށް އެނގޭތިވެ ޖިންއަށް ލޮކޭޝަން ފޮނުވާފަ ފުލުހުންނަށް ގުޅީ. އެއީ ވި ގޮތަކީ” އަހަރެން ވީ ގޮތް ކިޔާދިނީމެވެ. އަދި އެމީހުން މިޝްކާ ގެންދިޔައީ ހުޅުމާލެއަަށް ކަންވެސް ބުނީމެވެ.
ރިހާމްމެންގެ ބައިގަ ތިބުމަށްފަހު ނައިރާއާ މިޝްކާ ހަމަޖެހުމުން އަހަރެމެން މައްޗަށް އެރީމެވެ. ކޮޓަރިއަށް ގޮސްވަނުމާއެކު ނޭންގޭ ހަމަޖެހުމެއް އަހަނަށްލިބުނެވެ. ދެމަސް ދުވަސް ފަހުން މިނިވަންކާއެކު އަހަރެންގެ ކޮޓާރި އުޅުމުގެ ފުރުސަތު މިރޭ އޮންނާނެއެވެ. ސޯފާގައި ނިދުމުގެ ބަދަލުގައި އަރާމުކޮށް އެނދުގައި ނިދާލެވޭނެއެވެ. ކައިސާގެ ކިބައިން އަހަރެން ސަލާމަތްވީއެވެ. ލިބުނު އުފަލުގައި ފާޚާނައަށް ވަދެ ފެންވަރާލީމެވެ. ތުނބުންތާގެއް ލައްވަމުން ރީތިވެގެން އެނދަށް ވެއްޓިގަތީމެވެ.
އަހަނަށް ހޭލެވުނީ ހީކަރުވައިގަނެގެންނެވެ. އަދިވެސް ރޭގަ ވާރޭ ވެހެންފެށި ގޮތަށް ހުއްޓާނުލައެވެ. ބެލްކަނީ ދޮރުހުޅުވާފައި ހުރުމުން ކޮޓަރިގައި ފިނިހިފީއެވެ. ބެލްކަނި ދޮރުލައޕާލުމަށްފަހު ގަޑިބަލާލީމެވެ. އޭރު ގަޑިން ފަތިހު ފަސްގަޑި ބައި ވެއްޖެއެވެ. ދުނިޔެ އަނދިރިކޮށް އޮތުމުން ފަތިސްވިހެން ހީނުވަނީއެވެ. ފަތިހުގެ ފިނީގައި އަހަރެން ފެންވަރާލީމެވެ. ފެންވަރައިގެން ބެލީ އަވަހަށް ނަމާދުކުރެވޭތޯއެވެ. ނަމާދުކޮށް ނިމިގެން ފޯނުބަލާލި މިއަދު ޑިއުޓީއަށް ދާންޖެހޭ ގަޑި ބަލާލުމަށެވެ. ފޯނު ބެލުމުން ހަނދާންވީ މިއަދު މި އަހަރެންގެ އޮފް ދުވަސްކަމެވެ. ހައެއް ޖަހަންދެން ކޮޓަރީ އޮތުމަށްފަހު އަހަރެން ނުކުތީމެވެ. އޭރު ނައިރާއާ މަންމަ ސައިތައްޔާރު ކޮށްއުޅުނެވެ. ނައިރާ ހުރީ ވަރަށް ހަމަޖެހިފައެވެ. ރޭގައި ކަމެއްވީހެންވެސް ހީނުވެއެވެ. އަހަރެން ކާމޭޒު ދޮށު އިށީންދުމަށްފަހު މަންމްއަށް ގޮވާލީމެވެ. “ކީކޭ ދަރިފުޅާ؟” މަންމަ ވަރަަށް ލޯބިން އަހާލިއެވެ. “މަންމާ އަހަރެން ކޮޓަރީގަހުރި ކައިސާގެ އެއްޗިހި ޕެކްކޮށްދެވިދާނެތަ މިއަދު އެއްޗިހި ފުލުހުންނާ ހަވާލުކުރް” “ދޮންބޭ ނައި އެ ސަންތި މަރިޔަނބުގެ އެއްޗިހި ޕެކް ކުރަން މިދަނީ ހަމަ މިހާރު ނައި ޕެކްކޮށްނިމޭއިރަށް ދޮންބެވާނެ އެއްޗިހި މިގެއިން ނެރެން” ނައިރާ މޫނަށްޖެއްސި ވައްތަރުން އަހަރެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އަހަރެން ހޭތީވެ ނައިރާ ތުންއަނބުރާލުމަށްފަހު އަހަރެނއގެ ކޮޓަރިއަށްދިޔައެވެ. ދިހަވަރަކަށްމިނެޓު ތެރޭ ނައިރާ ހުރިހާ އެއްޗެއް ޕެކްކޮށްގެން އައެވެ. ނައިރާ ގެނައި ދަބަސް ބަރުކަމުން އަހަންނަށް އުފުލާލެވުނީ ކިރިޔާއެވެ. “ދަރިފުޅާ ސައިބޮއިގެން ދޭ ތީތި ލާން” އަހަރެން ގެއިން ނުކުންނަން އުޅެނިކޮށް މަންމަ ބުންނެވެ. “އުނހު ދޮންބެ އެހަށް ތި ލާފަ އާދެެ ސައިބޯން” “އެއީ ތެދެއް މަންމާ އަޅުގަނޑު މިލާފަ އެބަ އަންނަން.” އެހެން ބުނުމަށްފަހު އަހަރެން ގެއިން ނުކުތީމެވެ.
ކައިސާގެ އެއްޗިހި ފުލުހުންނާ ހަވާލުކުރުމަށްފަހު ގެއަށް އައިސް ސައި ބޮއެގެން މަންމަމެން ގާތު ވާހަކަދައްކާލަން މަޑުކުރީމެވެ. ވަރަށް އޮލަވާހަކައިގަ ތިއްބާ ގޭގެބެލް ޖެހިއެވެ. ނައިރާގޮސް ދޮރުހުޅުވުމާއެކު ރިހާމްއާ މަލަކާ ވަނެވެ. “ދެކުދިން ހާދަ ހެނދުނަކާ އަނެއްކާ މާބޮޑު ކަމެއް އޮތީތަ” ރިހާމްމެން ވަނުމާއެކު މަންމަ އެއްސެވެ. “މީ ނުސްދައްތާ އަޅުގަނޑުމެން މިއައީ ޔާންގާތު ވަރަށް ބޮޑު ކަމަކު އެދެން.ޔާން އެކަންކޮށްދޭނެކަމަށް އުއްމީދު ކުރަން” މަލަކާ ބުންޏެވެ. “މަލާ ކިހާ ބޮޑު ކަމަކު އެދެން ތިއައީ. އަހަންނަށް ކުރެވޭ ވަރު ކަމެއްވެއްޖެޔާ ކޮށްދެވޭތޯ ބަލާނަން” “ޔާން މިޝްކާއާ ކައިވެނި ކުރަންވީނު؟” މަލަކާ އެހިއެވެ. މަލަކާ އެހެން އެހުމުން އަހަރެން ގާތަށް ކުޑަކޮށް ހިނިވެސް އައެވެ. “މަލްތީ ދެން އަހަރެންގާތު އަހާ ކަހަލަ ވާހަކަތަ؟ މިޝްކާ އެއްބަހިއްޔާމުން މިއަދުވެސް އިންނަން ތައްޔާރަށް އަހަރެން މިހިރީ” އަހަރެން ހިނިތުންވެލަމުން ބުނީމެވެ. “ނަސްދައްތަ އޯކޭތަ؟” މަލަކާ ވަރަށް ސީރިއަސްވެލާފަ އަހާލިއެވެ. “މަލާ ދަރިފުޅު ދައްކާ ވާހަކަ. ކީއްވެ އޯކޭ ނުވާންވީ؟ ކުޑަދުވަހުންސުރެއް މިޝްކާ އުޅެބޮޑުވީ ދައްތަމެން ކައިރިންނޭ ބުނުމަކުން ދޮގަކަށްނުވާނެ. މަލާ ރިހާމާ އިން ދުވަހުންސުރެއް ދައްތަ އަބަދުވެސް ހިތަށް އަރާ މިޝްކާވެސް ޔާނުއާ އިންނާނެނަމަ ކިހާ ރަނގަޅުހޭ.” ފުޅާ ހިނިތުންވުމަކާއެކު މަންމަ ބުނެލިއެވެ. “އެހެންވީމަ މިރޭ އެންމެން ކާން އަންނާތި އަށެއްޖަހާއިރަށް ނައި ޅިޔަނުގާތުވެސް ބުނައްޗޭ މިރޭ އަންނާށޭ!” ނައިރާ ރަކި ކޮށްލުމަށްޓަކައި ރިހާމް ބުންނެވެ. ވަރަށް ފަސޭހައިން އެކަން ކާމިޔާބުވެސް ވިޔެވެ. ރަކިވެގެން ނައިރާ ރަތްވިއެވެ.
ރިހާމްމެން ބަޔަށް ދިއުމަށްޓަކައި އިޝާނަމާދުކޮށްގެން އައިސް އަހަރެން ތައްޔާރުވީމެވެ. ފެހިކުލައިގެ އަތްދިގު ގަމީހަކާ ކަޅު ޖިންސެއްލީމެވެ. އަދި ރީތި ގޮތަކަށް އިސްތަށިގަނޑު ހަދާލުމަށްފަހު ގަޔަށް ސެންޓުބުރުވާލީމެވެ. “ދޮންބޭ އަވަސް ކުރޭ މިހާރު އަށްގަޑި ބައިވަނީ އަންހެންކުއްޖަކަށްވުރެ ދޮންބެގެ ކަންތައް ބޮޑެއްނުދޯ!” އަހަރެން ކޮޓަރީ ބޭރުގައި ހުރެ ނައިރާ ގޮވިއެވެ. “މިނިމުނީއޭ” ލޯގަނޑުން އަދި އެއްފަހަރު މޫނު ބަލާލުމަށްފަހު އަހަރެން ކޮޓަރިން ނިކުތީމެވެ. އޭރު ޖިޔާނެވެސް އައިސްހުއްޓެވެ. މަންމަ ހުރީ ޖިޔާންގާތު ކޮންމެވެސް ވާހަކައެއް ދައްކާށެވެ. “އަހަރެން މިހިރީ!” އަހަރެން ގޮސްމަންމަމެން ގާތު ހުއްޓިލަމުން ބުނީމެވެ. ޖިޔާން ރަތްކުލައިގެ ގަމީހަކާ ޖަޅު ޖިންސެއް ލައިގެން ހުރިއިރު ނައިރާ ހުރީ އާންމުކޮށް އޭނަލާ އަބާޔާއާ އެއްކޮށް ރަތްކުލައިގެ ޝޯލެއް އަޅައިގެންނެވެ. އަހަންނަށް އެކަން ފާހަގަވުމުން އެދެމީހުންނާ ދިމާކޮށްލާހިތްވިއެވެ. “އޭއޭ ޅިޔަނާ ނައި ހާދަ ގުޅުވައިގެންތި އުޅެނީ؟” “ދޯ ޔާން މަންމަވެސް ޖިޔާންގާތު މިއެހީ ތިހެން! ދެކުދިން ވަރަށް ގުޅޭދޯ!” އަހަންނާ ބައިވެރިވެގެން މަންމަވެސް އެދެމީހުންނާ ދިމާކުރިއެވެ. ޖިޔާން ރަކިވެގެން ބޯކަހަންފެށިއެވެ. ނައިރާ ލަދުންގޮސް އިސްޖަހާލިއެވެ. ޖިޔާން ވަރަށް ނުވާކަމަކަށްހެދިފައި ގޭންނުކުތެވެ. އަހަރެންވެސް ހެމުން ހެމުން ޖިޔާންފަހަތުން ނުކުތީމެވެ. “ކަލޭދޯ ހަމަ މަންމަ ކުރިމަތީގަ މަ ކަޑަކުރަންޖެހޭތަ؟” “މިހާރު މަންމަތަ ކިޔަނީވެސް؟” ” ހޫން ކޮންދުވަހެއް” ޖިޔާންއާ ދެމީހުން ވާހަކައިގައި ތިބެގެން ރިހާމްމެން ބަޔަށްދިޔައިމެވެ. ގޭތެރެއަށް ނުވަދެވެނީސް ކާއެއްޗެހިގެ މީރުވަސް ދުވަންފެށަިއެވެ. އަހަންނާ ޖިޔާން އަވަހަށއ ގޭތެރެއަށް ވަނީމެވެ. އޭރު ސޯފާގައި އިށީންދެލައިގެން ރިކާ އިނެވެ. ރިކާ ވަނީ ވަރަށއ ފުރިހަމައަށް ރީތިކޮށްލާފައެވެ. ކަކުލާ ހަމައަށް އަނންނަ ނޫ ކުލައިގެ ހެދުމެއްލައވާފަ ހުރިއިރު މިޑު ނޫކުލައިގެ ސްޓޮކިންއެއް ތިރިން ލައްވާފަ ހުއްޓެވެ. ކޮނޑުންތަންކޮޅެއް ތިރިއަށް އޮންނަ ރިކާގެ އިސްތަށިގަނޑު އޮތީ ދޫކޮށްލާފައެވެ. ހުދު ކުލައިގެ ކުޑަ ތާޖެއް ރިކާ ބޮލުގައި އަޅުވައިފަ ހުއްޓެވެ. އަހަރުމެން ފެނުމާއެކު ކާގެއާ ދިމާއަށް ރިކާ ދުއްވައިގަތެވެ. އަދި ބާރު ބާރަކަށް ދޮންބެމެން އައިސިއޭ ބުނި އައު އިވުނެވެ. ދެން ފެނުނީ ރިކާ އުރާލައިގެން ރިހާމްއާ ތަނެވެ. ރިހާމް އައީ ރިކާއާ ކޮންމެވެސް ސަމާސާއެއްކުރަމުންނެވެ. އެގޮތަށް ރިހާމްއާ ރިކާ ފެނުމުން އަހަންނަށް އެގޮތަށް ލޯބިލޯބި ކުއްޖަކު ލިބޭނީ ކޮންދުވަހަކުން ތޯ ހިތަށް އެރިއެވެ. ހަމަ އެ ސިކުންތުގައި ދެން މާގިނަ ދުވަހެއް ނެތްކަން އެނގުމާއެކު ހިނިތުންވެވުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.






Varah varah reethi mi part vx…waiting 4 the next part ♡♡
Varah reethi❤❤
Wowww…amazingg… mhr mi strii nimn dhwh miulhenii… curiouslii waitin 4 the nxt prt… kiyaa plx avahhh up krhcheyy… ly…
wow nice story
V salhiey
Slm hurihaa kudhin. Miothy mistoryge 14 vana part. Dhen mi storyga baaky ohnaany 1 noony 2 episodes. Ehvves foohikameh nethi mi vaahaka thi hurihaa kudhinves kiyaane kamah ummedhu kuran. Jazakumullah khairan
Maa sha allah.. vrh furihama.. vrh reethi mi part ves.. Dhn oiyy bai hama kiyaalaahithun nuhurevey.. Kon irakun next part??
Yeyy me first…
Sorry …masha allah mi part vv reethi
Varah furihsma
Nice
Waiting for next part. ……….?
When is next part?
ISA next paet Saturday ga
Koba nxt prt
waiting….
Luv u ??
masha Allah
nice